މަގޭ ވާހަކަ
އެދުވަހުގެ ފަހުން އަހަރެން އަޒުމް ކަނޑައެޅީމެވެ. ކިޔެވުން އެއްކޮށް ނުނިމެނީސް އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅުމަށެވެ. ލޯބީގެ ހުށަހެޅުމެއްވެސް ލިބުނެވެ. ނަމަވެސް އަހަރެންގެ ޖަވާބު ކުރުވެފައި ސާދާއެވެ. ތިފަދަ ގުޅުމެއް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންނަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖަކީމެވެ. އެއްދުވަހަކު މަންމަގެ ފޯނަށްގުޅި ނުދަންނަ ނަމްބަރުގެ ކޯލު ވެގެންދިޔައީ އަނެއްކާާވެސް އަހަރެންގެ ނިންމުން ބަދަލު ކުރަން ޖެހުނު ސަބަބު ކަމުގައެވެ. އެފިރިހެން ކުއްޖާއަށް އަހަރެންގެ ހިތްދެވުނީ ނޭނގި ހުރި ހާލުގައެވެ. އޭނާއާއި ފުރަތަމަ ވާހަކަ ދައްކަން ފެށުނީ އެކުެރިޔެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އޭނާގެ ރަނގަޅުކަން އެނގި ދެމީހުން ލޯބީގެ ގޮތުން ގުޅުނީމެވެ.
އެޒަމާނަކީ މިހާރު ހުންނަކަހަލަ މޮޅެތި ފޯނުގެ ޒަމާނެއް ނޫނެވެ. މަންމަ ގެންގުޅުން mmsލިބޭ ފޯނަށް އޭނާގެ ފޮޓޯ ފޮނުވިއެެވެ. އަހަރެންވެސް އަހަރެންގެ ފޮޓޯ ފޮނުވީމެވެ. އެއާއިލާގައި ހުންނަނީ އެންމެ އަންހެންކުއްޖެކެވެ. އެހެންކަމުން އޭނާގެ މަންމަވެސް އަހަރެންނާއި މުހާތަބުކުރަނީ ދަރިފުޅު ކިޔައިގެންނެވެ. އެއާއިލާއާއި އަހަރެންގެ ގުޅުން އޮތްކަމުގައި ވިޔަސް އަހަރެންގެ އާއިލާއަށް އަހަރުމެންގެ ގުޅުން އޮތީ ސިއްރުވެފައެވެ. މިގޮތުގައި އަހަރުމެންގެ ގުޅުން ދިޔައީ ކުރިޔަށެވެ. އަހަރެންގެ އާއިލާއަށް މިކަން އެނގުން ވެގެން ދިޔައީ ޒަލްޒަލާއެއް އައުންފަދަ ކަމަކަށެވެ. ފާޅުގައި މިގުޅުމައް ދެކޮޅު ހެދިއެވެ. އަދި އަހަރެން އަތުން ފޯނުވެސް އަތުލިއެވެ. އެ ގުޅުން ކުރިޔައްގެންދާނަމަ އަހަރެން ޖެހޭނީ އާއިލާއާއި އޮތް ގުޅުން ކަނޑާލަން ކަމުގައި އެންގިއެވެ. އަހަރެން އެހިސާބުން އެގުޅުމައް އަލްވަދާޢު ކީމެވެ. ސަބަބަކީ އަހަރެން އެގުޅުން ކުރިޔައް ގެންގޮސްގެން ދެރައެއް ލިބިގެންވެސް އަންނަން ޖެހޭނީ އާއިލާގެ ކައިރިޔައް ކަމުގައި ވާތީއެވެ. އަހަރެންގެ ބައްޕަ ބުނި ގޮތުގައި އެފިރިހެން ކުއްޖާއަކީ ބައްޕަދަންނަ ކުއްޖެކެވެ. އަދި މާރަނގަޅު އުޅުމެއް އުޅޭ ކުއޖެއް ނޫންކަމައް ބުންޏެވެ…
މިކަމުގެ ސަބަބުން އަހަރެން އަމިއްލަ ނަފްސައްކުރި އިތުބާރު ގެއްލި ދިޔައެވެ. މީހުންގެތެރެއަަށް ނުކުންނަހިތް ކެނޑިގެން ދިޔައެވެ. އަބަދުވެސް ކޮޓަރީގައި ވަގުތު ހޭދަކުރުމަކީ އަހަރރންގެ އުފަލަކަށްވިއެވެ.ސްކޫލުން ގެއަށް ގެއިން ސުކޫލައް ނޫން ގޮތަކަށް ބޭރައްނިކުމެ ނޫޅެމެވެ. އަހަރެންގެ ހަށިގަނޑައްވެސް ވަރައްބޮޑު ބަދަލު އައެވެ. އެއީ ހެލިފެލިވެ އުޅުން މަދުވެގެންނެވެ. ހިކިކޮއްހުރި ކުއްޖާ ފަލަވަމުން ދިޔައެވެ. ސްކޫލު ދައުރު ނިމި ވަޒީފާގެ މާހައުލައް އަހަރެންނިކުތީމެވެ. އެއީ ސްކޫލް ނިމުނު އަހަރު ނޫން އަނެއް އަހަރެވެ. އަހަރެންނަކީ ކިޔެވުމައް މާ މޮޅު ކުއްޖެއް ނޫނެވެ. ނަމަވެސް ވާހަކަ ލިޔުމާއި ކިިޔުުން އެއީ އަހަރެން ކުރާހިތުން ކުރި ކަމެކެވެ. އީދު ބަންދުގައި tvm އިން ދެއްކި ޕްރޮގްރާމަކަށް އހަރެން ކުރި މެސެޖު އަނެއްކާވެސް އާލޯތްބެއް ފެށުންމަށް ހުޅުވުނު ދޮރަކަށްވިއެވެ.
3 Comments!
Comments are closed.

So mee late 90s or ealy 21st centuryge story eh dhw? Varah thafaathu.. Lets see?
V salhi ingey ?? story nimuneetha mihisaabun?
Haadha kurey ???