Skip to content
އެސްފިޔަ

ހިތް ކަލާޔަށް އެދޭތީ

ހައިރާންވެހުރެ އޭނަ އަޑުއައި ދިމާލަށް
ބަލައިލިއެވެ، އަތިރިމަތީގެ ދޮންވެލި ގަނޑުގައި
އިށީންދެ އިނދެ ރީތި ރާގަކަށް ގިޓާކުޅެމުން
އެދަނީ ޔޫހާންނޫން އިތުރު މީހެއް ނޫނެވެ.
ބަލަބަލަ ހުއްޓާ ޔޫހާން ކުށްލިޔަކަށް ކިޔާރާއާއި
ވީ ފަރާތަށް އެނބުރިލުމުން ކިޔާރާލާން އުޅުނު
ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ހިނިއައިސްފައި
ހުރެ ޔޫހާން އަނެއްކާވެސް ގިޓާގެ ނަރުތަކާ
ކުޅެންފެށިއެވެ.”ހޯދޭ ރާނީ މަގޭތީ ހިތް އިނގޭހޭ..
ބަހާރް އާދޭ ތިބާ ހީލުމުންނޭ.. މިލޭގާ ތިނަން
ލިޔެފާ..ގުޅާލާނަމޭ ވިންދާ.. ތީ ހޯދޭނޭ ސާފު
ހިތެއް..އަންނާށޭ ދެން މިރޭ” އެ ރީތި
ފިރިހެންވަންތަ އަޑު އިވުމުން ކިޔާރާގެ މުޅި
ގައިން ހީބިހި ނަގައިގެންދިޔައެވެ. މަޑު
ހިނގުމެއްގައި ޔޫހާން އެދިމާލަށް އަންނަން
ފެށުމުން ކިޔާރާއަށް އިސްޖަހާލެވުނެވެ. ކިޔާރާއާއި
ދާދި ގާތުގައި ހުއްޓެމުން ޔޫހާން، އެދަތްދޮޅީގައި
ހިފާ އިސް އުފުލުވާލިއެވެ.”ފިނި ރޯޅި ބީހޭ ގޮތުން
ޒާތަކަށް ނޭނގި ލޯބީގެ ފަރުދާ ކެހޭ.. ހީވޭ ބުނާހެން
ތި ފުން ލޯ މަގޭގާތު ލެޔާ ގުޅިލާށޭ މިރޭ..ހްމްމްމް
ލޯބީގެ އިހްސާސެކޭ.. ހިތް ދޭނެ އިންޒާރެކޭ
ތީ ހޯދޭނެ ސާފުހިތެއް އަންނާށޭ ދެން މިރޭ”
ސީދާ އެލޮލާ ހަތަރުކަޅި ހަމަކޮށްލަމުން
ޔޫހާން އެބައި ފުރިހަމަކޮށްލިއެވެ. އެހިނދު
ކިޔާރާގެ މޫނު ލަދުން ރަތްވިއެވެ. ހަނދުވަރުގެ
ރިހި އަލީގައި އެހާގާތުން ކިޔާރާގެ ދޮންމޫނު
ފެނުމުން ޔޫހާންއަށް އެތައް އިރަކު ބަލަހައްޓައިގެން
ހުރެވުނެވެ.މަޑު ހަރަކާތަކާއެކު ކިޔާރާގެ އަތުގައި
ހިފާ ވެލިގަނޑުމަތީގައި ޔޫހާން އެއްފައި މަށްޗަށް
ވާގޮތައް އިށީނެވެ.”ކިޔާ.. މިވާހަކަ ބުނާ ހިތުން
އަހަރެން އުޅޭތާ ކިތަންމެ ދުވަހެއް..ފަހަރުގަ
ކިޔާ ހިތަށް އަރާފާނެ މީ އަހަރެން ކުރާ
ސަމާސާއެކޭ..ބަޓް ބިލީވްމީ..ދުވަހަކުވެސް
އަހަރެން ލައިފްގަ މިހާ ސީރިއަސްއެއް
ނުވަން.. އަހަރެން ކިޔާބޭނުންވަނީ އުމުރަށް..
ތިނޫން އަންހެނެއް ދުވަހަކުވެސް ބޭނުމެށް
ނޫން..މިހިތުގަ ތިނަން ލިޔެވިފަވީތާ ކިތަންމެ
ދުވަހެށް..ތި ރީތި މޫނު.. ތި ލޮބުވެތި އަދާތައް
މި ހިތުގަ ބިންވަޅު ނެގިފަވީތާ ކިތަންމެ ޒަމާނެއް
…އައި ލަވްޔޫ ކިޔާ އައި ލަވްޔޫ..”ކިޔާރާގެ މޫނުން
ނަޒަރުވަކި ނުކޮށް ޔޫހާން އިއްވާލި ބަސްތަކުން
ކިޔާރާގެ ލޯ ކަރުނުން ފުރުނެވެ.ތެދެކެވެ.
އަބަދުވެސް ލާނެތްކަން ފެންނަމުންދާ އެ ތޫނު
ދެލޮލުން މިރޭ ފެންނަނީ އެހެން އަސަރެކެވެ.
“ސޯ ވިލް ޔޫ ބީ މައިން ފޯއެވާރ..މިސް
ޖޫސް” ކިޔާރާގެ އަތަށް ފިތާލަމުން ޔޫހާން
އެހެން ބުނެލުމުން ކިޔާރާއަށް ކަރުނައިގެ
ތެރޭންވެސް ހީލެވުނެވެ.”ޔެސް..ޔެސް..މިސްޓަރ
ކޮފީ” ކިޔާރާ ބޯ ޖަހާލިއެވެ. އެވަގުތު ފުރިހަމަ
ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން ޔޫހާން
އެ ތަނަވަސް މޭމަތީގައި ކިޔާރާ ފޮރުވާލީ ނުހަނު
ލޯބިންނެވެ.”ޝޫޝް ނޯ ޓިއާސް މައި ލަވް”
އެ ކަރުނަަތަށް ޔޫހާން ފުހެލީ ކޫރުމެށްވެސް
ނޭޅޭނެހާ ލޯބިންނެވެ.
****************************
އައު ދުވަހަކަށް އިރު ފެނުން ތޮޅިލީ އެކިމީހުންގެ
ހަޔާތަށް އެކި ކުލަވަރު ގެނެސްދެމުންނެވެ. ގޯތިތެރޭގައި
ކަސްރަތުކުރަމުން ދިޔަ ޒާއިޝްގެ ލޮލުގައި ތަންފުކެއް
ދުރުގައި ބެންޗެއްގެ ދޮށުގައިއިން ކިޔާރާ އަޅައިގަތެވެ.
ކައިރީގައި ހުރި ފެންފުޅިން ފެންފޮދެއް ދަމާލަމުން
އޭނަ އެދިމާލަށް މިސްރާބުޖެހިއެވެ.”ކިޔާ..” ކިޔާރާއާއި
ދާދި ގާތުގައި ހުއްޓެމުން ޒާއިޝް އެނަމުން ގޮވާލިއެވެ.
“ދޮންބޭ..” ސިހިފައި ކިޔާރާއަށް ތެދުވެވުނީ ޒާއިޝް،
އަތުގައި ހުރި ފެންފުޅިން އެތިފޮދެއް ކިޔާރާގެ ބޮލަށް
އޮއްސާލުމުންނެވެ. ” ކޮން ދޮންބެއެކޭ ކިޔާކަށް
ކިޔާ ދީވާނާވެފަ ހުރިވަރުން ދޮންބެ މިތަނަށް އައިއިރުވެސް
ނޭނގޭ ވިއްޔަ..ކާކުގެ ހިޔާލެއްގަތަ؟”ޒާއިޝް ލާނެތް ގޮތަކަށް
ހީލިއެވެ. އެއާއެކު ކިޔާރާގެ މޫނު ލަދުން ރަތް ވިއެވެ.
“ދެން ނޫން އެކަކާމެދުވެސް ނުވިސްނަމޭ”އަވަސްއަވަހަށް
ކިޔާރާ ބުންޔެވެ.”އޯންް..މައި ލިލް ސިސް އިޒް ބްލަޝިން
… ސޯ ކިއުޓް..”ކުޑަކުއްޖެއްހެން ޒާއިޝް ބުންޔެވެ.
“ނޯ”ދެލޯ ހަނިކޮށްލަމުން ކިޔާރާ އުނަގަނޑުގައި އަތް
ވިއްދާލިއެވެ.އެވަގުތު ކިޔާރާ އިތުރަށް ރުޅި އަަރުވާލުމުގެ
ނިޔަތުގައި ޒާއިޝް އިސްތަށިގަނޑު ކިޔާރާގެ މޫނާ
ދިމާލަށް ފޮޅާލިއެވެ.”އިއޫއޫ..”މޫނަށް ފަކުރު ވައްތަރެއް
ޖައްސަމުން ކިޔާރާ ގެއާއި ދިމާލަށް ދުއްވައިގަތެވެ.
އޭރުވެސް ޒާއިޝް ބަނޑުގައި އަތް އަޅައިގެން އޮވެ
ހެނީއެވެ.ޓެރަސް މަތީގައި މި ހުރިހާ މަންޒަރެއް
ބަލަން ހުރި ރަފީގާއަށް ބޭއިޙްތިޔާރުގައި
ހިނިތުންވެެލެވުނެވެ. ޒުވާން ދަރިފުޅުގެ މޫނުން
ފެންނަންހުރި ހިނިތުންވުން ތާއަބަދަށްލެއްވުން
އެދި އޭނައަށް ހިތާހިތުން ދުޢާ ކޮއްލެވުނެވެ.
ކަޅު ސަފްޙާއެއްފަދަ އެހިތި މާޒީ،ދުވަހެއްގެ
ކޮޅުންވެސް އިޢާދަ ނުވުމަށް އެދި ދެންނެވުނެވެ.
**************************
ކޮލެޖުގެ ކެންޓީނުގައި އިން އިވްރާގެ
ނަޒަރު ފޯނަށް ހުއްޓިފައިވީ ނަމަވެސް
އޭނަގެ ވިސްނުންވަނީ އެއާ އެތައް ހާސް
މޭލެއްގެ ދުރުމިނުގައެވެ.”އިވީ… އެމް ސޯ
ސޯ ހެޕީ.. މިރޭ އަންނާނަން ދޯ”
އައިނައިތަނެއް ނޭނގި ކިޔާރާ އިވްރާގެ
ގައިގައި ބައްދާލިއެވެ.” އޯކޭ.. މިރޭ ދާނަން
ކަމަނާގެ..ޕްރިންސް ގޮވައިގެން” ލާނެއްރާގަކަށް
އިވްރާ ބުނެލިއެވެ. އެވަގުތު ކިޔާރާގެ މޫނު
ލަދުން ރަތް ވިއެވެ.އެތަންފެނި އިވްރާ،
އިތުރަށް ކިޔާރާ ލަދު ގަންނުވަން ފެއްޓިއެވެ.
**************************
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.ހައިބަތު ބޮޑު
ކޮޓަރީގެ އެއްފަޅީގައި ބެހެއްޓިފައިހުރި
މޭޒުގެ ދޮށުގައި އިން ކަޔާން އިނީ ފުން
ވިސްނުމެއްގައެވެ. ދިއްލާލެވިފައިވާ މަޑު
ބޮކީގެ އަލިކަން އިތުރަށް ފަނޑުވެވިފައިވަނީ
ކޮޓަރީގެ ހަތަރުފާރުގައި ލެވިފައިވާ ގަދަ
އަޅިކުލައިގެ ސަބަބުންނެވެ.އެކުލަޔާ ގުޅުވާލެވިގެން
ހުރިހާ ފަރުނީޗަރެއްވެސް ފަރުމާ ކުރެވިފައިވީއިރު
މެދުގައި ބެހެއްޓިފައިހުރި ކިންގް ސައިޒު
އެނދުގައި ހުރީ މަން ހުދު ކުލައެވެ.
“ސަރ..އާދިލް ސާރ އިޒް ކޯލިން” އެވަގުތު
ކޮޓަރީގެ ދޮރު ހުޅުވާފައި ވަތް ނޯކަރު މީހާ
އަދަބުވެރި ކަމާއެކު ބުނެލިއެވެ.ބޯ ޖަހާލަމުން
ކަޔާން ކޮޓަރިން ބޭރަށް ނިކުތެވެ.”ވަދޭ” ދެފަހަރަކު
ޓަކި ޖަހާލުމުން އެތެރެއައް ވަނުމަށް ހުއްދަ
ލިބުނެވެ.”ދަރިފުޅު..އާދޭ” ކޮޓަރިތެރެއައް ވަތް
ކަޔާންފެނި އާދިލްގެ ރޫޖެހިފައިވާ މޫނުމައްޗަށް
ހިނިތުންވުމެއްވެރިވިއެވެ. “ބައްޕަ ކިހިނެއްތޯ؟”
އާދިލް އިށީންދެގެން އިން އަދަރާދަ ގޮނޑީގެ
ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން
ކަޔާން އަހާލިއެވެ. “ރަނގަޅު.. ބައްޕަ ދަރިފުޅު
މި ގެނައީވެސް ކަމަކުއޭ.. އަން މި ފައިލް
ހަވާލުކޮށްލަން” ކަބަޑު ހުޅުވާލާފައި ނެގި ފައިލެއް
އާދިލް ކަޔާންގެ އަތަށް ލައިދިނެވެ. “މި…”
ކަޔާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. ގަބޫލް
ނުކުރެވޭހާލު އޭނަ އާދިލް އާއި ދިމާލަށް
ބަލައިލިއެވެ.”މިއަދަށްފަހު މި ވިޔަފާރީގެ 100
ޕަރސެންޓް ހިއްސާދާރަކީ ދަރިފުޅު” ހިނިތުންވެލަމުން
އާދިލް ބޯޖަހާލިއެވެ. މަޑުމަޑުން ހިނިތުންވުމެއް
ކަޔާންގެ މޫނުމަށްޗައް ވެރިވިއެވެ.އާދިލްގެ ކޮޓަރިން
ނިކުތް ކަޔާން، ހިނިތުންވެހުރެ ކުރިއަށް ހިނގައި
ގަތެވެ. އެހެންނަމަވެސް އޭނަގެ ހިނިތުންވުން
ފޭދިގެން ދިޔައީ ކުރިމަތިންފެނުނު ސޫރައެއްގެ
ސަބަބުންނެވެ. ދެވަނަސިކުންތުގައި އޭނަގެ
ދެބުމަ ގޮށްޖެހި ކަތުރުކަށިގަނޑަށް ވާންވެގެން
ދިޔައެވެ.ދެއަތް މުއްކެވިގެންދިޔައިރު ކޮންޓްރޯލް
ކުރަމުންދިޔަ ރުޅިވެރިކަމެއް އެމޫނުމަތިން
ފެނިލިއެވެ.
ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Livy

    Varah Varah Varah reethi ❣️❣️ maa sha Allah ?? curiously waiting waiting waiting for the next part ?✨?⚡

    1. Cherrychoppers
      Livy

      Jazaakillah livy .? next part insha Allah Wednesday ga

  2. Unknown

    Maasha Allah?? vrh reethi mi part ves?? kiyaa hithun indha e nimuny ??? curiously waiting for next part ❤️❤️

    1. Cherrychoppers
      Unknown

      Jazaakillah sis ?

  3. Baby gorl

    Awwnn haadha dhuvaheh ge inthizaarehge nimumekey mi aiy? thanks vaahaka up kohladhiniythyy btw varah vx rythi mi part.. kaakubaa e fenuniyy kayaan ah? waiting for next part, lots of love ?

    1. Cherrychoppers
      Baby gorl

      Jazaakillah khairan ?? sorry lasveema.. let’s see dhw kayaan ah e fenunee kaakukan.. much loves ❤❤

  4. Someone

    Woww… Ma Sha Allah????… Varah reethi mi part…

    1. Cherrychoppers
      Someone

      Jazaakillah khairan ??

  5. yoom

    Vaahakaiga vaagotheh neyge mihaaru… Konme faharaku ves jeheny kuryga baithah kiyaalan…lahun upload kuraathy vaahakaiga vaa nuvaaeh neyge..hadhaan nethifa hunnany…Ehnve foohi… Mifaharu ves vaahaka nukiigeh comment section ah miaee…

    1. Cherrychoppers
      yoom

      Yaaa varah dherakoh dhimaavi kameh eiii.. lap mahsalaeh jehigen sis eh kairi ah gos type kuranee .. ehenve las v .. varah bodah sorry. Insha Allah next part varah avahah up kohladheynan maybe Wednesday or Tuesday…thanks for the comment ?

  6. Starlight vixx

    Cherrychoppers from which island are you ??? And also waiting for the next part

    1. Cherrychoppers
      Starlight vixx

      Umm ?? hehe .. ekan sirreh gothugai baahvamaa.. thanks for the comment ?

  7. Fathima

    Thaakun thaakun nujehey vaahaka eh Hadi varah ???

    1. Cherrychoppers
      Fathima

      Shukuriyyaa ?

  8. Shuba

    Vrh reethi. Masha Allah

    1. Cherrychoppers
      Shuba

      Jazaakillah khairan shuba ❤❤❤❤

Comments are closed.