Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ނުވެވުނު ނަމަ -8-

💞Shaa💞 Level 3100 Comments100 Login10 Stories
November 21, 2019 3 Mins Read
0 Comments

“އޯވވހްހްހްހް ހިނގާ ދާން.” މަލްޝާ އެހެން ބުނުމަށްފަހު ދާން ހިނގައި ގަތެވެ.
3 އަހަރު ފަސް.
މަލްޝާ ލޯގަނޑު ކުރިމަތީ ހުރެ މަލްޝަގެ އަމިއްލަ ސޫރަ އަށް އެއްފަހަރު ބަލާލިއެވެ. ކަޅު ކުލައިގެ ބަޓަރފުލައި ހެދުމަކާއެކު ނޭވީ ބްލޫ ކުލައިގެ ޝޯވލް ގައި މަލްޝާ ފެންނަނީ ވަރަށް ރީތިކޮށެވެ. މޫނުގައި އެއްވެސް މޭކަޕެއް ނެތެއް ކަމަކު އެހާ ވެސް ފުރިހަމަ އެވެ.
“މަލް އަދިވެސް ރެޑީ ނުވެ ވެނީތަ؟” ރުޅި އައިސް ރަތަށް އަރައިގެން ހުރެ ޔޫން އައިސް ބުނެލިއެވެ. ޔޫންގެ ފަން އިސްތަށިގަނޑު ހާމަ އަށް ދޫކޮށްލެވިފައި ވާއިރު މަތިން ނޭވީ ބްލޫ ކުލައިގެ ގަމީސް މަތި ކޮޅަކާއެކު ޕެންަިލް ސްކާޓެއް ލެވިފައި ވުމުން ވަރަށް ރީއްޗެވެ.އައރައިފާ ވާ ހައި ހީލްސްގެ ސަބަބުން އިތުރަށް ފުރިހަމައެވެ.
” ނޫން ހިނގާ ދަމާ.. ހަމަގައިމުވެސް އަހަރުމެން ދަން ކައިވެނި ހުތުބާ ނުފަށައެއް ނޯންނާނެ..އަދި އާލިމް ރުޅި އެއް ވެސް ނާންނާނެ.” މަލްޝާ ބުނެލިއެވެ. އެޔަށްފަހު ދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނާ ދިމާލަށް މިސްރާބު ޖެހިއެވެ.
މިރެއަކީ އާލިމް އާއި ހައިޒަލްގެ ދައްތަ ސުހާގެ ކައިވެނި އޮތް ރެއެވެ. އާލިމް މި ކައިވެނި ކުރަނީ އާބިދާގެ އެދުމުގެ މަތިންނެވެ. އާބިދާ ދެކޭ ގޮތުގައި އެހާ ގިނަ ދުވަހު ދަރިން މީހުންނާ ނީނދެ ތިބޭކަށް ނުވާނެވެ.
ޔޫން އަށާ މަލްޝާ އަށް އެތަނަށް އާދެވުން އިރު ކައިވެނީގެ ހުތުބާ ފަށައިފިއެވެ. މަލްޝާ އަށް ސިއްރުން ހޯދަން ފެށުނީ ހައިޒަލް އެވެ.އެ ވަގުތު މަލްޝާގެ ކާރިއަށް އައި އީވްލީން ވާހަކައެއް ބުނަން ބޭނުން ވާހަކަ ބުންޏެވެ.
“މަލް. ހައި ބުނީ މާދަން ރޭ އެއިޓް ތާރޓީގަ މީޓް ކޮށްލަން ބޭނުމޯ..” އީވްލީން އައިސް ބުނެލިއެވެ.
“ހޫމް.” މަލްޝާ ހަމަ އެކަނި ހޫމް އިން ފުއްދާލިއެވެ.
ކައިވެނީގެ ހުތުބާ ނިމި ޕާޓީ ފެށުނެވެ. އެންމެ ފުރަތަމަ އެ ތަނަށް އައި މީހުން ތެރޭ ޝަފާހު އާއި އުނޭޝް ހިމެނެއެވެ.އުނޭޝް އަކީ ވެސް ޝަފާހު އާއި އާއިޝް އާއެކު އެކީ އުޅުނު މީހެކެވެ.
ކައިވެނި ޕާރޓީ ނިންމާލީ އެންމެން ނިންދީގެ އަސަރު ދެމުންނެވެ.
***
“ކަލޯ. މަ އަހަން އުޅުނިން. އެކަމް އޭނަ ބޭނުންވީ ސްކޫލް ނިމުނީމަ މީހަކާ ރައްޓެހި ވާން.” ހައިޒަލް ނިޔާޒުއަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔައެވެ.
“އޯކޭ މިހާރު ކުރިއަށް ގެންދޭ… އެކަމް އާއިޝް އަށް ރީޝަމް ލިބެން ޖެހޭނެ… މަ މި ކަން ކުރަނީ ރީޝްމްގެ އެސުމުގެ މަތިން.” ނިޔާޒު ބުނެލިއެވެ.
***
މަލްޝާ ގެއަށް އައިސް ވަތް ގޮތަށް ފެންވަރައިގެން ނިދަން އޮށޯތެވެ. ޔޫންވެސް މަލްޝާ ފެންވަރައި ނިމުމުން ފެންވަރައިލައިގެން ނިދަން އޮށޯތެވެ.
އައު ދުަވަހަކަށް އިރު އެރީ އެންމެންނަށް އެއް ގޮތަކަށް ނޫނެވެ.އެކި މީހުންނަށް އެކި ސިގްނަލްތައް ދައްކަމުންނެވެ.
މަލްޝާ ހޭލުމަށްފަހު ފާހަނާ އަށް ވަދެ ފެންވަރައިލާގެން ބޭރަށް ނިކުތީ އާބިދާ އަށް އެހީ ވުމުގެ ގޮތުންނެވެ.
އޭރު ބަދިގޭގައި އާބިދާ އާއި ސުހާ ހަރަކާތް ތެރި ވަމުން ދިޔައެވެ.”އަނހާ.. ސުހާއްތަ ހާދަ ގެވެއްސޭ.” މަލްޝަ ބުނެލިއެވެ. އެހެން ބުނުމުން ރައްދުގައި ސުހާ ހިނިތުން ވެލިއެވެ.އާބިދާގެ ބޮލުގައި ރިއްސަނީ ކަމަށް ބުނުމުން މަލްޝަ އާބިދާ ގާތު މަސައްކަތް ނުކުރުމަށް އެދުނެވެ.
“މަލް ވަރަށް ބޮޑު ވާހަކައެއް އަޑު އަހާފިން ތެދޭ މިރޭ ހައި ގަޑި ކީ އޭ..” ސުހާ ބުނެލިއެވެ.”އާން ކީ. އެކަމް ބުނީ އީވްލީން ” މަލްޝާ އަޅައިގަންނަމުން ބުނެލިއެވެ.
“އެހެން ދޯ. އެހެން ވީމަ ދުވަސްކޮޅަކުން މަގޭ ކޮއްކޮ އަކަށް ވާނެތާ” ސުހަ ބުނެލިއެވެ.”ހެހެހެހެ” މަލްޝާ ބުނެލިއެވެ.”ބަޓް. އަދި ތިޔެއް ނޭނގޭ… ބަޓް އައި ތިންކް… ” މަލްޝާ ބުނެލިއެވެ.”ކަމެއް. މަށަށް އިނގޭ ހާ ވެސް އެއްޗަކީ ހައިޒަލް މަލްޝާ ދެކެ ލޯބި ވާކަން.” ސުހާ ބުނެލިއެވެ.”ކާކު ބުނި ވާހަކައެއް” މަލްޝާ ބުނެލިއެވެ. ” އޭ ތިޔެއް ނޫނޭ. ކޮބާތަ ޔޫން.؟” މަލްޝާ އަށްވެސް އެހެން ބުނުމުން ދޯ އޭ ބުނެވުނެވެ. މަލްޝާ ކޮޓަރިއަށް ގޮސް ވަތް އިރު ޔޫން ކުކުރޭ އަޑު އިވުނެވެ.
“މަލް… އާސްބަލަ.” ޔޫން ބުނެލިއެވެ.
“ކިހިނެއް ވީ؟” މަލްޝާ ސުވާލު ކުރިއެވެ.
“މަލް. ރަނގަޅަށް ކިޔަވާތި.ކުރާ ކަމެއް ކުރަން ވާނީ ވަރަށް ވިސްނާފަ. މި ދުނިޔޭގައި އުޅޭ އިރު ހިތާމަތަކާ އުފާތަކާ ކުރިމަތިލާން ޖެހޭނެ. އެއީ ދުނިޔޭގެ އާދަ. ބަ އެއްފަހަރު އެޔަށް އިމްތިހާން ތަކޭ ވެސް ކިޔޭ…. މަލް އަހަރެންގެ ވާހަކަ އަކީ މަލް މި ދުނިޔެއާ ކެރިގެން ކުރި މަތި ލާށޭ” ޔޫން ބުނެލިއެވެ.
“ކޮންކަހަލަ ވާހަކަ އެއް ޔޫން ތި ދައްކަނީ… ސުބުހާނަﷲ ހާދަ ހުން ވެސް ގަދަ އޭ.ހިނގާ ޑޮކްޓަރަށް ދައްކަން” މަލްޝާ ބުނެލިއެވެ.
“ނޫން މަލް މީ ފަރުވާ އެއް އޮތް ބައްޔެއް ނޫން. އަހަރެންނަށް ހެޔޮ ދުޢާ ކޮށްދޭތި. ލާއިލާހަ އިލައްﷲ މުހައްމަދުއް ރަސޫލުއް ﷲ” ޔޫން ޝަހާދު ކިޔުމަށްފަހު މި ދުނިޔެއަށް އެންމެ ފަހު ނޭވާ ލިޔެވެ.ޔޫން ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރީއެވެ. މަލްޝާގެ ލޮލުން ކަރުނަތައް ހޯސް ލާފައި ފައިބަން ފެށިއެވެ.މިއަދު އެ ދިޔައީ މަލްޝާ މީހަކަށް ހަދައިދިން މީހާއެވެ.
“މަލް ޔޫން އަށް ކިހިނެއް ވީ” ސުހާ މާގިނަ އިރު ވާތީ މަލްޝާ ކައިރިއަށް އައެވެ.
“ސުހައްތާ.. ޔޫން އެއް މި ދުނި….ޔެއަކު ނެ…ތޭ…” ރޮމުން މަލްޝާ ބުނެލިއެވެ.
ނުނިމޭ

ސޮރީ ފޯރ ދިސް ޝޯޓް އެޕިސޯޑް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

💞Shaa💞

Level 3100 Comments100 Login10 Stories

Writing and reading improve your skills❤ Proud to be a basic author?? Mail: [email protected] inster: _._.BLACKKKK._._

Other Articles

Previous

މޫނޭ ތިއީ ހިތް އެދޭ (1)

Next

ރާސްތާ2 ސަތާރަވަނަ ބައި

Next
November 22, 2019

ރާސްތާ2 ސަތާރަވަނަ ބައި

Previews
November 21, 2019

މޫނޭ ތިއީ ހިތް އެދޭ (1)



All Right Reserved!