ޔާޝާ… މިހާރު އެވާހަކަ ބުނަން މާލަސް ވެއްޖެ. މިހާރު އެވާހަކަ ދައްކައިން ކުރެވޭނެ އެއްވެސް ކަމެއް ނެތް” އައިޝަންގެ އަޑުގައި ކުރެހިފައިވީ ހިތާމައެވެ.
”ސަރ ކިހިނެއްވީ” އައިޝަންގެ މޫނުން ހިތާމަ ފެނުމުން ޔާޝާ އަހާލިއެވެ.
”ކަމެއް ނުވޭ ޔާޝާ” އައިޝަންގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އައިޝަން ކޮޅަށް ތެދުވެލާފައި, ޔާޝާ އަށް ފުރަގަސްދީގެން ހުއްޓެވެ.
އައިޝަން އެދެރަވަނީ ޔާޝާ އައިޝަންގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަމަކާހެން ހީވާތީ ޔާޝާ އައިޝަން އަށް ވަގުތު ކޮޅެށް ދިނުމައްޓަކައި, ޔާޝާ އައިޝަންގެ ކެބިން ތެރެއިން ނުކުތެވެ.
°°°
”ދޮންތާ!!! މިއަދު ޝާމްބެ އައި. ބުނީ ދޮންތަ ގެއަށް އައިސް ގުޅާލާށޭޭ ބުނާށޭ, ވަރަށް މުހިންމު ވާހަކަ އެށް ބުނަންށޯ” މެންދުރު ބްރޭކް ގަޑި އަށް ގެއަށް އައި ޔާޝާ ފެނުމުން ޔަނާލް ބުނެލިއެވެ.
”އެހެންތަ! ތިހެންވިއްޔާ މިގުޅާލަނީ” ޔާޝާ އަވަހައް ދަބަހުން ފޯންް ނަގާ, ޝާމްގެ ނަންބަރަށް ގުޅާލިއެވެ.
””ޔާޝާ… މި ހަފްތާ ހުކުރު ދުވަހުގެ ރެއަށް ކައިވެނި ކުރަން ހަމަ ޖައްސައިފިން. އަހަރެން ތިގެއަށް ދިޔަ ވާހަކަ ޔަނާލް ބުނި ދޯ؟ އަސްލު އަހަރެން ދިޔައީ ކައިވެނި ފޯމް ހިފައިގެން ތިގެއަށް. ދިޔައިރު ޔާޝާ ނެތީމަ އަހަރެން އެފޯމް ހިފައިން މިއައީ ގެއަށް” ފޯނު ގެގި ގޮތަށް ޔާޝާ -ހަލޯ- ބުމުނުމުންް ޝާމް ކިޔައިދިނެވެ.
”އަސްލުވެސްތަ؟ ކޮންގޮތަކަށް އަހަރެމެންގެ ވެޑިންގ ރާވަނީ” ޔާޝާ އުފަލުން ގޮސް އަހާލިއެވެ.
”ޔާޝާ ސުވާލު ކުރާކަށް ވަކި ވަގުތެއްް ނޯވޭ ދޯ؟ އެހެންވެ ދެން އަހަރެން ޔާޝާ އާާ ވާހަކަ ދައްކާ ހިތް ނުވަނީ. ކީއްތަވީ ދެމިހުން ދިމާވީމަ ތިވާހަކަ ދައްކަން” ޝާމް ހިތްހަމަަ ނުޖެހިފައި ބާރަށް ބުންޏެވެ. އެވަގުތު ޔާޝާ އަށް ނުރޮވުނީ ކިރިޔާއެވެ. މީގެން ކުރިން ދުވަހަކުވެސްް ޝާމް ޔާޝާ ދެރަވާ ކަހަލަ އެކައްޗެކޭ ވެސްް ނުބުނެއެވެ. އެކަމަކުު ޔާޝާ އައިޝަން މަންމަ މެންނާ ބައްދަލުު ކުރަން ދިޔަ ރޭ ފަހުންް ޝާމް ހުންނަނީ އަބަދުވެސް ޔާޝާ ދެކެ ކޮންމެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. ކައިވެނި ކުރަން އެހާ ކައިރި ވެފަ އޮއްވަ ވެސް އަދިވެސްް ކައިވެނި ޕާޓީ އެއް ބާއްވާ ކަމެއްް ނޫޫނީީ ނުބާއްވާ ކަމެއްް ޔާޝާ އަކަށް އެނގިފައެއް ނުވެއެވެ. އަނެއްކާ ޝާމް ވެސް, ނާއިޝް ގޮތަށް ޔާޝާ އަށް ބޭވަފާތެރި ވަނީހެވެ؟ ވީ ވައުދާއި އަހުދު ތަށް ފުނޑު ފުނޑު ކޮށްލަނީ ހެވެ؟ ޝާމް އާގުޅުން ފަހުން ޔާޝާގެ ހިތަކަށް މާބޮޑަކަށް ނާއިޝްގެ ހަނދާން ތަކެއް ނާދެއެވެ. ޔާޝާ ވެސް މަސައްކަތް ކުރަމުން ދިޔައީ ނާއިޝްގެ ހަނދާން ތަކާ ދުރަށް ގޮސް, ޝާމް އާއެކީީ އުފާވެރި ދިރިއުޅުމެށް ވޭތު ކުރެވޭތޯއެވެ. ނަމަވެސް މިހާރު ޝާމް އެކަންތަށް ކުރާ ގޮތުން ޔާޝާގެ ހިތުގައި މާޒީގެ ދުވަސްތައް އަލުން އާލާވާ ކަހަލައެވެ.
”ސޮރީ ޝާމް” ޔާޝާ މަޣާފަށް އެދުނެވެ.
”**** ކިޔާބައެ ****” ޝާމް ދުވަހަކު ވެސް ނުބުނާ ކަހަލަ އެއްޗެއްް ބުނެފައި ޔާޝާ އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ޝާމްް ފޯނު ކަނޑާލިއެވެ.
ވަގުތުން ޔާޝާ އަށް އަޑު ނަގާ ރޯން ފެށުނެވެ.
”ދޮންތާ! ކިހިނެއްތަވީ؟ ކީއްވެ ތިރޮނީ އަނެއްކާ ޝާމް އެއްޗެކޭ ބުނީތަ؟” ޔާޝާގެ ކޮނޑުގައިި ހިފާލާފައި ޔާޝާގެ ކައިރިއަށް ޖެހިލަމުން ކަންބޮޑުވެ ހުރި ޔަނާލް އަހާލިއެވެ.
”ނޫ… ން ނާލް… ދޮންތަ އަށް އު.. ފަލުން ރޮވުނީ” ޔާޝާ ކޮޅަށް ތެދުވެލާފައި, މިހެން ބުނެ ފާހަނަ އަށް ވަނެވެ.
މީގެ ކުރިން ދުވަހަކުވެސްް ޔާޝާ ޔަނާލް އަކަށް ދޮގެށް ނަހަދައެވެ. ނަމަވެސް މިއަދު ޔާޝާގެ ހިތް މަޖުބޫރު ވެގެން ޔަނާލް އަށް އަލަށް ދޮގެއް ހެދިއެވެ. ޔާޝާ އަށް އަސްލު ވީގޮތް ޔަނާލް ކައިރީ ނުބުނީ ޔަނާލް ދެެރަވާނެ ވަރު ވިސްނާފައެވެ. އެކަމަކުު ޔަނާލް އަށް އެއީ ދޮގެއް ކަން ވަރަށް ރަނގަޅަށް ވެސް ވިސްނުނެވެ.
°°°
ހަވީރުގެ ވަގުތެވެ. ސިޓިންގ ރޫމްގައި ހުރި ސޯފާ މަތީގައި ދެފައި ވަށް ކޮށްލައިގެން ގިޓާ ކުޅެން އާނިޝް އިންއިރު ބައެއްފަހަރު ދޭތެރެ ދޭތެރެއިން ލަވަ އެއްވެސް ކިޔާލައެވެ.
”*ނޫރަކީ ހިތުގެ ތީމަގޭ, ފަރި ހޫރަކީ މިތުރަކީ މަގޭ, ލޯބިން ބުނެލަން ލޯބިން އާދޭ އެކު ހުރެލަން ގާތުގާ އަބަދަށް އަބަދަށް ހުރެލަން, ދުރުވާކަށް އެދިގެން ނުމެލަން ކަމަނާ*” އާނިޝްގެ ލަވަ މެދު ކަނޑާލަން ޖެހުނީ ސިޓިންގ ރޫމް ދޮރު މައްޗަށް ހުއްޓުން ޔަނާލް ފެނިފައެވެ.
”ހާދަ ސަޅި ލަވައެށް. ކީއްވެ އަހަރެން އައީމަ ތިހުއްޓާލީ” ޔަނާލް ހިނިގަނޑެށް ޖަހާލަމުން ބުންޏެވެ.
އެވަރުންވެސް އާނިޝް އަށް އިނދެވުނީ ޔާޝާގެ އެރީތި ސޫރަ އަށް ގެއްލި ހުސްވެފައެވެ. މަޑު ނޫކުލައިގެ އަތްދިގު ޓޮޕް ކޮޅަކާއި, ތިރިން ގަދަނުލެއްގަ ޖިންސެށް ލައިފައި ހުރިއިރު, ފައި ތަނބި ކައްޓަށް ވުރެ ތިރިއަށް އަންނަ ބައި ހުރީ ދެފަށަށް އޮޅާލާފައެވެ. އިސްތަށި ގަނޑު ބޮލުމެދުން ކަފި ކޮށްލާފައި ހުރި އިރު ޔަނާލްގެ އުނަގަނޑާއި ހަމައަށް އަންނަ ފަން އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. މޫނުގެ އެއްވެސް މޭކަޕެއް ނެތް އިރުވެސް އެދޮން އޮމާން މޫނު އެހާވެސް ރީއްޗެއެވެ. އާނިޝް އެރީތި ބައްޓަމަށް ގެއްލިފައި ހުރި އިރު އާނިޝްގެ މޫނުމަތިން ފެންނަނީ ދަހިވެތިކަމެވެ. ޔަނާލް އަކީ އެހާވެސް ރީތި އަދި އެހާވެސް ފުރިހަމަ ކަން ލިބިިިިިިިިފައިވާ ކުއްޖެކެވެ.
”ހެއި އާނިޝް… ކީއްވެ މާވަރަކަށް ތިބަލަނީ” އާނިޝް ޔަނާލް އާދިމާލަށް ބަލައިން ހުރި ގޮތް ފެނިފަ ޔަނާލް އަހާލިއެވެ.
”އަ… އުމް… ކީކޭ” އާނިޝް ސިހިފައި އަހާލިއެވެ.
”ކަމެށް ނުވޭ… އަފްރީން އަށް ގޮވާލަ ދެވިދާނެތަ؟” ޔަަނާާލްް ބުނެލިއެވެ.
°°°°°
”އޭ ބްރޯ! މައަޑު އެހިން ކައެ ބިޓެށް ނެގި ވާހަކަ. އެއީ ތެދެއްތަ؟” ސައިކަލު ދުއްވަން އިން ނާއިޝް ފަހަތުގައި އިން ޝާމް ކައިރީ އަހާލިއެވެ.
”ހޫމް… ކައެ ހަމަ އެމަންޖެ ފެންނަ އިރަށްް މޮޔަ ވާނެ. ވަރަށް ރީތި މަންޖެއެއް އެ. އެކަމް މަށެށް އޭނަ ދެކެ ލޯތްބެއްް ނުވޭ” ޝާމް ބުނެލިއެވެ.
”ލޯބި ނުވާއިރުތަ ރައްޓެހި ވެގެން ތިއުޅެނީ؟ ތިރީތި ކުއްޖާގެ ނަން ބުނެލަންވީނުން ދޯ؟ ” ނާއިޝްް ހިނިގަނޑެށް ޖަހާލަމުން ބުނެލިއެވެ.
”ކައެ އަށްް ހަމަ ރަނގަޅަށްް އިނގޭނެ މަށެށް އެއްވެސް މީހަކުު ދެކެ އެހާ ފަސޭހައިން ލޯތްބެއްް ނުވާނެކަން. މަންމަ މެން އަބަދު މީހަކާ އިންނާށޭ ކިޔާ ވަރުން އިންނަން ވެގެން ހޯދި މީހެއް އެއީ. އިނަސް މަގޭ އެއްވެސް ކަމަކާ އޭނަ އަކަށްް ނުބެހެވޭނެ. މައުޅޭނި ގޮތެއް އިނގޭނީ މަށަށް. ތެން ތިބުނީ ނަން ބުނާށޭ, ނަމެއް ވެސް ބޭނުމެއް ނޫން ނީނދެވެނީހެއްް ބުނާކަށް. އިނދެ ވުނީމަ ކީއްކުރަން ނަން އެކަނިތަ؟ ކައެ އަށް އެމަންޖެ ދައްކާނަން” ޝާމް ބުނެލިއެވެ.
ނާއިޝް އާއި ޝާމް އަކީ ވަރަށް ދުވަސްވީ ދެރަހްމަތް ތެރިންނެވެ. ޝާމް އާއި ނާއިޝް އަކީ ދެރަހްމަތް ތެރިން ކަމެއްވެސް ޔާޝާ އަކަށް ނޭނގެއެވެ. އެހެންނޫންނަމަ ޔާޝާ ޝާމްއާ ރައްޓެހި ނުވީސް ކަންނޭނގެއެވެ. އަދި ނާއިޝް ކުރިން ޔާޝާއާ ގުޅުން ކަމެއް ޝާމް އަކަށް ނޭނގެއެވެ. މިވެސް ކިހާ ބޮޑު އިއްތިފާގެއްހެވެ.
°°°°°°
ޖެހިގެން އައި ދުވަހަކީ މާބުރަ ދުވަހެއް ނޫން ކަމުން ޔާޝާ މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ބްރޭކް ގަޑި އަށްވެސް ގިނަ ވަގުތު ލިބެއެވެ. ކުރަން ހުރި މަސައްކަތް ތަށް ނިންމާލާފައި, ޔާޝާ ނުކުތީ އޮފީހު ގޯތި ތެރޭ ހުންނަ ހަޓަކަށް ކޮފީއެއް ބޯލާށެވެ. ކޮފީީތަަށިި ހިފައިންް އިިިށީން ތަަަނާ, އީމާވެެެސް ޔާާާާޝާ އެތާ އިންތަަަަން ފެެނުުމުން ހަޓުގައި އިށީންނަން ހުރި ގޮނޑީގައި އީމާ އިށީނެވެ.
”ހެއި… ކިހިނެއްތަ މިއަދު ވޯރކް؟” އީމާ ”ހެއި” ޖަހާލަމުން ސުވާލު ކޮށްލިއެވެ.
”ހަމަ ގުޑް” ޔާޝާ ކުރުގޮތަކަށް ޖަވާބު ދިނެވެ. ޔާޝާ އީމާއާ އެހާ ވާހަކަ ދައްކާ ހިތް ނުވާތީވެ, ޔާޝާ އީމާ އަކާ އެއްފަހަރަކުވެސް މަތިން ބައިންނެއް ވާހަކަ އެއް ނުދައްކައެވެ. އީމާ ސުވާލެއް ކުރިޔަސް ޔާޝާ ބަލަނީ އަވަހަށްް ޖަވާބު ދީފައި އެތަނުން ދެވޭތޯއެވެ.
°°°°°°°
”ދަރިފުޅާ……. ކީއްވެތަ ދަރިފުޅު ކުއްޖަކާ ރައްޓެހި ނުވަނީ؟ މިހާރު ދަރިފުޅުގެ އުމުރުން ބާވީސްް އަހަރުވީ. ރަނގަޅު ކުއްޖެށް ހޯދާފައި އަވަހައް ކައިވެނި ކުރަންވީނުން” ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީންދެގެން އިން އައިޝަން ކައިރީގައި އިށީންދެލަމުން ސަލްމާ ޝަކުވާ ކޮށްލިއެވެ.
”ކަމެއް ނުވޭ… އަދި އަހަރެން ކައިވެންޏެށްް ކުރާ ހިތެއް ނުވޭ” އައިޝަން އިސްޖަހާލަމުން ބުނެލިއެެވެ. އައިޝަން މިހާރު ކޮންމެސް ކަމަކާ ވަރަށް ފުންކޮށް ވިސްނާކަން ސަލްމާ އަށް ފާހަގަ ކުރެވެއެވެ.
އާނިމްވެސް މިދުވަސް ކޮޅު ރަށުގަ ނެތުމުން އޮފީހުގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ އައިޝަން އަށެވެ. އައިޝަން ކިރިޔާވެސްް ކަމަކަށް ފަރުވާ ކުޑަކޮށްފި ނަމަ، އާނިމްގެ ވިިަަަަަަފާރިޔ އަށް ވަރަށް ބޮޑު ބުރު އެއް އަރާނެއެވެ. އެހެންވެ ސަލްމާ ވެސް ބަލަނީ ސަލްމާ އަށް ފާހަގަ ކުރެވޭ ކަންތައްތަށް އައިޝަން ކައިރީގައި ނުދައްކަވޭތޯއެވެ.
°°°°°°
=1 ހަފްތާ ފަސް=
ޔާޝާ ކައިވެނިި ހެދުން ލައިން ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުރި ގޮނޑީގައި އިން އިރު އަފްރީން އާއި ޔަނާލް އަވަދި ނެތި ޔާޝާ މޭކަޕް ކުރުމަށާއި ބުރުގާ އަޅުވަން އުޅެއެވެ. މާރމެޑް ހުދުކުލައިގެ ވެޑިންގ ޑްރެސް އެއްގަ ޔާޝާ ހުރި އިރު ޔާޝާގެ އެރީތި ބައްޓަން ވަރަށް ރީއްޗަށް ފާޅުވާން ހުއްޓެވެ.
ކައިވެނި ޕާޓީ އެށް މާބޮޑަކަށް ނުހެދިޔަސް, ދެފަރާތުގެ އާއިލާ އަށާއި އަދި ދެ އާއިލާގެ ރައްޓެހިންނަށް ކުޑަ ސައެށް އޮތީ ހަދާފައެވެ. ހުރިހާ ކަމެށް ވެސް ތައްޔާރު ކޮށްފައި ވަނީ ޝާމް މެން ގޭގައެެވެ.
ނާއިޝް ފިޔަވައި, ޝާމްގެ އެހެން ހުުރިިހާާ ރައްޓެހިން ޕާޓީއަށް ހާޒިރުވިއެވެ. ނާއިޝް ވަނީ ހަފްތާ އަކަށް ކުޑަ ކަމެއްގަ ރަށަކަށް ގޮހެވެ. ނާއިޝް ނައިކަން ވެސް އެއީ ހަމަ ނަސީބެެކެވެ. އެހެންނޫންނަމަ ޔާޝާ އަށް ވާނެ ގޮތެށްް ނޭނގެއެވެ.
މިކުޑަ ޕާޓީގެ ކުލައަކަށް ޗޫސްް ކުރީ ދަނބު ކުލައާއި ހުދުކުލައެވެ. ޔާޝާ ހުރީ ހުދުކުލައިގެ މާރމެޑް ވެޑިންގ ޑްރެސް އެށް ލައިފަ, ހުދުކުލައިގެ ޝޯލް އެށް އަޅާފައި, ދަނބު ކުލައިގެ މާ ބޮނޑި އެށް ހިފައިންނެވެ.
ޕާޓީ ނިމެން ކައިރި ވުމުން އަނުމް ގޮސް އަފްރީން ކައިރީގައި ހުއްޓިލިއެވެ.
”ޔާޝާ, ޔާޝާ ދިޔައީމަ ޔަނާލްް ވަރަށް އެކަނި ވާނެ. އެހެންވެ ދައްތަ ވަރަށް ވިސްނާފަ އެބައޮތް ގޮތެށް، ޔަނާލް ބަހައްޓަންވީނުން ދައްތަމެން ގޭގަ. ހުސް ކޮޓަރިއެށް ވެސް އިންނާނެ، އެކޮޓަރީގައި ޔަނާލް އަށް އޮންނަން ނުކެރެންޏާ އަފްރީން ކޮޓަރީގައި ވެސް ޔަނާލް އަށް އޮވެވޭނެ. ދެން ޔާޝާ މެންް މިހާރު އުޅޭގެ ދޭންވީނުންް ކުއްޔަށް. އޭރުން ޔާޝާ މެންނަށް ރުފިޔާ ވެސްް ލިބޭނެ އަނެއްކާ ޔާޝާ އެގެ ބޭނުންވެއްޖިޔާ ކުއްޔަށް ދޫކުރުން ހުއްޓާ ވެސްް ލެވޭނެ… ދައްތަ މިބުނީ ދައްތަ އަށް ވިސްނުން ގޮތް އެކަމް ޔާޝާ ބޭނުން ގޮތެށް ހަދާ” ޕާޓީގައި މީހުން މަދުވުމުން އަނުމް އަށް ފެންނަ ގޮތް ޔާޝާ އަށް ހިއްސާ ކުރިއެވެ.
”ދައްތާ… ތިއީ ވަރަށް ރަނގަޅު ހިޔާލެއް. އަހަރެން ވަރަށް އުފާވެއްޖެ. ތިގޭގައި ޔަނާލް ބެހެއްޓިޔަސް އަހަރެން ދާނަން ނާލް ގެ ހަބަރު ބަލާލަން. ދައްތަ ނާލް އަށް ދެރަގޮތެއް ވިޔަނުދޭތި. ދައްތަ ހޯދަދީބަލަ ކުއްޔަށް އެތަން ހިފާނެ ބައެށް , އެކަމް ބަންގާޅިން ނުލާތި.. ހެހެ” ޔާޝާ ހުރީ އަނުމް ގެ ނިންމުމާ ވަރަށް ހިތްހަމަ ޖެހިފައެވެ. އަނުން އަކީ ވަރަށް ހެޔޮ މީހެކެވެ. ޔާޝާ އާއި ޔަނާލް އަކީ އަނުމްގެ ދަރިއެށް ނޫނަސް, އަނުމް އެކުދިން ދެކެނީ މިހާރު އަމިއްލަ ދަރިން ގޮތުގައެވެ.
..*ނުނިމޭ*..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.




Hey guys! Here is thedhuveri loabi part 8. Hope u all like this.. Kiyaafa comment eh kohlahchey. Good night all
OMG.. me first dho…. it’s my first time being the first to comment…. mi part ves hama varah varah varah reethi… I love this story sooooooo much???……..Whn’s next????…..And purple u Maisha maii…. u a real army right??
Awwn thanks girl???… Varah ufaa vehje u ah mi story kamudhaakan inguneema??… Next part Sunday ga noony Monday ga… Hehe noon army eh noon??. Keep waiting for next❤❤❤❤❤❤
Yeah ur first..
Congratulations????
Thank u ???
Welcome??
Varah reethi….. Kn irakun tha next part
Thanks dear. Next part Sunday noonee Monday ga. Keep waiting
?????Varah ??????
????varah ???????
???varah ????????
??Reethi ?????????
???Maa sha Allah ???
???waiting ??????
????for ???????
?????the ??????
??????next ?????
???????part..????
Awwwn… Thank you so much yanaa???????… I love your beautifully comments❤❤❤❤❤❤❤❤. Keep waiting for next part
OMG Dhn hama yaasha merry kuree tha??thythii varah kada??Aishan haadha dhera vaane e dhw ???Anyways mi part hama habbu
Ya yaasha merry kuree eh. Mai kuraane kameh noon dhw.. eii yaasha ge amilla kameh.. Hehe?.
Thankyou so much Livy??
Alhey yaashaa aa shaam marry kuree dhw……alhey dhn aishan kihaa dera vaane…..btw mi part hama habbu……..varah reethi….
yeah marry kureetha eh.. Aishan vx v dhera vaane. Ekam keehkuraanee. Thankssss kairaa❤❤❤
V reethi mi part vx…….. Waiting fr nxt……
Thanks Kylie???.. Keep waiting
This is probably one of the best story ever! Hamma asluves vrh salhi….vrh habbu story eh….keep on writing girl…you can do it❤?????
Thank you so much noddy❤❤❤❤❤… V happy vehje❤❤❤❤.. Bunaane ehcheh vx neyngifa meenee??… Asluvx v v v happy vehje???… Mai heekuran abadhuves noddy ge comment mai ah fennaane kamah????… Keep reading noddy??
When next?
Sunday ga noony Monday ga???
Please up kodheeba avahah
Yeah I will try
Hey all! Mihaaru part 9 submit kohlaifin?