“ލޯބޮޑުކޮއްފަ ބަލާކައް ޒާރޫއަކާނޫނޭ މިވާހަކަ ދައްކަނީ.. ޔުއާންއާ…”ޒާރާއާ ދިމާއައް ނިއްއަރުވާލަމުން ފަހަތުގައި އިން ޖޯލިފައްޗައް ނިހާން އިޝާރާތް ކޮއްލިއެވެ.

ޒާރާއަވަސްއަވަހައް ފަހަތައް އެބުރި ބަލާލިއެވެ. އެއާއެކު ޒާރާގެ ހުރިހާ ހިއްސެއް ގަޑުވިކަހަލައެވެ. އެހާ ފުރިހަމަ ޒުވާނެއް މިއަދާހަމައައް އައިއިރު ޒާރާއަށް ފެނިފައެއް ނުވެއޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ހަމުގެ ކުލައަލި އިސްކޮޅުން ދިގު އިރު ގަވައިދުން ކަސްރަތުކުރާ ބަލާލި ކޮންމެމީހަކައްވެސް އެގިގެންދާނެހާ ޔުއާންގެ ހަށިގަނޑު ފުރިހަމައެވެ. އަވިއައިނަކުން ލޯފޮރުވާލެވިފައިވާއިރު އިސްތަށިގަޑާއި މޫނުމަތިން ފެންނަންހުރީ ތާޒާކަމެވެ. އެއްވެސް އަސަރެއް މޫނުމަތިން ނުދައްކާ ހުރުމުން ޒާރާއަށް ބުމަ ގޮއްޖަހާލެވުނެވެ.

“އަހަރެއް ކޮއްފަ ރަށައްއައިމަވެސް ވަރަށް ވައި….. ޒާރޫ އަކަށް ނުކެރޭނެ ފޫހިފިލާކަހަލަ ކަމެއްވެސް ކުރާކައް….” ޒާރާ އިށީދެގެން އިން ޖޭލީގައި ހިފާ އަބުރާލަމުން ނިހާން ޒާރާ އަށް ޖެއްސުންކޮއްލިއެވެ.

“އަހަރެން ކައިރީގަ ބުނެފަ އައިނަމަތާ ކަމެއްރާވާނީވެސް…. އެހެން ނޫނަސް ތުއްތު ތި އައީ ފޫހި ފިލުވަން މީހަކުވެސް ގޮވައިގެންނެއްނު…” ޒާރާވެސް ދެރަނުވާންވެގެން ބުނެލިއެވެ.ވައްކަޅިން ޔުއާން އަށް ބަލާލިއެވެ. ނަމަވެސް ޔުއާންގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ.

“މީހަކާ ދިމާލައް ބަލާލާފަ ހީލިޔަސް ރަނގަޅުވާނެދޯ…. އެކަމަކަށް ޓެކްސް އެއް ނުނަގާނެ….”ޒާރާއަށް ހިތާހިތުން ކުދިކިޔާލެވުނެވެ.

“ޔުއާންދޯ….. އޭނަ އެއައީ މިރައް ބަލާލަން…. އޭނަމިތާގަ ހުއްޓަސް ޒާރޫ ކުރާކަމެއް ކޮއްބަލަ ދޯ…. ޔުއާން ނޫޅޭނެ ޒާރޫއައް އުދަގޫކުރާކަށް…” ޔުއާންއަށް ދޯ ދެމުން ހަމަޖެހިލާފައި ނިހާން ބުނެލިއެވެ.

“ފައިން…. މިރެއައް ކަމެއް ރާވާލާނަން…”ޔުއާން އާ ދިމާއަށް ކުދިކިޔަމުން ޒާރާ އެތަނުން ތެދުވެގެން ހިގައިގަތެވެ.

ޒާހިދާއާއި ނަވާލްގެ އެހީތެރިކަމާއެކު ޒާރާ އެރެއަށް ބާރބެކިޔު އެއް ތައްޔާރުކުރިއެވެ. ގެއާދިމާލު އަތިރިމަތީގައި ހުރިހާކަމެއް ތައްޔާރުކުރީ ނިހާން އަށް ސިއްރުންނެވެ.  އެކަމުގައި ޒާރާ އަށް އެއްމެބޮޑައް އެހީތެރިވެދިން މީހަކީ ޒާރާގެ އެއްމެގާތް އެކުވެރިޔާ ނުހާއެވެ. މާލޭގައި ދިރިއުޅެމުން އަންނަ ނުހާ ކޮންމެ އަހަރެއްގެވެސް ބަންދައް ޒާރާމެންގެ ރަށައް އާދެއެވެ.

“ސޯ ކޮންއިރަކުންތަ މިސްޓަރ ރޫޑް މިތަނައް ވަަޑައިގަންނަވަނީ…”އަތުކުރީގައި އޮތް ގަޑިއައް ބަލާލަމުން ނުހާ އަހާލިއެވެ.

“ޝޫ… މާބާރައް ނުކިޔަބަލަ ތިހެން އަޑުއިވިދާނެ މީހަކައް…. އިރުކޮޅަކުން އެބައަންނަމޯ ތުއްތު ބުނީ…. “ޒާރާ މަޑުމަޑުން ނުހާގެ ކޮޑުގައި ޖަހާލިއެވެ.

“އަހަންނައް ހެޔޮ އަޑުއިވުނަސް… ބައިދަވޭ.. އިޒް ހީ ހޮޓް….”ނުހާ ބޭނުންވީ ޒާރާ ރުޅިއަރުވާލާށެވެ. އެއީ އަބަދުވެސް އެދެއެކުވެރިން އުޅޭގޮތެވެ.

“ޔާ…. ކައިންޑާ….. ބަޓް ނޮޓް މައި ޓައިޕް…. ރޫޑް….”އިރުކޮޅަކު ވިސްނަން ހުރެފަ ޒާރާ ބުނެލިއެވެ.

“ދެން އައި އޭމް ސޮރީ ފޯ ބީންގް ރޫޑް….”ފަހަތުން ޔުއާންގެ އަޑު އިވުމުން ޒާރާއަށް ލޯ މަރާލެވުނެވެ. ޒާރާ ދެއްކި ހުރިހާވާހަކައެއް ޔުއާން އައް އަޑުއިވުނުކަން ޔުއާންގެ ވާހަކައިން ޔަގީންވިއެވެ.

“އަމް…. އައި… މީ އެހެން ބުނި އެއްޗެއް ނޫން އެއީ…. ސޮރީ….”ޒާރާ ގެ ދޫ އޮޅޭގޮތްވިއެވެ.

“ކޮންމެސް އެކަކު މާފުކޮއްބަލަދެން ސޮރީ ކިޔަން ނުތިބެ…. އައިމޭމް ގޮއިންގް…. އުދަގޫކުރާނެ މީހަކު ފެނިއްޖެ…. “ދުރުގައި ހުރި ނިހާން އައް އިޝާރާތް ކޮއްލަމުން ނުހާ އެދިމާލައް ހިގައިގަތެވެ.

“ކީއްވެ އަހަރެން ރޫޑް އޭ ބުނީ…. “ޒާރާ ވެސް ދާން ހިގައިގަތުމުން ޔުއާން އަހާލިއެވެ.

“އައި އޭމް އޯލްވޭސް ލައިކް ދިސް…. “ޒާރާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަދެއްކީ ޔުއާން އެވެ.

“ޒާ…. އިށީދެބަލަ މިތާގަ… ނިހާންއަށް ދެން ނުހާގެ ކިބައިން ސަލާމަތް ނުވެވޭނެދޯ…. “ޖޯލިފަތީގައި އިށީންނަމުން ޔުއާން ޖެހިގެން އިން ޖޯތްޔައް އިޝާރާތް ކޮއްލިއެވެ. ދުރުގައި ސަކަރާތް ޖަހަންތިބި ނިހާން އާއި ނުހާއަށް ޒާރާ ބަލާލިއެވެ. ނަވާލް އުޅުނީ މަސްތައް ފިހާށެވެ. ނައުހާން އުޅުނީ ފޮޓޯނެގުމުގައި އަަވަދިނެތިއެވެ. އެއްމެއްނައް ބަލާލަމުން ޒާރާ ޔުއާން ކައިރީގައި އިށީނެވެ. ޒާރާ ބަލާލުމުން ޔުއާން ކުޑަކޮއް ހީލިއެވެ.

“ރީތިކޮއް ހީލިއަސް އެކަމައް އަގުދޭކައް ނުޖެހޭނެ… ޔޫނޯ އިޓްސް ފްރީ…. “ޔުއާން ހީލިގޮތުން ޒާރާގެ ހިތައް އެރިއެވެ. އެއާއެކު އަގަމަތީގައި އަތް އެޅުނީ އެބަސްތައް ދުލުން ބޭރުވިކަން އެގުމުން ނެވެ. ލޯ ބޮޑުކޮއްލަމުން ޔުއާން އާއި ދިމާލައް ބަލާލިއެރު ޔުއާން އިނީ ހުރިހާ ދަތްތައް ފެންނަ ވަރައް ހީލައިގެންނެވެ. ޔުއާން ހެމުން ދިޔައިރު ޒާރާ އައް ބަލަހައްޓައިގެން އިދެވުނީއެވެ.

“ޔުއާން…..”ނިހާން އަކުރުތަކަށް ދަމާލަމުން ޔުއާން އަށް ގޮވާލިއެވެ.  އެއާއެކު ޔުއާންގެ ހުނުން އެއްފަހަރުން ހުއްޓުނެވެ. އެއްމެއިރުކޮޅަކުވެސް މަޑުކުރުމެއްނެތި ތެދުވެގެން ދިޔައީއެވެ. ހައިރާންވެފައި ސުވާލުން ފުރިގެންވާ ނަޒަރަކުން ޒާރާއައް ނިހާން އާއި ދިމާލައް ބަލާލެވުނެވެ. ދެފަރާތައް ބޯ ހޫރާލަމުން ނިހާން ޖޯލިފައްޗައް ވެއްޓިގަތެވެ.

“އެކްޗުއަލީ… އަހަންނައްވެސް ޔުއާން އެނގޭ…. މިބުނީ އެކޮޅުގަ އުޅުން އިރު އެއްބައިފަހަރު ނިހާން އާއެކު ދިމާވޭ…. އެންޑް އަހަންނައް ޔުއާން އާއި މިވީ ދެއަހަރު ދިމާވިއިރު އައި ހޭވް ނެވާރ ސީން ހިމް ސްމައިލިންގް… “ނިހާން އެއްޗެއް ނުބުނެ އޮތުމުން ނުހާ ޒާރާ އައް ކިޔާދިނެވެ.

“ތުއްތު އަބަދުވެސް މިއުޅެނީ ޔުއާން އާއި އެކީގަ… މިދިޔަ ތިން އަހަރު ތެރޭގައި ދުވަހަކުވެސް ތުއްތު ނުދެކެން ޔުއާން ހެވިފަ ހުއްޓައެއް…. ނުދައްކާނެ އެހާވަރަކައް މީހުންނާ ވާހަކައެއް… ކޮންމެހެން ބުނަންޖެހިއްޖެ އެއްޗެއް ބުނާނީ…. ހުރިހާ އިމޯޝަންސް ތައް ފޮރުވައިގެން ހުންނަ މިހެއް މީހެއް އެއީ… އައި ސިޓިލް ކާންޓް ބިލީވް…. “ހީލަމުން ނިހާން ބުނެލި ގޮތުން ނިހާން ދައްކާވާހަކައިގެ ތެދުކަން ޒާރާ އައް އެގުނެވެ. ތޮށިމަތީގައި ހުރި ޔުއާން އާއި ދިމާލައް ބަލާލަމުން ހީލެވުނެވެ. (ނުނިމޭ)

 

56

1 Comment

  1. Princess

    August 7, 2020 at 12:31 pm

    v nice I will wait for next episode
    Take Care Be Safe

Comments are closed.