ވާހަކަ ތަކުގެ މިސިލްސިލާގައި އާބޮޅެއް ހިމަނާލާނަމެވެ. އާދެ ތަރިންގެ ބައެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދިވެހި ތަރިންގެ ޖައްވުން އަތްފުނާއަޅަނިކޮށް އަޅުގަނޑަށް ދިމާވީ ގ. ޑޯލްފިން ހައުސް ޢާރިފާ އިބްރާހީމް އާއިއެވެ. އެއީ އަލްމަރްހޫމާ ފާތުމާފުޅާއި އަލްމަރްހޫމަ ސޮއިއިބްރާހީމް ފުޅުގެ ދަރިކަނބަަލުންނެވެ. އެންމެ ފުރަތަމަ އަޅުގަނޑަށް އެބޭފުޅާ އާއި ދިމާވީ އަޅުގަނޑު ގެ ވަރަށް ޅަޢުމުރުގައެވެ އާދޭހެވެ. ޢުމުރުން އެންމެ 14 ނޫނީ 15 އަހަރު ތަކުތެރޭގައެވެ. އެވަގުތުވެސް އަޅުގަނޑަށް އޭނާ ތަޢާރަފްވީ މަންމަގެ ނަމުންނެވެ. އެއީ ކޮންމެވެސް ޝޯވްއެއްގެ މެދުތެރެއިން އަޅުގަޑަށް އެބޭފުޅާތައާރަފްވީގޮތެވެ. މަންމަ ކިޔާފަ ގޮވާލެވުމުން ޙުދު އެމައިވަންތަކަމުގެޖަޒުބާތް ވަރަށް ބޮޑަށް އަޅުގަނޑުމެންގެ އެކުވެރި ކަމުގައިވެއެވެ.އެއީ އަޅުގަނޑުގެ އުފަން މަންމަ ނޫނަސް އޭނާ ކާރީ ހުރެފަ ކޮންމެ ފަދަ ވާހަކައެއް ދެއްކުމުންވެސް ހިތަށް ހަމަޖެހުން ލިބިދެއެވެ. އެއްގޮތަކަށްވެސް އެއީ ދުރުމީހެކޭ ހީނުވެއެވެ.
“އާރިފާ މަމް އަޅުގަނޑާއިމެދު ދެކެނީ ކިހިނެއް؟” މިސުވާލު އަޅުގަނޑު ކުރީ މިއިންޓަވިއުގެ ފަހަތުންނެވެ. އެވަގުތު އާރިފާ ވަރަށް ލޯބިން ހީލިއެވެ. އަދި އެހިނިތުންވުމުގައި ވަރަށްވެސް އަމިއްލަވަންތަކަމާއި ލޯބި އެކުލެވިގެންވެއެވެ. އޭނާ އަޅުގަނޑަށް ޖަވާބު ދެއްވީ ހެމުން ހެމުންނެވެ. “ރޯޒީ އަކީ ވަރަށް ތުއްތު އިރު ދިމާވި ކުއްޖެއް ނުފެނި ހުރެފަ މިހާރު ފެނުނީމަވެސް އިނގޭ ތިއީ ވަރަށް ހިތްހެޔޮ މަޖާމިޒާޖެއްގެ ކުއްޖެއްކަން އަހަރެން އެދެނީ ރޯޒީ އަށް އުޖާލާ ދުވަސްތަކެއްމިންވަރު ކުރެއްވުން. ވާހަކައެއް ލިޔެފަ ދެއްޗޭ އޭރުން ކޮންމެވެސް ކަމެއް ކުރެވިދާނެ” އާރިފާގެ މި ޖުމްލައިން އަޅުގަނޑަށް ކުރިޔަށް ދާނެމަގު ހުޅުވިގެން ދިޔަ ކަހަލައެވެ. ދެން އާރިފާ ގެ ވާހަކައަށް ދަމާ ހިނގާށެވެ.
ޢާރިފާ އިބްރާހީމްއަކީ ދިވެހި ފިލްމީ ދުނީޔޭގެ މަންމަ އެވެ. މަންމަ މެންނަކީ ދިރުމެވެ. ހުރިހާ ކުދިންގެވެސް ބިންގާ އަޅާދެއްވާ ފުރަތަމަ ޓީޗަރެވެ. އެގޮތުން މިއަދު އާރިފާ ވަނީ ގިނަ ގުނަ މަސައްކަތްތަކެއްވެސް މިޖީލަށް އޭނާގެ ހުނަރުން ދައްކުވައިދީފައެވެ.އަދި ހުނަރުވެރި ފަންނާނުންތަކެއްވެސް މި ދާއިރާއަށް ނެރެދެއްވާފަވެސްމެއެވެ.ޢާރިފާ އަކީ މިދާއިރާގައި އަމިއްލަ މަސަކަތުން ކުރިޔަށްދާފަންނާނެކެވެ.ފިލްމީ ދާއިރާގައި ފައި ހަރުލީއްސުރެ ދެގޮތެއް ނުވާފަންނާނެކެވެ.އޭނާގެ ބައެއް ރޯލުން ފެނިގެންދަނީ އޭނާއަކީ ވަރަށް ޒީލަގަދަ ރުޅިގަދަ ނުފުޒް ގަދަ ފަންނާނެއްގެ ސިފައިގައެވެ.އެކަމަކު ޙަޤީޤަތުގައި އާރިފާ އަކީ މަޑުމޮޅި ސާދާ މިޒާޖެއްގެ ހިންހެޔޮ ބޭކަނބަލެކެވެ. އޭނާގެ ހުނަރުން ތަފާތު ރޯލުތަށް އޭނާ ވަނީ ދިވެހި ފިލްމީ ދާއިރާގައި ކުޅެދެއްވާފައެވެ.ހުރިހާ ނަޒަރަކުން ބަލާއިރުވެސް އާރިފާ އަކީ މި ފަންނުގައި ވަރަށް ހުނަރުވެރި ފުންނާބު އުސްބޭކަނބަލެކެ ބުނެވިދާނެއެވެ.އާރިފާގެ ހަޔާތަށް ބަލާއިރު ޢުމުރުން 14 އަހަރުގައި އޭނާ ކައިވެނި ބައްލަވައިގަތެވެ. މިހާރު އެއާއިލާގައި 5 އަންހެން ބޭކނބަލުންނާއި 1ފިރިހެން އެއްބޭފުޅަކު އެބައުޅުވައެވެ.ތަޢުލީމީ ދައުރުގަވެސް އާރިފާއަކީ މިސާލެކެވެ. އޭނާ އެންމެ ކިޔާވާހިތްވަނީ ހިސާބުއެވެ. އަދި ކާތިބާ ކަމުގެ ސަނަދުވެސް އޭނާ ނެންގެވިއެވެ. އާރިފަ އަކީ ހަމައެކަނި ފިލްމު ސުޓާރެކޭ ބުނެ ނިންމޭކަށް ނޯވެއެވެ.ސަބަބަކީ ފިލްމު ޑައިރެކްޓު ކުރުމުގެ ރޮނގުންވެސް އާރިފާ ވަނީ އޭނާގެ ހުނަރު ދައްކާފައެވެ. ހަމަ އެއާއިއެކު ވާހަކަ ލިޔެ އެވާހަކަތަކަށް ސުކުރީންޕުލޭވެސް ހައްދަވަނީ ހަމަ އާރިފާގެ މަސައްކަތާއި ހިތްވަރުންނެވެ.
ޢާރިފާ އިބްރާހީމްގެ ޙާއްސަ ހުނަރުތަކުގެ ތެރޭގައި ސުޓެންސިލްއިން ލިޔުއްވުން ހިމެނެއެވެ. އެއީ އޭނާ ޝައުގުވެރިކަމާއެކު ކުރެއްވި ހުނަރުވެރި މަސައްކަތެކެވެ. ސުޓެންސިލްއިން ފޮތްލިޔުމާއި ސެޓްފިކެޓް ހެއްދެވުމުގައި އޭނާ 16 އަހަރު ހޭދަކުރެއްވިކަން ފާހަގަ ކޮށްލެވެއެވެ. އެޒަމާނުގައި ސަރުކާރުގެ ރަސްމީ ސެޓްފިކެޓްތަށް އޭނާ ގެ މަަސައްކަތުން ނެރެދެއްވިއެވެ. މިޒާމާނުގައި އެކަންތަށް ކުރަނީ ކޮމްޕިޔުޓަރުންނެވެ.
އާރިފާގެ ވަޒީފާ ހަޔާތަށް ބަލާލަމާއެވެ.އެންމެ ފުރަތަމަ އޭނާއަށް ވަޒީފާ ދެއްވީ ސައިކުރާ ޅަ ހުއްތުއެވެ. 21 އަހަރުދުވަހަށް ސަރުކާރަށް ޢާރިފާ ޙިދުމަތްކުރއްވާފައިވެއެވެ.ކިތަންމެ ބުރަކޮށް އޮފީސް މަސައްކަތުގައި އުޅުއްވިޔަސް އާރިފާ އޭނާގެ ހުސްވަގުތު ބޭކަރު ކޮށްނުލައެވެ. އެ ހުސްވަގުތު އޭނާ ބޭނުންކުރައްވަނީ ފިލްމީ ދާއިރާއަށް ޙިދުމަތް ކޮށްދެއްވާށެވެ.އާރިފާ އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭ ގައި:
- – ކާތިބާކަން މާލެ މުނިސިޕަލްޓީ
- – ކާތިބާކަން ލޭންޑު ރެޖިސްޓުރޭޝަން ޑިވިޝަން
- – ސެކްރެޓަރީ ގަލޮޅު އަންހެނުންގެ ކޮމިޓީޔަށް މަސައްކަތްކުރާ ކޮމިޓީ ( 18 އަހަރުވަންދެން ހިލޭ ސާބަހަށް މިކޮމިޓީގައި މަސައްކަތް ކޮށްދެވުނު)
- – ބަޖެޓްސެކްޝަން ޓީވީމޯލްޑިވުސް ހިމެނެއެވެ.
އާރިފާ އިބްރާހީމް އެކްޓިންދާއިރާއަށް ވަދެވުނުގޮތް ބަލާލަމާހިނގާށެވެ.
1987 ވަނަ އަހަރު ގަލޮޅުގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށް އޮލިމްޕަހުގައި ބޭއްވި ‘ފެހިވިދުވަރު” ޝޯވްގައި އާރިފާ އިބްރާހީމް މަސައްކަތްކުރިއެވެ.އެއީ އޭނާގެ ފެށުމެެވެ. އޭގެ ފަހުން އެއެޅުނު ބިންގަލާއެކު 36 އަށްވުރެ ގިނަ ފިލްމާއި 12 އަށްވުރެ ގިނަ ޓީ.ވީ ޑުރާމާ އަދި 16 އަށްވުރެ ގިނަ ޑުރާމާސިލްސިލާގައި އާރިފާ އެކުޓު ކުރައްވާފައި ވެއެވެ. މީގެ އިތުރުން ވެސް 3 ފީޗާ ފިލްމުސް އާއި 5 ޑުރާމާ ސިލްސިލާގައިވެސް އާރިފާ ޑައިރެކުޓު ކުރއްވާފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ތައާރަފްވި ވެބް ސީރިޒްގައިވެސް އާރިފާ މަންމަގެ ބައި ކުޅެފައިވާކަން ފާހަނގަ ކޮށްލެވެއެވެ.
ޢާރިފާ އިބްރާހީމް ޑައިރެކްޓުކުރި ފިލްމުތައް.
- – ލޯބިވެރިޔާ
- – ދަޢުވާ(1998 )
- – ސާހިބާ (2000 )
ޢާރިފާ އިބްރާހީމް ޑައިރެކްޓުކުރި ސިލްސލިލާތައް
- – ވައިސޫރި (2006/ 2007) – 52 އެޕިސޯޑު
- – ވިމްލާ (2007) 26 އެޕިސޯޑު
- – ވަފާތެރިނުވެވުނަސް (2008 )
ޢާރިފާ އިބްރާހީމް އެކުޓުކުރެއްވި ފިލްމުތައް.
- – ސިޓީ – 1993
- – ޥަޢުދު – 1993
- -ދެރިޔާ – 1994
- -ނަފްރަތު- 1994
- -ހަނގު އަނބި – 1995
- -ޑައިރީ – 1996
- -ފުންއަސަރު- 1996
- -ޙައްޤު- 1996
- -ހުރަސް- 1996
- -ހިފެހެއްޓުމެއްނެތް ކަރުނަ- 1996
- -ހީލަތް- 1997
- -ފަތިސްހަންދުވަރު – 1997
- -ދަޢުވާ- 1998
- -އެތޫފާނީރޭ – 1998
- -ސިއްރު – 1998
- -ހިތްހަލާކު- 2000
- -އަންބެއްގެލޮބި ފިރިއެއްގެ ވާޖިބު – 2000
- -މަޖުބޫރުލޯބި – 2000
- -ނަމޫނާ- 2000
- -ޝާލިނީ- 2000
- -ހިތި ނިމުން -2001
- -ހިތްއެދެނީ – 2001
-ލޯބި ނުވެވުނުނަމަ- 2002
- -ކަލާޔާނުލާ- 2003
- -އޮއްސުނުއިރާއެކު- 2007 – ކުރުފިލްމު
-ދެކަފި – 2007 – ކުރުފިލްމު
- -ކަރުނަވީ ބޭވަފާ- 2009
- -މާފެއްނެތް- 2010
- -ލޫދިފާ- 2011
14 ވިލޭރޭ- 2011
- -ލައެލާ- 2011
- -ރަންދަރި- 2015
-ޢަޙްޝަމް- 2015
- -ނޭދެންވަކިވާކަށް- 2017
- -ޙައްދު- 2017
-މާމުއި – 2019
އާރިފާއިބްރާހީމްވަނީ 18 ޓީވީޑުރާމާ އަދި ސިލްސިލާތަކުގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށްފައެވެ.
3 ވަނަ ޤައުމީ ފިލްމު އެވޯޑުސް ބެސްޓު ސަޕޯރޓިން އެކްޓުރެސްގެ އެވޯރޑުވެސް އާރިފާ ވަނީ ޙާސިލް ކުރައްވާފައެވެ.
އާރިފާ ވިދާޅުވާގޮތުން ވިއްޔާ މިދާއިރާއަކީ ކުރިމަގު އޮތްދާއިރާއެކެވެ. ބުރުގާއެޅުމަކުން އޭނާގެ ހުނަރު ނުހުއްޓުވޭނެއެވެ. މިއީ އިސްލާމް ޤައުމެކެވެ. ވިއިރު ހަމަ ކެރޭކޮންމެ ޒުވާނަކަށް މިއީ ރަނގަޅު ދާއިރާއެކެވެ. ބޭނުންވަނީ އެމީހާގެ އަދަބާއި އަޙްލާގު ހިފެހެއްޓުމެވެ.
ޝުކުރީއްޔާ
1314 Comments
Comments are closed.
Liyaa
November 3, 2019 at 10:01 pmAalhi
Tom Thumb
November 4, 2019 at 1:36 amAarifa e vahaka nuhehkiyas kurin ehen meehakaa ves in. 14 aharuga kuri kaiveni kuree kaakaatho, furathama inee kaakaatho ahaabala. Aharumen nah engey eyna ge huriha kameh. Dharin nah ves sirru kohgen ulhenee e kan
Ram
November 4, 2019 at 8:27 amHiti tajuribaa. Aishaa vess kulhunu dow Arifaa
🤫
November 4, 2019 at 2:19 pmarifa aky v v molhu meeheh…abadhu vx edheny laabayaa kuri erun🙂…flim thakun fenna iru vx arifa aky molhu meeheh ingey v😜…hehe