Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…11

އަހަރެންގެ ސިކުނޑިއަށް އައީ ތަންކޮޅެއް ކުރިން ލަޔާ ބުނި ވާހަކަ އެވެ.”” މައީ މޫވް އޮން ވާން މަސަތްކަތް ކުރަންވީނު”” އަހަރެން ފުން ކޮއް ވިސްނާލީމެވެ… ރައިހާން މަތިން ހަނދާން ނައްތާނުލެވޭނޭ ކިޔާފަ އިނެއްކަމަކު އެއްކަމެއްވެސް ނުވާނެއެވެ.. ރައިހާން މަތިން ހަނދާން ނައްތާލަން މަސަތްކަތް ކުރުމަށް އަަހަރެން ނިންމީ ހިތާދެކޮޅަށެވެ.. އަހަރެން މިހެންކަން ކުރަން ނިންމި ވާހަކަ ލަޔާ ގާތުގައި ގުޅާފަ އަހަރެން ބުނީމެވެ.. ފޯނު ބޭއްވި ކަމެއް ނޭނގެ ލަޔާ ހުރީ އަހަރެންގެ ގޭގައެވެ….

“ލަޔާ އަހަރެން ވަރަށް ވިސްނާފަ ..މޫވް އޮން ވާން މަސަތްކަތް ކުރަން ނިންމީ…އެއްވެސް ކަހަލަ ޔަގީން ކަމެއް ނެތް މޫވް އޮން ވެވޭނެ ކަމަކަށް… އަހަރެން ވަރަށް ބިރު ގަނޭ… އަހަރެންނާ ހެދި ރައިހާން އާއި އީޝާ އާ ދެމީހުން މައްސަލައެއް ޖެހިދާނެތީ…. ރައިހާން އަށް އުފަލުގައި އުޅެވެނީ އީޝާއާއެކީ ކަމުގައި ވާނަމަ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް…. އަހަރެންގެ އުފަލަކީ… ހަމަ ރައިހާންގެ އުފާ… “މައީ.. ތި ވިސްނާގޮތް އަހަރެންނަށް ވަރަށް ކަމުދޭ.. މައީ ކަހަލަ ތިމާގެ އުފަލަށް ވުރެ އެހެންމީހުންގެ އުފަލާމެދު ވިސްނާ ހެޔޮލަފާ… ރަހުމަތްތެރި އެއް ލިބުނީތީ އަހަރެން ވަރަށް އުފާކުރަން.” ލަޔާ އަހަރެންގައިގައި ބައްދާލީ…ފެންކަޅިވެފައި ހުރެއެވެ…

“ދެން މާ އިމޯޝަނަލް ވާނެ ކަމެއްނެތް.. ޑްރާމާ ކުއީން… ބުނެބަލަ އަހަރެން މޫވް އޮން ވާން ކީއްތަ ކުރަންވީ” އަހަރެން ގަދަކަމުން ހިނިތުންވަމުން ބުނެލީމެވެ. “އަމް…. އެހެން ކުއްޖަކާ ރައްޓެހިވާންވީ” “ވަޓް!!!!!!! ނޯ” އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ… “މައީ މަޑުކޮއްބަލަ …އަހަރެން ވާހަކަ ދައްކާ ނިމޭދެކަށް ..ލުކް…. އެހެން ކުއްޖަކާ ރައްޓެހިވެގެން…ވާހަކަ ދައްކާ ހަދާލީމަ… ރައިހާން މަތިން ހަނދާން ނެތިދާނެ…އޭ.. ” ލަޔާ ކުޑަކުއްޖަކަށް ވިސްނާދޭ ފަދައިން އަހަރެން ކާރީ ބުނިއެވެ.. “އެކަމް.. އަހަރެން ލޯބިނުވާ މީހަކާ ރައްޓެހިވެގެން އުޅުމަކީ… ވަރަށް އުނދަގޫ ކަމެއް… މީކީ ކުޅިވަރެއް ނޫނޭ…. އެހެންނޫނަސް.. ރައިހާން މަތިން ހަނދާން ނައްތާލާށޭ ކިޔާފަ އެހެން މީހަކާ ރައްޓެހި ވެފަ… ހަނދާން ނުނެތުނީމަ ނޫނީ ފޫހި ވީމަ ރުޅިވީމަ… އެމީހަކަށް މި ދެވެނީ.. ބޮޑު ދެރެއްނު” އަހަރެން ހިތުގައި އޮތް ހުރިހާއެއްޗެއް ކިޔާލީމެވެ… ” އަހަރެންނަށް ހީވަނީ…. އެހެން މީހަކާ ރައްޓެހިނުވަން…އައި މީން ރައިހާން މަތިން ހަނދާން ނެތި ދާނެތީ މައީ… އެކްސްކިއުޒް ދައްކަނީހެން” ލަޔާ ބުނެލިއެވެ.. އެންމެ ފަހުން އަހަރެން އެހެން ކަން ކުރަން އެއްބަސް ވީ… ހިތްމަތީގައި ގާގަޑެއް ބާއްވައިގެނެވެ…

.. މި އަހަރު އަހަރެން ވާނީ ކެޑޭޓަށް ޖޮއިން ވެފައެވެ… ހޮނި ހިރު ދުވަސް ކަމުން އަހަރެން ތައްޔާރުވީ ކެޑޭޓަށް ދިއުމަށެވެ… ގަޑިން 8 ޖެހީ އިރު އަހަރެން ހުރީ ސުކޫލުގެ ގޭޓުކައިރީގައެވެ.. 8:15 އަށް ދާން ޖެހެއެވެ.. އަހަރެން އަބަދުވެސް 15 މިނެޓް ކުރިން އަންނަމެވެ… ގަޑި ޖެހިގެން އައިސްފިނަމަ.. އަދަބު ދޭނެއެވެ.. އިރުކޮޅެއް ނުވެ ލަޔާވެސް އައެވެ.. އަހަރެމެން އެތާގައި ވާހަކަ ދައްކަން ތިއްބާ… ފޯލިން އަށް ގޮވާލުމުން ބާރަށް ދުވެފައި އެންމެން އެކު އެކީގައި ދިޔައީމެވެ… ދުވަނިކޮއް.. ގާގަނޑެއްގައި އަޅާގަނެފައި.. އަހަރެން ވެއްޓޭން ދިޔައެވެ…އަހަރެންނަށް ދެލޯ ބާރަށް މެރުނެވެ . ބާރުގަދަ ދެއަތަަަކުުން އަހަރެންގެ އުނަގަނޑުގައި ވަށައި ލެވިފައި އޮތް ހެން އަހަރެންނަށް ހީވިއެވެ.. އަހަރެން މަޑު މަޑުން ދެލޯ ހުޅުވައިލީމެވެ.. ކުރިމަތިގައި ހުރީ އަހަރެން ނުދަންނަ މީހެކެވެ.. އަހަރެމެންނަށް ހުރެވުނު ގޮތް ރޭކާލީ… ލަޔާ ކަރުކެހި ލުމުންނެވެ… “އޭ..އަހަރެން ވެއްޓުނަ ނުދީ ހިފެއްޓީތީ.. ތޭންކްސް… މިހާރު ދޫކޮއްލަން ވެއްޖެ އެންނު…” އަހަރެން ބުނީމެވެ… އެމީހާ އޯކޭ އޭ ބުނެފަ.. އަހަރެން ކޮޅަށް ނުނަގާ.. އޮތް ގޮތަށް ބާއްވާފަ.. ދޫކޮއްލާފަ ދިޔައީއެވެ.. އަހަރެން ބިންމައްޗަށް ވެއްޓުނު ގޮތުން އުނަގަނޑަށް ތަދެއް އެރިއެވެ….މި މަންޒަރު ފެނި ލަޔާއާއި ފަހަތުގަ ތިބި ކުދިންތަށް ފެށީ ހޭށެވެ… ހާދަހާ އަމިއްލަ އެދުން ބޮޑު… ނުބައި ނުލަފާ… ޖައްބާރު.. މީހެކޭ… އަހަރެން ހިތަށް އެރިއެވެ…. އުނަގަނޑު ގައި އަތް ހާކަމުން އަހަރެން ގޮސް ފޯލިން އަށް އެރީމެވެ… މޭމް އަށް… އެތަން ނުފެނުނު ކަން އެއީ އަހަރެންގެ ނަސީބެވެ… އަހަރެމެން އެންމެން ތިބީ ފޯލިންގައެވެ… އުނަގަނޑަށް ތަދުވާތީ އަހަރެންނަށް ގުޑިވެސް ނެލެވެއެވެ… އަހަރެން އިނީ ތިން ވަނަ ސަފުގައެވެ… އެހެންވެ އެހާ ރީއްޗަކަށް ކުރިއެއް ނުފެނެއެވެ… އެ ކޮޅުން ވާހަކަ ދައްކާ އަޑު އިވެއެެވެ… އަހަރެން ބޯދިއްކޮއް ބަލާލީމެވެ.. އެތާ ހުރީ… އެއްކަލަ ގޮތް ނޭނގޭ މީހާއެވެ…. އަހަރެންގެ ފަހަތުގައި ހުރި ކިއަން ކާރީ އެއީ ކާކުތޯ އަހަރެން އަހާލީމެވެ…. “ޕިސް  ޕިސް… ހަމަ ނޭނގޭތަ އެއީ.. ޔައިޝް ސޯ..ގްރޭޑް 10 ގަ އުޅޭނީ.. އެއީ ސީނިއާ ކެޑޭޓް އެއް.. ސާޖެންޓް ރޭންކްގެ ..އިހައްދުވަހަކު ކަންނޭނގެ ޕްރޮމޯޝަން ލިބުނީ…. މިތާ އެންމެ މަގާމް މަތިވާނީ ޔައިޝް ސޯ… ވަރަށް ސްރިކްޓް ވާނެ…” ކިއަން ކިޔާދިނެވެ… އަހަރެންނަށް ދެލޯ ބޮޑުކޮއްލެވުނީ… އަހަރެންނަށް ޔައިޝް ސޯ އާ ދިމާލަށް ކިއުނު އެއްޗިސް ހިތަށް އަރާފައެވެ… އެދުވަހު އަހަރެން ބެލީ ….ވީހާވެސް ގިނައިން ޔައިޝް ސޯ އަށް ނުފެނި އުޅެވޭތޯއެެވެ.. ކެޑޭޓް ޕްރެކްޓިސް ނިމުމުން އަހަރެންނާއި ލަޔާ އަވަސްވެގަތީ ބަހަށް އަރާށެވެ… ވެފައި ހުރި ވަރުބަލި ކަމުން އަހަރެން އޮތީ  ސީޓުގައި ފާޑަކަށް އޮށޯވެލައިގެނެވެ… ލަޔާ…ދިޔައީ އެހެން ސީޓަކަށެވެ… “އެކްސް ކިއުޒް …މިތަނުން އިށިންދެލަން ޖާގަ އެއް ލިބިދާނެތަ… މީ.. މަންޖެ ނިދާ އެނދުތަ؟” އަހަރެން އަވަސް އަވަހަށް ތެދުވީމެވެ… “ނު ނޫން…” ޔައީޝް ސޯ އަހަރެން ކައިރީގައި އިށިންނުމުން އަހަރެން އެއްކާރިއަށް ޖެހިލީމެވެ… “ހަމަ އެހާ ބިރުގަނޭތަ… މަންޖޭ… ” “ނޫ ނޫން ސޯ” “ސޯ އޭ ނުކިޔާ… މިހާރު.. ކެޑޭޓް ސެށަން ނިިމިއްޖެ އެންނު ސޯ ކީމަ ހީވަނީ .. އަހަރެން މާ މުސްކުޅިހެނެންނު.. އަހަ އަހަ… އަހަރެންނަށް ކިޔަނީ ޔައިޝް..” ބެރޭ ނަގަމުން ޔައިޝް ބުނެލިއެވެ… “މައިޝާ” އަހަރެން ވެސް ނަން ބުނެލީމެވެ… ޔައިޝް އަކަސް.. ކެރެޓަކަސް ކެބެޖަކަސް އަހަންނަށް ކީއްތަ… އަހަރެން މަޑުމަޑުން ބުނެލީ… ޔައިޝް އަށް އަޑު އިވިދާނެތީއެވެ… “އަހަ އަހަ…ކެރެޓޭ ކިއަސް ކެބެޖޭ ނުކިޔައްޗޭ… ދުވާއިރު ބަލާނީ ކުރި ފަހަތެއް ނޫން… އަހަރެން މަންޖެ ނުހިފެއްޓި ނަމަ.. ވަގުތުން ހޮސްޕިލަށް ކަންނޭގެ ގެންދަން ޖެހޭނީ” ޔައީޝް ބުނެލިއެވެ… “ހަމަ އެއްގޮތެއްނު ވީ…ހިފާފަ ވެސް ބިންމައްޗަށް ވައްޓާލީ ވިއްޔަ… އެހެން ހަދަންޏާ..  …އެންމެ ފުރަތަމަވެސް ނު ހިފި ނަމަ މާ ރަނގަޅެއްނު…މިހާރުވެސް މިއުޅެނީ..އުނަގަނޑަށް ތަދުވާވަރުން ވިއްޔަ…” އަހަރެން ޝަކުވާ ކޮއްލީމެވެ….ބައިދަވޭ… މަންޖެ…ނުކިޔާ…އަހަރެންނަށް ވެސް ނަމެއް ދީފަ އޮވޭ” “ބަލަ މައްޖެ…އުޕްސް ސޮރީ….މައިޝާ ބުނީއެންނު އަހަރެން ކާރީ… ދޫކޮއްލާށޭ..އެހެންވެ އޭ ދޫކޮއްލީ… ނޫންނަމަ… ދުވަހަކުވެސް ދުލެއް ނުކުރާނަން” ޔައިޝް އެއްލޯ މަރާލަމުން ބުނެލިއެވެ… އަހަރެން ހުރީ… ވަރަށް ކެއްކޮއްގެނެވެ… އަހަރެންނަށް ވާނަމަ މި ނުލަފާ ޖައްބާރު މީހާ…ދޫ ބުރި ކޮއްލާނަމެވެ… މީނަގެ އަނގަޔަކުން ނާރާނެއެވެ…. ބަސް ސްޓޮޕް އަށް އާދެވުމުން އަހަރެން އަވަހަށް ދާން އުޅުނީމެވެ… ބަސް ހެލިލި ވަގުތުގައި އަހަރެންނަށް ކޮންޓްރޯލް ނުކުރެވިގެން ….އިށިންދެވުނީ ޔައިޝްގެ އުނގުގައެވެ… ބަސް ރީއްޗަށް ހުއްޓުމުން އަހަރެން އަވަސް އަވަހަށް ފައިބައިގެން ދިޔައެވެ… ޔައިޝްގެ ތުންފަތް މަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ… އަހަރެން ހުރީ…ވަރަށް ވެސް ރުޅި އަރާފައެވެ… މި ޔައިޝް އެކޭ ކިޔާ މީހާގެ އުނދަގޫ ބޮޑުކަމުންނެވެ…އަހަރެން ލަޔާއަށް ހުރިހާ ވާހަކަ ތަކެއް ކިޔާދިނުމުން ފެށީ ހޭށެވެ…”އަހަރެންނަށް ހީވަނީ… ކުރިއަށް އޮތް ތާގައި …މައީ އަށް ވަރަށް… ކަންތައްތައް ދިމާވާނެހެން ….އަހަ އަހަ އަހަރެން ވާ ސަލާމް….އެކަމް އޭނަ ހާދަ ހޮޓޭ ދޯ…” ލަޔާ ބުނިއެވެ… “ހޮޓޭ!! އަހަ އަހަ  ޖަހަނީ ބޮޑު ބަރަބޮލެއް ވައްތަރު…” އަހަރެން ބުނެލީމެވެ…”އަހަ އަހަ ނޫނޭ… މައީ ކޮންމެ އެއްޗެކޭ ބުނިއަސް… ޔައިޝް ސޯ..ވަރަށް ހޭންޑްސަމް…ކޮބާ މައްސަލަ އަކީ…. ސިކްސް ޕެކް އެބްސް..ހުރޭ… އެހާ ދޮނެއް ނޫން އެހާ ކަޅެއްވެސް ނޫން …މެދުވަރަކަށް… އެހެރަ… މުށި ކުލަިއިގެ ލޮލެއް.. ދޯ…ގެނބިގެން ދާ ހިތް ވަނީ…. އެހެރަ ބަރު ބަރު އަޑެއް… ބުނާ ކޮންމެ ބަހަކުން ..ހިއްސުތަށް ހޭ ލައްވާލާ” ލަޔާ ހުއްޓުމެއްނެތި ކިޔަން ފެށިއެވެ…”ދެން ލަޔާ ދާންވީނު އޭނަޔާ ކައިވެނި ކުރަން ތިހާ….ދީވާނާ ވަންޏާ…” “ނޫނޭ… އޭރުން އަހަރެންގެ މައިސަމް ދެރަވާނެ އެންނު..އެހެންނޫނަސް… ޔައިޝްސޯ.. ބަލަނީ މައީ އަށް ވިއްޔަ …” ” “ހޫން …ހެވޭ… އެކަހަލަ ނުބައި ނުލަފާ… ޖައްބާރު… އަމިއްލަ އެދުން ބޮޑު…މިހެން ކިޔާނެ ކަމެއްވެސް ނެތް…ޔައިޝް އޭ ބުނިއަސް އަހަރެން ހޮޑުލަވާ…” އެހެން އެކި އެކި ކޫސަނި ވާހަކަ ދައްކަމުން ދައްކަމުން ގެއަށް ދިއައީމެވެ. އެ ދުވަހު އެއްކޮއް އުޅުނީ އުނަގަނޑަށް ތަދުވާތީއެވެ.. އިރު އިރު ކޮޅުން ޔައިޝް ..އާ ދިމާލަށް…ކުދި ކިޔާލެވެއެވެ….މާދަމައަކީ.ސުކޫލުގެ..ބިޒްނެސް ފެއާރ އޮންނަ ދުވަހެވެ.. އަހަރެން ރައިހާން އާއި އެއް ގުރޫޕަކަށް ދެވޭތޯ ހުރީ ދުއާ ކޮއްލަ ކޮއްލައެވެ.. ނަމަވެސް އަހަރެން ދިޔައީ ރީޓެއިލް..ޝޮޕަށެވެ…ރައިހާން ދިޔައީ ސްކޫޕް އަށެވެ… ބިސްނަސް ފެއާރ ނިމެން 30 މިނެޓަށް ވީއެވެ.. އަހަރެންނާއި ލަޔާ ދިޔައީ…ރެސްޓޯރެންޓް ބަޔަށް…ސަބްމެރިން ކާށެވެ… އަހަރެމެން އެތާ…އިށިންދެގެން ތިއްބާ… ވެއިޓާރ ޔުނީފޯމް ލައިގެން ހުރި ފިރިހެއް އައެވެ… އޯޑާ ދޭން އަނގަ ހުޅުވާލި ވަގުތު…އެމީހާގެ މޫނު ފެނުމުން އަހަރެން ދިޔައީ ސިއްސައިގެނެވެ.. ކުރި މަތީގައި ހުރީ ޔައިޝް ނޫން ދެވަނަ މީހެއް ނޫނެވެ… ޔައިޝް އަހަރެންނަށް އެއްލޯ މަރާލަމުން … ޓެބްލެޓްގައި އޯޑާރ ކުރި އެއްޗިސް ނޯޓް ކުރަމުން ދިޔައެވެ… ލަޔާ.. އަހަރެންނާ ދިމާލަށް ބަލާލާފަ ހީލިއެވެ… އިރުކޮޅެއް ނުވެ ދެ ފެންތަށި ހިފައިގެން  ޔައިޝް އައެވެ… ލަޔާ އަށް ފެން ތަށި ދީފައި އައިސް އަހަރެންނަށް ދޭން ދިއްކޮއްލި ފެންތަށި ވެރުނީ.. އަހަރެން ގަޔަށެވެ… “އޯ އައިއެމް ސޯ ސޯރީ… މިސް މައިޝާ… ހަމަ ގަސްތުގަ ކުރި ކަމެއް އެއީ… އައި ވިލް ބްރިންގް…. ނިއު ވަން” ޔައިޝް ހެމުން ހެމުން ދިޔައެވެ…. އެރީ ރުޅިން..މޭޒުމަތީގައި..އަހަރެންނަށް ވަރަށް ބާރަށް މޭޒުމަތީގައި ޖެހުނެވެ..ތަދުވީވެސް ހަމަ އަހަރެންގެ އަތަށެވެ..”ލޫކް ލަޔާ… އައި ޓޯލްޑް ޔޫ ދޯ… ހީ އިޒް ބުލީއިން މީ” އަހަރެން ލަޔާ އާދިމާލަށް ތުއިވެލާފައި ބުނީމެވެ.. “އަހަ އަހަ އަހަރެން ނެތް ތިކަމާ ބުނާނެ އެއްވެސް އެއްޗެއް” އަހަރެމެން އެތާ ތިއްބާ ރައިހާން ވެސް އައެވެ…”ކޮބާ ނެއްތަ ސަބެއް.. ” އެހެން ބުނަމުން އަހަރެމެން ކައިރަިގައި އިށިންނިއެވެ… ރައިހާން އައުމުން އަހަރެންގެ މޫޑު އެއްކޮށް ރަނގަޅުވިއެވެ..ޔައިޝް 2 ސަބްމެރިން ހިފައިގެން އައެވެ… “ކޮބާ އަހަރެންނަށް ވީ” ރައިހާން ބޮޑާ ހާކަން ފެށިއެވެ…”އަހަރެންގެ ސަބްމެރިންނަކުން ނުދޭނަން…. ތިމީހުން… އައިސްކޯން ބުއި އިރަކުވެސް އަހަރެންނަކަށް ނުދޭ” ލަޔާ ގަދަކޮއްލިއެވެ… އަހަރެންގެ ސަބްމެރިން ދެބައި ކޮއްލާފައި އެއް ފަޅި  ރައިހާންގެ އަނގަޔަށް ލެއްވީމެވެ… “ކޮބާ ލަޔާ… ފެނޭ…އެއީ…ލޯބިވާ ކޮއްކޮ އިންނަކީ” ރައިހާން އެ ބުނި ޖުމްލައިން އަހަރެންގެ މޫޑު ގޯސް ވިއެވެ.. އަހަރެން ހިތަށް އެރިއެވެ… ރައިހާން ކޮއްކޮއެއް ނޫން ގޮތަކަށް އަހަރެންނާ ދޭތެރޭ ހަމަ ނުދެކެނީބާއެވެ…. ލަޔާގެ ތައްޓަށް ފެން އަޅާދޭން ހުރި ޔައިޝްގެ ނަޒަރު އަހަރެންނަށް އަމާޒުވެފައި ހުރުމުން … އުނދަގޫވާގޮތް ވިއެވެ……………………………………………………………………………..

*ސޯ…މައިޝާ ..ޔައިޝް އާތަ ގުޅުވަން ބޭނުނީ.. ނޫނީ… އަދިވެސް ރައިހާން އާތަ؟؟؟؟*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Anonymous

    V reethi… Whn next… Mi part V kuru

    1. lilly
      Anonymous

      thank u …. maadhan next part submit kuraanan..n next part miah vure dhigu kollladheynan❤❤❤

  2. Kairaa

    Varah reethi mi part vx……neyge mihaaru raihaan aa yaees aa dhemeehun thereyn kaakaa kameh maishaa gulhuvaa hiyy vanee……ekm yaees ge bai varah majaa maishaa ah vaa gothun…..???????varah reethi mi bai vx……whn nxt….waiting…..

    1. lilly
      Kairaa

      ehehe thank u soo much kairaa❤?

  3. Kylie

    V reethi maishaa aa yaees gulhu v ma varah reethi vaane?????????… But eyrun maishaa ah maishaa ge first love eh nulibeyne..????????……. So neyge hadhaane gotheh…?????????????…. Nd maishaa rulhi annathan v majaa..??????…. Hehehe….?????

    1. lilly
      Kylie

      ehehe thank u kylie..❤❤?

  4. Ruya

    Maishaa gulhuvan fee hama raihaan aa I don’t think she can move on

    1. lilly
      Ruya

      ahaha ruya ah visney?❤❤❤

  5. Uly

    I like this storyyyyyy….. vvv Bodah it’s like.. real life story… vvv funny.. n ur my fav writer lysm

    1. lilly
      Uly

      alhey thank u sooo much…. ❤❤??

  6. aphxx

    Dheeburi,wowowo, dhn fathiwara nudhamai raihaan kairy bonebila loabiweyey, ma noan ehn meehakaa eku noalhey shey, thehen foruwaigen hunnan na gellidhaalha esoro, nugowan kuhdhakah kireh nulibeylhey??
    Behena u r da best ? so it the story

    1. lilly
      aphxx

      unh.. theh sakaraaih vanuu nuliben ehcheh dho gelley… moya…. most galhiestt lav ya???‍?❤❤❤❤❤❤❤❤❤❤❤

  7. Nayaa

    Lilly dear as usual v reethi.. When is the next part??? Lyssssssm… ?????????

    1. lilly
      Nayaa

      thank u soooo much nayaa… tomorrow❤❤❤

  8. KPOP FANGIRL????

    Mi part vx varah varah varah varah varah varah salhi…. background pic ga suzy aa ehkoh huri boy kuraane real name buneladheefaanantha… I beynun maisha aa dhen huri dhe kudhinnaa ves gulhuvan… I cannot choose one…when next??? LYSM ????❤

    1. lilly
      KPOP FANGIRL????

      thank u sooo much…his name is yoo yeon seok…lym❤❤?

    2. KPOP FANGIRL????
      KPOP FANGIRL????

      Thank u???

  9. MariyamSaula

    Whn nxt

  10. Yanaa

    Varah varah reethi?????maa sha Allah.waiting for the next part????

    1. lilly
      Yanaa

      thank uuu sooooo much yanaaa❤❤❤❤

  11. Alya

    I ah rangalhy maisha aa yaish aa gulheema raihaan mihaaru ulhenii kuhjakaah settu vegen dhn e girl vx nubaeh noon dhw adhi..maisha beynu mei vx noon raihaan dheythere ah vannaakah..ehen veema yaish weds maisha ❤❤❤❤

    1. lilly
      Alya

      thihen vanya..maishaa fiyavaa emmen thibeynyy…ufaluga… maishaa raihaan mathin handhaan nahthaanuleveyne hen heevanii.. lets see vaa gotheh …btw thankxx.. alya❤❤❤?

  12. aphxx

    Dheeburi when next part , kiyan hithun kunu wejje
    YAISH???

    1. lilly
      aphxx

      ahaaha ma submit kerin kerithaa 2 thin dhohaa vanuu …admin publish keran leh lahuu…ennu yaish ge vathukiba???❤❤❤

  13. Lamko

    Gurll ur so creative ..mi part varah reethi …masha allah…this is the best story i hv ever red…..lysm gurll

  14. Laany

    Lilly theyo kon rashaku kuhdheh dhw

Comments are closed.