Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…19

eysh Level 510 Stories100 Comments100 Login500 Comments
March 10, 2020 5 Mins Read
30 Comments

ނާޒިމް ބުނި އެއްޗަކާއިމެދު ވިސްނައިލެވުމުން، އަހަރެންގެ ދެލޯ ބޮޑުވިއެވެ. ނޭވާ އަވަސްވެގެން ދިޔައެވެ. ނާޒިމްގެ ކައިރިއަށް ގޮސް އެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލީމެވެ.

“ތިބުނީ އެއީ… އެއީ… އެއީ ޒެވިންއެއް ނޫނޭތަ؟…” އަހަންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

********

އަހަރެންގެ ހިތް ތެޅެމުންދިޔައީ އޮބި ނޯންނަ ވަރަށެވެ. ނާޒިމްގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައިރު، ހިތް ހީވަނީ ބޭރަށް ފުންމައިލަފާނޭ ހެންނެވެ. އެންމެ ސިކުންތެއްވެސް ހީވީ އެތައް ހާސް ގަރުނަކަށް ދިގުދެމިގެންދިޔަ ހެންނެވެ.

“އާނ… އެއީ ޒެވިން އެއް ނޫން…” ނާޒިމްގެ އަޑު މަޑެވެ.

އެ އަޑު އައިސް ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރި ކޮށެވެ. ހަށިގަނޑުގެ ވަރު ދޫވެގެން އަރިއަޅާލައިފިއެވެ. ޝާޔަން އައިސް ނުހިފޭއްޓިނަމަ އަހަރެން ވެއްޓުނީހެވެ. ކޮޅަށް ހުންނާނޭ ވަރު އަހަރެންގެ ހަށިގަނޑުގައި ނެތެވެ. ޒެވިން ކަމަށް ހީކޮށް އެ ހުރިހާ ދުވަހު ރަވާން އާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުގެ މަތިން ހަނދާންވިއެވެ.

ޝާޔަންގެ އަތުގެ ތެރެއިން ނުކުމެގެން ނާޒިމްގެ ކައިރިއަށް ދިޔުމަށް ހިނގައިގަތީމެވެ. ނެގުނީ އެންމެ ފިޔަވަޅެކެވެ. ދެ ފައި އޮޅިއްޖެއެވެ. ޝާޔަން އަހަރެންގެ ގައިގައި ހިފަހައްޓާލަން އުޅުނު ނަމަވެސް، އަތުގެ އިޝާރާތުން އެކަން މަނާ ކުރީމެވެ.

“އަހަރެން މި ހުރިހާ ދުވަހު… މި ހުރިހާ ދުވަހު އެކީ މިއުޅުނީ ރަވާން އާ އެކުތަ؟…” މޭގައި އަތް ޖައްސައިލަމުން އަހަންނަށް ސުވާލު ކުރެވުނެވެ.

ނާޒިމް އަވަސްއަވަހަށް ބޯ ޖަހާލިއެވެ. އެއާއިއެކު އަހަންނަށް ފާރުގައި ލެނގިލެވުނެވެ. ދެލޯ ފުރިފައިވި ކަރުނަތައް ބަންޑުން ވާން ފެށީ ވެސް އެވަގުތުއެވެ. ޝާޔަން ކުއްލިއަކަށް އައިސް އަހަންނާއި ނާޒިމްގެ މެދަށް ވަނެވެ. އޭނަ ނާޒިމްއަށް ބަލައިލީ، ނަފުރަތުގެ ބެލުމަކުންނެވެ.

“ކީކޭ؟… ދެން ޒެވިން އޯ؟… އޭނަ ކޮބާ؟…” ޝާޔަން ސުވާލު ކުރީ ނާޒިމްއަށް ބަލަން ހުރެއެވެ.

“ޒެވިން ވީ އަހަރެމެން އެންމެންނާ މާ ދުރަށް ގޮއްސަ… ދުވަހަކު ވެސް ދެން އެނބުރި ނާންނާނެ…” ނާޒިމްގެ އަޑު ތުރުތުރު އަޅައެވެ. އިސްޖަހާލިގޮތަށް ދެލޯ މަރާލައިފިއެވެ.

ޝާޔަން އޭނާގެ އަނގަމަތީގައި އަތް އަޅާލިއެވެ. އޭނަ އެއްފަހަރު އަހަންނަށް އަނެއްފަހަރު ނާޒިމްއަށް ބަލަމުން ދިޔައެވެ.

“މީ ކޮން ކަންތައް ގަނޑެއް؟… ބައްޕައަކަށް ވެހުރެ، އެނގޭތަ ތި ކުރެވުނު ކަމެއް؟… އޭނ… އަނތްބަކާ ފިރިއަކާ އޭ ތި ދުރުކުރީ… ފިރިއަކަށް ވެ ހުރެ، އެހެން މީހެއްގެ ފިރިއަކާ ދޭތެރޭ ތިގޮތަށް ކަންތައް ކުރީތީ އިޚްތިރާމް ގެއްލިއްޖެ… މިއަދު ޖެހޭނީ ހުރިހާ ވާހަކައެއް ކިޔައިދޭން…” ރުޅި އާއި ހިތާމަތައް އެކުވުމުން ޝާޔަންއަށް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ. އޭނައަށް ކިޔޭ ނުކިޔޭ އެއްޗެއް ނުވެސް އެނގޭ ކަހަލައެވެ.

“ޝާޔަން ޕްލީޒް…” އަހަންނަށް ބުނެވުނެވެ.

ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، އެއީ ރަވާންގެ ބައްޕައެވެ. ރަވާންގެ ބައްޕައަށް ވީތީ ކުރަންޖެހޭ އިޚްތިރާމް އަހަރެން އަބަދުވެސް ކުރާނަމެވެ.

“ލިވީ މަޑުން ހުރޭ…” އަހަންނާއި ދިމާއަށް އިނގިލި ދިއްކޮށްފައި ޝާޔަން އިންޒާރު ދިނެވެ.

“އެކްސިޑެންޓުގަ ލިބުނު އަނިޔާ ތަކަށްފަހު، ރަވާންގެ ޙާލަތު ގޯސްވީ އަހަރެމެން ހީކުރި ވަރަށްވުރެ ބޮޑަށް… ހިތުގެ އޮޕަރޭޝަން އެއް ކުރެވުނު… އެހާ ބޮޑު އޮޕަރޭޝަންއެއް ނޫނަސް، ރަނގަޅުވާން އެތައް ދުވަހެއް ނެގި… އެކްސިޑެންޓްގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރަވާންގެ ބޮލަށް… ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން، ރަވާންގެ ހުރިހާ ހަނދާން ތަކެއް ފޮހެވުނީ… ރަވާން އަށް އޭނަ އަކީ ކާކުކަން ބުނެދޭކަށް ނޭނގުނު… ޑޮކްޓަރުން ބުނީ ދެން ކުރީގެ ހަނދާންތަކެއް އެނބުރި ނާންނާނެ އޭ… އެކަމަކު… މާތްﷲ ގެ ކުޅަދުންވަންތަ ކަމުން މިއަދު…” ނާޒިމް އޭނަގެ ވާހަކަ ހުއްޓާލާފައި ހިން ދިރުވައިލިއެވެ.

“އާނ… ރަނގަޅަށް ތިބުނީ… އަހަރެން މީ ރަނގަޅު ބައްޕަ އަކަށް ނުވި ތަނުގަ ރަނގަޅު ފިރިއަކަށް ވެސް ނުވެވުނު…” ނާޒިމް ވާހަކަ ދައްކަމުން ދިޔައިރު، އަމިއްލަ ނަފުޞު ކުށްވެރި ކުރަމުން ދިޔަގޮތުން މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ.

“ތީގެ މާނައަކީ ރަވާންގެ ހަނދާންތައް އެނބުރި ނައިނަމަ، އަދިވެސް ތިކަންތައް ސިއްރު ކުރީހޭތަ؟…” ޝާޔަންގެ ސުވާލުތައް ހުހެއް ނުވިއެވެ.

އެ ސުވާލާއިއެކު އަހަންނަށްވެސް ނާޒިމްއަށް ބަލައިލެވުނެވެ. ޝާޔަން އެ ބުނިހެން، ނާޒިމް މިއަދު ކުއްލިއަކަށް ހަޤީގަތް ހާމަކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ނާޒިމް އަވަސްއަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

“ނޫން ނޫން… ރަވާންއަށް އޭނާގެ އަމިއްލަ ނަފުޞު އޮޅުވާލެވުނީތީ އަހަރެން ހުރީ އުފަލަކު ނޫނޭ… އޭރު އަހަރެން ބޭނުންވީ ލިވިޔާ އާ ދެމީހުން ދުރުކުރަން… ޖަޒުބާތުގަ ޖެހިގެން އަހަންނަށް އެކަން ކުރެވުނީ… އެކަމާ ފަހުން ހިތާމަވެސް ކުރެވުނު… އެކަމަކު، ހިތަށް އެރީ މިހާރު ވަގުތު ފާއިތު ވެއްޖެއޭ… އަހަންނަށް އެކަން ވިސްނުނީ ރަވާން އައިސް އަހަރެންގެ ކުރިމަތީގަ ދެއްކި ވާހަކަ ތަކުން… ރަވާން ލިވިޔާ ދެކެ ވާ ލޯތްބަކަށް ފަނޑުކަމެއް ނާންނަ ކަން އެނގުމުން… އަހަރެން އެ ހުރިހާ ކަމެއް ކުރުމުން ވެސް އެ ހިތެއް ބަދަލެއް ނުކުރެވުނު…” ނާޒިމް ރޮމުން ދެކަކޫ މައްޗަށް ތިރިވިއެވެ.

ޝާޔަން ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓެވެ. ބުނާނޭ އެއްޗެއް އަހަރެމެންގެ ތެރެއިން އެކަކުގެ ދުލަކަށް ވެސް ނައެވެ. އިތުރަށް ދައްކަން އޮތީ ވެސް ކޮން ވާހަކަ އެއް ހެއްޔެވެ؟

“މީހުން ބުނެއެއްނު ތެދުވެރި ލޯތްބަކީ ގަދަފަދަ ބާރެކޭ… އަނެކާ ކިތަންމެ މަސައްކަތެއް ކުރިޔަސް މީހެއްގެ ނަޞީބުގައި ލިބެން އޮންނަ އެއްޗެއް ނުހުއްޓުވޭނެ… އެއީ، އެ ދެއްވަނީ އެހެން ފަރާތަކުން ކަމަށް ވާތީ…” ޝާޔަން ބުންޏެވެ.

ނާޒިމް ފެށީ ރޯށެވެ. ޝާޔަންގެ ވާހަކަތަކަށް އެއްބަސްވުމަށް ބޯ ޖަހަމުން ދިޔައެވެ. ޝާޔަންގެ ވާހަކަ ނިމުމުން، ނާޒިމް އޭނާ އިންތަނުން ތެދުވިއެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން އޭނަ އައީ އަހަރެންގެ ކައިރިއަށެވެ. އައިގޮތަށް ދެއަތުގައި ހިފާލައިފިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

“ލިވިޔާ… ބައްޕައަށް މަޢާފު ކުރެވިދާނެތަ؟…” ނޭވާ ކުރުވެފައިވާ ޙާލު ވާހަކަ ދެއްކޭތޯ ނާޒިމް މަސައްކަތް ކުރަމުން ދިޔައެވެ.

ހިތްދަތި ނަޒަރަކުން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ނާޒިމް ހުއްޓެވެ. ޖަވާބެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. އަހަރެންގެ ކެތްތެރިކަން ކުޑަވެފައިވީ އެހެން ކަމަކަށެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމައެކަނި ރަވާން އެވެ. އަހަންނަށް ދެއްކިފައި ހުރި ވާހަކަތަކުގެ މަތީން ހަނދާންވެ، މުޅި ތަބީޢަތު ބަދަލު ވެއްޖެއެވެ. މިދުނިޔެއިން އަހަރެން އެންމެ ލޯބިވި މީހާގެ ކުރިމަތީގައި އެހެން މީހެއް ދެކެ ލޯބިވާ ކަމަށް ބުނެ، އަހަންނަށް އެ ހިތުގައި ހާދަ ބޮޑަކަށް ޖެއްސިއްޖެއެވެ. އަހަރެންގެ އެންމެ ޖުމްލަ އަކުން އެ ހިތުގައި ހާދަ ވޭނެއް އަޅާނެއެވެ. ހަމަ ޔަޤީނުންވެސް ރަވާންގެ ހަމަ ވިސްނުން އެނބުރި އައިސްފިއެވެ. އޭރު މުޙާތަބު ކުރި ގޮތުންވެސް، އެ ކަން ޤައިމުވިއެވެ.

އިތުރަށް އެންމެ ވަގުތުކޮޅަކު ވެސް އެތަނުގައި ނުހުރެވުނެވެ. ނާޒިމްގެ އަތުގެ ތެރެއިން އަތް ދަމައިގަނެގެން ރަވާން އޮތް ކޮޓަރި އާއި ދިމާއަށް ދުއްވައިގަނެވުނެވެ. ދެ ފަޔަށް ހީވީ އާދަޔާ ޚިލާފު ބާރެއް ލިބުނު ހެންނެވެ.

އަހަރެން އެ ކޮޓަރިއަށް ވަންއިރު ރަވާން އޮތީ ދެލޯ މަރާލައިގެންނެވެ. ދޮރު ހުޅުވާލި އަޑު އިވުމުން އަހަންނާއި ދިމާއަށް ބަލާލައިފިއެވެ. ދޮރުމަތީގައި ރަވާން އަށް ބަލަން ހުރިއިރު، އަހަންނަށް ރޮވެނީއެވެ. ފުސްވަމުން ދިޔަ ދެލޮލުން ރަވާންއަށް ބަލަން އިރުކޮޅަކު ހުރީމެވެ.

ރަވާން އުނދަގޫ ގޮތަކަށް ތެދުވަން މަސައްކަތް ކުރިއެވެ. އަހަރެން ހުރިގޮތް ފެނުމުން އެ މޫނުމަތިން ފެނުނީ ހާސް ކަމެވެ. އަހަރެން މަޑެއް ނުކުރަމެވެ. ކޮޓަރިއަށް ވަން ބާރުމިނުގައި، ރަވާން އާއި ދިމާއަށް ދެވުނީ ދުވެފައެވެ. އެ ބާރުމިނުގައި ހަށިގަނޑު މައިތިރިއެއް ނުކުރެވުނެވެ. ރަވާންގެ ގައިގައި ބައްދާ ލެވުނުއިރު، ދެ މީހުން އެކީ އެނދު މައްޗަށް ވެއްޓިއްޖެއެވެ.

“އައުޗް…” ރަވާން އޮތީ ދެލޯ މަރާ ބާރުކޮށްލައިގެންނެވެ.

އެއިން ކަމަކަށް ސަމާލުކަން ދެވޭ ވަރަށްވުރެ އަހަރެންގެ ހިތުގެ ޙާލު ބޮޑެވެ. ރަވާންގެ އަތުގެ ތެރޭގައި އޮވެގެން ގިސްލާފައި ރޮވެމުން ދިޔައީ، އެ އަޑު އިވޭ މީހެއްގެ ހިތަށް ޢަޞަރު ނުކުރާނޭ ފަދަ ގޮތަކަށް ނޫނެވެ. ކަރުނަ ހުސްވަންދެން ބޭނުންވީ އެ މޭގެ ހިމާޔަތުގެ ތެރޭގައި އޮންނާށެވެ.

“ލިވީ…” ރަވާން ގޮވާލީ ލޯބިން ފުރިގެންވީ ރާގަކަށެވެ.

“ނޫން… އެއްވެސް އެއްޗެއް ނުބުނާތި… ޕްލީޒް ނުބުނާތި…” ކުރިއަށްވުރެ ބާރަށް އެ ހަށިގަނޑުގައި ބައްދާލަމުން އަހަންނަށް ބުނެވުނެވެ.

“އައިމް ސޯ ސޮރީ… އަހަންނަށް މަޢާފުކުރޭ…” އަހަރެންގެ އަޑު ރަނގަޅަކަށް ނުނުކުމެވެ.

އަހަރެން ކުޑަކޮށް ތެދުވެލާފައި، ރަވާންގެ މޭގައި ދަތްދޮޅި ޖައްސައިލީމެވެ. ދެކޯތާފަތުގައި ހިފަހައްޓައިލަމުން، އެ މޫނަށް ފަރުވާތެރި ކަމާއިއެކު ބަލައިލީމެވެ.

ރަވާން އޮތީ ދެލޯ މަރާލައިގެންނެވެ. ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ފޭދިފައި ހުއްޓެވެ. ހިތި ގޮތަކަށް ހިންދިރުވައިލީ ތަން ފެނުމުން، އަހަރެންގެ ހިތުގައި އުފެދުނީ ދިލަ ރިހުމެކެވެ. އަހަރެންގެ ސަބަބުން ރަވާން ހިތުގައި ޖެހިފައިވާ ވަރު އެނގުމުން، ކުރިއަށްވުރެ ބޮޑަށް، އަމިއްލަ ނަފުޞު ކުށްވެރި ކުރެވުނެވެ.

“އަހަރެން މީ ކޮން ކަހަލަ އަނތްބެއް… އެންމެ ކައިރީގަ އުޅުނު އިރުވެސް ކާކު ކަމެއް ނޭނގުނު… ރަވާން ޕްލީޒް… އެއްޗެކޭ ބުނެބަލަ…” ރަވާންގެ ދެކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން އަހަންނަށް ބުނެވުނެވެ.

އަހަރެން ދެރަވީ ރަވާން އެއްވެސް އެއްޗެއް ނުބުނެ ދެލޯ މަރާލައިގެން އޮތް ތަން ފެނުމުންނެވެ. ކުޑަމިނުން އަހަރެންގެ ގައިގައި އަތް ވެސް ޖައްސައި ނުލިއެވެ. މުށްކެވިފައިވާ ދެ އަތް އޮތީ އެނދުމަތީގައެވެ.

ރަވާންގެ ތެމިފައިވާ އެސްފިޔަތައް ހަރަކާތް ކޮށްލި ތަން ފެނުނެވެ. ދެލޯ ހުޅުވާލުމާއިއެކު، އެ ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް ފައިބައި ގަނެފިއެވެ. ކުޑަ އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން އޮވެފައި ރަވާން ދޫކޮށްލީ ފުން ނޭވާ އެކެވެ. ކަރުނަތައް ފޮހެލާފައި ތުންފަތް މައްޗަށް ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ.

“ލިވީ ބުނީ އެއްނު އެއްޗެއް ނުބުނާށޭ…” ރަވާން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

“ނޫން ނޫން… ކޮންމެސް އެއްޗެއް ކިޔާބަލަ… އޯކޭއޭ ކޮންމެ އެއްޗެއް ކިޔަސް… އަހަރެން މިއޮތީ އަޑު އަހާށޭ…” އަހަރެން އަވަސް އަވަހަށް ބުނީމެވެ.

“މަންމަ މެން އައިސްދާނެ… ގޮނޑީގަ އިށީނދެލަންވީނު…” އަހަރެން ނަގަން މަސައްކަތް ކުރަމުން ރަވާން ބުންޏެވެ.

ރަވާންގެ އެ ދުރުކަމުގެ ސަބަބުން އަހަރެންގެ ތަބީއަތު ބަދަލު ވެއްޖެއެވެ. އަވަހަށް ރަވާން އާއި ދުރަށް ޖެހިލެވުނެވެ. އަނެއްކާވެސް ހީވީ މުޅި ހަށިގަނޑުގައި ހިތާމައިގެ ސާލެއް އޮޅާލެވުނު ހެންނެވެ. ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން ގޮނޑީގައި އިށީންނަން އުޅުނީމެވެ. އޭރު ލަގޮނޑި ހީވަނީ ފަޅައިގެން ދާން އުޅޭ ހެންނެވެ.

“އަހަނ… ދެ މީހުން ދެ މައްޔިތުންހެން ކިހިނެތް ވެފަޔޯ…” މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލުނީ، އެތެރެއަށް ވަދެގެން އައި ޝާޔަންގެ އަޑުންނެވެ.

“ލިވީ… ކިހިނެތް ވެފަހޭ؟…” އަކުރުތަކަށް ދަމާލަމުން ޝާޔަން ވާހަކަ ދެއްކިއެވެ.

“އެކަކުވެސް އެއްޗެކޭ ނުބުނެއޭ… އޯކޭ… މަންމަ ގެންނަނީ… އެބަހުރި ބޭރުގަ… އަހަރެން ކައިރީ ބުނީ ތި ދެމީހުންގެ ޙާލަތެއް ބަލައިދޭށޭ… ދެން އެނގިއްޖެ އެކަކުވެސް އަނގައިން ނުބުނާނެކަން، އޯކޭ މިދަނީ ބުނަން…” އެނބުރި ހިނގައިގަންނަމުން ޝާޔަން ބުންޏެވެ.

“އަހަރެން އެއްލި އަތުން ޝާޔަންގެ އަތުގައި ހިފައި ހުއްޓުވީމެވެ. އިސްޖައިގެން އިންގޮތަށް އިނދެ، ދެ ފަރާތަށް ބޯ ހޫރާލީމެވެ.

“މަންމަ ކައިރީ ބުނޭ އަހަރެންގެ ކައިވެނި ޕާޓީއަށް ތައްޔާރު ކުރާށޭ… އަހަރެން މިއުޅެނީ މީހަކާ އިންނަން…” ރަވާންގެ ޖުމްލަތައް އަޑު އިވިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ.

ޝާޔަންގެ އަނގައިން ވެސް ނުކުތީ މަޑު އާޚްއެއްގެ އަޑެވެ. އަޑު ބޭރުވެދާނެތީ އޭނަ އަނގަމަތީގައި އަތް އަޅާލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއިއެކު، އަހަންނަށް ރަވާންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ރަވާން އެންމެ ފަހަރަކުވެސް އަހަންނާއި ދިމާއަށް ބަލައެއް ނުލިއެވެ. އޭނަ ފޯނު ނަގާފައި، އެއްޗެއް ލިޔަން ފެށިއެވެ. އެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި، ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ރަވާން އެހެން މީހަކާއި ކައިވެނި ކުރަނީ ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ ރޮވެން އުޅޭހެން ހީވުމުން، ގޮނޑިން ތެދުވެވިއްޖެއެވެ. ޝަކުވާ ކުރަން ބޭނުން ވިޔަސް، އެ ހިތްވަރެއް ނެތެވެ. އެ ވަގުތަށް ބޭނުންވީ އެކަނި ވެލާށެވެ. ހަށިގަނޑުގެ ވަރުދޫވެފައިވާ މީހަކު ފަދައިން، ދޮރާއި ދިމާއަށް ހިނގައިގަނެވުނެވެ.

“މިފަހަރު ބީޗް ވެޑިންއެއް ނޫން… މިފަހަރު، ކޯޓުގަ… ބީޗް ވެޑިން ކަމަކު ނުދޭ…” ކޮޓަރިން ނުކުމެނުކުމެ ހުއްޓައި ރަވާންގެ އަޑު އިވުނެވެ.

ދެން އިވުނީ ޝާޔަން އާއި ދެމީހުން ހީގަތް އަޑެވެ. ދެލޯ ހަނިކޮށްލަމުން އަހަރެން ބަލައިލީމެވެ. ޝާޔަން ހެމުންހެމުން އައިސް އަހަންނާއި އަރައި ހަމަވެފައި ކޮނޑުމަތީގައި އަތުން ޖަހައިލިއެވެ.

“ގުޑް ލަކް…” ލާނެތް ރާގަކަށް އެހެން ބުނެފައި ޝާޔަން ނުކުމެ ދޮރު ލައްޕާލައިފިއެވެ.

ދެލޯ ހަނިކޮށްގެން ރަވާންއަށް ބަލަން ހުރެފައި އަހަރެން ބާރުބާރަށް ހިނގައިގަތީމެވެ. ދެ ދަތްޕިލަ ޖައްސައި ބާރު ކޮށްލެވުނު ގޮތުން އަޑު ކިޔައިގެން ދިޔައެވެ. ރަވާންގެ ކައިރިއަށް ހުއްޓިފައި ޝަހާދަތް އިނގިލި ދިއްކޮށްލީ ހަޅޭއްލަވައި ގަންނާށެވެ. ދެލޯ ބޮޑުކޮށްލައިގެން ރަވާން އޮތެވެ. އަހަންނަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުލިބުނެވެ. ރަވާން ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައި އެނދު މައްޗަށް ވައްޓާލައިފިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހީވޭ ހިތް ބުނާހެން 19

Next

ރާސްތާ2 48

Next
March 12, 2020

ރާސްތާ2 48

Previews
March 10, 2020

ހީވޭ ހިތް ބުނާހެން 19

30 Comments!

  1. eysh says:
    March 10, 2020 at 11:51 pm

    Salaam all..
    Finally, Miothee new part upkohlevifa. Sorry mihaa lahun upkoh levuneema..
    Next part In Sha Allaah vvvvv masakkaiy kuraanan Thursday ga genesdheveytho ingey..
    Kiyaalaafa cmnt eh kohlahchey.. missed u all… tc and good nyt ?❤❤❤❤❤❤❤❤❤

    1. shira says:
      March 11, 2020 at 8:58 am

      its k. nothing big. after all this story is worth waiting

    2. eysh says:
      March 11, 2020 at 5:26 pm

      Awww so sweet.. thank u so much dear ❤❤

  2. Shaain Sheen says:
    March 11, 2020 at 12:07 am

    ?????

    1. eysh says:
      March 11, 2020 at 5:25 pm

      ❤❤

  3. Sheen says:
    March 11, 2020 at 12:48 am

    Alheyyyyy emme interest hisaabunney e nimunee ??????????? SPEECHLESS ? hama bunaane ehchehves neyngey. ?????????????????????????????????????????? Vvvvv reethi. Furihama kamuge inthihaa hama. Ibaaraaiy thah firuvaa alhaa fadha. Dialogue thah asarugadhakamun hama roveyhaavey ?????????????????????????????????????????????????????????????????????? Sifakohdhinun hama obi noavey. Vvvv interesting ?????????????????????????????????????????????♥️♥️♥️♥️♥️♥️♥️ Dhen hama emme beynunvanee ravaan and livy ge romantic seen balaalan. Dhen inna part fesheynee ethanun kamah mi ummeedhu kuranee ????????????????????????????Mi part ga vvvv rangalhu iburaiytheri message thakeh dheefa hurikan faahaga kollan. Thagudheeraa kulhumakee ehves meehakah kureveyne kameh noonkan. Thimaa beNunvaahaa kameh beynunvaahaa gothakah nimmumuge baaru evves meehakah libigen nuvaakan. Evves meehakah liben oiy ehcheh nulibeyne gotheh aharumen insaanunnah nuhedheynekan. ???????????????????????????????????? Eysh ge vaahakathakuge hama vvv salhi. Message hunnaakan v faahaga kuran u t amazing and great writer. Lysm ????????????????????????????????????? Waiting for the next part. ?????♥️??????♥️?????????♥️?????????????????

    1. eysh says:
      March 11, 2020 at 5:26 pm

      Awww thank u so much dear.. vvv ufaavehje mi cmnt kiyaalaafa.. so sweet.. next part In Sha Allaah maadhamaa ingey.. keep waiting ? ❤❤

  4. Lamko says:
    March 11, 2020 at 7:41 am

    ALHEY??HAADHA NUBAA BAPPA EKEY DHW EIII….BTW MI PART VRH REETHI….OBINESS TO THE MAX♥️??✔️
    ISS OK SISOO SIS BC VC VAANE…..BTW NXT PART AVAHAH UP KOLLAHCHEY…..WILL WAIT NGEY….LYSM..LOTS OF MISESS SISOO????♥️?♥️✔️✔️?♥️♥️?♥️✔️

    1. eysh says:
      March 11, 2020 at 5:28 pm

      Thank u so much lamko.. vvv ufaavehje.. v sweet.. aww thank u lamko.. Yess next part In Sha Allaah maadhamaa.. keep waiting ? ❤❤ btw misd u2 dear. Much loves ❤

  5. shira says:
    March 11, 2020 at 8:55 am

    hama beynunvi gothah evee. v nice. keep it up

    1. eysh says:
      March 11, 2020 at 5:29 pm

      Thank u so much shira.. vvv ufaavehje mibaives kamudhiyaeema ?❤ ❤

  6. Choppi says:
    March 11, 2020 at 9:30 am

    See my feeling was correct. From very first I had feeling that he was ravaan hen. Masha Allah this part was very beautiful. Waiting for the next part.

    1. eysh says:
      March 11, 2020 at 5:30 pm

      Yess choppi.. first day ga choppi egothah cmnt kohleema ves eysh hithah eri ey Maasha Allaah choppi haadha molhey.. ?? Thank u so much choppi.. vvv ufaavehje mibaives kamudhiyaeema ?❤ ❤ next part In Sha Allaah tmrw keep waiting ?

  7. Kairaa says:
    March 11, 2020 at 9:41 am

    Its ok siss…..mi part hama varah varah varah reethi…..varah furihama……and waiting for the nxt part…..lysm…missss moreeee sissss?????

    1. eysh says:
      March 11, 2020 at 5:32 pm

      Awww Thank u so much kai.. vvv ufaavehje mibaives kamudhiyaeema ?❤ ❤ misd u too kai.. next part In Sha Allaah tmrw so keep waiting ingey ? much loves ?

  8. NooYas says:
    March 11, 2020 at 11:45 am

    Awlhey mihaaru e ingunee eiy zevin eiy noonkan. Ravaan hama eiy. Anyways v salhi mi part. Waiting for the next part. ❤️❤️❤️???

    1. eysh says:
      March 11, 2020 at 5:34 pm

      Thank u so much yas.. dear ur name v special inge.. vvv ufaavehje mibaives kamudhiyaeema ?❤ ❤ Yess mihaaru mi engunee kaaku kan.. next part In Sha Allaah tmrw so keep waiting ingey ?

  9. livy says:
    March 11, 2020 at 12:21 pm

    wow haadha reechchey superb? vaahaka luuumah Eysh vareh hama neiyy?? keep it up?

    1. eysh says:
      March 11, 2020 at 5:36 pm

      Aww Thank u so much livy.. story ga ulhey livy the anehka.. hehe.. just kidding inge.. vvv ufaavehje mibaives kamudhiyaeema ?❤ ❤ awwww so happy.. thank u so much.. means a lot ??

  10. Aana says:
    March 11, 2020 at 12:33 pm

    Vrh furihama,eii ravaan kan engumun kiriyaa nurovuni.vrh asrugadhavefa furihama.whn next part.☺☺????u are the best Eysh

    1. eysh says:
      March 11, 2020 at 5:38 pm

      Aww ? Thank u so much Aana.. vvv ufaavehje mibaives kamudhiyaeema ?❤ ❤ v sweet.. awww vvv ufaavehje best ey buneleema… means a lot ??

  11. Kylie says:
    March 11, 2020 at 1:03 pm

    V reethi mi part vx…..Can’t wait fr nxt part….. LYSM sisooo…..

    1. sweet girl? says:
      March 11, 2020 at 2:00 pm

      hi kylie….

    2. eysh says:
      March 11, 2020 at 5:39 pm

      Aww ? Thank u so much Kylie.. vvv ufaavehje mibaives kamudhiyaeema ?❤ ❤ misd u dear.. Much loves ?

  12. Yanaa says:
    March 11, 2020 at 4:50 pm

    It’s okay sisoo ❤❤❤❤❤❤❤
    Amm mi part ves varah reethi?????Maa sha Allah????
    waiting waiting ????

    1. eysh says:
      March 11, 2020 at 5:40 pm

      Thank u so much Yanaa.. vvv ufaavehje mibaives kamudhiyaeema ?❤ ❤ keep waiting fr the next part ingey.. Much loves ?

  13. nash says:
    March 11, 2020 at 8:47 pm

    baaku kithah bai ebeh

    1. eysh says:
      March 12, 2020 at 6:52 pm

      2 more

  14. Mahoo says:
    March 11, 2020 at 10:54 pm

    Varah nice mi part vess .. ❤??❤your best…

    1. eysh says:
      March 12, 2020 at 6:53 pm

      Thank u soo much Mahoo.. ??❤❤ so happy to know that.. Awwww so sweeet.. means a lot.. ?❤

Comments are closed.


All Right Reserved!