ކުއްލިއަކަށް އަހަރެންނަށް ދޮރާ ދިމާލަށް ބަލާލެވުނީ ދޮރުގެ ތަޅުގައި މީހަކު ހިފުމުންނެވެ.އަހަރެން ބިރެއް ފެނިގެން އުޅޭހެން އިމްރާންގެ އަތުގެ ތެރޭގައި ބޮނޑިވެގަތީމެވެ.އިމްރާން އަހަރެން ހަމަޔަކަށް އަޅުވަމުން ކަމެއް ނުވާނޭ ބުނެ މަޑުމަޑުން ގޮސް ދޮރު ހުޅުވިއެވެ.ކުރިމަތީ ތިބި ޕޮލިހުން ފެނިފައި އަހަރެންނަށް ވީ ގޮތްވެސް ބުނާކަށް ނޭނގުނެވެ.
އެމީހުން އިމްރާން ކައިރީ ވާހަކަތަކެއް ދެއްކުމަށްފަހު އެތެރެއަށް ވަނެވެ. އަދި އެ ހާދިސާ ހިނގައި ދިޔަ ގޮތް ކިޔައިދިނުމަށް އެދުނެވެ. އަހަރެން ވީ ހުރިހާ ކަމެއް އެއްވެސް ފޮރުވުމެއް ނެތި ޕޮލިހުންނަށް ކިޔައިދިނީމެވެ.އަދި މީގެ ދެ އަހަރު ކުރީގެ އެ ބިރުވެރި ރޭގެ ހާދިސާވެސް ކިޔައިދިނީމެވެ. އަޔާ ފޮރުވައިގެން ގެންގުޅުނު ވާހަކަ ކިޔައިދޭން ބޭނުންވި ނަމަވެސް އެވާހަކަ ނުބުނެ ދޫކޮއްލީ އަޔާ އެކަން ހޯދަން ނޫޅޭތީއެވެ.
އަހަރެން ބަޔާން ދިނުމުން ޕޮލިހުން މައްސަލައިގެ ތަހްގީގަށް މާނިއު ހައްޔަރުކޮށް ފަނަރަ ދުވަސް ބަންދަށް ޖަހާފައިވާނެ ކަމަށްވެސް ބުންޏެވެ. އަދި މާނިއުއަށް އުފުލާފައި ވަނީ ގަދަކަމުން މީހަކު ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާ ކަމަށްވެސް ޕޮލިހުން ބުންޏެވެ.އަދި އިތުރު މައުލޫމާތެއް ބޭނުމިއްޔާ ގުޅާނެ ކަމަށްބުނެ ޕޮލިހުން ދިޔައެވެ. އިމްރާންވެސް އެމީހުންގެ ފަހަތުން ނުކުމެގެން ދިޔައެވެ.
އަހަރެންގޮސް ވަނީ ފާހާނާއަށެވެ.އަދި މޫނު ދޮންނަން އުޅެނިކޮށް ބޭސް އަޅާފައިވާ ތަން ފެނުނެވެ.އަހަރެން މަޑުމަޑުން މޫނުގައި ފެން އުނގުޅާލާ ހަމަ ޖެހިލީމެވެ. އަދި ރޭގަ ވީ ކަންތަށް ހަނދާންވެ ލޮލުން ކަރުނަ ހިލުނެވެ. އެތަށް އިރަކު ދެން ކަންތަށް ކުރަންވީ ގޮތެއް ނުވިސްނިފައި އަހަރެން ހުރީމެވެ. އަނެއްކޮޅުން މަންމަ ކުރިމައްޗަށް އަރާނެ ހިތްވަރު އަހަރެންގެ ނެތެވެ. އަދި އަަހަރެން އެންމެ ކަންތަށް ބޮޑުވީ މާނިއު އަކީ އިމްރާންގެ އާއިލާ މީހަކަށްވެފަ މިކަންތަކުގެ ސަބަބުން ދެ އާއިލާ ޖެހޭނޭ އަހަރެންގެ ހިތް ބުނަނީއެވެ.
ކުޑަކޮށް ތައްޔާރުވެލައިގެން އަހަރެން ކޮޓަރިން ނިކުތީމެވެ.ނިކުތްއިރު އީތަން ފެނުމުން އަހަރެންގޮސް އީތަން އުރާލީމެވެ. އަދި އީތަން ގޮވައިގެން ސޯފާގައި އިށީނދެލީމެވެ.އޭރު މަންމަ އީތަންއަށް ކާންދޭން ކައި އެއްޗެހި ހިފައިގެން އަންނަނީއެވެ. އަހަރެން ފެނުމުން ހިނިތުންވެލުމަށްފަހު އައިސް އަހަރެންގެ ކައިރީގައި އިށީނެވެ.
” ރޭގެ ކަންތަކާ ރޮއެފަ ދޯ، ދެން އެހާވަރަށް އެކަމާ ނުވިސްނާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
މަންމަ އަހަރެންނާއެކު ހުރިކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި އީތަންއަށް ކާންދޭން ފެށީމެވެ.
ކުއްލިއަކަށް މަންމަގެ ފޯނު ރިންގްވާން ފެށުމުން އަހަރެން ބަލާލީމެވެ.
ފޯނަށް ބަލަހައްޓައިގެން އިން މަންމަގެ މޫނުމަތިން ހާސްވުމާ ކަންބޮޑުވުން ފެންނަމުން ދިޔައެވެ.އަހަރެންނަށް ބަލާލުމަށްފަހު މަންމަ އެބަ އަންނަމޭ ބުނެ އެތަނުން ދިޔައެވެ.އަހަރެން ހުރީ މަންމަ އެހާ ހާސްވެފަ ހުރި ތަން ފެނުމުން ކަމެއް ގޯސްވަނީއޭ ހިތާ ބިރުންނެވެ. މަންމަ ފަހަތުން ދާން އުޅެފަވެސް އީތަންނަށް ކާންދޭން އިނުމުން އަހަރެން މަޑުކޮއްލީމެވެ. އެހެންނޫންނަމަ މި ވަމުންދާ ގޮތް ނުހޯދާ އަހަރެން ނުހުންނާނެ ކަން ޔަގީނެވެ.
މެންދުރަށް ކައްކާ ލުމަށްފަހު އަހަރެން އީތަން ނިންދަވަން ކޮޓަރިއަށް ވަނީމެވެ.އީތަން ނިންްދެވުމަށްފަހު އަހަރެން ފޯނަށް ބަލާލީ އިމްރާން ގުޅާފަ އިންތޯއެވެ.ހެނދުނު ދިޔަގޮތަށް އިމްރާން އަދިވެސް ގެއަކަށް ނާދެއެވެ.އަހަރެން ދެތިން ފަހަރު ގުޅުމުންވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.
އެގޮތަށް އޮއްވާ އަހަރެންނަށް ނިދިޖެހުނެވެ. ހޭލެވުނީ ފޯނު ރިންގްވާން ފެށުމުންނެވެ. ބަލާލިއިރު ގުޅަނީ އިމްރާންއެވެ.އަހަރެން އަވަހަށް ފޯނު ނެގީމެވެ.
” އިމްރާން ކޮންތާކު، ހެނދުނު ދިޔަގޮތަށް ގެއަށް ވެސް ނާދެ،އީތަންވެސް ވަރަށް އެހި ބައްޕަ ކޮބާހޭ” އަހަރެން ލަސްލަހުން ބުނެލީމެވެ.
” މިއުޅެނީ ރައްޓެހި ކުއްޖަކާ އެކު ކުޑަ ކަމެއްގަ، މިރޭހެން ހީވަނީ ދެވޭނީ”އިމްރާން ބުނެލިއެވެ
” އެކަމަކު،ހާދަ އިރެކޭ،އެއްޗެއް ކައިގެންތަ ތިއުޅެނީ”އަހަރެން ކަންބޮޑުވެފައި އަހާލީމެވެ. އަހަރެން އެހެން އަހާލުމުން އިމްރާން އިރުކޮޅަކަށް އެއްޗެކޭ ނުބުނެ ހުއްޓެވެ.
” ކިހިނެއްވީ އެއްޗެކޭ ނުބުނީ، އަހަރެންގެ ފިރިމީހާ ހުރީ ކައިގެންތޯ އެހުމާ ބެލުމަކީ އަނބިމީހާ ކޮއްގެން ނުވާނެ ކަމެއްތަ” އަހަރެން ވަރަށް ހިތްވަރު ކޮއްފައި އެހެންބުނީ އަހަރެމެން ދެމީހުންގެ ގުޅުން ރަނގަޅު ކުރުމުގެ ގޮތުންނެވެ.އަދި އިމްރާން އެއީ އަހަރެންގެ ފިރިމީހާކަން އަހަރެންގެ ހިތުގެ އަޑިން ގަބޫލު ކުރިކަން ހާމަ ކުރުމުގެ ގޮތުންނެވެ.
” ނޫން ނޫން،ހުރިހާ ކަމެއް ބެލުމުގެ ހައްގު އަހަރެންގެ އަނބިމީހާއަށް އޮންނާނެ، ވީ އެންމެ އަވަހަކަށް ދާނަން” އިމްރާންގެ އަޑުގައި ވަނީ އުފާވެރި ކަމެވެ. އިމްރާން އެހެން ބުނެ ފޯނު ބޭއްވުމުން އަހަރެންނަށް ހިނިތުންވެވުނެވެ.
ހަވީރު ވީ އިރުވެސް އިމްރާން ނައުމުން އިމްރާންއަށް މެސެޖްކޮއްލުމަށްފަހު އަހަރެން ދިޔައީ އީތަން ގޮވައިގެން ބޭރަށެވެ. ރަސްފަންނު ޖޯލިފަތީގައި އަހަރެން އީތަން ގޮވައިގެން އިނީމެވެ. ކުއްލިއަަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކުޑަކުއްޖަކު އުރައިގެން އަންނަ އަޔާއަށެވެ. އަހަރެންގެ ހިތް ތެޅިގަތެވެ.އަދިވެސް އަޔާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ގޮތްވެގެންދެއެވެ. އަހަރެންނަށް އެ ކުޑަ ކުއްޖާ ފެނުނު ހިނދު ކޮންމެސް ތާކުން ފެނުނު މީހެއް ވައްތަރު ޖަހަންފެށިއެވެ. އެކަމަކު އަހަރެންނަށް އެއީ ކާކުކަން،ކޮންތާކުންކަން ނޭނގުނެވެ.
އަހަރެން ބެލީ އަވަހަށް އީތަން ގޮވައިގެން އެތަނުން ދެވޭތޯއެވެ. އީތަން އުރާލަމުން އަވަސް އަވަހަށް އެތަނުން ދުރަށް ދިޔައީމެވެ. އޭރު އަޔާ ކައިރީ ހުރި މީހަކު ދަރިފުޅުތޯ އަހާލުމުން އަޔާ އާއެކޭ ބުނި އަޑު އަހަރެންނަށް އިވުނެވެ.
ރަސްފަންނުން ނުކުމެ ހިނގައި ގަތްތަނުން އިމްރާން އަންނަތަން އަހަރެންނަށް ފެނުނެވެ. އިމްރާން އައިސް އަހަރެންގެ ކައިރީ މަޑުކޮއްލިއެވެ.
” މާ ލަހުންދޯ މި އާދެވުނީ،ހިނގާ އައިސްކޯން ބޯންދާން، ދަރިފުުޅު ބޭނުންތަ އައިސްކޯން” އިމްރާން އަހަރެންގެ އުރުގައި އިން އީތަންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
” ޔޭ ،އައިސް ކޯން” އީތަން އުފަލުން ބުނެލިއެވެ.
” ހިނގާ އެތެރެއަށް” އިމްރާން އެހެންބުނެ ހިނގައިގަތެވެ.އެހެންނަމަވެސް އަހަރެން އެ ހުރި ގޮތަށް ހުރީމެވެ.
” ކިހިނެއްވީ” އަހަރެން ގުޑާނުލުމުން އިމްރާން އަހާލިއެވެ.
” އިމްރާންދޭ ގަނެގެން އަންނަން، އަހަރެން މަޑުކުރާނަން” އަހަރެން މިފަހަރުވެސް ނުދާން ބުނީމެވެ. އިމްރާން އެއްޗެކޭ ބުނަން އުޅެފަ ހުއްޓާލިއެވެ. އޭރު އަހަރެމެންނަށް ބަލަމުން އަޔާ އެތަނުން ނުކުމެގެން ދަނީއެވެ.އަހަރެން އިމްރާންއަށް ބަލާލީމެވެ.
” މިހާރު ދެވޭނެ އެއްނު” އިމްރާންގެ އެ ޖުމްލައިން އަހަރެން ނުދާން ހުރި ސަބަބު އިމްރާންއަށް އެނގުނީކަން އެނގުނެވެ.އަހަރެން ހިނިތުންވެލަމުން ހިނގާށޭ ބުނެ ހިނގައިގަތީމެވެ. އިމްރާން އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަހަރެން އިމްރާންއަށް ބަލާލުމަށްފަހު ހިނިތުންވެލީ އަހަރެންގެ އެއްވެސް މައްސަލަ އެއް ނެތްކަން ދެއްކުމަށެވެ.
އިމްރާންނާ އަހަރެން އަދި އީތަން އައިސްކޯން ބޮމުން ދިޔައީމެވެ. އައިސްކޯން ބޮއެ ނިމުމާއެކު އިމްރާން ޓިޝޫއެއް ނަގައި އަހަރެން ތުންފަތް ކައިރީ ހުރި އެތިކޮޅު ވަރަށް ލޯބިން ފުހެލައިދިނެވެ.އަހަރެންނަށް އިމްރާންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުއްލިއަކަށް މީހަކު ވަރަށް ކައިރިން ކަރުކެހެލުމުން އަހަރެން ބަލާލީމެވެ.
ކައިރީގައި ހިނިތުންވެފައި ހުރީ އަހަރެންނާއެއް ކުލާހުގައި ކިޔަވަން އުޅުނު ހައިފާއެވެ. އިމްރާންއަށްވެސް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
” ހޭ،ރީމް ކިހިނެއްތަ،މަށަށް ނޭނގިފައޭ މި އިންނަނީ،ކިތަންމެ އިރެއް ބަލަން އިންނަތާ، ހާދަ ތަފާތޭ” ހައިފާ އަހަރެންގެ އަނެއް ފަރާތުގައި އިށީންނަމުން ބުނެލިއެވެ.
” އަހަރެން ވަރަށް ރަނގަޅު،ހުރިހާ ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ އެއްނު، ހައި ވެސް ހާދަ ތަފާތޭ” އަހަރެން ހައިފާގެ އަތުގައި ހިފަމުން ބުނީމެވެ.
” އަހަރެންވެސް ރަނގަޅު، އޭ މީ ކޮން ހޭންޑްސަމް އެއް އަނެއްކާ” ހައިފާ ސިއްރު ސިއްރުން އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.ކިތަންމެ ސިއްރުން ބުނެލި ނަމަވެސް އިމްރާންއަށް އެ އަޑު އިވުނެވެ. އަހަރެން އިން ތަނުން ތެދުވެލުމަށްފަހު އިމްރާން ތައާރަފް ކޮއްދިނީމެވެ.
” މީ އަހަރެންގެ ފިރިމީހާ، ދެން މީނީ އަހަރެންގެ ދަރިފުޅު އީތަން” އަހަރެން އިމްރާންގެ އުނގުގައި އިން އީތަންގެ ބޮލުގައި ފިރުމާލަމުން ބުނެލީމެވެ. އަހަރެންގެ އެ ތައާރަފުން އިމްރާންގެ ތުންފަތުން ހިނިތުންވުން ފެނުނެވެ.
” ދަރިފުޅޫ، މީ މަންމިގެ ފްރެންޑެއް އިނގޭ، އަވަހަށް ދައްތައާ ސަލާންކޮއްލާ” އަހަރެން އެހެންބުނުމާއެކު އީތަން ސަލާމަށް އަތްދިއްކޮއްލިއެވެ.އަދި އީތަން ވަރަށް ރީތިކޮށް “އައްސަލާމް އަލައިކުމް” ބުނެލިއެވެ.
” މާޝާﷲ، މީ ހާދަ މޮޅު ކުއްޖެކޭ” ހައިފާ އެހެންބުނެ އީތަންގެ ކޮލުގައި ހިފާލިއެވެ.
” ރީމް އަހަރެން ވާހަކައެއް ދައްކަންވެފަ އެބަ އޮތް، ވަގުތު ކޮޅެއް ލިބިދާނެތަ” ހައިފާ އެހެންބުނުމުން އަހަރެން އިމްރާންއަށް ބަލާލީމެވެ. އިމްރާން ބޮލުގެ އިޝާރާތުން އާ އެކޭ ބުނެލިއެވެ.
” ރީމް ނިމުނީމަ ގުޅާ އިނގޭ، އިރުއޮއްސޭތީ އީތަން ގޮވައިގެން ގެއަށް މަދަނީ، ހަނދާންކޮއް ގުޅާތި” އިމްރާން އެހެންބުނެ އީތަން އުރާލާއިގެން ދިޔައެވެ.
ހައިފާއާއެކު އަހަރެން ގޮސް ޖޯލިފަތީގައި ޖައްސާލީމެވެ. އޭނަ ލައިފްގެ ވަރަށް ގިނަ ވާހަކަ ދެއްކުމަށްފަހު އަހަރެންގެ ލަފަޔަކަށް އެދުނެވެ.އަހަރެން އަހަރެންނަށް ފެންނަ ގޮތް ބުނެދިނީމެވެ. އަދި ދެމީހުން ވާހަކަ ދައްކަމުން އެތަނުން ނުކުމެގެން ދިޔައީމެވެ.އަހަރެން ދިޔައީ ހައިފާގެ ގެ ހުންނަނީ އެތާ ކައިރީގަ ކަމުން އެގެޔާ ހަމައަށެވެ. ނަމްބަރ ހޯދާ ފަހުން ގުޅާނެ ކަމަށް އަހަރެން ބުނީމެވެ.އަދި ބަލާއައުމަށް އެދި އިމްރާންއަށް ގުޅަން ފޯނު ނެގީމެވެ.
އެވަގުތު ކުރިމަތިން އައި މީހެއްގެ ގައިގަ ޖެހިފަ އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. އެމީހާ އަޅާވެސް ނުލާ ދިޔައެވެ.އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އެމީހާ އުރައިގެން ހުރި ކުޑަ ކުއްޖާއެވެ. އެއީ އަޔާގެ ދަރިފުޅުކަން އަހަރެންނަށް ވަގުތުން އެނގުނެވެ. ނޭނގޭ ސަބަބަކާހުރެ އަހަރެންގެ ހިތް ބުނަމުން ދިޔައީ އޭނަ ފަހަތުން ފާރަޔަށް ދިއުމަށެވެ. އަހަރެން ވަގުތު ނަގާ ނުލާ ފަހަތުން ދިޔައީމެވެ.
އޭނަގޮސް ވަނީ އެތާ ހުރި ގެއަކަށެވެ.އަހަރެން ގޮސް އެ ގޭގެ މައި ދޮރާޝިން ބޯ ދިއްކޮއްލީމެވެ. އެއީ އާދައިގެ ކުޑަ ގެއެކެވެ. އަަހަރެން އެގޭގެ ތެރެއަށް ވަދެ ދެފަރާތަށް ބަލާލީމެވެ. ފެންނަ ފެނުމަށް ދެފަރާތުގައި ވަނީ ކޮޓަރިއެވެ.އަދި ލާފައިވަނީ ލޫވަ ދޮރެވެ.އަހަރެން އެތަނުން އެއް ދޮރު ކައިރިއަށް ޖެހިލާ ބަލާލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އަދި ދެން ހުރި ދޮރު ކައިރިއަށް ގޮސް ބަލާލީމެވެ.އެއްވެސް ހަބަރެއް ނުވުމުން އަހަރެން ހިނގައި ގަންނަން އުޅެނިކޮށް އެތެރޭން ކުޑަކޮށް ފޮތިގަނޑު
ކެހުނެވެ. އަދި ކެހުނުތާ ދިމާލުގައި ހުރީ ލޯ ގަނޑެވެ.އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ލޯގަނޑުން ފެންނަމުންދާ މަންޒަރުގެ ސަބަބުންނެވެ.
އެނދުމަތީގައި ތިބެ އެމީހުން ކުރަމުންދާ ހުރިހާ ކަމެއް ލޯ ގަނޑުން ފެންނަމުން ދިޔައެވެ. އަހަރެން ވަގުތުން ފޯނު ނަގާ ވީޑިއޯ ކުރަން ފެށީމެވެ.އަަހަރެން ހުރީ ލަދުން ގޮސް މަރުވާ ވަރުވެފައެވެ. އަދި އެހާމެ ރުޅިގަދަވެފައެވެ.އަޔާދެކެ ހަގީގީ ލޯބިވާ މީހަކު އެހާ ދަށު ދަރަޖައަކަށް ނުވެއްޓޭނެ ކަން އަހަރެންނަށް ޔަގީނެވެ.
އިރުކޮޅެއްނުވެ އެމީހުން ބޭރަށް ނިކުންނަ ވާހަކަ އަޑު އިވުމާއެކު އަހަރެން އަވަހަށް އެތަނުން ދުރަށް ގޮސް އެ ގޭގެ ފުޅަފި ތެރޭގައި ހުރި ފިލާގަނޑެއްގެ ފަހަތަށް ވަދެ އިނީމެވެ. އެމީހުން އައިސް އިށީނީ އަހަރެންނަށް ފުރަގަސްވާ ގޮތަކަށެވެ.
” ރިޝް،ދެން ކޮންއިރަކުން އަޔާޒު ކައިރިން ވަރިވަނީ،މިހާރު ކޮން ދުވަހެއް މިހެން އުޅޭތާ، މިއަދުވެސް ދޮގެއް ހަދާފަ ދޯ ތިއައީ” އެ ޒުވާނާ ސިނގިރޭޓެއް ރޯ ކޮއްލަމުން ބުނެލިއެވެ.އަހަރެން ވަގުތުން ރިކޯޑަށް ޖެއްސީމެވެ.
” ދެން ނެތޭ މާ ގިނަ ދުވަހެއް، މިކަހަލަ ގޮތަކަށް ދޯ އާދެވޭނީ، އަޔާޒު ރައްޓެއްސަކާ ދިމާވެގެން ހުޅުލެއަށް ދާން ޖެހިގެން ދިޔައީ އަހަރެން އަވަހަށް މިއައީ، އަސްލު އޭރު ވަރިނުވީ ކުއްޖަކު ނުލިބޭތީ، މިހާރުދެން ކުއްޖަކު އެބަ އޮތް،ވަރިވުމަކުން އެއްވެސް ގެއްލުމެއް މިހާރަކު ނުލިބޭނެ، ހަފްތާއެއް ކަމަށް ބަލާ،މަށަށްވެސް މިހެން އުޅެން ވަރަށް އުނދަގޫ،އެމީހުންގެ ކުރިމަތީ އުޅެން ޖެހެނީ ވަރަށް ބަސްއަހައިގެން، ދެން ނުވާނެ” އޭނަގެ ޖުމްލައިން އަހަރެން ހުރީ ހައިރާންވެފައެވެ. އަދި ކުއްޖަކު ލިބުމުން ވަރި ވާންވީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
” ތިޔެއް ނޫނޭ، މާނިއު ޖަލަށް ގެންދިޔަ ވާހަކަ އަޑު އެހިން، އެއީ ތެދެއްތަ” އެ ޒުވާނާގެ އެއްޗެއް ހަނދާންވާ ފަދައިން އަހާލިއެވެ.
” އާނ، ކޮންމެސް ކުއްޖެއް ރޭޕް ކުރަން އުޅުނިއްޔޯ، އަދި އެވެސް މަންމައާ އެއްބަނޑު މީހެއްގެ ދަރީގެ އަންހެނުން، އަސްލު ވަރަށް ދެރަވޭ ބޭބެ އަށް އެހެން ވީމަ، އަހަރެންގެ މިކައިވެނި ވުމުގެ އަސްލަކީ ބޭބެ، އަހަރެންގެ ހުށައެޅުން އަޔާޒު އިންކާރު ކުރީމަ، ބޭބެ ކުރިމަތީ އެތަށް އެކްޓެއް ޖެއްސިން މަރުވާން އުޅޭ ކަމުގެ،އެންމެ ފަހުން ބޭބެ އަހަރެންގެ ކައިވެނިވެސް ކުރެވޭ ގޮތް ހެދީ، އަދި އެ އާއިލާގަ އަޔާޒު ފިޔަވައި އިތުރު މީހަކު ނެތުމުން އޭނައަށް ލިބޭ ދަރިއަށް 25ޕަސަންޓް އެމީހުންގެ މުދަލުން ލިބޭ،ކޮންމެ ގޮތެއްވިޔަސް އެ ދަރިއަށް އެ ޕަސަންޓް ލިބޭނެ،އަދި އޭގެ ބޭނުން ކުރާނީ އަހަރެމެން ދެމީހުން، އެއީ، އެކުއްޖާގެ.މައިންބަފައިންނަކީ އަހަރެމެން ދެމީހުންނަށް ވީމަ” އޭނަގެ އެ ޖުމްލަ އަޑު އިވުމާއެކު އަހަރެންނަށް ހީވީ އަހަރެންގެ މެޔަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އަނގަމަތީ އަތް އަޅާލެވުނީ ގަބޫލު ނުކުރެވިގެންނެވެ.
އެފަދަ ބޮޑު ދެރައެއް މީހަކަށް ދޭން ހެޔޮވާނީ ކިހިނަކުންބާއޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.އަދި އަޔާއަށް އެއީ އޭނަގެ ދަރިއެއް ނޫންކަން އަދި އޭނަގެ އަނބިމީހާގެ އުޅުން އެނގިއްޖެނަމަ ދެން ވާނީ ކީއްބާއޭ ވެސް އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
“ސުބުހާނައްލޯހި، ކޮންފަދަ ބޮޑު ކަންތަށް ގަޑެއް މީ، އެނގިހުރެ އެމީހުން އަޔާގެ ދިރިއުޅުން އެ ހަލާކު ކޮއްލަނީ، އަހަރެން ކިހިނެއް ހަދާނީ،މި ވީޑިއޯ ދައްކައިގެން ގަބޫލު ކުރާނެތަ، ގަބޫލު ކުރަން ޖެހޭނީ، އަހަރެންގެ ފޮޓޯއެއް ދައްކައިގެން ގަބޫލު ކުރި އިރު މި ދައްކައިގެން ގަބޫލު ކުރަން ޖެހޭނީ،އެކަމަކު އަހަރެން މިކަމާ އުޅުނީމަ ބުނާނެ އަހަރެން ބަދަލު ހިފަން ވެގެންނޭ،އަނެއްކޮޅުން އިމްރާން ކައިރި ނާހަ ނުވެސް ކެރޭނެ، ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ފިރިމީހާ، އޭނައަށް ސިއްރުން އެއްވެސް ކަމެއް ކުރާކަށް ނުވާނެ” އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދޭ އުސޫލުން ބުނީމެވެ.
” އަޅޭ، އިމްރާން ބުނި ނިމުނީމަ ގުޅާށޭ،މިހާރު އަށެއް ޖަހަނީ،ކިހިނެއް މިތަނުން ނުކުންނާނީ ވެސް”އަހަރެން އިނީ އެމީހުން އެތަނުން ދޭތޯ ދުޢާ ކޮއްލަ ކޮއްލަ އެވެ. އިރުކޮޅެއްނުވެ އެ ކުއްޖާ ރޯން ފެށުމާއެކު އެ ހޭލީ އޭ ބުނެ އެމީހުން ތެދުވެގެން އެތެރެއަށް ވަނެވެ. އަހަރެން އަވަހަށް އެތަނުން ނުކުމެ އެގެއިން ނުކުތީމެވެ.އަދި އަވަސް އަވަހަށް އިމްރާންއަށް ބަލާއައުމަށް އެދި ގުޅީމެވެ.
ނުނިމޭ
11110 Comments
Comments are closed.
🌹Ril🌹
October 7, 2020 at 6:48 pmWow mi part ves vrh sali ❤️❤️❤️😃😃😃
Masha Allah keep it up sis ❤️❤️❤️😃😃😃
Suhbooo mihaaru evy keeebaa❤️❤️❤️❤️😃😃😃
Hope everything will be fine ❤️❤️❤️❤️❤️😃😃😃
And kaakah baa reem libeyne vrh curious ❤️❤️❤️😃😃😃
Btw waiting for the next part ❤️❤️❤️😃😃😃
Love uuuuu❤️❤️❤️❤️😃😃😃
Stay safe❤️❤️❤️❤️😃😃😃
And Mi stry gaa inaanee Kithan part kan bunedevidhaane thr Sis ❤️❤️❤️❤️❤️❤️😃😃😃
Don’t mind sis❤️❤️❤️😃😃😃
🌹Ril🌹
October 7, 2020 at 6:49 pmAnd me first dhw this time❤️❤️❤️🤓🤓
Yey yeyyy😃😃😃❤️❤️❤️❤️
[email protected][email protected]
October 7, 2020 at 7:05 pmThank you so much Ril❤️30 episode kamah balamaa.vvv ufaavehje mi part vess kamudhiyaima,and let’s see dhw kaakah thw libheynee❤️😊😊♥️
SHABAKKO 10
October 9, 2020 at 11:10 amRil yahuyaa kaalhu hifiii
Wow 🤗🤗🤗🤗
Ram
October 7, 2020 at 7:11 pmMaasha allah vvvvvv reethi mibai ves engey waiting for the next part.😍😍😍😍😍😍❤❤❤❤❤❤❤❤💋💋💋💋💋
[email protected][email protected]
October 7, 2020 at 8:11 pmThank you so much Ram❤️❤️❤️
Kylie
October 7, 2020 at 9:07 pmMaasha allah v furihama vaahaka eh… Whn nxt… Waitinggg
[email protected][email protected]
October 7, 2020 at 9:15 pmThank you so much❤️❤️
unknown queen
October 7, 2020 at 9:36 pmMaasha Allah ❤️♥️ vvv reethi Inge 😍😍😍💯💯💯
You made me soooooooo curious 😇 next v avahah up kollacchey 😇😇🙂🙂
[email protected][email protected]
October 8, 2020 at 12:26 pmThank you so much unknown queen❤️❤️😘😘