އިމްތިޙާން 9
ސަމީރު ދެރަކޮށް ހިތުގައި ޖައްސަން ފަހުދަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟ ސަމީރުގެ ދިރިއުޅުން ދަތި އުނދަގޫ ޙާލަތުގައި ވުމަކުން ފަހުދަށް ކުރަންވީ ކޮން އަސަރެއްހެއްޔެވެ؟ މީހަމަ ދުނިޔޭގެ އާދަހެއްޔެވެ؟ ހާލުގައި ޖެހިފައިވާ މީހުންނަށް ދުނިޔެ އަބަދުވެސް ދައްކަމުންދަނީ މިކަހަލަ ކެހިވެރި ދަޅަތައްބާއެވެ؟
“އަހަންނަށް ހީވަނީ ތިހިތުގަ ހުރި ބޭކާރު އުދާސްތަކާ ޝަކުވާތައް ދުރުކޮށް ޠަބީޢަތް ރަނގަޅު ކުރަންވެއްޖެހެން. އަހަރެން ހީކުރީ އެދުވަހަށްފަހު ފަހުދު އަހަންނާ ބައްދަލުކުރާނީ
ވަރަށް ހިތްހެޔޮ މީހެއް ގޮތުގަކަމަށް. އަބަދު އަބަދު އަހަރެންގެ ހާލަތަށް މަލާމާތްކޮށް އަތްޖަހުމަށްވުރެ އަހަންނަށް ރަނގަޅު ފަހުދު އަހަންނަށް ނުފެނި ހުއްޓަސް. ދަރިންގެ ކުރިމަތީ އަހަރެން ނުދައްކާ ވާހަކަ، ފަހުދު އެކުދިންގެ ކުރިމަތީ ދެއްކުމުގެ ބޭނުމެއްނެތް. އަހަރެން ހެދިކާކައި އުޅެނީ ސަލާން ޖަހައިގެންނޫން. އާދޭސްކޮށްގެނެއްވެސް ނޫން. ތީއަހަންނަށް ބަޔަކު ކުރާ ޚައިރާތެއް. ފަހުދު ބޭނުންވީ މަލާމާތްކޮށްލަން. އެކަން ވެއްޖެއެއްނު.” ބަސްހުއްޓިފައި ހުރި ފަހުދު އިސްދަށަށް ޖަހާލައިގެން އެގޭން ނުކުތެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްޓަކާ ސީމާގެ ބަދިގެވަނީ ކާތަކެތިން އެއްވަސްކޮށްފައެވެ. މޭޒުމަތީގައި އަތުރާފައިވާ ތަށިތައް އެހެން ރޭރެއަށްވުރެ ގިނައެވެ. ސީމާގެ އަތުން ތައްޔާރުކޮށްފައިވާ ތަކެއްޗަކީ މޫސައަށް އެންމެ ކަމުދާ ތަކެއްޗެވެ. ހަމަ ކޮންމެ ރެއަކުވެސް ޢިޝާ ނަމާދަށްފަހު ދެމަފިރިން އެއްކޮށް ކައިހެދުމަކީ އެމީހުންގެ އާދައެވެ. ނަމަވެސް މިރެއިން ފެށިގެން އެކަމަށް ބަދަލެއް އައިއްސިއެވެ.
އެއައި ބަދަލަކީ އެދެމަފިރިންގެ ޙަޔާތުގެވެސް ހަމަޖެހުމެވެ. އެކަމުގެ ސަބަބުން މުޅިން އާ އުފާވެރިކަމެއް މަރުޙަބާ ކިޔާލަ ކިޔާލާ ހުއްޓެވެ. އެ އުފާވެރިކަން އެގެޔަށް ގެނެސް ދިނީ ސީމާއެވެ. އެއީ ފާއިދުއާ އެކު އެއް ތަށިމަތިން ކާލަން ލިބުމުގެ އުފާވެރިކަމެވެ.
“ސީމާ!… ބުނީމެއްނު އެސޮރުގެ ވާހަކަ ކިޔައިދޭނަމޭ.” ކާން އިށީންނަމުން މޫސަ ބުނެލިއެވެ.
“އާނ! ވީގޮތަކީ…..” ހަވީރު ދިމާވި ހާދިޘާ މޫސައަށް ކިޔައިދިނުމަށްފަހު ސީމާ އިތުރަށް ބުނެލިއެވެ.
“އިނގޭތަ؟ އެސޮރު ރޯތީ އަހަރެން ހިތަށްއެރި ކާރުގައޭ ގެއަށް އަންނާނީ. އެކަމަކު ޑްރައިވަރު އިނީމަ އެއްވެސް ވާހަކައެއް ހިއްސާނުކުރީ އެސޮރު ލަދުގެންފާނެތީ. ހިތްހަމަ ޖެހެންދެން ރޯން ބޭންދީ. ގެއަށް އައިސްވެސް ކޮންމެސް ވަރަކަށް ވާހަކަ ދެއްކި އެކަމު. މޫސަ!.، މަށަށް ފެންނަނީ އެސޮރު ޑޮކްޓަރަށް ދައްކާލަން.” ސީމާ އެހެން ބުނުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“އަނހަ! އާދޭ އިށީންނަން ކޮއްކޯ.. ރަނގަޅަށް ކައިން ނިދަންވާނީ އިނގޭ. ކޮންނަމެއްތަ ކިޔަނީ؟” ސީމާއާއެކު އެކުއްޖާ އައުމުން މޫސަ ބުނެލިއެވެ.
“ފާއިދު. މިހާރު ދިހަ އަހަރު ވެއްޖެ.” ވަރަށް އިޙްތިރާމާއެކު ފާއިދު ބުނެލިއެވެ.
“ކޯއްޗެއް ކާނީ. މިހިރީ ރޮއްޓާ، ރިހަޔާ، ތަރުކާރީ ބަތްވެސް.”
ފާއިދުގެ ބުރަކަށީ ފިރުމާލަމުން އޯގާތެރިކަމާއިއެކު ސީމާ ބުނެލިއެވެ.
“ދައްތާ! ކުރިން އެއްވެސް މީހެއް އަހަރެން ގައިގަ ތިހެން ފިރުމާނުލަ. އެކަމަކު ދެންމެ ވަރަށް އަރާމުވެއްޖެ. މަންމަ އަބަދުވެސް ހަޅޭއްލަވާނީ. ދައްތަ ވާހަކަ ދައްކާހެނެއް ނޫން ވާހަކަ ދައްކަނީވެސް.. ގެކައިރި ކުއްޖެއް ބުނި މަންމަމެން ވަރަށް ރަނގަޅުވާނެޔޭ. ބުނީމެއްނު ނިދާފައޮތް ކޮއްކޮގެ މަންމައެއްވެސް ނެތޭ. އެކޮއްކޮވެސް ގެންގުޅެނީ ދައްތައޭ! އެކަމަކު ތީ އަހަރުމެންގެ މަންމައެއް ނޫނެއްނު. ދެންކީއްވެ އަހަރެންގެ މަންމަ ހުއްޓަވެސް ދައްތަ އެހާ ރަނގަޅީ؟”
ފާއިދުގެ ޝަކުވާތަކުގައި ވަނީ ކެކުޅުމެވެ. ހީވާގޮތުން ފާއިދު ވަނީ ބަރުދާސްތު ކުރަން އުނދަގޫ އެތައް ވޭންތަކެއް ތަހައްމަލް ކޮށްފައެވެ. އެތައް ބުރައެއް އުފުލާފައެވެ. ނޫންނަމަ އެވަރުކުއްޖެއްގެ މިފަދަ ޝަކުވާތައް އޮންނަންވީ ކީއްވެހެއްޔެވެ؟
ފާއިދުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާންފެށިއެވެ. އެއިން ކޮންމެ ކަރުނައަކުން ސީމާއާ މޫސަގެ ހިތް ވިރެމުންދާކަހަލައެވެ.
އާނއެކެވެ. ފާއިދުގެ ލޮލުން ހުއްޓުމެއްނެތި ކަރުނަފޭބިވަރަކަށް ސީމާއާ މޫސަގެ ހިތް ފޯވަމުންދަނީއެވެ. ކީއްވެހެއްޔެވެ؟ ލޯތްބަކީ މިއީ ނޫންހެއްޔެވެ؟ ސީމާއާ މޫސަގެ އޯގަތެރިކަމަކީ މިއީނޫންހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެދެމަފިރިންނަކީ ކުލުނުވެރިކަމުގާ ލާމަސީލު މިސާލެކެވެ.
ދުނިޔޭގެ ޙަޔާތުން ދެތިން ދުވަސް ފާއިތުވެއްޖެއެވެ. މުޅިދުނިޔެއަށް އާދުވަހެއް މަރުޙަބާ ކިޔެވެ. ދުވަހަކީ ސަމީރުގެ ޙަޔާތަށް ތަފާތު ދުވަހެކެވެ. މޮޅިވެރިކަމުގެ ސާލުލައިގެން ހުރި ސަމީރުގެ ނަފްސަށް މުޅިން ތަފާތު ދިރުމެއް ގެނެސްދިނީ އަވައްޓެރިއަކާ ދެއްކުނު ވާހަކައެއްގެ ތެރެއިންނެވެ.
“ސަމީރު! ކޮބާ ކުދިންކޮޅު؟.ކީއްކޮށްލަނީ؟” ދޮލަނގަށް ހަނޑޫކޮޅެއް އަޅައިން ޖޯލީގައި ހޮވަންއިން ސަމީރަށް ގޮވާލަމުން އަފީފާ ވާހަކަދެއްކިއެވެ.
“ކެއްކޭނީވެސް މިކަން ކޮށްގެންނު. އެކުދިން އެބަތިބި ބޮޑުއަށި މަތީ ކުޅެން. އަފީފާ ކަމަކުތަ؟” ސަމީރު ބުނެލިއެވެ. ސަމީރުގެ ޝައުޤުވެރިކަން ހުރީ ފަރުވާތެރި ކަމާއެކު ހަނޑޫ ހޮވުމަށެވެ. އެހެންކަމުން ސަމީރުގެ ފުރިހަމަ ނަޒަރުވެސް ހުއްޓިފައިވަނީ އެކަމުގެ ތެރެއަށެވެ. ސަމީރުގެ ހަރަކާތްތައް އަވަސްވެފައި ހަނޑޫ ހޮވާލާގޮތުގެ ފަރިތަކަމުން އަފީފާވެސް ހިސާބަކަށް ހައިރާންވިއެވެ.
“އަނެއްހެން ދެން… ކަމަކު ނޫން…. އެކަމަކު ވާހަކައެއް ދައްކާލަން…” ޖޯލިކައިރި އިން ގޮނޑިއެއްގައި އިށީންނަމުން އަފީފާ ސަމީރަށް ބަލައިލިއެވެ.
“އަނެއްކާ ކޮންވާހަކައެއް.؟ ބުނެބަލަ!” އަފީފާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ސަމީރުގެ ނަޒަރު ހުއްޓިފައިވަނީ
ހަލަބޮލި މަސައްކަތަށެވެ.
” އެކަމަކު… ފަހަރެއްގަ އަހަންނަށް ބުނެވޭ އެއްޗަކުން ސަމީރު ހިތްހަމަ ނުޖެހުނިއްޔާ އަހަރެން މާދެރަވާނެ.” އަފީފާ ލަދުން އިނދެ ބުނެލިއެވެ.
“އަހަރެން ހިތްހަމަ ނުޖެހޭވަރުގެ ކޮންކަމެއް އަނެއްކާ؟ ބުނީމައެއްނު އެނގޭނީވެސް. އެކަމަކު ތި ބުނިގޮތުން ހީވަނީ، ގަސްތުގަ އަހަރެން ރުޅިއަރުވާލަން އައިހެން.. ހެހެ…” ހިނިގަނޑެއް ޖަހާލަމުން ސަމީރު އަފީފާއަށް ބަލައިލިއެވެ.
ސަމީރު ކޮށްލި ސަމާސާ އަފީފާއަށް ވަރަށް ކަމުދިޔައެވެ.
އެލަދުވެތި ކަމުގެ ތެރެއިންވެސް އަފީފާގެ ހިނިތުންވުން ފާޅުވީ ބަނަ ފުސް ވިލާގަނޑެއްގެ ތެރެއިން ހަނދު ފާޅުވިފަދައިންނެވެ.
ކުޑަ ވަގުތު ކޮޅަކަށް ފަހު އަފީފާ އަނެއްކާވެސް ހަމަހިމޭން ވެލިއެވެ.
ސަ… ސަމީރު ރުހޭނަމަ… މަށާ.. މަށާ.. އިންނަންވީނު؟” އަފީފާގެ ރޫރޫ އަޅަމުންދިޔަ އަޑަށް ސަމީރުގެ މުޅި ހަށިގަނޑު ހުއްޓުންއެރިއެވެ.
މިއީ ދުވަހަކުވެސް އަންހެނެއްގެ ފަރާތުން ސަމީރަށް ފެނިފައި ނުވާ ސިފައެކެވެ. އަފީފާ ހިތްވަރުގަދައީއެވެ.
ޖެހިލުން ކުޑައީއެވެ. މޭގެ ތެރޭގައި ފޮރުވިފައިވާ ސަމީރުގެ ހިތް ތެޅިފޮޅެންފަށައިފިއެވެ. ސަމީރުގެ ހިތްބުނާކަހަލައެވެ. މީއަނެއްކާ ކޮންފަދަ ކަމެއްބާއެވެ؟ ވިސްނަންވީ އަމިއްލަ ފައިދާއަށް ހެއްޔެވެ؟ ނޫނީ ކުދިންގެ މުސްތަޤްބަލަށް ހެއްޔެވެ؟ މިއީ ޙަޔާތަށް އަންނަން އުޅޭ ތޫފާނެއްބާއެވެ؟ ނޫނީ ހަމަ ހިމޭންކަމުގެ އައްސޭރިއަކަށް ދެވެން އުޅެނީބާއެވެ؟
– ނުނިމެ –
—————***********—————
ކިޔުންތެރިންނޭ!!! ހަފްތާގެ ހަދިޔާ ?
މި ހަފްތާގެ ބައި އަޅުގަޑު ހަދިޔާއެއްގެ ގޮތުގާ މިދޫކޮށްލަނީ
(️ އަޅުގަނޑުގެ ވާހަކަ ފޭސްބުކް މެދުވެރިކޮށް ޝެޔާ ? ކޮށްދެއްވާ އެންމެހާ ފަރާތްތަކަށް.) ?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.







mi prt dhigukan faahaga kurevey. N v v v v salhi mi prt vx. Thnk you shaleen
aslu v reethi mi vaahaka.
Haadhisaa dhaagothun v dheravey
V asaru gadha
Whn nxt prt
luhaa ah v reethi mi vhk. Dhen sameeru marry kuraanytha
Mi vaanulhey ehchei hama nengey
V thafaathu gothakah ukulhu gengulheykan faahaga vey mi liyuntheriyaa
Best author
Audio koh namaves aduahaalan v salhi mihira ibaaraaithah huri gothun.
Heevey radio vhk ehhenves
Gd luk shaleen
Ehen part thekekey ehgothah mi part ves vrh reethi. Midhiya part nimuneehsure mi wait kuranii “Imthihaan” vaahaka up vaane dhuvahakah. Sameer bunaanee keekey baa anekka afeefa aa dhimaalah. Eii anekka hiyy heyo meehakah vejjehyaa kithanmehaaves ran’galhu. Dhuniyeyga eki vahtharuge meehun ulhey iru thee konkahala meeheh kameh ves neynge ehnu. Waiting for the next. LYSM. Take care, Stay safe, May allah keep you in a very good health.
Lots of love ❤
Lil sis
thank you Lil sis.
Dhen hingaa dho balamaa kuriyah vaan miulhey gothei.
Hehe
Lil sis ves thihen hihvaru dheyn hunnanyaa hama vhk reethikohleveytho mibalany.
Suprise thah hama kuriyah othy
Hehehehe
Maasha Allaah.. vv reethi. Hama bunelan beynumy saabahey thikuraa masahkathah.. dhuvahakahvure dhuvaheh asarugadhavamun annany. Keep it up dear.. tvgc. Luv u so much..????????
thank you Halle.
Thigothah ebbaarulun dhevvaanama migothah hama kuriyah dhevidhaane in sha allah.
Tc.
LYSM
Hadhan bali nunn kamuga vaanama mi afeefa a ki thuga seema aa hisabah dhiumuge kurinn vs sameer ah kuda kuda thuga ge kanthah thakuga vs help vedhy ulhunn myheh, vedhane a ru vs a na sameer as hithuga hamdhar dhy ae othy kamah, mabrook ah hyvani, mi hama afeefa hiyo hithun heyo niathehga, husha helhi husha helhumeh henn,
V rythi, mi baivs, thi kuraa hihvarah hama fahfashun saaaabasssss
????
Firstly vrh ufaavey alhugan’du ge comment thah Shaleen ah kamudhaathii. Shaleen alhugan’dakii liyuntheriehhey ahaalaafa iniima hithah erii keevve baaey Shaleen e suvaalu kollii. Alhugan’dakii liyuntherieh noon. Bt vrh shauguverikan hunna kameh vahaka liyumakii. N u inspire me a lot sissy ?. Vrh ufaavi alhugan’du ge fav writer eh ehn ahaaliima?.By the way mi part vx masha allah hama fab?. Shaleen liyuntherinnaa hama ah vahaka deliver koddhiifa inna goiyy vrh reethi hama. Kiyaalaa hiyyvaa gothakah jumulathah athuraalaafa hunnakan faahaga vey abadhuvx. Well, I guess Sameeru yes kannenge bunaanii. Dharin dheke vrh lwbi vaa bappa eh v ma. Anyways Shaleen mikan nimmaanii emme rangalhu gothahthaa dhw. So waiting for next part Shaleen sameeru ge faraathun dhenii kon ans eh thw balailan. Keep it up dear. Luv u sissy
hi koimala
Shukuriyya for the comment. Hehehe
Dhen bunelaani shaleen mi balany hama kiyun theringe edhumuge mathin komme prt ehves dhigukolleveytho.
V ufaavejje mi prt dhigukamah faahaga kollyma.
LY
thank you Dhaan.
Aslu mivaahaka reethivaanekamah ummydhu kurany hurihaa kiyuntherinnahves.
Dhen bodah mi balany rangalhu moral eh deliver kohdheveytho.
Next part up vaany next wk ga dear
in sha allah
Luhaa!
v bodah shukuriyya mi vhk luhaa ah kamudhaathyve.
Dhen bunelan othy sameeru marry kureytho noontho ves balaalan hingaashey ehn prt thah kiyaalaafa dho.
Vaahaka dhaagothun dhen guess kollabala alhe vaane gothakah.
OMG !!
Vhk audio koggen adhi aduves naahan.
Mivaahaka radio vhk akah effadha kollyma dhen hama nengey bunaane ehcheiives ingey
Ehn namaves bunelaany v bodasheyyy shukuriyyaa bunan beynumi
Hehhehe
Hi Mabrook
Thugaa ah help vedhee hedhy afeefa nooney dear. Ei Adhilaa kiyaa anhenei.
Ekam dhen alhe balamaa dho anekkaaves mi vhk kuriyah dhaane gothei. Hehe
Thank you Mabrook thank you so much.
Vhk ah thigothah khiyaalu faalhu kuraathi v ufaavey hageegathuga.
thank you No.1 fan
Yeahhh!!
Kyvvehey ehen ahaaly dho???
bunelaany v bodah alhugandah sifa kurevey thi dhevvaa comment thakuga liyuntheri kamuge hunaru ebahurikan.
Ehenve ehn ahaalyves. Vhk eh liyelaafa vaanama v ummydhu koggen mihunnany evaahakaeh kiyaalan.
Hama heevany kuriyah dhevidhaanehen kuda hihvarei kolliyyaa.
Bunelaafa eben vhk liyan shauguveriveyey. Ehnve hama
Ummydhu kuran ingey kuru vaahakaeh namaves kiyaalan libeyne kamah. Hehe
Dhen mi vhk kuriyah dhaagoi balan anekkaaves madu kollamaa dho.
Ingidhaanethaa sameeru ge javaabeiives dho.
Hehhe
Lysm
Masha allah mi part ves vrh furihama. Shaleen ge mi vhk mi dhanee dhuvahakun dhuvaheh reethi vamun. Speechless?.. Vrh reethi sifa kurunthah ves?. Sameer dheyne javaabakah hama wait kurevenii. Kiyuntheringe shauguverikan Shaleen thi vanii hama athulaafa. You are the best author I’ve ever seen. LYSM❤. Take care of your self. Stay quarantined?.
alhamdhu lillah
Ma sha allah
Ufaaveri commenteh. Aslu bodah ufaavany comment dhevvaa kudhin alhuganduge liyuntherikan judge kohdheythee.
Hama ekahala HAASSA kujjei Real Me akeeves.
v loabin bunelaa hihvey
V v v v ufaavey komme prt akahves alhugandah comment eh dhevvaathy.
Sameerge javaabu dho?? hehehe
Hingaa balamaa javaab….?????????
again thank you so much
Lysm
Mipartves vvvvv reethi. Mashaa allaah. Thivaruge liyuntherin Hama madhuvaane.. tc
Hehe
Alhamdhu lillah
thank you Dreams
Abadhuves mi try kurany liyuntherikan rangalhu kureveytho
nice story.
Good author
Super plot
Kp it up
asarevvaa huri
Amudhun fenkalhi
Hehe
Wow story
right!! You r the bst author i hv evr sn..
Aslu vex v kamudhey mi stry. Thafaath gothakah midhany. Hithah arany sameer bunaanebaaey aanekeey afeefaa ah.
V rythi v furihama, seema ah mi libenfeshi bari bari ah dhw dharinn, kiha dhuvahehge imthihaneh ge ufaveri kameh, ummydheh n dua ae kameh vs neynge,
Amazing
Masha Allah, v furihama
Real life ah vs v gina ibraithah libegenn dhane vahaka akah vaane kamuge kolhumathi dhsni fennamunn, waiting for next up cumin
thank you dhimna
V ufaavejje thigothah commenteh kollyma
stay safe dear
hehe
Thank you Leen
abadhuves commenteh dhevvvahchey
Hehe
Hi neyhaa
V bodah shukuriyya
Dhen hingaa dho alhe balaalan sameer and afeefa ge relation dhany kihineitho?
neyhaa dhen inthizaaru kollaa ingey
Hi,
Masha9092
Haaaadha baarudhey commentekey ingey.
V ufaavejje thi comment libuneemaves
Shaleengeves ummydhakee kiyuntherinnah veehaaves gina ibraithah mivaahakain foarukoh dhinun.
Adhi mihaaruge mujthamaun gellemundhaa reethi aadhathah alun kiyuntherinnaa hama ah foaru kohdhinun.
Seemaa kahala kehtheringe dua ijaaba kuravvaa goiives hama ei thafaathu imthihaanei .
Thank you
Abadhuves v inthizaaru kurevey Masha9092 ge comment akah
Miss you alots
Dear how are you? Vrh reethi mi vhk. God bless ur work. And congrats to be included in hafthaage maguboolu vhk. This is for the best author ????❤❤❤❤???????? Stay home, Stay safe dear? Best wishes?. Waitingggggg for the next?.LYSM❤?????
oh realy
Its just wow comment from you.
Hafthaa maqbool kohdheyn readers thikuraa hihvarah hama saabas dhen.
Thank you bodukoh.
Lysm