Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…21 ފަހުބައި

eysh Level 510 Stories100 Comments100 Login500 Comments
March 15, 2020 5 Mins Read
50 Comments

“ކީއްވެ އަހަރެން ފަހަތު އަޅުވާލައިގެން ތިއުޅެނީ… އޭނ… ބުނޭ، އެހެން ނޫނީ…” އަތުގައި އޮތް އެއްޗެއް އެ މީހަކާއި ދިމާއަށް ހޫރަމުން އަހަރެން މަސައްކަތް ކުރީ އިންޒާރު ދޭށެވެ.

އަހަރެންގެ އަތުގައި އޮތް އެއްޗެއް ފެނުމާއިއެކު އެމީހަކު ފެށީ ހޭށެވެ. އަހަންނަށް ބަލައިލެވުނު އިރު ހުރެވުނީ ތުންފަތުގައި ޖައްސަން ގެންގުޅޭ ލިޕްސްޓިކް ހިފައިގެންނެވެ. އެ އަނބުރާ ދަބަހަށް ލާފައި ދޭފަތް ހޯދަމުން ދަނިކޮށް އަހަރެންގެ އަތުގައި އެ މީހަކު ހިފަހައްޓައިފިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކަރުތެރެ ޙަލާކު ވާހައި ބާރަށް ހަޅޭއް ލަވައި ގަނެވިއްޖެއެވެ.

********

“އަހަރެން މިއައީ މަޢާފަށް އެދެން ވެގެން… އެއްވެސް ގެއްލުމެއް ދޭކަށް ނޫން…” އެ މީހެއްގެ އަޑު އިވުމުން އަހަންނަށް ހިމޭން ވާން މަޖުބޫރު ވިއެވެ.

ދެލޯ ހުޅުވައި އެ މީހެއްގެ މޫނަށް ބަލައިލެވުނެވެ. އަހަރެން ބަލައިލުމުން، އެ މީހަކު އަހަރެންގެ އަތުން ދޫކޮށްލާފައި ކުޑަކޮށް ދުރަށް ޖެހިލައިފި އެވެ.

“އަހަރެންގެ ވާހަކަ އަޑު އަހާލަ ދީ… އައި ޕްރޮމިސް ޔޫ… އެއްވެސް ގެއްލުމެއް ނުދޭނަން…” ދެއަތް މައްޗަށް ނަގަމުން އެޒުވާނާ ވާހަކަ ދެއްކި އެވެ.

އަހަންނަށް ބަލައިލެވުނީ އެމީހާ ލައިގެން ހުރި އަންނައުނަށެވެ. އެކަން އެނގި އެމީހަކު ވެސް އޭނަ ލައިގެން ހުރި އަންނައުނަށް ބަލާލައިފި އެވެ. ހަމަ އެހާ އަވަހަށް އަހަންނަށް ބަލައިލާފައި ހިނިތުންވެލި އެވެ.

“އަހަންނަކީ މެކޭނިކެއް… ނަމަކީ ރުބޭލް…” ދެ ޖީބަށް އަތް ކޮއްޕައިލަމުން އެ މީހާ އޭނާގެ ތަޢާރަފެއް ދިނެވެ.

“ދެންމެ ގަރާޖުގަ ހުއްޓާ، ތި ދެމީހުން ފެނިގެން ފޮލޯކުރީ… ރެންޗް ހިފައިގެން އާދެވުނު އިރުވެސް ނޭނގުނު… ހެހެހެ… ސޮރީ…” ރުބޭލް ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކަށެވެ.

އަޑުން އެކަނި ވެސް ހިތްހެޔޮ ޒުވާނަކާއި ވައްތަރުވި އެވެ. އެވަރުންވެސް އެއްޗެއް ނުބުނެ އެ އޭނައަށް ބަލަން އަހަރެން ހުރީއެވެ.

“އަސްލު އަހަރެން ވަރަށް ދުވަސްވެއްޖެ ތި ކުއްޖާ ހޯދަން މަސައްކަތް ކުރާތާ… ހަނދާންވޭތަ މީގެ އަހަރުތަކެއް ކުރިން ހިނގި އެކްސިޑެންޓްގެ މަތީން… އެ ދުވަހު އެކަންވީ އަހަރެންގެ ސަބަބުން…” އެއްވެސް ޖެހިލުމެއް ނެތި، ރުބޭލް ވާހަކަ ދެއްކިއެވެ.

އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފަހަތަށް ޖެހިލެވިއްޖެ އެވެ. ކުރިމަތީގައި އެ ހުރީ އަހަރެންގެ ދިރިއުޅުން އެފަދަ އަނދަވަޅަކަށް ވައްޓާލި މީހާ އެވެ.

“އެދުވަހު ވަރަށް އަވަހަށް ތަނަކަށް ދާންވެގެން ރައްޓެއްސެއްގެ ސައިކަލުގަ ނައްޓާލީ… އޭރު ނޭނގެ އޭގެ ބުރަކި މައްސަލަ ޖެހިފަ ކަމެއް އިނީ… އެނގުނުއިރު ވަގުތު ފާއިތުވެއްޖެ… އެކްސިޑެންޓްވީމަ އަހަރެން ވަރަށް ބިރުގަތް… އެހެންވެ އެތަނުން ފިލީ… އަހަރެން ފަހުން ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލަ ކުށަށް އިޢުތިރާފު ވީ… ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކަށްފަހު މިހާރު މިހުރީ މިނިވަން ވެގެން…” ހުރިހާ ވާހަކައެއް ދައްކާ ނިމުމުން، ކުށްވެރި އެއްހެން، ރުބޭލް އިސްޖަހާލައިފި އެވެ.

ދެން ފާއިތުވެގެން ދިޔައީ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. ދެމީހުންކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިބެވުނީއެވެ. އަހަންނަށް ވެސް ހުރެވުނީ ވިސްނަންވީ ގޮތެއް ނޭނގިފަ އެވެ. ހިތުގެ އެއް ކަނަކުން އެއީ ރުބޭލްގެ ކުށެއް ނޫނޭ ވެސް ބުނަމުން ދިޔަ އެވެ.

“އޭގެ ފަހުން އަހަރެން ދުވަހަކު ވެސް ދުއްވާ އެއްޗަކަށް ނާރަން… އަހަރެން އުއްމީދު ކުރަން އަހަންނަށް މަޢާފު ކޮށްދޭނެ ކަމަށް… ދެން ގޮސްލަނީ…” އަހަރެން އެއްޗެއް ނުބުނެ ހުންނަން ފެށުމުން، ރުބޭލް ދެރަވެލާފައި ބުންޏެވެ.

ރުބޭލް އެނބުރި ހިނގައިގަންނަންދެން ވެސް އަހަންނަށް ހުރެވުނީ އެވެ. ދުލުގައި ހީވަނީ ކަސްތޮޅު އެޅިފައިވާ ހެންނެވެ. އެ ދުވަސް ހަނދާންވުމުން، މުޅި މީހާ ބިރުވެރި ކަމުން ވަށާލަ އެވެ. ދެލޯ ކަރުނުން ފުރެ އެވެ.

“މަޑުކޮށްބަލަ…” ރުބޭލް ވަކި ހިސާބަކަށް ދިޔަ ތަނައި އަހަންނަށް ބުނެވުނެވެ.

ރުބޭލް ހުއްޓުނެވެ. އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް ރުބޭލްގެ ކުރިމަތީގައި ހުއްޓުނީމެވެ. އަހަންނާއި ދިމާއަށް ބަލައިލާފައި ރުބޭލް އިސްޖަހާލައިފި އެވެ. ހީވީ ބަލަން ހުންނާނޭ ހިތްވަރު ނުލިބުނީ ހެންނެވެ.

“މަޢާފު ކޮށްފިން… ތޭންކް ޔޫ… މި ޒަމާނުގަ ތެދުވެރިން ވަރަށް މަދުވާނެ… ތެދުވެރިވެ، އަމިއްލައަށް ކުށް ޤަބޫލުކޮށް މަޢާފަށް އެދޭނީ ވެސް މަދު މީހަކު…” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އަހަރެން ބުނީމެވެ.

“މިއަދު ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެ… ރުބޭލްއަށް މިހިތުގަ އެއްވެސް ބުރަ ކަމެއް ނެތް…” ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހުރީ ހިނިތުން ވެލައިގެންނެވެ.

ރުބޭލް އަހަންނަށް ބަލައިލީ ޝުކުރުވެރި ކަމުގެ ނަޒަރަކުންނެވެ. އެ ދެލޯ ކަރުނުން ފުރުނީ އަހަރެންގެ މަޢާފު ލިބުމުން ކަން ޤައިމެވެ. ބޯ ޖަހާލާފައި އެ ތަނުން ދިޔުމަށް ރުބޭލް ހިނގައިގަތެވެ. އޭނަ ގޮސް ލޯ މަތިން އޮބާލަންދެން ބަލަން އަހަންނަށް ހުރެވުނެވެ.

ދޮޅު އަހަރު ފަސް

“ދަރިފުޅާ… ކޮބާ ހާދަ ލަހޭ… ތަންކޮޅެއް އަވަސް ކޮށްލަބަލަ…” ފާޚާނާ ދޮރުގައި ޓަކި ޖަހާލަމުން މަންމަ ގޮވާލީ އަހަންނަށެވެ.

ނުވަ މަހުގެ ބޮޑު ބަނޑާއިއެކު، އަހަންނަށް ރަނގަޅަށް ހިރިވެސް ނުލެވެ އެވެ. އަވަސްކޮށްލައިގެން ނުކުތްއިރު، ޑޮކްޓަރުގެ ލިޔުންތައް ހިފައިގެން، މަންމަ ހުރީ ދޮރުމަތީގަ އެވެ. އަހަރެން ނުކުތުމުން އަތުގައި ހިފަހައްޓާ ލައިފި އެވެ.

“ވަރަށް ބޮޑަށް ރިއްސާތަ ދަރިފުޅާ؟…” މަންމަ ހާސްވެފައި ސުވާލު ކުރި އެވެ.

އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. ގެއިން ނުކުމެނުކުމެ ހުއްޓައި، ފޯނު ރިންގްވާން ފެށި އަޑު އިވުނެވެ. ގުޅީ ރަވާން އެވެ.

“ލޯބީ… މި ކައިރި ކުރަނީ އިނގޭ… ބޭބީ ކައިރީ ބުނޭ ޑެޑީ ދަންދެން، މަންމިއަށް އެހާ ތަދު ނުކޮށްލާށޭ…” ރަވާން ވާހަކަ ދެއްކީ ލޯބިން ފުރިގެންވީ ރާގަކަށެވެ.

ފޯނު ނުބޭއްވި އުޅެނިކޮށް ބަނޑުގައި ގަދަޔަށް ރިއްސަން ފެށި އެވެ. އަނގައި ނުކުތް ވޭނީ އާޙްގެ އަޑު އިވުމާއިއެކު ރަވާން ތެޅިގަނެފި އެވެ. މިނެޓެއްވެސް ނުވެ ފެނުނީ އައިސް އަހަރެންގެ ގައިގައި އަތް ޖައްސައިލި ތަނެވެ.

“ވަރަށް ތަދުވޭތަ؟…” ރަވާން ހާސްވެފައި ބަނޑުގައި ފިރުމަން ފެށި އެވެ.

“ބައްޕަގެ ބޭބީ، މަންމިއަށް އެހާ ތަދު ނުކޮށްބަލަ…” ބަނޑާއި ދިމާއަށް ގުދުވެލަމުން ރަވާން ވާހަކަ ދެއްކި އެވެ.

“ދަރިފުޅާ… ދެން އަވަހަށް ހޮސްޕިޓަލަށް ދެވޭތޯ ބަލަން ހިނގާބަލަ…” މަންމަ ގޮސް ކާރަށް އަރަމުން ހާސްވެފައި ބުންޏެވެ.

ރަވާންއަށް ހަމަހޭވެރިކަންވީ ދެނެވެ. އަހަރެން ގެންގޮސް ކާރަށް އަރުވާފައި މަންމަގެ އުނގު މަތީގައި ބޯ ބާއްވާލަ ދިނެވެ. ހޮސްޕިޓަލާއި ހަމައަށް ދެވުނުއިރު ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތް ވެސް ނުވެ އެވެ. ހަޅޭއް ލަވާ ލަވައި އަޑު ވަނީ ކުރެހިފަ އެވެ.

ވިއްސާ ރޫމަށް ވެއްދިތާ ބަރާބަރު އަށް ގަޑި އިރު ފަހުން އަހަރެން ވިހައިފި އެވެ. ލިބުނީ ފިރެހެން ކުއްޖެކެވެ. އެ ދަރިފުޅު ބޮޑަށް ވައްތަރުވީ އަހަންނާ އެވެ. އެކަމާ ރަވާން ޝަކުވާ ކުރީ މަންމަގެ ކައިރީގަ އެވެ. ރަވާން ހީވަނީ އުފަލުން އެހެން ކަމެއް ހެންނެވެ. އަބަދު އުޅުނީ އެ ދަރިފުޅު އުރައިގެންނެވެ.

“މިހާރު އަހަރެން ބާކީ ވީތަ؟…” އަހަރެން ވާހަކަ ދެއްކީ ޝަކުވާ ކުރާ ކަހަލަ ރާގަކަށެވެ.

ރަވާން ޖަހާލީ ހިނިގަނޑެކެވެ. ތުއްތު ދަރިފުޅު ގެންގޮސް މަންމަ އާއި ޙަވާލު ކޮށްފައި އަހަރެންގެ ކައިރިއަށް އައެވެ. އަތުގައި ހިފާލައިގެން އިނީ ކައިރިން ދުރަށްދާންވެސް ބޭނުން ނުވެފަ އެވެ.

“ބޮޑު ބޭބީ މަތިން ހަނދާން ނެތޭނީ ކިހިނެތް؟… ތީ އަހަރެންގެ ހިތް…” އަހަރެންގެ މޫނުގައި ފިރުމާލަމުން ރަވާން ބުންޏެވެ.

“އެއީ އަހަރެންގެ ފުރާނަ…” އަތުގެ އިޝާރާތުން ތުއްތު ދަރިފުޅު ދައްކައިލަމުން ދެން ވެސް ވާހަކަ ދެއްކީ ރަވާން އެވެ.

އަހަރެން ހިނިތުންވެލީމެވެ. އުފަލުން ހިތް ފުރިފައި ވިއެވެ. ރަވާންގެ ލޯބިވެތި ކޮންމެ ޖުމްލަ އަކުން އަހަރެން ހެއްވާލަން ނަގަނީ ފަޅި ސިކުންތު ކޮޅެކެވެ.

ރަވާންގެ އާއިލާގެ އެންމެން ވެސް ހޮސްޕިޓަލަށް އައެވެ. ނާޒިމް ފިޔަވަ އެވެ. ލޯބިން އެ ދަރިފުޅު އުރާލައިގެން އެންމެން އުޅެން ފެށި އެވެ. ނާޒިމް އައީ އެންމެން ގެއަށް ދިޔަ ފަހުންނެވެ. ކައިރިވާން ނުކެރިފައި ދުރުގައި ބަލަން ހުރީ އެވެ. ރަވާން އޭނާގެ ބައްޕަ ގޮވައިގެން އައެވެ. ނާޒިމް ފެނުމުން އަހަރެން ހިނިތުންވެލީމެވެ. އަތުގައި އޮތް ދަރިފުޅު ނާޒިމް އާއި ދިމާއަށް ދިއްކޮށްލަމުން އުރާލުމަށް އެދުނީމެވެ.

“ބައްޕާ… މިއަދު އަހަރެމެންނަށް ވެސް ދަރިއަކު ލިބުނީ އޭ… މައިންބަފައިންނަށް ކުރެވޭ ކަމަކުން އެމީހުންދެކެ މުޅި އުމުރު ނަފުރަތު ކުރަންވީ ކީއްވެ؟… ކޮބާ ބޭނުމަކީ؟… އަހަރެމެން ބަލާ ބޮޑުކޮށްފަ މިތިބީ މަންމަ އާ ބައްޕަ ހާދަ ވޭނަކާ ބުރައެއް އުފުލައިގެންނޭ… އެކަމާ ބަލާފަ ބައްޕަ ކުރީ ކުޑަކުޑަ ކަމެއް… މަޢާފު ނުދޭންވީ ކީއްވެ؟… އެހާ ހިތް ހަރުކޮށްގެން މި ދުނިޔެއަކު ނޫޅެވޭނެ… މަޢާފަށް އެދުމާ މަޢާފު ކުރުމަކީ އެންމެ ރީތި ސިފަ…” ރަވާން ވާހަކަ ދެއްކީ އަހަރެންގެ އަތުގައި ހިފާލައިގެން އިނދެ އެވެ.

ނާޒިމް ފެށީ ރޯށެވެ. ކުރެވުނު ކަންތަކާއި ލަދުވެތިވާކަމަށް ތަކުރާރުކޮށް ބުންޏެވެ. ޙަޔާތުގައި ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ބުނެ ވަޢުދު ވިއެވެ. ކާފަ ދަރިފުޅު އުރައިގެން އެތައް އިރަކު އިނދެފައި ނާޒިމް ދިޔުމުން އަހަންނާއި ރަވާން އެކަނި ވިއެވެ. ރަވާންގެ ކޮނޑުގައި ބޯ އަޅާލަމުން ދެލޯ މަރާލީމެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ ހިތަށް ލިބުނު ތަޞައްލީ އަކުންނެވެ.

“ހަނދާންވޭތަ އެ ދުވަހު ހޮސްޕިޓަލުގަ އޮވެފަ ކުރީމެއްނު ސުވާލެއް ދޯ…” ނާޒިމް ދިޔުމުން އަހަރެން ވާހަކަ ދެއްކީ ރަވާން އަށެވެ.

ނޭނގޭ ކަމަށް ބުނެ، ރަވާން އޭނާގެ ދެކޮނޑު އަރުވާލި އެވެ. އެއްބުމަ އުފުލައިލަމުން އެއީ ކޮން ސުވާލެއްތޯ ބުނުމަށް އެދުނެވެ. އަހަރެން ބުނީ ރަވާން އެ ސުވާލެއް ހަނދާން ކުރުމަށެވެ.

“މިނަން ތިހިތުން ފިލުވާލަނީހޭ؟… އެ ތަ؟…” އެއްޗެއް ހަނދާންކޮށްލާ ފަދައިން ނިތްމަތީގައި އަތް ކާއްތައިލަމުން ރަވާން ސުވާލު ކުރި އެވެ.

އަހަރެން ބޯ ޖަހާލީމެވެ. އެއާއިއެކު ރަވާން ހިނިތުންވެލާފައި، އަހަރެންގެ ހަށިގަނޑުގައި ދެއަތް ވަށާލައިފި އެވެ.

“އެ ސުވާލުގެ ޖަވާބަކީ… މްމްމްމް…” އަހަރެން އުޅުނީ ރަވާން ތަޅުވާލާށެވެ.

“ދުވަހަކު ވެސް، ދުވަހަކު ވެސް، ދުވަހަކު ވެސް، ނުފިލާނެ އޭ… މިހާ ވަރަށް ލޯބިވޭ…” ދެއަތް ދުރުކޮށްލަމުން އަހަރެން ބުނީމެވެ.

ދެން އިޚްސާސް ކުރެވުނީ ރަވާންގެ ތުންފަތުގެ ބީހުންތަކެވެ. އެވަގުތު ކޮޅުގެ ތެރޭގައި، ދިރިއުޅުމުގެ ފޮނި ހުވަފެންތަކެއް ދެކެމުން އެކަކު އަނެކަކަށް އެތައް ވަޢުދެއް ވީމެވެ. މިއަދު ހުރިހާ ހިތާމަތަކުން އަރައިގަނެވި، އަހަރެންގެ ދިރިއުޅުން ފުރިހަމަ ވެއްޖެ އެވެ. އުފަލުން ހިތް ފުރި ބަންޑުން ވަނީ އެވެ. އަހަރެންގެ ލޯބި އަހަންނަށް ޙާޞިލް ވީއެވެ. ކެތްތެރިވުމުގެ މޭވާ ކިތަންމެހައި ވެސް ފޮންޏެވެ.

(ނިމުނީ)

އަލްހަމްދުﷲ.. މިވާހަކަ ނިންމާލުގެ ތަޢުފީޤު ލިބުނުކަމަށްޓަކައި މާތް ﷲ ގެ ކިބައަށް ހަމްދާއި ޝުކުރު ކުރަން… މި ވާހަކަ ކުރިޔަށް މި ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި އެއްބާރުލުމުގެ ސަބަބުން… މިފުރުޞަތުގައި، ވާހަކައަށް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން…

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ވީމޭ ތި ލޯތްބަށްޓަކައި-1

Next

ނުވާނަން ތަފާތެއް… 1

Next
March 15, 2020

ނުވާނަން ތަފާތެއް… 1

Previews
March 15, 2020

ވީމޭ ތި ލޯތްބަށްޓަކައި-1

50 Comments!

  1. eysh says:
    March 15, 2020 at 1:07 pm

    Salaam All.. here is the last part of the story.. last part upkohlan jehuneema v dheravefa meenee.. varah dheravey hurihaa kudhinna vakivelan jeheythee.. will miss u all.. ???
    Unmeedhukuran mi vaahaka ves Thi hurihaa kudhinnah kamudhaane kamah.. Hurihaa kudhin ves story aa dheytherey dhekunu gotheh noonee ragalhu kohlan jehey kameh othas eysh v ufaavaane cmnt ehge zareeaain ekan buneladheefiyya.. kiyaalaafa cmnt eh kohlahchey..
    Mi furusathuga v faahaga kohlan beynunvaa kameh ebaoiy.. eysh ah mithanun dhimaavehje.. vvv sweet kudhin kolheh.. Hurihaa part akah kahala gothakah cmnt ves kohlaa.. e kudhinnah vvv bodah shukuru adhaa kohlan.. nd feel vanee vvv gaaiy kudhinney.. ekudhin mathin handhaan ves nunetheyne In Sha Allaah.. aslu ehaa motivate vegen story kuriyah mi gendhevunee e kudhin kohlaafa hunna sweet cmnt thah kiyaalaafa ufaa vaa varun..
    Story ah cmnt kohli, kiyaali adhi share kohli hurihaa kudhinnah vvv bodah shukuriyyaaa..
    Already started missing u all.. ??
    Have a nice day.. hurihaa kudhinnah ves dhulhaheyo sihhathakah edhi dhua kuran.
    ??

    1. BarBie says:
      March 15, 2020 at 2:28 pm

      eysh.. sun online ah u liyany kn vaahaka eh?

    2. eysh says:
      March 15, 2020 at 2:35 pm

      Inthihaa ah loabiveemey

    3. Anonymous says:
      March 15, 2020 at 6:14 pm

      ސަން.އެމްވީގަ އޭޝް އަޕްކުރަމުން ތިދާ ވާހަކަ(އިންތިހާއަށް ލޯބިވީމޭ) ގެ
      އެކެއް،ދޭއް،ތިނެއް އަދި ހަތަރުވަނަ އެޕިސޯޑުގެ ލިންކް ލިބިދާނެތޯ؟.. އަޅުގަނޑު އުޅެއުޅެވެސް އެ ބައިތައް ނުފެނުނީމަ…ޕްލީޒް ލިންކް ފޮނުވަދެއްޗޭ

    4. R says:
      March 15, 2020 at 7:30 pm

      sun.mv/131538
      sun.mv/131557
      sun.mv/131839
      sun.mv/131970

    5. BarBie says:
      March 15, 2020 at 9:39 pm

      Ohh.. thank you.. evaahaka kiyan.. but I didn’t know that story aky eysh story eh kameh.. I have read most of ur stories.. and it’s pretty good.. keep it up?☺️

    6. eysh says:
      March 16, 2020 at 9:37 pm

      Thank u so much Barbie.. glad that u liked ?❤❤

  2. Sheen Shiru says:
    March 15, 2020 at 1:22 pm

    Yeyyyyy 1st tha ????

    1. eysh says:
      March 15, 2020 at 1:37 pm

      Yesss first congratulations dear ?❤

  3. Yaal says:
    March 15, 2020 at 1:27 pm

    Me first the………….varah reethi mi part ……..

    1. eysh says:
      March 15, 2020 at 1:38 pm

      Second dho.. thank u so much dear ?❤❤ v ufaavehje story kamudhiyaeema ?

  4. Yaal says:
    March 15, 2020 at 1:32 pm

    Ummeedhu kuran eysh ge New story eh kiyaalan libeynekamah……..????????????????

    1. eysh says:
      March 15, 2020 at 1:42 pm

      Mi site ga dhen eysh ge story eh genesdheveyne hen heenuvey.. eiee mihaaru Fenvaru.com, and sun online ah vaahaka liyamun dhaathee.. Unmeedhukuran e site thakun eysh ge story thah kiyaalaane kamah.. btw Fenvaru.com ga eysh dhen enme avahah genesdheynee “KAAVIN”

  5. NooYas says:
    March 15, 2020 at 1:37 pm

    Wow. Its awesome. Vaahaka kaamiyaabu kamaaeku ninmaaliathee v ufaavejje. Feel proud for your hard work eysh sis. Kithanme busy shedule egga ulhunas vaahaka au dhey samaalukan sis ge v bodukan faahagakollan beynun. Dhn vaahakaige sifakurunthakaa ibaaraaiy kurunthah hama v furihama. Sis ge liyuntherikan ithurah reethivaakamakee adhabee bas thakaa majaazu beynunkuraathee. That’s the unique thing I notices from your stories. Mi vaahaka hama v v v unique. Hee es nukuraa gothau haadhisaathah hingaafa huree. Its really amazing. Speechless. Unmeedhakee sis au musthagubalga heyo goiythakeiy medhuverivun. Adhi avas musathagbalegga sis ge aa vaahaka eiy kiyaalan libeynekamau unmeedhukuran. Love you so much eysh sissy. Vvvvvv miss vaane sis mathin. You’re one of my favourite author in this site. Love you so so so so much. ❤️❤️❤️❤️❤️❤️❤️???????❤️❤️❤️❤️????❤️❤️❤️❤️?❤️?❤️??❤️?❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️❤️❤️???❤️?

    1. eysh says:
      March 15, 2020 at 2:10 pm

      Awwww thank u soo much Yas.. ? vvv ufaavehje cmnt kiyaalaafa.. thank u so much for the support.. really appreciate it.. kaamiyaabu kamaa key story eh nimmaaleveynee kiyuntheringe ves support libigen.. so v shukuru adhaa kohlan.. u r v sweet.. and I’m going to miss u a lot.. yess story liyumakee eysh ge hobby thakuge thereyn 2 vana hobby.. first eiee decorating cakes.. ? Awww cmnt kiyaalaafa vvv ufaavey eba.. neyngey bunaane ehcheh ves.. mi site in dhen faharehga eysh ge story nufenidhaane.. ekam fenvaru and sun online in In Sha Allaah fennaane.. mihaaru eysh liyamun midhanee Inthihaa ah loabi veemey.. fenvaru site ga v avahah fashaanan In Sha Allaah KAAVIN.. lysm dear.. ?❤❤❤

  6. Ifooo says:
    March 15, 2020 at 1:39 pm

    Alheyyy nimunyy thrrrr….. Varah varah kiyaa hithun hutta fenuny fahu bai up vefa in thannn…. ? Varah miss vaane story mathin…. But the story was awesome, creative, mind-blowing, n I just can’t describe it…. Varah varah reethi… Finally ruvaaan n Livy ge famly vxx complete v dhwww…. But it would have been much better I guess thankolheii dhigukoh genesdhin nama…. ? Anyways varah varah ufaaa vejje mihaa reethi vaahaka eh kiyaalan libuny ma…. Vaahakaige sifa kurumaaa ehn vxx hurihaa kameii hama perfect…???????? Eysh .. u r indeed a great writer….. I hope Eysh ge ehn vaahaka eh varah avahaa kiyaalan libeyne kamahh… Whn Eysh ehn story eh liyan visnanyyy ? after reading this story I’ve truly become a fan of urs eysh ❤️❤️ hope u have a great future n Maya Allah bless u with ur work ????

    1. eysh says:
      March 15, 2020 at 2:27 pm

      Yesss nimunee dear.. aslu v long story eh plan kuree.. ekamaku 3 site ah liyan v ma maa bxy vee.. ehenve story ge aslah badhalu naannaane hen kurukohlee.. awwww thank u so much ifoo.. u r so sweet.. vvv ufaavefa meenee cmnt kiyaalaafa.. means a lot.. mihaaru sun ga mi genesdhenee Inthihaa ah loabiveemey.. dhen fenvaruga liyamun ai Ufaleh netheehe dhuniyeyn story nimuneema mihaaru mi liyanee KAAVIN.. In Sha Allaah new story akah dhen enme avahah fennaanee Fenvaru site ga KAAVIN e story.. hopefully next week ga story start kuraanan.. Awww v ufaavehje Fan akah v ma.. means a lot.. Aameen.. ?❤❤❤

  7. 1234 says:
    March 15, 2020 at 1:57 pm

    Vara reethi mi storyy
    Looking forward for your new storyyyy

    1. eysh says:
      March 15, 2020 at 2:32 pm

      Thank u so much dear.. varah ufaavehje story kamudhiyaeema ??❤❤ eysh ge stories thah dhen mi site in nufenidhaane.. ekam In Sha Allaah sun and Fenvaru site in kiyaalan libeyne.. ??❤❤

  8. magnumm says:
    March 15, 2020 at 3:35 pm

    alheyyyyyyyyyyy?last part dww…vrh vrh cute nge…waiting fr ur next stryyy…lovexx?

    1. eysh says:
      March 16, 2020 at 9:39 pm

      Thank u so much magoo..Konthaaku ulhelaafa thi aee.. missd u dear.. glad that u liked ?❤❤ dhen story upvaanee sun and fenvaruga ingey.. unmeedhukuran e site thakun kiyaalaane kamah..

  9. shaai says:
    March 15, 2020 at 3:52 pm

    eysh dhoknikolha story nimuni dhw…
    vvvvvv rythi…
    dhen konirakun eysh ge story eh kiyalan libeyni

    1. eysh says:
      March 16, 2020 at 9:41 pm

      Hi sweeet shaai..
      Yesss story nimunee mi.. vvv miss vaane ingey.. Thank u so much dear.. v ufaavehje story kamudhiyaeema.. ?❤❤ dhen eysh ge story kiyaalan libeynee sun and fenvaruga.. mi site in faharehga nufenidhaane.. unmeedhukuran e site thakun kiyaalaane kamah..

  10. Kairaa says:
    March 15, 2020 at 4:52 pm

    Alheyy mi story vx nimuny dhw???????varah varah varah varah reethi fahu bai vx…..alhey dhn kn irakun thr siss ge new story eh kiyaalan libeyneee….waiting siss ge new story akah….lysm eysh siss….miss u

    1. eysh says:
      March 16, 2020 at 9:44 pm

      Awww Thank u so much Kai.. v ufaavehje story kamudhiyaeema.. ?❤❤ dhen enme avahah new story akah genesdhenee Fenvaru site ga KAAVIN.. Sun online ga mihaaru mi genesdhenee INTHIHAA AH LOABI VEEMEY.. missssssd u too kai.. ly

  11. Imkko says:
    March 15, 2020 at 8:02 pm

    maasha allah …. v reethi ….. hama speechless …. eysh ge story thakakee v reethi story thakeh alhugandah …. looking forward to see more of your stories in future ….. ginain comment nukuriyas emme furathama dhuvahun feshigen ves mi story akee one of my fav …. keep your awesome work ❤❤❤❤❤❤

    1. eysh says:
      March 16, 2020 at 9:45 pm

      Awww Thank u so much imkko.. v ufaavehje story kamudhiyaeema.. and hurihaa story ves kamudhaa vaahaka buneema..?❤❤ awwww… so happy to know that.. means a lot..

  12. Ooh says:
    March 15, 2020 at 9:51 pm

    Mi storyge 15,16,17 ihnanee Kon baehga kan bunedheefaanantha

    1. eysh says:
      March 16, 2020 at 9:47 pm

      Story hulhuvaalaairu eba inehnu eysh jahaalaafa dho red kulain matheega in pic kaireega, ethanah click kohleema fennaane eysh ge hurihaa story thakeh mi site ah upkohlaafa huri..

  13. Faathu says:
    March 15, 2020 at 9:53 pm

    Vvv reethi.ma sha allah.alah comment mi kurany mi vaahaka kiyaa nimaalaafa v reethi vaahakaeh.and sunonline in genesdhey vaahaka ves ehaa reethi.kiyuntherin kiyaa hiyyvaa gothah genes dheythy v hiyy hama jehey.thikuraa hiyy varah kaamiyaabah edhen.thigothugai kuriah dhey.adhives ehfaharu vvvvv reethi vaahaka.aa vaahakeh dhen knirakun.

    1. eysh says:
      March 16, 2020 at 9:53 pm

      Aww thank u so much dear.. v ufaavehje story kamudhiyaeema and first cmnt mihaa sweeet v ma.. ?❤❤ awww thank u so much dear.. means a lot.. Fenvaru site ga genesdhemun ai vaahaka ves nimuneema Dhen enme avahah new story genesdheynee e site ga.. Story name akee KAAVIN.. e story akee super power eh hunna meehaku ulhey Investigation and love story eh.. kiyaalahchey ingey.. hopefully next week ga feshey varu vaane.. dhethin part liyelaafa fashaanan In Sha Allaah

  14. livy says:
    March 15, 2020 at 11:10 pm

    wow it’s so lovely.Eysh mee e Livy eh noon ingey. he he just kidding bt Livy adhi kee Eysh ge minan thihithun filuvaalaneehey n ufaleh netheehe dhuniyein n both are superb son online ga vaahakaliyaakamey neyge so thank you so much barbie mihaaru eba hithah araa e story vx kiyaalan waiting for the next new story hope kuran e vaahaka vx hama ehaa reethivaanekamah bt Eysh i just want to say i’m a big fane of u

    1. eysh says:
      March 19, 2020 at 12:02 pm

      Awww thank you so much livy.. vv ufaavehje story kamudhiyaeema.. awww kiyaalahchey ingey ehen story thah ves.. unmeedhukuran e story thah ves kamudhaane kamah.. awwww im so happy to know that dear.. vvv ufaavehje big fan eh kan enguneema.. means a lot.. and u r v sweet dear.. ly ??❤❤❤

  15. Pari says:
    March 15, 2020 at 11:23 pm

    V reethi, eyshge hurihaa stories eh vex nimendhen kiyan. V kamudhey thanks slot komme vaahakayeh fashain, nimendhen kiyan libeythee, v hiyyvaru gadha kujjeh thee, inshallah famous writer akah vaane, mihaaru ves mii he favorite thy♥️

    1. eysh says:
      March 19, 2020 at 12:06 pm

      Awww thank you so much pari.. vv ufaavehje hurihaa story ehves kamudhiyaeema.. and thank u so much for the words.. vvv happy.. In Sha Allaah Eysh ge ves unmeedhu.. wow vv ufaavehje favorite kan enguneema.. means a lot.. so sweeet.. ly dear ??❤❤❤

  16. Lamko says:
    March 15, 2020 at 11:44 pm

    Alhey haadha loabi hisaabakunney story e nimunii….sis ge hurihaa story eh vc hama ehaa furihama sifa kurumah vc sis thii hama no:1…. Mi part vc varah varah reethi…..??dhn kon irakun new story eh kiyaalan libeynii….. Unmeedhu kuranii sis ge new story eh kiyaalan libeyne kamah…. Ly sis.. Ur the best.. My fav sis???✔️

    1. eysh says:
      March 19, 2020 at 12:10 pm

      Awww thank you so much lamko.. vv ufaavehje hurihaa story ehves kamudhiyaeema ingey.. nd thi hurihaa kudhinves v miss vaane ?? and thank u so much once again.. cmnt kiyaalaafa v ufaavehje.. number 1 ey buneleema ves.. means a lot.. sun online ga mi genesdhenee Inthihaa ah loabi veemey.. dhen fenvaru site ga long story akah enme avahah fashaanee Kaavin.. hopefully mi feshey week ga geneveytho mi masakkaiy kuranee.. wow vvv ufaavehje cmnt ge last line kiyaalaafa.. means a lot.. so sweeet.. thank u so much for the support lamko.. hurihaa part akah ves lamko ge cmnt eh libun eiee story kuriyah gendhan libunu v bodu hihvareh.. ly dear ??❤❤❤

  17. Liyaa says:
    March 16, 2020 at 12:04 am

    Mashaa allah v reethi vaahaka eysh keep it up ❤️??‍?‍??

    1. eysh says:
      March 19, 2020 at 12:15 pm

      Thank you so much dear… v ufaavehje story kamudhiyaeema ??❤❤

  18. Mahoo says:
    March 16, 2020 at 8:06 am

    U are best writter…. its amazing story …. varah ugaavehje 3 site ga vaahaka liyamun vess give up nukoh buramasheh kathaa eku alhugandu mennaa hamayah story ge part thah forukohdhey thyy.. eh vess story eh leave nukoh laathee❤❤ u was saw that, how much u brave..??? eysh ge vahaka eh dhen esfiyain fennaanee kondhuhukun☺☺

    1. eysh says:
      March 19, 2020 at 12:19 pm

      Awww Thank you so much mahoo… v ufaavehje story kamudhiyaeema ??❤❤ and best writer ey buneleema.. aww so sweet.. v ufaavehje ekan faahaga kohleema.. vaahaka liyumah v shauguveri vey.. ehenve In Sha Allaah mikan kuranee v kuraahithun.. In Sha Allaah fashaafa incomplete koh dhookoh nulaanan.. ?❤❤ enme fahun kohlaafa in suvaalah bunelaanee, dhen mi site in story eh fennaane dhuvaheh ehen bunaakah neyngey.. ekam In Sha Allaah sun online and fenvaru site ga fennaane. UAnmeedhukuran mahoo kiyaalaane kamah e site thakun ves.. will miss u dear.. and thank u so much fr the support.. hurihaa part akah ves cmnt kohla dhinun eiee story kuriyah gendhan libunu v bodu hihvareh.. ly ??❤❤❤

  19. Kylie says:
    March 16, 2020 at 11:56 am

    This is the last part dhw…????.. So sad???…… Bt Mi part vx vvvvvvvvvv habeys????….. Eyshge ehn story eh Mi site in fennaane kamah ummeedhu kuran….????…….. LYSM sisooo.????…. Ur the best author in this site…????…

    1. eysh says:
      March 28, 2020 at 1:55 pm

      So sorry fr the late rply.. Maa bcy koh ulhen jehuneema roly lasvee.. Thank u so much Kylie ?❤❤ vvv ufaavey ehaa support dheythee.. means a lot.. I’m going to miss u dear.. u r v kind nd sweet.. once again thank u so much dear.. dhen hiyeh nuvey mi site in new story eh fenidhaane hen.. Ekam In Sha Allaah Eysh ge story thah kiyaalan libeyne.. ly2 dear.. Awww vvv ufaavehje.. be safe nd tc of u ?❤❤

  20. Sheen says:
    March 16, 2020 at 1:34 pm

    Kiyaalan lasvejje kamah gaboolu kuran
    Sorry ????? ekam last part veema v time libigen v hamajehilaigen kiyaalan beynunvee ???????????????????????????? Hama bunan jeheynee mi vaahaka akee eysh ge reethi reethi vaahaka thakuge thereinves faahaga kohlevey special ehaame reethi vaahaka ekey ???????????????????????????????????????????? Mulhi vaahakaigaves sifakurunthah vvvv furihama ?????????? Vaahakaige ibaaraai kurunthahves ehaa hiygaimu ?????????? Emotions hama hifehettumen neiy minvarah huri ????????? vaahakaige style vvvv interesting ???????? vaahaka kiyaalumun eysh ge hiyaalu mussandhi vefa ufehdhuntherikan haamavey ?????????? Vaahakaige characters thah genesdheefa hurigoiy vvv kamudhey ?????????? Vaahakaige komme part ehves nimmaalaafa hunnanee dhen inna part akah inthixaaru kuran majubooru kuruvamun ?????????? Vaahakaigai mujuthamau ah faidhaa kuranivi iburaiytheri ethah messenge thakeh himanaalaafai huri ??????? vaahaka nimuneema vvvv dheravey ?????????? Ekam eysh ge ehaame reethi story eh sun.mv ga genesdheythee vvv ufaaves vey. ????????? Eysh thee hama emme sweet emme loabivaa emme favorite writer ????????? eysh ah abadhuves kurierumaai kaamiyaabah edhen ?????????????????????????????????????????? Lysm ???????????????????????????????????????????????

  21. ލަމް says:
    March 16, 2020 at 2:11 pm

    މާޝާﷲ. ވަރަށް ފުރިހަމަ ރީތި ވާހަކައެކެވެ. އިންތިހާއަށް ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހާވެސް އަސަރު ގަދައެވެ. ސިފަކުރުންތައް މޮޅެވެ. ހިޔާލު ތަނަވަހެވެ. ގެނެސްދޭ ގޮތް ވަރަށް ހިތްހަމަޖެހެއެވެ. އޭޝް ވަރެއް ހަމަ ނެތެވެ. އޭޝްގެ އާ ވާހަކައެއް
    ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

  22. Sheen says:
    March 16, 2020 at 2:55 pm

    Alhamdhulillaahi. Mihaa reethi furihama vaahaka eh nimendhen kiyaalan libuneethee v bodah ufaakuran. ?????❤️?????❤️?????????????????Esfiyaiga gina vaahakathah vaki hisaabakun huttey. Ehen namaves eysh ge hurihaa vaahaka ehves frihama ah genesdhee nimmaalaakan v ufalaaekee faahaga kuran. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????? Mie eysh ge reethi reethi vaahaka thakuge thereinves faahaga kohlevey special ehaame reethi vaahaka eh. Eysh ge vaahaka thakuga mujuthamau ah iburaiytheri ethah message thakeh dheefa hunnankan faahaga kollan ???????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? Mivaahaka feshigen nimendhenves sifakohdhinun v furihama. ??????????????????? Ibaaraaiykoffa hunnaleh fashuvi kamaa nalakamun hama viruvaa alhaa kahala. ??????????? Mulhi vaahaka vvvvv shauguveri kamaaeku kiyaalevunu. ?????????????????? Mi style v interesting ?????????????? Idea v creative ???????????????? Story vvvv emotional. ?????????????? Characters genesdheefa hunnaleh vvvv fakkaa. Emeehunge style. Vaahaka dhakkaa bahuruva. Mihhurihaa kameh eh fenvarakah interesting nugelley gothah nimendhenves hifahaatlli kamee eysh mi fannanah kulhadhaana minvaru haamakohdhin kameh. ?????????????? Vaahakaige hurihaa kamehves hama vvvvvv perfect. Mie hurihaa gothakun ves furihama molhu reethi vaahaka eh ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? Alhamdhulillaahi eysh ge improvement hama hiy loabin furu bandun vaa varah mihaaru faahaga vey. ? ♥ ? ? ♥ ♥ ♥ ? ? ♥ ♥ ♥ ? ? ♥ ♥ ♥ ? Eysh akee emme favorite emme loabivaa emme salhi story writer. ❤️??????♥️??❤️❤️??♥️♥️?❤️❤️❤️????♥️? Mivaahaka nimuneema dheravey. ??????????????????? Ekam eysh ge vaahaka eh sun. Mv ga genes dheythee v ufaavey. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Lysm ??????????????????????????????????????????

  23. Aana says:
    March 16, 2020 at 5:01 pm

    Varah reethi mivaahaka.vrh kamudheyy.vrh reethi.Eysh ge stories are the best.Dhn enme avahah liyaanee konvaahaka eh

  24. taetae says:
    March 18, 2020 at 10:03 am

    alhey nimunee tha.. heekuran ehn vaahaka ey kiyaalan libeyne kamah… alhuga comment nukuriyas baraabarah mi vaahaka kiyamun aee.. vv sad nimuneema.. love u dear

  25. malsamalkkomal says:
    March 18, 2020 at 9:10 pm

    Varah rythi nge..story nimuni dhw..varah miss vaane mi story mathin..Hehe..avas musthagubalhehga
    Eysh ge aa vaahka eh kiyaalan libynekamah ummeedhukuran..will be waiting..take care eysh.??❤

  26. Zippudin says:
    August 19, 2020 at 12:37 pm

    Missing you so much eyshyyy…. Come back plxxxxxxx

Comments are closed.


All Right Reserved!