Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 23

Ushaali Level 810 Stories100 Comments100 Stories500 Comments
February 21, 2019 9 Mins Read
17 Comments

22 ވަނަބައިގެ ތެރެއިން….

ޔަނާލްގެ ކަޅި ހަރަކާތްކޮށްލި ގޮތަކުން އެނދުގައި ހެވިފައި އިން ހާރޫން ފެނި ޔަނާލަށް އައްޔުމަންއާއި ދުރަށް ޖެހިލެވުނެވެ. އޭނާއަށް އެދިމާ ބަލާލެވުނީ ޤަބޫލުނުކުރެވިފައެވެ. އެއީ ހަމަ އޭނާގެ ބައްޕައެވެ. މީގެ އަހަރެއް ކުރިން އޭނާއަށް ފެނިފައިވާ ބައްޕަ ފެނުމުން އަނގަމަތީގައި އަތް އަޅާލެވުނެވެ. ތުނބުޅި އެއްވަރަށް ކޮށާފައިވާއިރު މޫނުމަތީގައި ވަނީ ތަފާތު އުޖާލާކަމެކެވެ. ތަފާތަކީ ހަމައެކަނި ފުރޮޅުލީ ގޮނޑީގެ އެހީގައި ނޫނީ އެއްތަނުން އަނެއްތަނަށް ނުދެވޭ ކަމެވެ. ޔަނާލް ކައިރިއަށް އަންނަތަން ފެނުމުން ހާރޫން އަނގަ ހުޅުވާލިއެވެ. އޭނާ ދަރިފުޅާއޭ ކިޔާ ގޮވާލަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ކާމިޔާބެއްނުވިއެވެ. ދެލޮލުން ކަރުނަ ފައިބާގަތީ ހިތަށް ކުރި އަސަރަކުންނެވެ. ޔަނާލް ހާރޫނުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ދެބަފައިން ރޮމުން ދިޔަ މަންޒަރުން ފައިޒަންއާއި އައްޔުމަންގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

ތޭވީސްވަނަ ބައި

“ބައްޕަ މިތަނަށް ކާކު ގެނައީ؟ ރަނގަޅުތަ ބައްޕަ” ހިތްފުރޭވަރަށް ރޯލުމަށްފަހު ޔަނާލް ހާރޫންގެ މޫނުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ހާރޫން ބޯޖަހާލާފައި ހިނިތުންވުމަކާއެކު ބަލާލީ ދުރުގައި ހުރި ފައިޒަންގެ މޫނަށެވެ. ޔަނާލަށް ވިސްނުނެވެ.

“ވެއިޓް. ރުޅި އައީތަ ނުބުނެ ގެނައިމަ. އެހެންވެތަ ތިހެން ތިބަލަނީ” ޔަނާލް އިންގޮތުން ފައިޒަން ބުނެލިއެވެ. ޔަނާލް ކައިރިއަށް ހިނިއައެވެ.

“ހުރިހާކަމެއް ހަމަޖެހުނީތަ މިހާރު” އައްޔުމަން ފައިޒަންއަށް ބުނެލިއެވެ.

“ވަރަށް މަސައްކަތުން ޕާސްޕޯޓް ލިބިއްޖެ. އަންނަ އާދިއްތަ ދުވަހު ފުރަންވީ ” ފައިޒަން ސޯފާގައި އިށީނެވެ.

“ކިހިނެއްމިވަނީ. ބައްޕަ މިތަނަށް އައީ ކިހިނެއް؟” ޔަނާލް އަހާލިއެވެ.

“ދަރިފުޅާ. މި ބައްޕަ މިކޮޅުގައި އުޅޭތާ ދެ ހަފްތާއެއްވަރު ވެދާނެ. މި ބައްޕަ އައީ ފައިޒަންގެ ގުޅާފައި އެންގުމުން. މި ގެސްޓްހައުސްގަ މި ބައްޕަ މިހުންނަނީވެސް” އައްޔުމަން އޮޅުންފިލުވައިދިނެވެ.

“ނުވެސްބުނަމެއްނު. އެހެންނޫނީ އަޅުގަނޑު ބައްޕައާއި ބައްދަލުކުރަން އަންނާނެއްނު” ޔަނާލް ބުނެލިއެވެ.

“އެވަރުކަމެއްނޫން އެއީ ދަރިފުޅާ. ދަރިފުޅަށް ވަރަށް އުފާވެރި ހަބަރެއް އޮތީ” އައްޔުމަން ބުނެލިއެވެ. ޔަނާލް ބަލާލީ ފައިޒަންގެ މޫނަށެވެ.

“މިއުޅެނީ ދަރިފުޅުގެ ބައްޕަ ގޮވައިގެން ބޭސްފަރުވާއަށް ފުރަން. އިރާދަކުރެއްވިއްޔާ ދެން ދަރިފުޅާއި ބައްދަލުކުރާނީ އެ ބައްޕަގެ ފަރުވާއަށްފަހު” އައްޔުމަން ބުނެލިއެވެ. ޔަނާލްގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އޭނާ ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް އަންނަނީއެވެ. ހާރޫން ގަދަވެ ސަލާމަތުން އެނބުރި އަތުވެއްޖެނަމަ އޭނާގެ ދިރިއުޅުމަށް ޒަހަރުލީ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ފަސޭހަވާނެއެވެ.

*************************************

ކާރު މަޑުކޮށްލީ މަގު ކަންމައްޗަށެވެ. ޔަނާލް ފައިބައިގެން ގެއާއި ދިމާލަށް ހިނގައިގަތުމުން ފައިޒަން މަޑުކޮށްލައިގެން އޮތެވެ. އޭނާ ގެއަށް ވަނީ ޔަނާލް ގެއަށްވަންތާ ސާޅީސްފަސް މިނިޓް ފަހުންނެވެ. ގެއަށް ވަދެގެން ގޮސް ފައިޒަން ވަނީ ބަދިގެއަށެވެ. ކަރުހިއްކާފައި ހުރުމުން އޭނާ ބޭނުންވީ ކޮޓަރިއަށް ވަނުމުގެ ކުރިން ފިނިފެންތައްޓެއް ބޯލާށެވެ. ނަމަވެސް ބަދިގެ ދޮރުކައިރީގައި މަޑުކޮށްލީ އެތެރެއިން ދެމީހަކު ވާހަކަދައްކާ އަޑު އިވުމުންނެވެ.

“މަށަށް ހަމަ ޔަޤީން. އެ ޔާނާއާއި ފައިޒަން ކޮންމެސް ގުޅުމެއް އެބައޮތް. އެހެންނަމަ ދެމީހުން އެކުގައި ސިއްރު ސިއްރުން ކާރަށް އަރައިގެންނެއް ނުދާނެ ދޯ” އެއީ ޒާކިންގެ އަޑެވެ. ފައިޒަން އިތުރަށް ކަންފަތް ކޮޅަށްޖަހާ ކައިރިވެލިއެވެ. ތުނބުޅީގައި އަތް ހާކާލަމުން ހީލީ އޭނާއަށް މަޖާވީވަރުންނެވެ.

“ޔަޤީންތަ ޒާކްއަށް” މާއިރާ ބުނެލި އަޑު އިވުނެވެ.

“އާއެނކޭ މަންމާ. ނާދުއަށް ވެސް ފެންނާނެ. ކަޅުފޮތިގަނޑެއްގެ ނިވަލުގައި ހުރި ރަންޑިއެއް” ޒާކިން ބުނެލިއެވެ. ފައިޒަންގެ ދެއަތް މުށްކެވިގެން ދިޔައެވެ.

“އެހެންތަ! ކުލްޝޫމަށް ތިކަން އެނގުނީ ހުންނާނެ ވަރެއް އަރުވާލާފައި. އަހަންނަށް ހަމަ ޔަޤީން ފައިޒަން އެ ރަންޑިއާއި ގުޅެން އޭނަ އެއްބަހެއް ނުވާނެކަން. އަވަހެއްނު ފެންވަރު އޮޅުނުލެއް” މާއިރާ ބުނި އަޑު އިވުނެވެ.

“މިކަން ހިނގާ ފަޅާލަން. ބޮޑުކޮށްފަ ގޭތެރޭގައި ވާހަކަދައްކާނީ. އޭރުން އެ ޔާނާ ވެސް ހުންނާނެއްނު ލަދުފަށެއް ގަނެފައި” ޒާކިން ބުނެލި އަޑު އިވުނެވެ. މާއިރާއާއި ޒާކިން ނުބައި ރޭވުން ރާވަމުންދާއިރު އަޑުއަހަން ހުރި ފައިޒަންގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އެމީހުންގެ ވިސްނުން ގޮސްފައިވާ މިންވަރު ހިތަށް އެރުމުން ހިނިވެސްއައެވެ. ކުއްލިއަކަށް ބަދިގެއަށް ވަދެ އެދެމައިންގެ ކުރިމަތީގައި ހުއްޓިދާނަމޭވެސް ފައިޒަންގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. ފޯނެއްގައި ހުރި ކަމަށް ހެދިގެން ބަދިގެއަށް ވަދެގެން ދިޔައީ ބަޔަކު އެތަނުގައި ތިބިއޭވެސް ހީނުވެއެވެ. މާއިރާއާއި ފައިޒަން އެކަކު އަނެކަކުގެ މޫނަށް ބަލާލިއިރު ދެމޫނުގައިވެސް ވަނީ ކަންބޮޑުވުމެވެ. އެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް ފައިޒަންއަށް އިވުނުކަމެއްވެސް ނޭނގޭކަމެއްވެސް ނޭނގޭތީއެވެ.

“ހާދަ ސިއްރު ވާހަކައެއް. ހެހެހެ… ނޭނގޭތަ ފާރުގައިވެސް ކަންފަތް ހުންނަކަމެއް. މިތަން އެހާ ސޭފެއްނޫން ކަންނޭނގެ” ފެންފުޅިއެއް ހިފައިގެން ބަދިގެއިން ނިކުންނަމުން ފައިޒަން ބުނެލިއެވެ. މާއިރާ އިނީ މޫނު ހަދާލައިގެންނެވެ. ނަމަވެސް ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ހިނގާލިއެވެ. ފައިޒަންއަށް އެތަނުގައި ދެކެވުނު ވާހަކަތައް އިވުނީ ކިހާ މިންވަރަކަށްބާއެވެ؟

*************************************

އަރައިގެން އައި އިރާއެކު ގޭތެރޭގައި ހިވީ ބޮމެއް ގޮވައިގެން އުޅޭ ހެންނެވެ. ހާރޫން ބެލެހެއްޓުމަށް އެގޭގައި ހުންނަ ބަންގްލަދޭޝް މީހާ ހާރޫންގެ ބައެއް ސާމާނު ގެންދަން ފެށުމުން މާއިރާ ހީވީ ތެޅިގަތްއިރު ރޯމަހެއްހެންނެވެ.

“ކަލޭ އޭނަ ކޮންތާކަށް ލައިގެން ތިއުޅެނީ؟ ކަލެއަށް ކާކު އަމުރު ދިނީ އޭނާ މިގެއިން ނެރެން” މާއިރާ ހީވަނީ އެމީހާގެ ބޮލަށް އަރައިގަނެފާނެ ހެންނެވެ. އެމީހާ އިސްޖަހާލައިގެން ހުރިއިރު ހީވަނީ ނޯކަރަކު ސާހިބު މީހާއަށް ކިޔަމަންވެގެން ހުރި ހެންނެވެ.

“މާއިރާ ކޮން އަޑުގަދައެއް ތިކުރަނީ. ކިހިނެއްވީ؟” ކޮޓަރީ އޮވެފައި ކުލްޝޫމް ނިކުތީ އަޑުގަދަ ކަމުންނެވެ.

“އަހާބަލަ މި ބީތާ ކުރިން ވީކަމެއް” މާއިރާ ޖަވާބުދިނެވެ. އޭނާ ދެލޮލުން އެމީހާއަށް އަމާޒުވަމުންދާ ރުޅިން ހީވަނީ ދެންމެ ދެންމެ އެމީހާ އަނދާ އަޅިއަށް ހަދާލަފާނެހެންނެވެ.

“ތެދެއް ކިހިނެއްވީ؟” ކުލްޝޫމް މަޑުމައިތިރިކަމާއެކު ސުވާލުކުރިއެވެ.

“އަހަރެން އަންނަނީ މިގޭގަ ހުރި އަހަރެންގެ ހެދުން ބަލާ” އެމީހާ ޖަވާބުދިނެވެ. އޭނާގެ އަޑުގައިވަނީ ތުރުތުރުލުމެކެވެ.

“ތާހިރެއްނު. އަހާބަލަ ހާރޫނު މިގޭގައި އޮށްވާ ނެރެގެން ގޮސް ވެއްދީ ކޮންތާކަށްހޭ” މާއިރާ އަޑަށް ބާރުލާފައި ބުނެލިއެވެ.

“ހާރޫނޭ!!! ކޮބާ ހާރޫން؟” ކުލްޝޫމް ސުވާލުކުރީ ބޭރު މީހާއާއެވެ.

“ދައްތާ އަހަރެން ނޭނގެނީ” އެމީހާ ބުނެލިއެވެ. ކުލްޝޫމް ހައިރާންކަމާއެކު ބަލާލީ މާއިރާގެ މޫނަށެވެ. އޭރު ގޭގައި އެވަގުތު ތިބި ހުރިހާ މީހުން އެތަނަށް ޖަމާވިއެވެ. ޙަޤީޤަތުގައިވެސް ފައިޒަން އެގެއިން ހާރޫން ނެރެގެން ގެންދިޔައީ ބޭރުމީހާއަށް ނޭނގިއެވެ.

“މަންމާ! އެންމެން މިތާ ކަމެއްވީތަ؟” އެންމެފަހު ބަހާއެކު ދުވަންދާ ހެދުމުގައި ވަދެގެން އައި ފައިޒަންގެ ނަޒަރު ހުއްޓުނީ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުރި ބޭރު މީހާއަށެވެ. އެއާއެކު ވެގެން އުޅޭގޮތް އޭނާއަށް ފަހުމްވިއެވެ.

“ކަލޭ ދޭ…” ފައިޒަން ބޭރުމީހާއަށް އިޝާރާތްކޮށް ބުނެލިއެވެ. މާއިރާ އަރައިގަތް ރުޅިން ފައިޒަންގެ މޫނުމަތީގައި ލޭކޮށާލާފާނަމޭ ހިތަށް އެރިއެވެ.

“ކީއްވެ އޭނަ ތިފޮނުވާލީ. ހާރޫން ގޭގައި ނެތިގެންނޭ މިއުޅެނީ” ކުލްޝޫމް ހައިރާންކަމާއެކު ބުނެލިއެވެ.

“އޭނަގެ ބޯ މައްޗަށް މިގެ ވައްޓާލިޔަސް އޭނައަށް ނޭނގޭނެ ހާރޫންބެ ވީތަނެއް” މާއިރާއަށް ފައިޒަން ޖަވާބުދިނެވެ.

“ކީއްވެ؟ ކީއްވެހޭ ނޭނގެންވީ؟” މާއިރާގެ ދެފައިވެސް ބިމުގައި ހަރުނުލާ ކަހަލައެވެ.

“ހާރޫންބެ ރޭގެ ވަގުތެއްގައި އިންޑިޔާއަށް ފުރުވާލައިފިން ބޭސްފަރުވާއަށް” މާއިރާއަށް ހީވީ ނުފެންނަ އަތަކުން އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް އަޅުވާލިހެންނެވެ. އޭނާ ދުރުގައި ހުރި އާކިން އާއި ޒާކިން އަދި އިފްނާއަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އެމަންޒަރު ފައިޒަންއަށް ފެނުނެވެ.

“ފުރުވާލިޔޭ. ބަލަ ކަލެއަށް ކާކު ހުއްދަ ދިނީ. މަށަށް ނޭނގި މަގޭ ފިރިމީހާ ކަލެއަށް ތިހެން ފޮނުވާލެވޭތަ. ކަލޭ ޖެހޭނީ އޭނާ އަނބުރާ މިގެއަށް ގެންނަން” މާއިރާ ހިތްހަމަނުޖެހުނީ ފައިޒަން ދެކެއެވެ.

“ހާރޫންބެ ފޮނުވާލީ އަނބުރާ ނުގެންނަ ގޮތަކަށް ނޫނޭ. ހާރޫންބެ އަންނާނެ. ވަރަށް އަވަހަށް އަންނާނެ. އެކަމަކު ކުރީގެ ނުކުޅެދޭ ހާރޫންބެގެ ގޮތުގައެއްނޫން. ދެފައި މައްޗަށް ތެދުވެ ހުރި އެންމެ ކުރީގެ ސްމާޓް ހާރޫންބެ އަންނާނީ. އިންޝާﷲ” ފައިޒަން ޖަވާބުދިނެވެ.

“ނޮޓް ފެއަރ ފައި. ކަލޭ ތިވަރުގެ ނިންމުމެއް ނިންމާއިރު އެޓްލީސްޓް މަންމަ ކައިރީގައި ބުނެލަންވާނެ ދޯ. ބައްޕަ އަދި މަންމަ ވަރިއެއް ނުކުރެއޭ” އާކިން ބުނެލިއެވެ. ފައިޒަންގެ ނިންމުމާމެދު ހިތްހަމަނުޖެހި އޭނާވެސް އެތެރެ އެތެރެއިން އަނދަމުން ދިޔައެވެ.

“ވެލް ސެއިޑް އާކު” އިފްނާ އާކިންއާއި އެއްބައިވެލިއެވެ. މާއިރާ ފައިޒަންއަށް ދެލޯ އަޅައިގެން ހުރިއިރު ކުލްޝޫމް ހުރީ ފައިޒަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ފައިޒަން އެގޮތަށް ކަންތައް ކުރުމުން ކުލްޝޫމް ވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

“ސްޓްރޭންޖް… ކަލޭމެން ތިހާ ހާރޫންބެދެކެ ލޯބިވަންޏާ އުފަލެއްނު ވާންވީ. ކިހާ ދުވަހަކު އެވޭނުގައި ހާރޫންބެ އުޅެފި. ކާކު ބޭނުންނުވާނީ އެމީހެއްގެ ބައްޕަ ހެޔޮ ހާލުގައި އެބައެއްގެ ކައިރީގައި ތިބެން. ދުޢާކުރޭ ހެޔޮ ރަޙްމަތެއްލައްވައިގެން އެނބުރި ހާރޫނުބެއަށް މިގޭގައި ދެފައިތިލަ ޖެއްސޭތޯ” ފައިޒަން ބުނެލިއެވެ. އޭނާގެ މޫނުމަތިން ކުރެވުނު ކަންތަކާއި މެދު އެއްވެސް ކަންބޮޑުވުމެއް ނުފެނެއެވެ.

“ކުލްޝޫމް! ކަލެއަށް ހެޔޮދޯ ކަލޭގެ ދަރި ކޮންމެގޮތަކަށް ކަންތައް ކުރިޔަސް. އޭނަ ކަންތައް އެކުރީ ރަނގަޅަށްތަ؟” މާއިރާ ސުވާލު ކުލްޝޫމަށް އަމާޒުކޮށްލިއެވެ. ކުލްޝޫމް ދިޔައީ އަދިވެސް ފައިޒަންގެ މޫނަށް ބަލަމުންނެވެ. ފައިޒަން މަޑުމަޑުން ހިންގާލާފައި އައިސް ހުއްޓުނީ ކުލްޝޫމް ކުރިމަތީގައެވެ. އަދި ކުލްޝޫމްގެ ދެއަތްތިލައިގާ ހިފާ އުފުލާލިއެވެ.

“މަންމާ! މިގޭގައި ކޮންމެސް އެކަކު ހުންނަންވާނެއްނު ހާރޫންބެއަށް އަޅާލާ. މަރުވާން އެގޮތަށް ބައިދަންވީތަ؟ ހާރޫންބެއަށް އުފާވެރި ދިރިއުޅުމެއް ޙައްޤެއް ނުވޭތަ؟  އަޅުގަނޑުގެ ހިތަށް ކެތްނުވީ. މިކަންތައް މަންމައަށްވެސް ނާންގާ ކުރެވުނީމަ އަޅުގަނޑަށް މަޢާފްކުރޭ. އަޅުގަނޑަށް އިނގޭ އެންމެންނަށް އެނގިގެން މިކަން ކުރިނަމަ މިކަމަށް ހުރަސް އަޅަން އެތައް ބަޔަކު ނިކުންނާނެކަން” މާއިރާއަށް ނަޒަރެއް ދެމުން ފައިޒަން ބުނެލިއެވެ.

“ޕްރައުޑް އޮފް ޔޫ މައި ސަން. ކޮންމެ މަޔަކަށްވެސް ތިކަހަލަ ފިރިހެން ދަރިއެއް ދެއްވާށި. ގޯޑް ބްލެސް ޔޫ” ފައިޒަންގެ މޫނުގައި ފިރުމާލަމުން ކުލްޝޫމް ބުނެލިއެވެ. ވަގުތުން ހަށަމަށް ނަގާފައި އޮތް މާއިރާގެ ދެއަތް ދޫވެގެން ދިޔައެވެ. ކުލްޝޫމްގެ ހިތް ސާފުކަން އެނގުމާއެކު ފައިޒަންއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.

“ދެން މިކަން މާބޮޑު ކަމަކަށް ނަހަދަބަލަ. މިތަނުގައި ސީންއެއް ކްރިއޭޓް ކުރަން އުޅެންޏާ ދެން ވާނީ މާ ނުބައި ގޮތެއް” މާއިރާއާއި ކުރިމަތިލަމުން ފައިޒަން ބުނެލިއެވެ. މާއިރާގެ ހިތުގައި ފައިޒަންއަށްޓަކައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާން ހީވަނީ ހުޅުފަޅާ ރޯވެދާނެހެންނެވެ.

“މަންމާ! ވަރަށް ބަނޑުހައި. ކޮފީއެއް ލިބިދާނެތަ މަންމަގެ އަތުން ހަދާފައި” ކުލްޝޫމާއި ކުރިމަތިލަމުން ފައިޒަން ބުނެލިއެވެ.

“ދަރިފުޅު ފެންވަރައިގެން ނިކުންނަން ވާއިރަށް ގެންގޮސްދޭނަން” ކުލްޝޫމް ބުނެލިއެވެ. ފައިޒަން ކޮޓަރިއާއި ދިމާލަށް ދިޔައީ މާލާމާތުގެ ބެލުމަކުން މާއިރާއަށް ބަލާލާފައެވެ.

“ތާހިރެއްނު. ތިމާގެ ދަރިއަށް ކުރެވުނީ ކުށެއްކަން އިހުސާސްކޮށްނުދީ ހިތްވަރެއްނު އެދިނީ. ތިކަހަލަ މައިން މުޖްތަމަޢު ތެރޭގައި ގިނަވާތީއޭ ދަރިން ހަލާކުވަނީ” މާއިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. ކުލްޝޫމް އޭނާގެ ހަށިގަނޑު މާއިރާއާއި ދިމާލަށް އަނބުރާލިއެވެ. ހީވާގޮތުން މާއިރާއަށް ޖަވާބުދާރީ ވާންވީ ވަގުތު ޖެހުނީ ކަންނޭނގެއެވެ.

“ޝޭމްއޮން ޔޫ މާއިރާ. ލަދެއްވެސް ނުގަނޭތަ ތިކަހަލަ ވާހަކަދައްކަން. މާއިރާގެ ދަރިންނަށް ދުވަހަކުވެސް ރަނގަޅު ގޮތާއި ނުބައި ގޮތް ވިސްނާދިނިންތަ. ވިސްނާދިންނަމަ މިއަދު އެކުދިން ކުރާނެ މަސައްކަތެއް ނެތި ގޭތެރެއަށް ގިނަވެގެން އުޅޭކަން ނުޖެހުނީސް. އަދި ފަސްވަގުތު ނާޅާ ނަމާދުކުރީސް. ދެން ތިކިޔަނީ ތިމަންނަގެ ފިރިމީހާއޭ… ޙައްޤޭ. ބަލަ އަދި ކިރިޔާތަ އެއީ ފިރިމީހާކަން ހަނދާންވީ. މިހުރިހާ ދުވަހު އެފަކީރު ނިކަމެތި ހާލުގައި މިގޭތެރޭގައި އޮތްއިރު އެކޮޓަރިގަނޑަށް ވަދެ ހާލު ބަލާލިންތަ؟ ފެންފޮދެއް ދިއްކޮށްލިންތަ؟ ރުހުމުގެ ލޮލަކުން ބަލާލިންތަ؟ އެއީ ފިރިއެކޭ ހިތަށް އެރިތަ؟ މާއިރާއާއި މާއިރާގެ ދަރިންނަށް ދުނިޔެ ދެއްކި މީހާއޭ އެއީ. މިއަދު އެފަކީރު ވެއްޓިފައި އެވާ އަނދަވަޅުން ސަލާމަތްކުރުމަށް އަހަރެންގެ ދަރިފުޅު އަތުކުރި އޮޅާލީމަ މާއިރާ އުފަލެއްނު ވާންވީ ތިހާ ފިރިމީހާ ވެގެން އުޅެންޏާ. މާއިރާއަށް ހީވާކަހަލަ ދުވަހަކުވެސް ހާރޫން އެބަލިން ރަނގަޅުކުރަން ބޭނުމެއްނޫނޭ. އެކަމަކު މިފަހަރު ހާރޫން އެނބުރި އަންނާނީ ރަނގަޅުވެގެން. އަހަރެންގެ ހެޔޮ ދުޢާތައް އަބަދުވެސް ވާނީ ހާރޫނާއެކު” ކުލްޝޫމް ދިން ޖަވާބުން މާއިރާގެ އަނގަ ބަންދުވިއެވެ. ކުލްޝޫމްގެ މޫނަށް ބަލާލަންވެސް ނުކެރުނެވެ. ކުލްޝޫމް އެތަނުން ދިޔަކަން އެނގުމުން ފައިންޖަހާ ތިރީގައި ހުރި ކުޑަ މޭޒުކޮޅު ހޫރާލިއެވެ. އޭނާ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް މިހާރު ނުވާތީއެވެ. އޭނާގެ ހުރިހާ ރުޅިއަކާއި ނަފްރަތެއް އަމާޒުވީ ޔަނާލަށާއި ފައިޒަން އަށެވެ.

*******************************************

އެނދުގައި އިން ނާދު އިނީ މޫނުމަތީގައި ދެއަތް އަޅައިގެންނެވެ. އޭނާގެ މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ދުރުގައި ނާދުއަށް ބަލަހައްޓައިގެން ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ޒާކިން ހުއްޓެވެ. ވަގުތަކީ ރޭގަނޑުގެ ފަހުބައިގެ ވަގުތަށްވާތީ ގޭތެރެއިން އިތުރު އެއްވެސް އަޑެއް ނީވެއެވެ. މޫނުމަތިން ދެއަތް ނަގާ ނާދު ދުރުގައި ހުރި ޒާކިންއަށް ބަލާލިއެވެ.

“ޕްލީޒް ބޭބް.. ޑޯންޓް ލީވް މީ” ޒާކިން ބުނެލިއެވެ. އޭނާ ނާދުއާއި ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. ހުއްޓުނީ ނާދު އިޝާރާތްކޮށް ހުއްޓެން މަޖުބޫރުކުރުމުންނެވެ.

“އަހަރެން ވަރިކުރުމުގެ އިޚްތިޔާރު ވަނީ ހަމައެކަނި ޒާކުގެ އަތްމަތީގައި. އެކަމަކު މާދަމާ އަހަރެން ކޯޓަށް ފޯމް ހުށައަޅާނަން” ދެލޯ ކައިރި ފޮހެލަމުން ނާދު ބުނެލިއެވެ. ކުއްލިއަކަށް ޒާކިން އައިސް ހުއްޓުނީ ނާދުގެ ކުރިމަތީގައެވެ.

“ދޫކޮށްލާ އަހަރެން އަތުން” ނާދު ބުނެލިއެވެ.

“މަޢާފްކުރޭ. އަހަރެން…. އަހަރެން ވަކި ކީތްކުރާނީ…. އެހުރިހާ ކަމެއް ނުވާކަމަކަށް އަހަރެންނަށް ހެދޭނެތަ؟” ޒާކިން ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ.

އަހަރެން ދުވަހަކުވެސް ޒާކިންއަށް މަޢާފެއް ނުކުރާނަން. ނުވެސްކުރެވޭނެ. އަހަރެން ހޯދަން ދެން ނޫޅުން އެންމެ ރަނގަޅުވާނީ” ޒާކިން އަތުގެ ތެރެއިން ގަދަކަމުން އަތް ނައްޓުވަމުން ނާދު ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ފޮށި ނަގައިގެން އޭގެއަށް ހުރިހާ ހެދުންތަކާއި ރީތިވާ ސާމާނު އަޅަމުން ދިޔައިރު އެމަންޒަރުތައް ޒާކިން ހުރީ ބަލަހައްޓައިގެންނެވެ. ފޮށި ބަންދުކުރުމަށްފަހު ކޮޓަރިން ނިކުންނަމުން ނާދު ގޮސް ހުއްޓުނީ ޓީވީ ރެކް ކައިރީގައެވެ. އޭގެ މަތީގައި އޮތް އޭނާގެ ކެމެރާ ނަގާ ވަކިން އޮތް ދަބަހަށްލުމަށްފަހު ކޮނޑުގައި އަޅުވާލިއެވެ. އަދި ޒާކިންއަށް ބަލާލުމެއްނެތި ހިނގައިގަތެވެ.

“އަހަރެންގެ ހިތެއް ނުބުނޭ ބޭބްއަށް ވެސް އަހަރެންނާއި ވަކިން އުޅެވިދާނޭ. އެހެންވެ ބުނާ އެއްޗެއް މީ. މިކޮޓަރިން ނިކުތުމަށްފަހު ނާދު ތިއީ މިނިވަނެއް. މާނައަކީ އަހަރެންގެ އަންބެއްނޫނޭ” ޒާކިން ލަސްލަހުން ބުނެލިއެވެ. ނާދުއަށް މަޖުބޫރުވީ ހުއްޓޭށޭވެ. އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. މިވަގުތު ޒާކިން ބުނި ގޮތަށް މަޑުކޮށްގެން އޭނާ ކުރަމުންދާ ނުބައި ކަންތަކުގައި އެއްފަރާތުގައި ހުރެގެން އެއްބާރުލުންދީ އެހީތެރިވާކަށް ނާދު ބޭނުމެއްނުވިއެވެ. މިހުރިހާ ދުވަހު އޭނާގެ މައުސޫމުކަމުގެ ފައިދާ ޒާކިން ނަގައިފިއެވެ. އެހެންކަމުން އޭނާ ގޮތެއް ނިންމިއެވެ. އޭނާ އެފަދަ ދިރިއުޅުމެއް ބޭނުމެއްނޫނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އަވަހަށް ކޯޓުން ބައްދަލުވާނެ” ޒާކިންއަށް ބަލާވެސްނުލާ ނާދު މިނިވަންކަމުގެ ތެރެއަށް ފިޔަވަޅު އެޅިއެވެ. ޒާކިންއަށް ހުރެވުނީ ޤަބޫލުނުކުރެވިފައެވެ. އޭނާއަށް ކުޑައިރުގެ ލޯބި އޭނާގެ މުޅި ދުނިޔެ ގެއްލުނީއެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބައިގަތީ އޭނާއަށް އެނގުމަކާއިވެސް ނުލައެވެ.

ކޮޓަރިން ނިކުމެގެން ދިޔަ ނާދު މުޑިއެރީ ނުނިދިގެން ބަގީޗާގައި ހުރުމަށްފަހު ގެއަށް ވަންނަން އައި  ޔަނާލާއެވެ. ސިޓިންގްރޫމުގައިވާ ފަނޑު އަލިކަމުގެ ތެރެއިން ނާދުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކެއް ޔަނާލަށް ސިއްރުވިއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ނާދުއަށް ޔަނާލްގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ. ޔަނާލް ހުރީ ހައިރާންވެފައެވެ. ނާދުއަށްވީ ކިހިނެއްކަން ނޭނގޭތީ އޭނާ ހާސްވަމުން ދިޔައެވެ.

“ކިހިނެއްވީ؟” އެހައިރާންކަމުގެ ތެރެއިން ޔަނާލް އަހާލިއެވެ.

“އަހަރެން މިހާރު މިއީ މިނިވަނެއް ޔާނާ” ރޮމުން ނާދުއަށް ބުނެވުނެވެ.

“ވަޓް؟ އެއީ ކިހިނެއް؟ ޑިވޯސްވީތަ ދެމީހުން” ޔަނާލް އަހާލިއެވެ.

“އާނ. ޔާނާ! ޒާކު އަކީ އަހަރެން ހީކުރި ކަހަލަ މީހެއްނޫން. ހީޒް އަ ކްރިމިނަލް” ޔަނާލް ބުނެލިއެވެ. ޔަނާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނާދުއަށް ހުރިހާ އެއްޗެއް އެނގުނީ ހެއްޔެވެ؟ އެމީހުންގެ އަނދިރި ފަޅިން ނާދުއަށް އެނގުނީ ކޯޗެއްތޯ ބެލުމަށް ޔަނާލް ބޭނުންވިއެވެ. އެހެންކަމުން ޔަނާލް ނާދުގެ ދެލޯ ކައިރި ފޮހެލިއެވެ.

“މިއީ ތިވާހަކަ ދައްކަން އެހާ ރަނގަޅު ތަނެއް ނޫން. މި ދަންވަރުގަ ކޮންތަނަކަށް ތިދަނީ ދެން” ޔާނާ އަހާލިއެވެ.

“ދާން އޮތީ އެންމެ ތަނެއް. އެއީ ރަށް. އެހީވާން ހުރީ ހަމައެކަނި ދޮންބެ. އެކަމަކު މިވަގުތު ދޮންބެވެސް ވީ ފަހަރި ގޮވައިގެން ބޭހަކަށް ގޮސް ރާއްޖެއިން ބޭރުގަ. ވަރީގެ ކަންތައް ކޯޓުން ނިމެންދެން މާލޭގައި ހުންނަން ޖެހޭނެ. އެކަމަކު މިގޭގައި ހުންނާކަށް ބޭނުމެއްނޫން” ނާދު ވާހަކަދެއްކިއެވެ.

“ހިނގާ އަހަރެން ކޮޓަރިއަށް” ޔަނާލް ނާދުގެ އަތުގައި ހިފައިގެން އަނެއް އަތުން ފޮށި ދަމަމުން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެއަށްފަހު ލައިޓް ދިއްލާލިއެވެ. ނާދުގެ ރަތްވެ ދުޅަވެފައިވާ ދެލޮލާއި ރަތްވެފައިވާ ނޭފަތް ފެނުމުން އޭނާ ހިތަށް ކޮށްފައިވާ އަސަރާއި ކަރުނައެޅި މިންވަރު ޔަނާލަށް އަންދާޒާ ކޮށްލެވުނެވެ. ނާދު އެނދުގައި ބޭންދުމަށްފަހު ސިކުނޑި ތާޒާ ކޮށްލުމަށްޓަކައި ފިނި ފެންތައްޓެއް ދިއްކޮށްލިއެވެ. ނާދު އެއްނޭވައިން ފެންތަށި ހުސްކޮށްލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ބުނަންތަ ވާހަކައެއް. އެއީ ރަނގަޅު ބައެއް ނޫންކަން މަށަށް ވުރެ ބޮޑަށް އެއްވެސް އިންސާނަކަށް ނޭނގޭނެ. އެކަމަކު މިއީ ދިރިއުޅުން. ވަރިކުރިޔަސް އަދި ޢިއްދައިގެ މުއްދަތު ހަމަވަންދެން މިގޭގައި ނާއްތައަށް އިނދެވޭނެ” ޔަނާލް ނާދު ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“ނޫން… މިއީ މީހަކު އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން. މިގޭ މިއުޅޭ ތިން ފިރިހެނުންނާއި މާއިރާއަކީ އިންސާނުންގެ ސިފަ ޖެހިފަ ހުއްޓަސް ހަމަ ޝައިތާނުން ތަކެއް” ނާދު ވާހަކަދެއްކިއެވެ. އަނެއްކާވެސް އޭނާގެ ދެލޯ ފުރިގެން އައެވެ.

“ނާއްތަ ތިބުނީ ތެދެއް. އެއީ ހަމަ ޝައިޠާނުން. ދުވަހަކުވެސް އެމީހުންނަކަށް އުފަލެއް ލިބެން އަހަރެން ނޭދެން” ޔަނާލް ބުނެލިއެވެ. ނާދު ޔަނާލަށް ބަލާލިއެވެ.

“ކިހިނެއްވީ؟” ނާދު ޔަނާލަށް މާގިނައިން ބަލަން ފެށުމުން ޔަނާލް ބުނެލިއެވެ.

“އަހަރެންނަށް ނާއްތައޭ ކިޔާފައި ގޮވާނީ ހަމައެކަނި ނާލް. ޔާނާ ތިނަމުން ގޮވީމަ ނާލް މަތިން ހަނދާންވަނީ” ނާދު ބުނެލިއެވެ. ޔަނާލްގެ ދެލޯ ފެންކަޅިވިއެވެ. އެހެން ދިމާލަކަށް ނަޒަރު ސީދާކޮށްލީ އެކަން ނާދުއަށް އެނގުނަ ނުދިނުމަށެވެ.

“ވެދާނެއްނު މިއީ ނާއްތަގެ ނާލް ކަމަށްވެސް” ޔަނާލް ބުނެލިއެވެ. އޭނާގެ ހަޤީޤަތަކީ ކޮބާކަން ނާދުއަށް އަންގަންވީ ވަގުތު ޖެހުނީކަން އޭނާގެ ހިތް ބުނެލިއެވެ.

“ތިބުނީ؟” ނާދުއަށް އެނދުން ތެދުވެވުނެވެ. ޔަނާލް އެނދުން ތެދުވެ އޭނާ ލައިގެން ހުރި ކަޅު ހެދުމާއި މޫނުފޮތިކޮޅު ބޭލިއެވެ. ކުރިމަތިން މިންޓް ކުލައިގެ ޓީޝާޓް ކޮޅަކާއި ޑިޒައިން ޖެހި ގަޔަށް ދޫ ހަރުވާޅޫގައި ހުރި ހިކި އަންހެންކުއްޖާ ފެނުމުން ނާދުއަށް ހީވީ އޭނާގެ ދެކަކުލުން ވާގި ދޫވި ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައިރު އެއީ ހުވަފެނެއްބާއޭ ވެސް ހިތަށް އެރިއެވެ. ނާދުއަށް ކިޔާނެ ބަހެއް ނޭނގި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ނަ….ނާލް….” ހައިރާންކަމުގެ ތެރެއިން ނާދުއަށް ބުނެވުނެވެ.

“އާނ ނާއްތާ މިއީ ނާލް” ޔަނާލް ބުނެލިއެވެ. އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ނާދު ނުވިސްނާ ހުރި ވަގުތު ޔަނާލް ނާދުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެވަގުތު ނާދުގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އޭނާއަށް ޔަނާލް ދުނިޔޭގައި ހުރިކަން ޤަބޫލުކުރަން އަދިވެސް ދަތިވަނީއެވެ.

“މާތްކަލާކޮ… މަށަށް މިފެންނަނީ ނުބައި ހުވަފެނެއްތަ؟ ﷲއަކްބަރު….” ޔަނާލްގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ނާދު ވާހަކަދައްކަމުން ދިޔައެވެ.

“ނާއްތާ! އަހަންނަށް މަޢާފްކުރޭ. މިގޮތަށް ފިލަން އަޅުގަނޑަށް މަޖުބޫރުވީ. ކުށްވެރިންނަށް ފާޅުވެގެން އުޅެން އަޅުގަނޑު ބޭނުންނުވީ” ޔަނާލް ވާހަހަކަދައްކަމުން ދިޔައެވެ.

“ހުއްޓާލާ. ކިހިނެއްވާންތަ މިއުޅެނީ. މާތްކަލާކޮ…. ކޮންފަދަ ކަންތައްގަނޑެއްމީ” ޔަނާލް ގަޔާ ދުރުކޮށްލަމުން ނާދު ބުނެލިއެވެ.

“ނާއްތައަށް ވެސް މިހާރު އެމީހުންގެ ނުބައި ރޭވުންތަކާއި ބެހޭގޮތުން ކުޑަ މިންވަރެއް ވިޔަސް އެނގިއްޖެއްނު. އަހަރެންވެސް މިހެން އުޅެންޖެހުނީ ހަމަ އެމީހުންގެ ސަބަބުން. އެއީ ވަރަށް ނުބައި ބައެއް. އެމީހުން އަހަރެންދެކެ ލޯބިވާކަމަށް ހާމަކުރުމަށް ކުޅުނު ކުޅިވަރުތަކާއި ފިރުމި ފިރުމުންތަކުގެ ސަބަބުން އަހަރެންގެ ދެލޯމަތީގައި ފޮތި އެޅުނީ. އެމީހުންގެ ތެރެއިން މީހަކު އަހަންނަށް ދެރައެއް ދީފާނެއޭ ހިތަށްވެސް ނާރާ. ހުރިހާ ކަމެއް އަހަންނަށް ފަޅާއެރިއިރު ވަގުތު ވަނީ ފާއިތުވެފަ” ޔަނާލް ވާހަކަދައްކަމުން ދިޔައެވެ.

“ކޮންފަދަ ރެއެއްމީ. ނާއްތައަށް ހުރިހާ އެއްޗެއް ކިޔާދީބަލަ” ނާދު އެދުނެވެ.

“އަހަރެން މިހިރީ ހުރިހާ ވާހަކަތަކެއް ކިޔާދޭން ތައްޔާރަށް. އެކަމަކު އެންމެ ފުރަތަމަ ނާއްތައަށް އެނގުނު މިންވަރު އަހަރެންނަށް ކިޔާދީބަލަ” ދެލޯ ކައިރި ފޮހެލަމުން ޔަނާލް ބުނެލިއެވެ.

“ބަނޑެއްގައި ރިއްސާތީ އަހަރެން އޮތީ ނުނިދިފައި. އެހެން އޮށްވަ ފެނުނީ ވަރަށް ސިއްރުން ޒާކް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔަތަން. އަހަރެން ވަރަށް ހައިރާންވި ޒާކު އެގޮތަށް އުޅުނީމަ. އޭނައަށް ހީވީ ކަންނޭނގެ އަހަރެން އޮތީ ނިދާފައޭ. އެހާ ސިއްރުން ޒާކް އުޅުނީމަ ހިތަށް އެރީ ކުރަން އެއުޅޭ ކަމެއް ހަމަ އެހާ ސިއްރުން އަހަރެންވެސް ބަލާނަމޭ. އެހެންވެ ފަހަތުން ދިޔައީ. ޒާކް ވަނީ މަންމަ ކޮޓަރިއަށް. ޒާކް ވަނުމުން އަހަރެން ވަރަށް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ބަލާލީ. އޭރު ތިބި މަންމައާއި ދޮންބެދައްތަ، ދޮންބެ. އެމީހުން ދެއްކީ ކޮންމެސް ރޭވުމަކުން މީހަކު މަރާލި ވާހަކަ. އަދިވެސް އެކަހަލަ މަޅިއެއް ޖަހައިގެން ކޮންމެސް އެހެން މީހަކު ފޮހެލާނަމޭ… ވަރަށް ރުޅިއާދެޔޭ… ދެން ނޭނގެ. ވަރަށް މަޑުން އަޑު އިވުނީ. އަހަރެން ހިތަށް އެރީ އެތަނުގައި އަހަރެން ހުއްޓާ އަހަރެން މަރާލާފާނޭ. އެހެންވެ އަވަހަށް ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީ” ނާދު އޭނާއަށް އޮޅުންފިލި މިންވަރަށް ކިޔާދިނެވެ.

“އެހެންވީމަ އަދި ވަރަށް ކުޑަ އެއްޗެއް ތި އެނގުނީ. ކުރިން ނާއްތަ މިގޭގައި އެންމެ ސައިލެންޓްކޮށް ހުންނާނީ. އެހެންވެ އެމީހުން ކުރާ އެއްވެސް ކަމެއް ބެލުމުގެ ޝައުޤުވެރިކަން ނާއްތަގެ ނުހުންނަނީ. އެކަމުގެ ފައިދާ އެމީހުން ނެގީ” ޔަނާލް ބުނެލިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތީއޭ މިހިތުގެ ވިންދަކީ…02

Next

ޔާރާ

Next
February 21, 2019

ޔާރާ

Previews
February 20, 2019

ތީއޭ މިހިތުގެ ވިންދަކީ…02

17 Comments!

  1. Ushaali says:
    February 21, 2019 at 7:30 pm

    salaam all
    mi bai ves huriha kiyuntherinnah kamudhaane 🙂 kamah ummydhu kuran

    1. Kiuntherieh says:
      February 21, 2019 at 10:44 pm

      Kihineh mivanee yanaal banduboduvegen ulhunu hisaabakun mihaaru konbayeh miannanfeshee.vaanuvaa neyge

  2. Saal says:
    February 21, 2019 at 8:01 pm

    Yeah v reethi haadha inthizaareh kurevihjey mi part ah ❤️ Kon irakun aneh part up kohdheynee waiting waiting ?

  3. Stranger says:
    February 21, 2019 at 8:23 pm

    Haadha kurey. Ven next part

    1. Ushaali says:
      February 21, 2019 at 10:01 pm

      nooney stranger. maa bodah kiyaahiy vefa ineema heevi goi kannenge. ehen part thakaa ehvvarah mi genesdhinee

  4. Maako says:
    February 21, 2019 at 8:35 pm

    V reethi mi part vs…..u r my favourite writer..
    Waitìn for the next part????

  5. NaXu says:
    February 21, 2019 at 9:10 pm

    Ushaali…plx next part upload soon….?

    1. Ushaali says:
      February 21, 2019 at 10:02 pm

      🙂 will try ingey NaXu

  6. yaaanaa says:
    February 21, 2019 at 9:13 pm

    wow.. varah reethi.. masha allah.. ??? next part avahah up kohdhehche..??

    1. Ushaali says:
      February 21, 2019 at 10:04 pm

      🙂 thankyou so much yaaanaa. witt try ingey

  7. My says:
    February 21, 2019 at 9:53 pm

    Mirey next part kiyaalun libidhaanetha? Please!

    1. Ushaali says:
      February 21, 2019 at 10:05 pm

      🙂 so sorry My. hiyeh nuvey mirey geneveynehen

  8. SCARLET❤ says:
    February 21, 2019 at 11:15 pm

    OMG….. I’m I last…???? bt stry v salhi ingey… luv it???

  9. Swety says:
    February 22, 2019 at 10:21 am

    Ahey komme parteh ves kiyalan ee vvv kihahithun….ushaali ur are the best story writter…???????

  10. Xio says:
    February 22, 2019 at 5:15 pm

    Vaanuvaa olhijje. Haroon nuhingey meehakah vee koniraku.

  11. Rose says:
    February 23, 2019 at 7:21 pm

    Usaali ge konme vaahaka ehves kiyanii v kiyaahithun! Vvv reethi usaali ge vaahakathah??

  12. rs says:
    February 24, 2019 at 12:00 pm

    kobaatha miadhu ge part

Comments are closed.

Next Episodeދިނީ ޒަހަރު…. 24←


All Right Reserved!