
އިމްތިހާން 2
މިކެހިވެރި ދުނިޔެއަށް ދަރިފުޅު ދޫކޮށްލަންވީހެއްޔެވެ؟ ފަރީދާ ފެނުމުގެ ނަސީބު ނެތް ދުނިޔޭގާ ދަރިފުޅުވެސް ފެންނަން ނޭދެނީހެއްޔެވެ.؟ މިއީ ލެއްވި ނަސީބެއް ހެއްޔެވެ؟ ހަޔާތަށް ލެއްވި ރަޙްމަތެއްހެއްޔެވެ؟ ނޫނީ މިއީ ލެއްވި މުޞީބާތެއްހެއްޔެވެ؟. އެންމެ ދެ މަހުން ފެށިގެން ތުއްތު ދަރިފުޅު ބައްޕަގެ ނަޒަރުން ފަރުދާކޮށްލުމަކީ އިހްމާލެއްނޫން ހެއްޔެވެ؟ ނޫނެކެވެ. މިއީ ސަމީރުގެ ހަޔާތަށް ކުރިމަތިވި އެންމެބޮޑު އެއް އިމްތިހާނެވެ.
” ސަ.. ސަމީރު! ކީއްވެ އެއްޗެއް ނުބުނީ؟ ” ފުން ޚިޔާލުގެ ތެރެއަށް ގެއްލިފައިހުރި ސަމީރު ސިއްސައިގެން ގޮސް
ފަރީދާއަށް ބަލާލިއެވެ.
ސަމީރުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ މާޔުސްކަމެވެ. ހިތާމައިން ފޯވެފާވާ ސަމީރުގެ ހިތަށް ތޫނު ހަންޖަރަކުން ހަމަލާދީފައިވާފަދައެވެ. އެ ދެލޮލުގާ ފޮރުވިފައިވާ ކަރުނަތައް އޭގެ ވާޖިބު އަދާކުރަންފެށީ ކޮން އިރަކުކަމެއް ޚުދު ސަމީރަށްވެސް ނޭންގެއެވެ. ސަމީރުގެ ލޮލުން ވެއްޓެމުންދިޔަ ކަރުނަތިކި ނުހަނު ހަލުވިކަމާއެކު ތުއްތު ދަރިފުޅުގެ ކޯތާފަތުގާ ބޮސްދީފިއެވެ. ކުއްލި ސިހުމަކާއެކު އެތުއްތު ދަރިފުޅުގެ ހަރަކާތްތަށް އަވަސްވެ ރުންކުރުގޮތަކަށް ކުކުރާލުމުން ނުހަނު އަވަހަށް އެ ދަރިފުޅު ފަރީދާއަށް ހަވާލުކޮށްލިއެވެ.
” ފަރީދާ! ތި ދަރިފުޅަކީ ފަރީދާގެ ފަރާތުން އަހަންނަށް ލިބޭނެ އެންމެ ފަހުގެ ހަދިޔާ ކަމަށްވެސް ވެދާނެ. ދެ ފިރިހެން ކުދިންގެ ފަހުން އަހަރުމެންނަށް ލިބުނު ހަމަ އެކަނި އަންހެން ދަރިފުޅުތީ. އެއީ މިއާއިލާގެ ރާނީ. އެއީ މި ބައްޕަގެ ކުޑަކުޑަ ޕަރީ. އެކަމަކު، ބައްޕަގެ ތުއްތު ރެހެންދިއަށް މިގޭ ތަޚުތު ބަލަހައްޓަން ހުރެވޭކަށްނެތް. ފަރީދާ! އެއްފަހަރުވެސް ދަރިފުޅުގެ މުސަތަޤްބަލަށް ވިސްނާލީންތަ؟ މި ސަމީރަށް ކުރާނެ އަސަރާމެދު ވިސްނާލީންތަ؟. ކޮންމެގޮތެއް ވިޔަސް ފަރީދާގެ އެންމެ ފަހުގެ އެދުން ފުރިހަމަކޮށްދެވޭތޯ ބަލާނަން. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވިޔަސް ، ފަރީދާދެކެ ވެވުނު ލޯތްބައްޓަކާ ޤުރުބާންވާނަން. ”
ސަމީރުގެ ހިތަށް ނުހަނު ތަދުވެއްޖެއެވެ.ހިތްވަރު ކުރަން އުޅުނަސް ފަހަރަކު ކަރުނަތިއްކެއް ކޯތާފަތްމަތިން ވެއްޓެމުން ދިޔައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ މުޅިއުމުރުގަވެސް ފޫނުބެއްދޭ ވަރުގެ ޒަޚަމެއް ހިތުތެރޭ ލެވިއްޖެއެވެ. ކަރުނައިގެ ކޯރެއްގާ ފަތަންޖެހޭނީ ކިހާދުވަހަކުކަމެއް ޚުދު ސަމީރަށްވެސް ނޭންގެއެވެ.
“ސަމީރު! އަހަރެން އުފާވޭ… ތިވަރަށް…ވިސްނާތީވެސް.
މިދުނިޔޭގަ.. އަހަރެން އެދޭނެ އެންމެ.. ފަހުގެ އެދުންމީ.. މިވަގުތުވެސް އަހަރެންގެ… އަހަރެންގެ.. ހިތްހުއްޓިދާނެ. ”
ފަރީދާގެ އާދޭސްތައް އަޑު އިއްވާލެވުނީ ހަމަ ކިރިޔާއެވެ. އެ ހަށިގަނޑުގެ ތެރެއިން ފުރާނަ ނުކުމެގެން ދިޔައީ ފަރީދާއަށް ޝަހީދެއްގެ ދަރަޖަދެމުންނެވެ.
މާޒީގެ ކަޅު ޞަފްޙާތަކާއެކު ސަމީރުގެ ހަޔާތުން ދުވަސްތައް ވޭތުވަމުންދެއެވެ. އުމުރުން ފަންސަވީސް އަހަރުގަ އަލަތު ލޯބި
ކަފުންކުރެވުނީއެވެ. ލޯބީގެ ނިޝާންތަކާއެކު ސަމީރުގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެމުންދިޔައީއެވެ. ދަރިންކޮޅު މިސްކީނުންނަށް ވީދުވަހުން ފެށިގެން ޒިންމާދާރު މަންމައަކަށްވެސް ވާންޖެހުނީއެވެ. ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ތަޤްދީރުގެ މޮޅެތި ރޭވުންތަށް ސަމީރަށް އެކަން އަންގައިދެއެވެ. މަރު ނުވާތީ ދިރިއުޅުން ބޭނުންވާ ފަދައިން، ދިރިއުޅުމަށްޓަކާ ދިރިހުރުން ބޭނުންވެއެވެ.
އެހެންމީހުން ފަދައިން ސަމީރުގެ ހުރިހާ އުންމީދެއްވެސް ގުޅިފާވަނީ އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައެވެ. ދަރިންކޮޅު ބިކަކޮށްނުލާ ހަޔާތް އާރާސްތު ކުރުމަކީ ނުހަނު ބޮޑު ހުވަފެނަކަށް ހެދިއެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކުރާ، ހެޔޮލަފާ ކުދިންކޮޅަކަށް އެކުދިންވުމަކީ ސަމީރުގެ އިޙްލާޞްތެރި ދުޢާއެވެ. ެދަރިންނަށްޓަކާ ވަގުތީގޮތުން މަހަށްދިޔުން ހުއްޓާލަން ސަމީރަށް މަޖުބޫރުވިއެވެ. އާމްދަނީ ހޯދުމުގެ ގޮތުން ގޭގާހުރެ ތުއްތު ކުދިންނަށް ޤުރްއާން ކިޔަވާދިނުމުގާ ވަގުތުތަށް ހޭދަކުރިއެވެ.
ހުއްޓުމެއްނެތި ދުނިޔެ ދައުރުވަމުންގޮސް ކުޑަކުޑަ ތުގާގެ ހަޔާތަށް ފުރިހަމަ ދެމަސްވާން ހަފްތާއަކަށްވީއެވެ. މިއަދަކީ ފަރީދާގެ ވަޞިއްޔަތް ފުރިހަމަ ކޮށްދިނުމަށް ސަމީރު ތައްޔާރުވަމުންދާ ދުވަހެވެ. ހިތްހަމަޖެހިގެންނޫނެވެ. ނަމަވެސް ހިތްވަރުކުރަމުންނެވެ. ކޮންމެ ދުވަހަކު އެ ދެލޮލުގެ އެސްފިޔަތަކުން ކަރުނައިގެ ތެތްކަން ނުފިލާ ހުރެއެވެ. ސަމީރުގެ ހިތް މިއަދުވަނީ އަލުން ރާވާ ނުލެވޭނެ މިންވަރަށް ތެޅި ކުދިކުދި ވެފައެވެ.
” އާދިލާ!. . ތުގާއަށް ބޭނުންވާ ހުރިހާ އެއްޗެއް ދަބަހަށްއަޅާ ނިމުނިއްޔާ އަހަރެން ދެންދަނީ ފުރަން. މަހޫއާ މާލިކް ވީ އަހަރެން މަންމަ ގޭގަ. އެއީ ވަރަށް ކުޑަދެކުދިން. އެކުދިންނަށް ވާނުވާ ބަލާލާ އެހީވެދޭތި. މިދިޔަ ދެމަސްދުވަހު ތުގާއަށް ހަމައެކަނި އޭނަގެ ބަނޑު ފުރާލަދޭން އައިސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ތީ މިތާ ކައިރި އަވައްޓެރިއަކަސް
ތުގާއަށް މިހާރު ވަރަށް މުހިއްމު މީހެއް. ”
ނިދީގެ ތެރެއިން އިނގިލި އަނގައަށް ލައިގެން އޮތް ތުގާއަށް ބަލާލަމުން ސަމީރު އާދިލާއާ ވާހަކަ ދެއްކިއެވެ. ކުޑަކުޑަ ތުގާވަނީ ސަމީރުގެ ވައަތްމަތީ ބާއްވާލާފައެވެ. ކުށެއްނެތް ޅަފުރާނަ ލޯބިގޮތަކަށް މެޔާލާ ބޮނޑިކޮށްލަމުން ސަމީރު ގެއިން ނުކުންނަން ހިނގައިގަތީ ކޮނޑުގާ ދަބަސް އަޅުވާލަމުންނެވެ.
” ތި ދަރިފުޅު އެހެންމީހަކާ ހަވާލުކުރަން ދާން ދެރައެއް ނުވޭތަ؟… އަހަރެންމީ މިދިޔަ ދުވަސްތަކަށް ތިކުއްޖާގެ ބަނޑު ފުރާދިނުމަށް އެހީތެރިވެދިން މީހާ. އަހަރެންގެ ދަރިއެއް ނޫނަސް އަހަންނާ ވަކިވެގެން ދާތީ އަހަރެން. . އަހަރެން މިއަދު ވަރަށް . . ވަރަށް ދެރަވެއްޖެ. ” އާދިލާގެ އަޑަށް ސަމީރުގެ ފިޔަވަޅުތަކަށް ކުއްލި ލޮޅުމެއް އެރި ފަދައެވެ.
– ނުނިމޭ –
—————————————————-
ނޯޓް : إن شآء الله ކޮންމެ ހަފްތާއަކު އެއްދުވަހު މިވާހަކަ އަޕް ކުރާނެ ވާހަކަ ދަންނަވަން. ކިޔުންތެރިން ތިދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
21 Comments!
Comments are closed.
Emme furathama vrh bodah thanks mi part avahah up koddhiniima.Vrh vrh reethi mi part vx masha allah. Basmoshuntherikan gengulhefa huri goiyy vrh vx reethi.alheyy dhn kihinebbaa ey vaanii mihaaru hithah aranii.komme week aku eddhuvahu up kuraanamey bunefa iniima vrh ufaa vejje.Curiously waiting for next part….?
No.1 fan ah:
Wow. Such a lovely comment ?. No.1 fan thidhevvaa shauguveri comment thakah v bodah shukuriyyaa. Adhives adhives thankyou
No.1 fan ah:
Wow. Such a lovely comment ?. No.1 fan thidhevvaa shauguveri comment thakah v bodah shukuriyyaa. Adhives adhives thankyou
Masha allah mi part ves vrh reethi. Shaleen jumlathah raavaafa hunnaleiyy hama varah asarugadha. Sifa kohdhinumuge baives varah reethi dhe part ga ves.Vhk liyaa hithun liyaa kujjeh kanves faahaga kohlevey. And vrh ufaa vejje konme week aku ehfaharu vhk neredheythii.. Good luck and do your best.
Real me thidhevvaa ebbaarulumah shukuriyyaa
Masha allah varah reethi mi part ves. Sifa kurumuge jumlathah ves vrh asaru gadha. Vaahaka varah liyaa hithun liyaa kamah faahaha kurevey. And varah ufaa vejje konme week aku 1 faharu vhk neredheythii. Will be waiting for the next part. Good luck ❤
thanks Real Me
V furihama, may Allah bless u wrk, waiting gor next part In sha Allah
Shukuriyya Masha. V ufaavejje libunu comment aa medhu
Masha allah mi part ves varah reethi. Sifa kurumuge jumulathah hama varah asaru gadha. Shauguveri kamaa eku story liyaa kamah faahaga kurevey. And varah ufaavejje hafthaa aku ehfaharu story up koh dheythii.. Hama hithah araa kihineiyy baa ey dhen vaany story ga?? Just can’t wait for next part?.
Good luck from me ❤
@ Real Me
Happy to hear. ?
Alhamdhu lillah .
Vaahakaige shauguverikan dhemehetteytho v masakkai kuraanan. Real Me get faraathun libey saadhaa comment thakaa dheythere v hih hamajehey. Thank you thank you so much.❤
Vrh interesting mi story masha Allah. Vrh kiyaalaahithun Indha nimuniivx. When next?. Waiting for next part…
That gurll ge comment ah v bodah shukuriyya. alhugandu masakkai kuramun midhany komme hafthaa aku eh dhuhu mi vaahaka up kureveytho . In sha allah
Must salute for your hard work.. Masha allah hama vrh reethi mi part ves.. Esfiya ah vanna konme faharaku Shaleen ge story up vefa inthw.. And so happy to hear that vhk once a week up vaane ey.. Good luck.. Will be waiting for the next part
Lots of love ❤
Lil sis
V ufaavey thidhevvaa ebbaarulumah. Thikahala comment thah libeythee v bodah hih hama jehey. Next partves Anna hafthaaga up kureveytho masakkai kuran. In Sha Allah
V bodah thank you Lil sis ?
Vrh ufaavi stry upkollaafa iniima. Mi partvx hama vrh sethi.kiyaahithun Indha nimuniivx. Readers curious vaa gothah part nimmaa kan vrh faahaga curve.first part vx nimun hama inii dhn vane gotheh hoadhan kiyaa hiyyvaa gothah .N this part too . Waiting for next part.
@ Gurrlll
V bodah shukuriyya thi dhevvi comment ah. As a reader, thi dhevvaa ebbarulumah v bodah shukuriyya.
Maasha Allaah.. vv furihama. Keep it up…?
thank you khaleel
Nice story hama . Keep it up
Thank you shaleen ?