ހިތްހަލާކު 3
ހިތް ހަލާކު ފަހުބައި
“އަޅާނުލާ އަހަރެން ގޮސް ސަމާ ތިޔަތަނުން ދުރުކޮށްލާނަން އަދި ރީތި ދިރިއުޅުމެއްވެސް ހޯދައިދޭނާން” ނާޒިމު މިހެން ބުނުމުން ސަމާއަށް ދިރި އުޅުމުގެ އުފާވެރިކަމުގެ އާފެށުމުގެ އިޙްސާސްއާވިއެވެ. ހުވަފަތްވެފައިވާ އެދިރިއުޅުމަށް އާ ޙަޔާތެއްގެ ބަހާރުލިބޭނެ ކަމުގެ ޢުންމީދު އާވިއެވެ. އޭނާ ﷲަ އަށް ޝުކުރުކުރިއެވެ އެހާލޯބިވާ އޯގާތެރި ވާނެބައިވެރިޔަކު ﷲ ދެއްވީތީއެވެ. ފޭސް ބުކް މެދުވެރިކޮށް ވިޔަސްވެހެވެ. ނަވީންގެ ހިތި ހަނދާންތަކުން އޭނާ އާޙަޔާތެއްގެ ބިންގާ އަޅާނެއެވެ. ސީދާ ނަވީން ކަހަލަ މީހަކު އޭނާއަށް ނުލިބޭނެއެވެ. އެކަމަކު އޭނާ އަބަދުވެސް އެނަމައް ޤަދަރު ކުރާނެއެވެ. ނަވީން އަކީ ލައްކަޔަކުންވެސްގުނާލެވޭ އެކެކެވެ. ޙަޔާތުގެ އެއްދުވަހުން އަނެއް ދުވަހަށް ކަންތަށް ވާގޮތެއް އެކަކަށްވެސް ނޭގޭނެއެވެ. މިއަދު ލޯބިން މާފޮޅުވަމުން ވަޢުދު ވަމުންދާ ކިތަންމެ ބަޔަކު މާދަމާ މުޅިން ދުރުހިލޭ މީހުނަށް ވެެދެއެވެ. ސަބަބުވެސް ނުމެއެނގިއެވެ.
ސަމާގެ ދަރިފުޅު މަރިޔަމް ބަލިވެގެން ސަމާއާއި ދަރިފުޅު މާލެއަށް ބަދަލުވިއެވެ. ބޭސްފަރުވާ ރަނގަޅީ މާލޭގައި ކަމަށް ވުމުންނެވެ.
“އަހަރެން މިއުޅެނީ ދަރިފުޅު ގޮވައިގެން މާލެދާން އެމަންޖެ ކުޑަކޮށް ބަލިވީމަ” ސަމާ އިބްރާހީމް ކާރީ ބުނެލިއެވެ. ކޮންމެ ދުވަހަކު ސަމާ އެތަށް ވަހަކައެއް އިބްރާހީމް އަށް ކިޔާދެއެވެ.
“ދަރިފުޅަށް ކިހިނެއްވަނީ؟ ބަލިވީތަ؟ އަހަރެންވެސް ބަލިކޮށް އުޅުނީމާ ނުގުޅުނީޔޭ މިދިޔަ ދުވަސްތަކުގައި” އިބްރާހީމް ނާޒިމު ބުނެލިއެވެ.
ކުރިން ސަމާއާއި ލޯބިން ވާހަކަ ދައްކާ ލަވަ ފޮނުވަމުން ދިޔަ އިބްރާހީމް ނާޒިމު ބަދަލުވާންފެށިކަން ސަމާއަށް އެނގުނެވެ. ސަބަބު ސަމާއަށް ނޭގެއެވެ.ހީއަށް އެކިއެއްޗިހި ސަމާ ވިސްނަމުންދިޔައެވެ. އެއީ އޭނާގެ ދުވަސްވީ އާދައޭވެސް ސަމާ ހިތަށް އަރައެވެ. ގިނަ މީހުންނާ ރައްޓިހިވެފަ ހުރުމުން އަދި ކިރިޔާ ފޭސް ބުކް އިން ދިމާވި މީހާއާއި ރުޅިވާންޖެހުނަސް އޭނާއަށް އެއީ މާބޮޑު ކަމެއް ނޫނެވެ. ލޯތްބަކީ އޭނާގެ ޒަމާންވީ ކުޅިވަރެވެ. އޭނާ އަކީ މާލޭގެ މީހެކެވެ. ގެދޮރުގެ އަވައިގަ ޖައްސާނެ ކިތަންމެ ރާއްޖެތޭރޭ ކުދިން އޭނާއަށް ލިބިދާނެއެވެ. އަދި އަމުދުން ސަމާއާއި އޭނާ ބައްދަލުވީ ވެސް ނޫނެވެ. ވީއިރު ސަމާއާއި ގުޅުން ކަނޑާލަން އޭނާ ވިސްނާނެ ހެއްޔެވެ.މިއީ ސަމާގެ ހިތަށް އަރަމުން އައިއެއްޗިހިއެވެ. މިކަމުގައި ޒިންމާ ނަގަން އޭނާ ބޭނުމެއް ނުވާނެއެވެ. އެހެންނޫނަސް ޒިންމާ ނަގަން އޭނާ ވީ ކީއްވެހެއްޔެވެ. ސަމާ ޔަށް ވުރެ ކުރިން އަމީނާ އޭނާގެ ހަޔާތަށް އައެކެ. އޭނާ ޒިންމާ ނުނަގައެވެ. ޝާހިދާ އޭނާގެ ހަޔާތަށް އައެވެ. އޭނާ ޒިންމާ ނުނަގައެވެ. ލައިލާ އޭނާގެ ހަޔާތަށް އައެވެ. ލައިލާ މިފަހަރު އޭނާއަށް ހިތި ފިލާވަޅެއް ދީފައި އޭނާގެ ހިތް ހަލާކު ކޮށްލީއެވެ. އެހެންވެއޭނާ ބޭނުންވަނީ ހުސްހަށިބައި އަންހެނެކެވެ. އަސްލުގަ ދަރިންވެސް ނެތް މީހެކެވެ. އޭނާގެ ނަޒަރުން އެވެސް ގޯހެއް ނޫނެވެ. މިއަދު އޭނާެއަކީވެސް އަމިއްލަ ހާލައިގެން އުޅެވޭ މީހެއް ނޫނެވެ. އޭނާއަށް ވެސް ކަންތަށް ކޮށްދެނީ އޭނާގެ ހިތްހެޔޮ ޢާއިލާގެ ބޭފުޅުންނެވެ. ވީމާ ދަރިއަކާއެކު އަންބެއް ލިބުމަކީ އޭނާގެ ނަޠަރުން ހީތާމަ ހުރިކަމެކެވެ. ސަމާއާއި އޭނާގެ ގުޅުމަކީ ކުރިޔަށް ދެވޭނެ ގުޅުމެއް ނޫނެވެ. ކޮންމެވެސް ހިސާބަކުން އޭނާ އެގުޅުން ކަނޑާލާނެއެވެ.
“އާސަންދަލިބޭތޯ ބަލަންވީނު.. އެން.ސުޕާއަކީވެސް މިހާރު ގިނަ ޢަދަދަކަށް މީހުންނަށް އެހީވެދޭ. ޑޮކްޓަރުން ކީކޭ ބުނަނީ” އިބްރާހީމް ނާޒިމު ސަމާ ކާރިން އަހާލިއެވެ.
“އެމަންޖެ ބައްޕަ ނިޔާވީމާ ޑިޕްރެޝަން ބައްޔަކަށްވީ ސިސޮފީނިޔާ ކިޔާ ބައްޔެއް،ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރު އިރުޝާދު ދެއްވި، އެކަމަކު މިހާރު ވަޒީފާ ނެތުމުން ދެން ބޭރަށް ދެވޭނީ ތަންކޮޅެއް ފަހުން. ރަށުން އެމެޖެންސީގައި އައިގޮތަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އަދި މިއޮތީ.” ސަމާ ދަރިފުޅުގެ ހާލަތު ބުނެދިނެވެ.
“އަހަރެން ދީފާނަން 5000 ރުފިޔާ މިވަރުން ވާނެތަ؟” ނާޒިމު ސަމާއަށް އެހީވާން ބޭނުންވި ކަހަލައެވެ. ސަމާއަށް މިކަން ޤަބުލެއް ނުކުރެވުނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ނުގުޅީ ކީއްވެ ބާވައެވެ. ސަމާ އެއްވެސް މީހެއްގެ އަތުން ލާރި ހޯދަން ބޭނުމެއް ނޫނެވެ. ޙާއްސަކޮށް އޭނާގެ ކަންތައް ކުރާށެވެ. އަދި އަމުދުން އިބްރާހީމް ނާޒިމުއަކީ ސަމާގެ ފިރިމީހާއެއް ނޫނެވެ. ކުރިން ދިމާވި މީހެއް ވެސްނޫނެވެ.
“ނޫން އޭގެ މައްސަލައެއް ނެތް އަޅުގަޑުއަމިއްލައަށް ހަމަޖައްސާލަފަނަން އެންސުޕާއާއި އާސަންދަވެސް ލިބޭތޯ ބެލިދާނެ އެތަނުގައި ދަންނަ މީހަކު ހުރެއްޖެއްޔާ ހެލްޕެއް ވެދެއްވާ ލާރި އެއް ބޭނުމެއް ނޫން” ސަމާ ވަރަށް އަސަރާއި އެކު ބުނެލިއެވެ.ނަވީން މަތިން ސަމާ ވަރަށް ހަނދާންވިއެވެ. މަންމަ އެއްގެ ހައިސިއްޔަތުން އަސްލު ސަމާ ކިތަންމެ ނޫނެކޭ ބުންޏަސް ދަރިފުޅު ގޮވައިގެން އަވަހަށް ބޭރަށް ދިޔުމަކީ ސަމާވެސް އެންމެ އެދޭގޮތެވެ. އެކަމަކު މީހެއްގެ އިޙްސާންތެރި ކަން ހޯދާން ސަމާބޭނުމެއްނޫނެވެ.
“އަހަރެން މީހަކު އެބަފޮނުވަން ފައިސާއާއި އެކު ނޫނީ އެކަންޓު ނަމްބަރު ފޮނުވާ” ނާޒިމު އެހީވާހިތުން ނޫނީ ދެއްކުންތެރިކަމުގެ ގޮތުން ބުންޏެވެ.
“ނޫން އަޅާނުލައްވާ އަޅުގަނޑު އަމިއްލައަށް ހަމަޖައްސައިލަފާނަން އެހެންނޫނަސް ކުރިން އަޅުގަނޑު މަސައްކަތްކުރި ތަނުން އަދި ފައިސާ ހުންނާނެ ލިބެންވެސް ހީވާގޮތުން ދެދުވަހެއްގެ ތެރޭ އެފައިސާވެސް ލިބިދާނެ”
“ބަލަ ތިޔައީ ހަމަ އަހަރެންގެ ވާން އުޅޭއަނބިމީހާނު އަދި ތިޔަ ކުއްޖާގެ ކަންތަށް އަހަރެންވެސް ވީވަރަކުން ކޮށްދޭ ހިތްވޭ” ހިތްހެޔޮކަމާއެކު ނާޒިމު ބުނެލިއެވެ. އޭނާގެ މިޖުމްލައިން ސަމާގެ ލޮލުން އުފާވެރިކަމުގެ ކަރުނައެވެ. ތެދެކެވެ މިއަދު އޭނާގެ ފަރާތުން އެހީލިބުނަސް އެ އެހީ ބޭނުން ނުކުރަންވާ ސަބަބަބެއް ނެތެވެ. ރިސޯޓުން ވަޒީފާއިން ވަކިވި އިރު މާބޮޑު ސޭވިން އެއް އޭނާގެ ނެތެވެ. ވަޒީފާއިން ވަކިވެވުނު ކަމުގެ ހިތާމަ ކުޑަކޮށް އޭނާ ހާސްކުރުވަމުން ދިޔައެވެ. މިހާރު އިބްރާހީމް ނާޒިމު އެވެދެވޭ އެހީއަކީ ދަރިފުޅަށްޓަކައި މީހަކު ވެދޭ އެހީއެވެ. ސަމާ އެފައިސާ ހޯދުމަށް އެއްބަސްވިއެވެ.ދަރިފުޅަށްޓަކައެވެ. ލަންކާއަށް ދާން ޓިކެޓް ނަގާށެވެ. އިބްރާހީމް ނާޒިމުގެ ޢާއިލާ މީހަކު އަތަށް ދީފައި އޭނާ އައިޖީއެމް އެޗްއަށް އެ ފައިސާ ފޮނުވިއެވެ އެއީ ދިވެހިރުފިޔާގެ. 5000 ރުފިޔާއެވެ. އެފައިސާ ހޯދުމަށްފަހުވެސް ސަމާ ހިތްހަމަ ނުޖެއެވެ. އެފައިސާ ބޭނުން ކުރަން ހިތްދެކޮޅު ހަދައެވެ. ސަބަބެއް ސަމާއަށް ނޭގެއެވެ.އެލާރި މާދަމާ ސަމާގެ ކޮނޑުގައި އެޅޭ ބަދުނާމަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. ނުވެސް ދެކޭ މީހެއްގެ އަތުން ފައިސާ ލިބުން މިއީ އޭނާގެ ޙަޔާތުގައި މުޅިން އާކަމެކެވެ. އޭނާއަކީ އަމިއްލަ ވަންތަކަންއޮތް ފުއްދުންތެރި އަބުރުވެރި އަންހެނެކެވެ. މީހުންގެ އަތުން ފައިސާ ހޯދާ އެމީހުންގެ އިޙްސާންތެރިކަމުގައި ދަށުވާން ސަމާގެ ޒމީރު ޤަބޫލެއް ނުކުރެއެވެ. ފައިސާގެ ނޫޓްތަކަށް ބަލަން އޭނާ އެތަށް އިރަކު އިނެވެ. އަދި ދަރިފުޅު ބާއްވަފަ އޮތް ވޯޑަށް ގޮސް ރޯންފެށިއެވެ. ކުޑަ ކުއްޖަކު ހެނެވެ.
” މަންމާ ކިހިނެއްވީ” ސަމާގެ ދަރިފުޅު ސަމާގެ އަތުގައި ހިފަހަށްޓައިގެން އިދެ ބުންޏެވެ.
” މިފައިސާ ބޭނުމެއްނޫން މަންމަ” ސަމާ ބުންޏެވެ. އަދި މޫނުގައި އަތްއަޅާ ރޯންފެށިއެވެ. އެވަގުތު އެނާގެ ދަރިފުޅު އެދުންތެދުވެ އިށީދެލާފަ ސަމާގެ ގައިގާ ބައްދާލިއެވެ.އަދި މީވީގޮތް ދަރިފުޅަށް އެނގުނެވެ.
“މަންމާ މަންމަ މިދިޔަ އެތަށް އަހަރަކު އަހަރެންނާ އަހަރެންގެބޭބެއަށް ކަންތަށް ކުރެއްވީ އަމިއްލައަށް އަދި ޑެޑީ ޔާއެކު މިއަދު ޑެޑީ ނެތްދުނިއެއްގަ ﷲ އަށްޓަކައި މީހަކު ދެއްވި ތިޔަ އެހީ މަންމަ ޤަބޫލުކުރަންވާނެ ކޮއްކޮއަށްޓަކައި” ދަރިފުޅު މަރްޔަމް ގެ އޯގާތެރި ބަސްތަކުން ސަމާއަށް ހިތްވަރު ލިބުނެވެ. މަރިޔަމް އަކީ ސަމާގެ 18 އަހަރުވީ އަންހެންދަރިފުޅެވެ. ނަވީން ނިޔާވި ވަގުތުން ފެށިގެން މަރިޔަމް އުޅެނީ ވަރަށް ބަލިވެއެވެ. ޑިޕްރެޝަން އެވެ. މާބޮޑަށް ބައްޕަ ނަވީން މަތިން ހަނދާންވެ ބަލިވަނީއެވެ.
“މަންމާ އަޅުގަޑު މީރުކޮށް ކާންވެސް ބޭނުން” އޭނާގެ މަޢުސޫމް ދަރިފުޅު ބުނެލިއެވެ.
“އަސްތާ ކިހިނެއް ކާއެއްޗިހި ގަންނާނީ މިލާރިން މިއީ ޓިކެޓް ނަގަން ލިބުނު ލާރި ހުރޭ މަންމަ އެބޭބެ ކާރިން އަހާލާނަން އެހެންކަމެއް ކުރަންޏާ އަހާލަންވަނެދޯ” ސަމާ އިބްރާހީމް އަށް ގުޅާލިއެވެ. އަދި ސުޕީކަރަށް ލައިގެން ވާހަކަ ދައްކަން ފެށިއެވެ. ކަރީގައި ދަރިފުޅު އަޑުއަހަން އިނީމައެވެ.
” މިހާރު މަރިޔަމް އެބަބުނޭ މިލާރިއަށް …..”
“ސަމާ ތިޔަ ލާރިއަކީ ހަމަސަމާގެ ލާރި ބޭނުން ކަމެއް ކުރޭ ކޮންމެހެން އަަހަރެންކަރީ ނުބުންޏަސް އެންމެރަނގަޅު” ސަމާގެ ޖުމްލަ ފުރިހަމަ ނުވަނީސް ނާޒިމު ބުނެލިއެވެ. ނާޒިމުއަކީ ހިތްހެޔޮ މީހެއްކަން ސަމާއަށް އެނގުނެވެ.
“ކޮބާ ކޮއްކޮ ބުނީމެއްނު އެއީ މަންމަގެ ފައިސާއޭ” ހިނިތުންވެލާފަ ދަރިފުޅު ބުނެލިއެވެ.
ސަމާ އުންމީދު ކޮށްގެން ހުރީ ނާޒިމުގެ އާއިލާ މީހުންވެސް އައިސް ސަމާ އާއި ހޮސްޕިޓަލުން ބައްދަލު ކުރާނެކަމަށެވެ. އެކަމަކު އެއާއިލާގެ އެއްވެސް މީހަކަށް އެދެމީހުންގެ ގުޅުން ނޭނގޭއިރު އަަންނަންވީ ކީއްވެބާވައެވެ.
ތިބާ ކުލިމިކުން ކޮންމެ ހަފްތާއަކު 500 ރުފިޔާ ދީފަ ތެރަޕީ ނަގަން ސަމާ ފެށިއެވެ. ދަރިފުޅަށް ރަނގަޅީ ތެރަޕީއިން ކަމަށް ވާތީ މިގޮތަށް ތެރަޕީ ދިނުމަކީ މުހިންމު ކަމެއްކަން ސަމާއަށް އެނގުނެވެ. އެކަނި މަ އެކަނި ހޮސްޕިޓަލްގައި ދަރިފުޅު ގެންގުޅުމަކީ ބުރައަދި އުނދަގޫކަމެކެވެ. ރެއާއި ދުވާލު ސަމާ އެކަނި ދަރިފުޅުގެ ކަންތަށް ކުރަމުންދިޔައެވެ. ހަމައެއާއިއެކު އަލުން ވަޒީފާއެއްވެސް ލިބޭތޯވެސް ސަމާ ބަލަމުން ދިޔައެވެ. އެހެންވެ ސަމާ އޭނާގެ މަންމަ ރަށުން މާލެގެނައީއެވެ. ދަރިފުޅު ކާރީގައި މަންމަޔާ އެކު މީހަކުހުރުމުން ފަސޭހަވާނެތީއެވެ.
އެންސުޕާއަށާއި ޖެންޑާއަށް ގުޅައިގެން ތަފާތުސިޓީ ފޮނުވައިގެން އިތުރު ފައިސާގެ އެހީ ލިބޭތޯ ވެސް ސަމާ މަސައްކަތް ކުރަމުންދިއެވެ. މަރިޔަމްގެ ހާލު ބޮޑުވާފަހަރާއި ރަނގަޅުވާ ފަހަރު އާދެއެވެ. އޭނާ ނިންދަވަނީވެސް އިންޖެކްޝަން ހަޖައިގެންނެވެ. ނަވީންގެ ފޮޓޯ ފެނުނަސް ދަރިފުޅު ހާލު ބޮޑުވެއެވެ.
ސަމާގެ ދުވަސް ދަނީ ވަރަށް އަވަދި ނެތިކޮށެވެ. އޮފީސްތަކަށް ސިޓީ ލުމާއި ވަޒީފާ އިންޓަވިއު ތަކުން މުޅި ދުވަސް ފުރާލާފައިއެވެ. ސަބަބު ނޭނގި ނާޒިމުވެސް އޭނާއާއި ވަކިވެއްޖެއެވެ. މިހާރު އެއްވެސް ވަރަކަށް ނުގުޅައެވެ. ސަމާވެސް އުޅެން ޖެހުނު އަވަދި ނެތި ކަމުން އޭނާވެސް ނާޒިމުއަށް ގުޅާވެސް ނުލައެވެ. ސަމާ ޤަބޫލް ކުރީ އެއީ ހަމައެކަނި ތަޤުދީރު ކަމަށެވެ. އިސްތިހާރާ ނަމާދުގައި އޭނާ ﷲއަށް ދަންނަވަނީ” ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މި މީހާޔަކީ މިއަޅާގެ ދީނަށާއި ދުނިޔޭގައި އުޅުމަށް ރަނގަޅު މީހެއް ކަމަށްވާނަމަ މި ގުޅުމުގައި ބަރަކާތް ލައްވާނދޭ.އަދި މިމީހާއަކީ މިއަޅާގެ ދީނަށާއި ދުނިޔޭގައި އުޅުމަށް ރަނގަޅު މީހަކު ނޫން ކަމަށްވާނަމަ މިއަޅާ މިކަމުން ސަލާމަތްކުރައްވައި މިޔަށްވުރެ ރަގަޅުގޮތެއް މެދުވެރި ކުރައްވާނދޭ..ރައްބި އިންްނީ ލިމާ ޢަންޒަލްތަ އިލައްޔަ މިން ޙައިރިން ފަޤީރު އާމީން” އެވެ. ކޮންމެ އަންހެނަކާއި ގުޅިފަވެސް ފޮނި ވާހަކަ ދެއްކުން އެއީ އިބްރާހީމް ނާޒިމުގެ ޒަމާންވީ އާދައެވެ. ލޯތްބަކީ އޭނާއަށް ކުޅިވަރެކެވެ. ފޫހިފިލުވާ ޒަރީއާއެކެވެ. ހާއްސަކޮށް ފޭސް ބުކް ފަދަ ތަންތަނުން އޭނަ އަންހެންނުން ހޯދައެވެ. އަދި އޭނާގެ މޮޅު ވާހަކަދައްކާ އެކުދިން ހެއްްލުންތެރިކުރުވައެވެ. އާއެކެވެ. ސަމާއަކީ ވެސް އޭނާ އެދުވަސްކޮޅު ފޫހި ފިލުވާލަން ގެންގުޅުނު މީހަކަށެވެ. ފޮނި ވާހަކަ ދެއްކިއްޖެނޫންހެއްޔެވެ. ދެން މާގިނައިން ވާހަކަ ދައްކަންވެއްޖެއްޔާ ގިނަ ފައިސާ އަތުން ހިނގައިދާނެތީ އޭނާ ސަމާއާއި ގުޅުން ކަނޑާލިއެވެ. .ސަމާއަށްވީ އެއީ އަވާމެންދުރަކަށެވެ. ސަމާވެސް އޭނާގެ އެނިންމުން ޤަބޫލް ކުރިއެވެ. އަދި ފޭސްބުކް އިންނާއިން ވައިބާއިން އޭނާ ނާޒިމު ބުލޮކް ލިއެވެ. އިތުރަށް އެގުޅުން ކުރިޔަށް ގެންދަން ސަމާވެސް ބޭނުން ނުވިކަހަލައެވެ. ދެމީހުން ވަކިވީ ހިމޭންކަމާއެކުގައެވެ.ސަބަބު ނޭނގޭ ގޮތެއްގައި އެކުވެރިން ވަކިވުމަކީ ވަރަށް ހިތްދަތި ވާކާމެކެވެ.އެގޮތުން ބައިވަރު މީހުން ޙަޔާތުގައި އައިސްފައި ދާނެއެވެ. ލޯތްބަށްޓަކައި މީހުން ކިތަށް ޤުރުބާނީއެއް ވާނެ ނޫންތޯއެވެ.
” އެހަންދާންތަކުން އަހަރެންގެ ހިތް ރޮށްވައެވެ. އެމޫސުމްގައި އަހަރެންގެ ހިތް އޮޅުނީ ކީއްވެ ބާވައެވެ. އެއަސަރުގައި އަހެރެން ގެއްލުނީ ކީއްވެބާވައެވެ. އަހަރެންނަށް އޭނާގެ ފަތިފުށް ނޭގެނީބާވައެވެ. އަލިފާންހެން އަހަރެންގެ ހިތް އޭނާއާއި މެދު ދިވާނާވީ ކިއްވެބާވައެވެ. ބޭވަފާ ތެރިންނަކީ ގިނަ ބައެކެވެ. މިއަދު އަހަރެން ރޯންވީ ކީއްވެހެއްޔެވެ. އަހަރެން ﷲ އަށް ދުޢާ ނުކުރަން ހެއްޔެވެ. ވީއިރު މިއީ ﷲ ގެ ނިންމުން ނޫންހެއްޔެވެ. މިޔަން އަހަރެންގެ ޅަ ހިތް އެއްބަސް ނުވަނީ ކީއްވެ ބާވައެވެ. މަޢުސޫމް މީހެއް ކަމަށް ހެދިގެން ޝައިތާނުންވެސް އަންނެއެވެ. އަންހެނާގެ ޢިފަތްތެރިކަން ރަޙުމު ކުޑަކަމާއެކު ގެއްލުވާލާނެއެވެ. ހިތުގެ ލަގަން ވަރުގަދަ ކުރަންވީއެވެ. އެއްވެސް މީހަކަށް އެހިތް ހަލާކު ކުރިޔަ ނުދޭންވިއެވެ. ލޯބިވާ އެމީހަކަށްޓަކައި ވެވުނުމިހާވިޔަސް ތިމާ ހިތްގަދަ ކުރަންޖެހޭނެއެވެ. ލޯބީގެ މައިދާނުގައި ހަތިޔާރު ބަހައްޓާކަށް ނުޖެހޭނެއެވެ. އެންމެ ކާމިޔާބު މީހާޔަކީ ހިތްވަރުގަދަ މީހާއެވެ. ދެން ކައިވެނި ކުރެވުނަސް އަހަރެން ނަވީން އަށް ދިން ލޯބި އެމީހަކަށް ދެވޭތޯ ހިތްވަރު ކުރާނަމެވެ. ވަފާތެރިކަމަކީ އަންހެނާގެ ފިތުރަތު ކަމުގައި ހަދާނަމެވެ. ހިތްހަލާކުވިޔަސްވެހެވެ. އެ ކަކުގެ ބޭވަފާތެރިކަން އެންމެންނަށްދެވޭ ސަޒާދޭކާށް ނުވާނެއެވެ. ނޫއުޑުވެސް ވަނީ މިރޭވެސް ނިދާފައެވެ. އޭނާގެ ހިތްފަދައިންނެވެ. އެއްވެސް އަސަރެއް މިހާރު އެހިތަކުވެސް ނެތެވެ. ވަކިވެގެން ދިޔަ މީހެއްގެ ހަނދާން މި ހިތް ކުރަނީ ކީއްވެބާވައެވެ. އޭނަޔާއެކު ދެވުނު ތަންތަނުން އަދިވެސް އޭނާގެ ހަނދާން އާވެ ރޮވޭގޮތް ވަނީ ކިއްވެބާވައެވެ. އޭނާގެ އުފަންދުވަހަށްޓަކައި އޭނާ ފޮނި ހުވަފެން ދެކުނެވެ. އެކަމަކު އެއިން ކޮންމެ ހުވަފެނަކީ ބިލާހެކެވެ. އެއްވެސް އަސަރެއް ކުލައެއް ނެތެވެ. ހަމައެކަނި އެއްވެސް ކަމަކާނުލާ އޭނާގެ ހިތްހަލާކު ވީއެވެ. ބޭވަފާތެރިޔަކަށްޓަކައި ހިތްހަލާކުވީއެވެ. ރަނގަޅު ފިލާވަޅެއް ލިބިދިނިއެވެ. ދެންވެސް ފޭސްބުކް ކަހަލަ ތަންތަނުން ތަޢާރަފް ވާމީހުންނާ މެދު ރަނގަަޅު ފިލާވަޅެއް އޭނާއަށް ލިބި މިވަހަކަ ނިމުނީއެވެ.
ނޯޓް” “މިވާހަކަޔަކީ އެއްވެސް މީހަކާ ގުޅުން ހުރިވާހަކައެއްނޫން މިއީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާއި ޙިޔާލު. މީހަކަށް މިއީ ތިމަންނަގެ ވާހަކަޔެކޭ ހީވެއްޖެއްޔާ މާފު ކުރާތި”
ނިމުނީ
ޝުކުރިއްޔާ

