ކޮރޯނާ ވައިރަހުގެ ދުލުން
އަހަންނަކީ ކޮރޯނާ ވައިރަހެވެ. ކަލޭމެން އެންމެ ބިރުގަންނަ ކޮވިޑް-19 އެވެ. އަހަރެން ކަލޭމެންގެ ދުނިޔެ އެފުށްމިފުށަށް ޖަހަމުން ދާއިރު ކަލޭމެންނަށް ހަމަ ރޭކާވެސް ނުލައެވެ. ނިކަން ދެކިބަލާށެވެ! އަހަރެން ކަލޭމެންގެ ހަށިގަނޑަށް ވަދެ ހަމަޖެހިލަނީ ލޮލަކަށް ބޮލަކަށް ނުފެނިއެވެ.
އޭ އިންސާނާއެވެ! ކަލޭމެން ތިއުޅެނީ ކަލޭމެންނަށް ވުރެ އެތައް ގުނައެއް ކުޑަ މަޚްލޫޤެއްގެ ކިބައިން ސަލާމަތް ނުވެގެންނެވެ. އެ މަޚްލޫގު މަރާލުމަށް ފަރުވާއެއް ނުހޯދިގެންނެވެ. އެމަޚްލޫގާއި ދެކޮޅަށް ވެކްސިނެއް ނުހޯދިގެންނެވެ. އަދިވެސް އަހަންނަށް މަލާމާތް ކުރާނީ ހެއްޔެވެ؟ ނޫނީ ކީރިތި ވަންތަ މާތް ﷲގެ މަގަށް ރުޖޫޢަވާނީ ހެއްޔެވެ؟
އޭ އިންސާނާއެވެ! އަހަރެން މި ދުނިޔެއަށް އަންނަން ޖެހުނީ ކަލޭމެންގެ ސަބަބުންނެވެ. ކަލޭމެންގެ ނުލަފާކަމުންނެވެ. ކަލޭމެންގެ ޖައްބާރުކަމުންނެވެ. ކަލޭމެންނަށް ގެއްލުމެއް ދިނުމަކީ އަހަރެން ބޭނުންވާ ކަމެއްނޫނެވެ. ނަމަވެސް އަހަންނަށް މަޖުބޫރުވީއެވެ. އަހަރެންގެ މަގުސަދަކީ ކަލޭމެންނަށް އިބުރަތްތެރި ފިލާވަޅެއް އުގަންނައިދިނުމެވެ.
އޭ އިންސާނާއެވެ! ކަލޭމެން ނުކުރާކަށް ކަމެއް ނޯވެއެވެ. ރަސޫލާއަށް ފުރައްސާރަކުރަނީއެވެ. ރަސޫލުކަމަށް ދަޢުވާކުރަނީއެވެ. ކުށެއްނެތް ނަފްސުތައް ޤަތުލު ކުރަނީއެވެ. މަސްތުވާތަކެތި ބޭނުންކުރަނީއެވެ. ޒިނޭ ކުރަނީއެވެ. އަނެއްކޮޅުން ޓެކްނޮލޮޖީގެ ދުނިޔޭގައި ކަލޭމެންނަށް ނުކުރެވޭކަށް ކަމެއްނެތެވެ. އެއްބަޔަކު ޕޯން ބަލަނީއެވެ. އަނެއްބަޔަކު މަޢުސޫމު އަންހެންކުދިންނަށް ބިރުދައްކަނީއެވެ. ސެކްސްޓު ކުރަނީއެވެ. ނަމަވެސް ކަލޭމެން ތިކުރާ ހުރިހާ ކަމެއް ރަނގަޅަށް ދެނެވޮޑިގެންވާ ފަރާތެއްވެއެވެ.
އޭ އިންސާނާއެވެ! ކަލޭމެންނަށް ހެޔޮވިސްނުން ލިބޭނީ ކިހިނެއް ހަދައިގެން ހެއްޔެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތައް އަހަރެންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިފިއެވެ. މިވަރުކުރީމަވެސް ކަލޭމެންނަށް ވިސްނޭ ކަމަކަށް ނުވެއެވެ.
އަހަރެންގެ އުންމީދަކީ ކަލޭމެންނަށް ހެޔޮވިސްނުން ލިބުމެވެ. ތައުބާވާށެވެ! ހުޅަނގު ފަރާތުން އިރު އެރީމައި ކުރާތައުބާ ގަބޫލެއް ނުވާނެއެވެ. މިދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެކެވެ. ގިޔާމަތް ދުވަހު ސުވަރުގެ ބޭނުންނަމަ ހެޔޮއަމަލު ގިނަކުރާށެވެ. ދީނަށް އިސްކަންދޭށެވެ. 100 ޕަސެންޓް މުސްލިމް ޓެގު ޖެހުމަކުން މުސްލިމުންނަކަށް ނުވެއެވެ. މޫނުބުރުގަލެއް އަޅައިގެން ހުރުމަކުން އަދި ދީނީ މީހަކަށް ނުވެއެވެ. ނަމުގެ ކުރީގައި އައްޝައިޚު އޮތުމަކުން ދީނީ އެއް ނުވެއެވެ. މުސްލިމަކަށް ވަނީ ޝަދާދަތް ކިޔައި އަމަލާއި ބަހުން އެކަން ދެއްކުމުންނެވެ.
(ނިމުނީ)
ނޯޓް: މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މިވާހަކައިގައި ބައެއް ކުށްތައް ހުރުން އެކަށީގެންވެއެވެ.
(އަޅުގަނޑު ކުރިން ލިޔެފައިވާ ހިތުގެ އުދާސް ވާހަކައަށް ކޮމެންޓު ކުރި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.)
4 Comments!
Comments are closed.

Ooh… so you are story reader?.
ހެހެ. ޔެސް
name vx nujahaa comment kurevuny :b
So you know what sex mean