Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް(16ވަނަ ބައި)

@aminath Level 110 Stories100 Login
June 27, 2020 3 Mins Read
8 Comments

ލޯ ހުޅުވާލުމާއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ފުއްމައިގެން ތެދުވެވުނީ ޑްރެސިން ޓޭބަލް ކައިރި ހުރި މާޒް ފެނިފައެވެ. މަލަކްގެ މޫނުމައްޗަށް އެވަގުތު ވެރިވެގެން ދިޔައީ ލަދުވެތިކަމެކެވެ. އެވަގުތު ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ހޭލާއިރު އެންމެ ފުރަތަމަވެސް މާޒްގެ ސޫރަ ދުށުމަކީ  އޭނާ ދެކެމުންއައި  ހުވަފެނެކެވެ. މިއަދު އެހުވަފެންވެސް ހަޤީގަތަކަށް ބަދަލުވީއެވެ.
“ދޭ ފެންވަރާއިގެން ތައްޔާރުވާން. 9 ޖަހާއިރު ފުރަން ޖެހޭ” މާޒަށް މަލަކް ހޭލައި އޮތްތަން ފެނުމުން ބުނެލިއެވެ. “އޯކޭ” އެވަގުތު މަލަކްގެ  މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

ތައްޔާރުވެލައިގެން މަލަކްއާއި މާޒް އައިސް ކާގެއަށް ވަންއިރު ނަހުލާއާއި، ނޫރާ އަދި ނާޒް ހެނދުނުގެ ސަޔަށް އިންސާފްކުރުމުގައި ތިއްބެވެ. “ދޮންބެ އަދި ނުތެދުވަނީތަ؟” އަޔާން ނެތުމުން މަލަކް ސުވާލުކޮށްލިއެވެ. “އޮފް ދުވަހެއްވީމަ ނިދާލަނީ ހެން ހީވަނީ.” ނާޒަށް ކާންދެމުން ނޫރާ ޖަވާބުދިނެވެ. “ރިސޯޓަށް ގޮސްފަ ކޮންއިރަކުން އަންނަނީ؟ މަލަކްއަށް ބަލަމުން ނަހުލާ ސުވާލުކޮށްލިއެވެ.  “2 ދުވަސް  ކޮށްފަ އަންނާނަން ދޯ މާޒް.” މަލަކް މާޒާއި ދިމާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

އަޔާން އޭނާގެ އެންމެ އަރާމު ނިދީގައިވާއިރު ދުނިޔެމަތީންވެސް ހަނދާން ނެތިފައިވާ ވާކަހަލައެވެ. ބޯކާޓޭންތަކުގެ ސަބަބުން ފުންއަނދިރިކަން ވެރިވެފައިވާ ފިނިކޮޓަރީގައި އޮތް އަޔާން
ދެލޯހުޅުވާލުމަށްފަހު ކަންނެތްގޮތަކަށް ތެދުވެ އިށީނދެއްޖެއެވެ. އޮފްދުވަހަކަށްވުމުން މިއަދު އޮފީހަށްދާކަށްވެސް ނުޖެހެއެވެ. އެކަމަކު ކުރިއާއި ހިލާފަށް އަޔާނަށް މިހާރު ރަނގަޅީ އޮފްދުވަސްތަކަށްވުރެ މަސައްކަތަށް ނިކުންނަންޖެހޭ ދުވަސްގިނަވިއްޔާއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޮފީހަށް ދިޔުމުން އޭނާއަށް އީޝަލް ފެންނާނެތީއެވެ.

ދެވަނަ ސިކުންތުގައި އޭނާ ތެދުވެގެން ހިނގައިގަތީ ފާޚާނާއާއި ދިމާއަށެވެ. ނޫކުލައިގެ ޖިންސަކާއި ރަތް ޓީޝާޓެއްގައި ސިޑިން ތިރިއަށް ފައިބައިގެން އައިއިރު މަލަކްއާއި މާޒް ހެނދުނުގެ ސައިން ނިމިގެން ތެދުވަނީއެވެ. “ދޮންބޭ ގުޑް މޯނިންގ. އަހަރެންނާއި މާޒް މިއުޅެނީ ފުރަން ދާން ވެގެން . އޯ އަދި އަހަން ހަނދާން ނެތިފަ މިހުރީ! އީޝަލް މިހާރު ކިހިނެއް؟” މަލަކް އަޔާން ގާތު ހުއްޓިލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ” އީޝަލް  މިހާރު ރަނގަޅު .” އަޔާންގެ ޖަވާބު އަޑު އިވުމުން މާޒަށް ހިތްހަމަޖެހުމެއް ލިބުނެވެ.
“މަލަކް ވެސް މިހާރު ކައިވެނިއެކުރީ . އަޔާންވެސް ވެއްޖެ އެއްނު ކައިވެންޏެއް ކުރަން.” ނޫރާ އަޔާނާއި ދިމާކޮށްލިއެވެ. ” އާނ. ތިކަމާވެސް އުޅެންވީ.” އަޔާން އެކަންތައް ނެގީ މަޖަލަކަށެވެ.

އަރައިގެން އައި އިރުގެ ރަންދޯދިތައް ދުނިޔެ ރަންކުރަމުންދިޔަ ވަގުތަކީ ކޮންމެމީހަކުވެސް ދުވަހުގެ މަސައްކަތައް ފަށައިގަތުމަށް ތައްޔާރުވަމުންދާ ވަގުތެވެ. އެކަމަކު އެހެން ދުވަސްތަކާއި ޚިލާފަށް އީޝަލްއަށް މިއަދަކީ މުޅިން ތަފާތު ދުވަހެކެވެ. އާދައިގެމަތިން ހެނދުނު ހައެއް ޖަހާއިރު   ކޮޓަރިން ނިކުންނަ ހީވާގި ޒުވާނާގެ ދުވަސް ފެށިގެން އެދަނީ އިރުގެއަލިކަންވެސް ނުދެކޭހާލު އަނދިރި ކޮޓަރިއެއްގެތެރޭގައެވެ.  ވަށައިގެން ހަމަހިމޭންކަން ރަސްކަންކުރަމުންދިޔަ ކޮޓަރިތެރޭގައި އީޝަލް އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެންނެވެ. ބައްދާލައިގެން އޮތް ކަންނޭލުގައި އީޝަލްގެ ކޯތާފަތްޖެހިފައިހުރި ހިސާބުގައި އަދިވެސް ވަނީ ތެތްކަމެކެވެ. ރޭގަނޑުގެ އެތައްދަމެއް ވާންދެން އެލޮލުން އޮހޮރުނު ކަރުނައިގެ އަސަރު އަދިވެސް މުޅިން ފިލައިގެން ނުދެއެވެ.  އެންމެ ރެއެއްގެތެރޭގައިވެސް އޭނާގެ ރީތިސޫރަ މުޅިން ބަދަލުވެއްޖެއެވެ .  އާނއެކެވެ. އެއީވެސް އޭނާ މާޒްދެކެ އިންތިހާއަށް ލޯބިވާކަމުގެ ހެއްކެކެވެ. ކަޅުކުލަގަދަ އެސްފިޔަތަކުގެ ނިވަލުގައިވާ ބިއްލޫރިކޮޅެއްފަދަ ސާފު ހުދުދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އުޖާލާ އަލިމޫނުގައި އެއްވެސް ދިރުމެއްނެތްކަހަލައެވެ.  ފެންދަމާލާފައިވާވަރުން ގިނަދުވަސްތަކެއް ވާންދެން ބަލިއެނދުގައި އޮވެފައިވާ މީހެކޭ އީޝަލްއާ ތަފާތެއް ނެތެވެ.  އިންސާނާ ރީތިކޮށް ހުރުމަށްޓަކައި ތާޒާ ކާނާއާއިއެކު އުފާވެރިކަމަކީވެސް މުހިންމު އެއްޗެއްކަން ޔަޤީނެވެ. އެހެންނޫންނަމަ އެންމެ ރެއެއްގެ ހިތާމައިން އީޝަލްގެ ތާޒާމޫނު އެހާބޮޑަށް މިލާމޯޅިވެގެންނުދިޔައީހެވެ.
“ކީއްވެ އަހަރެންނަށް މިހެންމިވީ؟ އަހަރެންނަށް ކުރެވުނީ ކޮންކުށެއް؟” ހިތާއިހިތުން އީޝަލް އެތައް ޝަކުވާތަކެއް ކުރަމުން ދިޔައެވެ. ނަމަވެސް މިއަދު އެ އަޑުއަހާނެ މީހަކު  ނެތެވެ.

“ދޮންތާ!” ކޮޓަރިއަށް ވަދެގެން އެވަގުތު އައީ އާލިޔާއެވެ. “ދޮންތަ، ހެނދުނު ސައި އަދިވެސް  ނުބޮމެއްނު .” ޓްރޭއެއްގައި ކަޅުސައިތަށްޓަކައި ސޭންޑްވިޗްއެއް ހިފައިގެން އައި އާލިޔާ އެ ޓްރޭ ސައިޑް ޓޭބަލް މަތީ ބަހައްޓަމުން ބުނެލިއެވެ. “މަންމަ ކޮބާ؟” އީޝަލް އެނދުން ތެދުވެލަމުން ބުނެލިއެވެ . “މަންމަ އެބައިން ސިޓިންގްރޫމްގަ.” އާލިޔާ ވާހަކަ ދެއްކީ ހިނިތުންވެލާފައެވެ. ކުޑަދޮރާއި ކައިރިވެލާފައި ކާޓޭންކަހާލުމާއެކު ހުދުއަލީން އަލިވެގެންދިޔަ ކޮޓަރީން އީޝަލްގެ މިލާމޯޅިވެފައިވާ ދޮން ދޮން މޫނު ފެނިގެންދިޔައެވެ. އީޝަލްގެ މޫނު ފެނިފާ އާލިޔާގެ ދެލޯވެސް ފެންކަޅިވިއެވެ.

މެންދުރު ނަމާދު ކުރަންވާއިރަށް  އީޝަލް ކޮޓަރިއަށް ގޮސް ފެންވާރާލީއެވެ. އީޝަލް ކޮންމެ ނަމާދެއްގައި ހެއްދެވިފަރާތަށް ދުޢާ ދަންނަވައެވެ. އީޝަލްއާއި އީޝަލްގެ އާއިލާ ރައްކާތެރިކޮށްދެއްވުމަށެވެ. ބައްޕަގެ ކައްވަޅު އަލިކޮއްދެއްވުމަށެވެ. މަންމަގެ ލޯބިން މަހުރޫމު ވިޔަނުދިވުމަށެވެ. އީޝަލްއަށް ރަނގަޅު ދިރިއުޅުމެއް ދެއްވާތޯއެވެ. އަބަދުވެސް އެފަރާތަށް އަޅުކަން ކުރާ ހާލުގައި ދަމަހައްޓަވާތޯއެވެ. ހިތް ސާބިތުކަންމަތީ ދަމަ ހައްޓަވާތޯއެވެ.

*******

ދޮންވެލިގަނޑުގައި މަލަކްގެ ފައިޖެހުމާއެކު މަލަކް މާޒްގެ އަތުގައި ހިފިއެވެ. “މާޒް. ހާދަ ރީތި ތަނެކޭ” މަލަކް ހުރީ އުފަލުން ފޮޅިފައެވެ. އަރައިގެން ހުރި ފައިވާން ބޭލުމަށްފަހު މަލަކް ހިނގަންފެށިއެވެ. ރާޅުނަގާ ބީއްސާލާއަޑު އިވިގެންދަނީ މިޔުޒިކެއް ފަދައިންނެވެ. ރާޅުޖަހާ ހިސާބުގައި ހުއްޓުމަށްފަހު މަލަކް ފޮޓާ ނަގަންފެށިއެވެ. މާޒް އޭނާގެ މޫނުގައި އަތްއެޅީ އޭނާގެ ފޮޓޯ ނުނަގާށޭ ބުނާފަދަ ގޮތަކަށެވެ. މަލަކްއާއި މާޒް ދިޔައީ އެމީހުންނަށް ހަމަޖެހިފައިވާ ރޫމަށެވެ. މާޒް ބޭނުންވީ ކުޑަކޮށް ނިދާލާށެވެ. މާޒް ނިދަން އޮތުމުން މަލަކް ފެންވާރާލައިގެން ތިޔައީ ރިސޯޓުގެ އެކިތަންތަން ބަލާލާށެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަޔާން  ވިސްނަމުން އެދެނީ އީޝަލްއާއި މެދުއެވެ. އާއެކެވެ. އަޔާނަށް ހަމަ ރަނގަޅަށްވެސް އީޝަލް ދެކެ ލޯބިވެވިއްޖެއެވެ. ހަޔާތުގައި އޭނާއަށް ކުއްޖެއްދެކެ މިހާ ލޯތްބެއް ނުވެއެވެ. އީޝަލް ގާތު ލޯބިވާ ވާހަކަ  ބުނަން ބޭނުންވިއެވެ. ނަމަވެސް އީޝަލްގެ ޖަވާބަކީ ކޮބައިކަން މާކުރިންވެސް އަޔާނަށް އެނގެއެވެ. އީޝަލް އޭނާ ދެކެ ރުޅި އަންނަ ކަން އަޔާނަށްވެސް އިނގެއެވެ. ނޫރާ އެބުނީ ތެދެކެވެ. އަޔާން މިހާރު މީހަކާއި އިންނަން ވެއްޖެއެވެ. އުމުރުން މިހާރު 30 އަހަރަށްވުރެ މަތިވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އަބަދު މަސައްކަތުގައި އުޅުމުގެ ސަބަބުން ލޯބީގެ ހަޔާތަށް އޭނާއަށް ޖާގައެއްދެވިފައެއް ނެތެވެ.

ފޮތެއް ކިޔަންއިން އީޝަލް ކިޔުން މެނދު ކަނޑާލީ ފޯނަށް މެސެޖެއް އައުމުންނެވެ. ބަލާލިއިރު އެއީ އަޔާންގެ މެސެޖެކެވެ. އެމެސެޖުގައިވަނީ  ވާހަކައެއް  ބުނަން ބޭނުން ވާ ވާހަކައެވެ.  އެހެންވެ މިރޭ ދިމާ ކުރެވިދާނެތޯ އަހާފައެވެ. އީޝަލް ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. އީޝަލް އަޔާނާއި ދިމާކުރަންވީ ކޮން ވާހަކަ އެއް ދައްކަންހެއްޔެވެ.؟ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. އަޔާން ކުރި މެސެޖަށް ސަމާލުކަމެއް ނުދީ އީޝަލް އެނެއްކާވެސް އޭނާ ކިޔަން އިން ފޮތް ކިޔަން ފެށިއެވެ. އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ. މިފަހަރު އީޝަލްއަށް ކުޑަކޮށް ސިހުމެއް ލިބުނެވެ. އޭގައިވަނީ އީޝަލްގެ ބައްޕައާއި ބެހޭ ވާހަކައެއް ދައްކަން ބޭނުންވާ ކަމަށެވެ. އީޝަލް ނިންމީ އަޔާނާއި ބައްދަލު ކުރާށެވެ. އެހެންވެ އަވަހަށް އޯކޭ އޭ ކިޔާ މެސެޖަށް ޖަވާބުދިނެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..13

Next

ހިތް ކަލާޔަށް އެދޭތީ

Next
June 27, 2020

ހިތް ކަލާޔަށް އެދޭތީ

Previews
June 27, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..13

8 Comments!

  1. @aminath says:
    June 27, 2020 at 11:12 pm

    Assalaamualaikum. Sorry everyone mibai kudakoh lahun up kohlevunyma?

  2. ibilees says:
    June 28, 2020 at 5:58 am

    oks

  3. Shau says:
    June 28, 2020 at 10:25 am

    Hehe…. It is OK… Ekamaku Dhn annabai avas kohdheythi ingey

  4. Anas says:
    June 28, 2020 at 10:22 pm

    Mi part kada???????

  5. Aisha says:
    June 28, 2020 at 10:23 pm

    Kada

  6. Ju-udhaa Abdull Aleem says:
    June 30, 2020 at 12:19 am

    Masha Allah?♥️♥️

  7. Shau says:
    June 30, 2020 at 11:24 am

    Kobaa aneh bai

    1. @aminath says:
      June 30, 2020 at 11:33 am

      Submit kohlaafa ihnarne ?ekamu adhi mithanun up nukohdhey e part eh

Comments are closed.

Next Episodeއީޝަލް (17ވަނަ ބައި)←


All Right Reserved!