Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަތުގައި ހިފާލާށޭ…

Aminath Shafga Level 1
March 28, 2020 2 Mins Read
1 Comment

“ގަބުރަސްތާނުގައޭ… އަހަރެންގެ ދަރިފުޅަށް ތިމީހުން ކީއްކުރީ!” ފާރު ކައިރީގައި ސިހިފައި ހުރި ޝެލީ ރޮމުން އައިސް އަނިލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަހައްޓާ ކޮށްޕާލަމުން ބުންޏެވެ.
“ޝެލީ އަހަރެންނަށް މަޢާފު ކުރޭ. އީޝާލް މިދުނިޔެއާއި ވަކިވީ އަހަރެންގެ އިހުމާލުން. މަޖީދީ މަގުގައި ހިނގި ކާރު އެކްސިޑެންޓެއްގައި. އެދުވަހު އަހަރެން އީޝާލް ސުކޫލުން ނެރެފައި ގެއަށް ލާން ދެވެން ނެތީމަ ޓެކްސީއެއްގައި ފޮނުވާލީ. އެކާރު އެކްސިޑެންޓެއްވެ އީޝާލްގެ ބޯ ފަޅައިގެން ގޮސް ލޭ ސިކުޑިއަށް އެޅިގެން މަރުވި.” އަނިލް އިސްޖަހައިލައިގެން ހުރެ މަޑުމަޑުން ކިޔާދިނެވެ.
“ކީއްވެ އަހަރެންނަށް އެ ޙަބަރު ނުދިނީ.” ޝެލީ ގިސްލަމުން އަހާލިއެވެ. އެވަގުތު އަނިލް ޝެލީގެ ކޮޑުގައި ހިފާފައި ކޮޅަށް ނެގިއެވެ.
” އަހަރެންގެ ބެލުމުގެ ދަށުގައި އެކުއްޖާ ހުރީ. އަހަރެން ބޭނުންނުވީ އަންގަން. އެހެންވެ، ނޭންގީ ތި އާއިލާއަށް.” އައިންތު ނުލަފާ ގޮތަކަށް ހިނިއައިސްލިއެވެ. އަދި ޗޮކެއް ޖަހާލިއެވެ. އެވަގުތު އަނިލް ގާތަށް ރުޅި އައެވެ.
“ކީއްކޭ! އައިންތު ބުނީމެއްނު އެކަކުވެސް ފޯނެއް ނުނަގައޭ.” ރުޅިވެރި ގޮތަކަށް ބަލާލަމުން އަނިލް ބުންޏެވެ.
“އޫޕްސް. އާނ ނުގުޅަންޏާ ފޯނެއް ނުނަގާނެއްނު” އައިންތު ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. އޭރު ޝެލީގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އޭނާގެ ކަރުދަށް ހީވަނީ ނީލަ ކޯރު ހެންނެވެ.
“އައިންތު ހާދަ ނުލަފާއޭ.” އަނިލް އެހެން ބުނުމާއި އެކު އައިންތު ތުން އަނބުރާލިއެވެ.
“ނުލަފާއީކީ ނޫނެއްނު. ފަގީރު ބައެއްގެ ގާތުން އަހަރެން އަނިލް ސަލާމަތް ކުރީއެއްނު. ގައިމު ޝެލީގާތު ހުރިނަމަ އަނިލް މިހާރު ހުންނާނީ ނިކަމެތި ފަގީރެއްގެ ގޮތުގަ. އެހެންވެ އަހަރެން ތި ދެމީހުންގެ ދިރިއުޅުމަށް ވަނީ” އައިންތުގެ ޝަހާާދަތް އިނގިލި އޭނާގެ ކޯތާފަތުގައި ޖައްސާލަމުން އަވަސް ރާގަކަށް ވާހަކަ ދެއްކިއެވެ.
އަނިލް ކުއްލިއަކަށް ބޮލުގައި ރިހެން ފެށިއެވެ. އަދި މުށިތައް މަތީގައި އިށީދެލަމުން ހަޅޭ ލަވައިގަތެވެ.
“އަނިލް ދެން ދެރަނުވޭ! އަހަރެން އަނިލްއަށް ކުރެވުނު ކުށަށް މަޢާފު ކޮށްފިން… އެއީ އަނިލް ގަސްދުގައި ކުރި ކަމެއް ނޫން… އެހެންނަމަވެސް، އަހަރެންގެ ހިތެއް އައިންތުއަކަށް މަޢާފެއް ނެތް..” ޝެލީ އަނިލްގެ ބޮލިގައި ހިފަހައްޓާލަމުން ބުނެލިއެވެ. “އަހަރެން ދުވަހަކުވެސް ނުދެކެން އައިންތުހާ ނުބައި މީހެއް.. އެހެންނަމަވެސް އިންސާނަކަށް ވީތީ އަހަރެން އައިންތުއަށްވެސް މަޢާފުކޮށްފިން… އިންސާނުންނަށް ކުއްކުރެވޭނެ.. އެކަން އަނިލްވެސް ވާނެ ގަބޫލު ކުރަން.. ތިޔަ ދެމީހުންގެ ދަރިފުޅުގެ އުފަލަށްޓަކައި ދެމީހުން އެކުގައި ދިރިއުޅޭ. ވަކިނުވާތި..” ޝެލީގެ ގިސްލަމުން ވާހަކަ ދެއްކިއެވެ. އަދި އެ އެޕާޓުމެންޓުން ނުކުމެ އޭނަ ހިފާފައި ހުރި ކޮޓަރިއަށް ދިޔައެވެ.
ޝެލީ ނިދޭތޯ އެނދުމަތީ އޮށޯވެލިއެވެ. އެހެންނަމަވެސް، ނިދި އޭނާއާއި ރުޅި ހެދިއެވެ. އެނދުމަތީ 2 ގަޑިއިރު އޮވެއޮވެވެސް ޝެލީއަކަށް ނުނިދުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ދަރިފުޅުގެ ހިޔާލުތަކެވެ. އެ ލޯބިލޯބި މޫނެވެ. އެ ދިގުދިގު ތުނި ހަނށިގަޑެވެ. އެހިޔާލުތަކުން އޭނާއަށް ނުކުމެވުނީ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނުގެ ސްކްރީންއަށް ބަލާލިއެވެ. އެގުޅަނީ ޒަރީންކަން އެނގުމުން ޝެލީއަށް ރޮވުނެވެ. އެހެންނަމަވެސް ފޯނު ބިޒީ ކޮށްލިއެވެ.
ހެނދުނު ހޭލެވުމާއިއެކު ޝެލީ ތައްޔާރުވީ ރަށަށް ފުރުމަށެވެ. މަގުމައްޗަށް ނުކުންއިރު ޒަރީން ހުއްޓެވެ. “ޝެލީ ރަނގަޅުތަ؟” ޒަރީން އެސުވާލު ކުރާނެކަން ޝެލީއަށް މާކުރިން އެނގެއެވެ.
ޝެލީގެ ކޮންމެ ފިޔަވަޅެއް ޒަރީން ރޭގަ ދިޔައީ ގާތުން ބަލަމުންނެވެ.
ޝެލީ ކަރުދާސް ގަނޑެއް ޒަރީންއަށް ދިއްކޮށްލުމަށްފަހު ޓެކްސީއަކަށް އަރައިގެން ފުރަން ދިޔައެވެ. އެ ކަރުދާސްގައި ޝެލީގެ ހަޔާތުގެ ވާހަކަ އެއްކޮށް ކުރުކޮށް ކިޔައިދިނެވެ. އަދި އޭނަ ޒަރީންދެކެ އިންތިހާއަށް ލޯބި ވާވާހަކަ ބަޔާންކުރިއެވެ.
“ޝެލީ! ޝެލީ! ޝެލީ!” ޒަރީން ގޮވާ އަޑަށް ލޯންޗަށް އެރި ޝެލީ ބަލާލިއެވެ. އޭރު ޒަރީން ލޯންޗު ކައިރިއަށް މަޑުކޮށްފަ ލޯންޗަށް އަރަނީއެވެ. “ދުވަހަކުވެސް އަހަރެން ޝެލީގެ އަތަކުން ދުލެއް ނުކުރާނަން. އަހަރެންނަކީ އަބަދުވެސް ޝެލީގެ މީހެއް” ލޯންޗަށް އަރި ޒަރީން އެހެން ބުނުމާއިއެކު ޝެލީ ޒަރީން ގައިގައިބާރަށް ބައްދާލިއެވެ. އަދި އެދެމީހުން ދިރިއުޅުމެއް ފަށަން ނިންމިއެވެ.
ނިމުނީ-

Share Article

Follow Me Written By

Aminath Shafga

Level 1

Other Articles

Previous

ވާށޭ މަށާ އެކީ-2

Next

މަޢާފް – ސަތާރަވަނަ ބައި

Next
March 28, 2020

މަޢާފް – ސަތާރަވަނަ ބައި

Previews
March 28, 2020

ވާށޭ މަށާ އެކީ-2

One Comment

  1. Umkko says:
    March 28, 2020 at 10:05 am

    Wow nice

Comments are closed.



All Right Reserved!