Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުއްލި ބަދަލް (2)

Angell Level 1
June 10, 2020 5 Mins Read
11 Comments

” ކިހިނެއްވީ؟ ކާކު މަންމާ؟” ރަނާ އެއްފަރާތަށް ޖެހިލުމުން ޒީކް ދޮރާ ކައިރިވެލިއެވެ. ކުރިމަތިން ފެނުނު މީހަކުން ޒީކް ގެ ލޯ ދިޔައީ ބޮޑު ވެގެންނެވެ. ” ނޯނޯނޯ .. ހަހަހަ .. ޔާންންންންން… ” ހަޅޭއްލަވައިގަނެފައި ޒީކް ހިފައިގަތީ ކުރިމަތީގައި ހެވި ދިލިފައި ހުރި ކިޔާންގެ ގައިގައެވެ. ” އަޅޭ ގަބޫލެއްވެސް ނުކުރެވޭ .. ކީއްވެތަ އަންނަ ވާހަކަ ކުރިން ނުބުނީ؟؟” ކިޔާން ފެނުމުން އެންމެ ފުރަތަމަ ވެސް ޒީކް ކޮށްލީ ޝަކުވާއެވެ. އޭރު އުފާވެރި ކަމުގެ ކަރުނަ ޒީކްގެ ލޮލުން ވިދަވިދާ ހުއްޓެވެ. ” އެއްކަލަ ބޭބީ .. އަންނަތަނުން ޝަކުވާ ކުރަން ފެށީ.. ކޮބައި ޒިޔާންމެން .. ދެން ނުރޮއިބަލަ ދޯ.. ޑޯންޓް ވޭސްޓް ޔުއަރ ޕްރިޝަސް ޓިޔާރސް..” ކިޔާްން ޒީކް ގެ ލޯ ފޮހެލަދިނެވެ. “ރަނާއްތާ! ހެޔޮ ނުވާނެ އަހަރެން އެތެރެއަށް ގެންދޭ.. ނޫނީ މި މޮޔަ އަހަރެން މިތާ ވަޅުލާނެ.. ” ކިޔާން ހެމުން ހެމުން ބުނެލިއެވެ. ” ހެހެ އާން އަވަހަށް ހިނގާ.. އެންމެން ތިބޭނެ މިހާރު ކާކު ކަމެއް ނޭނގިފައި..” ރަނާ ކުރިއަށް ހިނގައިގަތެވެ.
” ޒިޔާންން.. ” ކިޔާން ފެންޑާ ދޮރު މައްޗަށް އަރާފައި ފުރަގަސްދީގެން ހުރި ޒިޔާންއަށް ގޮވާލިއެވެ. ” ވަޓްޓްޓް؟؟؟ ހަހަ ކިޔާންން.. އޭ އަންގައިވެސް ނުލާ..” ޒިޔާންއަށްވެސް ވީ ޒީކް އަށްވީވަރެވެ. ” ސަޕްރައިޒް ބުނީމަ ސަޕްރައިޒްއަކަށް ވޭތަ؟” ކިޔާން ޖަހާލީ ބޮޑު ހިނިގަނޑެކެވެ. ” ދަރިފުޅާ ކިޔާން.. މިހާރު ވަކާލާތުކަން އެއްކޮށް ކިޔަވާ ނިމުނީތަ؟” ޒިޔާދު އަހާލިއެވެ. ” ލައްބަ ޒިޔާދުބޭ.. އެއްފަހަރަކަށް ނިމުނީ ދެން.. ޖޮބަށް ނިކުންނަން މިކޮޅަށް މިއައީ.. މަންމަ އާއި ބައްޕަ ވަރަށް ސަލާްމް ބުނި މިގޭ އެންމެނަށް..” ކިޔާން އަދަބުވެރިކަމާއިއެކު ޖަވާބު ދިނެވެ. ” އެކަމް ބްރޯ.. މިއޮށް ހުރިހާ ފީލްޑްތައް ހުއްޓަ ކީއްވެ ލޯޔަރަކަށްތިވީ؟ ނޭނގޭތަ ތީ ކިހާ ރިސްކް ބޮޑު ކަމެއް ކަމެއް.. އެންޑް މާލޭގައި ގިނަ ލޯޔަރުން ތިބެނީ ގަނެލާފަ.. ކިޔާންވެސް ބޭނުމީ ބޮޑުންގެ ތައްޕާހުގައި އެމިހުންގެ އަޅުވެތިކަމުގައި މުޅި ލައިފް ވޭސްޓް ކޮށްލަންތަ؟” ޒައިން ވަރަށް ސީރިއަސްކަމާއިއެކު އެހި ވާހަކައިން މުޅިތަނަށް ވެރިވީ މަރުފަދަ ހިމޭކަމެކެވެ. ” ހެހެ.. ހްމްމް.. އިނގޭ ތިކަން .. އެހެންވެ އަހަރެން ލޯޔަރަކަށް މިވީ.. އަހަރެން ދައްކަދޭން ބޭނުންވަނީ ކޮންމެ ކޮންމެ މީހަކީ ފައިސާއަށް ވިކޭނެ މީހެއް ނޫންކަން.. ބިކަވެ ނިކަމެތިވާ އާއިލާތަކަށް އިންސާފު ހޯދައިދިނުން އެއީ އަހަރެންގެ އަޒުމް.. އަހަރެންނަކަށް ފަސޭހައެއް ނޫން ކުށެއްނެތް މީހުންނަށް ލިބޭ އަނިޔާ ބަލާކަށެއް.. އަހަރެންނަށް ހެޔޮ އިންސާފަށް ޓަކާ އަހަރެން މަރުދޭން ޖެހުނަސް.. އިންޝާ ﷲ މީހެއް ދެކެ ބިރަކުން އެމިހެއްގެ ތައްޕާހަކަށް ނުވަންނާނަން..” ކިޔާން ގެ އަޒުމް ނުގުޑާނެކަން އޭނާގެ މޫނުންވެސް ހެކިދެޔެވެ. ” ވީ އަރ ޕްރައުޑް އޮފް ޔޫ ސަން .. ތީ އަހަރެންގެ ލޭ ނޫން ކަމުގައި ވިޔަސް.. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ދަރިޔަކީ އަހަރެންގެ ދަރިއެއްފަދަ.. މާޝާ ﷲ .. ކިޔާންގެ ކާމިޔާބަށްޓަކައި އަހަރެން އެންމެން ދުޢާ ކުރާނަން.. ” ޒިޔާދު އެހެން ބުނެލީ ކިޔާން ގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައެވެ. ” އާފްޓާ އޯލް ކިޔާން އެއީ އަހަރެންގެ ބެސްޓް ބަޑީ އޭ!! ” ޒިޔާން ފޮނި ވެލާފައި އެހެން ބުނުމުން އެންމެން ގާތަށްވެސް ހިނިއައެވެ. ” ނޯ ވޭސް.. ކިޔާން އަކީ އަހަރެންގެ ބެސްޓީ.. ތުުއްތުގެ އެއް ނޫން.. ހުހް..” ޒީކް ރުންކުރުކޮށް ބުނެލިއެވެ. އެންމެ ފަހުން އެކަމާވެސް ޒިޔާންއާއި ޒީކް ބަހުސްކުރަން ފެށިއެވެ. ކުދިންނަށް ވަގުތު ކޮޅެއް ދެމުން މިފްރާހުމެެން ދިޔައީ ކޮޓަރިއަށެވެ.
” ދެން ހުއްޓާލަން ވެއްޖެއްނުން.. އަހަރެން ބޮލުގަ ރިހޭ އެބަ! ދެމިހުންގެ ވެސް ބެސްޓީ.. ހެޕީ؟” އެންމެ ފަހުން ކިޔާން އެކަމަށް ނިމުމެއް ގެނައެވެ. ” ސޯ ކިޔާން ކޮން އިރަކުން ޓްރީޓް؟” ޒާން ފާޑަކަށް މާކިންގެ ކޮނޑުގައި ޖެހެމުން ބުންޏެވެ. ” އޭ އޭ ހެދެ ނުދީއެއް ނުވާނެ އިންގޭ މިފަހަރު..” ޒާން ދިން އިޝާރާތް މާކިން އަށް ނަގައިގަނެވުނެވެ. ” އާންން މާދަން ރޭ 9 ޖަހާއިރަށް އެންމެން ރެޑީ ވެގެން ތިބޭތި..” މާކިން ދަތް ބޮނޑި ދައްކާލިއެވެ. ” މި މައު މާ ވަގުވަގަށް ކާކަށްތަ މި މެސެޖް ކުރަނީ؟” މައުވާ މާ މަޑުން ހުރުމުން އެކަން ކިޔާންއަށް ފާހަގަވިއެވެ. ” އޭން .. އަނެއް … މްމްމް ..” މައުވާއަށް ބުނާނެ އެއްޗެއް ނޭނގި ތުންފަތް ހަފަ ހަފަ ހުރެވުނީއެވެ. ” މައު؟ ކާކު؟؟” މިއުވާން ކުޑަކޮށް ސީރިއަސް ވީ މައުވާ ގޯސް ކުއްޖަކާ ހެދި އުޅެ ދާނެތިންނެވެ. ” އައިމް އިން އަ ރިލޭޝަންޝިޕް..” މައުވާ ހީކުރީ އެންމެން އޭނަ ދެކެ ރުޅި އައީ ކަމަށެވެ. އޭރު ކަރުނަތައް މަޑުމަޑުން ކޯތާފަތަށް ފައިބަން ފަށައިފިއެވެ. ” ނުރޮއެ ބުނެބަ ދޮންބެމެން ކައިރީގައި..” ޒައިން މައުވާ ގައިގައި ހިފަހައްޓާލީ ކޮއްކޮ ރޯތީ ދެރަވެގެންނެވެ. ” ދޮންބެމެނަށްވެސް އިނގޭނެ.. މައު އާއި ޒީ އެކީ އުޅޭނުން ލަމްޔާއެއް ދޯ.. އޭނަ ބޭބެ.. ލައިޝާން..” މައުވާ ދެއަތް ދެއަތާ މޮޑެމުން ބުންޏެވެ. ” ވަޓްޓް .. މައު ކީއްވެ އަހަރެން ކައިރީ ނުބުނީ؟ ލަމްއަށް އިނގޭތަ؟” ޒީކް ހައިރާންވިއެވެ. ” ނޯ ނޭނގޭނެ.. އެކަމް މަންމަ ކައިރީ އަހާފަ ރައްޓެހި ވީ .. މަންމަ އޯކޭ ވީމަ..” މައުވާ ލަދުގަތެވެ. ” އަހަރެން މިހެން ތިއްބަ ޒީ އާއި މައު މިގޭން ދާނެ ތޯޗެ…” މާކިން ކޮނޑު އަރުވާލާފައި ދިމާކޮށްލިއެވެ. ” ކުޑޭ .. ރުޅި އައިސްތަ؟” މައުވާ އަހާލިއެވެ. “ނޫން.. ކުޑޭއަށް އޯކޭ މައު ހެޕީ އިއްޔާ..” މިއުވާން ވެސް މައުވާ ކައިރިއަށް ޖެހިލިއެވެ. ” ޒީ އާ ޔޫ ހެޕީ ވިތް އިޔާޒް؟” ކިޔާން މަޑުމަޑުން އަހާލިއެވެ. ” ވަރަށް ވަރަށް..” ޒީކް ހުވަފެނީ ގޮތަކަށް ހީލިއެވެ. ” އަހަރެން ދަނީ ދެން.. ” ކިޔާން އަށް ކުއްލިއަކަށް އައި ބަދަލު ހަމަ އެކަނި ފާހަގަ ވީ ޒިޔާންއަށެވެ. ” އަހަރެން އަންނާނަން ކިޔާން އެކީ ގޮސް.. މިރޭ ދެން ބޭރަށް ނުދާނަމެއްނު؟ ތަޅުލާފަ އަރާނަން މައްޗަށް.. ތިމީހުން ދޭ މައްޗަށް ދެން..” ޒިޔާން އަވަހަށް ކިޔާން ފަހަތުން ދިޔައެވެ. ” ކިޔާން ވެއިޓް.. ” ޒިޔާން އަވަހަށް ގޮސް އޭނަ ހުއްޓުވިއެވެ. ” ޕްލީޒް އިހައް އަހަރެން ދިޔަދީ.. ވަރަށް ވަރުބަލި..” ކިޔާން ހީލާފާ ދިޔަތަން ބަލަން ހުރި އިރު އެންމެ ގާތް ރަހުމަތްތެރިޔާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ.
******
ބާރު ބާރަށް ދުވެލާފައި ކަހަލަ ގޮތަކަށް ފެންޑާއަށް ވަތް ކިޔާން ފެނި އާސިމާގެ ހިތުގައި އުފެދުނީ ސުވާލެވެ. ނަމަވެސް މަންމަގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ހީލުމަކުން ފުއްދާލާފައި ކިޔާން ދުވެލާފައި އެރީ މައްޗަށެވެ. އަދި ކޮޓަރިއަށް ގޮސް ތަޅު ލީ މަންމަ އަށް އޭނަ ފެނުމުގެ ފުރުސަތެއް ނުދޭން ވެގެންނެވެ. މަޑު މަޑުން ގޮސް ވަތްގަނޑު ހުޅުވާލާފައި އޭނާ ނެެގީ ގިޓާ އެކެވެ. މަޑު ޗޮކްލެޓް ކުލައަކަށްދާ އެ ގިޓާގެ އެއްފަރާތުގައި “ހަމައެކަނި ޒީގެ ޓޮމް” ޖަހާލާފައި އިނީ ކަޅު މާކަރަކުންނެވެ. އެއީ ކިޔާންގެ 19 ވަނަ އުފަންދުވަހު ޒީކް ދިން ގިޓާއެކެވެ. ބަލާލާފައިވެސް އެއީ ވަރަށް ލޯބިން ގެންގުޅޭ އެއްޗެއްކަން އެނގެއެވެ. އެނދުމަތީ އިށީނދެލުމަށްފަހު ރާގު އަޅުވާލި އިރުވެސް އެއަޑުގައި ފޮރުވިފައިވާ ވޭން ފޮރުވޭގޮތެއް ނުވެއެވެ.
” މި ވާވަރު ބުނެދޭ ހިތްވޭ..
ކަލާޔަށް އަންގާ ހިތްވޭ..
ތި ލޮތްބަށް އެދިގެން ދާހިތްވޭ..
މަގޭ ހިތް މޮޔަވާވަރުވޭ..
މަގޭ ހިތް ހުއްޓޭ ގޮތްވޭ..
އަރާމެއް މިހިތައް ބޭނުންވޭ…
ކަލާ ފެނުމުން ހީވަނީ އަހާހެންނޭ..
ލޯބިވޭހޭ ނިކަން..
ޝަކުވާ ހިތާ ކުރެވޭ ރޮމުން..
އާދޭސް ކުރާ ހިތްވޭ ރޮމުން..
މިދެލޯ ފުހެލާދޭން ކަލާ އަންނާށޭ..
އިންތިޒާރުގައި ހުންނަމޭ ލޯބިން.. ”
އެނދުމައްޗައް ކިޔާން ވެއްޓިގަތެވެ. އަނގައިން ވޭނީ އާހެއް ބޭރުވީ ވަރުބަލިވެގެންކަމެއް ދެރަވެގެންކަމެއް ނޭނގެއެވެ. ކިޔާންގެ ހިތުގައި ވާއެއްޗެއް އެހެން ފަރާތަކަށް އަންގަން ކިތަންމެ ބޭނުން ވިޔަސް މިއަދު އޭނާވަނީ އެކަން ދުލާ ހިސާބަށް ގެންނަން ވެސް ނުކުޅެދިފައެވެ.
****
” ގުޑް މޯނިންގް ބޭބީ..” ނާސްތާ ކުރާހިތް ނުވެފައި އިނދެވެސް ކަމުން ދިޔަ ޒީކްއަށް އިޔާޒްގެ މެސެޖެއް އައުމުން ކުއްލި ސިހުމެއް ލިބުނެވެ. އެހެނީ އަމިއްލައަށް މިހާރު އިޔާޒް އޭނާގެ ހަބަރެއް ނުބަލާތާ އެތައް ދުވަހެކެވެ. މީހުން ކައިރީ ކިތަންމެ އުފަލުގައި ޒީކް އުޅުނަސް ޒީކްއުޅެނީ އުފަލުން ނޫންކަން އޭނާ ނޫން މީހަކު ނުދަނެއެވެ. ” ގުޑް މޯނިންގް ޔާޒް.. ކީއްވެ މިހާރު އަހަރެންނަށް ޓައިމް ނުދެނީ؟” ދެރަވެފަ ހުރި ވަރުން އެންމެ ފުރަތަމަވެސް ޒީކް އަށް ކޮށްލެވުނީ ޝަކުވާއެވެ. ” ތީ އޭ ޒީކްގެ މައްކަލަ އަކީ.. އަބަދުވެސް ޝަކުވާ ކުރުން .. އަހަރެންނަށް އުފަލެއް ނުދެވޭ ތާނގަ އަބަދު ޝަކުވާ..” އިޔާޒްގެ ރިޕްލައި ފެނިފާ ދެރައަށް ވުރެ ޒީކް އައީ ރުޅިއެވެ. އެހެންކަމުން ކާން އިން އެއްޗެހި ވެސް ހުސް ނުކޮށް ތަށި ދޮވެލާފައި ޒީކް ދިޔައީ މައްޗަށެވެ. އެގޮތަށް ޒީކް ދިޔުމުން ސުފުރާމަތީގައި ތިބި އެންމެންގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެއްޗެއް ނުބުނީ އެއީ ޒީކްގެ ޒާތީ ކަމެއްކަން އިނގޭތީއެވެ.
މައްޗަށް އަރާފައި ބޭރު ސޯފާގައި ޒީކް ޖައްސާލިއެވެ. ދެތިން ފުން ނޭވާ ލާފައި ޔާޒް ޖަހާފަ އިން ނަމްބަރަށް އޭނަ ގުޅީ އިޔާޒް ފޯން ނަގާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އޮވެގެނެއް ނޫނެވެ. ” ހަލޯ..” އެކޮޅުން އިވުން ނިދި އަޑުން ޒީކްގެ ހިއްސުތައް ހޭލައްވާލީ ނުވެސް އެނގި ހުއްޓައެވެ. ” އައިމް ސޮރީ ބޭބީ.. އެކަމް ޔާޒް ޓައިމް ނުދޭތީ އެހެން ބުނެވުނީ…” ޒީކް އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލިއެވެ. ” ހްމްމް ދެން ރޯން ފަށާ.. މަށަށް ކަމެއް ކޮށްދެވޭ ނަމަ ރަނގަޅޭ..” އިޔާޒް ރުންކުރު އަޑަކުން ޖަވާބު ދިނެވެ. ” އިޔާޒް ބޭނުން ވިއަސް ކައިވެނީގެ ކުރިން އަހަރެން އެކަމެއް ނުކުރާނަން.. ޕްލީޒް ޑޯންޓް ފޯސް މީ.. ” ޒީކް އަބަދުވެސް ތަކުރާރު ކުރާ އެއްވާހަކަ ބުނެލިއެވެ.. ” އޯކޭ ސޮރީ.. ހިނގާބަ މިރޭ ފެނިލަން އެކަމު؟” އިޔާޒް އެހާ އަވަހަށް ގޮތް ދޫކުރީ ކީއްވެ ކަމެއް ޒީކް އަކަށް ނޭނގުނެވެ. ” ސޮރީ ޔާޒް.. މިއުޅެނީ ކިޔާން އައިސްގެން.. ކިޔާން ބުނީ މިރޭ އަހަރުމެނަށް ޓްރީޓް ދޭ ވާހަކަ.. އެންމެން ދާއިރު އަހަރެންވެސް ބޭނުން ދާން.. ޔާޒްއަށްވެސް އިނގެޔޭނުން ކިޔާން އަކީ ޒީގެ ބެސްޓް ފްރެންޑްކަން..” ޒީކް ހީކުރީ އިޔާޒްއަށް ވިސްނޭނެ ކަމަށެވެ. ” ހްމްމް އެ ކިޔާން ދޯ! އާން މަށަށް އިނގޭ ވަރަށް ރަނގަޅަށް މާލެ އަރައިފިއްޔާ ތިގެއަށް ގޮސް ގޮސް ޖަހާ ސަކަރާތް.. ބެސްޓް ފްރެންޑްސް އެކަންޔެއް ނޫން.. ބެސްޓް ފްރެންޑްސް ވިތް ބެނެފިޓްސް..” ރުޅިވެރިކަމާއިއެކު ފަތިވަރެއް އަމުނާލާފައި އިޔާޒް ފޯން ކަނޑާލީ ޒީކްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. ނަމަވެސް ކިޔާން އާއި އޭނަ އޭ ކިޔައިގެން ހަޑި އެއްޗެހި ކިޔުމުން ޒީކް އަކަށްވެސް ހަޖަމެއް ނުވިއެވެ. އެހެންވެ އެއްވެސް މެސެޖެއްވެސް ނުކޮށް އަޅާނުލާ ބެހެއްޓީއެވެ.
***
” ކޮބާ ރެޑީތަ އެންމެން؟” ކިޔާން ޒީކްމެންގޭ މައްޗައް އަރަމުން ގޮވާލިއެވެ. ” އާން ހިނގާ ދާން އަވަހަށް .. މަށާ ޒާން އާ މިތިބީ މިހާރު ހައިވެގެން ބަނޑުން އަޑު ގޮވަ ގޮވަ.. މެންދުރު ބަތްވެސް ނުކެއީ އަނެއްކަ ރޭގަނޑަށް އެބައި ހަޖަމު ނުވެދާނެތީ.. މަށަށް ވަރަށް ބޮޑު ފާހަނައަށް ނުދެވޭ ވިއްޔާ..” މަޖާވެފައި މާކިން ބުނި އެއްޗަކުން އެންމެނަށް ވެސް ހެވުނެވެ. ވަގުތު ބޭކާރު ނުކޮށް ހުރިހާ އެންމެން ހިނގާލާފައި ދަތުރު ފެށީ ޕިއްޒާ ހަޓްއަށް ދިއުމަށެވެ. ސަކަރާތް ޖަހަމުން އެހާ ހިސާބަށް ފޯރުން ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ކިޔާން ކުރިންވެސް ހުރީ މޭޒެއް ނަގާފައެވެ. އެހެންކަމުން އެއްވެސް އުނދަގުލަކާއި ނުލާ އެމިހުނަށް މޭޒު ލިބުނެވެ.
ވެއިޓަރު އޯޑަރ ނަގާފައި ދިއުމުން ހުރިހާ އެންމެން ވާހަކަ ދައްކަން ފެށިއެވެ. މައުވާއަށް ކުއްލިއަކަށް ދަންނަ މީހެއް ފެންނަހެން ހީވާތީ ކުޑަކޮށް ބޯ އަރިކޮށްލާފައި ކުރިއަށް އިން މޭޒު ދޫކޮށް ދެންތިބީ ކޮން ބައެއްތޯ ބަލާލިއެވެ. އެއީ ކާކުކަން ޔަގީންވުމުން މައުވާ ވަރަށް ހައިރާންވިއެވެ. އަނެއްކަ މިވަނީ ކީއްބާއެވެ؟ ހަމަ އެހައިރާންކަންމަތީ އިނދެ ކައިރީގައި އިން ޒީކްގެ އަތުގައި ކޮށްޓާލައި އެތަނަށް އިޝާރާތްކޮށްލިއެވެ. ޒީކްއަށް އެތަން ފެނުމުންވެސް ވީ ހަމަ މައުވާއަށް ވީ ވަރެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިންއިރު ކަޅި ޖަހާ ނުލާ އިނީ ފެންނަ މަންޒަރު ގަބޫލު ނުކުރެވިފަހެން ހީވެއެވެ.

..ނުނިމޭ..

Share Article

Follow Me Written By

Angell

Level 1

Hey .. Just trying to share my skills with the lovely people out here .. Hope to get ur love and support ..

Other Articles

Previous

އަންޖަލް (5)

Next

ލޯ ފޮހެލާދޭށެ މަގޭ 25

Next
June 10, 2020

ލޯ ފޮހެލާދޭށެ މަގޭ 25

Previews
June 10, 2020

އަންޖަލް (5)

11 Comments!

  1. Maya says:
    June 10, 2020 at 3:08 am

    Very interesting… i hope kiyaan tells zeek abt his feelings soon! Looking forward to read the next part❤️

    1. Angell says:
      June 10, 2020 at 9:08 am

      hehe lets see dhw.. vrh ufaavehje kamudhiyaeema.. next part Insha Allah Saturday or before that .. Stay safe maya

  2. Angell says:
    June 10, 2020 at 9:10 am

    Salaam guys.. Here is the second part of kulli badhal.. Next part Inshallah on Saturday or before that.. Do comment and let me know what u guys think .. Stay safe ..

  3. Kamana says:
    June 10, 2020 at 1:16 pm

    Wow really nice. Keep going avahah up kohdheyne kamah unmeedh kuran.

  4. Izabell says:
    June 10, 2020 at 1:59 pm

    Wow amazing, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤ varah interesting ??????????? curiously waiting for next part. Alhey avahah up kollahche???????Lysm

    1. Angell says:
      June 10, 2020 at 4:45 pm

      hehe aww thanks Izabell.. Up kohlaanan vrh avahah InshaAllah.. kamudhiyaeema vrh ufaavehje.. lym.. stay safe

  5. Anonymous says:
    June 11, 2020 at 12:58 am

    Wow wow wow vrh Reethi Neynge bunaane ehcheh vx Haadha Haa vaa salhi Eyy second part vx ummeedhukuran third part vx vrh Reethi vaane kamah insha allaah iraadha kurehviyya next part nukuhnaane kamah ummeedhukuran “I ? THIS STORY” ????

  6. N_U_X_U??? says:
    June 11, 2020 at 12:59 am

    Wow wow wow vrh Reethi Neynge bunaane ehcheh vx Haadha Haa vaa salhi Eyy second part vx ummeedhukuran third part vx vrh Reethi vaane kamah insha allaah iraadha kurehviyya next part nukuhnaane kamah ummeedhukuran “I ? THIS STORY” ????

    1. Angell says:
      June 11, 2020 at 8:18 am

      Thank you N_U_X_U.. Insha Allah vrh avahah next part up kohladheynan .. Vrh ufaavehje story kamudhiyaeema ..

  7. Anuahs says:
    June 11, 2020 at 1:44 pm

    Varah furihama mi vaahaka?♥️. Hope next part varah avahah kiyaalan libeyne kamah?. Keep it up angell♥️.

    1. Angell says:
      June 11, 2020 at 11:41 pm

      Thank you Anuahs .. Next part mihr up kohlaifin .. vrh avahah kiyaalan libeyne .. kamudhiyaeema vrh ufaavehje ❤

Comments are closed.



All Right Reserved!