Skip to content
އެސްފިޔަ

ކަލާޔާ ނުލާ 20

 

ނަވީން އޮތީ ގެއަށް އައި ގޮތަށް އޭނާގެ ކޮޓަރީގައި ޒޯޔާއާއި މެދު ވިސްނާށެވެ. ޒޯޔާ ފުރަތަމަ ފެނުން ދުވަހުން ފެށިގެން އެހިތުގާ ޒޯޔާއަށް ޓަކައި ވިންދު ޖަހާލިއެވެ. އެ މައުސޫމުކަން އެ ރީތި އަޑު އެ މަޑުމައިތިރިކަމަށް ނާވީންގެ ހިތް ޒޯޔާއަށް ޓަކައި ފިދާވިއެވެ. އޭނާގެ ހަޔާތަށް މިހާތަނަށް އެއްވެސް ކުއްޖަކަށް އާދެވިފައި ނުވާއިރު ޒޯޔާ ވަނީ ނަވީން ގެ ހިތް ފަތަހަކޮށްލާފައެވެ. ނާވީންއަށް މިއަދު ދިމާވި ހާދިސާ ލޯކުރިމަތިން ސިފަވަމުން ދާހެއް ހީވިއެވެ. ބޭއިހުތިޔާރުގައި ނާވީންއަށް ހިނިތުން ވެވުނެވެ. ޒޯޔާގެ ރީތި މުށިކުލައިގެ ލޮލުގެ ތެރެއަށް ފީނައިގަންނަށް އޭނާ ބެނުންވިއެވެ. އަބަދު އެމޫނަށް ބަލަން ހުންނަށް އޭނާ ބޭނުން ވިއެވެ. ނާވީންގެ ހިތް ޒޯޔާ އޭނާ ގާތު ވުމަށް އެދޭވަރު އޭނާއަށް އިހުސާސް ވިއެވެ. ” ޒޯޔާ އައި ލަވް ޔޫ … އައި ލަވްޔޫ ސޯ މަޖް … ޒޯޔާ އައި އެމް މޭޑްލީ އިން ލަވް ވިތް ޔޫ … އައި ވިލް މޭކު ޔޫ މައިން .. ސޫން ..” ރީތި ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން ނާވީން މަޑު މަޑުން ބުނެލިއެވެ.

ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ

ގެއައާ ހަމައަށް ޓެކުސީ މަޑުކުރުމުން ޒޯޔާ ޓެކްސީ އިން ފޭބިއެވެ. ރުފިޔާ ދިނުމަށް ފަހު މަޑުމަޑުން އެތެރެއަށް ވަންނަށް ހިގައިގަތެވެ. ދޮރުގައި ހިފާލިއިރު ދޮރު ހުރީ ހުޅުވާފައެވެ. ޒޯޔާ މަޑުމަޑުން އެތެރެއަށް ވަންއިރު ރީނާ ސޯފާގައި ނިދިފައި އޮތެވެ. އެހެން މީހަކު ފެންނާކަށް ނެތެވެ. ޒޯޔާ  މަޑުމަޑުން ހިގާލާފައި ގޮސް ކޮޓަރިއަށް ވަންއިރު އަޒާން ނިދާފައި އޮތްތަން ފެނުމުން ޒޯޔާ އަޒާން ކައިރީ ގޮސް އިށީނެވެ. ޒޯޔާ އަޒާން ގެ މޫނަށް ބެލިވަރަކަށް އަޔާންގެ މަތިން ހަދާން ވާން ފެށިއެވެ. ޒޯޔާގެ ލޮލުން ފޭބި ކަރުނަތަށް ކޯތާފަތުގައި ބޮސްދިނުމައް ފަހުފައިބަމުން ދިޔައެވެ. ޒޯޔާ އަތުގެ ނުފުށުން ކަރުނަތަށް ފުހެލިއެވެ. މިވީހާތަށް ދުވަސް ވަންދެން އޭނާގެ ހިތުގައި އަޔާން އަށް ޓަކާވީ ލޯބި ޒޯޔާ ކަފުން ކުރަން ބޭނުން ވިއެވެ.  އޭނާއަށް ބޭނުން ގޮތެއް ބެނުން އެއްޗެއް ކިޔަން ކެރޭ މީހަކީ އޭނާގެ ދަރިފުޅަށް ރަނގަޅު ބައްޕައަކަށް ވެވޭނެ މީހެއް ނޫންކަން ޒޯޔާއަށް ވިސްނުނެވެ. ޒޯޔާ ބޭނުންވީ އަޔާންއަށް ޓަކާވާ ލޯބި އޭނާގެ ހިތުން  ފޮހެލާންށެވެ. ޒޯޔާގެ ހަޔާތުގެ ބައިވެރިއަކަށް އޭނާ ބޭނުންވަނީ އަޒާންދެކެ ލޯބިވާނެ އަޒާންއަށް ލޯބިދެވޭ ވަރު މީހެކެވެ. އަޔާންގެ އަމަލުތަށް އެގޮތަށް ހުންނަށްޔާ އަޒާން އަކީ ދުވަހަކުވެސް އަޔާންގެ ދަރިއެއްކަން އަންގަން ޒޯޔާ ބޭނުމެއް ނުވިއެވެ.

އޭގެފަހުން ދެން ވޭތުވެގެން ދިޔަ ދުވަސްތަކު އެންމެން އުޅުނީ ކުރިއަށް އޮތް ހޮނިހިރު ދުވަހު ރޭ އޮންނަ ފެޝަން ޝޯއަށް ރެޑީ ވުމުގައެވެ. ޒޯޔާބެލީ އަޔާންއާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ. އަޔާން އެކަނި އުޅޭތަނަކަށް ޒޯޔާ ނުވެސް ދެއެވެ. އަޔާން އާއި ވާހަކަ ދައްކަނީ ވެސް ކަމެއް ބޭނުން ވެފައި އޮވެއްޖެ ނަމައެވެ. އަޔާން އާއި ހަތަރު ކަޅި ހަމަ ކޮށްލަން ވެސް ޒޯޔާ ފަސް ޖެހުނެވެ.  ޒޯޔާގެ އަމަލުތަށް ހުރި ގޮތުން އަޔާން ގެ ހިތް ނުތަނަވަސް ވިއެވެ espanolviagra.net. ނަމަވެސް އެކަން ނުދައްކާ ވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައިރު ނާވީން އާއި ޒޯޔާާއި ދެމީހުން ވަނީ ގާތް ރަހުމަތްތެރިންނަށް ވެފައެވެ. ނަވީންގެ އެދުމަށް ޒޯޔާ ނަާވީން އާއި އެކު ކޮފީއަށް ދެޔެވެ. އޮފީސްގަޑި ނިއްމާލާފައި އެތަށް އިރެއް ވަންދެއް ވާހަކަ ދައްކަން ތިބެއެވެ. ނާވީންއާއި ބެހޭގޮތުން ޒޯޔާއަށް ގިނަ ކަންތައް ތަކެއް  އެނގުނަސް ޒޯޔާއާއި ބެހޭގޮތުން ނާވީން އަށް އެނގޭ ހާވެސް އެއްޗަކީ ޒޯޔާއަކީ މާލޭ ކުއްޖެއް ނޫން ކަމާއި ޒޯޔާ މާލެ އައިސް އުޅެނީ އޭނާގެ ރަހުމަށްތެރި އަކާ އެކު ކަމެވެ. ނާވީން ޒޯޔާއަކާ މާ ގިނަ ސުވާލެއް ނުކުރެވެ.

ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އޮފީހުގެ އެންމެން އަވަދި ނެތި އުޅުނީ އެރެއަށް ކުރަންހުރި އެންމެ ފަހުގެ މަސައްކަތްތައް ނިއްމުމުގައެވެ. ޒޯޔާ އެންމެ ފަހުފަހަރަކަށް ހުރިހާ މޮޑަލުންނަށް ކޮންޓެކްޓް ކުރެވޭތޯ އުޅުނެވެ. އެންމެ ކުއްޖެއް މަދުވިޔަސް މިރޭގެ ޝޯ ރަނގަޅަށް ނުދާނެ ކަން ޒޯޔާއަށް އެނގެއެވެ. އެންމެ ކުއްޖެއްވެސް މިރޭގެ ޝޯއަށް މަދުވެއްޖެ ނަމަ އަޔާން ޒޯޔާ ދެކެ ރުޅިއައްނާނެ ކަން ވެސް ޒޯޔާއަށް އެނގެއެވެ. ” ޒޯ .. އަދިވެސް ނުނިމޭތަ .. ހިނގާބާ ކޮފީ އެއްބޯންދާން ..” ނަވީން ޒޯޔާ ކެބިންއަށް ވަދެ އެތަނުގައި އިން ގޮޑިއެއްގަ އިށީންނަމުން ބުނެލިއެވެ.” އޯކޭ ވެއިޓް .. ދެން މިނިމުނި ..” ޒޯޔާ ނާވީން އަށް ބަލާލަމުން ހިނިތުން ވެލިއެވެ.

ނާވީން ކަޅި ޖަހާނުލާ ޒޯޔާއަށް ބަލަހައްޓައިގެން އިނެވެ. ޒޯޔާ ގަނޑަކާއި ގަލަމެއް ހިފަހައްޓައިގެން އިނެވެ. އިރު އިރު ކޮޅާ ގަނޑަށް ބަލައި ލުމަށް ފަހު ކޮށްމެވެސް އެއްޗެކޭ ކިޔާލައެވެ. ނާވީން މޭޒުމަތީ އަތްވިއްދައިލައިގެން އިނީ ޒޯޔާގެ ހަރަކާތް ތަކަށް ގޮސް ގެއްލިފައެވެ.

” ނަވީން .. ތިވަރަށް ނުބަލަބާ .. ލަދު ގަނެ އޭ ދެން ޕުލީސް ..” ޒޯޔާ އައިސް ނާވީންގެ މޫނުމަތީގައި އަތް ބާއްވައިލަމުން ބުނެލިއެވެ. ނާވީން ޒޯޔާގެ އަތް މަޑުމަޑުން ނެގުމަތްފަހު ޒޯޔާ ގެ އަތުގައި ހިފާ އޭއާއި ގާތް ކޮށް ލިއެވެ. ” ޔުއާ ސޯ ބިޔުޓިފުލް ޒޯޔާ .. ” ނާވީން ދީވާނޭއެއް ފަދައިން ޒޯޔާއަށް ބަލަމުން ބުނެލިއެވެ.

ޖާދޫގާ ޖެހޭނޭ ފެނިފާ ތިބާ

ތިޔައީ މިސާލޭ ހަމަ ރީތި ކަލާ

ނޭގި ވިއްޔޭ ހިތްދިވާނާ ސޫރަ ފެނިފާ ހުރީ

މިއަތުގާ ހިފާތޯ ކަލާ

” ނަވީން .. ނަވީން ..” ޒޯޔާ ނަވީން ކޮޑުގައި ހިފާ ތަޅުވާލަމުން ތަންކޮޅެއްބާރަށް ބުނެލިއެެވެ. ނަވީންއަށް ހަމަ ބިމައްއާދެވުނީ ދެނެވެ. ” ހޫނ .. ކިހިނެއްވީ ..” ހައިރާންވެ ނަވީން ޒޯޔާއަށް ބަލައިލަމުން ބުނެލިއެވެ. ” އަހަރެން މިހާރު ގޮވާތާ ކޮންއިރެން .. އަމިއްލައަށް އިދެގެން ކޮން ހުނުމެއްތަ ތިިހެނީ .. އަހަރެން މިހާރު ބިރުން ހަލާކު ވާވަރު ވެއްޖެ .. އަހަރެން ހީކުރީ ނާވީން މޮޔަވީކަމަށް ..” ޒޯޔާ ހެމުން ހެމުން ބުނެލިއެވެ. ނަވީން އިސްތަށިގަނޑުގައި އަތްކާއްތާލިއެވެ. ދެންމެ އެއީ ހަގީގަތެއް ނޫންކަން ވިސްނުނީ ދެނެވެ. ނަވީން ކައިރިއަށް ވެސް ހިނިއައެވެ. ޒޯޔާ މޭޒުމަތީ އޮތް އަތްދަބަސް ނަގައި ކޮޑުގައި އަޅުވާލިއެވެ. ޒޯޔާ ހިގައިގަތުމުން ނާވީން ޒޯޔާ ފަހަތުން ހިނގައިގަތެވެ. ޒޯޔާއާއި ނަވީން ލިފްޓުކައިރި އަށް ހިނގާލާފައި ދިޔައިރު ދެމީހުން ދިޔައީ އެކިވާހަކަ ދައްކަމުންނެވެ. ނަވީން ކިޔާ އެއްޗެހިން އިރު އިރުކޮޅާ ޒޯޔާ ހީލައެވެ. ދެމީހުން ވާހަކައިގައި ތިބެގެން ލިފްޓާ އަރާހަމަވިއިރު ލިފްޓު ކައިރީ ހުރި އަޔާން ފެނި ޒޯޔާގެ މޫނު މަތިން ހިނިތުންވުން ފިލައިގެން ދިޔައެެވެ.

” އަހަ އަޔާން ނުދަންތަ އަދިވެސް .. ”  ނަވީން އަޔާން ފެނުމުން އަހާލިއެވެ. ތިންމީހުން ގޮސް ލިފްޓަށް އެރިއެވެ. ” އާނ  ގެއަށް ދަނިގޮން ފޯނެއް އައީމަ މަޑުކޮށްލި ”  ޒޯޔާއަށް ބަލައިލަމުން އަޔާން  ޖަވާބުދިނެވެ. ޒޯޔާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އަޔާން ހުރުމުން އަޔާންއާއި ދިމާލަށް ބަލަން ޒޯޔާ ބޭނުން ނުވީއެވެ. އަޔާން އާއި ނަވީން ވާހަކަ ދައްކަމުން ދިޔައިރު ޒޯޔާއަށް ދޯ ދީފިނަމަ ޒޯޔާ ބަދަލުގައި ހީލައެވެ. އަޔާންއަށް ޒޯޔާގެ އެ ދުރުކަން ކަމަކު ނުދިއައެވެ. ނަމަވެސް އެއީ އޭނާ ބޭނުންވި ގޮތެވެ. ވީއިރު އަޔާންގެ ހިތް އެވަރަށް ރޯ ސަބަަބެއް އަޔާން އަކަށް ނުވިސް ނުނެވެ.

ގުރައުންޑް ފުލޯއަށް ލިފްޓު ހުއްޓުމުން ތިންމީހުން ލިފްޓުން ނިކުތެވެ. ޒޯޔާ މަޑުކޮށްލައިގެން ހުރީ ނަވީން ސައިކަލް ޕާކިން އޭރިއައިން  ނެރެން ދެންނެވެ. އަޔާން އަށް ވުރެ ކުރިން ނަވީން ސައިކަލް ޕާކިން އޭރިއާއިން ނެރެގެން އައިސް ޒޯޔާ ގާތު މަޑުކޮށްލިއެވެެެ. ޒޯޔާ ރީތި ހިތުން ވުމެއް ހަދިޔާ ކޮށްލަމުން ސައިކަލަށް އެރިއެވެ. ކާރުގައި އެދެމީހުންނަށް ބަލަން އިން އަޔާން އިނީ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ނާވީންއާއި ޒޯޔާ އެހާ ގާތުން އުޅޭތީ އަޔާން ރުޅިއާދެއެވެ. ބޭއިހުތިޔާރުގައި އަޔާންގެ ލޮލުގައި ކަރުނަތިކިތަށް ގިނަވުމުން އަޔާން ރުޅިއައިސް ކާރުގެ ސްޓީރިންވީލްގައި ބާރަށް ޖެހިއެވެ. އަޔާްންގެ ލޮލުގައި ވީ ކަރުނަތިކިތަށް އަޔާން ޒޯޔާދެކެ ވާ ލޯބި ހާމަކޮށްދެމުން ދިޔައިރު ވެސް އަޔާން ހުރީ އެކަން ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

” ރީ .. މަޑުކޮށްބާ ..” މަޑުމަޑުން ހިނގަމުންދިޔަ ރީނާގެ ހިގުން މަޑުޖެހުނީ ފަހަތުން އިވުން ފަޔާޒްގެ އަޑުންނެވެ. ރީނާއާއި ފަޔާޒްގެ ދެމެދުގައި ލޯބީގެ ގުޅުން ފެށުން ކަމުގައި ވީނަމަވެސް އެދެމެދުގައި ވަނީ ނުފެންނަ ފާރެއް ލެވިފައެވެ. ރީނާ ފަޔާޒްއާއި ކިތަންމެ  ވާހަކަ ދައްކާ ހީސަމާސާ ކުރާހިތްވީ ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރުތެރޭ އޭނާގެ ހަޔާތުގައި ދިމާވި ކަންކަމުގެ ސަބަބުން ފަސްޖެހެވެނީއެވެ. ފަޔާޒްއަށް ރީނާ އޭނާއާއި ދުރުން އުޅޭކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މަސައްކަތްތަށް ހުންނަގޮތުން ރީނާއާއި ވާހަކަ ދައްކާ ހަދާނެ ވަގުތެއް ނުވަނީއެވެ.

ފަޔާޒް ރީނާގެ އަތުގައި ހިފަމުން ލިފްޓަށް އެރިއެވެ. ލިފްޓުތެރޭގައި ތިބީ ހަމައެކަނި އެދެމީހުންނެވެ. ފަޔާޒްއާއި އެހާގާތުގައި ވުމުން ރީނާގެ ހިތް އަވަސް ވާ ގޮތް ވިއެވެ. ނަަމަވެސް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހައިގެން ހުރީއެވެ. ފަޔާޒް ރީނާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ނަމަވެސް ރީނަގެ ފަރާތުން އެއްވެސް ހަބަރެއް ނުވުމުން ކުއްލިއަކަށް ރީނާ އޭނާއާއި ގަޔާ ގާތްކޮށްލައި ރީނާގެ ގައިގައި ބައްދާލިއެވެ. ރީނާ ދެލޯ ބޮޑުކޮށްލިއެވެ. ފަޔާޒް ރީނާ ގައިގައި ބައްދާލާފައި ހުރިލެއް ބާރުކަމުން ރީނާއަށް ގުޑައިވެސް ނުލެވުނެވެ. ” ފަ .. ފަޔާޒް ..” ރީނާ ވަރަށް އުދަގުލުން ފަޔާޒްއަށް ގޮވައިލިއެވެ. ” ޝޫޝް .. މިއަދު އަހަރެންނާ ދުރަކަށް ނުދެވޭނެ ..ކީއްވެތަ އަހަރެންނާ ދުރުން  ތިއުޅެނީ .. ރީ ބުނީމެއްނު އަހަރެން ދެކެ ލޯބިވެއޭ .. ދެން ކީއްވެ .. އަހަރެން ނަށް ރީ އާ ދުރުގަ ނޫޅެވޭނެ .. ތި އަޑުއަހަން އަހަރެންގެ ހިތް އެދިގޮވާވަރު ރީ އަށް ނުވިސްނޭތަ .. ތިން އަހަރު ވަންދެން މޮޔައެއް ފަދައިން ރީ ހޯދަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ .. ޕުލީސް އަހަރެން ރީ އާ ދުރު ނުކޮށްބާ .. އައި ލަވަޔޫ ރީ .. އައި ލަވްޔޫ ސޯ މަޗް ..” ފަޔާޒް ރީނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު ފަޔާޒްގެ ދެލޮލުގައި ވާ ކަރުނައިން އޭނާ ރީނާދެކެ ވާ ހަގީގީ ލޯބި ފާޅުވެގެން ދިޔައެވެ. ރީނާ އަށް ވެސް ހުރީ ރޮވިފައެވެ. ފަޔާޒްއާއި ދުރުގަ އުޅެން ރިނާއަކަށް ވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް ބިރުގަންނަނީ  އެވެ. ޒޯޔާއާއި ދޭތެރޭ އަޔާން ކަންތަށް ކުރި ގޮތުން ރީނާގެ ހިތުގާ އަޔާންއަށްޓަކާނީ ނަފްރަތެވެ. ނަމަވެސް ފަޔާޒްގެ ހިތަށް އަނިޔާ ދެވޭތި ރީނާ ދެރަވިއެވެ

” އައި އެމް ސޮރީ .. ފަޔާ .. ރީ ވެސް ފަޔާއާ ދުރުގަ އުޅޭކަށް ބޭނުމެއް ނޫނޭ .. އައި ލަވްޔޫ .. އައި ރިއަލީ ލަވްޔޫ .. ފަޔާ ލޯބިވާ ވަރަށް ވުރެ މާ ބޮޑަށް ..” ރީނާ ގިސްލަމުން ބުނެލިއެވެ. އަދި ކުޑަކޮން ކޮރާލަމުން ފަޔާޒްގެ ކޮލަށް ބޮސްދިނެވެ. ރީނާގެ އެ އަމަލުން ފަޔާޒްގެ މޫނުމައްޗަށްހިނިތުން ވުމެއް ވެރިވިއެވެ. ރީނާ ފަޔާޒް ދެކެ ލޯބިވާވަރު އިނގުމުން އުފަލުން އެހިތް ނަށާލިއެވެ. ރީނާ ގެނެސް އޭނާގެ މޭއާއި ގާތް ކޮށްލަމުން ރީނާގެ ނިއްކުރިއަށް ފަޔާޒް ބޮސް ދިނެވެ. ރީނާ ލަދުން މޫނު ރަތްވެގެން ދިޔައިރު ފަޔާޒްގެ މޭމަތީ އެމޫނު ފޮރުވާލިއެވެ. ފަޔާޒް ރީނާގެ އިސްތަށިގަނޑުގައި  ފިރުމާލަމުން ރީނާގެ ހަށިގަނޑުގައި ދެއަތުން ވަށާލިއެވެ.

އާކޭ ކެހެތީހެ ބޭޓިތު މެރީ ރޫބަރޫ

ތުުޖުކޯ ދޭކޫ އިބާދަތު ކަރްތާ ރަހޫނ

ތޭރެ ސަޖުދޯމޭ ދަޅުކޭ ދިލްޔޭ މެރާ

މޭރި ސާސޯމެ ޖަލްތާހެ ބަސްް އޭކު ތޫ

އިޝްގުދަ ރަގު ތެރެ މުކުޅެޕެ ޗާޔާ

ޖަދޯދާ މޭ ތަކެއާއެ ޖޭނުނިއާޔާ

ކިއްނާ ސޯނާ ތެނު ރަބްނެ ބަނާޔާ

ޖީކަރެ ވޭކްދާ ރަވާ

ރެސްޓޯ ރެންޓަށް  ވަދެގެން ދިޔަ ޒޯޔާއާއި ނަވީން ހުސް މޭޒެއް ހޯދަމުން ގޮސް ރެސްޓޯރެންޓުގެ ކަނެއްހާ ހަމައިގައި ހުރި މޭޒެއް ކައިރީ މަޑުކޮށްލިއެވެ. ނަވީން ރީނާ އިއްތަށް އުޅުން ގޮޑި ފަހަތަށް ދަމާލަދިނެވެ. ޒޯޔާ އެތަނުގައި އިށީނުމުން ޒޯޔާއަށް ރީތި ހިނިތުން ވުމެއް ދިނުމަށް ފަހު ނަވީން ގޮސް ރީނަގެ ކުރިމަތީ ހުރި ގޮޑީގައި އިށީނެވެ. “ދޭ އަރ ސޯ ކިއުޓް” އެމޭޒާ ޖެހިގެން ހުރި މޭޒުގައި ތިބި ތިން އަންހެން ކުދިން ބުނެލިއެވެ. ނަވީން ކޮށްދޭ އެފަދަ ކުދި ކުދި ލޯބި ކަންތައްތަކުން ޒޯޔާއަށް ވެސް އުފާ ލިބެއެވެ. ނަވީން ޒޯޔާ ހެއްވާލާ ގޮތާ ޒޯޔާއާއި މެދު ބައްޓާ އޯގާތެރިކަން ފެނި ޒޯޔާ އާށް ނަވީން އާއި އެކު އުޅުމުން ހިތަށް ފިނިކަން ލިބެއެވެ. ”  ނަވީންގެ ހަޔާތަށް އަންނާނެ ކުއްޖަކީ ހާދަ ނަސީބުގަދަ ކުއްޖަކަށް ވާނޭ ދޯ … ހުރިހާ ކުދިން ނަކަށް ނުލިބޭނަ ތިކަހަލަ ކެއަރިން ލަވްއަބަލް ކުދިންނެއް …” ޒޯޔާ ހިނިތުން ވެލަމުން ބުނެލިއެވެ. ޒޯޔާ އެހެން ބުނުމުން ނަވީން ޒޯޔާ ގާތު  އެން ވިއްޔާ އެނަސީބު ގަދަ ކުއްޖަކީ ޒޯޔާ އޭ ބުނަން ބޭނުން ވިއެވެ. ނަމަވެސް ނަވީން ބޭނުންވީ ޒޯޔާއަށް އެދުވަހަކީ ވަރަށް ހާއްސަ ދުވަހަކަށް ހަދައި ދޭންށެވެ. ” އެހެންތަ .. އެކަމް އަހަރެންނަށް އެކުއްޖަކު ލިބިއްޖެ ނަމަ އެކުއްޖާއަށް ވުރެ އަހަރެން މާ  ނަސީބު ގަދަ ވާނެ ..” ހީލަމުން ނަވީން ބުނެލިއެވެ. ވެއިޓަރ އައުމުން ދެމީހުން ކޮފީއަކަށް އޯޑަރ ދިނެވެ.

ރޭގަނޑު އަށެއް ޖެހިއިރު އޭ.އޭ. ޒެޑް ފެޝަން އިންޑަސްޓުރީގެ ހުރިހާ މުއައްޒަފުން ދިޔައީ މިއަދު ކުރިތައްޔާރީތަށް ހުރީ އެންމެ ފުރިހަމައަށް ތޯ ބެލުމެވެ. ފުރިހަމައަށް ކަމެއް ނުގޮއްސި ނަމަ އަޔާން ރުޅިއައްނާނެ ވަރު ކޮންމެ މުއަށް ޒަފަކަށް ވެސް އެނގެއެވެ. އޭ.އޭ. ޒެޑް ފެޝަން އިންޑަސްޓުރީގެ ގޯތި ތެރޭގައި ހަދާފައިވާ ބޮޑު އިސްޓޭޖް ފަރުމާ ކޮށްފައިވަނީ ނުލައި ހުދުކުލައިގެ ފޮއްޗާއި  ލައިޓުންނެވެ. އިސްޓޭޖް ވަށައިގެން ޖަހާފައިހުރި ގޮޑިބަރި ތައްވާއިރު އެންމެ ކުރީ ބަރި ވަނީ ހާއްސަ މެހެމާނުންނަށް ހާއްސަ ކުރެވިފައެވެ. އެތަނުގެ ފުރިހަމަކަން ކިތަންމެ ރަނގަޅަކަށް ވެސް ފެނިގެން ދެއެވެ. ޝޯގެ ޑީޖޭއިންނަށް އެއްފަރާތް ހާއްސަ ކުރެވިފައި ވާއިރު ކެމެރާމަނުންނަށާއި މީޑިއާއަށް ތިބެވޭގޮތަށް ޖާގަ އޮތެވެ.

ޒޯޔާ ޗޭންޖިން ރޫމްއަށް ވަދެ ހުރިހާކުދިން ތިބިތޯ ޗެކު ކޮއްލިއެވެ. ވިހިކުދިން ތިބެން ޖެހޭއިރު އެތާ ތިބީ އެންމެ ނަވާރަ ކުދިންނެވެ. ޒޯޔާ އަތުގައި އޮތް ފައިލް ހުޅުވައިލަމުން  މަދީ ކޮން ކުއްޖެއްތޯ ބަލަމުން ދިޔައެވެ. ” ޝައިން .. ޝިޓް .. ޝައިން ކޮބާ ؟ ..” ޒޯޔާ  އެތަނުގައި ތިބި ކުދިން ގާތު އެހުމުން ޝައިން ނާއްނަކަން ޒޯޔާއަށް އެނގުނެވެ. އޭރު ޝޯ ފެށެން ބައިގަޑީރަށް ވެއްޖެވެ. ޒޯޔާ ފޯން ނަގައި ޝައިން އަށް ކޮންޓެކްޓު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބޭ ޖަވާބަކީ ޝައިންގެ ފޯން ނިއްވާލާފައި ކަމެވެ. ޒޯޔާ އަށް އޭރު ހުރީ ރޮވިފައެވެ. އަޔާން އަށް  އެނގިއްޖެއްޔާ ޒޯޔައަށް އެއްޗެެހިކިޔާނެ ވަރު އެނގުމުން ޒޯޔާ ބިރުން ހަލާކު ވާވަރު ވިއެވެ. ވަރަށް ވިސްނުމައްފަހު ޒޯޔާއަށް ލިބުނީ އެންމެ ސޮލިއުޝަން އެކެެވެ.

ނުވައެއް ޖެހިއިރު ޝޯ ފެށިގެން ދިޔައިރު އައި މެހެމާނުންގެ ފަރާތުން އަޔާން އަށް ތައުރީފްގެ ބަސްތަށް ލިބެމުން ދިޔައެވެ. އަޔާންގެ ވާހަކަ ކޮޅަށްފަހު އެރެއަށް ހާސަކުރެވިފައިވާ  ހާއްސަ ޕާޓީތަކަށް ފަރުމާކުރެވިފައިވާ ހެދުންތަށް ދައްކައިލުން ފެށިގެން ދިޔައެވެ. ހެދުމަކަށް ފަހު ހެދުމެއް ދައްކަމުން ދިޔައިރު މެހެމާނުންގެ ފަރާތުން ކޮމެންޓު ތަށް ލިބެމުން ދޔައެވެ. ކެމެރާމަނުން ފޮޓޯއާއި ވީޑިއޯ ކުރަމުން ދިޔައެވެ. އެންމެ ފަހުން ޑިޒައިން ލައިގެން ހުރި ކުއްޖާ އިސްޓޭޖައް އެރުމުން އަޔާން އަށް އިންތަނުން ތެދުވެވުނެވެ. ” ވާއޮ.. ހޫ އިސް ޝީ .. އަޔާން ޑިޑް ޔޫ ހޭވް ޖޭން ދި މޮޑެލް ..” އެތާކައިރީ އިން މީހާ އަޔާން ކުރެން އަހާލިއެވެ. ނަވީން ވެސް އިނީ ހައިރާންވެ ބަަލަހައްޓައިގެން ނެވެ. ” ޒޯޔާ..” . އަޔާން އަށް ބޭއިހުތިޔަރުގައި ބުނެވުނެވެ.

-ނުނިމޭ –

Comments (27)

  1. Noor

    Stage mathin fenunee zoya ey buneema maves huttijje neyvaa hifahattaalaigen indhaa thi nimmaalee thanks dear mivaahaka continue kohdheyn fesheema & Waiting for the next part

    1. Ashly
      Noor

      Thanks Noor .. Hama curious kohlan ehisaabun nihmaali .. ☺️

  2. ammi

    v nice mi part vx… curiously waiting for next part.. soon up kodhechey 🙂 <3

    1. Ashly
      ammi

      Thanks ammi .. ???

  3. Dolly

    Ashly kon irakutha 21 vana part up koheveynee…..Anyways this part is also very nice keep it up dear

    1. Ashly
      Dolly

      Thanks dolly … 21 vana Bai ves varah avahah uploaded koh dheveytho balaanah igey ☺️

  4. JI

    Dhen kon irakun next part up vaanee

    1. Ashly
      JI

      Soon .. ?

  5. Kylie

    Maasha allah mi part vx hama habeys…….. Waiting fr nxt part……….

    1. Ashly
      Kylie

      Thank you Kylie.. ???

  6. heyo edhey

    Ashly ge kibaiga story write kurumuge hunaru eba huri Masha Allah?ekam vx rangalhu kohlan jehey kanthah vx eba huri ingey…..Misaalakah bunaanama ehbai thanthanuga naveen Dhen huri thanthanuga naaveen jahaafa huryma olhey varah?dhen aneh kamakee imagination mi story ga madhuvun adhi english bas beynun kurun ginavun…..mikanthah rangalhu kuranikoh varah molhu,talented professional writer akah vun ?ekasheegen vey

    _heyo edhey_

    1. Ashly
      heyo edhey

      Thank you for your comment … Thi faaga kohli Kan thah thah ragalhu Kure veytho balaanah … Thank you very much for your support ..???

  7. Yan

    Varah reethi Masha Allah ? konirakun next part ??♥️????

    1. Ashly
      Yan

      Thank you yan … Next part soon ..

  8. ❤❤❤❤Z❤❤❤❤

    Ashh….this prt is also awesome….and im glad tht u strted to continue the story even after a long time… i would be really happy if u continue the story without any gap….and this story will be more prfct if u decide some days to upload the story….

    1. Ashly
      ❤❤❤❤Z❤❤❤❤

      Thank you very much darling ??

  9. ❤❤❤❤Z❤❤❤❤

    Whn is the next prt…hope u will upload it soon….

    1. Ashly
      ❤❤❤❤Z❤❤❤❤

      Yes… Ash data alhaafa konme faraku mi up kurani. . 21st vana baives dhen varah avahah kiyaalan libeyne ??

  10. Aisha

    Data v haru v ma neylhi gen ulheny

  11. Evily

    Keehvetha ehaa lahyyy v v v v v v kiyaa hihvefa e mihuryyy next part vaa gotheh balan v v beynun veyyy

  12. Anerm

    Dhen in part avas kohdheeba
    And mi part v v v v reethi mashaallah
    ❤❤❤❤❤❤❤

  13. Ainth

    Ashly adhives data neylhaneytha….. Mihaarh O’, level ves nimihjeyahnu…. Kan Kan dhimaavaaney ekamu hurihaa kamah abadhu egothakah nuvaaneyahnu

  14. noor

    dhen avahah up kohdheebala mihaaruves haadha inthizaareh ebakuramey balive ulhey nama GWS dear umeedhu kuran adhives mivaahaka kiyaalan libeynekamah this is one of the best & nice story which i want read

  15. Reema

    Kobaa next prt

  16. Jerry

    Please next part up kohdhy bala…Haadha inthizaareh eba Kuramey… Waiting ga huna tha kon dhuvaheh mhr dhen please please please next part up kohla dhy..Baeh comments hunaane hadi kon alhaa nulaa kohla dhy bala please.

  17. ❤❤❤❤Z❤❤❤❤

    Ash…whn are u going to upload the nxt prt…still i am waiting..hope u will upload the story soon….this is one of the story which i want to read…hope u wont disappoint us….

  18. Ainth

    Koba mivaahaka kuriyah dhn nugendhaneyba?

Comments are closed.