Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…17

eysh Level 510 Stories100 Comments100 Login500 Comments
February 27, 2020 4 Mins Read
47 Comments

ޒެވިން އަހަރެންގެ އަތުގައި ހިފައި ގާތަށް ދަމާލައިފިއެވެ. އަހަރެން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ޒެވިން އާއި ދިމާއަށް އަރިއަޅައިލުމުން، ދެއަތް އަޅުވައިލެވުނީ އެނދުގައެވެ. އޭރު އަހަރެންގެ މޫނު ވަނީ ޒެވިންގެ މޫނާއި ޖެހޭ ނުޖެހޭހައި ކައިރީގައެވެ. އަހަންނަށް އިތުރު ކަމެއް ކުރާނެ ފުރުޞަތު ނުލިބެނީސް، ޒެވިން އަހަރެންގެ ދެކޯތާފަތުގައި ހިފަހައްޓާލައިފިއެވެ. އެ ހޫނު ނޭވާގެ އިޚްސާސް ވާހައި ކައިރިއަށް ގެންދިޔުމާއިއެކު، އިޚްސާސްކުރެވިގެން ދިޔައީ އެ ތުންފަތުގެ ބީހުމެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ޒެވިން އާއި ދުރަށްޖެހިލުމަށް ގަދަ ހަދައިލީމެވެ. އެކަމަކު ޒެވިން އެ ފުރުޞަތެއް ނުދިނެވެ. ކުރިޔަށްވުރެ ބާރަށް އަހަރެންގެ ދެކޯތާފަތުގައި ހިފަހައްޓާލައިފިއެވެ. އިރުކޮޅަކު ގަދަހަދާލާފައި، ހުއްޓާލަން އަހަންނަށް މަޖުބޫރުވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އެ އަމަލުގައި އަހަންނަށް ބައިވެރި ވެވުނެވެ.

********

ނޭވާ ކޮޅަށްދިޔައިރުވެސް، ޒެވިން އަހަންނާއި ދުރަށްޖެހިލަން ބޭނުންނުވާ ކަހަލައެވެ. ކުރިއަށްވުރެ އެ ގާތްކަންވެސް ދިޔައީ އިތުރުވަމުންނެވެ. ހަމަހޭވެރިކަންވުމާއިއެކު، އަހަރެން ތެޅިފޮޅިގަތީމެވެ. ޒެވިންގެ މޭގައި އަތް އަޅައި ކޮއްޕައިލުމާއިއެކު، ދާދި ފަސޭހައިން އެ އަތުގެ ތެރެއިން ސަލާމަތް ވެވިއްޖެއެވެ. ކުރެވުނު ކަންތައް ރޭކައިލުމުން އަހަރެންގެ ދެލޮލުން އޮހެންފެށީ ތާޒާ ކަރުނައެވެ. އަހަރެންގެ މުޅި ހަށިގަނޑަކީ ރަވާންގެ މިލްކެކެވެ. އެހެން އެއްވެސް މީހަކަށް އެފަދަ ފުރުޞަތެއް ދޭކަށް އަހަރެން ދުވަހެއްގައިވެސް ޚިޔާލެއް ނުކުރަމެވެ. އަހަރެން އެވަރަށް ހިތުގައިޖެހުނީ ޒެވިންއެކޭ އެއްވަރަށް އެ ޢަމަލުގައި އަހަންނަށްވެސް ބައިވެރި ވެވުނީމައެވެ.

އަހަންނަށް އަނގަމަތީގައި އަތް އަޅާލެވުނީ ގިސްލުމުގެ އަޑު ބޭރުވެދާނެތީއެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތަނުގައި މަޑުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެތަނުން ނުކުތުމަށް ދުއްވައިގަތީމެވެ. ޒެވިން އަހަރެންގެ އަތުގައި ހިފެހެއްޓިނަމަވެސް އެ އަތް ފޮޅުވައިލާފައެވެ.

“ލިވީ… ޑޯންޓް ގޯ…” ޒެވިންގެ އަޑު އިވުނު ނަމަވެސް އަހަރެން މަޑެއް ނުކުރަމެވެ. އެ އަޑު އިވުނުކަމަށްވެސް ހަދާނުލަމެވެ.

އަހަންނަށް ދުވެފައި ނުކުމެވުނީ ނާޒިމްގެ ކުރިމައްޗަށެވެ. ނާޒިމް ހުރީ އަހަރެން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައި ހެން ހީވިއެވެ. އަވަހަށް ކަރުނަތައް ފޮހެލާފައި، ހަމަޖެހިލުމަށް މަސައްކަތްކުރީމެވެ. އަހަރެން ބޭނުންވީ ނާޒިމްގެ ކުރިމަތިންވެސް ދުރަށްދާށެވެ. އެވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކާނެ ހިތްވަރު އަހަރެންގެ ގައިގައި ނެތުމުންނެވެ. އަހަންނަށް ނާޒިމް ފަސްދީފައި އެޅުނީ ދެ ފިޔަވަޅެވެ. ނާޒިމް ގޮވާލި އަޑު އިވިފައި، ފިޔަވަޅުތައް ހުއްޓުމަކަށް އައިސްފިއެވެ.

“ލިވިޔާ… ކިހިނެތްވީ؟… ކަމެއް ގޯސްވީތަ؟…” އެއްޗެއް ޔަޤީންކޮށްލާފަދަ ގޮތަކަށް ނާޒިމް ސުވާލުކުރިއެވެ.

އަހަންނަށް ހިންދިރުވައިލެވުނެވެ. ނާޒިމްގެ ސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންގެ ޙަޔާތުގައި ގޯސްނުވަނީ ކޮން ކަމެއް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނީ ފަސްއެނބުރި ބަލައިލަންވެސް ނުކެރިފައެވެ.

“ލިވިޔާ… އަދިވެސް ތިހުރީ، އަހަރެންދެކެ ރުޅި އައިސްފަތަ؟…” އަހަރެން އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ނާޒިމްއެވެ. އޭނަ އައިސް ހުއްޓުނީ އަހަރެންގެ ކުރިމަތީގައެވެ.

އަތުގެ ނުފުށުން ކަރުނަތައް ފޮހެލާފައި ނޭފަތް ދަމާލީމެވެ. އަހަރެން ނާޒިމްއަށް ބަލައިލީ ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުންނެވެ.

“ނޫން…” އަހަރެން ދިނީ ކުރު ޖަވާބެކެވެ.

“ވަގުތުކޮޅެއް އޮތިއްޔާ މަޑުކޮށްލެވިދާނެތަ؟… އަހަރެން ބޭނުން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން…” ނާޒިމް ވާހަކަ ދެއްކީ އަހަރެންގެ މޫނަށް ވެރިވަމުންދިޔަ ކުލަތަކަށް ބަލަހައްޓައިގެން ހުރެއެވެ.

އަހަރެން ބޯޖަހާލުމުން ނާޒިމް އެދުނީ ގޮނޑީގައި އިށީނުމަށެވެ. އަހަރެން ގޮސް، އިށީނުމުން ނާޒިމްވެސް އައިސް ކައިރީގައި އިށީނެވެ.

“އަދިވެސް ރަވާންދެކެ ހަމަ އެހާ ލޯބިވޭތަ؟… ހުސްކޮށް ތި ހުންނަނީ ދެން އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވާތީތަ؟…” ނާޒިމްގެ ސުވާލުކުރީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.

އެ ސުވާލުތަކާއިއެކު، އަހަރެންގެ މޫނުމައްޗަށް ވެރިވި ކުލަވަރު ފެނިފައި، ނާޒިމް އަޑު މަޑުވިއެވެ. ޖަވާބުދޭން ބޭނުން ނުވާނަމަ، ނުދިނަސް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. ނާޒިމް އޭނާގެ ވާހަކައިގެ މިސްރާބު ގެންދަން އުޅެނީ ކޮން ދިމާއަކަށްކަން އެނގޭތީ އަހަރެން އިނީ އެތަނުގައި އިންނަން ބޭނުން ނުވެފައެވެ. ނާޒިމް ބޭނުންވަނީ އަހަންނާއި ޒެވިން ގުޅުވަން ހެއްޔެވެ؟ ނޫނެކެވެ. އަހަރެން އެ ފުރުޞަތެއް ނުދޭނަމެވެ. މުޅި އުމުރު ރަވާންގެ ހަނދާނުގައި ހުސްކޮށްލަން، މާކުރިންވެސް އަހަރެން ވާނީ ޢަޒުމު ކަނޑައަޅާފައެވެ.

ނާޒިމް ޒެވިންގެ ވާހަކަ ފެށުމުގެ ކުރީން، އެތަނުން ދާން ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ. އެކަމަކު، އެއީ ރަވާންގެ ބައްޕައަށްވީތީ، ޤަދަރު ކުޑަވާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

“ލިވިޔާ ނުބުންޏަސް އަހަންނަށް އެބަ އެނގޭ… ތި މޫނުމަތީގެ ޢަޞަރުތަކުން އެނގޭ ރަވާންދެކެ އިންތިހާއަށް ލޯބިވާކަން… އަހަރެން ޤަބޫލުކޮށްފިން ތި ދެމީހުން ދުރުނުކުރެވޭނެކަން… ޙާލަތުގެ ނާޖާއިޒް ފައިދާ ނެގޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީން… އެކަމަކު، މިއަދު މިއޮތީ އަހަރެން ކެހި ކަނޑުލުގެ ހިތި، އަމިއްލައަށް ފިލުވަންޖެހިފަ…” ގޮނޑީގައި ބޯ އަޅާލަމުން ނާޒިމް ވާހަކަ ދެއްކިއެވެ.

އިސްޖަހައިގެން އިނދެފައި، އަހަންނަށް ނާޒިމްގެ މޫނަށް ބަލައިލެވިއްޖެއެވެ. އެ މޫނުމަތިން ފެނުނީ، ވަރުބަލި ކަމެވެ. ކަމަކާއި ވަރަށް ދެރަވެފައި އިންކަންވެސް އެނގެއެވެ. އުނގުމަތީގައި އޮތް ދެއަތްތިލަ މުށްކެވިގެންދިޔައީ، ރަވާންގެ މަރާއި ނާޒިމް އާއި ގުޅުމެއް ވެދާނެއޭ ހީވުމުންނެވެ. ލޯ މަރާލައިގެން އިރުކޮޅަކު އޮވެފައި، ނާޒިމް އަހަންނާއި ދިމާއަށް ބަލައިލިއެވެ. އޭރު އެދެލޮލުގައި ކަރުނައިގެ ޢަޞަރު ވިއެވެ.

“ތި އަޑު އިވުނީ ރަނގަޅަށް… އަހަރެން މިހުރީ އަހަރެންގެ އަމިއްލަ އާއިލާއަށްވެސް ވަރަށް ބޮޑަށް އޮޅުވާލާފަ… އަހަރެން ޤަބޫލުކުރީ ހުރިހާވެސް އެއްޗަކީ ފައިސާ ކަމަށް… އޭގެ ބާރުގަ އަހަރެން މިހުރިހާ ކަމެއްވެސް ކުރަމުން މިއައީ… ތެދަށް ބުނަންޏާ، ލިވިޔާ އާ ރަވާންގެ ކައިވެންޏަކީ މި ހުރިހާ ކަމެއްގެ ފެށުން… ރަވާން ކައިވެނި ކުރީ އަހަރެން އެކަމާ ދެކޮޅު ހަދަހަދާ ހުއްޓައި… އާއިލާގެ ހުތުރަށް ވިސްނާފަ ކައިވެނީގެ އެންމެހާ ކަމެއްގަ އަހަރެން ބައިވެރިވީވެސް… އަހަރެން ބޭނުންވީ ރަވާން އިތުރަށް ކިޔަވަން ރާއްޖެއިން ބޭރަށް ފޮނުވަން… ވިޔަފާރި ކުރިއެރުވުން އެއީ އަހަރެންގެ ސިކުނޑީގައިވި ހަމައެކަނި ކަންތައް… އަހަރެންގެ ވިސްނުމާ، ރަވާންގެ ވިސްނުން ހާސްބައި ތަފާތު… ރަވާން ބޭނުންވީ އޭނަގެ އަމިއްލަ ފައި މައްޗަށް ތެދުވަން… އަމިއްލަ ވިޔަފާރިއެއް ފަށަން… އަހަރެންގެ ވިޔަފާރީގެ ތެރެއަށް ވަންނާކަށް އޭނަ އެއްވެސް ވަރަކަށް ބޭނުމެއްނުވި… އަހަރެން ލިވިޔާދެކެ ހިތްހަމަނުޖެހުނީ، އެ ހުރިހާ ސަބަބުތަކަށްޓަކާ… އަހަރެން ރަވާން ކިޔަވަން ފޮނުވަން ހުރިހާ ކަމެއް ހަމަޖައްސާފަ އޮއްވާ، އެ ހުރިހާ ކަމަކަށް ފުރަގަސްދީފަ، ކައިވެނި ކުރަން ބޭނުންވާ ވާހަކަ ރަވާން ބުނި ހިސާބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލީ… އެކަމާ ހިތްހަމަނުޖެހިގެން، ތި ދެމީހުންގެ ކައިވެނީގެ ރޭ، އަހަންނަށް ރަވާން އާ ދިމާއަށް ބުނެވުނު ވިހަ ޖުމްލަތަކެއްގެ ހިތިކަން މިއަދު މި ފެންނަނީ…”

ނާޒިމްގެ އަޑު ތުރުތުރު އަޅައެވެ. ވާހަކަ ދައްކަމުންދިޔައީ އުނދަގޫގޮތަކަށް ހިންދިރުވަމުންނެވެ. ދޭތެރެއަކުން މޭގައި އަތް ޖައްސާލާފައި، ކެއްސަން ފަށާފާނެއެވެ. ހިތަށް ލިބިފައިވާ ފުން ޒަޚަމަކުން ކަމެއް ނޭނގެއެވެ. އެ ހަށިގަނޑުގެ ވަރު ދޫވެފައިވިއެވެ. ނާޒިމް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.

އެނގުނު ކަންތައްތަކެއްގެ ސަބަބުން އަހަރެން އިނީ ހުއްޓުން އަރާފައެވެ. ދެލޯ ބޮޑުކޮށްގެން ނާޒިމްއަށް ބަލަން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ކަރުނައިގެ ސަބަބުން މަންޒަރު ފުސްވެ، އެސްފިޔަ ޖަހާލުމާއިއެކު، ކަރުނަތައް ފައިބައިގެންފިއެވެ. އަހަރެންގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ. ރަވާން އަހަންނަށްޓަކައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ މިއަދު އެ ވާހަކަތަކުން ހިތަށް ލިބުނީ އުފަލަށްވުރެ، ބޮޑަށް ހިތާމައެވެ. ކުއްލިއަކަށް ނާޒިމް އަހަރެންގެ ކައިރީގައި، ރަވާންގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް އަހަންނަކަށް ނުވިސްނުނެވެ. އެ ވާހަކަ ބުނަން ތަކުރާރުކޮށް ދޫ ހަރަކާތްވެސް ކޮށްލިއެވެ. އެކަމަކު އެ ހިތްވަރެއް ނުލިބުނެވެ.

“ލިވިޔާ އެއްޗެއް ނުބުނެ އިނަސް، ތިހިތުގަ އެތައް ސުވާލެއް އުފެދޭނެކަން، އަހަންނަށް އެނގޭ… މިއަދު އަހަރެން ބޭނުން މި ހުރިހާ ވާހަކައެއް ކިޔައިދޭން… މިހިތަށް ފިނިކަމެއް ލިބޭނީ އޭރުން ކަންނޭނގެ… މި ވޭތުވެދިޔަ ދުވަސްތަކުގައި އަހަންނަށް ހަމަނިދި ނުލިބޭ… ރަނގަޅަށް ކާއެއްޗެއް ނުކެވޭ…” ނާޒިމް ދެރަވެލާފައި ބުނަމުން ދިޔައެވެ.

އަހަންނަށް ހިންދިރުވައިލެވުނެވެ. މަޑުމަޑުން ގޮނޑިން ތެދުވެވުނެވެ. އަހަރެންގެ ފަހަތުން ނާޒިމްވެސް ތެދުވިއެވެ. އޭނަ މަޑުމަޑުން ހިނގަމުން ގޮސް ފާރުގައި އަތް ޖައްސާލައިފިއެވެ. ހީވީ އެ ހަށިގަނޑުގައި ކޮޅަށް ހުންނާނޭ ހިތްވަރު ނެތުނީ ހެންނެވެ.

“ޒެވިން އެއީ ކާކުކަން މިހާރު ލިވިޔާއަށް އެނގިފަ ކަންނޭގެ އޮންނާނީ…” އަހަންނާއި ދިމާއަށް ބަލައިލަމުން ނާޒިމް ބުންޏެވެ.

އަހަރެން އެއްޗެއް ބުނޭތޯ ނާޒިމް އިރުކޮޅަކު މަޑުކޮށްލިއެވެ. ނުބުނުމުން އަނެއްކާވެސް އޭނަގެ ވާހަކަ ކުރިޔަށް ގެންދަން ފެށިއެވެ.

“އިއްތިފާޤުން އަހަރެންގެ އަންހެނުން ވިހެއީ އެއްމާބަނޑު ދެ ދަރީން… އެއީ ރަވާން އާ ޒެވިން… އުފަންވިއިރުވެސް، ޒެވިންއަކީ ބަލި ކުއްޖެއް… އެއްފައި ވަނީ އައިބުވެފަ… ވިހެއުމުގެ ތެރެއިން ފުރާނަވެސް ސަލާމަތްކުރެވުނީ ކިރިޔާ… އެހުރިހާ ކަމަކާއިއެކު، އަހަރެމެންނަށް މަޖުބޫރުވީ ޒެވިން ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ފަރުވާކުރަން… އެކަން އާއިލާގެ ތެރޭގައި ސިއްރުކުރީ އޭރު އެއީ އެންމެ ރަނގަޅުގޮތް ކަމުގަ ވިސްނުމުން… އަހަރެން އުއްމީދުކުރީ ޒެވިން ރަނގަޅުކުރެވޭނެ ކަމަށް… އެކަމަކު، ޒެވިން ރަނގަޅެއް ނުކުރެވުނު… ދުވަހެއް ދުވަހަކަށް އޭނަގެ ޙާލު ދިޔައީ ދައްވަމުން… ހަށިގަނޑުގެ ފަހަރަކު ގުނަވަނެއް ފެއިލްވަމުން ގޮސް، އެންމެފަހުން ސްޓްރޯކެއް ޖެހިފަ، އެއްފަޅި ވާ ވީ… އެއީ ރަވާންގެ އެކްސިޑެންޓްގެ ކުޑަ ދުވަސްކޮޅެއް ކުރިން… ރަވާން ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާދޭންފެށިތަނާ ޒެވިންގެ ޙާލު ދަށްވަމުން ގޮސް، ޑޮކްޓަރުން އުއްމީދު ކަނޑާލާ ހިސާބަށް ދިޔައީ… އޭރު ޒެވިންގެ ފުރާނަ ހަށިގަނޑާއި ވަކިނުވެ ހުރީ، މެޝިނެއްގެ އެހީގަ…” ނާޒިމްގެ ވާހަކަ އެ ހިސާބަށް ދިޔަތަނައި، ހުއްޓާލަން ޖެހުނީ ގަދަޔަށް ކެއްސަން ފެށުމުންނެވެ.

އަހަންނަށް ނާޒިމް އާއި ދިމާއަށް ދެވުނެވެ. އޭގެ ކުރިން ނާޒިމް އޭނާގެ ނަފުޞު ހަމައަކަށް އަޅުވައިފިއެވެ. ނާޒިމްގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފެނި އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ދެ ފަހަރަކު ކަރުކެހިލާފައި، ނާޒިމް ދޫކޮށްލީ ފުން ނޭވާއެކެވެ. ހީވީ ދެން ބުނަން އޮތް އެއްޗެއްގެ ބޮޑުކަމުން އެކަމަށް ތައްޔާރުވެލި ހެންނެވެ.

“އަހަރެން ހިތަށް އަރާ އަހަރެން މީ ކޮންކަހަލަ ބައްޕައެއް ބާއޭ… ދަރިއެއްގެ ނާޒުކު ޙާލަތުގެ ފައިދާ ނާޖާއިޒް ގޮތުގަ ނަގާނީ ކިހާ އަމިއްލަ އެދުން ބޮޑުވީމަ ދޯ… އަހަރެން ކަހަލަ މީހަކަށް ބައްޕަ ކިޔަންވެސް ހެޔޮނުވާނެ… މިއަދު އަހަރެން މިހުރީ ކުރެވުނު ހުރިހާ ކަމަކާ ދެރަވެ، ލަދުގަނެފަ… ދުވަހަކު މީހެއްގެ ކުރިމައްޗަށް އަރަން ނުކެރޭވަރަށް، މިއަދު އަމިއްލަ ކުށް އެބަ އިޚްސާސް ކުރެވޭ… ޚާއްސަކޮށް ލިވިޔާއަށް… އަހަރެން އަހަރެން… ލިވިޔާއަށްވެސް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލިން… އަހަރެން އެކަން ކުރީ އަހަރެންގެ އަމިއްލަ ފައިދާއަށޭ ބުންޏަސް، ހިތުގައި އެއްވެސް ބުރަކަމެއް ނުބާއްވާނަން…” ނާޒިމް ވާހަކަ ދެއްކިއިރު، އައު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހީވޭ ހިތް ބުނާހެން 14

Next

ޒަޚަމް 1

Next
February 28, 2020

ޒަޚަމް 1

Previews
February 27, 2020

ހީވޭ ހިތް ބުނާހެން 14

47 Comments!

  1. Sheen Shiru says:
    February 27, 2020 at 5:25 pm

    Wowwww 1st o

    1. eysh says:
      February 27, 2020 at 6:00 pm

      Yesss first.. congratulations ?❤

  2. magnumm says:
    February 27, 2020 at 5:31 pm

    OMG eysh….really m first right?….m surprised haha…vrh reethi mi part vx….when next eyshh….waiting curiouslyyyy ngeyy….lav ya bodukoh?❤??

    1. eysh says:
      February 27, 2020 at 6:01 pm

      Magoo ah second dho.. Thank u so much dear.. varah ufaavehje mi part ves kamudhiyaeema.. ly2 ?❤❤

  3. eysh says:
    February 27, 2020 at 6:04 pm

    Salaam
    Miothee 17 vana part ves upkohlevifa.. unmeedhukuran mi baives kamudhaane kamah.. kiyaalaafa cmnt eh kohlahchey.. keep waiting fr the next.

  4. NooYas says:
    February 27, 2020 at 6:44 pm

    Beautiful. Finally hageegaiythau ingemun mi dhanee dhw. Keep it up eysh dear ❤️?❤️?

    1. eysh says:
      March 1, 2020 at 7:05 pm

      Yes dear… hageegaiy engenee.. thank u so much dear.. v ufaavehje vaahaka kamudhiyaeema ?❤❤

  5. Choppi says:
    February 27, 2020 at 7:00 pm

    Masha Allah story varah reethi. But still I feel zevin aky ravaan hen. Actually zevin Kan neyge maruvy but twins v ma Kan neyge nobody notice nukury e ravaan noon Kan. Just my imagination. N I think ravaan hadhaan methifa Kan neyge. But still agin as zevin he fell in love with Livy. So curious…

    1. eysh says:
      March 1, 2020 at 7:07 pm

      Hingaa dho balamaa.. hageegaiy engenee mihaaru dhen…thi buni kahala gotheh vumakee hama ekasheegenvaa kameh.. thank u so much dear.. v ufaavehje vaahaka kamudhiyaeema ?❤❤

  6. Ahmed says:
    February 27, 2020 at 7:08 pm

    ްއަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިއޮތީ ވެބްސީރިއަސް އަކަށް ހަދާނެ ވަރަށ
    ްރަގަޅު ވާހަކައެެއް. ލިޔުންތެރިޔާ ވާހަކަ ގެނެސް ދެއްވާ ފުރިހަމަ ކަމާމެދު ވަރަށ
    ައައްސަރިބަހާ ސާބަސް ރައްދުކުރަން.ތިޔަ ވާހަކަ ނިންމާލުމަށްފަހު، މިދެންނެވި ކަހަލ
    ފުރުސަތަކަށް މަސައްކަތް ކޮށްދެއްވިއްޔާ ކީއްތޯ؟ ބައިސްކޯފު ފަދަ މާލަމުތަކުގައި
    .ފުރުސަތެއް އޮތްތޯ ބެލައިލަން އަޅުގަނޑަށް ވަރަށް ބޮޑަށް ފެނޭ.
    ިވާހަކަ ވަރަށް ރީތ

    1. eysh says:
      March 1, 2020 at 7:09 pm

      Awww anehka ves Ahmed ge v sweet cmnt eh.. v ufaavehje kiyaalaafa.. ekahala furusatheh libijjehya ufalaa ekee balaigannaanan In Sha Allaah.. thank u so much dear.. means a lot ?❤❤ cmnt kiyaalaafa v bodu hihvareh libijje ?

  7. Niu says:
    February 27, 2020 at 8:03 pm

    Reethi eakamu v kuru dhw

    1. eysh says:
      March 1, 2020 at 7:11 pm

      Thank u so much Niu.. Eysh ah ehaa varah time nuvanee dhigukoh genesdheyn.. sun online and Fenvaru ah ves liyamun dhaathee.. hope u will understand.. ?❤❤

  8. Aby says:
    February 27, 2020 at 8:15 pm

    Wow varah reethi mi part ves igey eysh? when next part?? Curiously waiting for next part ??
    Best writer ❤

    1. eysh says:
      March 1, 2020 at 7:13 pm

      Awww thank u so much Aby.. enme furathamaves alhaigathee cmnt ga emme last ibaaraathuga.. “best writer” ? varah ufaavehje.. ?❤❤ next part In Sha Allaah mirey

  9. Kairaa says:
    February 27, 2020 at 9:43 pm

    Varah reethi…whn nxt??waiting for the nxt part…

    1. eysh says:
      March 1, 2020 at 7:15 pm

      Thank u so much Kai ?❤❤ v ufaavehje story kamudhiyaeema.. next part In Sha Allaah mirey.. keep waiting

  10. Meekkomee says:
    February 27, 2020 at 9:53 pm

    Alhyy eh oh kiyaahithun hutha eh numuny ???? story is awesome ???? I loved it ?????? curiously waiting for the next part ?????? ahvahah up kohla dhythi ingyyy ????? luv yeahhhh ❤️❤️❤️❤️❤️??❤️❤️❤️❤️??❤️???????❤️??❤️ ttly ❤️???❤️❤️❤️❤️ ttly ❤️❤️❤️

    1. eysh says:
      March 1, 2020 at 7:17 pm

      Awww Thank u so much meekko?❤❤ v ufaavehje story kamudhiyaeema.. hama v enme avahakah upkohleveytho mi balanee ingey.. next part In Sha Allaah mirey.. keep waiting ?

  11. Mahoo says:
    February 27, 2020 at 11:54 pm

    Varah reethi mi part vess.. finally hageegai ingeny dhw…

    1. eysh says:
      March 1, 2020 at 7:18 pm

      Awww Thank u so much Mahoo ?❤❤ v ufaavehje story kamudhiyaeema.. yess dear.. hageegaiy engenee mi dhen ?

  12. lily says:
    February 28, 2020 at 7:28 am

    varah reethi mi part ves.
    kudos to the amazing writer.

    1. eysh says:
      March 1, 2020 at 7:18 pm

      Awww Thank u so much lily ?❤❤ v ufaavehje story kamudhiyaeema.. yess dear.. means a lot ?

  13. Lamko says:
    February 28, 2020 at 11:38 am

    Sissoo vvv loabi…..eyoh kiyaalaahithun huttaa mi part vc nimunii….vvvv reethi….whn nxt…❤️❤️?❤️

    1. eysh says:
      March 1, 2020 at 7:19 pm

      Awww Thank u so much lamko ?❤❤ v ufaavehje story kamudhiyaeema.. next part In Sha Allaah mirey

  14. Sheen says:
    February 28, 2020 at 12:57 pm

    Alheyyyyy no no e nimunee ey. Ithuru emme paragraph eh namaves innama. ??????? Huvaa hama bas huttijje. Vvvvv reethi v furihama mi part. ??????????????????????????????????????????????????????????????????????
    Mihaaru dhen heevanee miulhenee bodu sirru falhaa aranhen. Yageeney ae ravaan kan. Alhe ehenvejiyyaa haadha fakkaley. ?????????????????????????????????????????????????????????????????????????????? Mi part ga ves ibaaraaiy kurunthah vvv fashuvivefa dialogue thah vvvv reethi. Vvvv emotional. Kiyamundhaairu hama gain heebihi nagaa. Ehaa bodah vaahakaige thereah vadhevifa hama indhevenee. Ehaaves interesting haadhisaathah athuraalaafa hunnaleh ????????????????????????????????????????????????????????????????????????????????
    Mi part vvvv romantic koh genesdheefa ineema v habeys. Anekka ” amilla ah kehi kanduluge hithi amilla ah filuvan jehun” kahala adhabee basthah himanaalun ae eysh ge liyuntherikamuge hunaraa gaabilukan dheyhakodhey kamehkan faahagakollan. ?????????????????????????????????????????? You are the one and only my favorite. Lysm ????????????????????????????????????????????????????????????? Waiting for the next part. ??????????????????????????♥️♥️♥️♥️♥️♥️♥️???????????????????????????????????

    1. eysh says:
      March 1, 2020 at 7:21 pm

      Awww one of a v sweeet cmnt.. abadhuves v ufaavey sheen ge cmnt thah kiyaalaafa.. Thank u so much for the support ?❤❤ v ufaavey.. next part In Sha Allaah mirey.. keep waiting.. let’s c dho story ga dhen vaa gotheh..

  15. Anonymous says:
    February 28, 2020 at 5:15 pm

    Aysh thee addu kujeh dho
    Yashfa dho kiyany
    Alhe kehve ma comentu delete kuranoo

    1. eysh says:
      March 1, 2020 at 7:22 pm

      Yes dear my name is Yashfa.. but I’m not from Addu. ?❤❤

  16. Kylie says:
    February 28, 2020 at 5:17 pm

    OMG Kihineh baa vaan miulheny?????…… V curious hisaabakun thi ninmaaly?????……. Waiting fr nxt.?????….. LYSM sisooo.??????… Keep it up..?????…

    1. eysh says:
      March 1, 2020 at 7:24 pm

      Awww thank u so much kylie.. v sweet kuhjeh.. v ufaavehje story kamudhiyaeema.. hingaa dho vaagotheh balamaa.. keep waiting ?❤❤❤

  17. ލަމް says:
    February 28, 2020 at 5:27 pm

    ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. ފުރިހަމަކަމުން އިންތިހާއެވެ.. ޝައުޤުވެރިކަމުން ދެވަނައެއް ނެތެވެ. ހާދަ ރީއްޗެވެ. ސިފަކުރުންތައް މޮޅެވެ ޢިބާރާތް ކުރުމުގެ ފުރިހަމަ ކަމާއި. ފަށުވިކަން.ސަތޭކައެވެ. ކިޔަމުންދާއިރު ނުނިމޭނެނަމައޭ ހިތަށް އަރައެވެ. އޭޝް ތީ ހަމަ އެންމެ ސަޅި ރައިޓާރއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ. ވެ.

    1. Anonymous says:
      February 28, 2020 at 5:30 pm

      Lam vc vaahaka liyan feney????

    2. eysh says:
      March 1, 2020 at 7:25 pm

      Thank u so much dear.. varah ufaavehje cmnt kiyaalaafa.. so sweeet.. means a lot ?❤❤❤

  18. kalo gayaa says:
    February 28, 2020 at 7:30 pm

    Amaaa…bro avahah dhn oi bai upkoba?

    1. eysh says:
      March 1, 2020 at 7:26 pm

      Thank u so much dear.. varah ufaavehje story kamudhiyaeema.. In Sha Allaah mirey upvaane ?❤❤

  19. ??? says:
    February 28, 2020 at 7:31 pm

    Wow vvvvvv reethi. Curiously waiting for the next part. ? ? ? ?

    1. eysh says:
      March 1, 2020 at 7:26 pm

      Thank u so much dear.. varah ufaavehje story kamudhiyaeema.. keep waiting ?❤❤

  20. ޝިރޫ says:
    February 28, 2020 at 7:35 pm

    ވވވވ ރީތި މި ބައިވެސް. މިހާރުދެން ހީވަނީ ހުރިހާކަމެއް ވެސް ހަމަޔަކަށް އެޅެނީހެން. ވަރަށް އުފާވެރި ގޮތަކަށް ނިމޭމެކަމަށް މި އުއްމީދު ކުރަނީ.

    1. eysh says:
      March 1, 2020 at 7:27 pm

      Thank u so much dear.. varah ufaavehje story kamudhiyaeema.. hingaa dho balamaa vaagotheh ?❤❤

  21. Eyemina says:
    February 28, 2020 at 7:45 pm

    Alhey vvvvv reethi speechless ? ♥️♥️

    1. eysh says:
      March 1, 2020 at 7:27 pm

      Thank u so much dear.. varah ufaavehje story kamudhiyaeema.. ?❤❤

  22. Blue heart says:
    February 28, 2020 at 9:14 pm

    Yeyyyy vvv salhi mihaaru. Happy ending eh annaanehen haadha heeveyey.. Vvvv furihama mi partves. V kiyaahithun kiyaalevunu. Waiting waiting

    1. eysh says:
      March 1, 2020 at 7:28 pm

      Aww Thank u so much dear.. varah ufaavehje story kamudhiyaeema.. ?❤❤ keep waiting ?

  23. Ahu says:
    March 1, 2020 at 3:18 pm

    Curiously waiting for the next part

    1. eysh says:
      March 1, 2020 at 7:28 pm

      keep waiting ? In Sha Allaah mirey

  24. ahmed says:
    March 1, 2020 at 10:24 pm

    ދެހާސް އަަށާރަ ވަނަ އަހަރުގަ ފެންވަރު.ކޮމް ގެ ވާހަކަ ފާލަމުން ކިޔުނު ” ނުދާނޭ
    ތިޔަ ހަނދާންފިލާ”. ވާހަކަ އިން ފެށިގެން، ކަނބުލޮ ވަރަށް ގިނަ ކަންތައް
    ރަނގަޅު ކޮށްފަ އެބަ ހުރި.އެހާރާއި މިހާރާއި ހުރި ތަފާތު ވަރަށް ބޮޑަށް ވަޒަން
    ކޮށްލެވުނު.ހަމައެހެންމެ މިހާ ދިގު މުއްދަތެއްވަންދެން ހުއްޓާނުލާ ކުރިއަށް ގެންދަން
    ގައިމުވެސް ދަތިތަަކާ ދިމާވާނެވެސްމެ.އެހެން ނަމަވެސް ތިޔަ ބަހައްޓާ ފަރުވާތެރިކަމާއި،
    ޝައުޤުވެރިކަން އެއީލިޔުންތެރިންނަށް ވަރަށް ބޮޑު މިސާލެއް.ވަކިން ޚާއްޞަކޮށް އަލަށް
    ދާއިރާއަށް ތަޢާރަފުވާ ކުދިންނަށް.އަބަދުވެސް ތިގޮތުގަ ދެމިހުންނާނެ ކަމަށް
    އުންމީދުކުރަން.ލިޔުމުގެ ހުނަރުން ދިރިއުޅުންވެސް ބިނާ ކުރެވިދާނެ.ތާރިޚުން އެކަން
    ފެންނާން އެބައޮތް.ވީމާ ތިޔަ ހުނަރުންވެސް ނަފާ ހޯދިދާނެ. އަދިވެސްއެއްފަހަރު.ވާހަކަ
    ވަރަށް ރީތި

Comments are closed.

Next Episodeމިނަން ތިހިތުން ފިލުވާލަނީހޭ…18←


All Right Reserved!