Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަަދި ނުލާކަން ޔަގީން… 12

leyfa Level 110 Stories
December 14, 2014 4 Mins Read
14 Comments

ފުން ޚިޔާލެއް ގައި ހުރި ނިޝްވާ ސިއްސައިގެން މީހެއްގެ ހަޅޭކުގެ އަޑު އިވިގެންނެވެ. ފަހަތަށް އެނބުރިލުމާއެކު އޭނާ ވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ޒާހިރު ހުރީ ކަންކަށިމަތީގައި އަތް އަޅައިގެންނެވެ. ނަޝާޔާ އަތުގައި ހުރި ބާރެއްލާފައި ދެވަނަ ފަހަރަށް ވެސް ޖެހިއެވެ. ނިޝްވާއަށް އެސްފިޔަ ޖަހާލެވުނީ ޔަގީން ނުވެގެންނެވެ. ނިޝްވާ އަވަސްއަވަހަށް ދޮރުފަތާއި ނިވާވެލިއެވެ.

“ޒާހިރު! ތިއީ ހާދަ ނުބައި މީހެކޭ! ތިއީ ދޮގުވެރިއެއް! ކެހިވެރިއެއް!…..” ނަޝާޔާ ޒާހިރާއި ކުރިމަތިލިއެވެ.

“ނަޝާ… އެއީ ދޮގެކޭ!. …ކިތައް ފަހަރު ބުނެވިއްޖެތަ؟ … އަޅާ ނުލާބަލަ! ” ޒާހިރު ނަޝާޔާ ހައްލާލެވޭތޯ މަސައްކަތް ކުރާކަހަލައެވެ. އެހެނަސް ޒާހިރަށް ކުރި ލިބޭ ގޮތެއް ނުވިއެވެ. ނަޝާޔާ ހުރީ އެއަށްވުރެ ރުޅިއައިސްފައެވެ.ނަޝާޔާ ޒާހިރު ގެ މޭމަތީގައި އަތްއަޅާ ކޮއްޕާލިއެވެ.

ޒާހިރު ނަޝާޔާ ގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ޒާހިރު ހީވަނީ ރުޅިއައިސްފައިވާ ސިންގާއެއް ހެންނެވެ. އަތުގައި ހުރި ބާރެއްލާފައި ނަޝާޔާގެ އަތުގައި ހިފާ ގާތަށް ދަމާލުމަށްފަހު ދަތްކުނޑި ވިކާފައި މިއީ ހޮސްޕިޓަލް ތެރެ ކަން ހަނދާންކޮށް ދިނެވެ. އެއީ ދެނަހުރި ކަމެއް ނޫންކަމަށް ބުނެ ދަތްދޮޅީގައި ހިފާ ބާރުކޮށްލުމަށް ފަހު ކޮއްޕާލިއެވެ. ނަޝާޔާވެސް އިތުރަށް ހުޅުގަނޑު ބޮޑުކުރާކަށް ނޫޅުނެވެ. އާންމުން ޖަމާވެދާނެތީއެވެ. އޭރުން ލަދުގަންނާނީ ހަމަ އޭނާކަން ނަޝާޔާއަށް ވިސްނޭތީއެވެ.

ނަޝާޔާއަށް ގެޔަށް ދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އޭރު ނަބާ އާޒް މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މަންމަ ހަމަ ފެނުމާއެކު ފުންމައިގެން ތެދުވެ މަންމަ ގެ އުރަށް އެރިއެވެ.ނަޝާޔާ ވެސް މަންމަގެ ދޫންޏާ އޭ ބުނެ އޮޅުލައިގަތެވެ. އެންމެން ގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ ވަރުބަލި ކަމުގެ އަސަރެވެ. ހެނދުނުއްސުރެ ހޮސްޕިޓަލު ގައި ތިބުމުން އެންމެން ވެސް ތިބީ ޖައްސާލަން ބޭނުން ވެފައެވެ. ކުޑަ މީހާ ގޮވައިގެން ނަޝާޔާ ވެސް ކޮޓަރިއަށް ވަނެވެ. ޒާހިރު އައުމުގެ ކުރީގައި ހަމަޖެހިގެން އަރާމު ކޮއްލުމުގެ ނިޔަތުގައި ޖައްސާލިއެވެ. އިސާހިތަކު ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ލުތުފީ ގެ ދެމަފިރިން ތިބީ ކޮޓަރިތެރޭގައި ހުރި ސޯފާގައެވެ. ކިތަންމެ ވަރުބަލިވެފައި ތިބި ނަމަވެސް މިއަދު ހެނދުނުގެ ހާދިސާ އެ ދެމަފިރިން ނަށް އުދަގޫ ކުރަމުން ދިޔައެވެ. ލުތުފީ ބުނަމުން ދިޔައެވެ.ޒާހިރު ހާދަހާ ނުލަފައެވެ. މަކަރުވެރި އެވެ. ނަޝާޔާ އަށް އޮޅުވާލާ އެފަކީރު ބިކަހާލުގައި ޖައްސައިފިއެވެ. ޒާހިރަކަށް މިގެއަކުން ދެނެއް ޖާގައެއް ނުލިބޭނެއެވެ. މަރީނާގެ ޚިޔާލުގައި އެ އަންހެން ކުއްޖާ ދޮގު ހަދާ ، ދޭތެރެ ޖައްސަނީއެވެ. ކޮންމެ ގޮތެއް ވިޔަސް ޒާހިރާއި ސުވާލު ކޮށް ކަންތައް އޮޅުން ފިލުވަން ޖެހިއްޖެއެވެ. އެހެން ނޫނީ މާ ލަސް ވެދާނެއެވެ. އެތައް އިރެއް ގެ ސައްލާއަށް ފަހު މާދަމާ ޒާހިރާއި ސުވާލު ކުރުމަށް ނިންމަމުން އޮށޯތެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ނަޝާޔާ ކަންނެތްކަމާއެކު މޯޅި އަކަށް ދެމިލާފައި އަނެއްކާ ވެސް ނިދާލުމުގެ ގަސްތުގައި ނަޝާޔާ އޮށޯތެވެ. ރަނގަޅަށް ހަށިގަނޑު ދަމާ ނުލެވެނީސް ސިއްސައިގެން ދިޔައީ ސިޓިންޜޫމުން ބާރުގަދަ އަޑެއް އިވިގެންނެވެ. ވީނުވީއެއް ބަލާލުމަށްޓާކައި ނަޝާޔާ ސިޓީންރޫމަށް ނިކުތެވެ. އޭނާގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. ހައިރާން ކަމާއެކު ވަށާއިގެން ހޯދާލިއެވެ.

މުޅި ސިޓިންރޫމް އޮތީ ޒީނަތްތެރި ވެފައެވެ. ފުއްޕާހަން ޖަހާ ކުލަ ކުލައިގެ މާމެލާމެލިން ފަޅު ފިލުވާފައެވެ.ފާރުގައި މަރުހަބާ ލިޔެފައި އޮތެވެ. އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ނަޝާޔާއަށް ހިނިތުންވެވުނެވެ. މަންމަމެން އޭނާ ހިތްއުފާކުރުމަށް ހާދަހާ ކަމެއް އެބަ ރާވައޭ ހިތަށް އެރިއެވެ.ޒާހިރާއި ދެމެދު ހިނގި އަރައިރުމަށް ފަހު ރޭގެޔަށް ނިދަން ނައަންނަކަން އޭނައަށް މޭރުންވީ އާދަކޮށް ޕާކު ކުރާތާގައި ޒާހިރުގެ ސައިކަލް ނެތުމުންނެވެ. އެހެނަސް ނަޝާޔާ ގެ މޫނުމަތިން ހިތާމަވެރިކަމެއް ނުފެނުނެވެ. ވާނީވެސް އެހެންނެވެ . ޒާހިރާއި މެދު އެހިތުގައި ރޯވެފައި ވަނީ ނަފްރަތުގެ އަލިފާނެވެ.

ޕޮއް! ފިލަގެން ތިބި އާއިލާގެ މެންބަރުން އެއްފަހަރާ އޭނާ ސިއްސުވާލިއެވެ. އެންމެ ކުރީގައި ހުރީ ހައްވައެވެ. އާއިލާގެ އެންމެން ވެސް އެންމެ ލޯބިވާ ބޮޑުދައިތައެވެ. ނަޝާޔާ ވީއުފަލުން ހައްވަތަ ގައިގައި ބައްދާލިއެވެ. އަދި ބުނެލިއެވެ. އަހަންނަށް މި ވަރުން ފުދެއެވެ. އަހަންނަށް ޒާހިރާއި ނުލާ އުޅެވިދާނެއެވެ. އެންމެން ވެސް ނަޝާޔާއަށް ހިތްވަރު ގެ ބަސްތައް ރައްދުކުރަމުން ދިޔައެވެ.އެކަން ވެގެން ދިޔައީ ނަޝާޔާއަށް ލިބުނު އިތުރު ބާރަކާއި ހިތްވަރަށެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ.ހަލުވިފިޔަވަޅު ނިޝްވާ ހިނގަމުން ދިޔައީ އެކުވެރި ޝަމާ އާއި އެކީގައެވެ.އޮފީސް ނިންމާލުމަށް ފަހު ކޮފީއަކަށް ދިޔުމަކީ އެވެރިން ގެ ޝެޑިއުލްގައި ކޮންމެ ދުވަހަކުވެސް އޮންނަ މަސައްކަތެއް ފަދައެވެ. ފަހަތުން ބަރުގޮނު އަޅާލުމާއެކު ދެމީހުންވެސް ވަށްކަޅިން ބަލާލުމަށް ބިނދި ފައި ހޭން ފަށިއެވެ. އޭރު ޝަރީފާ ޑާހޯން ބައިސްކަލުގައި އައިސް އަރާހަމަ ކޮށްފިއެވެ. އެއްޗެކޭ ބުނެވުމުގެ ކުރީގައި ޝަރީގެ އަސް އާދަ ރީއްޗޭ ބުނެ ދިމާކުރަން ފެށިއެވެ.ތިން މީހުން ގޮސް ހުސް މޭޒެއް ހޯދާލުމަށް ފަހު މޭޒު ދޮށުގައި ހަމަ ޖެހިލާފައި އޯޑާރު ދިނެވެ.

“ޝަމާ!” ފަހަތުން މީހަކު ގޮވާލި އަޑަށް ތިންމީހުނަށް ވެސް ފަހަތަށް ބަލާލެވުނެވެ. ނިޝްވާ ދިޔައީ ސިއްސައިގެންނެވެ. ފަހަތުގައި އެހެރީ ޒާހިރު ގެ އެބުނާ ދޮށީ އަނބިމީހާއެވެ.

އޭ ފަރީތަ؟ ކޮންއިރަކު ތަ މި ކޮޅަށް އައީ.” ޝަމާ ގާތްގޮތަކަށް އަހާލަމުން އެ މޭޒަށް އައުމަށް ދައުވަތު ދިނެވެ.އެ ދަނޑިވަޅުގައި ފިރިމީހާގެ ފޯނެއް އައިކަމަށް ބުނެ ނިޝްވާ އަވަސް އަވަހަށް ދުރަށް ދިޔައެވެ. ކޮފީ ވެސް ކެންސަލް ކޮށްލަމުންނެވެ. ނިޝްވާ ވިސްނާލިއެވެ.ޝަމާއާއި އޭނަގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ހަގީގަތް ބަލަން ވާނެތާއެވެ. މަޑުމަޑުން ގޮސް އެ މޭޒުގެ ފަހަތަށް ވާގޮތަށް ހުރި ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އެމީހުންނަށް ވެސް ފުރަގަސްދީގެންނެވެ. ނިޝްވާއަށް ވީ ރަނުގެ ފުރުސަތަކަށެވެ. ފަރީލާގެ ފަތިފުށް ހޯދުމަށް އެޅިގެން ދިޔަ ހެޔޮ ފާލަކަށެވެ.

” މި ފަހަރު މިއައީ ކުޑަ ކަމަކު…ޝަމާ ރަނގަޅު ދޯ..” ހީނލާފައި ފަރީލާ ވާހަކަ ދައްކަން ފެށިއެވެ. އާއިލާގެ އެކި އެކި ވާހަކަ އެވެ. ފަރީލާ ވީ ޝަމާ ގެ ސުކޫލު ދުވަސްވަރުގެ ގާތް އެކުވެރިޔަކަށެވެ. ކިޔެވުން ހުއްޓާލުމަށް ފަހު ރަށަށް ބަދަލުވީ އޯލެވެލް ވެސް ނުނިމެނީހެވެ.

” ދެން ބުނެބަލަ… މީހަކާ އިނދެފިންތަ؟ .. ތީ ނުލާހިކު ކާމިޔާބު މީހެއްނު… ” ޝަމާ އިތުރަށް ސުވާލު ކުރަމުން ދިޔައެވެ.

” އާނ..މަގޭ ވާހަކަ ލިޔެވިދާނެ ފޮތެއްގަ ވެސް… އެއް އަހަރުގެ ފިރިހެން ކުއްޖެއް ގެ މަންމަ އެއް…މިއައީ ދަރިފުޅު ރަށުގަ ބަހައްޓާފަ.. ” ފަރީލާ ބުނަމުން ދިޔައެވެ. ވާހަކައިގެ ތެރޭގައި ޝަރީފާއާއި ވެސް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. ކުއްޔަށް ހުންނާނެ ތަނެއް ނުލިބިގެން އުޅޭވާހަކަ ބުނުމުން ޝަމާ އެކަން ވެސް ހަމަ ޖައްސައި ދިނެވެ. ޝަމާ ގެ އަމިއްލަ ގެއިންނެވެ.

ވާހަކަތައް ސިއްރުން އަޑުއަހަން ދުރުގައި ފިލާހުރި ނިޝްވާ ދިޔައީ އޮޅުން ބޮޅުން ވަމުންނެވެ. އެ އަންހެން މީހާ އެ ހަދަނީ ދޮގު ބާވައޭ ހިތަށް އަރަމުން ދިޔައެވެ. ޒާހިރުގެ ދަރިޔެއް ބާވައެވެ. އެއް އަހަރުގެ ދަރިޔެއް ހުންނަން ވީ ކީއްވެ ބާވައެވެ. އާޒް ނުވިހަނީސް ރަށަށް އައިގޮތަށް ޒާހިރު ރަށުން ބޭރަކަށް ނުދެއެވެ. އަނެއްކާ ކައިވެނި ކުރީ ސިއްރުން މިރަށަށް އައިސް ހެއްޔެވެ؟ ހައްތާވެސް ސުވާލު ތަކެކެވެ. ޖާވަބު ހޯދަން ދަތި އަރަތެކެވެ.

ކޮފީގެ ވަގުތު ނިމިގެން އެންމެން ނިކުތެވެ. އެމީހުން ފަސްދީ އޮބާލަން ދެން ނިޝްވާ ބަލަން ހުއްޓެވެ. މަގުގެ ދެކޮޅު ހޯދާލުމަށްފަހު މަޑުމަޑުން ނިކުމެގެން ގޭޔާއި ދިމާލަސް މިސްރާބު ޖެހިއެވެ. އިސްއޮބާލައިގެން ހުރެ ހިނގަމުން ދިޔައިރު ސިކުނޑީގައި ވަނީ ހައިޖާނެއް އުފެދިފައެވެ. ކޮންމެ ވެސް އެކަކު ދޮގު އެބަ ހަދައެވެ. ބުރަވާން ވީ ކާކަށް ހެއްޔެވެ؟ ފަރީލާ ގޭގައި ދެއްކި ވާހަކަ ދިމާނުވެއެވެ. އަނެއްކާ ގެޔަށް ގޮސް އެގޮވެލިފަތި ގޮވީ ހަމައިގައި ހުރެގެން ހެއްޔެވެ؟ ގޭގެ ދޮރާއްޓާ ހަމައަށް ދެވުނު އިރުވެސް ވަކި ގޮތެއް ނިންމޭ ގޮތެއް ނުވިއެވެ. އެހެންކަމުން ހަގީގަތް ހޯދެން ދެން ސިއްރެއް ގެ ގޮތުގައި އެ ހާދިސާ ހިތުގައި ބޭއްވުމަށް ނިންމިއެވެ.

ޒާހިރު އޮތީ އަމިއްލަ ގޭގެ ނިދާ ކޮޓަރީގައެވެ. ނަޝާޔާ އާއި ހިނގި ޒުވާބަށް ފަހު އައިސްފައި ހުރި ރުޅި އަދިވެސް މަޑު ނުވާ ކަހަލައެވެ. ނިތް ކުރި މަތީގައި އަތް ބާއްވާފައި އޮތުމުން ކޮންމެވެސް ބޮޑު ފިކުރެއް ގައި އޮތްކަން ހާމަ ވެއެވެ. އިރު އިރު ކޮޅާ ބާލީހުގައި ޖަހާލައެވެ. މޫނު މަތިން ފެންނަނީ ހާސްވެ ކަންބޮޑު ވެފައި ވާ ތަނެވެ. އޭސީ ޖައްސާފައި ހުއްޓަސް މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ.ކިތަންމެ ކުޅަދާނަ ކަމަށް ހެދިގެން އުޅުނަސް ތިމާއަށް ވުރެ މާ ކުޅަދާނަ މީހެއްގެ ހަމަލާގައި ބެދުމުން ވާނީ ވެސް އެހެންތާއެވެ. ޒާހިރުގެ ސިކުނޑީގައި އެނބުރެމުން އެދަނީ ފަރީލާއެވެ. ފަރީލާގެ ސަފްހާ ލައްޕާލެވޭނެ ގޮތެކެވެ. ފަރީލާ އެނބުރިއައިސް އަވަލާފާނެޔޭ ދުވަހަކު ވެސް އޭނާ ހިތަކަށް ނާރައެވެ.ފަރީލާ ގެ ގޮތްކުޑަ ކަމާއި ވިޔާ ނުދާކަން އޭނައަށް މީގެ ކުރިން ވެސް ހުރީ ފެނިފައެވެ.ކޮންމެ ގޮތެއް ވިޔަސް ފަރީލާ ނަޝާޔާ އާއި ވާހަކަ ދެއްކިޔަ ދޭން އޭނާ ބޭނުމެއް ނޫނެވެ. ފަރީލާގެ ކުޅަދާނަ ކަމުން ނަޝާޔާ ކަހަލަ އަންހެން ކުއްޖަކު ވާވައްދާ ލުމަކީ އެހާ އުދަގޫ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން ނަޝާޔާ ގާތަށް އެނބުރި ދިޔުމަށް ނިންމިއެވެ.

ގޭތެރޭގައި ކުޅެން އިން އާޒް ދުއްވައިގަތީ ބައްޕަ ފެނުމުންނެވެ. އާޒް ހުންނަނީ ބައްޕައާއި ހެދި މޮޔަވެފައެވެ. ދުވަހަކު މަންމަ ނެތަސް އޭނަގެ މައްސަލައެއް ނޯންނާނެއެވެ. ޒާހިރު ދަރިފުޅު އުރާލާ ލޯބި ކޮއްލިއެވެ. ބައްޕަގެ ދޫނި މޮޑެލާ ނަމެ ބުނެ ބާރަށް ބައްދާލިއެވެ. ދަރިފުޅު ނުފެނިގެން ދަރިފުޅަށް ގޮވަމުން ނަޝާޔާ ބޭރަށް ނިކުތީ އެވަގުތުގައެވެ.

“ކޮންމެހެން އެނަ ދެކެ މާ ލޯބިވާކަމަށް ހެދޭނެ ކަމެއް ނެތް! ލޯބިވާ ދަރިޔާއި،ދޮށީ އަނބި ގާތުގަ ހުރެފައެއް ނު ތިއައީ! ކީއްކުރަން މިގެއަށް ތިއައީ..”ނަޝާޔާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޒާހިރު އަތުން ދަރިފުޅު ޖަހައިގަތެވެ.އެއީ ކޮންމެ އަންހެނަކަށް ވެސް ވާނެ ގޮތެވެ. ފިރިމީހާ ގެ ސިއްރު ގުޅުންތައް އޮވެ އެކަންތައް އެނގުމުން ހިނިތުންވެ ހުރެ މަރުހަބާއެއް ނުކިޔޭނެ އެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ޤާޠިލް… ފަހު ބައި…

Next

ހިތް ނުރޮއްވާ…(30)

Next
December 15, 2014

ހިތް ނުރޮއްވާ…(30)

Previews
December 13, 2014

ޤާޠިލް… ފަހު ބައި…

14 Comments!

  1. Lalla says:
    December 14, 2014 at 11:24 pm

    Vaahaka handhaan netheyhaa dhuwas koffa genesdheythy vrh foohi :/

  2. fa then manike says:
    December 14, 2014 at 11:38 pm

    Leyfa ah bunela othee octobe mahu vaahaka genas dhin gothah 2 months fahun thi genes dhinee. Mee varah hithaama kur aa kameh. You ahve to respect your readers. And their patience aswell. Thi gothah kanthah kurany aa readers foohi vaane. Dhen mi vaahaka kiyun mi nimaalee. Dhen dhuvahakuves leyfa ge story eh nukiyan an. Reethi but dhen alhaa nulaa…. ehen noonas Mihaaru mi vaahaka mathin foohi vejhe. Hadhaaneh ves nei. Soo byee.

  3. raakin says:
    December 15, 2014 at 1:56 am

    Alhe thankoheh avahah genesdhehchey dhen faharakun

  4. hadi says:
    December 15, 2014 at 9:44 am

    Tsk tsk mives dhn vaahaka liyaa gotheh.

  5. lfw says:
    December 15, 2014 at 10:37 am

    Leyfa ah nukeru neetho magey commebt jahan. Dhn dhuvahakuves leyfa ge vaahaka eh nukiyaanan. Leyfa ge vaahaka mathun foohi vejje and hadhaaneh ces nei. Thikahala liyun therin (for eg: muthaa, leyfa) ge vaahala eh nukiyaanan. Cus you dont respect your readers and heir patience. Bye. Mi comment nu jahanee kan ves egey.

  6. Faai says:
    December 15, 2014 at 10:49 am

    Haadha dhuwas kohfa… Faai ah neynge mihaaru waanuwaa vx… Aneh bai thah handhaan nethunyma thi up kohdhiny… Anyways, mifaharu awas kohdhehchey… 🙂

  7. lfw says:
    December 15, 2014 at 11:12 am

    I agree with lfw 🙂

  8. athoo .. says:
    December 16, 2014 at 11:57 am

    Ifw, baeh liyuntherin varah burakoh ves ulhen jehidhaane. veema thi gothah comment kurun ehaa ragalheh noon.

  9. respect writers says:
    December 16, 2014 at 2:13 pm

    i agree with athoo.. writers also have lots of work other than writing. some times, they even get bxy due to other works…story writing is their hobby. they are not doing it for earning money…so please don’t talk like dat… they are truthful that’s y they are uploading no matter sooner or later… so i even don’t think its good to comment like that.

  10. addu koyya says:
    December 16, 2014 at 11:37 pm

    vara reethi mi bai ves..keep it up leyfa

  11. leyfa says:
    December 19, 2014 at 11:08 am

    thank you every one

  12. mush says:
    December 28, 2014 at 6:29 pm

    Nice

  13. leyfa says:
    January 6, 2015 at 9:40 pm

    THANKS MUSH

  14. Sal says:
    June 7, 2016 at 5:18 pm

    Leyfa ge vahaka eh hama eh nujehey… Ehaa dhuvas kohffa up kuraa iru kureege bayaa gulhumeh neii….im reading hurihaa part eh ekko… Ekam up vaa varaka kiyaa kudhinna neyngidhaanr… Anyways thives dhen lkyun theri ekoaa ??

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..13←


All Right Reserved!