Skip to content
އެސްފިޔަ

ރޫބީ

ރޫބީ އަކީ ގައިގެ ކުލަ ދޮން އަންހެނެކެވެ. އުމުރުން ސާޅީސް އަހަރަށް ވުރެ ދޮށި ވާނެއެވެ. ޒުވާންދުވަސްވަރު ކުރި ކައިވެންޏަށް ދެތިން އަހަރު ނުވަނީސް މަސްތުވާތަކެތީގެ މައްސަލައެއްގައި ރޫބީގެ ފިރިމީހާ ޖަލަށް ލެވުނެވެ. އޭރު ރޫބީގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހުއްޓެވެ.
ކޮންމެއަކަސް ފިރިމީހާ ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކުރުމުގައި ރޫބީ ދުވަސްތައް ގުނަމުންދިޔައެވެ. ހަތަރުވަރަކައް އަހަރަށް ފަހު ރޫބީގެ ފިރިމީހާ ޖަލުން ސަލާމަތް ވެގެން އައިސް ރޫބީއާއެކު އުފަލުގައި ދިރިއުޅެމުން ދިޔައެވެ. އޭނާގެ ފިރިމީހާ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވެގެން މަހަށްދާން ފެށިއެވެ.

ދެން އައީ ސިޔާސީ ޕާޓީ ތައް އުފެދިގެން އައި ދުވަސްވަރެވެ. އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ރޫބީ އާއި އޭނާގެ ފިރިމީހާ ވެސް ހިމެނެއެވެ. ޕާޓީގައުޅޭ ބައެއް އަންހެނުންގެ ޖަގަހައިގެ މީހުންނާއެކު ރޫބީ ވަރަށް ގިނައިން އުޅެއެވެ. ރޫބީއާއެކު އުޅޭ މި މީސްމީހުން ރޫބީގެ ގައިން ބަބުރުވަސް ދުވާތީ އަބަދު އެވާހަކަ ދައްކައެވެ. ނަމަވެސް ރޫބީ އަށް ސިއްރުން ނެވެ. ރޫބީގެ ފިރިމީހާ އަށް ރޫބީ ގައިން ބަބުރުވަސް ނުދުވާ ހެއްޔެވެ. ؟ ކިހިލިފަތް ދަށަށް ޖަހާ ސްޕްރޭ ބޭނުން ނުކުރަނީބާއެވެ. ؟ މިއީ އަބަދުވެސް އެމީހުން ހިތަށް އަރާ ފައިބާ ސުވާލުތަކެވެ.

އެއް ދުވަހަކު އަންހެން ވެރީން މަޝްވަރާ ކުރުމަށް ފަހު ރޫބީގެ ފިރިމީހާއަށް ސިޓީއެއް ލިޔުނެވެ. އެ ސިޓީ ގައި ރޫބީގެ ގައިން ނުބައިވަސް ދުވާ ވާހަކަ އާއި އަތްދަށަށް ޖަހަން ރަނގަޅު ޑިއޯޑޮރެންޓް ފުޅި އެއް ގަނެދިނުމަށް އެދިފައިވެއެވެ. ސިޓީ ފޮނުވީ ކާކުކަމެއް ލިޔެފައެއް ނުވެއެވެ. ދެން މިސިޓީ ގޮސް ރޫބީގެ ފިރިމީހާ ގެއަށް ވަންނަ ގަޑިއާއި ކައިރިކޮއް އެ ގޭގެ ގޭޓުގައި ހަރުކޮށް ލިއެވެ. ރޫބީގެ ފިރިމީހާ ގެއަށް ވަންނަން ދިޔައިރު ސިޓީ ފެނިގެން ސިޓީ ނަގައިގެން ކިޔަމުން އެތެރެއަށް ވަނެވެ.
އޭގެ ފަހުން ރޫބީގެ ގައިން ބަބުރުވަހެއް ނުދުވައެވެ. ދުވާ ސެންޓުވަހުން މުޅި ތަން ހުންނަނީ އެއް ވަސްވެފައެވެ.  ކޮންމެއަކަސް ރޫބީގެ ފިރިމީހާ އަށް ޝުކުރު ހައްގެވެ.

Comments (9)

  1. Unkwn

    Kalw gayaa heehee halaak??????this is a funny shit

    1. ލޮޓަސް
      Unkwn

      Thnks, Unkwn, this is a true story, ???

    2. Unkwn
      Unkwn

      Hama thedhakah????????agathe… suhboo thiviygothun adhi hesskiyaa hini aissfi????????????????

  2. ލޮޓަސް

    This is my first story published in this site. Hope readers will like it.

  3. ސަމާ

    ރީތި އިނގޭ, އެހާ މަޖާ,

  4. Anuahs

    Lol?????… Hama heehee halaaku vehjje…varah majaa vaahaka eh..adhi true story ekey buneema imagine mi kohllee heehee bandah ves thadhu vehhjjee..varah salhi ❤️?..keep it up

  5. stry lover

    Mi vhkaige namakii baburu vastha noonii roobiitha? I’m confused?… Btw vhk vrh majaa ingey???

  6. ލޮޓަސް

    Thnks ingey comments kureethee, your comments motivates me to improve and write more stories.

  7. Sha sha

    Hama emannje firisorah shukuru hahgu. Nice story. U brave girl?

Comments are closed.