Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ބުނެދޭކަށް 2

💞Shaa💞 Level 3100 Comments100 Login10 Stories
February 8, 2020 2 Mins Read
7 Comments

މިޒްނާ އެހެން ބުނުމަށްފަހު ފޮތް ހަރުގަނޑުން ފޮތެއް ނަގައިގެން މިސްރާބު ޖެހީ އެންމެ ފަހަތަށް،ކަނަށްވާ ގޮތަށް އިން ޑެސްކާ ދިމާލަށެވެ. ފޮތުގެ އެތެރެ ހާވަމުން ދިޔަ މިޒްނާ ސިއްސައިގެން ދިޔައީ އެތަނުން ދިޔަ ފިރިހެނެއް ގައިގާ ޖެހުމުނެވެ.
“ކަލޯ ދެން އެ ދިޔާ .. ނިކަން ބަލައިލާގެން އުޅޭނަމަ.” އެ ފިރިހެނާ އެހެން ބުނެލުމުން މިޒްނާ ފަހަތް ބަލާލިއެވެ.
“މާނިއު .” މިޒްނާގެ އަނގައިން ނިކުތީ އެ ނަމެވެ.
ބޮލުގެ ތެރޭގައި މާޒީގެ ދުވަސްތައް އެނބުރެން ފެށިއެވެ. މާނިއު އަށް މިޒްނާ އާ ދިމާ ބަލަހައްޓައިގެން ހުރީ ކުށްވެރިޔަކުހެނެވެ. މިޒްނާ އާ ދޭތެރޭ މާނިއު ކަންތައް ކުރެވުނީ ރަނގަޅަަށް ނޫންކަން މާނިއު ގަބޫލް ކުރެއެވެ. ނަމަވެސް އެ ދުވަސތަކެއް އަލުން އަނބުރައެއް ނުލިބޭނެވެ. މާނިއު ކިތަންމެހާވެސް މިޒްނާގެ މާފް ބޭނުމެވެ.
” އޭތް. އޭތް ތީ އޭ ފިރިހެނަކާ ދިމާލަށް ކަޅި ނު އެއްލަން ބުނިމީހާ ބަލާބަލަ ނިކަން” ޝިފްރާ ބުނެލިއެވެ.
ހަޤީޤަތުގައި ޝިފްރާ އަކީ އެހެން ރަށަކު ކުއްޖެކެވެ. ޝިފްރާ މޮޅަށް ކިޔެވުމަށްޓަކައި އެހެން ރަށަކަށް ބަދަލު ވީއެވެ.
އެހެން ކުރިން ހިނގައި ދިޔަ އެއްކަމެއް ވެސް ޝިފްރާއަށް އެނގިފަކާ ނުވެއެވެ.އަދި މިޒްނާ ކިޔާދޭކަށް ބޭނުމެއް ވެސް ނޫނެވެ.
އެހެން ބުނުމުން މާނިއު ދެވަނަ ފަހަރަށް މިޒްނާގެ މޫނަށް ބަލައިލުމަށް ފަހު އެ ތަނުން ދިޔައެވެ.
“މިއަދު ގަޑިއިރެއް ތި ދިޔާ މާނިއު މޫނަށް ބަލަން ހުއްޓާ..ފޮތެއް ކިޔޭނެ ވަގުތެއް ނެތް ހިނގަދާން.”
އަތު ކުރީ އޮތް ގަޑިއަށް ބަލައިލަމުން ޝިފްރާ ބުނެލިއެވެ.
*-*-*-*-*-*-*-**-*-*-*-*

ސާނިދު ގެޔަށް އައިސް ވަނެވެ. އެ ވަގުތު ހިޔާލުގައި ވީ އޭނާގެ ބޭވަފާތެރި ލޯބިވެރިޔާއެވެ. ކިތަންމެ ހަނދާނުން ފުހެލަން މަސައްކަތް ކުރި ނަމަވެސް ސާނިދު ވަނީ އެކަމަށް ނުކުޅެދިފައެވެ. ނަމަވެސް ސާނޮދު ކުރި މަސައްކަތް އެންމެ ގާތުން ބައްލަވަ ވޮޑިގެން ވަނީ ހަމަ އެއްކއުވަންތަ އިލާހެވެ.
ސާނިދު އެ އަންހެން ކިއްޖާއާ ދުރުވުމަށްޓަކައި ކިޔެވުމަށް ފުރިހަމަ ސަމާލުކަން ދީ އެކަމަށް ހުސްވިއެވެ. އަޅުކަންތައް ބަރާބަރަށް އަދާ ކުރުމަށް އަޒުމު ކަނޑައަޅައި އެކަން ވެސް ހިތްވަރާއެކު ކުރަމުން އައެވެ.
އެ ދުވަސްވަރަކީ ސާނިދުގެ ހަޔާތަށް އައި ބަހާރު މޫސުމޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ކިޔަވާ ވަގުތު ސާނިދުގެ ބޮލުގައި މަންމަ ފިރުމާދީ އެކި ކަހަލަ ކާ އެއއްޗެހި ކާނ ދެއެވެ. އޭގެ ތެރެއިން ވެސް އެންމެ މީރު ވައްތަރު ތަކެވެ. ނަތީޖާގެ ގޮތުން ސާނިދުގެ ކިޔެވުން މޮޅުވެ ޖީސީ އިން ޓޮޕް ޓެންގައި ހިމެނުނެވެ.
މި އަހަރަކީ ސާނިދު 12 ކިޔަވަަ އަހަރެވެ. އޭލެވެލްގައި ވެސް އެފަދަ ނަތީޖާއެއް ހޯދުމަކީ ސާނިދުގެ ހުވަފެނެކެވެ .

_________________________________

މިޒްނާ ގެއަށް އައިސް ވަދެ ފުރަތަމަ ވެސް ދިޔައީ އޭނާގެ މަންމަގެ ގާތަށެވެ. މަންމަ ފެނުމުން މިޒްނާގެ ލޮލުން ކަރުނަ ހިލުނެވެ.
“މަންމާ.. މަންމާ… އަޅުގަނޑު މީގެ ކުރިން ރއްޓެހި ވެގެން އުޅުން ކުއްޖާ އެއްމަސް ފަހުން މި ރަށަށް އައިއްސި.. މަންމާ… ދެންވާނީ ކިހިނެއް_____؟ އަހަރެންގެ ކޮން ކުށެއް އޮތީ މަނިއު އަހަންނަށް އެހެން ހަދަން… ލޯބިވެޔޭ ކިޔާފަ ދޮގު ހަދާ މަކަރު ހަދާ އޮޅުވާލީ.. އޭނަ ބޭނުންވި ކަންތައް ފުދުނީމެަ ” މިޒްނާ އެހެން ކިޔަމުން ދިޔައިރު މިޒްނާގެ މަންމގެ ލޮލުން ވެސް ކަރުނަތައް ދެމެމުން ދިޔައެވެ.
“ދަ….ދަރު….ފފފުުު….ޅާާޅޅޅޅ.. ކްކްކްކކްކެތްކްކްކްކުރޭ..” މަންމަގެ ބަލި އަޑުން ބުނެލިއެވެ.ސްކޫލް ޔުނީފޯމާއެކު ހުރެ މިޒްނ ާރޮމުން ދިޔައެވެ.
މަންމަ ކައިރިން ދުރަށް ދިޔައީ ޔުނީފޯމް ބަދަލު ކުރާށެވެ.
“ފެނިދެނިވާ… އެ ދުވަސތައް އަނބުރާ ލިބި ދާނެބާ އެ ދުވަސް ހަނދާނުގައި ނުފިލާ ވުމާ ހެވިފާ ތިބާ ގިތުގެ ތެރޭގާ ފެވި ރަހުމާ ހިތުގެ އުދާހުން ދުރު ވާނެބާަ….”
މިޒްނާ ސިޓިން ރޫމަ އަށް ދިޔަ އިރު ޖަހައިފާ ވާ ލަވައިން މިޒްނާގެ ހިތަށް އަސަރު ކުރިއެވެ.
“ދޮންބޭ.. މިޒް އެހާ ހިތްހަމަ ނުޖެހޭ ތި ކަހަލަ ލަވަ ޖަހަނިކޮށް” މިޒްނާ ބުނެލިއެވެ.
“އޭ.. މިޒް. މީ މިޒްގ ފޭވް އެއްނު”
މިޒްނާގެ ދޮންބެ ބުނެލިއެވެ.
“ނަހް.” އެހެން ބުނުމަށްފަހު މިޒްނާ ދިޔައެވެ.
މިޒްނާގެ މި އަމަލާ މެދު މާއިޒްގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ. ކުރިން މިޒްނާ އަކީ އެކަހަލަ ލަވަ އަބަދު ބަލާ ކުއްޖެކެވެ. ނަމަވެސް ދެންމެ އެވީ ކަނތަކުން ނަގަންވީ ކޮން މާނަ އެއް ކަމެއް މާއިޒްއަކަށް ނޭނގުނެވެ.”އަހަރެންގެ ކޮއްކޮ އަށް މީހަކު ކަމެއް ކުޜިބާ؟ ނޫނީ އަހަރެންގެ ކޮއްކޮ އަށް މީހަކު ދެެަ ގޮތެއް ހެދީބާ؟ އެމީހަކީ ކާކު ކަން އެނގޭ ދުވަހަކީ އޭނަ ދިރިހުޢްޓާ ވަޅުލާނެ ދުވަސް” މާައިޒްގެެ ހިތަށް އަރަމުން ދިޔައވެ.
“ހާދަ ފުން ހިޔާލަކަށް ގެއްލިފައޭ..” މާއިޒްގެ އަންހެނުން އީނާޝް ބުނެލިއެވެ.
“ދެންމެ ކޮއްކޮ” މާއިޒް ބުނަން އުޅުން ޖުމުލަ ހުއްޓުނީ ގެއަށް އައިަސް ވަތް މީހެއްގެ ސަބަބުންނެވެ.
❤?ނުނިމޭ?❤

 

Share Article

Follow Me Written By

💞Shaa💞

Level 3100 Comments100 Login10 Stories

Writing and reading improve your skills❤ Proud to be a basic author?? Mail: [email protected] inster: _._.BLACKKKK._._

Other Articles

Previous

ކާމިޔާބު 4 (ހަތަރުވަނަބައި)

Next

މޮޔަ ހިތް މަގޭ…21

Next
February 8, 2020

މޮޔަ ހިތް މަގޭ…21

Previews
February 8, 2020

ކާމިޔާބު 4 (ހަތަރުވަނަބައި)

7 Comments!

  1. pengiun says:
    February 9, 2020 at 4:38 pm

    happy to see that you have corrected the name of the story

  2. Luv♥️♥️ says:
    February 9, 2020 at 7:41 pm

    I have already told that ithurah name change kohfiyya hadivaaney ehnve Hama kureega huri names ga vaahaka kuriah dhaany

  3. Lilly says:
    February 9, 2020 at 8:22 pm

    Yeah…???

  4. ShAaKkO Mi says:
    February 10, 2020 at 5:28 am

    Yh nice adhi Annnahnu dhw names

  5. Anonymous says:
    February 10, 2020 at 7:35 am

    Actually I am not that hadikoh talk kuraa Anonymous..

  6. Anonymous says:
    February 10, 2020 at 6:17 pm

    Just only girl names tha?

  7. ShAaKkO Mi says:
    February 10, 2020 at 6:33 pm

    Owhhh …

Comments are closed.


All Right Reserved!