Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ

ޝަމް Level 1
February 17, 2020 3 Mins Read
4 Comments

 

އެޕިސޯޑް 1

އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ޝާންއަށް ހޭލެވުނީ ނުވައެއްވެސް ޖެހި ފަހުންނެވެ. ހޭލެވުމާއި އެކު އޭނާ ގަޑިއަށް ބަލާލިއެވެ. ހަމައެއާއި އެކު ދެލޯ ބޮޑުވެ ނިތުގައި މަޑުމަޑުން އަތުން ޖަހާލިގޮތަށް އެންދުމަށްޗަށް ވެއްޓިގަތެވެ. ” އޯ މައި ގޯޑް، މިއަދު ހަމަ ރަންގަޅަށްވެސް ގަޑިޖެހިއްޖެ” ޝާން މިހެން ބުނެލުމަށްފަހު ތުވާލި ނަގައިގެން ފާޚާނައަށް ވަންނަން ދުއްވައިގަތެވެ. އެވަގުތު ތަޅުންގަނޑުމަތީ އޮތް ލެޕްޓޮޕް ޗާޖަރުގައި އަޅައިގެންފައި ވެއްޓުނެވެ. މި އަޑުފަށްގަނޑު އިވުމުން ބަދިގޭގައި ސައި ތައްޔާރުކުރަން ހުރި ސީމާ ސިހިފައި ފަހަތް ބަލާލިއިރު ކުރިމަތީ ހުރި ޝާންއަށް ކިހިނެތްވީތޯ ސުވާލުކުރެވުނެވެ. ކަކުލުގައި އަތް ކާއްތަމުން ކަމެއް ނުވާ ކަމަށް ބުނެ އަވަސް ހިނގުމުގައި ގޮސް ޝާން ފެންވަރަން ވަނެވެ.

މަގުގެ އެއްކައިރިން ސްކޫޕީ އައި އެއްގައި ދުއްވަމުން އަންނަ ޖުމާގެ ދޮން މޫނުން އުފާވެރިކަން ފާޅުވަމުން ދިޔައެވެ.އޭނާގެ ދޫކޮށްލެވިފައިވާ ދިގު އިސްތަށިގަނޑު ވަޔާ ސަމާސާ ކުރަމުންދާއިރު ހީވަނީ ފިލްމެއްގެ ސްލޯމޯޝަންއެއް ހެންނެވެ. ޓްރެފިކް ލައިޓް ރަތްކުލައަށް ބަދަލުވުމުން މަޑުކޮށްލުމަށް ފަހު ޖުމާ ގަޑިއަށް ބަލާލީ ފަހަރެއްގައިވެސް ގަޑީގެ ކަށި އެހާ އަވަހަށް އެނބުރޭނެކަމަށް ހީކޮށެއް ނޫނެވެ. ފެހި ލައިޓަށް އިންތިޒާރު ކުރެވެމުން ދިޔައީ ރުންކުރު ބަސްތަކެއް ކިޔަމުންނެވެ. ދުއްވާ އެއްޗެއްސަށް ޖާގަ ދިނުމަށް ދިއްލުނު ފެހި އައްޔާއި އެއްކޮށް ކުރިއަށް ދިޔުމަށް ދުއްވާލި ސައިކަލަށް މާ ދުރަށް ނުދެވެނީސް ހުއްޓުނީ ކީއްވެ ކަމެއް ޖުމާއަކަށް ނޭންގުނެވެ. ހާސްކަން ވެރިވި ހިތަށް ހަމަޖެހުމެއް ލިބުނީ ދުރުން އައި ޓެކްސީއެއް ފެނުމުންނެވެ.

މާއަވަހަށް ތެދުވެ ގިޓާރ ގެ ނަރުތަކާ ކުޅެމުން މިއުޒިކީ ދުނިޔެއަކަށް ގެއްލިފައިވާ ދާއިންއަށް ހޭވަރިކަންވީއިރު ދުނިޔެ އޭނާއަށް މިފަދަގޮތަކަށް ކެއްސެއް ދޭނޭ ކަމަށް ނުވިސްނުނީ ކީއްވެގެންބާއޭ ދާއިން ސުވާލުކުރިއެވެ. ” ޝިޓް މޭން.. ވެން އާރ ޔޫ ގޮއިންޓު ސްޓޮޕް ޑްރީމިންގ އެންޑް ގެޓް ޓު ނޯ ރިއެލިޓީ؟” ދާއިން އަވަސް އަވަހަށް ދަބަސް  ނަގައިގެން ދުއްވައިގަތީ ގޭގޭ އެހެން މީހަކަށް ހިލަމެއްނުވާ ގޮތަށެވެ. އެހެނީ އެއީ ކޮލެޖުގެ ފުރަތަމަ ދުވަސްކަމަށް ވެފައި އެހާ ލަހުން ދާކަން އޭނާގެ މަންމައަށް އެނގިއްޖެއްޔާ ކޮށްލާނެ ވަރު އޭނާއަށް އެންގޭތީއެވެ.

ޝާން، ޖުމާ އަދި ދާއިންއަށް ކޮލެޖަށް ވަދެވުނީ ދާދި އެކު އެކީގައެވެ. އެ ތިން ކުދިންގެ ވެސް ނަޒަރު ހުއްޓިފައި ވަނީ ކްލާސްތަކުގެ ނަންބޯޑުތަކަށެވެ. ތިން ކުދިންގެ ކްލާސް އެން ތްރީ ސީ އަށް ވުމީ އިއްތިފާގެވެ. އިސް ނެގީ ޝާންއެވެ. ދޮރު ހުޅުވާލުމަށްފަހު އިޒްނައަށް އެދުނީ އޭނައެވެ. ނުރުހުންވެފައި ހުންނެވި ލެކްޗަރަރ ތިން ކުދިންނަށް ވަކި ވަކިން ބަލާލުމަށްފަހު ލަހުން އާދެވުނު ސަބަބު އޮޅުންފިލުވުމަށް ސުވާލުކުރިއެވެ. ޖަވާބު ދިނުމަށް ޖުމާ ކުރިއަށް ޖެހިލި ވަގުތު ފަހަތުން މީހަކު ސަލާމް ގޮވާލިއަޑަށް ހުއްޓުނެވެ. ” ދިސް އިސް ނޮޓް ހެޕަނިންގ ޕްލީސް ގޯޑް” ދާއިންއަށް ބުނެލެވުނެވެ. ” ޔެސް އިޓް އިސް… ބަރާބަރު 30 މިނެޓު ލަހުން ތި އާދެވުނީ. ދެން މިފަދަ ކަމެއް ތަކުރާރު ނުކުރައްޗޭ.” ކޮލެޖްގެ ޑީންއަށް މި މަންޒަރު ފެންނަންވީ މިއަދު މިވަގުތުބާއޭ ޖުމާ ހިތަށް އެރިއެވެ. ޑީންގެ އިންޒާރަށްފަހު ކްލާހަށްވަދެ އެހެން ކުދިންނެކޭ އެއްފަދައިން ކިޔެވުން ކުރިއަށް ގެންދިޔުމަށް ފެށީ ލިބިފައިވާ ނުތަނަވަސްކަން ފިލުވާލަމުންނެވެ.” ހާއި، މީ ޝާން އެންޑް ދިސް އިސް މައި ފްރެންޑް ދާއިން” ހިމޭނުން ނީންދެވުނު ޝާން ޖުމާގެ ގަޔަށް ކަރުދާހުން ކުޑަ ބޯޅައެއް ހެދުމަށް ފަހު އެއްލާފައި އަހާލިއެވެ. ” ޖުމާ.. ނައިސް ޓު މީޓް ޔޫ” ޖުމާ ކުރު ތަޢާރަފެއް ދިނުމަށްފަހު އެނބުރި ޕްރެސެންޓޭޝަނަށް ސަމާލުކަށް ދިނެވެ. ” ލޯބި ބިޓެއް ދޯ؟ ދާއިންއަށް ޕާފެކްޓް” ޝާން އޭނާގެ ދުވަސްވީ ރަޙުމަތްތެރިޔާ ދާއިންއަށް ނިއް އެއްލަމުން ބުނެލިއެވެ. ” ކަމޯން ޝާން…” އަބަދުވެސް ބަސްމަދު ދާއިން މިފަހަރުވެސް އެއްޗެކޭ ކިޔަން ނޫޅުމުން ޝާން ހަތިޔާރު ބަހައްޓާފައި ކްލާހަށް ސަމާލުކަން ދިނެވެ.

ޝާންއާއި ދާއިންއަކީ ކުޑައިރުއްސުރެވެސް ވަރަށް ގާތް ރަޙުމަތްތެރީންނެވެ. އަބަދުވެސް އެއްގޮތް ޚިޔާލުތަކެއް ގެންގުޅޭ ދެ ކުދިންނެވެ. ދިރިއުޅުމުގެ މައިދާނަށް ނިކުތުމަށް އެޅި ފުރަތަމަ ފިޔަވަޅުވެސް އެޅީ އެކު އެކީގައެވެ. ޝާން އާއި ދާއިންގެ މިޒާޖުގައި އުޑާއި ބިމާހާއި ދުރު ފަރަގެއް ހުރިކަމުގައިވިޔަސް އެންމެ ފަހު ވަގުތު ދެމީހުންވެސް ކިޔަނީ އެކަށްޗެކެވެ. ޖުމާ އަކީ ކޮލެޖާއި އަލަށް ގުޅުނު ކުއްޖެކެވެ. ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އަޚްލާގީ ގޮތުންވެސް މެއެވެ. ޒުވާން ފިރިހެން ކުދިންގެ ހިތްތަކުގައި ކޫރުއަޅުވަމުން އަންނަ ސާދާ އަންހެން ކުއްޖެކެވެ. މައުނަވީ ހިނިތުންވުމަކާއި އެކު ފެންނަ ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ކްލާހުގައި މި ތިން ކުދިންނަށް ކައިރި ކައިރީ ތިބެވުން ވީ ރަޙުމަތްތެރިކަމުގެ ބޮޅަށް ތިން ނަން އިތުުރު ކުރުވި އިއްތިފާގަކަށެވެ. ރަޙުމަތްތެރިކަން ދުވަހެއް ދުވަހަކަށް ބަދަހި ވުމުގެ އަސްލުކަމުގައި   ކްލާސް އެން ތްްރީ ސީ ވެގެން ދިޔައީއެވެ.

 

މެންދުރުގެ އަވިބާރު ވަގުތުކޮޅު ދޭތެރެއަކުން ޖެހިލަމުންދާ ފިނި ވައިރޯޅިތަކުގެ އަރާމު ލިބިގަތުމަށް ކެންޓީނުން ފިނި ބުޔުމެއް ހިފައިގެން ބެންޗުތަކާއި ދިމާއަށް މިސްރާބު ބަދަލުކޮށްލި ޖުމާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް އައިނައި ދިމާލެއް ނޭންގި އޭނާގެ ކުރިމަށްޗަށް ދާއިން އައިސް ހުއްޓުމުންނެވެ. ދުވަހަކީ ކޮލެޖުގައި ވަރަށް ބުރަކޮށް އުޅެން ޖެހިފައިވީ ދުވަހެއްކަމުން ދާއިންވެސް ފިނި ބުޔުމެއް ހިފައިގެން އައިސް ޖުމާއާއި ބައިވެރިވެލިއެވެ. ” ސިލްވަރ ޖުބްލީއެއް ކަމަކު މީދެން ބޮޑުވަރު ދޯ؟” ދުރުން އައިސް ދާއިންއާއި ޖެހިގެން އިން ހުސްތަންކޮޅުގައި އިށީންދެލި ޝާން ހުރީ ދާހިއްލާ ފޯވެފައެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ދަރިވަރުން ކޮލެޖަށް އައީ ފޮތްތަކާއި ލެޕްޓޮޕްތަށް ހިފައިގެނެއް ނޫނެވެ. މުޅި ކޮލެޖުގައިވެސް ވަނީ ސިލްވަރ ޖުބްލީއަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާންތަކެވެ. ” ޔާ ދޯ؟ މިއަދު ވަރަށް ވަރުބަލި ވެއްޖެ އަދި އެބަ ހުރި ސްޓޭޖް ޑެކަރޭޝަންގެ ބައެއް މަސައްކަތްތައް ނުނިމި.” ޖުމާ ގައިން ވަރު ދޫކޮށްލަމުން ކަންނެތްކަމާއި އެކު ބުނެލިއެވެ ” ދެން ލެޓްސް ގޯ.. އަވަހަށް ނިންމާލީމަ އަހަރުންނަށްވެސް ފަސޭހައެއްނު..” ދާއިންގެ ޖުމްލައާއި އެކު ތިން ކުދިން އަވަސްވެގަތީ ސްޓޭޖާއި ދިމާލަށެވެ. އޭރުވެސް ކޮޅު ކޮޅުގައި ކުދިން ހޭލަ މޭލަ ވަމުންދެއެވެ. މޭޒުމަތީ ހުރި މާބޮނޑިތަކުން ދެތިން މާ ހިފައިގެން ހަރުގަނޑަށް އަރަމުން ދިޔަ ޖުމާގެ ހަރަކާތްތަކަށް ކަޅި ހުއްޓާލައިގެން ޝާންއަށް ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް ޚުދު އޭނާއަށްވެސް ނޭންގުނެވެ.  (ނުނިމޭ)

Share Article

Follow Me Written By

ޝަމް

Level 1

Other Articles

Previous

ގެއްލުނު އެކުވެރިޔާ… 1

Next

މިނަން ތިހިތުން ފިލުވާލަނީހޭ… 15

Next
February 18, 2020

މިނަން ތިހިތުން ފިލުވާލަނީހޭ… 15

Previews
February 17, 2020

ގެއްލުނު އެކުވެރިޔާ… 1

4 Comments!

  1. Yanaa says:
    February 17, 2020 at 4:00 pm

    Varah varah reethi ❤❤❤❤❤❤
    maa sha Allah????????
    waiting for the next part???

  2. Shahu says:
    February 17, 2020 at 5:42 pm

    Vvvvv rythi masha alllah …?????????????
    When next?

    1. ޝަމް says:
      February 18, 2020 at 8:31 am

      Inshallah miadhu mendhuru dhewana bai up kuraanan ?

  3. _._cute_pie_._ says:
    February 18, 2020 at 1:46 pm

    Vvv reethi???

Comments are closed.



All Right Reserved!