ސޫރަތިޔޭ 4
ލީންއަށް ހަމަހޭ ވެރިކަމެއް ވީ އޭނަ މޫނު ކުރިމަތިން މީހަކު ފުށްޓަތްކެއްޖެހުމުންނެވެ. އެވަގުތު ދެލޯ ބޮޑު ކޮއްލަމުން ކުރިމަތީ ހުރި މީހާއަށް ލީން ބަލާލިއެވެ. އަދި އެއަށް ފަހު އިސްޖަހާލިއެވެ. އެވަގުުތު އޭނަ ހަނދާންވީ މިއަދު ހިނގި ހާދިސާ މަތިންނެވެ. އަނެއްކާ އިސް އުފުލާ ބަލާލި އިރު އެ ޑޮކްޓަރ އާކިލް ގޮސް އޭނައަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އެހެންކަމުން އަނެއްކާ ވެސް ލީން އިސް ޖަހާލުމަށް ފަހު ތިރިޔަށް ވެއްޓިފައި އޮތް ފައިލް ނަގައިގެން ގެންގޮސް ޑޮކްޓާރ އާކިލްގެ ޓޭބަލް މަތީ ބާއްވައި ލުމައްފަހު އެ ފައިލް ގައި ހުރީ ޑޮކްޓާރ އާކިލް ގެ ޕޭޝަޓްސްގެ ލިސްޓް ކަމަށް ބުނެލިއެވެ. އެވަގުތު ޑޮކްޓާރ އާކިލް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ކެބިން ދޮރުގައި މީހަކު ޓަކި ދިނެވެ. އެހެންކަމުން އާކިލްގެ ކެބިންއަށް އަށް ވަނުމަށް ހުއްދަ ދިނެވެ. އެވަގުތު ކެބިން ތެރެއަށް ހިނިތުންވެލައިގެން ވަދެގެން އައީ ޒާލިފްއެވެ.
ކޮބާ ލީން ޕުޓީ ފައިލް ޑޮކްޓާރ އާކިލް އާ ހަވާލު ކޮއްފިންތަ؟ ސަމާސާ ރާގަކަށް ފާޑަކަށް ލީން އާ ދިމާލަށް ހީލަމުން ޒާލިފް ބުނެލިއެވެ.
އާން ހަވާލު ކޮއްފިން! ލީން ޒާލިފްއާ ދިމާލަށް ދެލޯ އަޅާލަމުން ބުނެލިއެވެ. އަދި އެއަށް ފަހު އާކިލްގެ ފަރާތުން ހުއްދަ ހޯދުމަށް ފަހު ކެބިންއިން ނިކުމެގެން ދިޔައެވެ.
ލީން ނިކުމެގެން ދިޔަތަން ބަލަން ޒާލިފް ހުރީ ހެވިފައެވެ.”ހޭއި ބްރޯ ކިހިނެތްތަ” ލީން ނިކުމެގެން ދިޔުމުން ހެވިދިލިފައި ޒާލިފް އައިސް އާކިލް ކައިރީގައި ހުއްޓިލިއެވެ.
ޢާކިލް އިށީނދެގެން އިން ގޮނޑިން ތެދުވުމަށް ފަހު ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށްފަހު ރަނގަޅުކަމަށް ބުނުމަށް ފަހު ސަލާމް ކޮއްލުމަށްފަހު ބައްދާލިއެވެ.
ޢާކިލް އާއި ޒާލިފް އަކީ ގުރޭޑު 8 ކުން ފެށިގެން ދެ ރަހުމަތްތެރިންނެވެ. ގުރޭޑު 10 ނިންމުމަށްފަހު އާކިލް މެލޭޝިޔާ އަށް އިތުރަށް ކިޔަވަން ދިޔައެވެ. ނަމަވެސް 3 އަހަރު ފަހުންވެސް ދެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަމަކަށް ބަދަލެއް ނާދެއެވެ.
ކުޑައިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އާކިލް އާއި ޒާލިފް އެމީހެއްގެ މަސައްކަތަށް ރުޖޫއަވިއެވެ.
” ލީން ކީކޭ ތިކިޔަނީ ތަންކޮޅެއް ބާރަށް ކީމަ ދޯ މަށަށްވެސް އިނގޭނީ ކިހިނެއް ވީ ތުން ދަމައިގެން ތިހިރީ ކަމެއްވީތަ؟” ތުންދަމައިގެން ރިސެޕްޝަން އަށް ވަތް ގޮތަ މަޑުން އެއްޗެހި ތަކެއް ކިޔާތީ ލުޔޫން އަހާލިއެވެ.
” ކަމެއްނުވޭ. ” ލީންގެ ޖަވާބު ވަރަށް ކުރެވެ. ޢެހެން ބުނުމަށް ފަހު ލުޔޫންއަށް ހިނިތުންވުމެއް ހަދިޔާކޮއްލުމަށްފަހު ލީންގެ މަސައްކަތައިގެން ކުރިޔައް ދިޔައެވެ.
މަސައްކަތް ނިމުނު އިރު ހުރީ ރޭގަނޑު 7 ޖަހައި ބޮޑުވެފައެވެ. ޢެހެންކަމުން އަވަހަށް ގެޔަށް ދިޔުމަށް ލީން ހޮސްޕިޓަލުން ނިކުންްނަން ދިޔައެވެ. ހޮސްޕިޓަލުން ނިކުމެގެން ގޮސް ކާރެއްހުއްޓުވަން މަސައްކަތް ކުރިއެވެ. މާލޭގައި އެންމެ އުނދަގޫކަމަކީ ކާރެއް ހޯދުމެވެ. 10 މިނެޓު ފަހުންވެސް ކަރެށް ލިބޭ ގޮތެއް ނުވިއެވެ. އެހެން ހުއްޓާ ކުރިމައްޗަށް އައިސް ކާރެއް ހުޓުނެވެ. އަދި ކަރުގެ ލޯ ގަނޑު ތިރި ކޮއްލިއެވެ. އެ ވަގުތު ކުރިމަތިން ފެނުނު ސޫރަ އަކުން ލީންގެ މުޅި އަތް ފައި ވަގުތުން ފިނިވި އެވެ.
(ނުނިމޭ)
5 Comments!
Comments are closed.

Woooooww varah salhi. Very curious… ? when next part ? ?
Cover ga in firihen myhaa ge anga hulhuvifa soni faibanee hahaha
REEETHI ekm vvv kudhi kudhi mistakes evahuri
E vaguthu kurimathin fenunu soora akun…..dhe loa bodu viyey…aiy fain vaagi dhooviye…pis pis mi thankolhun nimmaalun huttaalan vejje ennu. Konme vahaka egga mihen. Aneh episode feshey iru ehkameh ves vaa varuge meeheh noon aslu fennanee
Varah salhi vaahaka eh