Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…16

eysh Level 510 Stories100 Comments100 Login500 Comments
February 25, 2020 5 Mins Read
41 Comments

ޒެވިން ކުއްލިއަކަށް، މައްޗަށް މޫނު އުފުލާލައިފިއެވެ. ހުއްޓުން އަރާފައި އެގޮތުގައި، އިރުކޮޅަކު ހުއްޓެވެ. އެ ހަށިގަނޑުގެ ވަރު ދޫވެގެން ތިރިވިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެ އުނަގަނޑުގައި އަތް އަޅުވައިލެވިއްޖެއެވެ. އޭރު ޒެވިން ހުރީ މޭގައި އަތް އަޅައިގެންނެވެ. ރަތްވަމުންދިޔަ ދެލޯ ވަނީ ބޮޑުވެފައެވެ. އޮހޮރެމުންދިޔަ ކަރުނަތައް އެއްވެސް ރަޙުމެއްނެތި އެ ކޯތާފަތުގައި ބީހެމުން ދަނީއެވެ. ޒެވިންގެ ކަޅި މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. ކަރުބުޑުން ނުކުތީ ވޭނީ އަޑެކެވެ. އަހަންނަށް ރޮއެގަނެވުނެވެ. އެކަނި ޙާލަށް، ޒެވިން ހިފަހައްޓައިލެވޭގޮތެއް ނުވިއެވެ. ނިޔާލް އާއި ނާޒިމް ދުވެފައި އައީ އެކުއެކީގައެވެ.

********

ހޮސްޕިޓަލަށް ގެންގޮސް، ޒެވިންއަށް ފަރުވާކުރަން ފެށިއެވެ. އަހަރެން ހުރީ ދެކޮޅަށް ހިނގާލަހިގާލައެވެ. ޒެވިން ނޫން އިތުރު ކަމެއް އަހަރެންގެ ސިކުނޑީގައި ނުވެއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަކާއި އެއްވަރަށް މަޑު ގިސްލުމުގެ އަޑުވެސް ބޭރުވަމުން ދިޔައެވެ. ކައިރީގައި ހުރި ނިޔާލްވެސް ހާސްވެގެން ދެކޮޅަށް ހިނގަނީއެވެ. އަވަސް ފަރުވާ ދޭ ކޮޓަރީގެ ބޭރުގައި ނާޒިމް ހުރީ ފާރުގައި އަތް ވިއްދާލައިގެންނެވެ. އެހުރިހާއިރު ވީއިރުވެސް، އިސްއުފުލައިވެސް ނުލިއެވެ. ހީވަނީ ކުރެވުނު ކަންތަކާއި އަމިއްލަ ނަފުޞު ކުށްވެރިކުރާ ހެންނެވެ.

ޒެވިންގެ ޚަބަރު ލިބުމާއިއެކު ޝާޔަން ހޮސްޕިޓަލަށް އައެވެ. އަހަރެންގެ ޙާލާއިމެދު ކަންބޮޑުވެފައިވާވަރު، އެ މޫނުމަތީގެ ޢަޞަރުތަކުންވެސް ހާމަވަމުން ދިޔައެވެ. ޝާޔަން ފެނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެ ހަށިގަނޑުގައި ބައްދާލުމާއިއެކު، ގިސްލާފައި ރޮވެން ފެށުނެވެ.

“ޝާޔަން… ކިހިނެތް މިވީ؟… ޒެވިން… ޒެވިން ވެސް އަހަރެން ދޫކޮށްލާފަ ދަނީތަ؟… އަހަރެން ދެން ކިހިނެތް ހަދާނީ؟… އަހަންނަށް ކެއާ ކުރާ އެންމެން ގެއްލެނީ ކީއްވެތަ؟… ރަވާން ހެދިހެން ޒެވިން ވެސް އެ ހަދަނީ…” އަހަންނަށް ރޮވެންފެށިގޮތަށް ހުއްޓައެއް ނުލެވުނެވެ. ޝާޔަންގެ ކައިރީގައި ޝަކުވާކުރަމުންދިޔައީ، ކުޑަ ކުއްޖަކު ފަދައިންނެވެ. ވަށައިގެންވި މާހައުލުގައިވާ އެއްވެސް ކަމެއް އަހަންނަކަށް މުހިއްމެއް ނޫނެވެ. އަހަރެންގެ ޙާލަތު ފެނި، މީހުންގެ މަލާމާތް ރައްދުވިޔަސް، އެވަގުތު ކެތްތެރިކަން އިސް ނުކުރެވޭނެއެވެ.

“ލިވީ… ތިކަހަލަ ވާހަކަ ނުދައްކަބަލަ… ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށޭ ވިސްނަންވާނީ.. ހިތްހަމަޖެހިގެން ހުރެވޭނީ އޭރުން…” ޝާޔަން މަސައްކަތްކުރީ އަހަންނަށް ވިސްނައިދޭށެވެ.

“އަހަރެން ކިހިނެތް އެގޮތަށް ވިސްނާނީ؟… ވިސްނާނެ ފުރުޞަތެއްވެސް އަހަންނަށް ލިބިއްޖެތަ؟… ވިސްނާވިސްނާ މިހާރު އަހަރެން ވަރުބަލިވެއްޖެ އޭ… އެއްކޮށް ހިތްވަރު ގެއްލިއްޖެ… ހަމަޖެހިގެން ހުންނަން އަހަރެން ކިހާ މަސައްކަތެއް މިކުރަނީ… އެކަމަކު އަހަންނަށް އެއްވެސް ހަމަޖެހުމެއް އެބަ ލިބޭތަ؟… ރަވާން އަހަރެން ދޫކޮށްދިޔައީ، އަހަރެން އެގޮތް ބޭނުންވެގެނެއް ނޫން… ދެންވެސް ބެލިން، ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް އަމިއްލަ ނަފުޞަށް ވިސްނައިދެވޭތޯ… އެކަމަކު، ތަޤުދީރު ނިޔާކުރިގޮތް ބަލާބަލަ… ދެން އެނބުރި އައީ އެ ސޫރައިގަ ހުރި އެހެން މީހެއް… އެއީކީވެސް އަހަރެން ބޭނުންވިގޮތެއް ނޫނޭ… ދެން މިހާރު، މިހާރު އަހަރެން އެ ސޫރައަށް އާދަވީމަ، ޒެވިންވެސް އެއުޅެނީ އަހަރެން ދޫކޮށްލާފަ ދާން… ޝާޔަން… އަހަރެންގެ ވެސް އޮންނަނީ ހިތެކޭ… މިހިތަށް ތަދުވެސް ވެޔޭ… ހިތްވަރުކޮށްކޮށް އަހަރެން މިހުރީ މޮޔަވާން ކައިރިވެފަ…” އަމިއްލަ މޭގައި މަޑުމަޑުން ޖަހަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީ ޝަކުވާގެ ރާގަކަށެވެ. އަޑު ތުރުތުރުއަޅާވަރުން އަހަރެން ކީ އެއްޗެއް ޝާޔަންއަށް ސާފުވާނެ ކަމެއްވެސް ނޭނގުނެވެ.

ދުރުގައި ބަލަން ހުރެފައި ނިޔާލް އައެވެ. އަހަރެންގެ ޙާލު ފެނުމުން، ނިޔާލް ހުރީ އިންތިހާއަށް ދެރަވެފައެވެ. ކުރެވުނު ކަންތަކާއި އަމިއްލަ ނަފުޞު ކުށްވެރިކުރާ ކަހަލައެވެ. ނިޔާލް އަހަންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު އެ ދެލޮލުގައި ކަރުނަތައް ވިދަމުންދިޔައެވެ.

“މީ އަހަރެންގެ ސަބަބުން ވީކަމެއް… ޒެވިންއަށް އެހެން އެވީ، އަހަރެންގެ ސަބަބުން… ފުރަތަމަ ދުވަހުވެސް އަހަންނަށް އެކަމަށް އެއްބަސް ނުވެވުނުނަމަ، މިހެން މިކަމެއް ނުވީސް… މިހާރު ހިތަށް އަރަނީ، އަހަރެން ކުރި ކަންތަކަށް މާފުވެސް ޙައްޤެއް ނޫނޭ… ޒެވިންއަށް ދެރަކަމެއް ވެއްޖެއްޔާ އަމިއްލަ ނަފުޞަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ…” ކުށްވެރިއެއްހެން އިސްޖަހާލައިގެން ހުރި ނިޔާލްގެ ލޮލުން ކަރުނަތައް އޮހެން ފެށިއެވެ. ޝާޔަން އަވަސްއަވަހަށް ނިޔާލްގެ ކައިރިއަށް ޖެހިލާފައި ކަރުނަތައް ފޮހެލަދިނެވެ.

“މީ ނިޔާލްގެ ކުށެއް ނޫން… ޒެވިންއަށް ދިމާވި އެއްވެސް ކަމަކަށް، ނިޔާލް މާފަށް އެދޭކަށް ނުޖެހޭނެ… ހަޤީގަތް ހާމަކޮށްގެން ނިޔާލްއަށް ތިކޮށްދެވުނީ ހެޔޮކަމެކޭ… ދޯ ލިވީ…” ޝާޔަން ބެލީ ނިޔާލްއަށް ވިސްނައިދެވޭތޯއެވެ. ފަހު ޖުމްލަ ބުނެފައި، އަހަންނާއި ދިމާއަށް ބަލައިލުމުން، އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީމެވެ.

އަވަސްފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި، ޑޮކްޓަރު ނުކުތީ، އަހަރެމެން އެހެން ތިއްބައެވެ. ޝާޔަންގެ ގައިން ދޫކޮށްލާފައި އަހަންނަށް އެ ދިމާއަށް ދުއްވައިގަނެވުނެވެ. އޭގެ ކުރިން ޑޮކްޓަރާއި އެކުގައި ނާޒިމް އެތެރެއަށްވަދެ، ދޮރު ލައްޕާލައިފިއެވެ. ދޮރުމަތީގައި އަހަރެން ހުރީ އެ ދޮރު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވެ، ދޮރު ހުޅުވާލާފައި، ނަރުސްކުއްޖަކު ނުކުމެއްޖެއެވެ. އެކުއްޖާ ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ.

އަހަރެން އަވަހަށް ގޮސް އެކުއްޖާގެ އަތުގައި ހިފައި ހުއްޓުވީމެވެ. އެކުއްޖާ އަހަންނަށް ބަލައިލާފައި، ނިތް އަރުވާލިއެވެ. އެ މޫނުމަތިން ފެނުނު ހިތްހެޔޮކަން، ސުވާލުކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

“ސިސްޓަރ… ޒެވިން، ޒެވިން ކިހިނެތް؟…” ނަރުސްކުއްޖާގެ އަތަށް ފިތައިލަމުން، އަހަރެން ސުވާލުކޮށްލީމެވެ.

“މިހާރު، މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަނީ… މާބޮޑަށް ލޭ މަދުވީމަ އެހެން އެވީ…” ނަރުސްކުއްޖާ ވާހަކަ ދެއްކީ ހިތްހެޔޮ ރާގަކަށެވެ.

“ދެން ކިހިނެތްތޯ ހަދަންޖެހޭނީ؟…” އަހަރެން ހާސްވެފައި ސުވާލުކުރީމެވެ.

“ޕޭޝަންޓްގެ ބައްޕަ ކައިރީ ބުނެލައިފިން ބްލަޑް ޑޯނަރ އެއް ހޯދާލަން… މިހާރު އެކަމާވެސް އެބަ އުޅޭ… އެހާ ހާސްވާވަރުގެ ބޮޑު މައްސަލައެއް ނެތް…” ނަރުސްކުއްޖާ ބުންޏެވެ.

“ދެން ކިހާއިރަކުތޯ އަޅުގަނޑަށް ޒެވިން އާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބޭނީ؟…” ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް، އަހަންނަށް ސުވާލުކޮށްލެވުނެވެ.

“ވަރަށް އަވަހަށް ލިބޭނެ… ކުޑަ ވަގުތުކޮޅަކު މަޑުކޮށްލަދީ އިނގޭ… އެތާ ގޮނޑީގަ އިށީނދެލައިގެން އިނަސް އޯކޭވާނެއޭ…” ނަރުސްކުއްޖާ އެހެން ބުނެފައި، ހިނިތުންވެލިއެވެ. ހީވީ އަހަރެންގެ ޙާލާއިމެދު ހަމްދަރުދީވެފައި ހުރި ހެންނެވެ.

“ސިސްޓަރ އަދި އެއްޗެއް އަހާލަން ބޭނުން…” ނަރުސްކުއްޖާ ހިނގައިގަތުމުން އަހަންނަށް ބުނެވުނެވެ. އެކުއްޖާ ހުއްޓިފައި ބޯޖަހާލިއެވެ.

“މާބޮޑު މައްސަލައެއް ނެތިއްޔާ، ދެން ކީއްވެގެންތޯ އެތާ ތެރޭގަ އެހާ ގިނައިރުވަނީ؟… ވޯޑަށް ބަދަލު ނުކުރަނީ ކީއްވެތޯ؟…” ހާސްވެފައި ހުރުމުން އަހަންނަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ.

އަހަރެން ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ނަރުސްކުއްޖާ ބަލައިލީ ޝާޔަންއަށެވެ. އެ ނަޒަރުން ބުނެދިނީ، ފުލުފުލުގައި ޖަވާބުދިނަސް، އަހަރެންގެ ސުވާލުތަކަށް ނިމުމެއް ނާންނާނެ ކަމެވެ. ޝާޔަން އަވަހަށް އައިސް އަހަރެން ދުރަށް ގެންދިޔައެވެ.

“ލިވީ ކިހިނެއްތަ ތިއުޅެނީ؟… ތިހެން އުޅޭނީ ކުޑަކުދިންނޭ… އެބުނީނު ދެން ނުވާނޭ މާގިނައިރެއް… ހިނގާބަލަ އެތާ އިށީންނަން…” އަހަރެން ގޮވައިގެން ގޮނޑިތަކާއި ދިމާއަށް ހިނގައިގަންނަމުން ޝާޔަން ބުންޏެވެ.

“ޝާޔަން… އަހަރެންގެ ހިތަށް ވަރަށް ބޮޑު ލުއިކަމެއް ލިބިއްޖެ… ދެން އިށީނދެލައިގެންވެސް އިނދެވިދާނެ… އެކަމަކު އަދިވެސް ހިތަށް ހަމަޖެހުމެއް ލިބޭނީ ޒެވިން ފެނުނީމަ…” އަހަރެންގެ ހިތަށް ލިބުނު އުފާ ބުނެދޭންވެސް ނޭނގުނެވެ. ދެލޯ މަރާލުމާއިއިއެކު، އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައީ، އުފާވެރިކަމުގެ ކަރުނައެވެ. ޝާޔަން އަހަރެންގެ ދެއަތުގައި ހިފާލަމުން، އެ އުފަލުގައި ބައިވެރިވެލިއެވެ.

“ލިވީ… އަހަރެން މިއަދު އެހެން ކަމަކާވެސް ވަރަށް އުފާވޭ އެބަ… އަހަރެމެންގެ ހީނަރުވެފަވާ ގުޅުން، ކުރީގެ ގޮތަށް އިޔާދަވީކަން އިޚްސާސްވީމަ، ހިތަށް ވަރަށް ލުއިވެއްޖެ… ދެން ދުވަހަކުވެސް، ލިވީ ދެރަވާކަހަލަ ކަމެއް ނުކުރާނަން… އެއްވެސް ސިއްރެއް ނުބާއްވާނަން…” ޝާޔަން ޔަޤީންކަމާއި އެކުގައި ބުންޏެވެ. އަހަރެންވެސް އެ ޖުމްލަތައް ތަކުރާރުކޮށްލީމެވެ.

އަހަންނަށް ޒެވިން އާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނީ، އަވަސްފަރުވާ ދިނުމަށްފަހު، ވޯޑަށް ބަދަލުކުރި ފަހުންނެވެ. އަހަރެން ހުރީ އެވަގުތަކަށް ކެތް މަދުވެފައެވެ. ލަހެއް ނުކުރަމެވެ. ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނީ، ނާޒިމް އެތާ ހުރިކަން އެނގޭ ޙާލުގައެވެ. ނާޒިމް ކޮންމެ އެއްޗެއް ކިޔަސް، އަހަރެން އެތަނުން ފައްސައި ބޭރުކުރަން އުޅުނަސް، ގުޑުމެއް ނާރާނެހައި، އަހަރެންގެ ޢަޒުމް ވަރުގަދަވެފައި ވިއެވެ.

އަހަރެން އެތެރެއަށް ވަންއިރު، ޒެވިން އޮތީ އެނދުގައެވެ. އެ ނަޒަރު ހުއްޓިފައިވީ ކައިރީގައި އިށީނދެލައިގެން އިން ނާޒިމްއަށެވެ. ނާޒިމް އިނީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ. އަހަރެން ދޮރު ހުޅުވައިލުމުން ދެމީހުންވެސް ދޮރާއި ދިމާއަށް ބަލައިލީ އެކުއެކީގައެވެ. އަހަރެން ފެނުމާއިއެކު، ނާޒިމް ފުންމައިގެން ތެދުވެއްޖެއެވެ. ޒެވިންގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަހަންނާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި، ނާޒިމް ނުކުތީ ބޭރަށެވެ. ހީވީ އަހަންނަށް ފުރުޞަތު ދީފައި ނުކުތް ހެންނެވެ. ޤަބޫލުވެސް ނުކުރެވިފައި، ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ.

އެހުރިހާއިރު، ޒެވިން އޮތީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަހަރެން ކައިރިއަށް ދާންފެށުމުން އެ ތުންފަތް މަތީގައިވި ހިނިތުންވުން، ފުންވެގެން ދިޔައެވެ. އެ ނަޒަރުގައި ތަފާތު ގޮތެއް ހުރިކަން އަހަންނަށް ފާހަގަވިއެވެ. އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ޒެވިންގެ ކައިރީގައެވެ. ކުޑައިރުކޮޅަކު އެ މޫނަށް ބަލަން ހުރެފައި އަހަރެން ދެލޯ ހަނިކޮށްލީ، ހިތާމައިގެ މައްޗަށް އެހެން އިޚްސާސްއެއް އުފަންކުރުމުގެ މަޤުޞަދުގައެވެ. ޒެވިންގެ ކުރިމަތީގައި ރޯކަން ދައްކައިގެން ފިނޑިއަކަށް ވާން ބޭނުން ނުވާތީއެވެ.

“އަހަރެން މިހުރީ ވަރަށް ރުޅި އައިއްސަ…” އަނެއްފަރާތަށް މޫނު އަނބުރައިލަމުން އަހަރެން ބުނީމެވެ.

ރުޅިވެރިކަން އިސްކުރަން އުޅުނަސް، އެކަން ކުރަން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތީ ދާދި އަވަހަށެވެ. ހިތް އެދި ގޮވަމުން ދިޔައީ، ރޮއެރޮއެފައި ޝަކުވާކުރުމަށެވެ. ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް، ޒެވިން ލައްވައި، ވަޢުދު ކުރުވާށެވެ. ވެދިޔަ އެއްވެސް ކަމަކީ ޒެވިން ގަސްދުގައި ކުރި ކަމަކަށް ނުވާއިރުވެސް މެއެވެ. ތަކުރާރުކޮށް އެސްފިޔަ ޖަހާލާފައި ކަރުނަތައް ހިންދައިލީމެވެ. އެކަމަކު ލަގޮނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ.

“އޯޚް… އަހަރެން މިހާލުގައި އޮއްވާވެސް، ތިވާހަކަ ބުނަންތަ ތިއައީ؟… އެއީ ކީއްވެކަން ބުނެދީފާނަންތަ؟…” ޒެވިންގެ އަޑު މަޑެވެ. ލޯބިން ފުރިގެންވީ އެ އަޑު އިވުމުން، އިތުރަށް ޝަކުވާކުރަން ބޭނުންވިއެވެ.

ރުޅި އައިސް ތުން ފިއްތާލާފައި އަހަރެން ޒެވިންއަށް ބަލައިލީމެވެ. ޒެވިން އޮތީ ރީތި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. ހީވަނީ އަހަރެންގެ އެ އަމަލުން އެ ހިތަށް ހަމަޖެހުން ލިބުނު ހެންނެވެ. ރުޅި އައިސް ހުރިކަން ދެއްކުމުގެ ގޮތުން، ކުރިއަށްވުރެ ބޮޑަށް ދެލޯ ހަނިކޮށްލާފައި، ހަށަމް ބަނދެލީމެވެ.

“ނޮޓް ފަނީ އޯކޭ… އަހަރެން މިހުރީ ހަމަ އަސްލަށްވެސް ރުޅި އައިސްފަ… ކީއްވެކަން ބުނެފާނަން… އެއީ އަހަރެން ދައްކާ ވާހަކަ އަޑު ނީވޭތީ… ބުނީމަ ބުނާގޮތް ނަހަދާތީ… އަޑު އިވިއްޖެތަ؟…” އަހަރެން ނުރުހިފައި ބުނީމެވެ.

“ތިބުނީ ހާދަ ހެއްވާ ވާހަކައެކޭ… އަހަރެން ތިއަށް ކޮން ޖަވާބެއް ދޭންވީ؟… ތިބުނީވިއްޔަ އަޑު ނީވޭތީއޭ ރުޅި އަންނަނީ…” ޒެވިން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

“ދެން ހެޔޮ، ނޫޅެން…” އަހަރެން ތުން ފިއްތައިލީމެވެ.

“އަހަރެން ހިތަށްއަރާ ތީހަމަ ލިވީ ބާއޭ… ލިވީ ތިހާ ހަރުކަށިވާން ދަސްކުރީ ކާކު ކައިރިންކަން ބުނެދީފާނަންތަ؟…” އަހަރެންގެ އަތުގައި ހިފާލަމުން ޒެވިން ސުވާލުކުރިއެވެ.

“ބުނީމަ ބުނާގޮތް ނުހަދަންޏާ ރުޅި އަންނާނަން… ދެންވެސް ބުނީމަ ބުނާ ގޮތް ހަދާތި، އޭރުން ރީތިކޮށް ވާހަކަ ދެއްކޭނީ…” ޒެވިން އާއި ދިމާއަށް ބަލައިލަމުން އަހަރެން ބުނީމެވެ.

“އަހަރެން ބަލިވީމަވެސް ލިވީއަށް އެނގެނީ ތޮޅެންތަ؟…” ލުއި ހިނިގަނޑެއް ޖަހާލަމުން ޒެވިން ބުންޏެވެ.

“އަހަރެން ތޮޅެން ދަސްކުރީ ކާކު ކައިރިންކަން އެނގެއެއްނު… މިހާރު އަހަރެން މިހުރީ އެދުރުވެގެން… ދެން ހިނގާނީ އަހަރެންގެ ބާރު… އަޑު އިވިއްޖެތަ؟…” އަހަންނަށް ބުނެވުނީ އެހިސާބަށެވެ.

ޒެވިން އަހަރެންގެ އަތުގައި ހިފައި ގާތަށް ދަމާލައިފިއެވެ. އަހަރެން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ޒެވިން އާއި ދިމާއަށް އަރިއަޅައިލުމުން، ދެއަތް އަޅުވައިލެވުނީ އެނދުގައެވެ. އޭރު އަހަރެންގެ މޫނު ވަނީ ޒެވިންގެ މޫނާއި ޖެހޭ ނުޖެހޭހައި ކައިރީގައެވެ. އަހަންނަށް އިތުރު ކަމެއް ކުރާނެ ފުރުޞަތު ނުލިބެނީސް، ޒެވިން އަހަރެންގެ ދެކޯތާފަތުގައި ހިފަހައްޓާލައިފިއެވެ. އެ ހޫނު ނޭވާގެ އިޚްސާސް ވާހައި ކައިރިއަށް ގެންދިޔުމާއިއެކު، އިޚްސާސްކުރެވިގެން ދިޔައީ އެ ތުންފަތުގެ ބީހުމެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ޒެވިން އާއި ދުރަށްޖެހިލުމަށް ގަދަ ހަދައިލީމެވެ. އެކަމަކު ޒެވިން އެ ފުރުޞަތެއް ނުދިނެވެ. ކުރިޔަށްވުރެ ބާރަށް އަހަރެންގެ ދެކޯތާފަތުގައި ހިފަހައްޓާލައިފިއެވެ. އިރުކޮޅަކު ގަދަހަދާލާފައި، ހުއްޓާލަން އަހަންނަށް މަޖުބޫރުވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އެ އަމަލުގައި އަހަންނަށް ބައިވެރި ވެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހީވޭ ހިތް ބުނާހެން 13

Next

އަހަރެން މިވާ ލޯތްބާ ވަކިނުވޭ

Next
February 26, 2020

އަހަރެން މިވާ ލޯތްބާ ވަކިނުވޭ

Previews
February 25, 2020

ހީވޭ ހިތް ބުނާހެން 13

41 Comments!

  1. Sheen Shiru says:
    February 25, 2020 at 10:04 pm

    Yeyyyy 1st o ???

    1. eysh says:
      February 26, 2020 at 1:10 am

      Yessss first ?❤❤ congratulations dear

  2. Cutedevil? says:
    February 25, 2020 at 10:21 pm

    Varah reethi ♥️

    1. eysh says:
      February 26, 2020 at 1:10 am

      Thank u so much dear ?❤❤

  3. ??? says:
    February 25, 2020 at 11:16 pm

    ?????? vvv reethi n curiously waiting for next part ??????

    1. eysh says:
      February 26, 2020 at 1:11 am

      Thank u so much dear ?❤❤

  4. Sheen says:
    February 25, 2020 at 11:22 pm

    Wowwww amazing ????????????♥️?????????????????????? SPEECHLESS. Seriously haadha haadha reehchey. Sonivetteyhaa furihama. ????????????????????????????????????????????????????????????????????????? Sifakohdheefa huri gothun ithurah visnaalaanves nujehey. Vvvv habeys ??????????????????????????????????? Ibaaraaiy kurun ves hama ehaa fashuvi. Eysh ge vaahaka thah kiyaalan hama vvv hiygaimu jumulathah saadhaavefa basthah fashuvi veema kiyaalan v faseyha. ???????????????????????????????????????????????????????????? Dhen mi part kiyaafa haadha heekureveyey ae ravaan kamah. Heevanee xevin ravaan ge furaana salaamaiykohdhineeheh.. Alhe ehen vejiyyaa haadha ufaaverivaaney ♥️????♥️????♥️???♥️???♥️????♥️?????♥️????????♥️??♥️?♥️????♥️???????♥️ Mi part nimmaalaafa ineeves haadha interesting kohshey. Romantic kamun hama inthihaa ????????????????????????????????????????????????????????????????? Eysh is the best and best. U r really great and telented. Lysm ???????♥️♥️♥️♥️♥️♥️♥️????????????????????????????Waiting for the next part. ???????????????????♥️♥️♥️♥️???????????????????????????????????????????????????????????

    1. eysh says:
      February 26, 2020 at 1:11 am

      Thank u so much dear ?❤❤ varah varah ufaavehje cmnt kiyaalaafa ? hingaa dho balamaa vaagotheh.. keep waiting ??❤❤

  5. ލަމް says:
    February 25, 2020 at 11:37 pm

    މާޝާﷲ. ވަރަށް ހިތްގައިމެވެ. އެހާމެ ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހާވެސް
    ފުރިހަމައެވެ. ހަޤީޤަތުގަވެސް ވަރަށް ނަލައެވެ ހިޔާލު ވަރަށް އުފެއްދުންތެރިއެވެ. އެހާމެ ހުނަރުވެރިއެވެ. ވވވވ ރީއްޗެވެ. ތީހަމަ އެންމެ ބެސްޓް ރައިޓާރއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ ވެ.

    1. eysh says:
      February 26, 2020 at 1:12 am

      Awww Thank u so much dear ?❤❤ varah varah ufaavehje cmnt kiyaalaafa ? keep waiting ??❤❤

  6. Mahoo says:
    February 25, 2020 at 11:45 pm

    Intresting seriously.. i am speachless.. great story❤❤

    1. eysh says:
      February 26, 2020 at 1:13 am

      Aww Thank u so much dear ?❤❤ varah varah ufaavehje cmnt kiyaalaafa ?

  7. Meekkomee says:
    February 26, 2020 at 12:45 am

    Siss …… Part ves varah Varah Reethi ???n sifakurun
    it’s awesome ????? whn is next…….. curiously waiting for the nxt part ??????………….ahvaha up kohla dhythi ingyyy ???????……….. one of my favourite story ever?????????…………luv yeahhhh ❤️❤️❤️❤️?????????????❤️ ttly ❤️❤️❤️??❤️❤️❤️❤️??❤️❤️✌️✌️

    1. eysh says:
      February 26, 2020 at 1:13 am

      Awww Thank u so much dear ?❤❤ varah varah ufaavehje cmnt kiyaalaafa ? In Sha Allaah will try ❤ keep waiting ??❤❤

  8. eysh says:
    February 26, 2020 at 1:18 am

    Salaam.. hurihaa kudhin kihinehtha? Story v lasvehje dho mifaharu.. v bxy dhuvaskolheh v ma nuliyevenee ehaa ginain.. but will try to bring next part as soon as i can.. next part v avahah kiyaalan libeyne In Sha Allaah.. v bodubai liyelaafa innaanee.. keep waiting..
    Kehtherikamaa ekee inthizaarukohleema v ufaavehje.. good nyt all..
    Kiyaalaafa cmnt eh kohlahchey ingey ???

  9. NooYas says:
    February 26, 2020 at 8:57 am

    V reethi mi bai es. Its beautiful. Waiting for the next part. Zevin baliveema v dheravi. But he is now good ennu dhw. Ehnma happy. Love you eysh ❤️❤️❤️????❤️?❤️?

    1. eysh says:
      February 26, 2020 at 11:36 pm

      Aww thank u so much dear ?❤❤ v ufaavehje mi part ves kamudhiyaeema.. Keep waiting ly2 ?

  10. Kylie says:
    February 26, 2020 at 8:59 am

    Maasha allah V reethi mi part vx hama habeys…. Waiting fr nxt part…. Ly

    1. eysh says:
      February 26, 2020 at 11:37 pm

      Thank u so much kylie ?❤❤ v ufaavehje mi part ves kamudhiyaeema.. Keep waiting ly2 ?

  11. Lamko says:
    February 26, 2020 at 9:37 am

    Wooow vv reethi…m speechless….sisoo vvvvvvvvvv furihama….whn nxt….curiously waiting for the nxt part❤️❤️❤️❤️ly sis

    1. eysh says:
      February 26, 2020 at 11:38 pm

      Awww Thank u so much lamko ?❤❤ v ufaavehje mi part ves kamudhiyaeema.. In Sha Allaah maadhamaa noonee Friday ga new part genesdheynan.. Keep waiting ly2 ?

  12. Kairaa says:
    February 26, 2020 at 9:41 am

    Omg… varah reethi mi part vx…….waiting for the nxt part….

    1. eysh says:
      February 26, 2020 at 11:39 pm

      Thank u so much kai ?❤❤ v ufaavehje mi part ves kamudhiyaeema. Keep waiting ?

  13. Aasha says:
    February 26, 2020 at 11:02 am

    eysh ge hurihaa vaahaka eba kiyan. but comment eh nukuran. this is my v first comment to ur story. ❤V v riythi Sis ge hurihaa story ehves. Keep it up??. I’ll always support u.? sis kon rashehtha. I’m from L.Gan

    1. eysh says:
      February 26, 2020 at 11:42 pm

      Awww so happy to c a cmnt frm u Asha.. v ufaavehje hurihaa stories ves kiyaalaa kan enguneema.. glad that u liked.. first cmnt v sweet. Unmeedhukuran ehen story thakunves cmnt eh fennaane kamah.. Thank u so much ?❤❤ means a lot.. Keep waiting fr the next ?

  14. Choppi says:
    February 26, 2020 at 11:23 am

    I have a very strong feeling that zevin aky ravaan hen. May be I’m wrong but still I feel like that ???. Masha Allah story varah reethi..

    1. Anonymous says:
      February 26, 2020 at 6:41 pm

      Choppi e buniinnu zevin eiii ravaan eh nooney……they are twins brothers eyh…

    2. eysh says:
      February 26, 2020 at 11:44 pm

      Awww choppi hingaa dho balamaa.. hama vedhaane gotheh thives.. v avahah ingeyne hageegaiy.. Thank u so much ?❤❤ v ufaavehje mi part ves kamudhiyaeema ?

    3. eysh says:
      February 26, 2020 at 11:49 pm

      Anonymous ebunihen zevin nd ravaan akee twins eh

  15. magnumm says:
    February 26, 2020 at 1:52 pm

    alhey so cute??????????…vrh vrh vrh vrh vrh vrh rythi mi part vx??????…m shocked cuz ehaa stry genesdhyfa inleh rythi vma❤❤❤❤❤…mi stry nunimuniyya rangalhy?????…ahahah…kon irakun tha next???mihaarun sure count kuran fashany mi nge????LYE

    1. eysh says:
      February 26, 2020 at 11:48 pm

      Hi magoo.. thank u so much.. varah udaavehje mi baives kamudhiyaeema ?❤❤ Aww.. means a lot.. konme kamakahves nimumeh annaanethaa dho dear.. eysh ves beynumeh nuvey ehaa avahah nimmaakah hehe.. In Sha Allaah kuriyah oiy 2 dhuvas therey next part genesdheynan.. ly2 keep waiting ?

  16. Yanaa says:
    February 26, 2020 at 2:51 pm

    Varah varah varah reethi?????????????????
    maa sha Allah ❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    waiting for the next part???????????????

    1. eysh says:
      February 26, 2020 at 11:50 pm

      Aww thank u so much Yanaa.. ?❤❤ So happy dear.. fenvaruga in eysh ge story in ves yanaa ge cmnt eh fenuneema v ufaavi.. ? keep waiting dear ?

  17. Aby says:
    February 26, 2020 at 2:53 pm

    Wow varah reethi ❤❤ when next part??? Waiting☺?
    #Best writer ?

    1. eysh says:
      February 26, 2020 at 11:52 pm

      Aww thank u so much Aby.. ?❤❤ So sweet.. v ufaavehje story kamudhiyaeema and best writer buneema.. means a lot.. ? next In Sha Allaah kuriyah oiy 2 dhuvas therey.. keep waiting dear ?

  18. lily says:
    February 26, 2020 at 4:50 pm

    varah madhun kiyaala hiyyvakahala reethi story eh kiyaalan libenee.varah reethi mivaahaka kuriah gendhaa goiyy. soo in it.
    konme dhuvahakuves balaalevey story upload kohfa intho.

    1. eysh says:
      February 26, 2020 at 11:54 pm

      Awww so sweeet.. varah varah ufaavehje cmnt kiyaalaafa ?❤❤ means a lot.. thank u so much dear.. Unmeedhukuran story nimendhenves shauguveri kamaa ekee kiyaalaane kamah.. In Sha Allaah v avahah next part upload kohladheynan.. Keep waiting ?

  19. no name says:
    February 27, 2020 at 12:13 pm

    Maasha Allaah Thivareh hama nethey buneveynee. keep it up

    1. eysh says:
      February 27, 2020 at 5:03 pm

      Thank u so much dear ?❤❤

  20. nnnn says:
    February 27, 2020 at 12:26 pm

    kithah part adhi ebeh baaky

    1. eysh says:
      February 27, 2020 at 5:03 pm

      Dhethin part dhen baakee.. ❤

Comments are closed.


All Right Reserved!