Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަދީނީލޯބި

ނުލިބުނު އުފާ

Mariyam Xaara Zaahir Level 1
August 19, 2020 4 Mins Read
6 Comments

މަންމާ އެކީއްވެ؟ އޭނަ ކިހާ ރަނގަޅު ! ލައިހާ ފުރަތަމަ ފަހަރަށް މަންމަ އާކުރިމަތިލިއެވެ.” ދަރިފުޅާ ” މަންމަގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ދަރިފުޅާ މަންމަ އަށް ވެސް އޭނަ ކަމުދެޔޭ، އެކަމަކު ކައިވެންޏަކީ ހާދަ ބޮޑުކަމެކޭ، މަންމަ ކިހިނެތް ދަރިފުޅު ކައިވެނި ކޮއްދޭނީ، ވޭނީ ރިހުމެއް އެއަޑުގައި އެކުލެވިފައިވާއިރު ، ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ.

ލައިހާއަށް ލިބުނީ ހައިރާން ކަމެވެ.  ” ނުވިސްނުނު” ލައިހާ ބުނެލިއެވެ.
“މަންމައަށް އެނގޭ މިދުވަހާ  ކުރިމަތިލާން ޖެހޭނެކަން، މަންމަ ގަޔަކުނެތް ދަރިފުޅަށް މިވާހަކަތައް ކިޔާދޭހާ ހިތްވަރެއް، ހުއްޓަހުއްޓަމުން މަންމަ ވާހަކަ ދައްކަމުންދިޔައެވެ. ހަމައެއާއެކު އަލަމާރީގައި  ތަޅުލާފައިވާ ހަމަ އެކަނި ވަތްގަނޑު ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަމުންދެއެވެ. އަން މިއޮތީ ބާވެފައިވާ ސިޓީ އުރައެއް ލައިހާ އަތަށް މަންމަ ދިއްކޮއްލިއެވެ.މީގައިވާނެ ތިހުރިހާ ސުވާލެއްގެ ޖަވާބު، އަދި  މަންމަ އަށް ތިކަމުގައި ވެދެވެން އޮތްނަމަ އޮތް އެހީއެއްވެސް ، ” މަންމަގެ އެ ވާހަކަތަކުން ލައިހާގެ ސިކުނޑި ސުމަކަށް ވަމުންދިޔައެވެ.

ލައިހާ އެސިޓީ އުރަ ހިފައިގެން އެނދުމަތީ އޮށޯވެލިއެވެ. އޭގައިވާ ސިޓީނިއުޅައިލައިގެން ކިޔަން ފަށައިފިއެވެ. ސިޓީ ކިޔަމުން ދިޔަވަރަކަށް ލައިހާގެ ދެލޮލުން ކަރުނައިގެ ވާރޭ އޮހެމުންދެއެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. ސިޓީކިޔާނިންމާލުމަށް ފަހު އަނެއްކާވެސް އެ އުރަ ބަލާލިއެވެ. އޭގައިވަނީ ކުލަނުވާ ފޮޓޯގަނޑެކެވެ. ލައިހާ އިސްދަށަށް ޖަހާލިއެވެ. މިއޮއްހުރިހާ ދުވަހު ………………މިހާ ބޮޑު ހަޤީޤަތެއް……. ލައިހާ ކަރުނަ ފޮހެލިއެވެ.  މައްސަލައެއް ނެތް މަންމާ…….. ލައިހާއަށް  މާފު ކުރޭ ، …….ދެން ދުވަހަކުވެސް ކައިވެންޏަކަށް ނޭދޭނަން، ތި މަންމަ ނުރޮއްވާނަން……………ފުރިހަމަ އަޒުމަކާއި އެކު އެހެން ބުނިކަމަށް ވިޔަސް ލައިހާ އަކަށް ކެތެއް ނުކުރެވުނެވެ. ބާރަށް ރޮއިގަނެވުނެވެ. މަންމަ އައިސް ލައިހާ ބުރަކަށީގައި ފިރުމާލުމުން މަންމަ ގައިގައި ލައިހާ ބައްދައިގަތެވެ.

ރާހިލަކީ ތައުލީމީ ޒުވާނެކެވެ. ފުދުންތެރި ޢާއިލާ އެއްގައިވާ ހަމަ އެކަނި ދަރިފުޅެވެ. އެހެނަސް ރާހިލް ހުންނަނީ އަބަދުވެސް މާޔޫސްވެފައެވެ. ދެރަވެފައެވެ. އޭނާ ގަބޫލު ކުރާގޮތުގައި އޭނާ އަކީ އެކަނިވެރިއެކެވެ. ނިކަމެއްޗެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ހުރިހާ ވެސް އުފަލަކީ އޭނާގެ ވާން އުޅޭ އަނބިމީހާ ލައިހާއެވެ. ރާހިލްގެ ހަޔާތުން އުނިވެފައިވާ ހުރިހާ އުފަލެއް ލައިހާ ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރާހިލްއަށް އޮވެއެވެ.
އާދައިގެ މަތިން ރާހިލް އޮތީ ލައިހާ އުނގުގައި ބޯ އަޅާލައިގެންނެވެ. އެހެން އޮވެގެން އޭނާގެ މާޒީގެ އެކިވާހަކަތައް ކިޔައިދެމުން ދިޔައެވެ. “ލައީ  ، ލައިއަށް އެނގޭތަ؟ ދުވަހަކުވެސް މަންމަ އަހަންނަން ސައިތައްޓެއްވެސް ހަދައި ނުދޭ ، އަބަދުވެސް ކައްކަން އުޅޭ ހަފިއްތަ ހުރިހާ ކަމެއްކޮއްދޭނީވެސް، އަހަރެން ހުންނަމޭ މަންމަ އާއި ބައްޕަ ދެކިލާ ހިތުން ކިތައްމެ ރެއަކު ނުނިދާ ، ދޭއް، ތިނެއް ޖަހާ ފަހުން ގުޅާފަ ބުނެދާނެ މަންމަމެން މިއުޅެނީ ބިޒްނަސް  ކަމެއްގައި ރާއްޖޭން ބޭރުގައޭ، ކަމެއްބޭނުންވަންޏާ ފިހާރައިގައި އުޅޭ ކޮންމެވެސް މީހަކަށް ގުޅާލާށޭ، ކޭޝްކާޑު އޮންނާނޭ ވަތްގަނޑުގައި ،…………….އެކަހަލަ ރޭރޭ އަހަންނަން ނުވެސް ނިދޭ ހާދަ ދެރަވެޔޭ…….ލައި ހާދަ ނަސީބު ރަނގަޅޭ ލައި މަންމަ ކިހާ މޮޅު އެކަނިމާ އެކަނި ލައިގެ ހުރިހާ ކަމެއް ބަލަހައްޓަމުން ލައިއަށް  ކިހާ ލޯބިދޭ ……….. އަހަންނަށް ލޯބިދޭ ހުންނާނީ ހަމަ އެކަނި ލައި ދެން ހަފިއްތަ،،………ބޭނުންވަރަކަށް އަހަންނަށް ރުފިޔާދޭ އެހެނަސް އަޅާލާ ލޯތްބެއް ނުދޭ އަހަރެން ހުންނަނީ އެ ދެމީހުންގެ ފިރުމާލުމަކަށް  ފެންބޮވައިގެންފައި، ………ލައީ ..ރާހިލް ގޮވާލިއެވެ. އެހެނަސްލައީއެއްވެސް  ޖަވާބެއްނުދިނެވެ. މަޑުމަޑުން ރާހިލްގެ ބޮލުގައި ފިރުމާލަފިރުމާލަ އިނެވެ. ލައީގެ ނަޒަރުހުއްޓިފާ ވަނީ މާ ދުރަށެވެ. ކަޅިޖަހާ ނުލާ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން ލައިހާ އިނެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެބިފައެވެ.
ލައީ ރާހިލް ލައިހާ އަތުގައި ހިފާފައި ތަޅުވާލިއެވެ. ލައިހާ ދިޔައީސިއްސައިގެންނެވެ.  ކޮންވިސްނުމެއްގައި…..؟ ރާހިލް އަހާލިއެވެ. ލައިހާ ތެދުވާން އުޅެންފެށުމުން ރާހިލްވެސް ތެދުވިއެވެ. ” އަހަންނަށް މާފުކުރޭ އަހަންނަކަށް ނެތް ރާހިލައާ އިނދެވޭކަށް.” ލައިހާ އަވަސް އަވަހަށް ބުނެލިއެވެ. ރާހިލްއަށް ލިބުނު ދެރައަށް ވުރެ ވީހައިރާންކަން ބޮޑެވެ. ރާހިލް ހުރީއެވެ. ގަނޑުވެފަ ކަހަލަ އެވެ. އެ ހަމަ ހިމޭންކަން ފޫއަޅުވާލީ ލައިހާ އެވެ. ” އަހަންނަށް މާފު ކޮށްދޭނަންތަ؟ އަހަންނާ އެހީ ވެދޭނަންތަ؟ ” ލައިހާ އާދޭސް ކުރާ ރާގަކަށް ބުންޏެވެ. ” އަހަންނަކަށް ނޭގޭ ލައިހާ ތިކިޔާ އެއްޗެއް” ރާހިލް ހުރީ ވާނުވާ ނޭނގިފައެވެ. އަން މީތިކިޔާލާ އޭރުން އެނގޭނެ ލައިހާ ރާހިލް އަތަށް އެ ސިޓީ ލިއެވެ. ރާހިލް ވަގުތުން ކިޔަން ފެށިއެވެ.

ދަރިފުޅާ ލައިހާއަށް
މަންމަގެ ހިތް ވިރި އޮހެމުން މިދަނީ ދަރިފުޅަށް ޙަޤީޤަތް އަންގައިދޭނެހާ ހިތްވަރު ނެތިގެންނެވެ. ނަމަވެސް ދަރިފުޅަށް މިކަން އަންގަން މަޖުބޫރެވެ. ދުލުން ބަޔާން ނުކުރެވިގެން، ގަލަމުގެ އެހީ މިހޯދަނީ އެހެން ގޮތެއް ނެތިގެންނެވެ.
މަންމަ ލޯބިވާ ލައިހާއެވެ. ތިއީ މަންމަ ގެ ދަރިއެއް ނޫނެވެ. މަންމަ އަކީ ދަރިމައިނުވާ އަންހެނަކީމެވެ. މަންމައާއި މަންމަގެ ހުރިހާވެސް އުފަލަކީ މަންމަގެ ފިރިމީހާއެވެ. މަންމަ އެދިއެދިވެސް އޭނާ އެހެން ހަޔާތެއް ފަށާނެ ގޮތެއް މަންމަ އަކަށް ނުހެދުނެވެ. އޭނާގެ ބަހަކީ އިރާދަފުޅުން އަހަރެމެންނަންވެސް ދަރިއަކު ދެއްވަފާނެ ތޯއްޗެކެވެ. ދަމުނަމާދުކޮށްގެން ފަތިސްވަންދެން ދަރިއަކުލިބުން އެދި ދުޢާކޮށްކޮށް މަންމަމެން ތިބެނީ މަދުރެއަކު ނޫނެވެ.
އެއީވެސް އެފަދަ ރެއެކެވެ. މަންމަމެން ތިބޭ ބަޔާއި ޖެހިގެން އުޅޭބައިގައި އުޅޭ ދެމަފިރިން ވަރަށް ޒުވާބު ކުރާނެއެވެ. އެރޭވެސް އެދެމީހުންގެޒުވާބުގެ އަޑުއިވެން ފަށައިފިއެވެ. ހަމަ އެއާއިއެކު ތުއްތު ކުއްޖަކު ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. އިރުގަނޑެއް ފަހުން ޒުވާބުގެ  އަޑު ކެނޑިއްޖެއެވެ. އެހެނަސް ރުއިމުގެ އަޑަކަށް ބަދަލެއް ނާދެއެވެ. ވަރުބަލިކަން ފިޔަވައެވެ. އެންމެ ފަހުން ކެތްނުވެގެން މަންމަމެން އެ ބަޔަށް ހިނގައްޖައީމެވެ. މަންމައަށް ފެނުނު މަންޒަރުން ބަސް ހުއްޓުނެވެ. އެދެމަފިރިން ދިޔައީއެވެ. ތި ދަރިފުޅު ބާއްވައިފައެވެ. މަންމަމެން އެނބުރި ކޮޓަރިއަށް އައީ ދަރިފުޅު ގޮވައިގެންނެވެ. އެކަނިކޮށްލަން ނުކެރިގެންނެވެ.
މަންމަމެން ހީކުރީ އެމީހުން ރުޅިމަޑުވީމާ ދަރިފުޅު ހޯދާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ދަރިފުޅު ހޯދާކަށް މީހަކު ނާދެއެވެ . މަންމަމެން އެގެއިން ނުކުތީ ދަރިފުޅު މަންމަމެނަށް ލިބުނުތާ އަށް އަހަރު ފަހުންނެވެ .  މަންމަމެނަށް މާތްﷲ ދެއްވި ތި އަމާނާތަކީ މަންމަގެ އަމިއްލަ ބަނޑުން އުފަންވި  ދަރިއެއް ކަމަށް ގަބޫލު ކުރީމެވެ. މަންމައާއި މަންމަގެ ފިރިމީހާގެ ހުރިހާ އުފަލެއް ދަރިފުޅަށް ހިބަކޮށް ދިނީމެވެ. މަންމަ ހުވަފަތް ވުމުންވެސް އެހެން ދިރިއުޅުމެއް ނުހޯދީ ދަރިފުޅު ރޯން ޖެހިދާނެތީއެވެ.
އެކަމަކު ދަރިފުޅާއެވެ. މަންމަ އަކަށް ދަރިފުޅުގެ އަސްލެއް ނޭގެއެވެ. އެންމެ ކުޑަ މިނުން ނަމެއްވެސް ނޭނގެއެވެ. މަންމަ ދަރިފުޅަށް ލައިހާގެ ނަމުން ނަން ދިނީއެވެ. އެހެން ކަމުން ކައިވެންޏަކަށް ދަރިފުޅަށް ކުރިމަތިލެވޭނީ ދަރިފުޅުގެ އުފަން މައިންބަފައިން ހޯދާފައެވެ. ދަރިފުޅުގެ އަސްލު ހޯދާފައެވެ. މަންމައަށް ވެދެވެންއޮތް ހަމަ އެކަނި އެހީ އަކީ މި  ސިޓީއުރަ އެތެރޭގައިމިވާ ފޮޓޯއެވެ. މިއީ ދަރިފުޅުގެ އުފަން މަންމަގެ ފޮޓޮއެކެވެ. ދަރިފުޅުގެ އުފަން މައިންބަފައިންގެ ނަންވެސް މި މަންމަނުދެނެހުރީމެވެ. ދަރިފުޅަށް ޙަޤީޤަތް ނާންގާ ލަސްކުރެވުނީތީ  މި މަންމައަށް މާފު ކުރާށެވެ. އަދި ދަރިފުޅަށް ދަރިފުޅުގެ މައިންބަފައިން ފެނުނަސް މި މަންމަ އަކީ ދަރިއަކުނެތް މީހަކަށް ނުހެދުން އެދެމެވެ.
ދަރިފުޅު ދެކެ ލޯބިވާ މަންމަ       ރާހިލް ހުރީ ކޮސްވެފައެވެ. ދުނިޔޭގެ ކަންތައްތައް އަރާފައިބަމުންދާ ގޮތާއި ދޭތެރޭގައެވެ. ހީވެއެވެ. ރާހިލްގެ ބަސް ހުސްވީއެވެ. ރާހިލް އަހަރެން ކިހިނެއް މަންމަމެން ހޯދާނީ ކިހިނެއް ހަދާނީ…… އެންމެ ފަހުން ލައިހާ ސުވާލު ކޮށްލިއެވެ.
ފެށި ހިސާބަކުންނެއްނު ފެށޭނީ ، ހިނގާ ލައި މަންމައަށް ލައި ލިބުނު ގެޔަށް ފަހަރެއްގާ ދާނެ މަގެއް ފެނިދާނެކަންނޭގެ………. ބޮލުގައި ހިފަހައްޓައިގެން އިނދެ ރާހިލް ބުނެލިއެވެ.
ލައީ…………ލައި މައިންބަފައިން މި ކައިވެންޏާ ނުގަބޫލުވެއްޖިއްޔާ ލައި ރާހިލް ދޫކޮށްލާނީދޯ!!!!   ލައިހާގެ ދެލޮލަށް ބަލަންހުރެ ރާހިލް ސުވާލު ކޮށްލިއެވެ. ލައި ސިހިފައި ރާހިލްގެ ދެއަތުގައި ހިފަހައްޓާލިއެވެ. އަހަރެމެން ވަކި ކުރެވޭނެ ވަނީ ހަމައެންމެ ބާރެއް އެއީ މަރު ހަމަޖެހިލަމުން ލައިހާ ބުންޏެވެ. އަސްލު ބުނަންތަ ؟ އަހަރެން މިދަތުރުފެށީ މަންމަ އެދުނީމާ އެހެންނޫންނަމަ ދެނެހުރިކަމަށްވެސް ނުހެދީމުސް………ލައިހާ އެހެން ބުނެލިރާގުން ރާހިލް ހީލިއެވެ.

ކޮބާ މިހާރު ޑޭޓް ކަނޑައަޅައިފިންތަ؟ ޑެޑީމެން މި ވެއިޓު ކުރަނީ އެދުވަހަށް އިނގޭ.. ރާހިލްގެ ބައްޕަ ބުނެލިއެވެ. ކަމެއް އެބައޮތް މެރީގެ ކުރިން ނިންމަންޖެހޭ…. އެކަން ހަމަޖެހުނުހާ އަވަހަކަށް ޑޭޓް ދޭނަން .. އޯކޭ ރާހިލް ވެސް ބައްޕަމެންނާ ވާހަކަދައްކަނީ އެމީހުންގެ ރާގަށެވެ. އިތުރު ސުވާލަކަށް ފުރުޞަތު ނުދީ ރާހިލް ގޮސް ކޮޓަރިއަށް ވަނެވެ.
“އައްސަލާމްއަލައިކުމް ” ރާހިލް ސަލާމް ގޮވާލިއެވެ.ސަލާމް ރައްދު ކުރަމުން ބޭރަށް ނުކުތީ ދެބައި އުމުރުގެ އަންހެނެކެވެ. ރާހިލް ކުރިއަށް ޖެހިލާފައި އެފޮޓޯ ދައްކާލިއެވެ. ” ދައްތާ ….މީނަ ދަންނަންތަ؟ ” ރާހިލް ސުވާލު ކޮށްލިއެވެ. ” އާނ ދަންނަން ތީ  އާއިޝަތު ، ” އެމީހާ ޖަވާބު ދިނެވެ. ” އެހެންތަ މިހާރު އޭނަކޮބާ؟” އަވަސް އަވަހަށް ލައިހާ ސުވާލު ކޮށްލިއެވެ. އެދައްތަ ލައިހާ އަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” މިއީ ލައިހާ އެ އާއިޝަތުގެ ދަރިއެއް ، އަހަރެމެން މި މަސައްކަތް ކުރަނީ ލައިހާއަށް ލައިހާގެ މައިންބަފައިންނާއި ބައްދަލުވޭތޯ؟ ” ރާހިލް އެމީހުންގެ މަޤްޞަދު އަންގާލަ ދިނެވެ. އެއާއި އެކު އެދައްތަގެ ލޮލުން އޮހިގަތީ ކަރުނައެވެ.ލައިހާގެ ގައިގައި އޮޅުލައޮޅުލާފައި ރޯންފެށިއެވެ.

 

Share Article

Follow Me Written By

Mariyam Xaara Zaahir

Level 1

Other Articles

Previous

ލޯތްބައްޓަކައި(28ވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް-4

Next
August 20, 2020

ނޭދެމޭ ވަކިވުމެއް-4

Previews
August 19, 2020

ލޯތްބައްޓަކައި(28ވަނަ ބައި)

6 Comments!

  1. Ram says:
    August 19, 2020 at 5:43 pm

    Nimuneetha vvvv reethi

  2. Anonymous says:
    August 19, 2020 at 5:53 pm

    Omg….e vee kihinei…

  3. Re@DeR says:
    August 19, 2020 at 9:28 pm

    Vhk vrh reethi…?
    Vhk nimuny..?

    1. Mariyam Xaara Zaahir says:
      August 19, 2020 at 9:29 pm

      no. nunimey

  4. Mariyam Xaara Zaahir says:
    August 19, 2020 at 9:30 pm

    no. nunimey

  5. Mariyam Xaara Zaahir says:
    August 19, 2020 at 9:33 pm

    school kanthakah buroo naara gothah visnaigen alhugandu mi vhk genes dheynii dhe hafthaa in eh hafthaa

Comments are closed.



All Right Reserved!