ކުރަހައިފައިވާ ރައިހާން ގެ ފޮޓޯ ގަނޑަށް ބަލަން އޮއްވާ އަހަރެންނަށް ނިދުނެވެ………..އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެެވެ…”ދަރިފުޅާ މައިޝާ.. ސުކޫލަށް ދާން ތެދުވެބަލަ …އެއޮތް ގަނޑިޖެހެނީ އޭ…ދަރިފުޅާ”…. އިސްތަށި ގަނޑު ހާވަމުން އަހަރެން އަވަހަށް ފާހަނަ އަށް ވަދެ… ފެން ވަރައިލައިގެން ..ނިކުމެ ސުކޫލަށް ދާން ތައްޔާރު ވެލީމެވެ… މިއަދު ލަހުން ހޭލެވުނީމަ ބަސް ކެޓީއެވެ… އެހެންވެ ސުކޫލަށް ދާން ޖެހުނީ މަންމަ އާއެކީ ސައިކަލުގައެވެ…. ދުވަހަކީ ވަރަށް ވެސް ވައިބާރު ދުވަހެކެވެ… ސުކޫލާ ހަމަ އަށް ދެވުނު އިރު އަހަރެން އަޅައިގެން ހުރި ބުރުގާ ވަނީ އެފުން މިފުށަށް ޖެހިފައެވެ… ފާހަނަ އަށް ވަދެ ބުރުގާ ރީތި ކޮއްލައިގެން އަހަރެން އަވަހަށް ކްލާހަށް ވެންނީމެވެ…. ލަޔާ މިއަދަކު ސުކޫލަކަށް ނާދެއެވެ… ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ… މިއަދު ގަޑި ހިނގާލެއް ވަރަށް ވެސް ލަހެވެ.. ބައެއް ކްލާސް ތަށް ދެތިން ގަޑީރަށް ވެސް ދިގު ދެމިގެން ދާހެން ހީވާ ފަހަރުވެސް އާދެއެވެ…. ބަސް ސްޓޮޕް އަށް ބަސް މަޑުކުރުމުން އެންމެ އަވަހަށް ފޭބީ އަހަރެންނެވެ… ފަހަތެއް ކުރިއެއް ބެލުމެއް ނެތި އަހަރެން ގެއާ ދިމާލަށް …ހިނގައިގަތީމެވެ…”މައިއްކޯ މަޑުކޮއްބަލަ”… އަހަރެންގެ ތުންފަތަށް ހިއްގައިމު ހިނިތުންވުމެއް ވެރިވީ ފަހަތުން ރައިހާން ގޮވާލުމުންނެވެ… އަހަރެން ރައިހާން އަންނަދެކަށް މަޑުކުރީމެވެ… “ކޮބާ…ލަޔާ ކީއްވެ މިއަދު ސުކޫލަށް ނުދިޔައީ” އަހަރެން އަހާލީމެވެ… “އެވާނީ ކޮންމެސް ޓެސްޓެއް އޮތީމަކަށް އަހަ އަހަ އަހަ” ރައިހާން ހޭން ފެށިއެވެ.. ރައިހާން ގެ މޫނާ ދިމާލަށް ބަލަން އަހަރެންނަށް ހުރެވުނެވެ… އަނގައިން ސޮނި ފައިބާހެން ހީވުމުން އަވަހަށް ފުހެލާފައި ދެލޯމަރާލީމެވެ… ރައިހާން އަށް އެ މަންޒަރު ނުފެނުމުން …ފުން ނޭވާއެއް ލެވުނެވެ…. ރައިހާން އާއެއްކޮއް އަހަރެން ދިޔައީ އެ ގެއަށެވެ.. އެއީ.. މިއަދުގެ ހުރިހާ ނޯޓްސް ތަކެއް ލަޔާއަށް ދިނުމަށެވެ…. ލަޔާ އަތަށް ނޯޓް ތަށް ދިނުމަށް ފަހު އަހަރެން އަވަސް ވެގަތީ ގެއަށް ދިއުމަށެވެ… ފެން ވަރައިގެން… އައިސް ކަކު ލާ ހަަމަ ޔަށް އަރާ… މުށި ކުލައިގެ އަތް ދިގު ހެދުމެއް ލީމެވެ… މޫނުގައި ފުއްކޮޅެއްޖަހައިފައި…ބުރުގައި އަޅައިގެން .. ލަޔާ ގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ…. އެ ގޭދޮރު ތަޅުލައިފައި ހުރުމުން ޓަކިޖެހީމެވެ.. ނަމަވެސް ދޮރެއް ނުހުޅުވިއެވެ.. އަހަރެން އަނެއްކާވެސް ޓަކި ޖެހީމެވެ.. އަހަރެން ސިއްސައިގެނ ދިޔައީ ކުރިމަތީގައި ހުރި ރައިހާން ހަޅޭލަވާގަތުމުންނެވެ.. އަހަރެން ޓަކި ޖަހަން އަތް ނެގި ވަގުތު ރައިހާން ދޮރު ހުޅުވުމުން އަހަރެންނަށް ޓަކި ޖެހުނީ ރައިހާން ގެ ނިތުގައެވެ… ރައިހާން އަށް އިތުރު ބަހެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން އަވަހަށް ގޭ ތެރެއަށް ވަދެގަތީމެވެ.. އަހަރެން ފަހަތް ބަލަމުން ދުވަނިކޮއް.. ފާހަނައިން ނިކުތް ލަޔާގެ ގާގައި ޖެހި ވެއްޓުނެވެ.. “ޕިސް ޕިސް.. ކީއްވެގެން ތަ ތިއުޅެނީ.. ޖިންނި އެއް ފެނުނިތަ… ކިރިއާއެންނު އަހަރެންގެ ތުވާލި ނުވެއްޓުނީ” ލަޔާ.. އަހަރެން ނަގަމުން ބުނިއެވެ… އަހަރެން ލަޔާއަށް ވީގޮތް ކިޔާދިނުމުން.. ލަޔާފެށީ ހޭށެވެ… އަހަރެން ލަޔާގެ އަނގަމަތީގައި އަތް އެޅީމެވެ.. އަހަރެމެން އެތާގައި ތިއްބާ… ނިތުގައި ފިރުމަމުން… ރައިހާން ގޮސް ކޮޓަރިއަށް ވެންނިއެވެ… އެތަން ފެނުމުން ލަޔާ އަނެއްކާވެސް ހޭން ފެށިއެވެ… “ޕިސް ޕިސް މޮޔަވީތަ… އަދި އެބަހެޔޭ… ދަތް ކޮޅުވަރާލާފާނަން… އަހަރެންގެ ރައިހާން އަތް މަލާމަތް ކުރަންޏާ… ” އަހަރެން ލަޔާ އާދިމާލަށް ލޯއަޅާލީމެވެ.. “އޯކޭ އޯކޭ ބޮސް” “ލަޔާ …..ލަޔާ ދޭބަލަ ރައިހާން ގެ ކޮޓަރީ ކުނި ކަހާލަން…ޝާނިޔާއްތަ މިދަނީ ސުކޫލު މީޓިންގް އަކަށް” “އާން” ޝާނިޔާއްތަ ދިއުމުން… ލަޔާ ގޮސް ވެންނީ ރައިހާން ގެ ކޮޓަރިއަށެވެ.. މިއަދު ވީ ކަންތަކުން އަހަރެން ހުރީ ނުވަންނާށެވެ.. ނަމަވެސް ލަޔާ އަހަރެން އަތުގައި ހިފައި ގަދަކަމުން ވެއްދިއެވެ.. ރައިހާން އޮތީ ނިދާފައެވެ.. ހަމަ އެކަނި ސޯޓު ކޮޅެއް ލައިގެން އޮތުމުން އެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ.. އަހަރެން ގޮސް .. އެ ގޮދަޑި ކޮޅުގައި އިށީދެލީމެވެ.. ލަޔާ ފެށީ ކުނި ކަހާށެވެ.. އަހަރެންނަށް އިރު އިރު ކޮޅުން ރައިހާން އާ ދިމާލަށް ބަލާލެވެއެވެ.. ލަޔާއަކަށް ކެތެއް ނުވިއެވެ.. އަވަހަށް ގޮސް ރައިހާން ބަނޑު ކޮއްޓަން ފެށިއެވެ.. ރައިހާން ކުއްލިއަކަށް ހޭލިއެވެ.. ނިދާފައި އޮއްވާ..އުނދަގޫ ކުރުމުން ރައިހާން ވަރަށް ރުޅި އަންނާނެއެވެ.. ރައިހާން ހޭލި އިރުގައި ރައިހާން އާއި އެންމެ ކާރީ ހުރީ އަހަރެންނެވެ.. ލަޔާ ހުރީ ކުނި ކަހާށެވެ… އެކްޓް ޖައްސަން މީނަ ވަރެއް ނޯންނާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ.. “މައިއްކޯ..ނިދަފަ އޮއްވާ އުންދަގޫ ކޮއްގެން ނުވާނެއޭ ..އަހަރެން ބުނީމެއްނު.. މިއަދު އަހަރެންގެ ނިތްމަތި ދޮޅުކޮއްލީި… އެވަރު ކުޑައީތަ” ރައިހާން… އެޔެއް މިއެއް ބެލުމެއްނެތި އަހަރެންނާ ދިމާލަށް އެއްޗިސް ކިޔަން ފެށިއެވެ.. އަހަރެން ލަޔާ އާއި ދިމާލަށް ބަލާލީމެވެ.. ލަޔާ ދޫ ދިއްކޮއްލިއެވެ.. ” ނު…ނޫން އަހަރެންނެއް ނޫނެ…އެއީ މި ލަ…….” އަހަރެން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނިސް ރައިހާން އަހަރެންގެ ވާތުގައި ހިފައި ބަންދުކޮއްލިއެވެ… “މީހުން …ނިދާފަ ތިއްބާ އުނދަގޫ ކުރަންޏާ…އަދަބު ދޭން ޖެހޭނެ…..ދޮގެއްތަ ލަޔާ” “އަހަ އަހަ ޔަގީނެއްނު..” ލަޔާ ވެސް ރައިހާން އާ އެއްބައިވެލިއެވެ… އަހަރެންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ…. ލަޔާ ހެވިފައި ބަލަން އިނެވެ… ރައިހާން އަހަރެންގެ އަތުން ދޫކޮއްލުމުގެ ބަދަލު އިތުރަށް ބާރު ކޮއްލިއެވެ.. އަހަރެންގެ އަތަށް ތަދުވާގޮތްވިއެވެ.. އަނެއް އަތުން އަހަރެން ރައިހާން ގެ ފައި ކަށިމަތީގައި ހުރި އިސްތަށި ތަކަށް ބާރަށް ދަމައިގަތީމެވެ.. ކަންތައް ވީ އަހަރެން ހީކުރި ގޮތާމުނިން ހިލާފަށެވެ.. އަހަރެންނަށް ކުރެވުނު މޮޔަކަމުގެ ސަބަބުން އަހަރެންގެ އަނެއް އަތް ވެސް ރައިހާންގެ ބާރުގެ ދަށަށް ދިޔައީއެވެ.. އަހަރެން ފައިން ރައިހާން ގެ ބަނޑު ކޮއްޓަން ފެށީމެވެ…. ލަަސް ތަކެއް ނުވެ ރައިހާން އަހަރެންގެ ދެފައި ލޮކް އެޅުވިއެވެ… އަހަރެން އޮތީ ފާޑަކަށް ރައިހާން ގެ ގައިމަތީގައެވެ.. ކޮޓަރީގެ ދޮރު ހުޅުވާލާ މީހަކަށް އަހަރެމެން ތިބި ގޮތް ފެނިއްޖެނަމަ ހީކުރާނީ މުޅިން އެހެން ކަމެކެވެ… އަހަރެން ގަދަ ހަދަން ފެށީމެވެ…އަހަރެން ލަޔާއާ ދިމާލަށް ބަލާލާފައި ވައި އަޑުން ޕްސީޒް ސޭވްމީ އޭބުނީމެވެ… ރައިހާން ގެ ބީހުމުން އަހަރެންނަށް އުނދަގޫ ވަނީކީ ނޫނެވެ… ރައިހާންގެ ގާތުގައި ހުންނަން ބޭނުން ނުވަނީކީވެސް ނޫނެވެ… އަހަރެންގެ ހިތުގެ ހާލަތު ރައިހާން އަށް ހާމަވެދާނެ ކަމުގެ ބިރު އޮންނާތީއެވެ…ލަޔާ އައިސް ގޮދަޑީގައި އިށިންނުމުން ރައިހާން އަހަރެން ގެ ގައިން ދޫކޮއްލިއެވެ… އަހަރެންނަށް ފުންނޭވާއެއް ލެވުނެވެ.. ރައިހާން އަހަރެންގެ ގައިން ދޫނުކޮއް އެންމެ ސިކުންތެއް ލަސް ވިއަސް އަހަރެންގެ ދުވަސް ދާނެއެވެ… “އައްދޯއި… ބަލަ މިއޮތީ ދެންމެ މައިއްކޮ ނިޔަފަތި އެޅުވި އިނގިލި” ރައިހާން ކަނައަތުގެ ކުޑަވާ އިނގިލި ދައްކަމުން ބުނިއެވެ..”ކާކު ތަ ބުނީ އަހަރެންގެ އަތުގައި ހިފާށެވެ… ” އަހަރެން ވެސް ދުލެއް ނުކުރަމެވެ.. ނަމަވެސް އަހަރެންގެ ފަރާތުން ރައިހާން އަށް ކުޑަވެސް އަނިޔާއެއް ލިބުމުން ދެރަ ވިއެވެ.. ކަބަޑު ތެރެއިން ބޭސްމަލަން ކޮޅެއް ހިފައިގެން އައިސް ރައިހާން އަމިއްލަ އިނގިލީގައި އެޅިއެވެ… މަލަން ކޮޅު އޮތީ އެގޮތް މިގޮތަށެވެ… އަހަރެން ގޮސް އާ މަލަން ކޮޅެއް ހިފައިގެން އައީމެވެ…. “ތީ މީހުން މަލަން އަޅާ ގޮތްތަ؟؟ ދައްކަބަލަ އަހަރެންގެ އަތަށް ” ރައިހާން ގެ އަތުގައި ހިފަމުން އަހަރެން ބުނީމެވެ… ރައިހާން އަހަރެންގެ އަތުގައި ރީއްޗަށް ހިފާލިއެވެ…. އަހަރެން އަނެއް އަތުން ރައިހާންގެ އިނގިލީގައި މަލަން ކޮޅު އަޅައިދިނީ ވަރަށް ވެސް ލޯބިންނެވެ…ރައިހާން ގެ އަތުގެތެރެއިން އަހަރެން އަތް ދަމައިގަތީ ހިތާ ދެކޮޅަށެވެ… “ކިތަންމެ ރީއްޗައް މަލަން އެޅިއަސް …ވަގުތުން ރަނގަޅެއް ނުވާނެ އޭ…. ތި އަޅައިދިން މަލަމަކީ… ބަރަކާތް ނެތް މަލަން… އަހަރެން މާވަށަށް ގޮސް … ބަރަކާތްތެރި މަލަން އެޅޭނީ…އަހަ އަހަ” ރައިހާން އެ ބުނީ އީޝާއަޅައިދޭ މަލަމުގެ ވާހަކަ ކަން އަހަންނަށް އެނގެއެވެ… ރައިހާން އަށް ނޭނގިނަމަވެސް އެބުނި ޖުމްލައިން އަހަރެން ގެ ހިތަށް ކަށިތަކެއް ހެރުނު ފަދައެވެ… އަހަރެން އެރި ރުޅިއިންނާއި ވީ ދެރައިން ރައިހާން އަތުގައި އަހަރެން އެޅި މަލަން ކޮޅު ދަމައިގަންނަމުން … ދުވެފައި ކޮޅަރިން ނިކުތީމެވެ.. ލަޔާ އަހަރެން ފަހަތުން އަންނަން އުޅުމުން އަހަރެން އެކަން ހުއްޓުވީމެވެ… އަނގަމަތީގައި އަތް އަޅަިއިގެން އަހަރެން ދުވފައިގޮސް… ގެއަށް ވެންނި ވަގުތަކީ އަހަރެން ލޮލުން ކަރުނަތަށް ފައިބައި ގަތް ވަގުތެވެ… އަހަރެންގެ ރުއިމުގެ އަޑި ދިޔައީ ބާރުވަމުންނެވެ…. ގޭދޮރުގައި ލެގިލައިގެން … އަހަރެންނަށް ހުރެވުނީއެވެ.. ގުޑިލަންވެސް ނޭނގިފައެވެ… ކިތަންމެ ވަރަކަށް މަސަތްކަތް ކުރިއަސް… މިފަހަރު އަހަރެންގެ ސިކުނޑިއަށް ވުރެ ހިތް ބާރުގަދަ ވިއެވެ… އަހަރެން މިހެން ހުއްޓާ މަންމަ އަށް ފެންނާކަށް އަހަރެން ނޭދެއެވެ.. އެހެންވެ އަވަހަށް ކޮޓަރިއަށް ..ވެންނީމެވެ… އަހަރެންނަށް ނޭނގުނު ކަމަކީ… އަހަރެންގެ ހަރަކާތް ތަށް ބަލަން ފެންކަޅިވެފައި އަހަރެން މަންމަ ހުރިކަމެވެ.. އެ ދުވަހުގެ ބާކީއޮތް ބައި އަހަރެން ހޭދަކުރީ ރުއިމުގައެވެ… 8 ޖަހާލި ކަންހާއިރު ލަޔާ އައެވެ… އޭރުވެސް އަހަރެންނަށް ހަމަ ރޮވެނީއެވެ… އެންމެ ފަހުން ހާނިމް އަަށް ގުޅައިގެން ވާހަކަ ދައްކާލެވުމުން ހިތަށް ހަމަ ޖެހުމެއް ލިބުނެވެ… އަހަރެންނަށް އެ ފަދަ ކަމަކު ރޮވުނީތީ…. އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ… ރައިހާން އުޅެނީ އީޝާ އާއި ރައްޓެހިވެގެނެވެ.. އެހެން ކަމުން ރައިހާން އެހެން ބުނުމަކީ މައްސަލައެއްނޫނެވެ… އަހަރެން މީ ވަކި ކާކު ތޯ…. އަހަރެންގެ ހިތަށް ވިސްނަދޭން ކިތަންމެ މަސަތްކަތް ކުރިއަސް … ވާ ފައިދާއެއް ނެތެވެ… ހިތަށް ވިސްނޭނީހިތެއް އޮވެގެނެއްނޫންތޯ… އަހަރެންގެ ހިތް ވަނީ.. ރައިހާން އަށްއެކީ ދެވިފައެވެ…..ލޮއެއްބަކީ..ފޮނި.. ނަމަވެސް ހިތި އެއްޗެއް ކަން އަހަރެންނަށް ވަނީ އެނގިފައެވެ….އަހަރެން ރައިހާން ދެކެ ލޯބިވާވަރު ރައިހާން ހަމަ ނޭނގެނީ ބާއޭ ނޫނީ އިނގޭ ކަމައް ނަހަދީ ތޯ… އަހަރެން ކުރާ ކޮންމެ އަމަލަކުންވެސް ރައިހާން ދެކެ ވާ ލޯބި…ހާމަކޮއްދެމެވެ…. އަހަރެން ރައިހާން ބޭނުމެވެ.. ވަރަށް ވެސް ބޭނުމެވެ.. ނަމަވެސް އަހަރެންނާހެދި ރައިހާން އާއި އީޝާއާއި ދެމެދު އެއްވެސް މައްސަލަ އެއް ޖެހޭކަށް އަހަރެން ނޭދެމެވެ…. އަހަރެންގެ ސިކުނޑިއަށް އައީ… ތަންކޮޅެއް ކުރި ލަޔާބުނި ވާހަކަ އެވެ…………………………………………………
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





Awww???…alhe majalaa ehvarah reethi vx story eh mii???whn next part❤❤❤waiting fr it ngeyy…lysm???
Btw me first
Aww thank u soooo much ?❤️?
Wow, raihaan haadha goahey dhw ekujjaa dhera kolly?
ahaha raihaan aa nubehibala dhoo ..makunu aisefathu??❤?
Mi part vx hama habeys….???????.. Waiting fr nxt part….???????????.. LYSM gurll…???????…….
thank u soo much kylie …lym❤❤?
Gurll dhoonii… Reyga kiyaifinn but WiFi slow kamun comment eh nukohlevunee…. BTW as usual mi part varah salhi…. Maeee haadha lwwbekey evanee raihaan dheke…. Dhen ehaa varah nuthalhuvrr e dhemeehun gulhuvabrr… Lysssssm… Whn is the next part?????… Mi vaahaka mee nayaa enme kiyaa hithun kiyaa eh vaahaka…. ?????????????????❤??????????????❤?????❤??????????❤❤???….
Wow??? varah reethi mi part vx??? waiting for next part??? when next????
Varah reethi mi bai vx maashaa allah….whn nxt….waiting…..
thank u soo much kairaa❤❤?
Mi part vx varah?varah?varah?varah varah?varah?varah?varah?varah varah?varah?varah?varah?varah varah?varah?varah?varah?varah varah?varah?varah?varah?reethi…. ekamu thankolheh avahah up kohladhinnama hama habeys?… layaa buni vaahaka eh avahah kiyaalan libeynekamah ummeedhu kuramun vakivelan. Vassalaamualaikum..?just kidding… kon irakun 11th part kiyaalan libeynee… i’ll be waiting… LYSM????❤
ehehe thank u ..tuesday ga….lym❤❤???
Maikko kuranee ekahala kanthah dhw ….masha allah mi part vc varah furihama…lysm gurll