ހިތްހަލާކު 2

- by - 0- November 26, 2019

ހިތްހަލާކު 2

ޝާހިދާ ގެޔަށް ގޮސް ދަތުރު ހެދިއެވެ. އަދި ބޭނުންވީ ވިއެންެމެ އަވަހަށް ފަރެސް މާތޮޑާއަށް ދާށެވެ. މާލޭގެ މިދިމާވި ހިތާމަވެރި ހާދިސާ އޭނާގެ ހިތަކުން ނުފިލާނެއެވެ. ކައިވެނީގެ ނަމުގައި ލަންކާ ގައި އެކުރެވުނު ކަންތަކަކީ އެއީ ހަމަ އަސްލެއް ނޫންކަން އޭނާއަށް އެނގުނެވެ. އަދި އިބްރާހީމް ނާޒިމް އަކީ އޭނާގެ ހަޔާތް ބަރުބާދު ކުރިމީހާ ކަން އޭނާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އޭނާ ބޭނުންވަނީ ހަޔާތުގެ އެ ސޮފްހާތަށް ފޮހެލާށެވެ. އިބްރާހީމް ނާޒިމު އާއި ބައްދަލުވުން އެއީ ނުވާކަމަކަށް ހަދާށެވެ. ލަންކާއަށް ދިޔުން އެއީވެސް ނުވާކަމަކަށް ހަދާށެވެ. އެހެނަސް އެއީ ހިތިމާޒީއެވެ. އިބްރާހީމް ނާޒިމުގެ ހަޔާތުގެ މިވާހަކަ އިންވެސް ސަަމާ އިބްރާހީމް ނާޒިމު ދެކެ ފޫހިވިއެވެ.

“ދެން ކޮބާ އަމީނާ އޭގެ ފަހުން އަނެއްކާ މިހާރު ކިހިނެއް ތިއުޅެނީ” އިބްރާހީމް ނާޒިމު ފިނި އާހް އެއް ދޫކޮށްލާފަ އޭނާގެ ހަޔާތުގެ ވާހަކަ ސަމާއަށް އަނެއްކާ ކިޔާދޭންފެށިއެވެ. އަމީނާގެ ގެއިން އޭނާ ނިކުމެގެން މިހާރު އުޅެނީ ހުޅުމާލެއިން 3 ކޮޓަރީގެ ފުލެޓެއް ހިފައިގެންނެވެ. ބައެއްފަހަރު އޭނާގެ ކުދިންތަށް އެގެޔަށް އާދެއެވެ. އެކަމަކު އަމީނާ އާއި އިބްރާހީމް ނާޒިމު އެއްވެސްް ގުޅުމެއް ނުބާއްވައެވެ. ވަހަކަވެސް އަމީނާ އިބްރާހީމް ނާޒިމު އާއި ނުދައްކައެވެ. އަމީނާގެ ބަހުންނަމަ މާފު ކުރެވިދާނެއެވެ. ކުދިންގެ ބައްޕަ ވީމައެވެ. އެކަމަކު އިބްރާހީމް ނާޒިމުގެ ކުށަކީ ހަނދާން ނައްތާލާވަރަށްވުރެ މާ އުނދަގުލެވެ.

ޝާހިދާ އިބްރާހީމް ނާޒިމު ގެ ހަޔާތުން ދިޔައީވެސް އިބްރާހީމް ނާޒިމުގެ ކުށުންނެވެ. އިބްރާހީމް ނާޒިމު އެކަމާއި ދެރަނުވެއެވެ. އެޔަށްވުރެ ބޮޑަށް އޭނާގެ މަސައްކަތް ގިނައެވެ.

ފަރުޒާން އަކީވެސް ބިޒްނަަސްމީހެކެވެ.ފަރުޒާން އޭނާ ރެސްޓޯރަންޓަށް ދިއައެވެ. އޭނާގެ އަނބިމީހާ ލައިލާ ގޮވައިގެންނެވެ. އެމީހުންނާއި ބައްދަލުވާން އޮތީ އިބްރާހީމް ނާޒިމު އެވެ. ބިޒްނަސް ކަންތަކުގައެވެ. އިބްރާހީމް ނާޒިމު އެެދެމަފިރިންނާއި ބައްދަލުކުރީ ފުރިހަމަ އިތުބާރާ ޔަޤީން ކަމާއި އެކުގައެވެ. ދެފިރިހެނުން ވާހަކަދެއްކީ ބިޒްނަސް ކަންތަކެވެ. އެކަމަކު ލައިލާގެ ނަޒަރު ހުރީ އިބްރާހީމް ނާޒިމު އާއި ދިމާލަށެވެ. އިބްރާހީމް ނާޒިމުއަށް ވެސް އެކަން ފަހަގަ ވިއެވެ. ދެން  އިބްރާހީމް ނާޒިމުގެ ވަޙުޝީ ހިތަށްވެސް ލައިލާ އާއި މެދު ޝައުގުވެރިކަން އައެވެ. އެމީހުން ވަކިން ބައްދަލުކުރަން ފެށިއެވެ. ރަނގަޅު ރަހްމަތްތެރިންގެ ގޮތުގައެވެ. ހަމައެކަނި ފިރިހެނުން ނޫނެެވެ ބައެއް އަންހެނުންނަކީވެސް ވަޙުޝީ ހިތް ގެންގުޅޭ މީހުންނެވެ. ފިރިމީހާގެ ގޯސް ވާހަކަ ދައްކާ އެހެންފިރިހުނުން އެމީހުންގެ މަޅީގައި ޖެއްސުމަށް ވަރަށް ކުޅަދާނަ މީހުން ތިބެއެވެ. މި ލައިލާއަކީ ވެސް ވީ އެފަދަ މީހަކަށެވެ. ފަރުޒާން އަކީވެސް ލައިލާގެ ހަތަރު ވަނަ ކައިވެނި ވީއްޔާއެވެ. އިބްރާހީމް ނާޒިމުގެ ހިތް ހޯދުމަށްޓަކައި ފަރުޒާންގެ ގޯސް ވާހަކަ ދައްކަމުން ދިޔައެވެ. ފަރުޒާން އަޅާނުލާ ވާހަކައެވެ. ލޯބި ނުދޭ ވާހަކައެވެ. ހިތްދަތި ކުރާވާހަކައެވެ. އެވަގުތު އިބްރާހީމް ނާޒިމުގެ ޅަދޮނޅު ހިތްވެސް ލައިލާގެ މަށްޗަށް ލެބިގެންދިޔައެވެ. ހަމްދަރުދީގެ ނަޒަރުންނެވެ. އޭނާ އެވަގުތު ލައިލާއަށް އެހީވީ ރަޙްމަތްތެރިއެއްގެ ސިފައިގައެވެ. ލައިލާއަށް ވެސް އިބްރާހީމް ނާޒިމުގެ އޯގާތެރިކަމާއި ލޯބި ފެނި މުޅިން ބޭނުންވީ ޝަރުޢީ ގޮތުން އިބްރާހީމް ނާޒިމުގެ މީހަކަށް ވާށެވެ. އޭނާގެ ފިރިމީހާގެ ކައިރިން ވަރިވެ އޭނާ އިބްރާހީމް ނާޒިމުގެ ހަޔާތުގެ ބަހާރު ކަމުގައި ވިއެވެ.

އިބްރާހީމް ނާޒިމު ކިޔާދެމުން މިގެންދާ ހަޔާތުގެ ފަލްސަފާއިން ސަމާވަނީ ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއްނޭގިފައެވެ. އަދި ބައްދަލުވެސް ނުވާ މި ފިރިހެން މީހާ ކިޔާދޭމިވަހަކައިން މިއީ ހަޤީޤަތްބާވައޭވެސް ސަމާގެ ހިތަށް އަރައެވެ. ބައެއްމީހުން މާކާމިޔާބު މީހުންނަށް ވާންވެގެން ފޮނިވެސް ކަނޑާނެއެވެ. މިޒާޖުގައި އިބްރާހީމް ނާޒިމު އަކީ ފޮނި ކެނޑުމުގެ އެއްވަނައޭ ސަމާ ހިތަށް އެރިއެވެ. އެހެނަސް އެއްވެސް އެއްޗެކޭ ސަމާ ނުބުނެއެވެ. ކޮންމެ ގޮތެއްވިޔަސް ސަމާއަކީ ވާހަކަ ލިޔާމީހެކެވެ. މޮޅު ސުޓޯރީއެއް ލިބޭއިރަށް އޭތި ހިތުގައި ބާއްވައިގެން ފޮތުގެ ޒަރީއާއިން ނެރުމަކީ އޭނާގެ ދުވަސްވީ އާދައެވެ. އޭނާގެ ވާހަކައިން ގިނަ ފިލާވަޅުތަށް މީހުންނަށް ލިބިގެންދެއެވެ.

“ވަރަށް ފޫހިދޯ އަހަރެން މިދައްކާ ވާހަކަ” ސަމާ ހިމޭންކަން ފެނިފަ ހޫންވެސް ނައަޅުވާތީ އިބްރާހީމް ނާޒިމު އެހިއެވެ. އެމީހުނަކަށް އެކަކު އަނެކަކު ނުފެނޭ ވިއްޔާއެވެ. ހަމައެކަނި ފޯނުން މިވަހަކަ ދައްކަމުންދަނީއެވެ. ފޭސްބުކް އިން ދިމާވާ ފޭކް މީހުންވެސް އުޅޭނެއެވެ. އެގޮތުން އިބްރާހީމް ނާޒިމް އަކީވެސް އަަވާމެންދުރެކޭ ސަމާ ހިތަށް އެރިއެވެ.

“ނޫނޭ ހަމަ އިންޓަރެސްޓިން ކުރިޔަށް ގެންދަވާ އަޅުގަނޑު އަހަށޭ މިއިނީ ކިހިނެއް އެނގޭނީ ތިޔަވާހަކަ އަކީ އަޅުގަޑުގެ ދެންފަށާ ވާހަކައިގެ ބަޔަކަށް ނުވާނެކަމެއް ކިހިނެއް އެނގޭނީ” އުފާވެރި އަޑަކާއި އެކު ސަމާ ބުނެލިއެވެ. އިބްރާހީމް ނާޒިމު ކިޔާދޭން ފެށިއެވެ.

ލައިލާ އާއި އިބްރާހީމް ނާޒިމު ކައިވެނި ކުރިއެވެ. ލައިލާ އަކީ ތަނަވަސް ޢާއިލާއެއްގެ އަންހެނެއްކަމުން އިބްރާހީމް ނާޒިމު އުފާވިއެވެ. މާބޮޑު ޙަރަދު ތަކެއް ކުރަންނުޖެހެނެތީއެވެ. ރައްޓެހިވެގެން އުޅޭދުވަސްވަރާއި ކައިވެނިކުރުމުން އިންސާނާ ބަދަލުވެއެވެ. އިބްރާހީމް ނާޒިމު ހީކުރީ ރައްޓެހިވެގެން އުޅުނު އިރު މަޖާވެފަ ލޯބިން ވާހަކަ ދެއްކި ގޮތާއި އެމިޒާޖު ފަހުންވެސް ލައިލާގެ ފަރާތުން އޭނާއަށް ފެންނާނެކަމަށެވެ. ސަބަބަކީ އޭނާގެ ހަނދާނަށް އަންނަނީ އަމީނާގެ ޙިދުމަތްތެރިކަމެވެ. އެ ބެހެއްޓެވި އިޙްތިރާމާއި ލޯބިއެވެ. އެހެނަސް ލައިލާގެ ގައިގަ މިއިން އެއްވެސް ސިފައެއްނެތެވެ. އޭނާ ލޯބިވީ އިބްރާހީމް ނާޒިމުގެ ކުލުނުއަށެވެ. ދެއްކުންތެރި ކަމެވެ. ރައްޓެހިވެގެން އުޅުނު އިރު ބޭއްވި އޯގާތެރި ލޮބުވެތި އަދާއަށެވެ. އަދި ލަައިލާގެ ހިތުން އިބްރާހީމް ނާޒިމު އަކީ ވަރަށް ތަނަވަސް މިހެކެވެ. ޝޮފިން ކޮށްލަން އިންޑިޔާއަށް ގޮސްލާފަ ދޭތެރެއަކުން ސިންގަޕޫރަށް ބުރެއް އަޅަން ބޭނުން އަންހެނެކެވެ. ލައިލާގެ މިޒާޖުގެ ގޮތުން އޭނާ އަކީ ވަރަށް ބޭކާރު ޙަރަދު ކުރާ މީހެކެވެ. މިކަމާ އިބްރާހީމް ނާޒިމު ވަރަށް ކަންބޮޑުވެއެވެ. އެކަމަކު އޭނާ އެކަން ލައިލާއަށް ނުދައްކާ ވަރަށް ލޯބިން ލައިލާގެ ހުރިހާ އުންމީދެއް ފުރިހަމަ ކުރަމުންދިޔެއެވެ. ލޯބިވާ ފިރިއެއްގެ ހައިސިއްޔަތުންނެވެ ޙަޤީޤަތުގައިވެސް އޭނާ ބޭނުންވަނީ ހަމަޖެހޭ ދިރިއުޅުމެކެވެ. ވަފާތެރި ޙިދުމަތްތެރި އަންބެކެވެ. ލައިލާގެ ފަރާތުން އޭނާ ބޭނުންވީ އެސިފައެވެެ. ލޯތްބާއި އޯގާތެރިކަމެވެ. އެކަމަކު އޭނާޙިޔާލު ކުރި މީހާއަށް ލައިލާ ނުވިއެވެ.ދުވަސްތަށް މާޒީއާއި އެކުވަމުންގޮސް ހިތްދަތިވެގެން އިބްރާހީމް ނާޒިމު ބަލިވާންފެށިއެވެ. އަންބެއްގެ ފަރާތުން ލިބެންވާ އަޅާލުން އިބްރާހީމް ނާޒިމުއަށް ނުލިބޭތީއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ލައިލާ ކައިވެނީ ކުރީ ނާޒިމުގެ މުއްސަނދި ކަމާއި ދެއްކުންތެރި ކަމާއެވެ. ލޯތްބަކުން ނޫނެވެ.ކައިވެނީގެ ފަހުން އޭނާ އިބްރާހީމް ނާޒިމު މަތިން ފޫހިވާން ފެށިއެވެ.ބޭނުންވާވަރަށް ޙަރަދު ނުކުރެވޭތީއެވެ.  ބުނެވޭގޮތުން ލައިލާގެ ޢާއިލާ މީހުން އިބްރާހީމް ނާޒިމުއަށް ވަރަށް ރަނގަޅެވެ. އިބްރާހީމް ނާޒިމުއަށް ވަރަށް އަޅާލައެވެ. ޙާއްސަކޮށް ލައިލާގެ މަންމަ އިބްރާހީމް ނާޒިމުއަށް ވަރަށް ހެވެވެ. މިހާރަކަށް އައިސް ލައިލާ ހުތުރުކޮށް އިބްރާހީމް ނާޒިމުއަށް މުޙާތޮބު ކުރެއެވެ އަދި ކުރިން ކުރަމުން އައި ޒުވާބުތަށް ބޮޑު ޒުވާބަށް ވެގެން ދިޔައެވެ. ގޭތެރޭގައި އެއް މައްސލަޔަށް ވުރެ ގިނަ އަނެއް މައްސަލައެވެ. އެންމެ ފަހުން ލައިލާ ބޭނުންވީ ނާޒިމު ކާރިން ވަރިވާށެވެ. ނާޒިމުގެ ލޯބިއާއި އޯގާތެރިކަން އޭނާއަށް ބަލައިނުގަނެވުނެވެ. ވާނޭވެސް އެހެންނެވެ. އޭނާއާއި ނާޒިމުގެ ގުޅުން އެއީ މަކާރާއި ޙީލަތުގެ ގުޅުމެކެވެ. ބޭވަފާތެރި ކަމުގެ ގުޅުމެކެވެ. އޭނާ ނާޒިމު އާއި ގުޅުނީ ޖަވާހިރެއް ކަހަލަ ފިރިމީހާ ދޫކޮށްފައެވެ. އިރެއްގަ ގޮތަކަށް އުޅުނަސް ނާޒިމު ބޭނުންވަނީ ހަމަ ޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ފަރުޝު ފަސްނަމާދު ކުރާށެވެ. ޙާއްސަ ކޮށް ބަލިވީފަހުން އޭނާ ﷲ އާއި އޮންނަ ގުޅުން ބޮޑުވިއެވެ. މިވެސް ރަނގަޅު ފާލެކެވެ. އެކަމަކު ލައިލާ އަކީ އެހާ ޤާބިލް މީހެއް ނޫނެވެ. ބޭވަފާ ތެރި އަންހެނެކެވެ. އުޅުމެއްނެތް އަންހެނެކެވެ. އެމީހުން ވަކިވީއެވެ. ލައިލާ ބަލި މީހަކު ގެންގުޅެން ބޭނުން ނޫންކަން އޭނާ ބުނެދިނެވެ އަދި އަމިއްލަޔަށް ވަރިވީއެވެ. އިބްރާހީމް ނާޒިމު ރޮއްވާލާފައެވެ. މިހާރު އަސްލުވެސް އޭނާ ލައިލާދެކެ ލޯބިވެއެވެ.

“ނާޒިމު ވަރަށް ދެރަވިދޯ އޭނާ ވަރިވީމާ” ސަމާ އަހާލިއެވެ.

“ނޫނެކެއެވެ ދެރައެއްނުވެއެވެ. އެކަމަކު އަހަރެންނަށް ގިނަޙަރަދުތައް އޭނާއަށް ކުރެވުނެވެ. ވަރަށް ގިނަ ވަގުތުވެސް ބެކާރު ވިއެވެ.” ހިތާމަޔާ އެކު އިބްރާހީ ބުނެލިއެވެ

“ދެން ކިހިނެއްވީ ..” ސަމާ އަހާލިއެވެ. އަދިވެސް ސަމާ ބޭނުންވީ ނާޒިމުގެ ދުލުން އޭނާގެ ދާސްތާން އެވެ.

“އަހަރެން މަރުވަމުން ދަނިކޮށް އަހަރެންގެ އަތުގައި ހިފާނެ އަންހެން ކުއްޖަކު ހުރިކަން އެނގުމުން އަހަރެންނަށް އާދިރިއުޅުމެއްގެ އުންމީދު އާވެއްޖެ” ނާޒިމު އަސަރާއި އެކު ބުނެލިއެވެ.

“ކަން އޮތީ ތިޔަހެން އެކަމަކު އަހަރެންނަކީ އަދި  މީހަކާ ކައިވެނި ކުރެވޭނެ މީހެއް ނުން އަހަރެންގެ ހާލަތު ނިޔާކުރާގޮތުން މީހަކާ އިނުން ވަރަށް ދުރު”

“ބަލަ އަހަރެން ސަމާގެ ހުރިހާ ކަމެއްގެ ޒިންމާ ނަގާނަމެވެ. އަހަރެން ބޭނުންވަނީ ކުޅުދުއްފުށްޓަށް ސަމާ ކާރިޔަށް ބަދަލުވާށެވެ. އަދި ސަމާގެ ގެ ހަދައިގެން ދެމީހުން އުފަލުގައި އުޅޭނީއެވެ.” އިބްރާހީމް ނާޒިމު ފަހުންވެސް ލައިލާ އާއި ގުޅެން ބޭނުންވިއެވެ. ކައިވެނި ރުޖޫޢަ ކުރަން ބޭނުންވިއެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި އިބްރާހީމް ނާޒިމު ވަނީ ބޭނުންވެފައެވެ.

އިބްރާހީމް ނާޒިމު އޭނާގެ ހިތުގައި ރާވާ ރޭވުން ބުނެލިއެވެ. އޭނާއަށް ސަމާއާއި ވާހަކަ މިދެއްކުނީ ލައިލާ ކާރިން އެތަށް ފަހަރަކު ލައިލާ ކާރިން ކައިވެނި އަށް އެދިފަ ލައިލާ އެކަމަށް އިންކާރު ކުރުމުންނެވެ. ފިރިހެނަކަށް ވެހުރެ އޭނާ ލައިލާއަށް ވަރަށް އާދެސްކުރިއެވެ.

“އަހަރެން ބޭނުންވަނީ ވަޒީފާ ދޫކޮށްލަން ގެވެހި އަންބަކަށް ވާން އޭރުން އަހަރެންނަށް އިބްރާހީމް އާއި އަޅާލެވިދާނެނު. ތިޔައީ ބަލި މީހެއް ނޫން އަހަރެންގެ ލޯބިން ތިބަލިވެސް އިރާދަ ކުރެއްވިޔާ ރަނގަޅު ކޮށްދޭނަން”

ސަމާ މަސައްކަތް ކުރަމުން ދިޔައީ  ރިސޯޓު ގައެވެ.ނަވީން އާއި އެކު އުޅުނު އޮފީހުގައެވެ. އެތަން ދޫކޮށް ދިޔުންވެސް ސަމާއަށް ފަސޭހަ ކަމެއް ނޫނެވެ. އެހެނަސް ސަމާ ބޭނުންވަނީ ވަފާތެރި އަންބެއްގެ ގޮތުގައި އިބްރާހީމް ނާޒިމު އާއި ގުޅޭށެވެ. އޭނާއަށް ލޯބިދޭށެވެ. އޭނާގެ މުޅިހަޔާތް ބަހާރު މޫސުމަކަށް ހަދާށެވެ. ހުސްއެކަނި އޭނާއެއް ނޫނެވެ. ސަމާ އިބްރާހީމް ނާޒިމުގެ ޢާއިލާގެ އެންމެންދެކެވެސް ލޯބިވެއެވެ. އެމީހުނަށް އިހްތިރާމު ކުރެއެވެ.

ނަވީން ނިޔާވުމުން ސަމާވެސް ބޭނުންވަނީ ލޯބިން އޭނާ އާއި އެކު އުޅޭނެ އޯގާތެރި ބައިވެރިޔަކަށެވެ. އެކަަމަކު ނާޒިމުއަކީ އޭނާއާއި އެކަށިގެންވާ މީހާ ބާވައެވެ. މިއީ މިހާރު ހުރި ވަޒީފާ ދޫކޮށްލުމުގެ ކުރިން ސަމާ ވިސްނަން ޖެހޭ ކަމެކެވެ.  ސަމާ ނާޒިމުގެ ހާލަތަށް ހަމްދަރުދީ ވެއެވެ.އިހްތިރާމު ކުރެއެވެ. އޭނާ ބޭނުންވަނީ އިބްރާހީމް ނާޒިމު އަށް އުފާވެރި ދިރިއުޅުމެއް ހޯދާއިދޭށެވެ. ސަމާ ވަޒީފާއިން ވަކިވިއެވެ. ލޯމަރާލާފައެވެ. ﷲ އަށް ވަކިލު ކޮށްފައެވެ. އަދި ރަށަށް ބަދަލުވިއެވެ.

“އަހަރެން ވަޒިފާ ދޫކޮށްފަ އައުމުން އަހަރެންގެ މައިންބަފައިން  އެހާ އުފާވިހެނެއް ހިޔެއްނުވޭ” ސަމާ އޭނާގެ ވަހަކަ ކިޔާދޭންފެށިއެވެ. ސަމާގެ ޢާއިލާ ގެ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ސަމާއަށްވެސް ލިބޭ މުސާރައިންނެވެ. އެއްބަޑު އެއްބަފާ 5 މީހުން ތިބޭއިރު އެއިން އެއްވެސް މީހަކީ ގިނަ ލާރި ލިބޭ ބަޔެއްނުނެވެ. ބައްޕަ ވެސް ސަމައާއި އެކު ގޭތެރޭގެ ކަންތަކުގައި ލާރި ހަރަދު ކުރެއެވެ.”  ރަށަށް ސަމާ ދިޔަފަހުންވެސް އިބްރާހީމް އާއި ވަރަށް ވަހަކަދައްކައެވެ. ޙަޔާތުގެ ކުރިމަގު ބިނާކުރަން ބޭނުންވާ ގޮތެވެ. ކޮންމެޔަކަސް ސަމާ އޭނާގެ ޙަޔާތަށް އައުމުން ލައިލާގެ ފަރާތުން އޭނާއަށް ލިބުނު ހިތްދަތިކަން ހިނދުކޮޅަކަށް ލުއިވިކަހަލަ އެވެ.

އެއްދުވަހު ނާޒިމު ގުޅިވަގުތު ސަަމާ ރޮނީއެވެ.

“ކިހިނެއްވީ ހީވަނީ ރޮނީހެން” ވަރަށް އޮގާތެރި އަޑަކުން ނާޒިމު އަހާލިއެވެ. އޭނާ މީހެއްދެކެ ލޯބިވަންޏާ ވަރަށް ބޮޑަށް ލޯބިވާނެއެވެ. ޙާއްސަކޮށް އޭނާއަށްޓަކައި ވަޒީފާ ދޫކޮށްފައި ދިޔަ އަންހެންކުއްޖާއަށް އޭނާ ލޯބިދޭނެ ނުންހެއްޔެވެ.

“ނުރޯންވީ ކީއްވެ ބޮޑުދައިތަ އަހަރެން ގެންގުޅޭ ސައިކައްކާ ކުރައިގެ ވާގަޑު ފޮރުވާލައިފި” ސަަމާ މިވަހަކަ ނާޒިމު ކާރީ ބުނީ އެއީ އޭނާގެ ހިތުން އޭނާގެ ވާން އުޅޭ ފިރިމީހާކަމަށް ވިމައެވެ. ނާޒިމުގެ ހިތުގައި ސަމާގެ މީހުންމައްްޗަށް ޤަދަރު ނެތިގެން ދިޔައެވެ. އަދި ވަރަށް ހިންހަމަ ނުޖެހުނެވެ. އެމީހުންދެކެ އޭނާ ފޫހިވިއެވެ.ފުރަތަމަ ޢާއިލާގެ މީހުން ދެކެ އިބްރާހީމް ނާޒިމު ފޫހިވިއެވެ. ކޮންމެވެސް ވަރަކަށް ސަމާދެކެ ވެސް އޭނާ ފޫހިވާންފެށިހެންވެސް ހީވިއެވެ. އެކަމަކު އެހެން ބުނަން އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ސަމާއަށް ހިތްވަރުދޭންފެށިއެވެ.

“އަޅާނުލާ އަހަރެން ގޮސް ސަމާ ތިޔަތަނުން ދުރުކޮށްލާނަން އަދި ރީތި ދިރިއުޅުމެއް ހޯދައިދޭނާން” ނާޒިމު މިހެން ބުނުމުން ސަމާއަށް ދިރި އުޅުމުގެ އުފާވެރިކަމުގެ އިންތިހާވިއެވެ. އާދިރިއުޅުމެއް ލިބޭނެ ކަމުގެ ޢުންމީދު އާވިއެވެ. އޭނާ ﷲަ އަށް ޝުކުރުކުރިއެވެ އެހާލޯބިވާ އޯގާތެރި ބައިވެރިޔަކު  ﷲ ދެއްވީތީއެވެ. ޙަޔާތުގެ އެއްދުވަހުން އަނެއް ދުވަހަށް ކަންތަށް ވާގޮތެއް އެކަކަށްވެސް ނޭގޭނެއެވެ. މިއަދު ލޯބިން މާފޮޅުވަމުން ވަޢުދު ވަމުންދާ ކިތަންމެ ބަޔަކު މާދަމާ މުޅިން ދުރުހިލޭ މީހުނަށް ވެެދެއެވެ.

ނުނިމޭ

0

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

You may also like...

Leave a Reply

Your email address will not be published.