ހިތްހަލާކު

- by - 8- November 21, 2019

މުސައްނިފާ : ރޯޒީ ޝަރީފް

ހިތްހަލާކު

އެނދުގެ ފަރާތް ފަރާތަށް ފުރޮޅި ފުރޮޅި އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. މަގުމަތިން އިވެމުންދިޔަ ބަރުގޮނު އަޅާ އަޑު ހުއްޓުމެއްނެތި އޭނާއަށް އިވެމުން ދިޔައެވެ. އޭނާގެ މައްސަލައަކީ ނިދިނައުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ފަދަ ރޭތަށް އަންނަނީ ގިނަވަމުންނެވެ. ފޮތެއް ނަގައިގެން ކިޔަން ފެށިއެވެ. ގިނަރޭރޭ ފޫހިފިލުވަނީވެސް އެގޮތުގައެވެ. ބިންމާ ވަހީދުގެ ވާހަކަތަކަކީ އޭނާ ޝައުގުވެރިކަމާއެކު ކިޔާ ހަމައެކަނި ދިވެހި ވާހަކަ ލިޔުން ތެރިޔާ ކަމަށްވެސް ވެދާނެއެެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ގިނަވާހަކަތަށް ދިވެހިމުޖުތަމަޢުގައި ހިނގާ ކަންތަކާ ގުޅުން އޮންނާތީއެވެ. ޚާއްސަކޮށް އެއިން ކޮންމެ ވާހަކަޔަކީ އަންހެން ކުދިންގެ ހިތުގެ ރިހުން ކަހަލައެވެ.އަދި ޙާއްސަ ކޮށް  ބިންމާ ވަހީދުގެ ކޮންމެ ވާހަކައެއް އޭނާގެ ޙަޔާތާ ގުޅޭކަހަލައެވެ. މިއީ އިއްތިފާޤަކަށްވެދާނެއެވެ. އާހް އަކާއެކު އޭނާ ލޯމަރާލިއެވެ. މާޒީގެ ސޮފްހާތަކުން އޭނާގެ ސިކުނޑި ވަނީ ބަރުވެފައެވެ. އެވަގުތު ދުރުން އައި ލަވައެއް އޭނާއަށް އިވުނެވެ. އެވެސް ހިވަނީ އޭނާ އާއި ގުޅިފައިވާ ލަވައެއް ހެންނެވެ.

” ހަޔާތުގައި މިހެން މިވަނީ ކީއްވެބާއެވެ..ކޮންމެވެސް މީހެއްގެ ހަނދާން ތަކުން އޭތި ރޮއްވަނީ ކީއްވެބާއެވެ. އޭނާ ދިޔައިމަވެސް މި މޮޔަ ހިތް ބޭޤަރާރު ކަމާއެކު އޭނާގެ ހަދާން އާކުރަނީ ކިއްވެ ބާވައެވެ. އެތަންތަނަކީ އަހަރެންނާއި އޭނާ އެކުގަ ވަގުތު ހޭދަ ކުރިތަންނަތެވެ. މިއަދު އެތަންތަނުން އެހެން ކުލައެެއް އަހަރެންނަށް ދައްކަނީ ކީއްވެބާވައެވެ. ފަހަތުން ހިޔަންޔެއް އަޔަސް ފަހަތުން އޭނާ އަންނަހެން އަހަރެންނަށް ހީވަނީ ކީއްވެބާވައެވެ. އަހަރެން މަގުމަތިން ދާއިރު މުޅިތަންތަން ހޯދަމުން އަހަރެންގެ ނަަޒަރު އެދެނީ އަހަރެންގެ ބައިވެރިޔާ ހޯދާށެވެ. އެކަމަކު އަހަރެންގެ ނަޒަރު ހުސްކޮށް އަންނަނީ ކީއްވެ ބާވައެވެ.”

އޭނާގެ ފިރިމީހާއަށް ކައްކައިދީ ހެދުން ދޮވެ ހަދައިދޭކަށް އޭނާ ނުޖެހެއެވެ. ސަބަބަކީ ދެމީހުން ވަކިން އުޅޭކަމެވެ. ސަމާ އުޅެނީ ރަށުގައެވެ. ފިރިމީހާ އުޅެނީ ރިސޯޓުގައެވެ. ފިރިމީހާ އޭނާ ކައިރިޔަށް އަންނަނީ އަހަރަކުމަދުފަހަރެއްގައެވެ. އެވެސް އަންނަނީ ކުޑަ ދުވަސްކޮޅަކަށެވެ.   ނަވީން އާއި ސަމާކިޔެވީވެސް އެއް ސުކޫލެއްގައެވެ. ދެމީހުން ކިޔެވީ މާލޭ އިނގްލިޝް ސުކޫލްގެ މުސްކުޅި ދައުރުގައެވެ. އުމުރުގެ ގޮތުންވެސް މާބޮޑު ތަފާތެއް އެދެމީހުންގެ ނެތެވެ އެދެމީހުން ވަޒީފާ އަދާކުރީވެސް އެއް ކުންފުންޏެއްގައެވެ. އެމީހުންގެ ހަޔާތުގެ ފަލްސަފާ ރޭވިފައިވާ ގޮތުންނެވެ. ޗުއްޓިއަށް އެއަންނަ ވަގުތު ފިރިމީހާއަށް އެންމެ މީރު ސީނި ސަންބޯލް ލަންކާ ކެއުން ހަދާދެވޭތޯ އޭނާ ވަރަށް މަސައްކަތްކުރެއެވެ.ހަޔާތުގެ ޒުވާން ދުވަސްވަރު ލަންކާގައި އުޅެން ދިމާވުމުން ކައްކަންވެސް އޭނާ ފަރިތައީ ލަންކާ ކާއެއްޗިހި ކައްކާށެވެ.ގިނަ ފަހަރު އެއީ، އޭނާގެ އަމިއްލަ ރެސިޕީއަކަށް ހަދާ އެއްޗަކަށް ވެއެވެ. ސަަބަބަކީ އޭނާގެ ކައްކާ އެއްޗިހި މީރުވެގެން މީހަކު އެ ހެދީ ކިހިނެއްތޯ އަހައިފީއްޔާ ދޭނޭ ޖަވާބެއް އޭނާޔަށް ނޭނގޭ ކަމެވެ. ހިނިތުންވުމާއެކު އޭނާ ހިމޭނުން ހުރެއެވެ އޭނާގެ ފިރިމީހާ އެކާއެއްޗެއްސައް ތަޢުރީފް ކުރެއެވެ. އަބަދުވެސް ސަމާގެ މޮޅު ވާހަކަ ދައްކައެވެ.
ސަމާ ހިނިތުން ވެލައެވެ. ތަޢުރީފް ލިބުމަކީއޭނާގެ ޙައްޤެއް ކަހަލައެވެ. “ވަރަށް މީރު އިނގޭ!” ސަންބަލް ރަހަ ބަލައިލާފައިފައި ނަވީން ބުންޏެވެ.”އަސްލުވެސް ވަރަށް މީރު”
ވަރަށް ގިނަފަހަރު އޭނާ ސީނި ސަންބަލް ހެދިގޮތް ނަވީން އަށް ކިޔާދެއެވެ. އުފަލުން އިނދެއެވެ. ފަޙުރުވެރިކަމާއެކުގައެވެ.
“މީހަމަ ލަންކާ މީހުންނަށް ނޫނީ ހަދަން ނޭނގޭ އެއްޗެއްދޯ.” ކާންއިދެފަ އޭނާގެ ކޮއްކޮ ރޫބީ ބުނެލައެވެ.” މީތި ހަދާ ވަސް ޖެހުނަސް ބަނޑު ފުރިއަރާ!” އޭނާގެ ޅިޔަނު މަސީހް ބުނެލައެވެ.  !
“އޭއި ބުނަންވާހަކައެއް! މަގޭ އަންހެނުން މިއަދު މީތި ހަދާމިދިނީ  މަށައް އެކަނިދޯ ލޯބީ!” ނަވީން މަޖާވެފަ ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ސަމާ ބޯޖަހާލައެވެ..

ސަމާއަށް ލިބިފައިވަނީ ޒިންމާދާރު ފިރިއެކެވެ. އެއް ފަހަރު ކަމަކު ބުނުމުން ދެން އެ ކަމެއް ހަނދާން ކޮށްދޭކަށް ނުޖެހެއެވެ. ރިސޯޓުން ރަށައް ޗުއްޓީއަށް އައުމާއެކު ވަރަށް ގިނަފަހަރު ވިޔަފާރިގަ އޭނާއާއި ބައިވެރި ވެއެވެ. ކުރަން ޖެހޭ ކަންތަކުގެ ޙުލާސާ ކިޔާދެއެވެ. އެކަމަކު ސަމާއަށް ގިނަ ފަހަރު ނުވިސްނެއެވެ.

” ބުނަން ވާހަކައެއް ސަމާ މިއަދު މި އެއްޗިހި ދަސްނުކޮށް ހުރޭ ޔަޤީނުންވެސް މަ މަރުވި ދުވަހަކުން އެކަނި މި ޑޮކިޔުމެންޓު ހަދަން ވީމަ ހަމަ ދެރަވާނެ”

ނަވީން މިހެން ބުނުމުން ސަމާ ވަރަށް ދެރަވިއެވެ. ވަގުތުން ނަވީންގެ ގައިގަ އޮޅުލައިގަތެވެ.

” މީގެ ފަހުން ތިކަހަލަ އެއްޗެކޭ ނުކިޔާތި ﷲ އިރާދަ ކުރެއްވީޔާ ނަވީން ހުންނަވާނެ އަޅުގަނޑުގެ ކަންތަށް ކޮށްދޭން” ސަމާ މިހެން ބުނަމުން ރޯންފަށައެވެ.

“އަސްތާއެއީ މަ އެހެން ބުނި އެއްޗެއް ނޫން އެއީ މަގޭ ކަމަނާ ދެން ހުއްޓާލާ މިކޮޓަރީގައި ފެން ބޮޑުވެއްޖެ މިހާރު” ނަވީން ހެމުން ހެމުން ސަމާގެ ކަރުނަ ފޮހެ ދެޔެވެ. އެދެމީހުންގެ ލޯތްބަކީ މިސާލެއްނެތްފަދަ ލޯތްބެކެވެ.

ސަމާގެ ކުޑަވަރެއްގެ ބޯކޮށާ ތަނެއް ގެންގުޅުނެވެ. ފައިސާ ސޭވްކުރެވޭނީ ދެމަފިރިން މަސައްކަތް ކޮށްގެން ކަމުން ސަމާ އަންހެންކުދިންގެ ސެލޫން އެއް ހުޅުވައިގެން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރެއެވެ. އެއީ ހަމަ ފިސާރި ކަންބަލެކެވެ.
ނަވީން އަކީ މާގިނަ ރަހްމަތްތެރިން ތިބޭ މީހެއް ނޫނެވެ. އެހެންވެ ރަށަށް އަޔަސް އޭނާ މުޅިން ހުންނާނީ ގޭގައެވެ. އެއްވެސް ތަނަކަށް ނުދާނެއެވެ. ގިނަފަހަރު ގޭ އެންމެންގެ އާދޭސް ކޮށްގެންނޫނީ އެއްވެސް ތަަނަކަށް ނުދާނެއެވެ.

ސަމާއަށް ލިބިފައި ވަނީ ވަރަށް ވަފާތެރި ފިރިއެއް ކަން ޔަގީނެވެ. ސަމާގެ ބައެއް ލާނެއް ރައްޓެހިކުދިން ނަވީންއާއި ދިމާ ކޮށް ލޯބި ހުށަހަޅާކަން ވެސް އޭނާއަށް އެނގެއެވެ. ނަވީންގެ ދުލުން އެ ވާހަކަތަށް ކިޔާނުދިނަސް ފޯނަށް އެމީހުން ފޮނުވާ މެސެޖް ތަކުން އޭނާއަށް އެކަން އެނގެއެވެ. އެކަމަކު ސަމާ ދުވަހަކުވެސް އެވާހަކަ ނުދައްކައެވެ. ދެމަފިރިންގެ ގުޅުމަކީ އިތުބާރާ ޔަޤީންކަމުގެ ވަރުގަދަ ބާރެކޭ އަބަދުވެސް ސަމާ ބުނެއެވެ.

ސަމާގެ ފޯނުގެ ކުރެޑިޓް ހުސްވެގެން ނަވީންގެ ފޯނުން އޮފީސް ރަހްމަތް ތެރިންނަށް އެސް އެމްއެސް ފޮނުވަމުން ސަމާ ދިޔައެވެ.އާއަހަރު ފެށުމާއެކު ހުރިހާ ރަހްމަތްތެރިންނަށް ތަހުނިޔާގެ މެސެޖް ފޮނުވީއެވެ. މިއީ އަބަދުވެސް ސަމާގެ އާދައެވެ. ބައެއް ރަހްމަތްތެރިންނަށް ހަމަ އެކަނި ނަވިންގެ ނަމުގައެވެ. ދެން ޢާއިލާ މީހުންނަށެވެމެސެޖްތަށް ފޮނުވާ ނިންމާލާފަ، ފޯނު މޭޒުމަތީ ބާއްވާފަ ސަމާވެސް ބަދިގެ ފަރާތަށް ދިޔައެވެ. ހަމަ އެވަގުތު ނަވީންގެ ފޯނު ރިންގުވާންފެށިއެވެ.

” ސަމާ ފޯނު ނަގާބަލަ އޮފީހުން ވެއްޖެއްޔާ ބުނޭ މިރޭ އޮފީހުގަ ކަމެއް ނެތޭ”

” އެންމެ ރަނގަޅު”

ނަވީން ހުރީ ފާޙާނާގައި ކަމުން ސަމާ ފޯނު ނަގާފަ އަދި ސަލާމް ނުގޮވެނީސް އެކޮޅުން ގުޅި ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

“ނަވީންގެ މެސެޖަކަށްޓަކާ، އަދި އިށާރާތަކަށްޓަކާ ކެތްމަދުކަމާއެކު އަހަރެން ނަވީނަށް އިންތިޒާރު ކުރަން ވަރަށް އުފާވެއްޖެ މެސެޖެއް ލިބުނިމާ”

” ހަލޯ.. ކޮން ކުއްޖެއްތޯ ތީ؟” ބޭއިހްތިޔާރުގައި ސަމާ ބުނެލިއެވެ.

ފޯނަށް ޖަވާބު ދިނީ ސަމާކަން އެނގުމުން ލަދުން އެއަންކުއްޖާ ފޯނު ކަޑާލީއެވެ. ދެން ސަމާ ގުޅާއިރު އެނަމްބަރު އޮންނަނީ ނިވާލާފައެވެ.

އެކަމަކު އޭގަވެސް ނަވީންގެ ކުށެއްނެތެވެ. ސަމާގެ ރައްޓެހިންނަށް ސަމާ އެ ވާހަކަތައް ކިޔައިދެއެވެ. ހެމުން ހެމުންނެވެ. ޝައްކުގެ ނަޒަރުން ނުދެކޭ އެއްވެސް ރައްޓެއްސަކާ ދިމައެއް ނުވެއެވެ. މައްސަލަ ނުޖެހޭ އެއްވެސް ދެމަފިރިޔަކު ނެތެވެ އެކަމަކު ސަމާގެ ދެމަފިރިން މި އުޅެނީ ހާދަ ހަމަޖެހިންނޭ ސަމާ ހިތާ ހިތާ ކިޔާލިއެވެ.
ނަވީން ބޭރުގަ ހުރެފަ ކޮޓަރިޔަށް ވަންނަ އިރަށް ރީތިވާން ލޯގަނޑު ކައިރީގައި ހުރެގެން ރީތިވުމަކީ ސަމާގެ އާދައެކެވެ.ވަރަށް ގިނަފަހަރު އިސްތަށިގަނޑަށް އާގޮތްތަށް ހަދާލަމެވެ. ސަމާގެ އިސްތަށިގަނޑު އިންތިހާއަށް ދިގެވެ. އެހެންވެ އޭނާ ތަފާތު ގޮތްގޮތަށް އިސްތަށިގަނޑުގައި ފުނާއަޅާލައެވެ. ނަވިން އަށްޓަކައެވެ. އުމުރުން ތިރީސް އަހަރު ފުރިފައި ވާއިރު ވެސް އޭނާ އިސްތަށިގަނޑު އޮންނަނީ ވަރަށް ރީތިކޮށެވެ. ފަން ވެފައި ބޮލެވެ.މޫނުވެސް އޭނާ ރީތި ކޮށްލަނި ލުއި މޭކަޕް އަކުންނެވެ. އެކަމުގައިވެސް އޭނާއަކީ ހުނަރުވެރި ކަނބަލެކެވެ. ޙާއްސަ ކޮށް ނަވީން ހުންނަ އިރު ރީތި ވުމަކީ ސަމާގެ އުފަލެކެެވެ. ލޮލުގައި އަޅާފައި ހުރި އަނދުން އިތުރަށް އޭނާ ފަވާލިއެވެ. ލިޕްސްޓިކްވެސް ރީތި ކޮށްލިއެވެ. ހީވަނީ ޚާއްސަ ރެެއަށްޓަކައިހެންނެވެ.

ކުއްލިއަކަށް ސަމާގެ އަތުގެ ހަރަކާތްތަކަށް ހުއްޓުންއެރިއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ. އަތުގެ ހަރަކާތް ހުއްޓުނެވެ.ކުރިމަތީގައި ފެންނަން ހުރި ސަމާ އޭނާގެ ސޫރައަށް ބަލަހައްޓައިގެން ހުރީ ބީރައްޓެއްސަކަށް ބަލާ ނަޒަރުންނެވެ. ޚުދު އޭނާއަށްވެސް އޭނާ ކާކުކަން ނޭނގުނު ކަހަލައެވެ. “ކަލޭ ތީ ކާކު ހެއްޔެވެ؟” އެލޯގަނޑު އޭނާއާއި ސުވާލު ކުރާކަހަލަ އެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އޭނާ މިގޮތަށް ތައްޔާރުވީ އޭނާގެ ފިރިމީހާ ނަވީންއަށްޓަކައެވެ. އެކަމަކު މިހާރު އެފިރިމީހާ ނިޔާވި ފަހުން އަހަރަކާއި ނުވަމަސް ވަނީއެވެ. އަދިވެސް އޭނަގެ އެއަދާ ތަކުގައި ވަނީ އެފިރިމީހާއެވެ. އެއީ ހިތި ހަނދާންތަކެކެވެ. ފަނޑުވެމެއް ނެތް ހަނދާންތަކެކެވެ. ކެންސަރު ބަލީގައި އޭނާގެ ލޯބިވާ ފިރިމީހާ ނަވީން ވަނީ ނިޔާވެފައެވެ. އޭނާގެ ދުނިޔެއަކީ އޭނާގެ ފިރިމީހާއެވެ.އެ ހަނދާންތައް ފުހެވޭތޯ މަސައްކަތް ކުރަމުންދިޔަ ފިކުރުތަށް ވަނީ އޭނާ ހިތުގައި ވަކިހިއްޕައިލިއެވެ.އޭނާ ވަނީ ނާކާމިޔާބު ވެފައެވެ ސަމާގެ ލޮލުން ލޭ ކަރުނަ ފޭދެން ފެށިއެވެ. ހުދުކުލައިގަ އެކަރުނަ ހުއްޓަސް އެއީ ލޭގެ ކޯރު ތަކެކެވެ.

ހުވަފެނުގެ ބަގީޗާއެއްގައި އުދުހެމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ހުވަފެން ވިއްސިވި އޭނާގެ އެހުވަފެން ބިލާހަކަށް ވެގެން އޭނާ ހޭލެވުނީއެވެ. އެއީ ހަމައެކަނި ހުވަފެނެކެވެ.

ނާޒިމް އޭނާގެ ހަޔާތަށް އައީ ވަރަށް ފަހުންނެވެ. ނަވީން ނިޔާވި ފަހުން އަށެއްކަ މަސްވެސް ކޮށްފައެވެ. ނާޒިމް އަކީ އެގުޅުމުގެ ކުރީކޮޅު ވަރަށް ފޮނިކޮށް ވާހަކަ ދެއްކި މީހެކެވެ.

ނާޒިމް އޭނާގެ ހަޔާތަށް އައީ ވަރަށް ފަހުންނެވެ. ނަވީން ނިޔާވި ފަހުން އަށެއްކަ މަސްވެސް ކޮށްފައެވެ. ނާޒިމް އަކީ އެގުޅުމުގެ ކުރީކޮޅު ވަރަށް ފޮނިކޮށް ވާހަކަ ދެއްކަމުން އައި މީހެކެވެ. އަންހެންކުދިން ހައްލާލެވޭނެ ހުރިހާ ރޮގަކުން އޭނާ ޕީއެޗްޑީ ހަދާފައިވާކަހަލައެވެ،އާގޮތްތަކަކުން އޭނާ އަންހެން ކުދިން އޭނާއާއި މެދު ދީވާނާ ކޮށްލައެވެ. ސަމާއަކީވެސް އޭނާގެ މަޅީގައި ބެދުމު އެކެކެވެ.

ދެމީހުން ލަވަ އިން ލޯބި ހުށައެޅިއެވެ. ދެމިހުންގެ ހިތުގެ ވާހަކަ ލަވައިން ފޮނުވިއެވެ. ނާޒިމް އާއި ސަމާ އަދި ދިމާނުވެއެވެ. ސަބަބަކީ ދެމިހުން އެކަކު އަނެކަކަށް އެނގުނީ ފޭސްބުކް މެދުވެރިކޮށް ވީމައެވެ. ނާޒިމް އާއި ސަމާ ބައްދަލުވުމަށް ދުވަހެއް ކަނޑައެޅިއެވެ. މިވަގުތު ނާޒިމް ހުރީ ލަންކާގައި ކަމުން އެދެމީހުން ޖެހުނީ އިންތިޒާރަށްޓަކައި ދުވަހެއް ކަނޑައަޅާށެވެ. އާއެނކެވެ ސަމާގެ އުފަންދުވަހެވެ. އެކަމަށް އަދި ފުރިހަމަ ދެމަސް ދުވަސް އެބައޮތެވެ.

“އަހަރެންނަށް އިންތިޒާރު ކުރެވިދާނެ” ސަމާ ވާހަކަ ދައްކަމުން ބުންޏެވެ.

“ތިޔައީ ދުރުގައި ހުއްޓަސް ހަމަ އަހަރެންގެ އަނބިމީހާ އެކަމަކު މައްސަލަޔަކީ މަގޭސިއްހަތު ތަންނުދޭކަން.” ނާޒިމް ބުނެލިއެވެ ތެެދެކެވެ. މިހާރުވެސް ނާޒިމް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. ކިޑްނީ ޓުރާންސްޕުލާންޓެވެ.

“އަހަރެންނަކީ ވަރަށް ނިކަމެތި އަންހެންކުއްޖެއް އަހަރެންނަށްޓަކައި ނާޒިމް މާލޭއަތުވެދާ ނަންތޯ؟” ސަމާ ޝައްކު ދުރުކޮށްލުމަށްޓަކައި އަހާލިއެވެ.

“ޔަޤީން ކީއްވެތަ ނައަންނަންވީ އަހަރެން އައިސް ދެމިހުން ކައިވެނިކޮށްގެން އާދިރިއުޅުމެއްފަށާނީ އަހަރެން ސަމާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދާލަ ދޭނަން. އަހަރެންގެ ހަޔާތުގެ ދާސްތާންވެސް އަދި ސަމާއަށް ކިޔާނުދެވެއެއްނު ހޫން އަޑު އަހާ..”

މިއަދު ނާޒިމް ވަނީ ޅަދުވަހު އޭނާއަށް އުޅެވުނީ ރަނގަޅަށް ނޫންކަން އޭނާ ޤަބޫލް ކުރެއެވެ. އޭނާ ބޭނުންވަނީ ހަޔާތުގެ ފޮތް އަލުން ލިޔާށެވެ. އޭނާގެ އެންމެ ފުރަތަމަ އަމީނާ އާއި އެކު އޭނާ ކައިވެނީގެ ދަތުރު ފެށީ ވަރަށް ފޮނި އުންމީދުގައެވެ. އަމީނާއަކީ މާލެ ކުއްޖަކަށް ވީމާ އަމީނާގެ މައިންބަފައިންގެ ބިމުން އަމީނާއަށް އަށް ކުޑަވަރެއްގެ ތަންކޮލެއް މިލްކުވިއެވެ. ނާޒިމް އާއި އަމީނާއަށް މިއީ ވަރަށް އުފާވި ކަމެކެވެ. ކުލި ދައްކަންނުޖެހި ދިރިއުޅެން ފައި ހަމަ ކުރާއިރު މިގޮތަށް ތަނެއްލިބުންވީ ދެމީހުންގެ ނަސީބު ކަމުގައިވެއެވެ. ނާޒިމް މަސައްކަތް ކޮށްގެން 3 ކޮޓަރީގެ ތަނަކަށް އެމީހުންނަށް ގެއިން ލިބުނު ތަންކޮޅު ހަދާލިއެވެ. ބޭނުންވަނީ ރީތި ދިރިއުޅުމެއް އުޅޭށެވެ. ހަމައެދުވަސްކޮޅު ފާއިޒު އާއި ނާޒިމްގެ ގުޅުން ބަދަހިވިއެވެ. ފާއިޒް އަކީ ވިޔާފާރިވެރިއެވެ. ނާޒިމުގެ ސުކޫލް ދައުރުގެ ރަހުމަތްތެރި އެއްވެސްމެއެވެ. އެކަމަކު  ފާއިޒު އަކީތަޢުލީމީ މީހެއް ނޫނެވެ. ރެސްޓޯރެންޓެއް ހިންގާ މީހެކެވެ.ފައިސާ ހުރި މީހެކެވެ. ފާއިޒް އާއި ނާޒިމް އެއްބަސްވުމަކަށް އައީ މި ވިޔަފާރި ފުޅާ ކުރުމުގައި ދެމީހުން އަތް ގުޅާލާށެވެ. ހުރިހާ ލިޔެކިޔުންތަށް ނާޒިމް ބަލަހައްޓާ ގޮތަށެވެ. ފިފްޓީ ފިފްޓީގެ ފައިދާއާއި އެކުގައެވެ. ފާއިޒްގެ މައިންބަފައިންގެ ފަރާތުން ގިނަ ފައިސާ ފާއިޒްއަށް ލިބިފައިވެއެވެ. މިފައިސާވެސް ފާއިޒް ލީ ވިޔަފާރީގެ ތެރެއަށެވެ. މިމީހުންގެ މަސައްކަތަކީ ސިފައިންގެ މީހުނަނަށް ކާންދިނުމެވެ. ޕޮލިސް ކެންޓީނަށް ކޮންމެ ގަޑިޔަކު ކާއެއްޗެތި ގެންދިޔުމެވެ. ހެނދުނާއި މެންދުރާއި ހަވީރެވެ. މި މަސައްކަތުން ރަނގަޅު ފައިދާއެއްވެސް ލިބެމުން ދިޔައެވެ. މަހަކަށް ޙަރަދު ކަނޑައި ފަންސާސް ހާސް ފަސްދޮޅަސް ހާސްލިބުމަކީ ފާއިޒް އާއި ނާޒިމުއަަށް އުފަލުން ލާރިޔަށް ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ދިޔަ ދުވަސްކޮޅެކެވެ. ވިޔަފާރީގައި ބެންކު އެކައުޓެއް ހުޅުވިއެވެ. ނާޒިމްގެ ނަމުގައެވެ. މިއީ ފާއިޒްއަށް ނޭނގި އޭނާ ހިނގި ޖަރީމާއެވެ. ލިބުނު ފައިދާއިން ނާޒިމް ކާރެއް ވެސް ގަނެފިއެވެ. އެކަނި އޭނާއަށް ލިބުނު ކަމަށް ބުނާ ފައިދާއިންނެވެ. ފާއިޒް އަށް އެއްވެސް ކަމެއް ރޭކާ ނުލައެވެ. ފާއިޒު ބޭނުންވީ ލާރި ސޭވް ކުރާށެވެ. އޭނާގެ ހިތުން ލިބޭ ހުރިހާ ލާރި ސޭވް ކުރަނީ އެވެ.ލޯމަރާލާފަ އޭނާ ނާޒިމު އަށް އިތުބާރު ކުރެއެވެ. އޭނާ ގެ ހުވަފެނަކީ މިވިޔފާރިން އެހެން ރެސްޓޯރެންޓެއް ހުޅުވާށެވެ. ކުންފުނީ އެއްވެސް ލާރިހުރި އެކައުންޓެއް ފާއިޒްގެ އަތުގައި ނެތެވެ.ކުންފުނީ ހުރިހާކަމެއް ބަލަހަޓަނީ ނާޒިމު ވިއްޔާއެވެ. ކުންފުނިން ލިބޭ ލާރިވެސް ހުންނަނީ ނާޒިމް ގެ ބެލުމުގެ ދަށުގައެވެ. ނާޒިމްގެ ހިތުގައި ދަހިވެތި ކަމުގެ ބަލިމަޑުކަން ހިނގަމުންދިޔައެވެ. އޭނާ ވިސްނަމުންދިޔައީ މި ވިޔަފާރީގެ ހުރިހާފައިދާއެއް އެކަނި އޭނާއަށް ލިބޭނެ ގޮތަކާއި މެދުއެވެ. ނާޒިމުގެ ދަހިވެތި ކަމެވެ. އެންމެ ފަހުން އޭނާ ފާއިޒް އާއި ގުޅުން ކަނޑާލިއެވެ. ވިޔަފާރިން ފައިދާ ނުވެޔޭ ކިޔާފައެވެ. ދޮގު ވާހަކަތަކެއް ދައްކަމުންނެވެ. ވިޔަފާރި ވަކިކޮށްލިއެވެ. ފާއިޒް ބަގުރޫޓް ކޮށްލާފައެވެ. އެޒަމާނުގައި އެއްވެސް ލިޔެކިޔުމެއްނެތެވެ. ސަބަބަކަށްވީ ފާއިޒްގެ ނަމެއް ވިޔަފާރީގައި ނެތުމެވެ. ހުރިހާވެސް އެއްޗަކީ ނާޒިމް އެވެ. މިހާރު އެއީ ނާޒިމްގެ އަމިއްލަ ވިޔަފާރިއެވެ. ހުސްއަތާ ދާންޖެހުނީ ފާއިޒް އެވެ.ރޮމުން ނާޒިމުއަށް ބަދު ދުޢާ ކުރަމުންނެވެ. އެކަމަކު ވަޤުތު ފާއިތުވީއެވެ. ހައެއްކަ އަހަރު ކުރިން އޭނާ ހުޅުވި ޕޮލިސް ކެންޓީނު އަކީ މިއަދު ފެންވަރު ރަނގަޅު ރެސްޓޯރަންޓެކެވެ. އެކަމަކު ނާޒިމުގެ ތަނެކެވެ. ނާޒިމްގެ އަންހެނުން އަމިނާއަށް މިކަން އެނގި އަަވަހަށް ފާއިޒުގެ ފައިސާތަށް ފާއިޒުއަށް ދިނުމަށް ނަސީހަތްދިނެވެ. އެހެނަސް ދަހިވެތި ނާޒިމުއަށް އަމީނާގެ ވަހަކަތަކަކީހުސް ހާސަރުތަކެކެވެ. ވިޔަފާރީގެ ކަންތަކާ އަނބިން އަގަ ބާނަކަށް ނުޖެހޭނެެއެވެ. ދުވަސްތަށް މާޒީ އާއި އެކުގޮސް އަމީނާއާއި ނާޒިމު އަށް 3 ކުދިންވެސް ލިބިއްޖެއެވެ. ނާޒިމް އަކީ ހެދިހުރި ހަށިގަނޑު ރީތި މީހަކަށް ވީމަ ގިނަ އަންހެންކުދިން މާބުރުތަކެއް ހެން ނާޒިމްގެ ފަހަތުން މުގޯލިއަޅައެވެ. ފައިސާގެ ދަޅަ ދައްކަމުން ދާތީ ވެސް މެއެވެ. ނާޒިމް އަކީ ވަފާތެރި މީހުއް ނުމެނޫނެވެ. އަންހެންކުދިންގެ ފަރާތުން ލިބޭ ކޮންމެ ދަޢުވަތަކީ ނާޒިމް އެއަށް މަރުހަބާ ކިޔާ ދަޢުވަތުއެވެ. އެއްބިޓުންނަށް ވުރެ ގިނަ ބިޓުން އަބަދުވެސް ނާޒިމުގެ އެބަތިއްބެވެ.އޭނާގެ ބަހުންނަމަ އޭނާއަކީ ކާމިޔާބު މީހެކެކެވެ. ކޮންމެ ރެޔަކު އާކުއްޖަކު ގޮވައިގެން ކާރުން ބުރުޖަހާލުމަކީ ނާޒިމްއަށް ލިބޭ ޚާއްސަ އުފަލެެކެވެ. ނާޒިމްގެ ބަދަލުވަމުން ދިޔަ ކަންތަކުން އަމީނާ ހުންނަނީ ގޮތް ހުސްވެފައެވެ. ދަރިންނާވެސް ނާޒިމުއަށް އަޅާނުލެވެއެވެ. ގެއަށް އަންނަން ވަގުތު ނޯންނަނީއެވެ. އެދުވަސްކޮޅު ނާޒިމް ޝާިދާ އާއި ދިމާވިއެވެ. ޝާހިދާ އަކީ ފަރެސް މާތޮޑާ ކުއްޖެކެވެ، ކިޔަވަން މާެލެއައިސް ހުރީއެވެ. މީހުން ބައިތިއްބާ ގެެއެއްގައެވެ. ނާޒިމު އާއި އޭނާ ދިމާވީ ރެސްޓޯރެންޓުންނެވެ. އެދުވަހު ފާއިޒުވެސް ރެސްޓޯރެންޓުގައި ހުރި ގަޑިއެއްކަމުން އޭނާވެސް ޝާހިދާ އާއި ދިމާވިއެވެ. އެވަގުތުވެސް ނާޒިމު އާއިއެކު ފާއިޒު ދައްކަމުންދިޔައީ ވިޔަފާރީގެ ވާހަކައެވެ. ފާއިޒު ހިންހަމަ ނުޖެހިފައި ހުރިކަން ދޭހަވެއެވެ.ނާޒިމް ޝާހިދާ އާއި ފާއިޒް ތަޢާރަފް ކޮށްދިނެވެ.ތިން މީހުން އެކުގައި ކޮފީ ބުއެވެ. ނާޒިމު ޝާހިދައާއި ކައިރިޔަށް ޖެހި ފާއިޒު ކާރީ “ދެން ދަނީ ޔޭ މި މަންޖެ ގެޔަށްލާން. އަހަރުމެން ކަހަލަ ހުސްހަށިބައި ކުދިން ޖެހޭނެ މިހެން އެކަނި ތިބޭ އަންހެންހެންކުދިންނާ އަޅާލާން” ނާޒިމު  މިހެން ބުނެފަ ރެސްޓޯރަންޓުން ނިކުތީ ޝާހިދާގެ އަތުގައި ހިފައިގެންނެވެ. ހުއްޓުން އަރާފަ ފާއިޒު އެމީހުންދިޔަ ދިމާ ބަލަން ހުއްޓެވެ. ޝާހިދާ އަށް ނާޒިމް ތަޢާރަފްވީ ހުސްހަށިބައި މީހެއްގެ ގޮތުގައެވެ. މޭލޭގައި ގެދޮރު ހުރި މުއްސަނދި މިހެއްގެ ގޮތުގައެވެ. އަމިއްލަ ކާރެއްވެސް ގެންގުޅޭ ތަނަވަސް މީހެެއްގެ ގޮތުގައެވެ. ޝާހިދާ އަކީ އެހެންކުދިން ކަހަލަ ކުއްޖެއްނޫނެވެ. ނާޒިމުގެ އެއްވެސް ކަމަކަށް ޝާހިދާ ޢިޖާބަ ނުދިނެވެ.ޝާހިދާ ޙާސިލް ކުރުމަށްޓަކައި ނާޒިމު ބުރަމަސަކަތް ކުރަމުންދިޔައެވެ. ޝާހިދާއަށް ވަކިން ކޮޓަރިއެއް ހިފާދިނެވެ. ކިޔަވާ ނިމެންދެން އެކޮޓަރީގައި ޝާހިދާއަށް އުޅެވޭނެއޭ ކިޔާފައެވެ. އެދެމީހުންނަށް ތަންކޮޅެއް ފަހުން ކައިވެނި ކުރެވޭނެޔޭ ކިޔާފައެވެ. އެއްވެސް އުފަލެއް ނާޒިމް އަށް ދެވޭނީ ކައިވެނީގެ ފަހުންނޭ ކިޔައިފައި ޝާހިދާ ބޭނުންވީ ނާޒިމް އާއި ދުރުވާށެވެ. ނާޒިމް ކައިވެނި ނުކުރާނެހެން ހީވާތީއެވެ. ނާޒިމު އަކީ މީހެއްގެ ފިރިއެއްކަމެއް ޝާހިދާއަށް ނޭގެއެވެ. އޭނާގެ ހިތުން ނާޒިމު އަކީ ހުސްހަށިބައި ހަޔާތުގެ ކުރިމަގު ބިނާކުރުމަށް ރަނގަޅު ބައިވެރިޔަކު ބޭނުންވެފައި ހުރި މީހެކެވެ.

“ޝާހިދާ އަހަރެން ޝާހިދާދެކެ ވަރަށް ލޯބިވޭ އެހެންވެ މާލެއިން ކޮޓަރިއެއްހިފާފަ މިހިރީނު ދީފަ ހަމަ މިކޮޓަރީގައި ޝާހިދާއާއި އެކު އަހަރެންނަށް ކިއްވެތަ ނުނިދެންވީ” ނާޒިމް ޝާހިދާ ކާރީ ބުނެލިއެވެ.

” އެގޮތަށް ނިދޭނީ ކައިވެނީގެ ފަހުން ބަލަ ނާޒިމު ކޮންމެރެޔަކު 12 ގެ ފަހުން ނާޒިމް ދަނީ ކޮންތާކަށްތަ؟ މަ ދެކެ ލޯބިވާނަމަ މި ކޮޓަރިގައި ނާޒިމުގެ ހެދުންތަކާއެއްޗިހި ބަހައްޓައިގެން ކީއްވެތަ ނޫޅެންވީ. އަދިވެސް ނާޒިމުގެ ޢާއިލާ މީހަކަށްވެސް ނޭނގޭ އަހަރެމެންގެ ގުޅުން. ވީއިރު ކިހިނެތްތަ ނާޒިމު ތިޔަ އެދޭ ގޮތަށް މިކޮޓަރީގައި ނިދަން ހުއްދަ ދޭނީ”

“އޯކޭ ހިނގާ ދެމީހުން ލަންކާއަށް ގޮސް ކައިވެނި ކުރަމާ” އެންމެ ފަހުން ނާޒިމުއަށް ޝާހިދާގެ ފަރާތުން އެހެންގޮތަކަށް އުފަލެއް ނުހޯދޭނެކަން އެނގޭތީ ކައިވެނި ކުރަންނިންމިއެވެ.

” އެކަމަކު ކީއްވެތަ ލަންކާ އަށްގޮސް ކައިވެނީ ކުރަންވީ މާލޭގަ ނު ނާޒިމުގެ ޢާއިލާވެސް އޮތީ އަހަރެންގެ މީހުންވެސް އާދެވޭނީ މާލެއަކަށްނު” ޝާހިދާ ބުނެލިއެވެ.

ނާޒިމުގެ ފޮނިވާހަކަތަކަށް ހެއްލިގެން ޝާހިދާ ނާޒިމު އާއިއެކު ލަންކާއަށް ދިޔައެވެ. އަދި އެމީހުން ކައިވެނީ ކުރީ ލަންކާގެ މުސްލިމު ޖަމާއަތަކާ ގުޅިގެން އެތަނުގައެވެ. ތިން މަސް ލަންކާގައި ނާޒިމް އާއި ޝާހިދާ ހޭދަކުރިއެވެ. ކުއްލިއަކަށް ވިޔަފާރިއަށް ދިމާވި ފޫނުބެދޭ މައްސަލައެއްގައި ނާޒިމު މާލެ ދާންޖެހުނެވެ. ޝާހިދާ ލަންކާގަ ބަހައްޓާފަ އެވެ. ޝާހިދާ މާލެ އައުމާއެކު މާލޭގައި ކައިވެނި ރެޖިސްޓުރި ކުރާނެކަމުގެ ފޮނި ހުވަފެން ދަައްކާފައެވެ. ނާޒިމު މާލެ ދިޔަފަހުން ޝާހިދާއަށް ގުޅާވެސް ނުލައެވެ. ކުރިން ނާޒިމު ބޭނުން ކުރި ނަމްބަރު އޮންނަނީ ނުގުޅޭ ގޮތަށް ހަދާފައެވެ. ނާޒިމުގެ އެއްވެސް މަޢުލޫމާތެއް ޝާހިދާއަށް ނޭނގެއެވެ. މާލޭއަންނަން އޭނާ ޓިކެޓްނެގީވެސް ވަރަށް އުދަގުލުންނެވެ. އެއީ ނާޒިމު މާލެއައިތާ 4 ވަރަކަށް މަސްފަހެވެ. ޝާހިދާގެ ކަމަކީ ނާޒިމު ފެނޭތޯ ހޯދުމެވެ. ކުރިން އެމީހުން ބައްދަލުވި ރެސްޓޯރެންޓުގައި މިހާރު ހުންނަނީ ބަނގުލަދޭޝް މީހެކެވެ. ނާޒިމުއަކީ ކާކު ކަމެއް އޭނާ އަށް ނޭނގެއެވެ. މާޔޫސް ކަމާއެކު ޝާހިދާ ނާޒިމު ހޯދަމުން ދިޔައެވެ. ފާއިޒު އާއި ޝާހިދާ ދިމާވީ ވިލިގިލިޔަށް ދިޔަ ފެރީންނެވެ. އެއީ އޭނާ ލަންކާއިން އައިފަހުން 7 މަސްވެސް ވީފަހުންނެވެ. މާލޭގައި ކުލި އަގުބޮޑުކަމުން ޝާހިދާ ވިލިމާލެއަށް ބަދަލުވީއެވެ. އެއްކޮޓަރިގެ ތަނަކަށެވެ. ނާޒިމުގެ ސަބަބުން ހިތްހަލާކުވާ ފަދަ އެތައް ކަމެއް އޭނާއަށް ދިމާވީއެވެ. ކިޔަވަމުން ދިޔަ ކިޔެވުން ގެއްލުނީއެވެ. މައިންބަފައިންގެ ކާރީ އަގު ވެއްޓުނީއެވެ. މައިންބަފައިންނާ ދެކޮޅަށް ލަންކާއަށް ދިޔުން ވެގެންދިޔައީ ޝާހިދާގެ ޙަޔާތުގެ އެންމެ ހިތި ދުވަސްތަކަށެވެ. އެކުވެރިން ގެއްލި ޢާއިލާ ގެއްލުނީއެވެ. މިހާރު ޝާހިދާ އަކީ ވަރަށް އެކަނި ވެރި ކުއްޖެކެވެ. އެހެނަސް އަދިވެސް ކެނޑިނޭޅި އޭނާ އެދަނީ ނާޒިމު ހޯދާށެވެ. ލަދުވެތިކަމުގެ ސަބަބުން ޕޮލިހަށް މައްސަލަވެސް އޭނާއަށް ނުކެރުނެވެ. ނާޒިމުއާއި އެކު ދިޔަ ބައެއްތަންތަނަށް އޭނާ ފެނޭތޯ ހޯދަމުން ދިޔައެވެ.

“ތިޔައީ ރިއޯ ގުރޭންޑު ފާއިޒްތޯ؟” ޝާހިދާ ފާއިޒު ފެނުމާއެކު ކައިރިއަށް ޖެހިލާފަ ބުނެލިއެވެ.

“ނޫނެ އެއީ މިހާރު ނާޒިމުގެ ތަނެއް” ޝާހިދާގެ މޫނަށް ވަރަށް ފުންކޮށް ބަލާލަމުން  ފާއިޒު ބުނެލިއެެވެ.

“ހަނދާން އެބަހުރިތޯ މީގެ އަހަރުތަކެއް ކުރިން ފާއިޒު އާއި އަޅުގަޑު ދިމާވީ އެރެސްޓޯރަންޓުން”

“އަހަރެން ހަދާން އެބަހުރި އެއިރު ތިޔައީ ނާޒިމުގެ ވާންއުޅުނު އަނބިމީހާ ނޫންތަ؟ އޭނާ ކައިވެނި ނުކުރިދޯ”

“ނޫން އަހަރުމެން ކައިވެނިކޮށްފިން އެކަމަކު ލަންކާގަ މީގެ 8 ވަރަކަށް މަސްކުރިން އަޅުގަނޑަކަށް ނޭގެ އޭނާ އުޅޭތަނެއް އެހެންވެ ފާއިޒް އަށް އެނގޭތޯ އަހާލަން ބޭނުން”

“އައްދެ ކައިވެނިވެސް ކުރީމޭ ޝާހިދާ އެނގޭތަ އޭނަޔަކީ މީހެއްގެ ފިރިޔެއްކަން އަދި ގޮތްވެސް ނޭނގޭ މީހަކާ ހަމަ ކައިވެނި ތިކުރީ” ހައިރާންކަން އެކުލެެވިގެންވާ އަޑަކުން ފާއިޒު ބުނެލިއެވެ. ޝާހިދާ ރޯންފެށިއެވެ. ހިތްހަލާކުވެފައިވާ މީހެއް ފަދައިންނެވެ. ޝާހިދާ ރޯންފެށީމަ ފާއިޒު ވަރަށް ދެރަވިއެވެ.

“ހުއްޓާލާ ޝާހިދާ ހިނގާ އަހަރެން ޝާހިދާ އެމީހުންގެ ގެޔަށް ގެންގޮސްދޭނަން”

ފާއިޒު ޝާހިދާ ގޮވައިގެންގޮސް ވެއްދީ ޗާނދަނީ ގެޔަށެވެ. އެއީ ނާޒިމުގެ އަނބިމީހާގެ ގެޔެވެ. އެމީހުންގެ ކާރު ގޭގެ ދޮރުމަތީ ޕާކް ކޮށްފަ އޮތެވެ.

“މިއީ ނާޒިމުމެންގެ ގެ އަސްލުގަ އޭނާގެ އަނބިމީހާ އަމީނާގެ ގެ ނާޒިމުގެ 3 ކުދިންގެ ގެ” ފާއިޒްގެ ފަރާތުން ޝާހިދާއަށް މި ލިބުނު ޙަބަރުން ޝާހިދާ އަނބުރައިގަންނަ ގޮތްވިއެވެ. އެވަގުތަކީ ކޮންމެވެސް ތަނަކަށް ދާން އަމީނާވެސް ދޮރާށި ހުޅުވާލި ވަގުތެވެ. ފާއިޒް އާއި ޝާހިދާ ތިބިގޮތްފެނިފަ އޭނަ ހައިރާންވިއެވެ.

“އަނހަ ފާއިޒު ތިޔޯ ތި ކުއްޖާ ވެއްޓިފަ ތިޔައޮތީ ކިއްވެ؟ ތީ ކޮންކުއްޖެއް؟ ”

“އާނ މިކުއްޖާ އަކީ ފިޓު ޖެހޭ ކުއްޖެއް މިހިސާބަށް އައިތަނާ ފިޓު ޖެހުނީ މިއީ އަހަރެންގެ ރައްޓެސެއް”

“ނާ ހަމަ ތެދެދެއް މިގެޔަށް ވައްދާ ހޭހަން ކޮށްލީމާ ރަނގަޅުވާނެ ކޮންނަމެއް ކިޔާ ކުއްޖެއްތަ މީ” ” މީނަގެ ނަމަކީ ޝާހިދާ މީނާގެ ފިރިމީހަ މީނަޔާ ކައިވެނިކޮށްފަ ވަނީ މިނަ ދޫކޮށް ފިލާފަ އެހެންވެ އޭނާ ހޯދުމުގައި މީނަޔާއެކުގައި އަހަރެން މިއުޅެނީ” ފާއިޒު ކިޔާދިނެވެ. އަމީނާ އާއި ފާއިޒު އަތުލަފިކޮށްގެން ޝާހިދާ އެގެޔަށް ވެއްދިއެވެ. އަދި ސިޓިންރޫމް ސޯފާގައި ބޭއްވިއެވެ

ެ. އަދި އަމީނާ ބަދިގެއިން ފެން ތަށްޓެއް ގެނެސް ޝާހިދާގެ މުނުގައި އާއި ބޮލުގައި ހާކާލިއެވެ. އެވަގުތު އަމީނާގެ ކުދަ ދަރިފުޅު ސަހާން ވެސް އައިސް  އެމީހުންނާ ކައިރިވެލިއެވެ. ހައިރާންކަން އެކުލެވިފައިވަ ނަޒަރަކުން ސޯފާގައި އޮތް ނުދަންނަ މީހާއަށް ބަލާލިއެވެ.

“މަންމާ މީ ކާކު މީނަޔަށް ކިހިނެތްވެފަ މިއޮތީ”

“މިއީ ފާއިޒް ބޭބެގެ ފުރެންޑެއް ކުޑަކޮށް ބަލިވީ” އެވަގުތު ކުއްލިޔަކަށް ސިޓިންރޫމް ކާރީގަ ހުރި ކޮޓަރިން ދޮރު ހުޅުވާފަ ނިކުތީ ނާޒިމް އެވެ. ނާޒިމް އަށް އޭނާގެ ގޭގައި ފާއިޒު ހުރުމުން ވަރަށް ޚައިރާންވިއެވެ. އަދި ސޯފާގައި މީހަކު އޮތްތަން ފެނިގެން ހައިރާންކަން އިންތިހާއަށް ދިޔައެވެ.

“ފާއިޒް މީ ކާކު މީ ކޮންކަމެއް؟ މިއީ ކާކު؟”

“މިއީ ގާތް ރައްޓެއްސެއް ދެންމެ ދިމާވީ އަދި މިގޭކައިރިޔަށް އާދެވުނުތަނާ މީނަ ބަލިވީ” ފާއިޒު ކިޔާދިނެވެ. އެވަގުތު ތެޅިލާފަ ޝާހިދާ ކުކުރާލިއެވެ. ޝާހިދާގެ މޫނު ފެނުމާއެކު ނާޒިމު ޖެހިލެވުނީ ފަހަތަށެވެ. ބިރުންނެވެ. ހާސްކަމާއެކުގައެވެ.

“އަހަރެން މިދަނީ އޮފީހަށްދާން” ދޮރާއި ދިމާލަށް ހިނގައިގަންނަމުން ނާޒިމު ބުނެލިއެވެ. އެވަގުތު ޝާހިދާ ތެދުވެ އިށީދެއްޖެއެވެ. އަދި ދިމާ ކުރިމަތިން އޭނާ ހޯދަމުން އުޅޭ އޭނާގެ ފިރިމީހާ ފެނުމުން ކޮޅައްތެދުވިއެވެ.

“ނާޒިމް އަހަރެންނާ މެދު ތިޔަގޮތަށް ކަންތަށް ކުރީ ކީއްވެ؟” ޝާހިދާގެ މިޖުމްލައިން އަަމީނާ ހައިރާންވިއެވެ.

ނާޒިމު ނިކުންނަ ދޮރާއި ދިމާލަށް ހިނގައިގަތެވެ. ފާއިޒު ގޮސް އޭނާ ހުއްޓުވިއެވެ.

“ނާަޒިމު މީކޮންކަމެއް މިއީ ކޮންކުއްޖެއް؟” އަމީނާ ރުޅިއައިސްފައި އަހާލިއެވެ.

“މިއީ އަހަރެންގެ އަނބިމީހާ ހަނގު އަނބި މީހާ” އިސްދަށަށް ޖަހާލާފަ ނާޒިމު ބުނެލިއެވެ.

” ކަލޭތީ ހާދަ ލަދުހަޔާތް ކުޑަ މީހެއް މަގޭ ތާއްޕާހުން ތެމިހުރެ މަގޭ ގޭގައި ދިރިއުޅެމުން މަގޭހަޔާުތަށް ކަލޭތިޔަވިހަލީ ހަމަ މިހާރު މިގެއިން ނިކުމޭ”  އަމީނާ ނާޒިމު ދުރަށް ކޮއްޕާލަމުން ރޮމުން ހަޅޭއް ލަވަމުން ދިޔައެވެ.

“މިއަންހެން ކުއްޖާގެ ކުށެއްނެތް ފާއިޒު އޭނާ ގެނައި ތަނަކަށް އޭނާ ގެންދޭ. މިގެޔަކު ނާޒިމުގެ މީހަކަށް ޖާގައެއް ނޯންނާނެ” އަމީނާ މިހެން ބުނެލަމުން ކޮޓަރިއަށް ވަދެއްޖެއެވެ.

“އަހަރެންނަށް މާފުކުރޭ..” ޝާހިދާއަށް ބުނެވުނީ އެހެންނެވެ. އަދި މަޑުމަޑުން ނިކުންނަ ދޮރާއި ދިމާލަށް ދިޔައެވެ. ޝާހިދާގެ ފަހަތުން ފާއިޒު ވެސް އެގެއިން ނިކުތެވެ. ދޮރާށި ކައިރިޔަށް ނުކުމެފަ އެދެމީހުން ދެމީހުން މޫނަށް ބަލާލިއެވެ. މުޅިމަގު އޮތީ ސަރާސަރު ހުސްކޮށެވެ. އުޑުމަތިގައި ކޮޅުކޮޅަށް ދައުރު ކުރާ ވިލާތަށްވެސް ހުއްޓިފައި ކަހަލައެވެ. ފާއިޒު އާއި ޝާހިދާ ހިނގައިގަތީ ދެމީހުން ދެކޮޅަށެވެ. މިވަގުތު އެދެމީހުންވެސް ބޭނުންވީ އެކަނި ވަކިން ދާށެވެ.

ނުނިމޭ

 

8

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

You may also like...

1 Response

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.