Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (10)

Neei Level 110 Stories
September 13, 2020 3 Mins Read
4 Comments

އިމާދުގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ދެންމެ އޭނާގެ ކުރިމަތިން ޒަޔާންއާ އައިނާ ހިނިތުންވެތިބެ ހުރަސްކުރުމުން އޭނާއަށް ކެތްނުވީއެވެ. އައިނާގެ ދިރިއުޅުމަށް ބުރޫއަރުވަން ކުރިކަމުން އަސަރެއް ނުކުރޭތާއޭ އޭނާގެ ހިތައްއެރިއެވެ. އެހެނަސް އައިނާއާ ޒަޔާންގެ ގުޅުން އެހާރަނގަޅުނޫންކަން އިމާދުއަށް އެނގެއެވެ. ދެންއޮތީއޭނާގެ ދެވަނަ ހަމަލާއެވެ. ޒަޔާން އައިނާގެ މަތިންއެށްކޮށް ފޫހިކޮށްލާވަރު އޭނަކުރާނެއެވެ . އޭނައަށް އެހާބޮޑު ލަނޑެއް ދިނުމަށްފަހު އައިނާއަށް އުފަލުގައުޅުނަ އޭނަނުދޭނެއެވެ.

…..

ޒަޔާން ހެނދުނު އޮފީހަށް ދިޔައީ ޗުއްޓީދުވަހެއް ވިޔަސް ނިންމަންޖެހޭ މުހިއްމު ކަމެއްއޮތުމުންނެވެ. ރާދުވެސް ކައިވެންޏަށް ރެޑީވަމުންދާތީ މިހާރު ޒަޔާންގެ މަސައްކަތް މާބުރީއެވެ. ޒަޔާން  އޮފީހުގަ އިނުމަށްފަހު ގެއަށްދިޔައީ މުހިންމު ފައިލެއް ބޭއްވިފަ އޮތީމައެވެ. ޒަޔާން ލިފްޓުން މަށްޗަށް އެރިއިރު އިމާދު ލިފްޓުގެ އިންތިޒާރުގައި ހުއްޓެވެ. ޒަޔާން ފެނުމުން ކުޑަކޮށް މޫނުނިވާ ކޮށްލަމުން ސިޑިންފައިބާގެ ދިޔަކަމުގައި ވިޔަސް އެއީ އިމާދުކަން ޒަޔާންއަށް އެނގުނެވެ. މިހާރަކަށް އައިސް އިމާދު އެބިލްޑިނގްއިން ފެންނަވަރު ވަރަށް ގިނައެވެ. ޒަޔާން ރޭގަނޑު ލަހުން ގެއަށްއަންނަ ރޭރޭގައިވެސް އިމާދުފެނެއެވެ. ޒަޔާންއެކަމާ މާބޮޑަށް އަޅާނުލަނީ އައިނާ އިމާދުއާ އިތުރަށް ގުޅުންނުބާއްވާނެކަމަށް އޭނާގަބޫލު ކުރާތީއެވެ. ގެއަށް ވަތްއިރު އައިނާ ފެންވަރައިގެން ނިކުތީއެވެ. ޒަޔާންފެނުމުން ސިއްސައިގެންގޮސް ފާހަނާއަށް ވަނުމުން ޒަޔާންއަށް ހެވުނެވެ. އައިނާގެ މައުސޫމުކަންފެނީ ޒަޔާންގެ ހިތްފުރެއެވެ. ފައިލްނަގައިގެން ދަމުން ފާހަނާގައި ޖަހާލަމުން ޗުއްޓީއެއް ނަގުމަން އައިނާއަށް ހަނދާންކޮށްދިނެވެ.  ފަރީދާމެން އައުމުން އެމީހުން އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ރިޒޯޓަކަށް ދާން ރާވައިފައިވަނީ އައިނާމެން ވެސް ގޮވައިގެނެވެ. އެމީހުންދަނީ ހަފްތާއަކަށް ކަމަށް ވުމުން ޒަޔާން ބޭނުންވީ އެގޮތެވެ. އައިނާއާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން އޭނަ ބޭނުންވެއެވެ. އައިނާ މިހާރު އާނައާ އެކުވެރިކަން ބާއްވާތީ އިތުރަށްއެގުޅުން ކުރިއެރުވިދާނެކަމަށް ޒަޔާން ގަބޫލުކުރެއެވެ.

……

ދުވަސްތައް ވޭތުވަމުންގޮސް ފަރީދާމެން ރިޒޯޓަށް ދާންޖެހޭ ދުވަސް ޖެހިއްޖެއެވެ. އެދަތުރުގައި އާއިލާގެ އެންމެން ބައިވެރި ވިއެވެ. ލަމްޝާ ހުރީ ރިޒޯތަށް ދެވޭތީ ވަރަށް އުފަލުންނެވެ. ރާދުއައީ ޗުއްޓީ ދެދުވަހަށެވެ. ރާދު ޗުއްޓީ ނުނެގީ ކައިވެނިކުރަން އެހާކައިރި ވެފައޮތުމުންނެވެ. ރިސޯޓައް ދެވުމާއެކު ހުރިހައިއެންމެން ދިޔައީ މެންދުރު ދިމާވާނެކަމަށް ބުނަމުން ރެސްޓުކޮށްލާށެވެ. އައިނާއާ ޒަޔާން އެމީހުންގެ ކޮޓަރިއަށް ދިޔައީ ޖައްސާލާށެވެ. އޭރު އެމީހުންގެފަހަތުގައި އެމީހުންގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަމީހަކު ހުރިކަމެއް އެމީހުނަމަށް ނޭނގެއެވެ. އެމީހުން ކޮޓަރިއަށް ވަނުމާއެކު އެމީހަކު ފޯނުނަގާ މީހަކާ ގުޅާލިއެވެ. “ބުރޯ އެމީހުން އައިސްސި.. ދެން ކުރަންވީ ކަމެއް މަށަށް އަންގާ” އެމީހަކު ބުންޏެވެ. “ހެހެ.. އޯލްރައިޓް.. ކީޕްމީ އަޕްޑޭޓެޑް.” އިމާދުގެ އަޑުއައެވެ. އިމާދު މިހާރު އައިނާއުފަލުގައި އުޅޭތަން ބަލާކަށް ބޭނުމެއް ނޫނެވެ. މިފަހަރު އޭނާގެ ޕުލޭން ކުރިއަށްގެންދަން ލިބުނު ރަނުގެ ފުރުސަތެކެވެ. މިފަހަރު އައިނާއަށް ސަލާމަތް ނުވެވޭވަރު އޭނަކޮށްލާނެއެވެ . އޭނާގެ ގާތްއެކުވެރިއަކު އެރިޒޯޓުގައި އުޅުންއެއީ އޭނައަށް ލިބުނުއެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ކޮޓަރިއަށް ވަނުމާއެކު އައިނާގޮސް ވެއްޓިގަތީ އެނދުމަށްޗަށެވެ. އައިނާގެ ފަހަތުން ވަތް ޒަޔާންއަށް މިމަންޒަރު ފެނުމުން ހިނިތުންވެލިއެވެ. އައިނާބާލީހުގަ ބައްދާލުމަށްފަހު ލޯމަރައިލައިގެން އޮށްވާ މީހެއްގެ ހިލަމެއްވުމުން ލޯހުޅުވާ ބަލައިލިއިރު ޒަޔާންއޮތީ އޭނާގެ މޫނާމޫނު ޖެހޭ ހިސާބުގައެވެ. ހިނިތުންވެލައިގެންއޮތް ޒަޔާންފެނުމުން އައިނާ ނޭވާލާންވެސް ހަނދާން ނެތުނެވެ. އައިނާގެ އަތްފައި ފިނިވެގެން ދިޔައެވެ. ޒަޔާން ކުޑަކޮށް ހީލަމުން އައިނާގެ ނިއްކުރިއަށް ބޮސްދިނެވެ. އައިނާއެއޮތް ގޮތައް ގުޑިލަންވެސް ނުކެރިއޮތީއެވެ. “ރެސްޓް ކޮށްލަނީތަ؟؟ ރާދު ކުޑަކަމަކު ގުޅައިގެން ދާންޖެހިއްޖެ.. ވެއިޓް ފޯ މީ..” ޒަޔާން އެއްލޯމަރާލަމުން އެހެންބުނެލުމަށް ފަހު ނިކުމެގެން ދިޔައެވެ. އައިނާ ޒަޔާންދިއުމުން އޭނާގެ މޭގައި އަތްއަޅާލިއެވެ. ޒަޔާން އެހާކައިރިވުމުން ބުނެދޭން ނޭންގޭ އިހުސާސެއް އައިނާއަށް ކުރެވެއެވެ. އެވަގުތުކޮޅު ދެމިގެންދިއުމަށް އެދެވެއެވެ. ރާދުގެ ކަންތަކޭ ހިތައްއެރުމުން ލޯހަނިކޮށްލެވުނެވެ. “ދިސް ރާދު ރުއިނިން މައި ރޮމޭންސް” އެހެންބުނުމަށްފަހު ބާލީހުން މޫނު ފޮރުވާލީ ދެންމެވީ ކަންކަން ހަނދާންވުމުންނެވެ.

އަތިރިމަތީ އިންގޮނޑިއެއްގަ އިން ރާދުއަށް ކިނބިއްސެއް އެޅުނެވެ. “މިހާރު ކާކު މަށަށް އެއްޗެހި ކިޔަނީ” ރާދު ފުންމައިގެން ތެދުވެ ދެފަރާތް ބަލާލަމުން ބުނެލިއެވެ. “ދެން މީހަކު ރާދުއާ ކިޔާނެތަ” ޒަޔާން އައިސް ރާދުގެ ބޯހާވާލިއެވެ. ދެމީހުނަށް އެކަނިވަގުތު ކޮޅެއް ލިބިއްޖިއްޔާ އަބަދުވެސް އެކަހަލަގެ ކޮންމެސް ކަމެއްކުރާނެއެވެ. “ބުރޯ.. މަވަރަށް ގިލްޓްވޭ ހަނީމޫނަށް ދާން.. ތިމީހުންވެސް ނުދަމެއްނު..” ރާދު ކުޑަކޮށް ހަމަޖެހިލަމުން ވާހަކަ ފެށިއެވެ. “ވަޓް.. ރާދުއަށް ވެސް އެނގެއެއްނު އަހަރުމެންގެ ސިޗުއޭޝަން ” ޒަޔާން ރާދުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އެކަމަކުވެސް ދޯ.. ހިނގާ ދެމީހުންވެސް ދާން..” ރާދު އަނެއްކާވެސް ބުންޏެވެ. “ތިދާންތިއުޅެނީ ހަނީމޫނަކަށްނޫން އެހެންވީރު..” ޒަޔާން ލާނެއްރާގަކަށް ބުނެލިއެވެ. “މިހާރު އައިނާވެސް އޯކޭ އެއްނު.. ސޯ އިޓްވިލްބީ ފަން..” ރާދުކުރުނުކުރުމުން ޒަޔާން އައިނާއާ ވާހަކަ ދައްކާނެކަމަށް ބުނެލިއެވެ. އައިނާގޮވައިގެން އެކަނިވަގުތު ހޭދަކުރުމަކީ ޒަޔާން ވަރަށް ބޭނުންކަމެކެވެ. އައިނާމިހާރު ކުރިއަށްވުރެ ގާތްވުމުން ޒަޔާންހުންނަނީ އުފަލުން ފޮޅިފައެވެ. މެންދުރު ނުވަނީސް ހުރިހާއެންމެން ނިކުމެ ކުޅުމުގައި އުޅުނެވެ. ރައުފިއްޔާއާ ފަރީދާ ކުޅެންއުޅުނުއިރު ހަމަ ކުޑަކުދިންތަކަކާ އެއްވަރެވެ. ރާދު އެމީހުނަށް ޖެއްސުންކޮށް ދުވަމުން ދިޔައިރު ލަމްޝާ ދުވަމުންދިޔައީ ރާދު ހުއްޓުވޭތޯއެވެ. ޒަޔާން ބޯޅަހިފައިގެން ހުރިއިރު އައިނާހުރީ ރައުފިއްޔާގެ އަތުގައި ހިފައިލައި ގެނެވެ. ބައި ބަހާލުމަށްފަހު ބީޗް ވޮލީކުޅެން ތައްޔާރުވެލިއެވެ. ފަރީދައާއި ރައުފިއްޔާ އަދި ޒަޔާން އެއްޓީމެކެވެ. އައިނާއާއި ރާދު އަދި ލަމްޝާ އެއްޓީމެކެވެ. ކުޅުންފޯރިގަދަވެގެން ގޮސް ގަޑިންވި ވަރެއް އެއްވެސް މީހަކަށް ނޭންގެއެވެ. އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މިއުފާވެރިކަން ދެމިގެންދާނީ ކިހާދުވަހަކު ބާއެވެ؟

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ތިޔަ ލޯބި އަދު ލިބޭނެބާާ 2

Next

ސަޕްރައިޒް

Next
September 13, 2020

ސަޕްރައިޒް

Previews
September 13, 2020

ތިޔަ ލޯބި އަދު ލިބޭނެބާާ 2

4 Comments!

  1. unknown queen says:
    September 13, 2020 at 10:23 am

    Wow old let that imaadh’s plan fail and keep their family safe???♥️

    1. unknown queen says:
      September 13, 2020 at 10:24 am

      Not old pls ?

    2. Neei says:
      September 13, 2020 at 1:35 pm

      Let’s see dho unknown queen.. aina balaign ulhegen dho vaane.. stay safe

  2. ?KIMSAMUEL? says:
    September 13, 2020 at 9:09 pm

    Yowwwwwww Mi part vess hama superb!!! ❤️???? I loved it ? I wonder what happens next ?? When is next part coming up?

Comments are closed.

Next Episodeލޯބިންއކުގާ (11)←


All Right Reserved!