ވާނަން އުމުރަށް
ލޮއިތްބަކީ ވަރަށް ވެސް ހިތި އަދި އެހާމެ ފޮނި އެއްޗެކެވެ . އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އޮއްސިދެއެވެ . ރޭގަނޑު ވެދެއެވެ . ރޭގަނޑު އޭގެ ވަގުތު ހަމަ ވުމުން ދުވަލު ވެދެއެވެ . ހަޔާތަކީ ވެސް އެކަހަލަ އެއްޗެކެވެ . އުފާވެރި ކަމަކަށް ފަހު ހިތާމަ ވެރި ކަމެއް ދިމާވެއެވެ . ހިތާމަ ވެރި ކަމަށް ފަހު އުފާވެރި ކަމެއް ދިމާވެއެވެ . އެއް އަންހެން ކުއްޖަކު ދިޔުމުން އަނެއް އަންހެން ކުއްޖަކު އާދެއެވެ . އަދި އެ އަންހެން ކުއްޖާ ފަހުން ރޮއި އާދޭސް ކުރަމުން ދާއިރު އެ ފިރިހެން ކުއްޖާ އަށް އެއްވެސް ކަމެއް ފާހަގަ ނުވާ ކަހަލައެވެ . އަހަރުމެން ގެ މި މުޖުތަމައުން ފެނިގެން ދަނީ ވެސް މިހަކަލަ ކަންކަމެއެވެ . އަހަރުމެން އެތަކެއް ހުވާ ތަކާއި އަދިއެތަކެއް މަޖަލެއް ކުރުމަށް ފަހު އެ އަންހެން ކުއްޖާ ދޫ ކޮށް ލާފައި ދެއެވެ . އެތަކެއް ދުވަހެއް ވަންދެން އަންހެން ކުއްޖާ ނުކައި އުޅުމުން ފިރިހެން ކުއްޖާ އަލުން އެ އަންހެން ކުއްޖާ އާ ރައްޓެހި ވެގެން ދެއެވެ .
މި ވާހަކަ އަކީ އަހަރުމެން ގެ މި މުޖުތަމައު އަށް ބިނާ ކޮށް ފައި ވާ ސިލް ސިލާ ވާހަކައެކެވެ . އަހަރުމެން ގެ އާއްމު ދިރިއުޅުމުގައި ކަންތައްތައް ހުރި ގޮތުގެ މައްޗައް ބިނާ ކުރެވިފައިވާ ވާހަކައެކެވެ .
ދުވަހަކީ ރީތި ދުވަހެކެވެ . އުޑުމަތި ސާފް ދުވަހެއެވެ . ކުދި ބޮޑު އެންމެން ހޭލަ މޭލާ އެމީހުން މަސައްކަތުގައި އުޚެމުންދެއެވެ . އަހަރެން އަށް ހޭލެވުނީ އަހަރެން ގެ ފޯނު ރިންގުވާ އަޑަށެއެވެ . އެއީ އަހަރެން އެންމެ ލޯބިވާ އެކަކުއެވެ . އެއްވެސް އަންހެން ކުއްޖަކަށް ލޯބި ނުކުރާ އެއް ކުއްޖެއެވެ . އޭނާ އެ ގުޅަމުން އެ ގެން ދަނީ އަހަރެން ހޭޅުވާށެވެ . އަހަރެން އަވަސް އަވަހަށް މޫނު ގައި އަށް އުގުޅުމަށް ފަހު އަހަރެން އެ ފޯނު ނެގޭމެއެވެ .
ލޯބި ވެރިޔާ : ގުޑް މޯނިން
އަހަރެން : މޯނިން .
ލޯބިވެރިޔާ : އަދިވެސް ނުތެދުވަނީތަ އެޔޮށް ގަޑި ޖެހެނީ
އަހަރެން : މި ތެދުވަނީ ….
އެހެން ބުނުމަށް ފަހު އަހަރެން ފޯނު ބޭއްވީމެއެވެ . ފޯން ބޭއްވުމަށް ފަހު އަހަރެން އަވަސް ވެގަތީ އަހަރެން ގެ ކަނަތައް ކުރުމަށް ތައްޔާރު ވާށެވެ . ފާޙާނާ ކުރުމަށް ފަހު އަހަރެން ތައްޔާރު ވެގެން ދިޔައީ އޮފީހަށެވެ . ހެދުނު ގެ ނާސްތާ ނުކޮށެއެވެ . އެއީ އަހަރެން ގެ އާންމު ކަމެއެވެ . އަބަދު ވެސް ހުންނަނީ އޮފީހަށް ގަޑި ޖެހެން ކާރި ވެފައެވެ . އަހަރެން އޮފީހަށް ވަދެ އަހަރެން ކަން ކަމުގައި އުޅެން ފެށީމެވެ . އަހަރެން ނަކީ ޒިންމާ ދާރު މީހެއް ކަމުން ރައްޔިތުން ހިތް އެދޭ ގޮތަށް މަސައްކަތް ކުރަމެއެވެ .
އަހަރެން ގަބޫލް ކުރާ ގޮތުގައި އެއްވެސް މީހަކު ރުހޭ އެއްވެސް ކަމެއް ނުވާނެ ކަމެއެވެ . ނަމަވެސް އަހަރެން ގެ ރަގަޅު ގޮތް ގޮތް ހޯދާ އެކަން ކުރުމަށް ރައްޔިތުންނަށް އަންގަމެއެވެ . އަދި އަހަރެން ގެ އޮފީހުގައި އުޅޭ އެހެން މުއައްޒަފުން ކާރި މިކަން ކިހިނެއް ވާނެ ތޯ އަހަމެއެވެ . ސުވާލު ކުރަމެއެވެ . އަދި އަހަރެންނަށް ކަންކަން މި ކުރެވެނީ ރަގަޅު ގޮތް ކަން އެހެން މީހުންނަށް ސުވާލު ކުރަމެއެވެ . އެއީ އަހަރެން ގެ ތޮބީއަތެއެވެ .
މެންދުރުގެ ވަގުތެއެވެ . އަހަރެން ބުރޭކް އަށް ނިކުމެފައި އަހަރެން ގެ ބޯ ހަމަ ޖައްސާލުމަށް ޓަކައި ކޮފީ އެއް ބޯލަށް ކެފޭ އަކަށް ދިޔާމެއެވެ . އަހަރެން އޮފީހަށް އައުމަށް ފަހު އަހަރެން ގެ އެންމެ ލޯބިވާ މީހާ އަކަށް ނުގުޅެއެވެ . ނަމަވެސް މިހެން ލިބޭ ހުސް ވަގުތުގައި އަހަރެން އޭނަ އަށް ގުޅަމެވެ . އަހަރެން ގެ އިހުސާސް ތައް އެއްމެ ކާރިން ބަލަމުން ދާނީ އަހަރެން ގެ މަންމަ އެއެވެ . ދެން ދެވަނަ މީޙަކަށް ހުންނާނީ އަހަރެން ދެކެ ލޯބިވާ 2 ގޮތެއް ނުވާ އަހަރެން ގެ ލޯބި ވެރިޔާއެވެ
އަހަރެން ގެ ފަޓުލޫން ޖީބުން ފޯނު ނެގީމެއެވެ . އަދި އަހަރެން ގެ އެންމެ ލޯބިވާ މީހާ އަށް ގުޅާލަން އުޅެނިކޮށް ޢޭނަ އަހަންނަށް ގުޅިއެވެ . އަހަރެން ފޯނު ކަޑާ ލުމަށް ފަހު އަހަރެން އޭނަށް ގުޅަމެއެވެ .
އަހަރެން : ހަލޯ
ލޯބި ވެރިޔާ ( ނަން ހާމަ ނުކުރަން ) :ހަލޯ
އަހަރެން : ސޮރީ ދޫނީ ، އަހަރެން ވަރަށް ބިޒީ ކޮށް އުޅެލާފާ މި ނިކުތީ ދެން ގުޅާލީ
ލޯބި ވެރިޔާ : އަހަރެންނަށް އިގޭ ބިޒީކަން އެހެން ވެ ނުގުޅާން މިހުންނަނީ ވެސް
2 ވަނަ ބަޔަށް އިންތިޒާރު ކޮށް ލަވާ
3 Comments!
Comments are closed.


Whaat !! Haadha kureyyy
waiting 4 next part..
Can’t wait for next part!!!it’s awesome!!Maasha allah…..