Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާ ނުލާ 19

Ashly Level 210 Stories100 Comments100 Login
November 29, 2019 6 Mins Read
24 Comments

 

ޒޯޔާ ދެލޯހުޅުވާލީ ބާރުގަދަ ދެއަތުގެ ހިމާޔަށް ލިބުމުންނެވެ. މަޑުމަޑުން ހުޅުވާލި ދެލޮލުގެ ކުރިމަތިން ނަވީންގެ ސޫރަ ފާޅުވުމުން ޒޯޔާ ހިނިތުން ވެލިއެވެ. ” ނާވީން ސަރ …” ޒޯޔާ ހައިރާންވެ ނަވީންގެ މޫނަށް ބަލައިލިއެވެ.

ނާވީންގެ އަށްދަނޑިމަތީގައި އޮތް ޒޯޔާއަށް ބަލަހައްޓައިގެން ހުރިއިރު ހިތަށް އަރަމުންދިޔައީ މިހާ ރީތި އަންހެން ކުއްޖެއްގެ ހިތުގައި އޭނާއަށް ޓަކައި ޖާގައެއް ވާނެނަމަ އެވެ. ޒޯޔާ އާއި އެހާ ގާތުގައި ވުމުން ނާވީންގެ ހިތުގެ ހިގުން އަވަސް ވެފައި ވިއެވެ. އެވަގުތު އެގޮތުގައި ދިގުލައި ދިޔުމަށް އެދެވުނެވެ.

ދުރުގައި ނާވީންއަށްށާއި ޒޯޔާއަށް ބަލަހައްޓައިގެން ހުރި އަޔާންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. އަޔާންގެ ހިތް ރޮމުން ދިޔަރު ރުޅިއައިސް ހުރި ވަރު އޭނާގެ މުއްކަވާލާފައި ހުރި އަތުން ބަޔާން ކޮށްދެއެވެ. ޒޯޔާ އާއި އެހާ ގާތުގައި އެހެން މީހަކު ވުމުން އަޔާން އެހާ ރުޅިއަންނަށް ވީ ސަބަބެއް އޭނާއަކަށް އަށް ނުވިސްނުނެވެ. އަޔާންގެ ހިތް ބުނަމުން ދިޔައީ ޒޯޔާ އަކީ އަދި ވެސް އޭނާ ގެ ހައްޤެކެވެ.

ނޭގޭ އިހުސާސެއް މިހިތުގާ އުފެދިއްޖެއޭ

މީހަކު އަދު ތިހިތާ އަދު ގާތްވުމުން ބިރު ހީވެއޭ

އަދި ވެސް ތިޔައީ މަގޭ ހައްގެއް ހެން ހީވެޔޭ

އަދި ވެސް ތިޔަ ނަލަ ތަސްވީރު ކުރަހިފާ މިހިތުގާ

ތިޔަ ލޯބީގާ އަދިވެސް ވިރެމުން އެބަ ހިތް ދެއޭ

އަޔާން އެތާ ހުންނަށް ނުކުޅަދާނަ ވުމުން އޭނާގެ ކެބިންއަށް ދާން ލިފްޓަށް އެރިއެވެ.

” ތޭންސް ނަވީން ސަރ ..” ޒޯޔާ ބުނެލިއެވެ. ނަވީން ޒޯޔާ ބިންމަތީގައި ބަހައްޓަމުން އާޔޫ ފައިން ހޭ އަހާލިއެވެ. ޒޯޔާ ހީލަމުން އާއެކޭ ބުނެލިއެވެ. ޒޯޔާ އާއި ނާވީންމަޑުމަޑުން ހިގާލާފައި ގޮސްއެތަނުގައި ހުރި ޑެސްކެއް ކައިރީ އިށީނެވެ. ޒޯޔާ އަތުގައި އޮތް ފައިލް ހުޅުވާލާފައި މޭޒުމަތީ ބާއްވަމުން ގަލަން ނަގަމުން ނަވީން އަށް ބަލައިލިއެވެ. ” ކޮންއިރަކު މިކޮޅަށް އައީ .. އެކަމަކު އަޔާން ސަރ ބުނުއްވި އަދި ދެދުވަސް ވަރު ނަގާނޭ …” ނަވީންއަށް ބަލަހައްޓައިގެން އިދެ  ޒޯޔާ އަހާލިއެވެ. ޒޯޔާގެ މިއުޒިކީ އަޑު އިވުމުން ހައިރާންވެ އިދެ ނަވީން ޒޯޔާ އާއި  ސަމާސަ ކޮށްލިއެވެ. ” ޒޯޔާ ގޮޑިން ވެއްޓޭތީ ސަލާމައްކުރަންވެގެން އެހާ ދުރުގަ ހުރެފަ މިއައި.. ” ހީލަމުން ނަވީން ބުނެލިއެވެ. ޒޯޔާގެ މަޑު ހުނުމުގެ އަޑު ނަވީންގެ ކަންފަތުގައި ޖެހުމުން ނަވީން މޮޔަ ވާ ވަރު ނުވީ ކިރިޔާ އެވެ. މި އަޖައިބު ކުރަވަނިވި ރާނީ ނަވީންގެ ހިތާއި ކުޅެލައިފި ކަން ގައިމެވެ.

ޗާލޭ ކަލާ ހާދަ ޗާލޭ

ހަނދު ވެސް ލަދުން އޮށްސިގެން ދާނޭ

” ދެން ސީރިއަސް ކޮން ބުނެބަލަ..” ޒޯޔާ ހުނުން މަޑުކުރަމުން ބުނެލިއެވެ. ” އެ ކޮޅުގަ އޮތް މީޓިން ކެންސަލް ވީ އެހެންވެ މި އައީ .. ” ނަވީން ބުނެލިއެވެ. ދެ މީހުން އެކި ވާހަކައިގައި ތިއްބާ ނަވީންގެ ފޯން ރިންގު ވާން ފެށިއެވެ. ނަވީން ޒޯޔާއަށް ބަލާލަމުން އަޔާންގެ ފޯން ކޯލް އެކޭ ބުނެ ފޯން ނަގައި ކަންފަތުގައި ޖަހާލި އެވެ. ” ހަލޯ … އާނ މިދަނީ …” ނަވީން ފޯން ބާއްވަމުން އިންތަނުން ތެދުވެ ދާން ހިގައި ގަންނަމުން ޒޯޔާ އަށް ދަނީ އޭ ބުނެލިއެވެ.

ނާވީން އާއި ވާހަކަ ދެއް ކުމަށް ފަހު އަޔާން ފޯން މޭޒުމަތީ ބޭއްވިއެވެ. ގޮޑިން ތެދުވެ ބާރުބާރަށް ހިނގާފައި ގޮސް ފާރުގައި އަތް ގޮށްމުއްކަވާފައި ޖެހިއެވެ. އަޔާންގެ އަތް ރަތްވެގެން ދިޔައެވެ. ނަމަވެސް އަޔާން އަށް އެ ތަދު އިހުސާސް ވެސް ނުވާ ކަހަލަ އެވެ.  ” މި އަންހެން ކުއްޖާ ހިތައް އަރަނި ކޯޖެކޭތަ .. ކޮންމެ ފިރިހެނަކު އޭނަގެ ޖާދޫގަ ޖެއްސުން ނޫން ކަމެއް އޭނައަކަށް ނެގޭނެ  .. އެ މައުސޫމް ސިފައިގެ ފަހަތުގަ ވަނީ ނުލަފާ އަންހެނެއް .. އަޖުމަލް ބުނީ ހަމަ ރަނގަޅަށް ނަސީބެއް އަހަރެން އޭނަ ކައިރިން ސަލާމަތް ވިކަން …” އިސްތަށިގަނޑު ގައި އެއްއަތުން ފިރުމާލަމުން އަޔާން ބުނެލިއެވެ.

“ކިހިނެއް ވީ މާ އަވަހަކަށް އަށްނާށޭ ބުނީ ..” ނާވީން އަޔާންގެ ކެބިންގެ ދޮރު ހުޅުވާފަ ވައްނަމުން އަހާލިއެވެ. ” މި ފައިލްގަ ހުރި އެއްޗެހި ޑިސްކަސް ކޮށްލަން ..” އަޔާން ގޮޑީގައި އިށީންނަމުން ބުނެލިއެވެ. ނާވީން އައިސް އަޔާން ކުރިމަތީ ހުރި ގޮޑީގައި އިށީނެވެ. ދެމީހުން ފައިލްގައިވާ އެއްޗެއް ޑިސްކަސް ކުރަމުން ދިޔައެވެ. އަޔާން  އަށް އެ ފައިލް ގައި ހުރި އެއްޗަކާ މެދު ވިސްނޭވަރެއް ނުވިއެވެ. އަޔާންގެ ސިނކުޑީގައި އެނބުރެމުން ދިޔައީ ޒޯޔާގެ  ހަނދާންތަކެވެ. އަޔާން ގާތަށް ރުޅިއައެވެ. ” ނަވީން .. ލެޓްސް ޑިސްކަސް އިޓް ލޭޓާ .. ” ފައިލް ލައްޕާލަމުން އަޔާން ބުނެލިއެވެ. ” އާޔޫ އޯކޭ ” ނާވީން އަހާލިއެވެ.” ހޫން ..” ނާވީން އަޔާންގެ ކެބިން އިން ނިކުތީ އަޔާން އެކަމަށް އެދުމުންނެވެ.

” ހަލޯ ދޫނީ .. ޔެސް މަންމަ މިދަނީ މިހާރު .. ލަވްޔޫ ދޫނީ ..” ފޯނުން ވާހަކަ ދައްކަމުން ޒޯޔާ އޭނާގެ ކެބިންނަށް ވަންނަށް ދިޔައެވެ. ކުރިމަތިން ހިނގަމުން އައި ނަވީން އަށް ޒޯޔާ ފޯނުން ވާހާކަ ދައްކަމުން އައި ތަން ފެނުނެވެ. ނަމަވެސް ޒޯޔާއަކަށް  ނަވީން އެއް ނުފެނެއެވެ. ޒޯޔާ ފޯން ބާއްވާފައި ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހަށް ލަމުން ކުރިއަށް ބަލާލި ވަގުތަކީ ނަވީންއާއި އަރާ ހަމަވި ވަގުތެވެ. ޒޯޔާއަށް ކުއްލިއަކަށް ނާވީން ފެނުމުން ބެލެންސް ނުކުރެވިގެން ފައިކައްސާލިއެވެ. އެވަގުތު ވަރަށް ހުށިޔާރު ކަމާއެކު ނަވީން ޒޯޔާ ވެއްޓުނަނުދީ  ހިފެހެއްޓިއެވެ.  ” އައި ވުޑުބީ ޔުއަރ ސުޕަރ ހީރޯ ފުރޮމް ޓުޑޭ އޮންވާޑްްސް …”ސަމާސާ ރާގަކަށް ނާވީން ޒޯޔާއަށް ބަލާލަމުން ބުނެލިއެވެ. ޒޯޔާ ތޭންކްސޭ ބުނެ ހީލިއިރު ލަދުން އެ މޫނު ވަނީ ރަށްވެފައެވެ. ނާވީން ހައިރާންވެ ޒޯޔާ އަށް ބަލަހައްޓައިގެން ހުއްޓެވެ. ” ގެއަށް ދާކަށް ނުވޭތަ ..” ނާވީން ޒޯޔާ ގެ ހަށިގަނޑު ސީދާ ކޮށްލަދެމުން އަހާލިއެވެ. ” ނޫން ދާންވީ .. އެކަމް  އޭގެ ކުރިން  ކުޑަކަމެއް ކޮށްލާފަ އަދި ދެވޭނީ ..” ޒޯޔާ ހިނިތުންވެލާފަ ބުނެލިއެވެ.

ކެބިން އިން ނިކުންނަށް ދިޔަ އަޔާންއަށް ޒޯޔާ ވެއްޓެން ދިޔަ ވަގުތު ނާވީން ހިފެހެއްޓިތަން ފެނުމުން އައިސްހުރި ރުޅިގަނޑު ގަދަވުން ނޫންކަމެއް ނުވިއެވެ. ކެބިން އަށް ވަދެ ބާރުބާރަށް ދެފަރާތަށް ހިނގަމުން ދިޔައިރު ޒޯޔާއާއި ދިމާލަށް ހިތާހިތުން އެއްޗެހި ކިޔަމުން ދިޔައެވެ. ރުޅިއައިސް ހުރިވަރުން އަޔާންގެ ލޯހުރީ ރަށްވެފައެވެ.

ޒޯޔާ ހިނިތުން ވެލާފައި މަޑުމަޑުން ރާގަކަށް ހޫމް ހޫމް ކިޔަމުން އައިސް ކެބިންގެ ދޮރުހުޅުވާލިއެވެ. އައި ނައި ތަނެއް ނޭގި އަޔާން އައިސް ޒޯޔާ ދޮރުގެ އަށްގަނޑުގައި ހިފާފައި ހުރި އަށް ނޫންއެނެއް އަތުގައި ބާރަށް ހިފައި އެތެރޭގައި ހުރި ފާރުގައި ގެންގޮސް ޒޯޔާ ލައްކޮށްލިއެެވެ. ހައިރާންވެ ޒޯޔާއަށް އަޔާން އާއި ދިމާލަށް ބަލައި ލެވުނެވެ. އަޔާންގެ މޫނު ފެނި ޒޯޔާ ބިރުވެސް ގަތެވެ. އެމޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުރި އިރު ޒޯޔާއަށް އަޔާން ކޮންމެ ފަދަ ކަމެއް ކުރަންވެސް ފަސް ނުޖެގޭނެކަން ޒޯޔާ ނަގައި ގަތެވެ. ” އަޔާން ދޫކޮށްލަބަލަ .. ތަދުވެއޭ ..” ރޮއިގަންނަމުން ޒޯޔާއަށް ބުނެވުނީ އެހެންނެވެ. ޒޯޔާ ބުނި އެއްޗެއް އަޔާން އަށް ނީވޭކަހަލަ އެވެ. ޒޯޔާގެ އަތުގައި ކުރިއަށް ވުރެ ބާރަށް ހިފިއިރު ރުޅިއައިސްގެން އަޔާންގެ މޫނު ވަނީ ރަށްވެފައެވެ.

ޒޯޔާ އެނެއް އަތުން އަޔާންގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަޔާން އެނެއް އަތުން ޒޯޔާގެ އަތުގައި ހިފާ ބާރަށް އެއަތް ފާރުގައި ޖެއްސިއެވެ. ވީތަދުން ޒޯޔާއަށް ރޮއިގަނެވުނެވެ. ” އަޔާން .. ޕުލީސް އަހަރެން ދޫކޮށްބާ ..” ޒޯޔާ އެނެއްކާވެސް ރޮމުން އަޔާންގާތު އާދޭސް ކުރަން ފެށިއެވެ. އެވަގުތު ޒޯޔާގެ ފޯން ރިންގުވާން ފެށިއެވެ. ޒޯޔާ އަޔާންގެ އަތް ބާރަށް ފޮޅުވާލުމަށް ފަހު ދަބަހުގައި އޮށްފޯން ނެގިއެވެ. ފޯނުނަގައި ހަލޯ އޭ ބުނެލުމާއެކު އަޔާން ޒޯޔާއަތުން ފޯންއަތުލައި ފޯން ނިއްވާލިއެވެ. ޒޯޔާގާތަށް ރުޅިއައެވެ. ” ގެނޭ ފޯން… އަޔާން ކިހިނެއް ވެގެންތަ ތިއުޅެނީ ..” އަޔާން އަތުން ފޯން އަތުލަން މަސައްކަތް ކުރަމުން ޒޯޔާ ބުނެލިއެވެ. އަޔާން ޒޯޔާގެ އުނަގަނޑުގައި އެއްއަތުން ވަށާލިއެވެ. އަދި އޭނާގެ ގަޔާ ގާތް ކޮށްލިއެވެ. ޒޯޔާއަށް އެވަގުތު ހީވީ އޭނާ ގަނޑުވި ހެންނެވެ. އެހާ ދުވަހަށްފަހު އަޔާންގެ އެބީހުމުގެ ސަބަަބުން ޒޯޔާގެ ހަށިގަނޑުގައި ރާޅު ބާންޏެއް ދައުރު ކޮށްލި ފަދަ އިހުސާސެއް ކުރެވުނެވެ. އަޔާން އަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒޯޔާގެ އެމައުސޫމް މޫނުފެނުމުން އިހުސާސްތަށް ކޮންޓުރޯލް ކުރަން ދަތިވިއެވެ. އަޔާން އަތުގައި އޮތް  ފޯން ކައިރީގައި ހުރި މޭޒުމަތީ ބޭއްވުމަށް ފަހު ޒޯޔާގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ.  ޒޯޔާ އަޔާންގެ ގައިގައި ބާރާށް ބައްދައިލިއެވެ. ޒޯޔާ އަދިވެސް އަޔާން ދެކެ ލޯބިވެއެވެެ. އިންތިހާއަށްށެވެ. އެ އިހުސާސްތަށް ފޮރުވަން އޭނާ މަސައްކަށް ކުރަނީ އަޔާން ޒޯޔާއާއި ދޭތެރޭ ކަންތަށް ކުރި ގޮތުންނެވެ. ނަމަވެސް އަދިވެސް އަޔާންއަށް އެހިތުގާ ދެވިފައިވާ މަގާމަށް ބަދަލެެއް ނާދެއެވެ.

” ބަލަ މިރަށު ހުރިހާ ފިރިހެނުންގެ ހިތްތަކުގެ މަލިކާ އޭ އެއީ … އޭނާ މިރަށު އެތަށް އެތަށް ފިރިހެނެއްގެ ގާތަށް ފިރިހެނުންގެ ފޫހިފިލުވައިދެން ދާނެ … އޭނަ އަމާމެން ނިޔާވިފަހުން އެއުޅެނީ އެހެން … ތިކަހަލަ ބީރަށްޓެހިންނަށް ވަގުތީ އުފާ ހޯދައިދޭން އޭނާ ހުންނާނީ ރެޑީގަ … އެކަން ކަލެއަަށް ވެސް އެނގިފަ ކަށްނޭގެ އޮތްނާނީ .. އެއީ ހަމަ ކޫ..” އަޔާންގެ ކަންފަތުގައި ގުގުމާލީ މީގެ އަހަރުތަކެއް ކުރިން އަޖުމަލް އޭނާއާއި ދިމާލަށް ބުނި ބަސްތަކެވެ. އަޔާންގެ ހިތުގައި ޒޯޔާއަށް ޓަކައި ވާ ލޯބީގެ ހުޅުކޮޅުނިވި ރުޅިވެރިކަން ކުރި ހޯދިއެވެ. އަޔާންގެ ގައިގައި ބައްދައިލައިގެން ހުރި ޒޯޔާ އޭނާގެ ގަޔާ ދުރަށް ކޮށްޕައިލިއެވެ. ޒޯޔާ ފަހަތަށް ގޮސް ބިންމައްޗަށް ވެއްޓުމުން އިސްއުފުލާ އަޔާނަށް ބަލައިލިއެވެ. ” ޔާން .. ޔަ” ކުރަކިވެފާވާ އަޑަކުން ޒޯޔާ އަޔާން އަށް ގޮވައިލިއެވެ. ޒޯޔާގެ ލޮލުގައި ކަރުނަ ގިނަވެފައި ވީއިރު އޭނާއިނީ ވާނުވާ ނޭގިފައެވެ.

” އަހަރެންނާ ދިމާލަށް ތި މުޑުދާރު ދުލުން ނުގޮވާ .. ކަލޭ ހިކުރީ މަވެސް ކަލޭ ތިޖަހާ ބެރަކަށް ނަށާނެ ކަމަށްތަ .. މަމީ ކަލޭގެ ތި މައުސޫމުކަމާ ތި ރީތި ކަމަށް ހެއްލޭނެ މީހެއް ނޫން .. އަހަރެންގެ ފަރާތުން ކަލޭތި ބޭނުން ވެގެން އުޅޭ ކަންތަކެއް ނުވާނެ .. ތި ލޮލުން ވެއްޓޭ އެއްމެ ކަރުން ތިއްކަކުންވެސް މިހިތަކަށް އަސަރެއް ނުކުރާނެ .. ޒޯޔާ ތި އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ނުވި .. މަ ހިޔެއްނުކުރަން ކަލެއަށް މަ ކުރިމައްޗަށް  އަރަން ކެރޭނެ ކަމަކަށް ވެސް .. ހަމަ މިހާރު އަހަރެން ކުރިމަތިން ދުރަށް ދޭ .. ” އަޔާން ހިތަށް އައިހާ އެއްޗެއް ޒޯޔައާއި ދިމާލަށް ގޮވައިލިއެވެ. އަޔާންގެ ހިތުގައި ޒޯޔާއަށް ޖާގައެއް ނެއްކަން ޒޯޔާއަށް ވިސްނުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކި ތަކަށް ބާރު ފޯރުވަން ޒޯޔާ ކުރަމުން ދިޔަ ކޮންމެ ކަމެއް ވީ ބޭކާރެވެ. އަޔާންގެ މޫނަށް ބަލަހައްޓައިގެން އޮވެވުނީ ކީއްވެ ކަމެއް ނޭގުނެވެ. ޒޯޔާއަށް ގަބޫލު ކުރަން ދަތި ވަނީއެވެ. އަޔާްން ޒޯޔާ ދެކެ ރުޅިއަންނަ ވަރުގެ ކަމެއް ޒޯޔާއަށް ކުރެވުންބާއޭ ޒޯޔާ ހިތަށް އެރިއެވެ. ” ބުނީމަ އަޑެއް ނީވޭތަ .. ދާށޭ މިތަނުން…” އަޔާން އައި ރުޅީގައި ޒޯޔާގެ އުޅަބޮށީގައި ހިފާ ކޮޅަށް ނަގަމުން ދޮރާ ދިމާލަށް ކޮށްޕައިލިއެވެ. ޒޯޔާ ޝަކުވާ ކުރަން ކިތަންމެ ބޭނުންވިޔަސް އޭނާގެ އަޑު ނިކުންނަވަރެއް ނުވިއެވެ. މޭޒުމަތީގައި އޮތް ފޯން ނަގަމުން ޒޯޔާ ބޭރަށް ހިނގައި ގަތެވެ.

ލިފުޓުގައި ހުރެ ޒޯޔާ ވަރަށް ރުޔޭ ނަމަވެސް މަގުމައްޗަށް ނިކުތުމުގެ ކުރިން ޓިޝޫއެއް ނަގައި މޫނުފުހެލުމަށް ފަހު ރީތި ހިނިތުންވުމެއް މޫނުމަތިން ފާޅުކުރިއެވެ. އެއީ ޒޯޔާއަށް ވަރަށް ފަސޭހަ ކަމެކެވެ. ހިނިތުންވެލައި އޭނާގެ ހިތާމަތައް ފޮރުވަން އޭނާ ވަނީ ދަސްކޮށްފައެވެ.

އަޔާން ރުޅިއައިސް ހުރި ނަމަވެސް ޒޯޔާއާއި ދިމާލަށް ކިޔުން އެއްޗެހި ހިތަށް އެރުމުން ދެރަވިއެވެ. ނަމަވެސް އަޔާން އޭނާގެ ހިތަށް ޒޯޔާއަކީ ރަނގަޅު ކުއްޖެއް ނޫންކަން ދިޔައީ ވިސްނައި ދެމުންނެވެ. އަޔާން ހީކުރާ ގޮތުގައި ޒޯޔާފަދަ ކުއްޖެއް ދެކެ ލޯބި ވެވުމަކީ އޭނާއަށް ކުރެވުން އެންމެ ބޮޑު ކުށެވެ.

ނަވީން އޮތީ ގެއަށް އައި ގޮތަށް އޭނާގެ ކޮޓަރީގައި ޒޯޔާއާއި މެދު ވިސްނާށެވެ. ޒޯޔާ ފުރަތަމަ ފެނުން ދުވަހުން ފެށިގެން އެހިތުގާ ޒޯޔާއަށް ޓަކައި ވިންދު ޖަހާލިއެވެ. އެ މައުސޫމުކަން އެ ރީތި އަޑު އެ މަޑުމައިތިރިކަމަށް ނާވީންގެ ހިތް ޒޯޔާއަށް ޓަކައި ފިދާވިއެވެ. އޭނާގެ ހަޔާތަށް މިހާތަނަށް އެއްވެސް ކުއްޖަކަށް އާދެވިފައި ނުވާއިރު ޒޯޔާ ވަނީ ނަވީން ގެ ހިތް ފަތަހަކޮށްލާފައެވެ. ނާވީންއަށް މިއަދު ދިމާވި ހާދިސާ ލޯކުރިމަތިން ސިފަވަމުން ދާހެއް ހީވިއެވެ. ބޭއިހުތިޔާރުގައި ނާވީންއަށް ހިނިތުން ވެވުނެވެ. ޒޯޔާގެ ރީތި މުށިކުލައިގެ ލޮލުގެ ތެރެއަށް ފީނައިގަންނަށް އޭނާ ބެނުންވިއެވެ. އަބަދު އެމޫނަށް ބަލަން ހުންނަށް އޭނާ ބޭނުން ވިއެވެ. ނާވީންގެ ހިތް ޒޯޔާ އޭނާ ގާތު ވުމަށް އެދޭވަރު އޭނާއަށް އިހުސާސް ވިއެވެ. ” ޒޯޔާ އައި ލަވް ޔޫ … އައި ލަވްޔޫ ސޯ މަޖް … ޒޯޔާ އައި އެމް މޭޑްލީ އިން ލަވް ވިތް ޔޫ … އައި ވިލް މޭކު ޔޫ މައިން .. ސޫން ..” ރީތި ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން ނާވީން މަޑު މަޑުން ބުނެލިއެވެ.

ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ …

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

ކާމިޔާބު 1 (އެއްވަނަބައި)

Next

ނާކާ (އެޕިސޯޑް 8)

Next
November 29, 2019

ނާކާ (އެޕިސޯޑް 8)

Previews
November 29, 2019

ކާމިޔާބު 1 (އެއްވަނަބައި)

24 Comments!

  1. Noor says:
    November 30, 2019 at 1:06 am

    Ashly mihaadhuvas kollaafaves up kolladhineema vvvvvvv bodah thank-you vvvv nice story eh mee waiting for the next part keep it up dear ones more thank u??????

    1. Ashly says:
      November 30, 2019 at 5:49 am

      Thanks Noor…

  2. Princess aish says:
    November 30, 2019 at 2:46 am

    Masha allah varah reethi mi part…???waoting for the next part..❤❤❤❤❤❤

    1. Ashly says:
      November 30, 2019 at 5:50 am

      Thanks princess aish ..☺️

  3. Ashly says:
    November 30, 2019 at 5:56 am

    Varah gina dhuvas kohfa mi part mi up kohli .. I know some readers varah rulhi ais thibinkan I am very very sorry for that.. I need it support .. ash ge athuga laptop eh nethi ma Hama nuli yevuni .. nd yes I got a new laptop .. ash mi story mi gothah kuri ah gen dhevey tho balaanah .. ash in meedhu kuran kuri ekey ehgothah varah gina readers ge support libeyne kamah … I read all your comments on kalaaya nulaa part 18 ekam Hama reply nukuri laptop libeyne vaki dhuvaheh ash ah neygey thi … I love all my readers … Nd I wish mi part ves kamudhiya kamah .. ☺️☺️☺️☺️☺️❤️❤️❤️❤️❤️

  4. Shuha says:
    November 30, 2019 at 9:03 am

    Varah gina duvahah fahu mi vaahaka kiyaalan mi libuny………. Vvvv reethi mi part vx………. Whn nxt………. Waiting………….

    1. Ashly says:
      November 30, 2019 at 10:35 am

      Thanks shuha .. ☺️

  5. ammi says:
    November 30, 2019 at 11:35 am

    omg… finally got to read this.. was waiting for this for so long… vvv nice mi story.. waiting for next part.. pls soon next part up kohladhechey 🙂

    1. Ashly says:
      November 30, 2019 at 4:21 pm

      Okay I will upload soon .. thank you for your comment ?

  6. Noor says:
    November 30, 2019 at 12:50 pm

    Ginadhuvas vaanhedheema vegenulhey gotheh readers kaaree bunelun rangalhee eyrun ekudhin ves maayoos nuve ummeedhuga thibeyne vaanuvaa neyngengnaa baeh Kudhin hyper ves vaane dho we are human beings??

    1. Ashly says:
      November 30, 2019 at 4:46 pm

      Yeah I know… I am really sorry for that ??

  7. AmInAtH says:
    November 30, 2019 at 9:59 pm

    Finally got to read this part…… when is next part…… plx up load next part soon……..I cant wait to read next part……I really love this part too…….Ashly plx plx plx up load next part soon dear………………

    1. Ashly says:
      November 30, 2019 at 10:29 pm

      Thanks dear … Insha Allah tomorrow up kohdheynah .. 20 vana bai

  8. Imkko says:
    November 30, 2019 at 10:54 pm

    V reethi mi bai …. v reethi mi story ves …. curiously waiting for the next story dear

    1. Ashly says:
      December 1, 2019 at 8:35 pm

      Thanks lmkko .. miadhu 20th vana bai up kuran huri ekam ash liye nihmaalaafa save nukoh indha ehbai gehluni .. ash mirey enehkaa ebai liyelaafa up kohdhevey tho balaanah igey .. ☺️☺️☺️

  9. Yanaa says:
    December 1, 2019 at 12:28 am

    Thanks ehaa gina dhuvas kohffa ves up kohdhinee theeve…mi part varah varah reethi ingey..maa sha Allah. curiously waiting for the next part…..❤️❤️❤️❤️❤️❤️

    1. Ashly says:
      December 2, 2019 at 10:41 am

      Thank you yanaa❤️❤️

  10. Aisha says:
    December 2, 2019 at 9:38 pm

    Up nukoh las vegen mihaa story jahssaa meehaku ma nudheken

    1. Ashly says:
      December 4, 2019 at 1:27 pm

      Oh ehen tha Aisha .. Aisha ah egeytha ehn meeheh ge life ga vaa Kan Kan .. ehcheh bunumuge kurin visnaalan vaane konme kamehge fahathuga ves sababeh vaakah.. ash eh story eh nujahsan .. vaahaka up nukure vigen ulhuni data nuhedhigen … So if you don’t have any idea abouts what’s happening just don’t judge .. data hedhuninma mihaaru innnani vaahaka up kohfa varah avahah kiyaalan libeyne .. ☺️.. thank you for your comment ?

  11. Aisha says:
    December 6, 2019 at 3:18 am

    Ma buny thedhehkkan mulhi dhuniye ah ves saabithu vefa mi othee…. kobaa 2020 ga 20 vana bai genesdeynee dw

    1. Ashly says:
      December 8, 2019 at 5:26 pm

      2020 aumuge kurin ash innani 20 vana part up kohdhyfa .. ehn v ma mithaa mulhi dhuniye ah saabithu vefa ohnaani ash aki story jahsaa meeheh nuh Kan ?

  12. Dolly says:
    December 6, 2019 at 8:43 pm

    Aisha. Aisha ves ehcheh bunumuge kurin visnaalan veje ehnun ehen meehunge life aa dheytherey….Hama ehkani thimaage life aa dheytherey nun thaa visnan jehey nee….Ashly ge life ga vaa kanthakuge vaahakah ingey nee ashly ah thaa…… Thi kahala meehun nah kiyanee selfish meehun ney…… Aisha mi vaahakah ah interest nehthiyaa nukiyaa eyrun strory jahssaa meehu ge vaahakah eh nukiyey neh ehnun…… I think its better….
    Dont be sad ashly…… Meehun ehchi kiyaa varakah kuriehrun vaanee…. Some people will give these kind of comments just ignore those comments….Always look positive comment cux those comment give strength to you ashly…………. Anyways this part is also nice dear……. koniraku next part up kohlaanee…..

    1. Ashly says:
      December 8, 2019 at 5:33 pm

      Thanks for your comment dolly .. it’s nice to have a reader like you .. comment kiyaalima ithuru hihvareh libigen gohsi .. thank you very much .. ❤️❤️❤️❤️❤️☺️☺️☺️

  13. Shaiher says:
    December 11, 2019 at 8:09 pm

    Hama v v v reethi keep it up???

Comments are closed.

Next Episodeކަލާޔާ ނުލާ 20←


All Right Reserved!