ލޯބިވާއޭ 2
މިއްލީ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް ކޮޓަރިއަށް ވަނީ އޭނާގެ ދޮންބެ ލާމިއު އެވެ.
ލާމިއު އައީ މިޒްޔަލްގެ ނަންބަރު ހޯދުމަށެވެ. މިއްލީ އިނީ މިޒްޔަލް އަށް ގުޅައިގެން ކަން އިނގުމުން އޭނާގެ ގާތުގައި އިށީނެވެ. އަދި ސްޕީކަރަށް ލުމަށް އެދުނެވެ.
މިއްލީ ސްޕީކަރަށް ލުމާއިއެކު ލާމިއު ހަލޯއޭ ބުނެލިއެވެ. މިޒްޔަލްއަށް ލާމިއު އެތާ އިންކަން އިނގުމުން މިއްލީގެ ގާތުގައި ބުނަން އުޅުނު ވާހަކަ މެދު ކަނޑާލިއެވެ. އަދި ލާމިއުގެ ގާތުން ވީގޮތް އޮޅުންފިލުވަން ބޭނުންވިއެވެ.
“މިޒްޔަލް.. ވަކިން ވާހަކަ ދައްކާލަން ބޭނުން.. ކޮންއިރަކު ބައްދަލު ކޮއްލެވޭނީ؟” ލާމިއު ދައްކަން ބޭނުންވާ ވާހަކަ މިއްލީގެ ގާތުގައި ދައްކަން ފަސްޖެހުނެވެ.
“އޯކޭ ކޮންމެ ގަޑިއެއް ވިޔަސް..” މިޒްޔަލްގެ ޖަވާބު އަޑުއަހާފައި ލާމިއު އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“މާދަމާ ކޮލެޖު ނިންމާފައި އަންނަންވީނު މި ގެއަށް..” ލާމިއުގެ ހިޔާލު މިޒްޔަލްއަށް ކަމުދިޔައެވެ. އަދި އާނއެކޭ ބުނެލިއެވެ.
“އެންމެ ރަނގަޅު.. ދޮންބެ ދަނީ އިނގޭ މިލީ.. އަވަހަށް ނިދަން އޮށޯންނާތި.. މާދަން ކޮލެޖަށް ދާން ޖެހެއެންނު..” ލާމިއު މިހެން ބުނެފައި ދިޔައެވެ.
“މިލީ.. އެބައޮތް ވާހަކަ އެއް ބުނަން ވެފަ..” މިޒްޔަލް ވާހަކަ ދެއްކި އަޑަށް މިއްލީ ސަމާލުކަން ދިނެވެ.
“ހޫމް.. ކޮންއިރަކު؟” މިއްލީވެސް ސުވާލެއް ކޮއްލިއެވެ. “ދެން ދޮންބެ ބުނަން އުޅޭ ވާހަކަ އެއް ނިމުނީމަ ދޯ..” މިޒްޔަލްގެ ވާހަކަ އަށް މިއްލީ “ހޫމް” ލައްވާލިއެވެ.
“އޯކޭ.. ބާއްވަނީ.. މާދަން ހެނދުނު ކޮލެޖަށް ދާން ޖެހޭނެ އެންނު.. ބާއި މިލީ.. ގުޑްނައިޓް..” މިޒްޔަލް އެހެން ބުނެލުމާއި އެކު މިއްލީގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
“އޯކޭ.. ގުޑްނައިޓް..” މިއްލީ ވެސް ޖަވާބު ދިނުމަށްފަހު ފޯނު ކަނޑާލިއެވެ. އަދި އެލާމް ޖެއްސުމަށް ފަހު ނިދަން އޮށޯތެވެ.
*******************
ދުވަސްތައް މާޒީއަށް ވަމުން ދިޔައެވެ. ހަތަރުމަސް ދުވަސް ފާއިތުވެގެން ދިޔައީ ހަލުވި ކަމާއެކުގައެވެ. ޒަޔާއާއި ލާމިއު އެކަކު އަނެކަކާ ދޭތެރޭ ނުވިސްނާ ދުވަހެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދެމީހުންގެ ހިތުގައިވާ އިޙުސާސްތައް ނޭނގި ހުއްޓާ ބޮޑުވަމުން ދެއެވެ. ލާމިއު ބައެއް ދުވަސް ދުވަހު މިއްލީ ކޮލެޖަށްލުމުގެ ބަހަނާގައި ޒަޔާ ފެނޭތޯ ދެއެވެ.
ހަމަ އެގޮތަށް މިއްލީއާއި މިޒްޔަލްގެ މެދުގައިވެސް އެކުވެރިކަން ވަރުގަދަވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމީހުން ގުޅައެވެ. ކޮލެޖުގައި އެކީ ހޭދަކުރާ ވަގުތުތައްވެސް ގިނަވަމުން ދިޔައެވެ. ނަމަވެސް، ކިޔެވުމަށް ފަރުވާ ކުޑައެއް ނުކުރެއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ވަނައެއް ހޯދަން މަސައްކަތް ކުރެއެވެ. އެދެމީހުންނަކީވެސް ކިޔެވުމުގައި ފާހަގަކޮއްލެވޭ ދެ ދަރިވަރުންނެވެ.
އެދެމީހުންގެ ސަބަބުން ދެއާއިލާގެ މެދުގައިވެސް އެކުވެރިކަން ބަދަހިވަމުން ދިޔައެވެ. މިޒްޔަލްއާއި ޒަޔާވެސް އެގެއަށް އައިސް އުޅެއެވެ.
**************************************
ޒަޔާއަށް ހެނދުނު ހޭލެވުނީ މާ ބޮޑަށް ބަނޑުގައި ރިއްސާތީއެވެ. އެހެންކަމުން ކޮލެޖަށް ނުދާން ނިންމައިގެން ތިރިއަށް ދިޔައީ ބޭސްގުޅައެއް ކާލުމަށެވެ. ތިރިއަށް ދިޔައިރު އޭނާގެ މަންމަ ޝިފާޒާ އާއި ބައްޕަ މުޙައްމަދު ވާހަކަ ދައްކަން ސޯފާގައި ތިއްބެވެ.
“މަންމާ..” ޒަޔާއަށް ގޮވާލެވުނީ މާ ބޮޑަށް ބަނޑުގައި ރިއްސާތީއެވެ. “ޒާއްކޮ..ކިހިނެއް ވީ ދަރިފުޅާ..ބަނޑަށް ތަދުވަނީ ތަ؟” ޒަޔާ ބަނޑުގައި އަތްއަޅައިގެން ހުރުމުން ޝިފާޒާ ދުވެފައި އައެވެ.
“މަންމާ.. ތަދުވަނީ..” ޒަޔާއަށް ދެންވީގޮތެއް ނޭނގުނެވެ. ބޮލަށް އެނބުރުން އަރައިގެން ވެއްޓުނެވެ.
“މިޒްޔަލް.. މިޒްޔަލް ތެދުވެބަލަ..” ޝިފާޒާ މިޒްޔަލްއަށް ގޮވަން ދިޔައެވެ. އޭރު މުޙައްމަދު އުޅެނީ އެމްބިއުލެންސް އަށް ގުޅައިގެންނެވެ.
“ކިހިނެއް ވީ މަންމާ..” މިޒްޔަލް ލޯ އުނގުޅަމުން ނިކުތެވެ. އޭރު އޭނާ ހުރީ އަދިވެސް ނިދަން ބޭނުންވެފައެވެ.
“ޒާއްކޮ އެނބުރުން އަރައިގެން އުޅޭތީ.. ހޮސްޕިޓަލަށް މިދަނީ.. ދަރިފުޅު ދާނަންތޯ އަހާ…” ޝިފާޒާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް މިޒްޔަލް ހުރީ ގޮސް ޒަޔާގެ ކައިރީގައެވެ. މިޒްޔަލް އާއި ޒަޔާގެ މެދުގައި އޮންނަ ގުޅުމަކުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާނެއެވެ. އެކަން އެންމެންވެސް ދަނެއެވެ.
އެކަކަށް ގޮތެއް ވިޔަސް އަނެކަކަށް ވާވަރު އެންމެން ނުހަނު ރަނގަޅަށް ދަނެއެވެ.
” މިވީގޮތުން ކޮލެޖު ކެންސަލް.. އެއޮއް އައީ އެމްބިއުލެންސް.. މަންމަމެން ދޭ.. އަޅުގަނޑު ދާނަން ފެންވަރައިގެން..” މިޒްޔަލް މިހެން ބުނުމަށް ފަހު ކޮޓަރިއަށް ދާން ހިނގައިގަތެވެ.
****************************
މިއްލީއަށް ހޭލެވުނީ ފޯނު ރިންގުވި އަޑަށެވެ. އަވަހަށް ތެދުވެ ގަޑި ބަލައިލިއިރު އަދި ފަހެއް ނުޖަހައެވެ. ގުޅަނީ މިޒްޔަލްކަމުން އަވަހަށް ފޯނު ނަގައި ވީ ކީއްތޯ އަހާލިއެވެ.
“މިލީ.. މިއަދު ކޮލެޖަށް ދެވޭކަށް ނެތް.. މި އުޅެނީ ޒާއްކޮ އަނބުރައި ގަނެގެން ހޮސްޕިޓަލަށް ދާން..” މިޒްޔަލް ވާހަކަ ދެއްކިއިރު ދެރަ ވެފައި ހުރި ވަރު މިއްލީ އަށް އިހުސާސް ކުރެވުނެވެ.
“އޯކޭ.. ދާނަން ކޮލެޖު ނިންމާފަ ތި ގެއަށް..” މިއްލީ އެހެން ބުނެލުމާއި އެކު މިޒްޔަލް ހޫނ ލައްވާލުމަށް ފަހު ފޯނު ކަނޑާލިއެވެ.
މިއްލީ ކޮލެޖުން އައިއިރު ހުރީ 12 ޖަހާފައެވެ. ވަރުބަލި ވެފައި ހުރި ނަމަވެސް ޒަޔާގެ ހާލު ބަލައިލަން އެގެއަށް ދާން ބޭނުންވިއެވެ. ލާމިއު ގާތުގައި އެވާހަކަ ބުނެފައި އޮތުމުން ލާމިއުވެސް ހުރީ ދާން ތައްޔާރު ވެގެންނެވެ.
“އައްސަލާމު އަލައިކުމް” މިއްލީ އެގެއަށް ވަދެ ސަލާމް ގޮވާލިއެވެ. މިޒްޔަލް އަށް މިއްލީގެ އަޑު އިވުމާއި އެކު އަވަހަށް ތިރިއަށް ފޭބިއެވެ. “ވައަލައިކުމުއް ސަލާމް” މިޒްޔަލް ތިރިއަށް ފައިބައި ސަލާމް ބަލައިގަތެވެ.
“އާދޭ އެތެރެއަށް..” މިޒްޔަލްގެ ދައުވަތު ގަބޫލުކޮއް މިއްލީއާއި ލާމިއު އައިސް ސޯފާގައި އިށީނެވެ.
“ދެކުދިން އައީތަ…” ޝިފާޒާ އަށް މިއްލީ އާއި ލާމިއު ފެނުމާއި އެކު އައިސް ކައިރީގައި ހުއްޓުނެވެ.
“ދަރިފުޅުމެން ރަނގަޅުތަ؟” ޝިފާޒާ އަހާލިއެވެ. އޭނާއަށް އެދެކުދިން އަބަދުވެސް ވަރަށް ކަމުދެއެވެ. “އިންޝާ ﷲ ރަނގަޅު..” މިއްލީ އާއި ލާމިއު އެކު އެކީ ޖަވާބު ދިނެވެ.
“ކޮބައިތޯ ޒަޔާ..” ލާމިއުއަށް ނީނދެވިގެން އެހެން އަހާލިއެވެ. މިއްލީ އާއި މިޒްޔަލް ހައިރާންވެފައި ލާމިއު އާއި ދިމާލަށް ބަލައިލިއެވެ. އެމީހުން އެގެއަށް ދިޔަޔަސް ލާމިއު ދުވަހަކުވެސް ޒަޔާއާއި ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް ޝިފާޒާ އެއީ ކަމަކަށް ނަހަދާ ކޮޓަރީގައޭ ބުނެ ދާން ހުއްދަ ދިނެވެ. އެ މީހުންނަށް ވުރެ ކުރިން ލާމިއު ގޮސް ކޮޓަރިއަށް ވަނެވެ.
އޭރު ޒަޔާ އޮތީ ފޯނަށް ބަލަހައްޓައިގެން ނެވެ. ލާމިއު ވަނުމާއި އެކު ފޯނު ތިރިކޮއްލިއިރު ލާމިއުގެ ސޫރަ ފެންނަން އެދި އެދި އޮތްހެން ހީވިއެވެ.
“ހޭއި ޒާއްކޯ.. ޔޫ އޯކޭ..” ލާމިއު ޒަޔާއަށް ވުރެ ކުރިން ވާހަކަ ދެއްކިއެވެ. އޭރު މިޒްޔަލްއާއި މިއްލީ ހެވިފައި ކޮޓަރީގެ ދޮރު ކައިރީގައި ތިއްބެވެ. ކަމަކާ ޝައްކު ވެގެންނެވެ.
*****************************
“ޔާ.. އައިމް ފައިން.. ލިމް ކިހިނެއް؟” ޒަޔާ ލާމިއު އާއި ބެހޭގޮތުން އިނގެން ބޭނުންވިއެވެ.
“އަހަރެން ރަނގަޅޭ.. ކީއްވެ އަނބުރައި ގަތީ؟” ލާމިއުގެ ސުވާލު ހުހެއް ނުވެއެވެ.
“އެއީ.. ޑޮކްޓަރު ބުނީ ރަނގަޅަށް ނުކާތީޔޯ..” ޒަޔާއަށް އެއީ މާ ބޮޑު ކަމެއް ހެނެއް ހިޔެއް ނުވެއެވެ.
“ހޫމް.. އެއީ ތެދެއް.. އަބަދު ކޯކު ފުޅިއާއި ޗިޕްސްދަޅު ނޫން އެއްޗެއް އަރުތެރޭން އެތެރެ ނުވޭ..” މިޒްޔަލް އަށް ނުހުރެވިގެން އެހެން ބުނެލިއެވެ. ލާމިއު އަށް މިޒްޔަލްގެ އަޑު އިވުމާއި އެކީ ފަހަތް ބަލައިލިއެވެ. އޭރު މިއްލީ އާއި މިޒްޔަލް ހެވިފައި އެތާ ބަލަހައްޓައިގެން ތިބި ތަން ފެނުމުން ލާމިއު ރަކިވިއެވެ.
“ބައެއް ކުދިން ޒާއްކޮ ދެކެ ވަރަށް ލޯބިވާނެ.. ޒާއްކޮ އަށް ކަމެއް ވާކަށް ނޭދޭނެ..” މިއްލީ ނުސީދާ ކޮން އެބުނީ އޭނައާއި ދިމާލަށް ކަން ލާމިއުއަށް އެނގުނެވެ.
އޭނަވެސް އެކަމަށް އެއްބަސްވި އަޑުއަހާފައި ޒަޔާއަށް ލާމިއު އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.
“އެއީ ތެދެއް ޒަޔާ.. އައި ލަވް ޔޫ.. ޒަޔާ ފުރަތަމަ ފެނުނު ވަގުތުން ފެށިގެން ޒަޔާއަށް މިހިތް ވަނީ ދެވިފައި..” ލާމިއު އެހެން ބުނެލިއިރު ޒަޔާ ހުރީ ހިނިތުންވެގެންނެވެ.
“އައި ލަވް ޔޫ ޓޫ ލިމް..” ޒަޔާއަށް ވެސް އެހެން ބުނެވުނީ އިޚުތިޔާރުން ބޭރުގައެވެ. އޭރު ޝިފާޒާއާއި މުޙައްމަދު ބޭރުގައި ތިއްބެވެ. އެމީހުންވެސް ތިބީ އުފާވެފައެވެ.
“މަންމަމެންނަށް ތިކަމާ އެއްވެސް މައްސަލައެއް ނެތް..” ޝިފާޒާ ވާހަކަ ދެއްކި އަޑަށް 4 މީހުން އެކުގައި ފަހަތް ބަލާލިއެވެ.
ލާމިއު އާއި ޒަޔާއަށް ވަގުތު ކޮޅެއް ދީފައި އެންމެން ބޭރަށް ނުކުތެވެ.
“ޔާލް.. ވީ އާރ ގޮއިން ޓު ބީ ފެމިލީ..” މިއްލީ އުފަލުން މިޒްޔަލްގެ ގައިގައި ބައްދާލިއެވެ. މިޒްޔަލް ބޭނުންވީ އެގަޑީގައި މިއްލީގެ ގާތުގައި އޭނާގެ ހިތުގެ ހާލު ބުނެދޭށެވެ.
ނަމަވެސް ބުނަން ނުކެރިފައި ހުއްޓާ ލާމިއުއާއި ޒަޔާ ކޮޓަރިން ނުކުތެވެ.
“ޒާއްކޯ.. އައި މީން ދޮންބެ ދައްތާ.. ދަނީ.. ހަވީރު އަންނައްޗެ.. މޯމް މެން ކައިރީގަ ބުނަން ވާނެ އެންނު..” މިއްލީ ލާނެތް ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި ޒަޔާއާއި ސަލާމް ކޮއްލިއެވެ.
“ބާއި ޔާލް..” މިއްލީ މިޒްޔަލް އާއިވެސް ސަލާމް ކޮއްލިއެވެ.
ލާމިއު އާއި މިއްލީ އެ ކުދިންގެ ގެއަށް ދިޔައީ ހަވީރު ބައްދަލުކުރަން ނިއްމައިގެންނެވެ.
********************************
ހަވީރުގެ ހިތްފަސޭހަ މި ވަގުތުގައި ވެސް ޒަޔާ އިނީ ކަންބޮޑުވެފައެވެ. ލާމިއުގެ މަންމަ މެން އެއްބަސް ވާނެބާއޭ ހިތައް އެރި އަދަދެއް ވެސް ނޭނގުނެވެ. އެހެން ވިސްނަން އިންދާ މިޒްޔަލް އައިސް ކޮޓަރިއަށް ވަނެވެ.
“ކޮބާ ޒާއްކޯ.. ރެޑީ ތަ؟” މިޒްޔަލް އެހެން އަހާލިއިރު ވެސް ޒަޔާ އިނީ ވިސްނުމެއް ގައެވެ. “ޒާއްކޯ..” މިޒްޔަލް ދެވަނަ ފަހަރަށް އެހެން އަހާލުމާއި އެކު ޒަޔާ އަށް ހިޔާލީ ދުނިޔޭން ނިކުމެވުނެވެ.
“ޔާ.. ލެޓްސް ގޯ..” ޒަޔާ އެހެން ބުނެލުމަށް ފަހު ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ.
*************************************
“މިލީ.. ކޮބާ ހާދަ ލަހޭ..” ލާމިއު ހުރީ މިއްލީގެ ކޮޓަރީގައެވެ. މިއްލީ އޭރުވެސް އިސްތަށިގަނޑު ރީތި ގޮތަކަށް ހެދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“ނިމުނީ..” 10 ވަރަކަށް މިނެޓު ފަހުން މިއްލީ ބުނެލި އަޑަށް ލާމިއު ބަލައިލިއެވެ.
“ވާއު..” ލާމިއުއަށް އެހެން ބުނެވުނީ އިޚުތިޔާރުން ބޭރުގައެވެ. މިއްލީގެ ރީތި ކަން ފެނިފައި ލާމިއު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ހުދު ކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމެއްގައި ހުރިއިރު ހޫރު ޕަރީއެއް ފަދައެވެ. ހެދުމުގެ އެކި ދިމަ ދިމާލުގައި އެސް ހަރުކޮއްފައި ހުރިއިރު ބަންދު އިނީ މަޑުނޫ ކުލައިގައެވެ. މަޑުނޫ ޖިންސެއް ލައިގެން ހުރިއިރު އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހުޅިއެއް ޖަހާ ހަރު ކޮއްލާފައެވެ. ހުޅީގެ ވަށައިގެން ހުދު ކުލައިގެ ކުދި މާ ހަރު ކޮއްފައި ވާއިރު ކަޅުކުލައިގެ އިސްތަށިގަނޑުގެ ތެރެއިން ފާޅުވާން ހުރި އިރު ހާދަ ލޯތްބެވެ.
އަތުގައި ގަޑިއެއް އަޅާފައި ވާއިރު އަރައިގެން ހުރީ މަޑުނޫ ކެޝުއަލް ބޫޓަކަށެވެ.
“މިލީ.. ޔޫ ލުކް އޯސަމް..” ލާމިއު އެހެން ބުނުމާއިއެކު މިއްލީ ލަދުން އިސްޖަހާލިއެވެ.
“ޔޫ ޓޫ ބްރޯ..” މިއްލީ ވެސް ލާމިއު އަށް ތަޢުރީފު ކޮއްލިއެވެ.
ހުދު ގަމީހަކާއި ކަޅު ލެދާރ ޖެކެޓެއްގެ އިތުރުން ކަޅު ޖިންސެއް ލައިގެން ހުރިއިރު ހުރިހާ އަންހެން ކުދިން މޮޔަ ވާނެކަން ގައިމެވެ.
އަރައިގެން ހުރި ބޫޓުން ލާމިއުގެ ރީތި ކަން އިތުރު ކޮއްދެއެވެ.
“މިލީ.. ލާމިއު.. އާދެބަލަ ތިރިއަށް..” އެމީހުންގެ މަންމަ ޝިއުރާ ގޮވާލި އަޑަށް ލާމިއު އާއި މިއްލީ އެކުގައި ފޭބިއެވެ.
މިއްލީއަށް މިޒްޔަލް ފެނުމާއި އެކު ހުއްޓެވުނެވެ. ހުދު ގަމީހަކާއި ގަދަނޫ ޖެކެޓެއްގެ އިތުރުން ގަދަނޫ ޖިންސެއް ލައިގެން ހުރިއިރު ހީވަނީ މިއްލީ އާއި އެއްކުލަ ކުރަން އުޅޭހެންނެވެ.
އަތުގައި ގަޑިއެއް އަޅާފައި ވާއިރު އަރައިގެން ހުރީ ކަޅުކުލައިގެ އޮފީސް ބޫޓަކަށެވެ.
އެއާ ޚިލާފަށް ޒަޔާ ލައިގެން ހުރީ ކަޅު ކުލައިގެ ދިގު އަބާޔާއެކެވެ. އަޅައިގެން ހުރި ކަޅުރަތް ޝޯލްގެ ތެރެއިން އެ ދޮން މޫނު ފާޅުވާން ހުންނައިރު ބަލައިލަން ކިތަންމެހާ ވެސް ފުރިހަމައެވެ.
ތުންފަތުގައި މަޑު ރަތް ކުލަ ޖައްސާފައި ވާއިރު ލޮލުގައި ވަނީ މަސްކަރާ އަޅާފައެވެ. އަތުގައި ގަޑިއެއް އަޅާފައި ވާއިރު އަރައިގެން ހުރީ ކެޝުއަލް ބޫޓަކަށެވެ.
“އިށީނދޭ ހުރިހާ ކުދިން..” ޝިއުރާ އެހެން ބުނެފައި އެކުދިންނާއި އެކު ސޯފާގައި އިށީނެވެ.
“މަންމާ.. އަޅުގަނޑު މަންމަ ގާތު ވާހަކައެއް ބުނަން ވެގެން….” ލާމިއު އެހެން ބުނުމާއި އެކު ޝިއުރާ އެއީ ކޮން ވާހަކައެއްހޭ އަހާލިއެވެ. “މަންމާ… އަޅުގަނޑާ ޒަޔާ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ…. އަޅުގަނޑުމެންގެ ކައިވެންޏަށް މަންމަމެންގެ ހުއްދަ ބޭނުން….” ލާމިއު މިހެން ބުނުމުން ޝިއުރާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
އެތަން ފެނިފައި ޒަޔާގެ ލޮލުން ކަރުނަ ހިލުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.


Yayy finally got to read this part.. Laamiu n zayaa confessed there love dhw? Wow ? but Laamiu ge mom anikkaa ok vaanetha e 2 meehun ge marriage ah… Dhn milly n mizyal vx will be so cute together ?❤️vrh curious kollaafa thi nimmaaly… Hope to read the next part soon ?❤️stay safe tc ❤️loads of love to you eekko darling ❤️??
Thank you so much kukkyyy …. It means a lot for me …. ❤️❤️☺️Yes they confessed their love … Hehe … Let’s see dho laamiu he mom ok vaane tho ☺️…. Insha Allah vrh avahah next part up koh dheynan …. ❤️Stay safe dear ….. Lyt darl ❤️☺️
Masha Allah Vrrrr Reethi mipartves waiting for the next part sis. Keep it up ???????????????be safe
Thank you so much shaima shaee❤️☺️ …. It means a lot for me ❤️… Insha Allah vrh avahah next part up koh dheynan …. Stay safe dear ☺️☺️
MA.. Varah reethi mi part ves… Keep it up ???
Thank you so much shyn❤️☺️ …. It means a lot for me ❤️…
Varah Salhi.. Keep it up eekko gandaa ?????
Thank you so much ryn❤️☺️ …. It means a lot for me ❤️…
Eekko_11 Eyy…. Thi Thankolheh hama jehey gothakah liyebala.. Kiyaa hitheh ves nuvey liyaa vahtahrun ves… Varah foohi…. ???
Arrrgggg.mi dhen kon kameh dhw…mi faharu thankolheh sahalu kanne liyunu cmnt…good job ??
Thank you so much ❤️ Insha Allah alhugandu ge mistake eh vejjiyya rangalhu koh laanan …
Moya vegen tha thi ulheny… Hajam ketytha…
Eekoo thiy hama man eh…v.reethi…but ehaa avas gothehga vaahaka that genaima ehee kamaku nudhey ingey..and suggested thankolheh emotional koh stories genesdhen..overall hama fab
BTW miadhu annahchey
Luv ya
Stay safe darla
Thank you so much kamana …. ❤️❤️☺️ It means a lot for me …. Yes Insha Allah …. Kuriah oiy thanuga vaa gotheh balamaa dho …. Yes Insha Allah dhaanan …. Luv you too ❤️
Stay safe …❤️☺️☺️❤️
Hey you @nujehey bunaakah ? kiyaa hiy nuvanya nukiyaany. Kaaku tha buny kiyaashey kiyaa hiy nuvanya. Majubooreh nukure ennu e author eh. Ehen noonas eyna ah hiy varu libey gothah cmnt kohbala. Ihthiyaaru othey kiyaafa thi kurany moya cmnt. ?? Eah vure maa rangalhu vaane nukiya cmnt vx nukuriyya. Do as you wish. But thi kahala cmnt kuraane kameh neiy ingey. ❌❌
Hmmm….kobaa @nujehey bunaakah…hiyvehje…then lalala…hivaa goi dhw…thimaa maa molhu miyhakah vegen ulhey iru yageeney vaahaka eh liyan ves neyngeyne kan…ekaku ves dhuniye ah aiy enme furihama gothaku noon…dhen thihaa kiyaahi nu vanyha dhe raagondhi baanan….
Btw story hama awesome ingey dear …. Waiting for next part … Lysm and tc
Thank you so much dear … It means a lot for me …. Insha Allah vrh avahah next part up koh dheynan … Lyt and tc ❤️☺️
Ma mi vaahaka dhahkany Eekko_11 aai.. Eekko_11 aai dhimaalah ehchehi kiyas Dhen thibi meehun Nujehey ne vaahaka dhahkaakah….. Eh faharu ves Eekko_11 ma liyaa ehchahka comment eh nukurevey..
Yes sorry … Alhugandu ge kusheh oiy Nama faahaga koh levvun edhen …. Ekamu I even don’t know you … Ehen ve ingen beynun vany alhugandaa evves kahala gulhumeh huri meeheh tho ey thii …. Alhugandah ingey mi story ga massala hunnaane kan because mee alhugandu ge first vaahaka v ma …. So alhugandu ge kuh faahaga koh dhinun alhugandu edhenyy …. Dhen thi bunany hama jehey vaahaka liyaashey ….. Alhugandu mi vaahaka mi liyany alhugandah liyevey emme rangalhakah … Alhugandah rangalhy kusheh vaanama e kuh faahaga koh dhinun …. ☺️
Hmmm.koya adhi esfiya ah aadhoa…mashah engihje thiy kaaku kan…maa reethikoh beyzaaru vaan neydhengya maafah edhey…
Eekko_11 reply nukohgen nen noon kane thi ulheniy kiy…hama thi maa ah thimaa fenifa huri foni bohkeh thiy…
i think u want meehunge attention.. and thikan ves thiothee vefa.. so ps kamunudhayya nukiyaanee… vhk meehun kiyaafa cmnnt kuraanee reethi v ma.. and thihaa negetive koh liyuntheriyaa disaoopint kuraakah noon
Dhw vantekh…BTW i’m a big fan ingey
thank u ssooooo much jehey bunan.. glad to meet you! yes ….
@nujehey bunaakah thi kahala cmmnt kuraa iru thimaa ge fenhvaru balaafa cmmnt kurahchey ehmenh eh gotheh nuvaane…. Mi vaahaka kiyanh foohi vahya nukiyaa hurey nd plus cmmnt nukoh madunh hurebala… Kohme myhaku ves vaahaka liyaani emyheh ge fenhvaru varunh hasadha viyas boduvaru thy… ????
It’s ok dear … Negative cmnt is also welcomed … Insha Allah alhugandu rangalhu kuran vrh madaikaiy kuraanan ☺️
Vvvvvvvv Reethi mi vaahaka ? keep it up dear ❤️ when next part… Lysm❤️.. Mysm ❤️.. Tc be safe ?
Thank you so much Aaya …. It means a lot to me …. Insha Allah vrh avahah next part up koh dheynan …. Lyt and tc dear …. Stay safe
Vvvvvvvv Reethi mi vaahaka ? keep it up dear ❤️ when next part… Lysm❤️.. Mysm ❤️.. Tc be safe ?
Thank you so much Saaya …. It means a lot to me …. Insha Allah vrh avahah next part up koh dheynan …. Lyt and tc dear …. Stay safe❤️❤️☺️
Liyunthriyakah V ma engeynee aslu vaa udhagoo… Kiyuntherinnah kamudhaa gothah Liyun…. Adhi ehenihen mistakes ves.. @nujehey bunaakah ves Liyunthriyakah vefa Dhnh thi kiyaa ehcheh kiyaa… And eekko11 vvvvvvvv reethi.. Don’t lose your hope.. Loved u r story
lahba i am.. and i read this story… i love this!!! and i saw u r commnt too..vvv ufaavehje alhuga ge reader akka dhimaa v ma 😉
Thank you so much …. Nd I even love your story …. ☺️❤️
Yes Insha Allah I won’t lose my hope and I will write it till the end …. Thank you so much …. It means a lot to me …. ❤️❤️☺️
Btw VANTEKTH are you the author of midhelo fuhela dheyshey loabin??? ?
miyah dheynv reply eynee matheega.. lmao
“Nujehey bunaakah” thi gothakah ehves kuhjakaa vaahaka dhahkaakah nuvaaney…. Eyrun e kuhjaa ge hope gehleyne…. Anyways Eekko_11 liyaa vaahaka varah reethi Maasha Allah ???
Thank you so much gud girl …. Insha Allah alhugandu hope geh luvaeh nulaanan …. ❤️❤️☺️
Hmmm dum…hope nugehleethi ingey…mi soru mi haaru maa mahchah mi dhaniy…adhi fahkaa kamakiy wrong vefa iniy kon than kolheh kameh neynge….haraamey dhi testun ves atleast 20 ves libeyne nama…
Mi vaahaka v.reethi…
Thank you so much ….. ❤️
Hey girl nice part….. Oh so curious for the nxt part… Alhey qabool vaane tha… Oh I hope so.. BTW I have sent a invitation on hangout.. Plxx accept it..
Thank you so much Xaxa …. it really means a lot to me ….. I’m sorry I don’t use hangout … But I use Instagram …. Sorry dear❤️☺️☺️
Maasha Allah.. mi stry vvvv reethi.. keep it up dear… Negative cmmnts kiyaafa dheravumuge badhalah ein hihhvaru nagaa insha Allah eyrun kuriah dheveyne… Thikuraa hihh vrh vs hama saabas… Keep going dear….?????
Thank you so much euphoria dear ❤️❤️…. Insha Allah I will keep going forward …. ☺️☺️❤️
V reethi??
Keep it up dear ?
Thank you Mal ❤️…. Insha Allah ☺️☺️❤️
Maasha Allah varah salhi..
N keep it up dear..
LVE U ????
Thank you so much queen …. Means a lot to me …. Luv you too dear … Stay safe ☺️☺️?❤️
Gud write Ahsu. Plx keep it up.. ????
Thank you …. Insha Allah I will keep going ….☺️?❤️
OMG. Dhen kihineh baa vaany dho
Hehe … Let’s see dho what happens next ..☺️
Varah reethi ❤️❤️❤️❤️❤️❤️
♥️♥️♥️♥️Masha Allah
Thank you so much … It means a lot to me … Stay safe dear … Much love from me❤️
Maybe you guys shouldn’t say those kind of comments as it won’t give any support to the auther… @nujehey bunaakah..
BTW… Eeko_11.. vvvvv reethi Inge♥️♥️♥️
Keep it up dear?????
Don’t lose hope and try to improve any wrongs in Ur writing?☺️☺️?
Thank you so much unknown queen .. it means a lot to me … ❤️❤️☺️ Insha Allah I will improve my wrongs in my writing … Thank you for your support dear??
V reethi ? from Wich island are you because your Nick name kind of sound familiar but don’t mind just asking ??????
Thank you so much dear … It means a lot to me❤️❤️☺️ … Hehe I’m from b.maalhos …. I don’t mind ☺️