Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ… 15

eysh Level 510 Stories100 Comments100 Login500 Comments
February 18, 2020 5 Mins Read
53 Comments

ނިޔާލްވީ އަހަރެން ހީކުރިވަރަށްވުރެ ރަނގަޅު އިންސާނަކަށެވެ. ޖަޒުބާތުގައިޖެހި އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. އެކަމަކު ރަނގަޅު މީހަކީ އެކުށް ޤަބޫލުކޮށް އެކަމަށް މަޢާފަށް އެދޭ މީހާއެވެ. ޚުދު ނިޔާލްވެސް އޭނައަށް ކުރެވުނީ ކުށެއްކަމުގައި ޤަބޫލުކުރެއެވެ. އޭނަވެސް އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ.

މަންޒަރު ބަލަން ހުރެފައި ޒެވިން އައިސް ނިޔާލްގެ ކައިރީގައި ހުއްޓުނެވެ. ބުރަކަށީގައި ޖަހާލިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެވިއްޖެއެވެ.

********

“އިފް ޔޫ އާ ޑަން، ކޭން ޔޫ އެކްސްކިއުޒް އަސް…” ނިޔާލްގެ ކަންފަތާއި ދިމާއަށް ގުދުވެލަމުން، ޒެވިން ބުންޏެވެ.

ޒެވިން ހީވަނީ އޭނާގެ އަތުގެ އިނގިލިތައް ނިޔާލްގެ ބުރަކަށްޓައް ވައްދައިލަފާނެ ހެންނެވެ. ހިނދެއްހިނދަކަށް އެއިނގިލިތަކަށް ބާރުލަމުން ދިޔައެވެ. ނިޔާލް ބަލައިލީ އަހަންނަށެވެ. ވީގޮތް ރޭކައިލީ ދެނެވެ. ޒެވިން ބޭނުންވަނީ އަހަންނާއިއެކު އެކަނިވެލާށެވެ. އަވަހަށް ހިނގައިގަންނަން ހަދައިގެން ދެފައި އޮޅުނެވެ. ނިޔާލް އިން ގޮނޑީގައި ހިފަހައްޓާ ނުލެވުނުނަމަ، އަހަރެން ބަނޑުވަތަށް ވެއްޓުނީހެވެ.

“ޒެވިން ލެޓްސް ގޯ…” އަހަންނަށް ބުނެވުނެވެ.

އެތަނުގެ ތެރޭގައި ބޮޑު ހައިޖާނުގަނޑެއް ހިނގުމުގެ ކުރީން، އަހަރެން ބޭނުންވީ ޒެވިން އެތަނުން ނެރޭށެވެ. އަހަރެންގެ އަޑު އިވުމުން ޒެވިން ނިޔާލްގެ ގައިން ދޫކޮށްލިއެވެ. އެއާއިއެކު، ނިޔާލް ތެދުވެފައި، ޒެވިން އާއި ކުރިމަތިލައިފިއެވެ.

“ރީތިކޮށް ބުންޏަސް، އޭނަ ގޮވައިގެން މިތަނުން ނުކުމެވިދާނެއޭ ބްރޯ… އަހަރެން މިއުޅެނީ އޭނައާ އިންނާކަށް ނޫނޭ… ނޫނީ ރައްޓެހިވާކަށް ނޫނޭ…” ޒެވިން ހިފެހެއްޓި ތަނުގައި ފިރުމާލަމުން ނިޔާލް ވާހަކަދެއްކީ ލާނެތް ރާގަކަށެވެ.

އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހާސްވެފައި ބަލައިލެވުނީ ޒެވިންގެ މޫނަށެވެ. އަހަރެން އައުމުން ހަމަޖެހިފައި ހުރި ޒެވިން ކުއްލިއަކަށް ދެބުމަ ގޮށްޖަހާލައިފިއެވެ. ރަތްވަމުންދިޔަ އެ މޫނު ފެނި، މޭގަނޑު ގުޑައިގެން ދިޔައެވެ. އަވަސްއަވަހަށް ޒެވިންގެ އަތުގައި ހިފައި، ދަމަމުން ކަހަލަގޮތަކަށް އެތަނުން ނުކުތުމަށް ހިނގައިގަތީމެވެ. ދަމުން ފަސްއެނބުރިފައި، ނިޔާލް އާއި ދިމާއަށް ދެލޯ ހަނިކޮށްލީމެވެ.

ބޭރަށް ނުކުމެވުމާއިއެކު ޒެވިން އަހަރެންގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. ހިތްހަމަނުޖެހިފައި އަހަންނަށް ބަލައިލިގޮތުން، ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހިތަށް އެރިއެވެ. އެއީ ހަމަ ލޯބި ވެވުމުން ވާހައި ގޮތްގޮތް ހެއްޔެވެ؟

“ޒެވިން ތީއަޅެ ކުޑަކުއްޖެއްތަ؟… ތިހެން އުޅުނީމަ މީހުން ކީކޭތަ ހީކުރާނީ؟… ހިނގާ އޮފީސްތެރެއަށް… އެތެރޭގަ ތިބި އެންމެންވެސް އެހާ ވަރަށް ބަލައިފިއޭ ތި އުޅުނު ގޮތަކުން… ނޭނގެ ފޮޓޯވެސް ނުނަގާނެ ކަމެއް…” އަހަރެން ހާސްވެފައި ބުނީމެވެ.

“އަހަރެން ކަމެއްކުރީމަ އެކަމެއް ދޯ ލިވީއަށް ގޯސްވަނީ؟… އެހެންމީހަކު އެއްޗެއް ބުނާއިރަށް، ހަޤީގަތެއް ބަލާވެސްނުލާ ތިހުންނަނީ ޤަބޫލުކޮށްގެންނެއްނު…” ޒެވިން ހިތްހަމަނުޖެހިފައި ބުންޏެވެ.

“މިހާރު ތިއުޅެނީ އަހަރެން ނިޔާލްއާއެކީ އިނީމަ އެކަމާ ރުޅި އައިސްގެން ދޯ… އަހަރެންމީ ޒެވިންހާ ހިތްހަރު މީހެއް ނޫނޭ… ނިޔާލްގެ ވާހަކަ އަހަރެން ޤަބޫލުކުރަން…” ޒެވިން އާއި ދިމާއަށް ދެލޯ ހަނިކޮށްލަމުން ބުނީމެވެ.

“އެހެންވެއޭ އަހަރެން ބުނަނީ މިތާ މިއިންނަނީ ސިކުނޑިއެއް ނޫނޭ… އެތެރެ އޮތީ ހުސްކޮށޭ…” އަހަރެންގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ޒެވިން ބުންޏެވެ.

“ޒެވިން ކޮންކަމަކާތަ މާ ރުޅިގަދަވެގެން ތިއުޅެނީ؟… ކިތައްފަހަރުތަ ބުނާނީ މީ އަހަރެންގެ ދިރިއުޅުމޭ…” އަހަރެން ނުރުހިފައި ބުނީމެވެ. އޭރު ކެތްތެރިކަން ކޮޅުންލައިދާނެހެން ހީވަނީއެވެ.

“އަހަރެން ރުޅިގަދަވަނީ ކީއްވެކަން ތަކުރާރުކޮށް ބުނެދޭކަށް ނުޖެހޭނެ… ކީއްކުރަންތަ އިރުއިރުކޮޅާ އޭނައާ ބައްދަލުކުރަން ތި އަންނަނީ؟… އެއީ މާ ރަނގަޅު މީހެއް ނޫނޭ… އޭނަ ލިވީއަށް ނުކިޔަދޭ ކިތަންމެ ކަމެއް ހިތުތެރޭ ފޮރުވާފަ އެބަހުރި… ލިވީއަށް ތިއެނގުނީ އޭގެން ބައެއް… އެވެސް ބަސްޓްވީމަ…” ޒެވިންގެ އަޑުގައިވީ ޔަޤީންކަމެވެ.

“ކީކޭތަ ބުނަން ތިއުޅެނީ؟…” ރުޅި އައި ވަރުން އަހަންނަށް ބުނެވުނީ ހިތުތެރޭގައި ހުރި އެތައް ވާހަކައަކުން މަދު މިންވަރެކެވެ. ފުންކޮށް ދެތިން ނޭވާ ބޭރުކޮށްލުމުން ކުޑަ ލުއިކަމެއް ލިބުނެވެ.

“ބުނަން މިއުޅެނީ ދޮންބެގެ ކަންތަކުގަ އޭނަ އެބަ ކަމެއް ސިއްރުކުރެއޭ…” ޒެވިން ކުރިޔަށްޖެހިލާފައި ބުންޏެވެ.

“ދެން ތިބުނަނީ އޭނައަކީ މަކަރުވެރިއެކޭތަ؟…” އަހަރެން ވަކީން ހިތްހަމަނުޖެހުނެވެ.

“ފުރަތަމަ ނަޒަރުންވެސް ޒެވިންއަށް އޭނަ ކަމަކު ނުދިޔައެއްނު… ހަމަ އެއްވެސް ސަބަބެއް ނެތި ރުޅި އައިސްގެން އެހެން މީހުންގެ ބޯވެސް ގޮއްވާލީ… އޮފީހުގަ އޭނަ ކޮންކަމެއް ކޮށްގެން އެވަރުކޮށްލީ؟… ތިކަހަލަ ކަންތައްކުރާތީއޭ އަހަންނަށް ޒެވިންދެކެ ރުޅި އަންނަންޖެހެނީ… އަހަރެންގެ ފަހަތުން ނާންނާތި… އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން…”

ދައްކަން ބޭނުންވާ ވާހަކަތައް ބުނެފައި، އަހަރެން އުޅުނީ އެތަނުން ދާށެވެ. ޒެވިން އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ކައިރިއަށް ދަމާލިގޮތުން އަތަށް ތަދުވެސް ވިއެވެ. ވަގުތުން އަތް ދަމައިގަތީމެވެ. އަހަންނަށް ތަދުވީކަން އެނގުމުން ޒެވިން ދެރަވިއެވެ. އަތުގައި ހިފާލަން އުޅުނެވެ. އަހަރެން އަތުގެ އިޝާރާތުން އަތް ނުލުމަށް އެންގީމެވެ.

“ލިވީ އިހަށް މަޑުކޮށްބަލަ… އަހަރެންގެ ވާހަކަވެސް އަޑުއަހާލަބަލަ… ގޯސްވާހަކައެއް ނޫނޭ ބުނަން މިއުޅެނީކީ…” އަހަރެން ހިނގައިގަތުމުން ޒެވިން ބުންޏެވެ. މަޑުކޮށްލާފައިވެސް އަހަރެން ހިނގައިގަތީއެވެ. އެފަހަރު ޒެވިން އައިސް އެރީ އަހަރެންގެ ކުރިމައްޗަށެވެ.

“ލިވީ، ވިސްނަބަލަ، އެހާ ދުވަސްކޮށްފަ ކުއްލިއަކަށް ފައިސާ ހޯދަން އޭނަ އެ އުޅުނުގޮތާއި ދޭތެރޭ… ހަމަޖެހޭ މީހަކު އެވަރު ކުރާނެހެން ހީވޭތަ؟… ބަލާބަލަ އޭނައަށް… އެވަރުގެ މޮޔަކަމެއް ކުރާނެ ވައްތަރު އޭނަގެ ގައިގަ ޖަހާތަ؟…” ޒެވިން ބުންޏެވެ.

“ފޮތުގެ ބޭރުގަނޑަށް ބަލައިގެން ޖަޖް ނުކޮށްބަލަ…” ޒެވިން ދުރުކޮށްލާފައި ހިނގައިގަންނަމުން ބުނީމެވެ.

“އޯކޭ އެހެންވިއްޔާ، އޭނަ ކީއްވެ ދޮންބެގެ ފެމެލީއަށް ނުގުޅާ ކުއްލިއަކަށް ލިވީއަށް ގުޅީ؟…” ޒެވިން ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގެއްގައެވެ.

އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއަށް ރައްދު ދިނުމަށް އަނގަ ހުޅުވައިލާފައިވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ އަދި އަހަންނަށް ވިސްނައިލެވިފައި ނުވާ ކަމެކެވެ. ޒެވިން އެބުނިހެން ނިޔާލް އަހަންނަށް ގުޅީ ކީއްވެ ހެއްޔެވެ؟ ވިސްނަމުންދިޔަ ވަރަކަށް އެ ވާހަކަތަކުގައި ބުރަދަނެއް ހުރިކަމަށް ޤަބޫލުކުރެވުނެވެ.

“ލިވީ މިތާ މަޑުކުރޭ… އަހަންނަށް ހަމަ އެންމެ ފުރުޞަތެއް ދީ…” ކެފޭ އާއި ދިމާއަށް ހިނގައިގަންނަމުން، ޒެވިން ބުންޏެވެ.

ކެފޭގެ ތެރެއަށް ވަތް ބާރުމިނުގައި، ޒެވިން ނުކުތީ ނިޔާލް ގޮވައިގެންނެވެ. ފަހަތުން ޝާޔަންވެސް ނުކުތީ ދުވެފައެވެ. ނިޔާލްގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ ޢަޞަރެވެ. ޝާޔަންވެސް ކަންބޮޑުވެފައި ވީގޮތެއް އޮޅުންފިލުވަން އުޅެގަތެވެ.

“ނިޔާލް ކަލޭ ހީނުކުރާތި އެންމެންގެ ވިސްނުން އެހާ ކޮށިވެދާނެއޭ… އަހަންނަށް އެނގެއޭ މަޖުބޫރީއެއް އޮތީމަކަން ކަމެއް ތި ސިއްރުކުރަނީ… އެކަމަކު ކުރިމަތީގަ ތިހުރީ ނިޔާލްގެ ގާތް އެކުވެރިއެއް ކަމަށްވަންޏާ، އަވަސްކުރޭ، ހުރިހާ ވާހަކައެއް ކިޔައިދީ…” ނިޔާލްގެ ކޮނޑުގައި ޖަހާލަމުން ޒެވިން ވާހަކަ ދެއްކިއެވެ.

ނިޔާލް އިރުކޮޅަކު ވިސްނަން ހުއްޓެވެ. އަހަންނާއި ދިމާއަށް ބަލައިލާފައި އިސްޖަހައިލިގޮތުން އޭނަ ކަމެއް ސިއްރުކުރާކަން ޔަޤީންވިއެވެ. ޝާޔަންވެސް ނިޔާލްގެ ނަމުން ދެފަހަރަކު ގޮވާލިއެވެ. ހަޤީގަތެއް ސިއްރުކޮށްފައިވާނަމަ، އެކަމެއް ހާމަކުރުމަށް އޭނަވެސް އެދުނެވެ.

“ރަނގަޅު… އަހަރެން އެއްކަމެއް ސިއްރުކުރިން…” ނިޔާލްގެ ޖުމްލައިން މުޅިތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ.

ލިބުނު ސިހުމުގައި އެކަކަށްވެސް ބުނާނޭ އެއްޗެއް ނޭނގުނެވެ. ޒެވިން ނިޔާލްގެ ގައިން ދޫކޮށްލާފައި ދުރަށްޖެހިލިއެވެ. ހުއްޓުން އަރާފައި ހުރި ޝާޔަންއަށްވެސް ވީ އަހަންނަށް ވީވަރެވެ. ނިޔާލްއަށް ބަލައިލެވުނީ ނަފުރަތުން ފުރިގެންވީ ބެލުމަކުންނެވެ.

“އެކަމަކު އެއީ އަހަރެންގެ އަމިއްލަ ފައިދާއަށް ކުރި ކަމެއް ނޫން… އަހަރެން އެކަން ކުރީ، މަސްލަހަތަށް ވިސްނާފައި…” ނިޔާލް ދެން ބުނި އެއްޗަކުން އެންމެންނަށް އެއްފަހަރާ ސިހުމެއް ލިބުނެވެ.

“ލަޔާ… އަހަންނަކީ ދުވަހަކުވެސް، މީހުންގެ ކައިރިން ސަލާންޖަހަން ބޭނުންވި މީހެއް ނޫން… އެކަން ކުރަން އަހަރެންގެ ކައިރިން އެދުނު މީހަކީ، ރަވާންގެ ބައްޕަ… އަހަރެންގެ ނާޒުކު ޙާލަތުގެ ފައިދާ އޭނަ ނެގީ… މަންމައަށް ބޭސްކުރާނެ ފައިސާ ނެތިގެން އަހަރެން ފުރަތަމަ ދިޔައީ ރަވާންގެ ބައްޕަ ކައިރިއަށް… ވީޑިއޯތައް ދައްކާފަ ރީތިކޮށް ބުނިން ފައިސާގެ އެހީއެއް ވެދޭން… ފައިސާ ދޭން ނާޒިމްބެ އެއްބަސްވެސްވި… ފަހުން ނޭނގެ ކީއްވެކަމެއް އެޚިޔާލު ބަދަލުވީ… އަހަންނަށް ގުޅާފަ އެދުނީ އެގޮތަށް ކަންތައް ކުރަން… ކީއްވެ ކަމެއް އަހަންނަކަށް ކުޑަކޮށްވެސް، ނޭނގެ… ކުރެވުނު ކަންތަކާއި ވިސްނުމުން، މިއަދު ވަރަށް ދެރަވެ، ލަދުވެސްގަނޭ…” ނިޔާލް ދޫކޮށްލީ ފުން ނޭވާއެކެވެ. ދެރަވެފައި ހުރިވަރު އެ މޫނުމަތިންވެސް އެނގޭހައިވެއެވެ.

“ލަޔާ އައިމް ސޯ ސޮރީ…” ނިޔާލް އަނެއްކާވެސް މަޢާފަށް އެދެން ފެށިއެވެ.

ނިޔާލް އުޅުނީ އަހަރެންގެ އަތުގައި ހިފާލާށެވެ. އޭގެ ކުރިން ޒެވިން އެ އަތުގައި ހިފައި ދުރުކޮށްލައިފިއެވެ. ހީވީ އަހަރެންގެ ގައިގައި މީހަކު ބީހިލަންވެސް، އޭނަ ބޭނުން ނުވާ ހެންނެވެ.

“ތިކަމުގަ ނިޔާލްގެ މާބޮޑު ކުށެއް ނެތް… އެކަމް ހަޤީގަތް ސިއްރުކުރުންތީ މައްސަލައެއް… ތިކަމުގެ ސަބަބުން ކުރިއަށް އޮތްތާވެސް ކަންކަން ގޯސްކޮށް ހިނގާފާނެ…” ޒެވިން ވާހަކަ ދައްކަމުންދިޔައިރު، ހުރީ ނިޔާލްގެ ކޮނޑުމަތީގައި އަތް ބާއްވާލައިގެންނެވެ.

“ތޭންކް ޔޫ… ނިޔާލް ތޭންކް ޔޫ…” ނިޔާލްގެ ފައިދަށަށް ތިރިވިއިރު އަހަންނަށް ގިސްލާފައި ރޮވެނީއެވެ.

އެކަކަށްވެސް އަހަންނަށް ވީގޮތެއް ނޭނގުނެވެ. ނިޔާލް އުޅުނީ އަހަރެން ނަގާށެވެ. އޭގެ ކުރިން ޒެވިން އަހަރެންގެ ދެކޮނޑުގައި ހިފައި ނަގައިފިއެވެ.

“ނިޔާލް ނޫން އެހެން މީހެއްނަމަ، އަހަރެން މަރާލީސް ކަންނޭނގެ…” އަހަންނަށް އަނެއްކާވެސް ރޮވުނީއެވެ. ވާހަކައެއް ނުދެއްކުނެވެ.

ޝާޔަން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެފަދަ ކަމެއް ދިމާނުވާނެ ކަމަށްބުނެ، ވިސްނައިދިނެވެ.

“މީ ބައްޕަގެ ކަންތަކޭ…” ޒެވިން ރުޅި އައިސްފައި ބުންޏެވެ.

“ލިވީ، ރޯނެ ކަމެއް ނެތް… އާދޭ އަހަންނާއެކީ… ނިޔާލްވެސް އާދޭ…” އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޒެވިން އަމުރުކުރިއެވެ.

އައިސްފައި ހުރި ރުޅިގަނޑުގައި، ޒެވިން ދިޔައީ އޭނަގެ ބައްޕަގެ ގެއަށެވެ. ސައިކަލު ޕާކުކޮށްފައި އައިސް އަހަރެންގެ އަތުގައި ހިފާލައިގެން އޭނަ ހުރީ ނިޔާލްގެ އިންތިޒާރުގައެވެ. ނިޔާލް އައުމާއިއެކު، ގޭތެރެއަށް ވަނުމަށް ހިނގައިގަނެއްޖެއެވެ. އަހަރެން ނުދާން އުޅުމުންވެސް ޒެވިން ނުހުއްޓުނެވެ. ގޭގެ ދޮރު ހުޅުވާލާފައި ނާޒިމް ނުކުތީ، ޒެވިން ދޮރު ހުޅުވާލަން އުޅެނިކޮށެވެ. ނާޒިމްގެ ނަޒަރު ހުއްޓުނީ އަހަރެމެންގެ ގުޅި ލާމެހިފައިވާ އަތަށެވެ. އޭގެ ފަހުގައި ނިޔާލްއަށެވެ. އެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުމުގެ ޢަޞަރުން ހުރިހާ ކަމެއް އެނގި ހާމަވިއެވެ.

“ބައްޕާ… އަހަރެން ހިއެއް ނުކުރަން ބައްޕަ ތީ ތިހާ އަމިއްލައެދުން ބޮޑު މީހެއް ކަމަކަށް…” ޒެވިން ރުޅި އައިސްފައި ބުންޏެވެ.

ނާޒިމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ހީވާގޮތުން ޒެވިންގެ ފަރާތުން އޭނަ އެފަދަ ކަމަކަށް އުއްމީދެއް ނުކުރެއެވެ. އޭނަ ޒެވިންއަށް އަމުރުކުރީ އެތެރެއަށް ވަނުމަށެވެ. ޒެވިން އޭނާ ހުރިތަނުން ގުޑާވެސް ނުލިއެވެ.

“ކީއްވެ، ލިވީއަށް އެހެން ހެދީ؟… އަހަރެން ބައްޕައަށް ހާދަ އިޚްތިރާމެއް ކުރީމޭ… އެކަމަކު މިއަދު އެ އިޚްތިރާމް ގެއްލިއްޖެ…” ޒެވިންގެ ރުޅި ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.

“ޒެވިން ހަމަ މިހާރު ލިވިޔާ ގޮވައިގެން އެތެރެއަށް ވަދޭ… އާއިލީ މައްސަލަތަކުގެ ތެރެއަށް އިތުރު މީހުން ވައްދާކަށް އަހަރެން ބޭނުމެއް ނޫން…” ނާޒިމް ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އޭނަ ބަލައިލީ ކުރިމަތީގައި އިސްޖެހިފައި ހުރި ނިޔާލްއަށެވެ.

“އާއިލީ މައްސަލައޭ… ފުރަތަމަ ކަމަކަށް ބައްޕަ ޤަބޫކުރަންތަ، ލިވީއަކީ އާއިލާގެ މީހެއް ކަމަށް؟… އެހެން ނޫނަސް، ބައްޕައެއް ނޫންތަ އެހެން މީހުން މިކަމުގެތެރެއަށް ވެއްދީ… ދެން މިހާރު ކީއްކުރަން ތިއުޅެނީ؟… ނިޔާލް މިތަނުން ގޮސްގެން ނުވާނެ… ސަބަބު ނުބުނަނީހެއް އަހަރެން ބޭނުމެއް ނޫން ކުރިމަތީގަ ތިހުރި ގެއަށްވެސް ވަންނާކަށް…” ޒެވިންއަށް ރުޅިއައިސްގެން ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ.

އަހަރެން ހުރީ ޖެހިލުންވެފައެވެ. އެތަނުގައި ހުންނާކަށް ކުޑަކޮށްވެސް ބޭނުމެއް ނުވިއެވެ. ޒެވިންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ދިޔައީމެވެ. އެކަމަކު ޒެވިން އެފުރުޞަތެއް ނުދިނެވެ.

“މިދުވަސް އަންނާނެކަން ކުރިން އެނގުނުނަމައޭ ހިތަށް އަރާ…” ނާޒިމް ދޫކޮށްލީ ފުން ނޭވާއެކެވެ.

“ތީގެ މާނައަކީ؟…” ޒެވިންއަށް ލިބުނީ ސިހުމެކެވެ. އެކަން އެނގުނީ އޭނަ ކުއްލިއަކަށް ހިމޭންވި ގޮތުންނެވެ.

ބުނެވުނު އެއްޗެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. ނާޒިމް ވަކި އެއްޗެއް ނުބުންޏެވެ. އޭނަ ޒެވިންއަށް ބަލަހައްޓައިގެން ހުރީއެވެ. ޒެވިންއަށް އެކަން ބަރުދާސްތެއް ނުކުރެވުނެވެ. އޭނަ މަޑުމަޑުން ކުރިއަށް ޖެހިލައިފިއެވެ. އަހަރެންގެ އަތުން ދޫކޮށްލިގޮތުން ހިތަށް ވެގެންދިޔައީ ނުބައި ގޮތެކެވެ.

“ބައްޕަ ތިބުނީ އަހަރެންގެ ފުރާނަ ސަލާމަތް ނުކުރެވުނުނަމައޭތަ؟…” ޒެވިންގެ އަޑު މަޑުވިއެވެ.

ޒެވިން ކުއްލިއަކަށް، މައްޗަށް މޫނު އުފުލާލައިފިއެވެ. ހުއްޓުން އަރާފައި އެގޮތުގައި، އިރުކޮޅަކު ހުއްޓެވެ. އެ ހަށިގަނޑުގެ ވަރު ދޫވެގެން ތިރިވިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެ އުނަގަނޑުގައި އަތް އަޅުވައިލެވިއްޖެއެވެ. އޭރު ޒެވިން ހުރީ މޭގައި އަތް އަޅައިގެންނެވެ. ރަތްވަމުންދިޔަ ދެލޯ ވަނީ ބޮޑުވެފައެވެ. އޮހޮރެމުންދިޔަ ކަރުނަތައް އެއްވެސް ރަޙުމެއްނެތި އެ ކޯތާފަތުގައި ބީހެމުން ދަނީއެވެ. ޒެވިންގެ ކަޅި މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. ކަރުބުޑުން ނުކުތީ ވޭނީ އަޑެކެވެ. އަހަންނަށް ރޮއެގަނެވުނެވެ. އެކަނި ޙާލަށް، ޒެވިން ހިފަހައްޓައިލެވޭގޮތެއް ނުވިއެވެ. ނިޔާލް އާއި ނާޒިމް ދުވެފައި އައީ އެކުއެކީގައެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ

Next

ރާސްތާ2 (38)

Next
February 18, 2020

ރާސްތާ2 (38)

Previews
February 17, 2020

މިހިތުގެ ލޯތްބޭ ތީ

53 Comments!

  1. eysh says:
    February 18, 2020 at 12:38 am

    Salaam All..
    sorry for the late update… hama liye nimunuhaa avahah mi upkuree. mirey gennaanamey bunevuneema mihaavarun mi upkuree. liyunu gothah kiyaalaane hihvareh ves neh.. so tired and sleepy..
    mibaives huriha kudhinnah kamudhaane kamah unmeedhukuran.
    kiyaalaafa cmnt eh kohlahchey..
    good night

  2. Pari says:
    February 18, 2020 at 12:42 am

    V salhi habeysss ❤️?

    1. eysh says:
      February 20, 2020 at 5:20 pm

      Thank u so much pari ?❤❤

  3. Pari says:
    February 18, 2020 at 12:57 am

    Mi shaayan Mee anheneh tha?

    1. Shaayan says:
      February 20, 2020 at 8:53 am

      aan koyaa, eyakee anheneh 😀

    2. Shaayan says:
      February 20, 2020 at 8:55 am

      Namun maves furathamainun heekuree ehen. ekamaku konmes partehga in anheneh kamah bunefa. 10 vana baiga kanneyge 😀

    3. eysh says:
      February 20, 2020 at 5:23 pm

      Yes dear.. anhen kuhjeh eiee ?

  4. Choppi says:
    February 18, 2020 at 1:28 am

    I think zevin aky raavan hen. May be I’m crazy but still I feel like that.. ??

    1. eysh says:
      February 20, 2020 at 5:24 pm

      Hama vedhaane gotheh.. hingaa dho balamaa.. ?

  5. Mahoo says:
    February 18, 2020 at 1:40 am

    VArah shalhi .. .. hama ehme great…❤❤

    1. eysh says:
      February 20, 2020 at 5:21 pm

      Thank u so much mahoo ?❤❤

  6. Meekkomee says:
    February 18, 2020 at 4:54 am

    sis…….Varah salhi ingy mi part ves ??whn is nxt … curiously waiting for the next part ???? ly ???❤️❤️❤️?????

    1. eysh says:
      February 20, 2020 at 5:22 pm

      Thank u so much meekko ?❤❤ next part mihaaru liyevemun dhanee.. In Sha Allaah nimunuhaa avahah genesdheynan.. ly ?

  7. Kylie says:
    February 18, 2020 at 8:57 am

    Maasha allah v reethi mi part vx….. Waiting fr nxt….. Ly sis..

    1. eysh says:
      February 20, 2020 at 5:23 pm

      Thank u so much kylie ?❤❤ ly2 dear ?

  8. Lamko says:
    February 18, 2020 at 10:48 am

    Aye sis mi part varah imotional….masha allah vvv reethi whn nxt ….curiously waiting…ly moreee❤️❤️❤️?

    1. eysh says:
      February 20, 2020 at 5:26 pm

      Thank u so much lamko ?❤❤ In Sha Allaah liyevunuhaa avahah genesdheynan.. ly2 ?

  9. noor says:
    February 18, 2020 at 10:58 am

    HAADHA AMILLA EDHUN BODU BAPPAEKEY DHO UFAN DHARINNAH VIYYA EVHEN EHADHANEE

    1. eysh says:
      February 20, 2020 at 5:27 pm

      Asluves.. mizamaanuga v gina egothah ulhey meehun

  10. Kairaa says:
    February 18, 2020 at 10:58 am

    Varah reethi mi part vx…enme kiyaa hiyy vi thankolhun e nimuny….waiting for the nxt part…

    1. eysh says:
      February 20, 2020 at 5:28 pm

      Thank u so much Kai.. ?❤❤ aww.. keep waiting fr the next part ?

  11. magnumm says:
    February 18, 2020 at 4:50 pm

    awwwwn eyshh????ur making me to remind of someone????story hama habx??..plx plx give next update soon if u r not busyy♥♥♥k sis….tc care lav uuuu?????

    1. eysh says:
      February 20, 2020 at 5:29 pm

      Aww.. Thank u so much magoo.. ?❤❤ mihaaru 3 site ah liyaathee lasvanew.. 2 site ga jehey v gavaidhun story fonuvan.. Mihaaru Sunday, Tuesday, Wednesday and Saturday ga eba gennan.. plus job and study.. ehenve ehaa time nuvanee.. but i will try Ingey avahah geneveytho.. keep waiting fr the next part.. ly ?

  12. Koroanaa says:
    February 18, 2020 at 6:49 pm

    Wowwwwwwwwwwagain soni vehtifa myny whn next

    1. Covid 19 says:
      February 18, 2020 at 8:26 pm

      Wow koroanaa. Positive koh visnan dhasvejje dhw. Good job my dear. Abadhuves meehunkuraa bura masahkaiy balaigane hiyvarudhey meehakah vaan vaane. ???

    2. eysh says:
      February 20, 2020 at 5:45 pm

      Thank u so much koroanaa.. In Sha Allaah liyevunuhaa avahah gannaanan.. ?❤❤

  13. Sheen says:
    February 18, 2020 at 8:23 pm

    Wow wow and wow. Speechless. Nunimeyne namaey hithah araa. Iru arandhenves kiyan indhefaanan. Ehaaves reethi. ??????????????????????????????????????????????????????????????????????????????????????????????????? Dialogue thah vvv emotional. Kiyaalaairu heevanee hama real hen. Sifakohdhinun molhukamun vaahakaige thereah vadhegendhanee faseyhain nunikumeveyvarah. ??????????????????????????? ???????? Jumulathah ibaaraaiy kollaafa hunnaleh reethi kamaa basthakuge fashukamun shauguvrikan hama inthihaaeve. ????????????????????????????????????????????????????????????????? U r the best writer. Keep it up. Lysm. Waiting for the next part. ??????????????????????????????????????????????????????????????????????????????????????????????????????????????

    1. eysh says:
      February 20, 2020 at 5:41 pm

      Aww.. Thank u so much sheen.. ?❤❤ varah ufaavehje cmnt kiyaalaafa… keep waiting fr the next part.. ly ?

  14. Harley? says:
    February 18, 2020 at 9:04 pm

    Vrh salhi mi vhk ma sha allah?
    ❤

    1. eysh says:
      February 20, 2020 at 5:46 pm

      Thank u so much harley.. ?❤❤ so happy ❤

  15. Yanaa says:
    February 18, 2020 at 9:39 pm

    Varah varah reethi ??????????????????
    maa sha Allah????????????????????
    curiously waiting for the next part❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. eysh says:
      February 20, 2020 at 5:49 pm

      Thank u so much dear.. ?❤❤ v ufaavehje ?

  16. ލަމް says:
    February 18, 2020 at 9:49 pm

    މާޝާﷲ. ހާދަ ރީއްޗެވެ. ހަމަ އަސްލުވެސް ސޮނިވެއްޓޭހާވެއެވެ. އެހާވެސް އަސަރު އެބަހުއްޓެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ފުރިހަމަކަމުން ދެވަނައެއް ނެތެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. ދެންވާނީ ކިހިނެށްބާއޭ ހިތަށް އަރާ އިންނަން ޖެހުނީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ޕެރެގްރާފްތައް އަތުރާލާފައި ހުރިލެއް ހިތްގައިމުކަމެވެ. ވަރަށް ނަލައެވެ. އޭޝް ތީ ހަމަ އެންމެ ސަޅި ރައިޓާރއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. މިވަގުތަށެވެ

    1. eysh says:
      February 20, 2020 at 5:50 pm

      Thank u so much dear.. ?❤❤ v ufaavehje ?

  17. ?Neha? says:
    February 19, 2020 at 8:07 pm

    Omg Hadha reehchey.???.. SIS Hadha molhey sifakurun thah genes dheefa hunna goiyy…❤️❤️ Vaahaka kiyaalaa iru hyvany hama seen Eh kurimathyga kulhelaahen… Kiyamun dhaairu Hama sifavey.??…. Varah kiyaalaa hithun huhta e Nimunyy ???once again Varah Varah reethi ingeh…. Btw sorry for the late comment… ??Aslu story kiyaalafin up kurithanaa Ekm Hama busy kamun comment Eh nukurevunyy… Sorry… Time v haa avahah Mi Comment kohly Hama.. ??Luv yuh ❤️❤️❤️?
    ?MY FAV WRITER?
    ❤️❤️LOABI LAOBI EYSH SIS❤️❤️

    1. eysh says:
      February 20, 2020 at 5:54 pm

      Awwww Thank u so much Neha ?❤❤ lasviyas ok vaaney.. vvv happy vehje cmnt kiyaalaafa.. v ufaavehje sweet v ma..
      Sweet girl ??❤

  18. Aby says:
    February 19, 2020 at 9:33 pm

    Mashaa allah? ❤❤❤. Varah reethi mi part ves ???. When next part???? Curiously waiting varah kiyaa hithun huhtaa e nimuny???.
    Best writer ❤❤❤?????????

    1. eysh says:
      February 20, 2020 at 5:52 pm

      Thank u so much Aby ?❤❤ In Sha Allaah liyevunuhaa avahah genesdheynan.. keep waiting.. vvv ufaavehje best writer buneema ??❤

  19. fan says:
    February 20, 2020 at 8:25 am

    varah salhi. waiting for the next

    1. eysh says:
      February 20, 2020 at 5:50 pm

      Thank u so much dear.. ?❤❤ v ufaavehje ?

  20. Hamna says:
    February 20, 2020 at 10:53 am

    Vara reethi ..keep it up

    1. eysh says:
      February 20, 2020 at 5:51 pm

      Thank u so much dear.. ?❤❤ v ufaavehje ?

  21. ??tweety?? says:
    February 22, 2020 at 12:00 pm

    whn next

    1. eysh says:
      February 23, 2020 at 2:02 am

      In Sha Allaah kuriyah oiy 2 dhuvas therey genesdheynan ❤❤

  22. MARIYAM says:
    February 23, 2020 at 8:05 pm

    Please upload new part soon ? which days of the week this story is uploaded?

    1. eysh says:
      February 25, 2020 at 2:15 pm

      Yess dear.. In Sha Allaah mirey new part eh kiyaalan libeyne ingey.. vaki dhuvasthakeh kandaeh naalhan adhi.. keep waiting ?❤❤

  23. Mary says:
    February 23, 2020 at 8:08 pm

    Please upload next part soon. Which dates of the week this story is uploaded?

    1. eysh says:
      February 25, 2020 at 2:15 pm

      Yess dear.. In Sha Allaah mirey new part eh kiyaalan libeyne ingey.. vaki dhuvasthakeh kandaeh naalhan adhi.. keep waiting ?❤❤

  24. Anonymous says:
    February 24, 2020 at 8:30 am

    eysh miadhu genesdheeba new part

    1. eysh says:
      February 25, 2020 at 2:17 pm

      Yess.. In Sha Allaah mirey new part eh kiyaalan libeyne.. ?❤❤

  25. Koroanaa says:
    February 24, 2020 at 3:39 pm

    Eysh avaskohba icant wait any more.nidhives naadhey next part kiyaahithun whn next thanks covid 19

    1. Covid 19 says:
      February 24, 2020 at 6:02 pm

      Wow my dear… U r great.. Thee visney meehunnakee.. ?????? Yes ebunaahen can’t wait ey.. Eysh dear avaskohdheeba.. Thanks koroana

    2. eysh says:
      February 25, 2020 at 2:16 pm

      In Sha Allaah mirey new part eh kiyaalan libeyne ingey.. ?❤❤

Comments are closed.


All Right Reserved!