
ހިތް ލޯބިން ދެވިއްޖޭ 6
މަޑުމަޑުން އެސްފިޔަތަށް ތަޅުވާލަމުން ލޯ ހުޅުވާލި ސުންހާއަށް އޭނާގެ މޫނުމައްޗަށް ދިއްލާފައިވާ ހުދު އަލިފެނުނީ ހިސާބަކަށް ފުސްކޮށެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އޮތްތަނުން ބޯހިއްލާލަން މަސަތްކަތް ކުރިއެވެ. ސުންހާގެ ބޮލަށް އަރައިގެން ދިޔައީ ތޫނު ތަދެެކެވެ. އޭނާގެ އަނގައިން މަޑު އާހެއް ނިކުތެވެ. އެއާއެކު އެނާއަށް މީހެއްގެ ހިލަންވިއެވެ. އެނދުމަތީގައި ބޯ އަޅާލައިގެން ބޯ ޖަހައިގެން އޮތް ޔަމާން ބޯ ހިއްލާލިއެވެ. ފޫކޮޅުގައި ކައްޓެއް ޖެހިފަދައިން ތެދުވެ އެނދުގައި އިށީނދެލިއެވެ. “އަދި ވަރަށް ވީކްއޭ،..ރެސްޓް ކޮށްލާ..” ސުންހާގެ ކޮނޑުގައި ހިފާއްޓާލަމުން އަލުން ބާލިސްމަތީގައި އޭނާ ބައްވާލަދިނެވެ.
މީގެ ގަޑިއިރެއް ކުރިން ވީ ކަންތަށް ސުންހާގެ ޙިޔާލަށް އަންނަން ފެށިއެވެ. “ކޮބާ މަންމަ..” މަންމަގެ ވާހަކަ އާހަލިއިރު އޭނާގެ ދެލޮލަށް ކަރުނަ ބޮނޑިވެގަތެވެ. އެ ކަރުނަތަށް ބަލަން އުނދަގޫވުމުން ޔަމާން އިސްޖަހާލިއެެވެ. “ހިނެވުމުގެ ކަންތަށް ކުރިއަށް ދަނީ..” އަމިއްލަ އިސްތަށިގަނޑުގައި އަތްހިނގާލަމުން ޔަމާން ބުނެލީ ދޮގުހަދަން ނުކެރުމުންނެވެ. ސުންހާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓޭތަން ބަލަން ކެތްނުވިނަމަވެސް މިއަދު އިތުރުގޮތެއް ނެތެވެ. ޝަރީފްގެ އަދިވެސް ހޭނާރާއިރު އެންމެން ހޭބޯނާރާ އޭނާ ކައިރީގައި ޑިއުޓީ ކުރަމުންދިޔައެވެ. އަޝްފާގެ ކަށުކެމީގެ ކަންތަށް ކުރިއަށް ގެންދެވޭ ތަނުގައި އައިކް އަދި ޝިމާޒު އެންމެން އިސްކޮށް ހަރަކާތްތެރިވާއިރު ސުންހާ ކައިރީގައި ޔަމާން ނޫން މީހަކު ނެތީއެވެ. ޔަމާން އެކަނި ހުރުމުން ސުންހާއަށް ފުދޭނެކަން ދެނެގަންނަމުން ދެންތިބި މީހުން އާލިމް ފޮނުވާލީއެވެ.
“ކޮންބަޔެއް މަންމައާ ބައްޕަ ކައިރީގަ..” ހިތްވަރުކޮށްފައި ސުންހާ އެއްސެވެ. “މަންމަ ކައިރީ އައިކްއާއި ޝިމާޒްއާ ދެން އެމީހުންގެ ފެމެލީވެސް އުޅޭ މަންމަގެ ތިމޭގެ މީހުންވެސް..ބައްޕަ ކައިރީގަވެސް އާލިމްއާ އޭނާ މަންމައާ އެބައުޅޭ ބައިވަރު މީހުން..” ޔަމާންގެ ޖަވާބާއެކު ސުންހާ ހިތްހަމަޖެހުނެވެ. އެހެންނަމަވެސް ދެން މުޅި ކޮޓަރިއަށް ފެތުރުނީ ހިމޭންކަމެވެ. އިނގިލި ތަކާ ކުޅެމުން ދިޔަ ސުންހާވެސް ގެނބިގެން ދިޔައީ ފުން ޙިޔާލަކަށެވެ. އޭނާގެ ކޮންމެ ހަރަކާތެއް ފޫހިކަމެއްނެތި ޔަމާން ދިޔައީ އޭނާގެ ހިތުގައި ކުރުހަމުންނެވެ. އެހެންނަމަވެސް އެ ނާޒުކު މަލުގެ މިލާ މޯޅިވެފައިވާ މޫނު ފެނުމުން އޭނާގެ ހިތުގައި ކޫރުން އެޅުނު ފަދައެވެ.
“މަންމަ އަދި އަންނާނެ ދޯ..އެކީއްވެ މަންމަ ދިޔައީ..މަންމަ ބައްޔެއްވެސް ނޫނޭ..” ޔަމާން ސިއްސައިގެން ދިޔައީ ހިމޭނުން އިނދެފައި މަޑު ގިސްލުމަކާއެކު އޭނާ ރޮއިގަތް އަޑަށެވެ. ކުޑަކުއްޖެއް މަސަލަސް ކުރަން އުޅޭ ފަދައިން އޭނާ މަސަލަސް ކުރަން ޔަމާން އުޅެގަތެވެ.”ޝްޝް.ދެން ހުއްޓާލާ މަ ބުނީމެއްނު ކޮންމެ މީހަކީވެސް ވަގުތު ޖެހުނީމަ ވަކިވެގެން ދާނެ މީހެކޭ. ދެން ރުޔަކަސް މަންމައެއް ނާންނާނެ އެއްނު.” ހިތުގައި ޖެހިފައިވާ ވަގުތެއްގައި މީހެއްގެ އަޅާލުން ލިބުމުން ޔަމާންގެ އަތުތެރެއަށް ސުންހާ ވިރިގެން ދިޔައެވެ. ހިތުގައި ހުރިހާ އުދާހެއް ކަރުނައިގެ ސިފައިގައި ބޭރުކުރީ ޔަމާންގެ މޭމަތީގައި ބޯ އަޅާލައިގެން ކުރުގެޅިގެން އޮވެެއެވެ. “ރުއީމަވެސް ތިއްތި މިސް ހަމަ ތިއްތީއޭ..” ސުންހާގެ ކަރުނަތަށް ފޮހެލަމުން ޔަމާން ކޮށްލި ސަމާސާއިން ސުންހާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިއެވެ. “ސުވަރުގޭން މަންމަ ފެންނާނެ ދޯ..” މައުސޫމްގޮތަކަށް ސުންހާ އެއްސެވެ. އެއްމިޔަކުން ހީލަުމާއެކު ޔަމާންގެ ހިތް އެ މައުސޫމްކަމަށް ލެނބުނެވެ. “އިންޝާ ﷲ..” ސުންހާގެ އެ އެދުން ފުރިހަމަ ކޮށްދެއްވުމަށް އެދި ހިތާހިތުން ޔަމާން ދުއާކޮށްލިއެވެ.
“ކޮބާ ހޭއެރީތަ..” ކޮޓަރީގެ ދޮރުގައި ޓަކިތަޅާލަމުން އެތެރެއަށް ވަނީ އާލިމްއާއި އޭނާގެ ލޯބިވެރިޔާ އައިރާގެ އިތުރުން އައިކް އާއި އޭނާގެ ލޯބިވެރިޔާ ޒީޝަންއެވެ. އާލިމް އިސްވެ ހުރެ ހިނގާފައި އައިސް ޔަމާންގެ އަތުތެރޭގައި އޮތް ސުންހާގެ ބޮލުގައި ފިރުމާލިއެވެ. ސުންހާވެސް އަވަސް ހަރަކާތާއެކު ޔަމާންގެ އަތުތެރެއިން ނުކުމެ ހޮސްޕިޓަލް އެނދުގެ ފަޑީގައި ލެނގިލިއެވެ. “މައެ މަންމަ ދިން އެއްޗެއް..” އާލިމް ދިނީ ސުންހާއަތަށް ނޫޑުލިސް ތަށްޓެކެވެ. “ނޯ މަންމަ ކެއީމަ ކާނީ..” ސުންހާ ވަގުތުން ދެކޮޅު ހެދިއެވެ. އާލިމް ޔަމާންއަށް ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ. އެކަން ކޮށްދޭނޭ ބުނާ ފަދައިންނެވެ. ޔަމާން ބޯ ޖަހާލިއެވެ.
ތިން ފިރިހެނުންގެ މެދުގައި ދެން ފެށިގެން ދިޔައީ ސްކޫލުގެ ތަފާތު ވާހަކަތަކެވެ. އުނދަގުލުންނަމަވެސް ޔަމާން މަސަތްކަތް ކުރީ ސުންހާއަށް ކާންދެވޭތޯއެވެ. ސުންހާގެ މައުސޫމް ފަޅި ޔަމާން ކުރިމަތީގައި ރީއްޗަށް ހާމަވެގެންދިޔައީ އޭނާގެ ހިތް އިތުރަށް ސުންހާގެ މައްޗަށް ލަނބާލަމުންނެވެ. މަންޒަރު ބަލަން ތިބި އާލިމް އަދި އައިރާގެ އިތުރުން އައިކްއާއި ޒީޝަންއަށްވެސް އެ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްކަށްޓަކައި ހަގީގީ ލޯބިވާކަން ހާމަވެގެން ދިޔައެވެ. އެ ހަތަރު މީހުންގެ ތުންފަތް މަތިންވެސް ފެނިގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. “އެންމެ ފަހު ސުވާ..” އުލުގައި ނޫޑުލިސް ގަނޑު އޮޅާލަމުން ސުންހާގެ އަނގަޔާ އޫ ކައިރިކޮށްލި ޔަމާން ކުރުނުކޮށް ކިޔަން ފެށީ ސުންހާ ދެފަރާތަށް ބޯ ހޫރަން ފެށީމަވެ. “ނޯ ނޯ ފުލް ވީ..” އޭނާ ކިޔަމުން ދިޔައެވެ.
“ތިއްތި ކުދިން ހުސްކުރާނެ..” ޔަމާން މަޖަލަކަށް ބުނެލިއެތިން އައިކް މެން ހަތަރުމީހުންގެ ހިނިގަނޑު ހިފާއްޓާލިއެވެ. ސުންހާ ތުންދަމާލަމުން އޫ އަނގަޔަށް ލީއިރު އޭނާ އެ އުލުގައި ދަތް އަޅާލިއެވެ. ޔަަމާންއަށް އެ އޫ ސުންހާގެ އަނގައިން ނެގޭ ގޮތެއް ނުވިއެވެ. ދަމައިގަންނަން ނުކެރުނީ ސުންހާއަށް ދަތުވެދާނެތީއެވެ. “އޯހް ތިއްތި މިސް ވަރަށް މޮޅު ވޭ ދޯ އެހެންމަ މީހުންގެ ގައިގަ ދަތް އަޅަންވެސް..” ޔަމާން ބުނެލިއެތިން ސުންހާއަށް ނެގުނީ ނުބައި މާނައެކެވެ. އެނާ ވަގުތުުން އޫ ނައްޓާލަމުން އަނގަ ލައްޕާލިއެވެ.
” އައިޝާއްތަޔާ މަގޭ މަންމަ އެބަ އުޅޭ ސުންހާ ބައްޕަ ކައިރީ މިހާރު ހޭޥެސް އަރައިފިޔޯ..އެހެންމަ ދެން ހިނގާ އަހަރުން ދާން ހިނަވާ ތަނަށް މި މީހުން މަޑުކުރާނެ ސުންހާ ކައިރީ..” ޒީޝަންއާއި އައިރާއަށް އިޝާރާތްކޮށް އައިކް ދިނީ ޙިޔާލެކެވެ. ސްކޫލުން ބޭރުގައި އައިކްވެސް ކަންތަކުރަނީ ރައްޓެއްސެއްގެ ހައިސިއްޔަތުންނެވެ. ގާތްއެކުވެރިން ކަމުގައިވާ ޒީޝަންއާއި އައިރާ ވަގުތުން ބޯޖަހާލިއެވެ. ސުންހާއާ އެކުވެރިވެލަން ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް އެދެމީހުން ދުށްޓެވެ.
ދިއުމަށް ހުއްދަ ހޯދާފަދަ ގޮތަކަށް ސުންހާގެ މޫނަށް ޔަމާން ބަލާލިއެވެ. ހިތާ ދެކޮޅަށް ނަމަވެސް ސުންހާ ބޯޖަހާލިއެވެ. “ޓޭކް ކެއާރ..” އައިކް މެންނާއެކު ބޭރަށް ދާން ހިނގައިގަންނަމުން ސުންހާގެ ކަންފަތް ދޮށަށް ތިރިވެ ޔަމާން ބުނެލިއެވެ. ނޭވާ ކައިރިން އިހްސާސްވެ އެ އަޑުން އިވުމުން ސުންހާގެ ހަށިގަނޑުގައި ހުރި ލޯލިތަށް ކޮޅަށް ޖެހުނެވެ.
އެ ތިން މީހުން ނިކުތުމުން އައިރާއާއި ޒީޝަން ސުންހާއާ ޕާޓުވާން ފެށިއެވެ. އެއްމިޒާޖެއްގެ ތިން އަންހެން ކުދިންކަންވެސް ނަސީބެކެވެ. ފަހުގެ ފެޝަންއާއި ސޯޝަލް މީޑިއާގެ ވާހަކަތަކުން ވަރަށް އަވަހަށް ގުުޅުން ބަދަހިވިއެވެ.
** *** ** *** **
އާސަހަރާގެ ހިނަވާ ބަޔަށް ވަދެގެން ދިޔައިރު އެތަނަށް ވަނީ އެތަށް ބަަޔަކު އެއްވެފައެވެ. އަޝްފާގެ އާއިލާ ދިޔައީ ކަރުނަ އަޅަމުންނެވެ. އެތެރެއަށް ވަތް އާލިމްމެންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ވާހަކަ ދައްކަން ތިބި އައިޝާއާއި ޝަރީފްއެވެ. އެދެމީހުންގެ ނަޒަރު ވަނީ ގުޅިފައެވެ. އާލިމްމެން އެ ދިމާލަށް ހިނގައިގަތެވެެ. “ޑޮކްޓަރު ދޫކޮށްލީތަ..” އާލިމް އެއްސެވެ
“ނޫން މޫނުބަލަން އަންނަވެގެން ގަދަކަމުން މީނަ ނިކުތީ އެތަނުން..” ޖަވާބު ދިނީ ޝަރީފް ހިތްހަމަޖައްސައިދެމުން ދިޔަ އައިޝާއެވެ. ޝަރީފްއާއެކު ހުރުމުން އައިޝާގެ ލޮލުގައިވީ ނޭނގޭ އުފާވެރިކަން އާލިމްއަށް ފާހަަގަވިއެވެ. އޭނާ ލާނެއްގޮތަކަށް އެއްބުމަ އަރުވާލިއެވެ. “ދޭބަލަ އެތެރެއަށް މޫނު ދައްކައޭ އެބަ..މެންދުރު ނަމާދަށްފަހު ވަޅުލަޔޯ..” އާލިމްގެ ކޮނޑުގައި އައިޝާ ޖަހާލިއެވެ. “ކޮބާ ސުންހާ..” ޝަރީފް އެއްސެވެ. “އެބައޮތް..ދެންމް ނޫޑުލިސް ހުސްކުރީ..ޑޮކްޓަރު ބުނީ އައިވީ ހުސްވީމަޔޯ ދޫކޮށްލެވޭނީ..ނޭނގެ މޫނު ބަލަން އާދެވޭނެކަމެއް..” ޔަމާން ބުންޏެވެ. މާޔޫސްވެފައިވާ ޝަރީފް ކަންބޮޑުވިނަމަވެސް ބޯ ޖަހާލިއެވެ.
“ޝަރީފްބެ އެހާ ކަންބޮޑެއް ނުވޭ ދޯ އަޝްފާއްތަ މަރުވެގެންނެއް..” އައިކް އޭނާއަށް ޝައްކު ކުރެވޭ ގޮތް ބުނެލިއެވެ. “އާން އަސްލު އެދެމީހުންގެ ގުޅުން އެހާ ރަނގަޅެއް ނޫނޭ..ބައްޕަ ދައްކާނެ އަޝްފާއްތަ ރުޅިގަދަ ވާހަކަ” އާލިމް އޭނާއަށް ހީވާއެއްޗެއް ބުނެލިއެވެ. “އެކަމަކު އައިޝާއްތަޔާ ޝަރީފްބެޔާ ހަމަ ގޯލްސް..” ޔަމާން ބުނެލި ވާހަކަޔާ އައިކުވެސް އެއްބަސްވިއެވެ. އެއްޗެއް ނުބުނި ކަމުގައިވިޔަސް އާލިމް ޖަހާލީ ހިނިގަނޑެކެވެ.
ހިނަވާފައިވާ އަޝްފާގެ ފުރާނަ ނެތް މަސްގަނޑުކައިރީގައި ޔަމާންމެން ހުއްޓިލިއެވެ. އަޝްފާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފެނި އެތިންމީހުންނަށްވެސް ހިނިތުންވެވުނެވެ. ސުންހާޔާ ހާދަ ވައްތަރޭ ޔަމާން ހިތަށްއެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި ތިބި ޒީޝަން އައިރާއަދި ސުންހާއަށެވެ. ސުންހާގެ ދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. “ކޮންއިރަކު ދޫކޮށްލީ..” އާލިމް އެދިމާލަށް ހިނގައިގަންނަމުން އައިރާ ކުރެން އެއްސެވެ. “ދޫކޮށްލީކީ ނޫން..ޝިމާޒު ގުޅާފަ މެންދުުރު ވަޅުލާ ވާހަކަ ބުނީމަ ޑޮކްޓަރާ ހަނގާކޮށްފަ ސުންހާ ނިކުތީ..މޫނުން ބަލަން ބޭނުމޯ” އައިރާ ބުނި ވާހަކަޔާ ސުންހާގެ ކޮނޑުގައި ހިފާއްޓާލައިގެން ހުރި ޒީޝަންވެސް އެއްބަސްވިއެވެ. “ޔަމާން..މީނަ ގޮވައިގެން ދޭބަލަ..ކައެއަށް އެކަންޏޭ ކޮންޓްރޯލް ކުރެވެނީ..” އައިކްގެ ބަހާއެކު ސުންހާގެ ކޮނޑާށް އަތް ވައްޓާލައިގެން ޔަމާން ހިނގައިގަތީ އަޝްފާ އޮތް އެނދާ ދިމާލަށެވެ.
ސުންހާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. “ދެން..ބަލަ މަރުވެފެ ތިބޭ މީހުން ކައިރީ ރޯކަށް ނުވާނެއޭ..މަންމަ ދެރަވާނެ އެއްނު ސުންހާ ރޮންޏާ..” ސުންހާގެ އަނގަމަތީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔަމާން ބުނެލީ މަޑުމަޑުންނެވެ. ރުއިން ގިސްލުމަކަށް ބަދަލުކޮށްލަމުން ޔަމާންގެ މެދު ހަށީގައި ސުންހާ ބައްދާލިއެވެ. އޭނާގެ ބުރަކަށީގައި ޔަމާން ފިރުމާލިއެވެ. “ބަލާ ސުންހާ ހުއްޓާލީމަ މިހާރު މަންމަ ކިހާ ހެޕީ..އެއޮތީ ހެވިފައެއްނު..” ސުންހާ އުފާކޮށްލަދިނުމުގެ ގޮތުން އަޝްފާގެ ހިނިތުންވުން ޔަމާން ދައްކާލިއެވެ. އޭނާގެ މަސަތްކަތް ކާމިޔާބުވިއެވެ. ކަރުނައިގެ ތެރެއިން ސުންހާ ހިނިތުންވެލިއެވެ.
“އޭ އޭނާ އޭންދީ ކީއްވެފަތަ..މިހާރު އަހަރުންނާ ހާދަ ދުރުވެއްޖެޔޭ..” ދުރުގައި ހުރި ގޮނޑިއެއްގައި ދެއަތުން މޫނު ފޮރުވާލައިގެން އިން ޝިމާޒަށް އިޝާރާތްކޮށް ޒީޝަން އެއްސެވެ. އެއާއެކު ދެންތިބި މީހުންގެ ސަމާލުކަންވެސް ހުއްޓުނީ އޭނާއަށެވެ. އައިކް ކޮނޑުއަރުވާލިއެވެ. ހަމަ އެވަގުތު އެމީހުންގެ ލޮލުގައި އަޅައިގަތީ އެތެރެއަށް ވަދެގެން އައި ޝިމާުޒުގެ މަންމަޔާ ބައްޕައެވެ. “މުހައްމަދުބޭ ޝިފާއްތާ އައިސްބަލަ..” ޝިމާޒުގެ ބައްޕައަށް އާލިމް ގޮވާލިއެވެ. މުހައްމަދުމެން ދެމަފިރިން ހިނިތުންވެލަމުން އާލިމް މެންނާދިމާލަށްއައެވެ. “ޝިމާޒަށް ކީއްވެފަތަ އެހުންނަނީ..އޭނާ ބަލީތަ ހާދު ދުރުވެއްޖޭ އެންމެންނާ..” އައިކް އޭނާ ހިތުގައި އޮތް ސުވާލުކޮށްލިއެވެ.
“ޝިމާޒުދޯ..އެސޮރު ވަރަށް ފަހުން އަހަރުމެންވެސް ވަރަށް އަހައިގެން ކިޔަދިނީ..އޭނާ ދެއަހަރު ވަންދެން ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ އެހެން ފިރިހެނަކާއެކީ އޭނާއަށް ދޯކާދިިނިއްޔޯ..އެސޮރު ވަރަށް ލޯބިވި އެމަންޖެދެކެ..މިހާރު އެކަމު އެ މަންޖެ ދިޔައީ ޑޮކްޓަރީކަން ކިޔަވަން މެލޭޝިޔާއަށޯ..އެހެންވީމަ އެސޮރު ހުންނަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގަ..ކޮންނަމެއްތަ އެމަންޖެޔަށް ކިޔަނީ” މުހައްމަދު ވަރަށް ދެރަވެފައި ކިޔަދިނެވެ. އޭނާގެ ވާހަކަ ނިންމާލަމުން ޝިފާއަށް އަމާޒުކޮށްލީ ސުވާލެކެވެ”ލިވާ..ލިވާ ކިޔަނީ އެމަންޖެއަށް އަހަރުމެންވެސް ވަރަށް މަސަތްކަތް ކުރަން އެސޮރު އުފަލުގަ ބަހައްޓަން އެކަމަކު..މީ މި ވާވަރަކީ.” ޝިފާ އިތުރުކޮށްލިއެވެ.
“އަޅެ އަހަރުމެންނަށްވެސް އަނގާނުލާ ވިއްޔަ..އެކަމަކު އެންމެ ގާތް އެކުވެރިންނޯ..” ޝިމާޒާ ދިމާލަށް ހިނގައިގަންނަމުން އައިކް ބުނެލިއެވެ. އޭނާގެ ފަހަތުން އަނެއް ތިންމީހުންވެސް ދިޔައެވެ. ލިވާ ދެކެ ޝިމާޒުވާ ތެދުވެރި ލޯބި އެމީހުންނަކަށް އޮޅިފައެއް ނެތެވެ. ފުރާނައެކީހެން ލިވާއަށް ގުރުބާންކޮށްގެން ޝިމާޒު އޭނާ ގެންގުޅުނު ގޮތް އެންމެ ގާތުން ދުށީ އެމީހުންނެވެ.
އާލިމްމެން ޝިމާޒާ އެތަކެއް ވާހަކަތަކެއް ދައްކާ ހެއްވަން މަސަތްކަތް ކުރިއެވެ. އެހެންނަމަވެސް އާނ ހޫނ އަކުން އޭނާ ފުއްދާލަނީއެވެ. އަނެއްކޮޅުން ސުންހާ މަސަލަސް ކުރުމަށް އައިޝާއާއި ޝަރީފްގެ އިތުރުން ޔަމާން ކުރަމުން ދިޔަ މަސަތްކަތް ވަރަށް ބުރައެވެ. އެންމެން ގާތުގައި އަބަދުވެސް ހުރީ ޔަމާންއެވެ. ސުންހާ ގާތުގައި ދެގޮތެއްނުވެ މުޅި އުމުރުވެސް އޭނާ ހުންނާނީ ހަމަ އެފަދައިންކަން ހަރަކާތްތަކުން ހާމަކޮށްދެމުންނެވެ.
** *** ** *** **
އަޝްފާގެ ކަށުކެމީގެ ކަންތަށް ނިމިގެން ދިޔައީ އެންމެންގެ މޫނުމަތީގައި ހިތާމައިގެ ސާލެއް އޮޅާލާފައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުނީ ޝިމާޒްމެން ތިން ފިރިހެންުނެވެ. ޔަމާންއަށް މާ ބޮޑުކަމެއް ނުކުރެވުނަސް ސުުންހާގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާއެވެ. ތަޢުރީފްކުރުން ހައްގު މަސަތްކަތެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. އޯލަވަލް ދުވަސްކޮޅުކަމުގައިވިޔަސް ވީވަރަކުން ސުންހާއަށް ވަގުތު ދެވޭތޯ ޔަމާން މަަސަތްކަތްކުރަމުން ދިޔައެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އެހެން އެންމެންގެވެސް ފުރިހަމަ އަޅާލުން އޭނާއަށް ލިބުނެވެ. އޯލަވަލް އިމްތިހާނު ނިމިއްޖެއެވެ. ގްރޭޑް 10 އެއްގައި ކިޔަވަމުން ދިޔަ ޔަމާންމެންގެ ގްރެޖުއޭޝަން ހަވީރުގެ ވަގުތު ނިންމާލަމުން ރޭގަނޑަށް ހަމަޖެހިފައި އޮތީ ޑިނާރ ނައިޓެކެވެ. އެހުރިހާ ކަމެއްގެ ފުރިހަމަ ތައްޔާރީ ވެވެމުން ދިޔައިރު ޔަމާން ތައްޔާރުވަމުން ދިޔައީ އެއަށްވުރެ ބޮޑު ކަމަކަށެވެ. ރޭގަނޑު އަށެއް ޖެހުމާ ގާތްވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުންވެސް ބާރުވަމުން ދިޔައެވެ. އޭނާއަށް ނޭވާލާންވެސް އުނދަގޫވާފަދައެވެ. އޭނާގެ ހަރަކާތްތަށްވެސް ނިކަން އަަވަހެވެ. އަލަށް ކުރަން އުޅޭކަމެއް ކަމުން އޭނާ ހުރީ ހިސާބަކަށް ބިރުގަނެފައެވެ.
ކަޅު ކުލައިގެ ކޯޓުގެ ގޮށް އަޅުވާލަމުން ލޯގަނޑު ކުރިމަތީގައި ޔަމާން ހުއްޓިލިއެވެ. ޒަމާނީ ގޮތަކަށް ސްޓައިލް ކުރެވިފައިވާ އޭނާއިސްތަށިގަނޑު އިތުރަށް ރީތިކޮށްލީ އަތް ހިނގާލަމުންނެވެ. ގަޔަށް ސެންޓު ބުރުވާލަމުން އަތުކުރީ ގަޑިއަޅާލިއެވެ. އަދި އަމިއްލަ ސޫރައަށް ބަލާލިއެވެ. ހުދުކުލައިގެ ގަމީހަކާއެކު ރަތްކުލައިގެ ޓައީގެ މަތިން ކަޅުކުލައިގެ ކޯޓު ލުމުުން އޭނާގެ ހިކި ދިގު ހަށިގަނޑު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ.
“އޯހް މައި ހޭންޑްސަމް..” ކޮޓަރި ދޮރު ހުޅުވާފައި ވަތް އޭނާގެ ދޮންތަ ޔަޝަލް ބުނެލިއެވެ. ޔަމާން އެއްމިޔަކުން ހީލިއެވެ. އޭނާގެ މަންމައެއްގެ މަގާމު އެންމެ ކުޑައިރުއްސުރެއް އަދާކުރަމުން ދާ ޔަޝަލް އޭނާގެ ޓައިއަދި ގިރުވާން ރީތިކޮށްދިނީ އިސްތަށިގަނޑުގައި ފިރުމާލަމުންނެވެ. ޔަޝަލްގެ ލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނައިންނެވެ. “މަގޭ ކޮއްކޮ ސްކޫލު ނިމުނީ ދޯ..ދެން ބޮޑުވީއޭ.؛.ބަލާ ނުވަ އަހަރު ކުޑަ މީހާ މިހާރު މަށަށް ވުރެ މާދިގު” ކުރެހިފައިވާ އަޑަކުން ޔަޝަލް ބުނެލިއެވެ. ކުރީގެ ދުވަސްތަށް ހަނދާންވުމުން ޔަމާންއަށްވެސް އަސަރު ކުރާ ގޮތްވިއެެވެ. ދޮންތަގައިގައި އޭނާވެސް ވަރަށް ލޯބިން ބައްދާލިއެވެ. ބުރުގާމަތިން ނަމަވެސް އެ ބޮލުގައި ފިރުމާލިއެވެ.
ދޮރު ކުރިމަތީގައި ހުރެ މީހަކު ނޭފަތް ދަމާ އަޑަށް ޔަމާން ބޯ ހިއްލާލިއެވެ. އޭނާގެ ދޮންބެ ޔާއިލް ހުރީ ދޮރު މަތީގައި ރޯކަމަށް ހެދިގެންނެވެ. “މަށަށް ނެތްތަ ޖާގައެއް..” ސަމާސާކޮށްލަމުން ޔާއިލް އެއްސެެވެ. “އުހޫނ..އާދޭ އާދޭ..” ދެކޮއްކޮއަށްވެސް ހަމަހަމަ ވަމުން ޔަޝަލް އޭނާގެ އަތް ފުޅާކޮށްލިއެވެ. އުމުުރުން ވިހި އަހަރުގެ ޔާއިލްވެސް ކުޑަކުއްޖެއް ފަދައިން އޭނާގެ ދޮންތަގައިގައި ބައްދާލިއެވެ. ހަގީގީ އުފާވެރިކަމަކީ ކޯއްޗެއްކަން ޔަޝަލްއަށް އިހްސާސްކޮށްދިނީ އޭނާގެ ދެކޮއްކޮއެވެ. އެކުދީންނަށް ކުޑައިރު ދެވުނު ރަނގަޅު ނަތީޖާ މިއަދު ފެނިއްޖެއެވެ. ބިސްނަސް ކަންތަކުގައި ބައްޕަ ޒިވާން ބުރަކޮށް އުޅެމުން ދިޔައިރު ކޮއްކޮމެން ގޮވައިގެން އޭނާ އެކަނި ބުރަކޮށް އުޅުމުގެ ނަތީޖާ ފެންނަނީ ވަރަށް ފޮނިކޮށެވެ.
“އޭ ދަނީ އިނގޭ ލަސްވެއްޖެ..” ޔާއިލްއާއެކު ކުޑަކޯޅުމަކަށް އަރައިގަނެގެން އުޅުނު ޔަމާން އޭނާގެ ކޯޓު ރީތިކޮށްލަމުން ހިނގައިގަތެވެ. ޔާއިލްވެސް އޭނާގެ ކޮނޑުގައި ޖަހާލިއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ދިޔަ ޔަމާންގެ ފިޔަވަޅުތަށް ހުއްޓުނީ ސޯފާގައި ލެޕްޓޮޕް ހިފައިގެން އިން ބައްޕަ ޒިވާން ފެނުުމުންނެވެ. “ބައްޕާ..” ޔަމާން އޭނާގެ ބައްޕަ ކުރިމަތީގައި ހުއްޓި ފުރިހަމަ އިޙްތިރާމާއެކު ގޮވާލިއެވެ. ޒިވާން އޭނާގެ ނަޒަަރު ލެޕްޓޮޕުން ވަކިކޮށްލިއެވެ. އެއްބުަމަ އަރުވާލަމުން އަލަށް ކޯޓު ފަޓުލޫނުގައި ފެނުނު އޭނާގެ ދަރިފުޅަށް ބަލާލިއެެވެ. “ފައްސަތޭކަ ރުފިޔާ ލިބިދާނެތޯ..” ނުކެރި ހުރެފައިވެސް ޔަމާން އެއްސެވެ. “އެހް ހާދަ ދުރުގޮތަކަށް ފައްސަތޭކަ އެއީ މާބޮޑު އެއްޗެއް ނޫނެއްނު..އަނެއްކާ ކީއްކުރާ ލާރިއެއް ސްކޫލަށް ދާއިރު” މަޑުމައިތިރި މިޒާޖެއްގެ ވެރި ޒިވާން ވޮލެޓުން ސަތޭކައިގެ ނޫޓެއް ޔަމާންގެ އަތަށް ލައިދިނެވެ. “އަނގޮށްޓިއެއް ގަންނަން..” ބައްޕަގެ މޫނަށް އަރާ ކުލަވަރު ބަލަން އުނދަގޫވުމުން ޔަމާން އިސްޖަހާލިއެވެ.
ރުޅިމަޑު ޒިވާން ޖަހާލީ ހިނިގަނޑެކެވެ. ޒުވާން ފިރިހެން ދަރިފުޅުގެ ގޮތް ރަނގަޅަށް ދެނެގަންނަމުންނެވެ. “ބާއި ކުޑަބޭ..” ބައްޕައަށް ޝުކުރު އާދާކޮށްފައި ގޭގެ މައިދޮރު ހުޅުވާލި ޔަމާންގެ ފިޔަވަޅުތަށް މަޑުޖެހުނީ އޭނާއަށް ބޮޑުބޭބެކިޔާ ދޮންތަ ޔަޝަލްގެ އެއްމާބަނޑު ދެކުދިންކަމަށްވާ އީތަންއާއި އީޝަލްގެ އަޑަށެވެ. ލޯބި ގޮތަކަށް ކުޅެން ތިބި އެ މައުސޫމު ދެކުދިންނަށް ހިނިތުންވުމަކާއެކު ހަނާއަޅާލަމުން އެކުދިންނާއެކު ކުޅެން އިން ޔަޝަލްގެ ފިރިމީހާ އާހިލްއަށްވެސް ހެވިފައި ނިއްއަރުވާލިއެވެ.
ފިހާރައަކުން ނިކުތް ޔަމާން އެރީ އެތާކުރިމަތީއްޗަށް މަޑުކޮށްލި އޭނާ ބައްޕަގެ ޕްރައިވެޓް ކާރަށެވެ. ސްކޫލު ނަން ބުނުމާއެކު އެ މަންޒިލަށް ވާސިލްވާ ދަތުރު ފެއްޓުނެވެ. އަތުގައި އޮތް މަހުމާ ފޮށި ހުޅުވާލަމުން އޭގެ ތެރޭގައި އޮތް ރިހި ކުލައިގެ އަނގޮށްޓިއަށް ޔަމާން ބަލާލިއެވެ. އެ އަނގޮށްޓިގައި އިނގެރޭސިން ވައި އެންޑް އެސް ޖަހާލެވިފައިވަނީ ރީތި ގޮތަކަށެވެ. ފޮށިލައްޕާލަމުން ޔަމާން ހިނިތުންވެލީ އުންމީދުތަކުން އޭނާ ސިކުނޑި ފުރުމުންނެވެ. ސުންހާއާއެކު މުސްތަގުބަލެއްގެ ހިޔާލު ކުރެވުމުންނެވެ.
** *** ** *** **
ސްކޫލު ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން އޭގެއިން ފޭބި ޔަމާން އިންތިޒާރުގައި އައިކް އަދި އާލިމް ހުއްޓެވެ. އައިކް ލޯބިވެރިޔާ ޒީޝަން ހުރި ކަމުގައިވިޔަސް އައިރާ އުޅެނީ ވިލިނގިލީގައި ކަމުން އޭނާއެއް ނެތެވެ. “ކޮބާ ޝިމައްޓެ..” ޔަމާން ސުވާލުކޮށްލިއެވެ. “އެސޮރު ބަލިވިއްޔޯ..” ދެކޮނޑު އަރުވާލަމުން ޒީޝަންގެ އަތުގައި ހިފައިގެން އެތެރެއަށް ދާން އައިކް ހިނގައިގަތެވެ. ޔަމާންއާއި އާލިމް ދިޔައީ އެމީހުންގެ ފަހަތުންނެވެ. ޔަމާން އޭނާގެ އަތުގައި އޮތް ފޮށި ކޯޓު ތެރެއަށް ލާން އުޅުމުގެ ތެރޭގައި އާލިމްއަށް ފަޅާއެރިއެވެ. އާލިމް އުފަލުން ހީގަތެވެ. “އަސްލުވެސް..މިރޭތަ..” އޭނާ އެއްސެެވެ. އުފަލުގެ ކޮޅެއް ނެތެވެ. އޭނާގެ ދޮންތައާއި އެންމެ ގާތް އެކުވެރިޔާ ޔަމާން ގުޅިޖެއްޔާ އެންމެ އުފާވާނީ ހަމަގައިމުވެސް އޭނާއެވެ.
ޑިނާރ ނައިޓް ފެށިގެން ދިޔައެވެ. ޔަމާންއަށް ރަނގަޅަށް ކެވޭވަރެއްވެސް ނުވިއެވެ. އޭނާގެ ދެލޯ ހޯދަމުން ދަނީ އޭނާގެ މިތުރާއެވެ. ފުރާނައިން ލޯބިވާ ހިތުގެ ރަނިކަމަނާއެވެ. ނަމަވެސް ކައި ނިމުނު އިރުވެސް އެކަމަނާ ފެންނަ ގޮތެއް ނުވިއެވެ. ކައި ނިމުމުން ކުލާހުގެ ހުރިހާ ކުދިން ހޯލުގެ ވަކި ހިސާބެއްގައި ގްރޫޕް ހަދައިފިއެވެ. އޭރު އެތާނގައި ތިބީ ޔަމާންމެންގެ ކުލާސް 10ބީ ވަން އެކަންޏޭ ބުންޏަސް ދޮގަކަސް ނުވާނެއެވެ. އެހެން ހުރިހާ ކުލާހެއް ގޮސް ހުސްވެއްޖެއެވެ. ނަމަވެސް ސްކޫލުގެ އިސްވެރިން ތިއްބެވެ. “އޭ ހިނގާބެ ޓްރުތް އޯ ޑެއާރ ކުޅެން..” ޔަމާންއަށް ފުރުސަތު ފަހިކޮށްުދިނުމުގެ ގޮތުން އާލިމް ދިނީ ހިޔާލެކެވެ. “އާން ސުންހާމިސްވެސް ގެނެބަލަ..” އައިކްގެ އެދުމުގެ މަތިން ކުހާގު އިތުރު ދެއަންހެން ކުއްޖަކާއި ޒީޝަން ދިޔައީ ސުންހާ ހޯދާށެވެ.
ޔަމާންގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. ވަގުތު ކައިރިވާކަމުގެ އިހްސާސް ކުރެވުނެވެ. ތަފާތު ހިޔާލުތަށް އޭނާގެ ހިތުގައި ވަކިހިއްޕާލައެވެ. އެހުރިހާ ވަރެއް ބޭލުނީ މޭޒުއަޑީގައި އޮތް އައިކުގެ އަތަށެވެ. “ކަލޭ މައިތިރި އަރާބެ ހުރިހާކަމެއްވެސް އޯކޭވާނޭޔޭ..” ތަދުވިވަރުން ދެ ދަތްބަރި ތިތްބައިގެން ހުރެ އައިކް ބުނެލީ ޔަމާންގެ ކަންފަތް ބުޑުގައެވެ. އާލިމްވެސް މަސަތްކަތް ކުރީ އޭނާ ހަމައަކަށް އަޅުވާށެެވެ. ހަމަ އެއާއެކު އެ ތިން ފިރިހެނުން ހަދާލީ ސަޅި ޕްލޭނެކެވެ. “އޭ ކުޑަ ޑެކަރޭޝަންއެއް ހަމަޖައްސާލާނަން އިނގޭ..މަ ދޮންތަ އުޅެނީ އެކަހަލަ ކަންތަ ކުރާ އޮފީހެއްގައޭ..އެމީހުން ނިންމާފަ ސާފުވެސް ކޮށްދޭނެ ޕްލަސް މަސަތްކަތް އަވަސް ވެސް ވާނެ..މައެ ދޮންތި ހިލޭ ކޮށްދޭނެ” އާލިމް ފޯނު ކަންފަތުގައި ޖައްސާލިއެެވެ.
ޒީޝަންއާއެކު ހެމުންހެމުން ހޯލުތެެރެއަށް ވަދެގެން އައި ސުންހާ ފެނި ޔަމާންގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަަޑު ޖައްސާލިކަހަލައެވެ. މިއީ ދުނިޔެމަތީގެ ކަމެއްބާއޭ ހިތަށް އެރިއެވެ. އެއީ ހަމަ އެނާގެ ހިތުގެ މިލްކުވެރިޔާ ހެއްޔެވެ. އެއްކޮށް ކަޅު ކުލައިގެ ލޭސްފޮތީގެ ގަޔަށް ބާރު މެކްސީގައި ސުންހާގެ ބައްޓަން ވަނީ ކަޝްފުވެފައެވެ. ލޭސްފޮތިގަނޑު ދަށުގައި ކަޅުފޮތިގަނޑެކެވެ. އޭނާގެ ހަށިގަނޑު ނިވާކުރުމަށްޓަކައެވެ. ނަމަވެސް ކޮނޑަށާއި އަތަށް ލޭސްފޮތި ލާފައިވަނީ އަޑީގައި އިތުރު ފޮތިގަނޑެއް ނެތިއެވެ. ހެދުމުގެ ކަކުލާ ހިސާބުން ތިރިއަށް ފެތުރިފައިވައިބާ އޮތީ ދޫކޮށެވެ. ސުންހާގެ ކަޅުކަންގަދަ އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އޭނާގެ ބޮލުގައި ރަތްކުލައިގެ މާތަކެއް ޖަހާފައި ހުރި ބޭންޑެއް އެޅިފައިވާއިރު އެ ތުންފަތުގައިވެސް ހަމަ އެކަހަލަ ރަތްކުލައެކެވެ. އެހެން ޓީޗަރުންނަށްވުރެ އެތަށް ހާސްގުނަ ރީއްޗެވެ. ކަޅު ކުލައިގެ ތެރެއިން އެ ދޮން މޫނު ފާޅުވެފައިވަނީ އަނދިރި އުޑަށް ސާދަވިލޭރޭގެ ހަނދު ފާޅުވެފައި ހުންނަ ފަދައިންނެވެ.
ކޮންމެއަކަސް މި ނިޔަނެތި އަންހެން ކުއްޖާ ވަނީ ފުރަތަމަ ނަޒަރުންވެސް ޔަމާން ހިތް އަތުލާފައެވެ. ފެންނަ ކޮންމެ ފަހަރަކުވެސް އަލުބަލުން އެ އަންހެން ކުއްޖާއަށްޓަކައި އިހްސާސްތަކެއް އުފެދޭ ކަހަލައެވެ. ދުނިޔެމަތީގައި ހޫރުޕަރީން އުޅޭކަމަށް ޔަމާން ގަބޫލުކުރަން މިއަދު މަޖުބޫރެވެ. ދުނިޔޭގައި ހޫރުލް ޢީންގެ ލިސްޓެއް އޮންނަނަމަ އެ ލިސްޓުގެ އެއްވަނައިގައި އޮންނަންވާނީ އޭނާގެ ހިތުގެ ހަމަޖެހުންކަމުގައިވާ ސުންހާއޭ އެހިތް ބުންޏެވެ.
ކޮންމެއަކަސް ފަރި ހިނގުމެއްގައި ސުންހާއައިސް ޔަމާންއާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލިއެވެ. އޭނާގައިން ދުވި ލުއި ލުއި ސެންޓުވަހުން ޔަމާން ނޭފަތް ދަމާލިއެވެ. “މަގޭ ގައިން ނުބައި ވަސް ދުވަނީތަ..” ޔަމާން ސިހުނީ ފުރަތަމަ ފަހަރަށް އިސްނަގައި ސުންހާ އޭނާޔާ ސަމާސާކޮށްލުމުންނެވެ. “ނޫން..ސާދަވިލޭރޭގެ ހަނދު އަޅެ މަގޭ މިލްކަކަށް ވާނެނަމަ..” ޔަމާން ވާހަކަ އޮޅުވާލިއެވެ. “އެއީ ތަރިތަކުގެ މިލްކެއެއްނު…” ސުންހާ ޖާދުވީ އަޑަކުން ބުނެލިއެވެ. ޔަމާންގެ ފައިން ފެށިގެން ބޮލާހަމައަށް ނަޒަރު ހިނގާލިއެވެ. ކަޅުކުލައިގެ ކޯޓުގ ފަޓުލޫނުގައި ފިލްމުތަކުގައި އުލޭ ޖާނުން ވަރުގަދަ ފިރިހެނުންނަށް ވުރެ ޔަމާންގެ ހިކި ހަށިގަނޑު މާ ރީއްޗޭ ހިތަށް އެރިއެވެ.
“އުޑުގަ އިން ހަނދުގެ ވާހަކައެެއް ނުދައްކަން..” ޔަމާން ބުނެލީ ސުންހާގެ ކަންފަތް ދޮށުގައެވެ. “ދެން ކޮން ހަނދެއް ލިބޭނެނަމައޭތަ ތިކިޔަނީ..” ވާނުވާގައި ހުރި ސުންހާ މައުސޫމްކޮށް އަހާލުމުން ޔަމާން ޖަހާލީ ހިނިގަނޑެކެވެ. “މަށާ ޖެހިގެން އިން ހަނދުގެ ވާހަކަ..” އޭނާ ބުނެލިއެވެ. ޔަމާން ކިޔާ އެއްޗެއް ރޭކާލުމުން އޭނާގެ ދެކޮލަށް މޫނުގައި ހުރި ހުރިހާ ލެޔެއް ޖަމާވިއެވެ. “އޯހް އައިކްގެ ވާހަކަ ދޯ ހްމްމް..ގޯހެއް ނޫން..” ނޭނގޭ ކަމަށް ހަދާލަމުން ސުންހާ ބުނެލިއެވެ. ދޮގެއް ނޫނެވެ. އައިކްވެސް އިނީ ޔަމާންއާ ޖެހިގެންނެވެ. “އުހުނ..މި ދައްކަނީ ސުންހާ ކިޔާ ތިއްތި ހަނދެއްގެ ވާހަކަ..” ޔަމާން ޖެހުނީ ތެދަށް ބުނާށެވެ. މި ދެ ޒުވާނުން އެމީހުންގެ އަމިއްލަ ވާހަކައިގަ ތިބިއިރު އެހެންމީހުންގެ ނަޒަރުތަށް ހުއްޓިފައިވާކަމުގެ ހިލަމެއް ނުވިއެވެ. “އެހެމް އެހެމް..ހިނގާ ޓްރޮތް އޯ ޑެއާރ ފައްޓަމާ..” ކަރުކެހިލަމުން ކުލާސް ކުއްޖެއް ބުނެލިއެވެ. ޔަމާންއާއި ސުންހާ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ކުޅުމައިގެން ކުރިއަށް ދިޔައެވެ.
ކުޅުމުގައި މަސްއޫލުވެގެން ތިބި އައިކް ، ޔަމާން އަދި އާލިމް ފިޔަވާ އެއްވެސް މީހަކަށް ސްޓޭޖުގެ ކާރޓެން ތަށް ކެހުނުކަން ނޭނގުނީ އެމީހުންގެ ނަސީބު ރަނގަޅު ކަމުން ކަންނޭނގެވެ.
އެނބުރެމުން ސެނބުރެމުން އައި ފުޅި ހުއްޓުނީ ސީދާ ސުންހާޔާ ދިމާލަށެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. “މިސް ޓްރުތް އޯ ޑެއާރ..” ޒީޝަން އެއްސެވެ. “ޓްރުތް..” ސުންހާ ނެގިއެތިން އާލިމްގެ ވިސްނުންތޫނު ސިކުނޑިއަށް ރަނގަޅު ޙިޔާލެއް އައެވެ. “ކްރަޝްއަކީ ކާކު ކަން ބުނެދޭންވީ އެހެންނޫނީ ޑެއާރ ނަގަން..” ލާނެއް ގޮތަކަށް އާލިމް ބުނެލިއެވެ. ސުންހާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ ޔަމާންއަށެވެ. ސުންހާ ބަލަހައްޓައިގެން އިން ގޮތުން ޔަމާން އެއްބުމަ އަރުވާލިއެވެ.
“އޯކޭ ޑެއާރ..” ޖަވާބު ދޭން ބޭނުންނުވުމުން ސުންހާ ނެގިއެވެ. އޭނާއަށް ނޭނގުނުކަމަކީ ޑެއާރ ނެގުމުން ދެން ވާނެ ގޮތެކެވެ. “އޯކޭ މަ ބުނާ ލަވައެއް ކިޔަންވީ ސްޓޭޖަށް އަރާފަ އެންމެން ކުރިމަތީ ” ފޯނު ހުޅުވާލަމުން އައިކް ލަވައެއް ދައްކާލިއެވެ. އޭނާ އެ ލަވަ ކިޔުމަށް ބުނީ އާލިމްއާއި ޔަމާންއާ އެކީ ކުރެވުނު މަޝްވަރާގެ ދަށުންނެވެ. “ލަވައިގެ މިހިސާބަށް..” ބައިތުގެ ވަކި ހިސާބެއް ދައްކާލަމުން އައިކްގެ ފޯނުން ޕްލޭ ކުރި ލަވައިގެ ރާގު ލައުޑު ސްޕީކަރަކާ ކައިރިކޮށްލަމުން ސުންހާ ގާތު ސްޓޭޖަށް އެރުމަށް ބުންޏެވެ. “އެ ހިސާބަށް ކިޔާ ނިމުނީމަ ދެން ވާނީ ކިހިނެތް..” ސުންހާ އޭނާގެ ހިތުގައި އޮތް ސުވާލު ދުރުން ބޭރުކޮށްލިއެވެ. “ދެން ވާނެ ގޮތް އިނގޭނެ އެހިސާބަށް ކީމަ…” އާލިމްގެ ޖަވާބު ވަރަށް ކުރެވެ.
ބިރާއި ލަދު އެކުވެފައިވާ އިޙްސާސަކާއެކު ސުންހާއަށް ހިފާއްޓާލެވުނީ އެންމެ ގާތުގައި އިން ޔަމާންގެ އަތްތިލައިގައެވެ. އެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. “އޯކޭވާނެ ދޭބަލަ..” ޔަމާން އޭނާ ކަންފަތް ބުޑުގައި ބުނެލުމާއެކު ސުންހަ ހިނގައިގަތީ އާލިމް ދިން މައިކް ހިފައިގެން ސްޓޭޖަށް އަރާށެވެ. މުޅި ސްޓޭޖު ކުއްލިއަކަށް އަނދިރިވިއެވެ. އޮރެންޖު އައްޔެއް ސުންހާގެ ބޯ މަތިން ދިއްލުނެވެ. މަތީގައި އެލުވާފައި ހުރި ރަތްކުލައިގެ ހިތްތަށްވެސް ދިއްލުނެވެ. ބިއްމަތިންވެސް ރަތްކުލައިގެ ހިތްތަކެއް ދިއްލުނެވެ. ފިނިފެންމަލުގެ ފިޔަތަށް ސްޓޭޖުމަތީގައި އުދުހެން ފެށިއެވެ. މުޅި ސްޓޭޖު ހިތްތަކުންނާ ލައިޓްތަކުގެ އިތުރުން ފިނިފެންމާ ފިޔަތަކުން ފުރާލިއެވެ. ސުންހާގެ އިތުރުން އެންމެން ހައިރާންވިއެވެ. މިއީ އަދި އެކަކަށްވެސް ނޭނގޭކަމެވެ. އެ ޑެކެރޭޝަން ވަރަށް ފުރިހަމައެވެ. ލަވައިގެ ރާގު ޖެހުމާއެކު ލަވަކިޔަންވީކަން ސުންހާއަށް އިނގުނެވެ. ފުންނޭވާއެއް ލަމުން އޭނާ ލަވަ ފެއްޓިއެވެ.
އިންތިޒާރުން ހިތުގަ އުފެދޭ ޖަޒުބާތޭ ލޯތްބަކީ
އިންތިޒާރުން ހިތުގަ އުފެދޭ ޖަޒުބާތޭ ލޯތްބަކީ
ހިތްހަވާލޭ ހިތުގަ ވާނޭ މި ބުނާ ޖަޒުބާތާ އިހްސާސާ
ހިތް ރޮއްވާނުލާނަމޭ ހިތް ރޮއްވާނުލާނަމޭ .އޯ ހިތް ރޮއްވާނުލާނަމޭ..
ލަވައިގެ ފުރަތަމަ ތަންކޮޅު ކިޔާ ނިންމާލީ އެތަށް ބަޔަކު އާޝޯޙްކުރުވަމުންނެވެ. ސުންހާގެ އަންހެންވަންތަ ފުން އަޑު އެތަށް ބަޔެއްގެ ހިތާ ރަނގަޅަށްވެސް ކުޅެލައިފިއެވެ. ޔަމާންގެ އަނގައިން ބަސްހުސްވި ކަހަލައެވެ. ސުންހާގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާއިރު އެ ބައިތު އޭނާއަށް ޙާއްސަކޮށް ކީ ކަހަލަ އިހްސާސެއް ކުރެވުނެވެ. ހޯލު ފުރާ މީހުން އެއްވާން ފެށީ އެލަވައިގެ އަޑު ސްކޫލުން ބޭރަށްވެސް އިވޭތީއެވެ. ނަމަވެސް ސުންހާއަށް ޔަމާން ފިޔަވައި އެހެން އެންމެންގެ މޫނުތަށް ކަޝްފުވެފައިވާކަހަލައެވެ. އެންމެ ހިނދުކޮޅަކަށްވެސް ޔަމާންގެ މޫނުން ނަޒަރު ވަކިކޮށްނުލާ ސުންހާ ލަވައައިގެން ކުރިއަށް ގެންދިޔައެވެ.
ފިރުމަދީގެން މިހިތް ނިންދަވާދޭނުތޯ
ހިތުގެ ޖަޒުބާތުގައި ލޯ މަރައި ދޭނުތޯ..އޯއޯ..
ޖާދުވީކޮށް ފެށި އެބައިތު ހާއްސަކޮށްލީ ޔަމާންއަށެވެ. ނޭނގިނަމަވެސް އިއްވާލީ އެހިތުގެ އަޑެެވެ. ކުހާލުގައި އުޅޭ ޔަމާންއާއި ސުންހާގެ ގުޅުން އިނގޭ އެންމެން ތުންތުން މަތިން އަޅުވާކިޔަން ފެށީ ސުންހާއާއި ޔަމާންގެ ގުޅިފައިވާ ނަޒަރު ފެނުމުންނެވެ.
ފިރުމަދީގެން މިހިތް ނިންދަވާދޭނުތޯ
ހިތުގެ ޖަޒުބާތުގައި ލޯ މަރައި ދޭނުތޯ
މި ބުނި ހުވަފެން ތަކުން ހިތް އުފާވަނެހެން
ދިރިހުރުން މުށުތެރޭގައި ފޮރުވަދޭނަމޭ
އޯ ހިތް ރޮއްވާނުލާނަމޭ….
ކިޔަން ހަމަޖެހިފައިވާ ހިސާބަށް ކިޔާނިމުމުން ސުންހާ މައިކް ތިރިކޮށްލިއެވެ. އަދި އިސްޖަހާލީ ދެން ހަދަންވީ ގޮތެއް ނޭނގުމުންނެވެ. އޭރުވެސް ރާގު ދިޔައީ ކުޅެވެމުންނެވެ. އާލިމްއަށް އިތުބާރުކުރަމުން އޭނާ ސްޓޭޖުން ނުފައިބާ ހުރީއެވެ.
މަރުވެދާންދެން ކަލާޔާ އެކީ ވާނެމޭ
ވަޢުދު އަހުދާ ނުލާ ހިތް އުފާދޭނަމޭ..
ދެން އިވިގެން ދިޔަ އަޑުން މުޅި ތަނުގައި އެންމެންގެ ތަރުހީބުގެ އަޑު ގުގުމާލިއެވެ. ސުންހާ އިސްއުފުލާލިއެވެ. އޭނާ ނޭވާ ހުއްޓުނު ކަހަލައެވެ. ސިޑިން އަރައިގެން އެ އަންނަނީ ހަމަ ޔަމާންހެއްޔެވެ. ޔަމާންގެ ފިރިހެންވަންތަ ޖާދުވީ އަޑު ހުރިހާ އެންމެންގެ ހިއްސުތަށް ހޭލައްވާލިއެވެ. ސުންހާގެ ހަށިގަނޑުން ހީބިހި ނަގާލިއެވެ.
އޯ…މަރުވެދާންދެން ކަލާޔާ އެކީ ވާނަމޭ
ވަޢުދު އަހުދާ ނުލާ ހިތް އުފާދޭނަމޭ..
ކަރުނަ ދެލޮލާ ހިތުން އޮހޮރިދާ ފަދަ ގޮތެއް
މަރުވެދާންދެން ކަލާޔަށް ނުޖައްސާނަމޭ
ސުންހާއަށް ބަލަހައްޓައިގެން ހުރެ ޔަމާން ކިޔާލިއެވެ. އޭނާއަށް ޙާއްސަކޮށް ކީ ކަހަލައެވެ. “ކިޔާބަލަ..” ޔަމާން މިހެން ބުނުމުން ސުންހާ އޭނާގެ މައިކް އަނގަޔާ ކައިރިކޮށްލިއެވެ. ދެން އޮތް ކިޔަން ފެށީ ދެމީހުން އެކީގައެވެ. އެންމެ ހިނދުކޮޅަކަށްވެސް ގުޅިފައިވާ އެ ދެ ނަޒަރު ވަކި ނުވެއެވެ.
އިންތިޒާރުން ހިތުގަ އުފެދޭ އަނިޔާއޭ ވޭނަކީ
އިންތިޒާރުން ހިތުގަ އުފެދޭ އަނިޔާއޭ ވޭނަކީ
ދެމީހުންގެ އަޑު އެކުވެގެން އައިގޮތް އަދި މާ ފުރިހަމައެވެ.
ހިތްހަވާލޭ ހިތުގަ ވާނޭ މިބުނާ އަނިޔާއާ އިންޒާރާ
ހިތް ރޮއްވާނުލާނަމޭ..ހިތް ރޮއްވާނުލާނަމޭ އޯ ހިތް ރޮއްވާނުލާނަމޭ..
ލަވަ ކިޔަމުން ސުންހާގެ ކުރިމަތީގައި ޔަމާން ހުއްޓިލިއެވެ. ސުންހާ އިސްްއުފުލާލަމުން އޭނާއަށްވުރެ އެއް ފޫޓު ބައި ދިގު ޔަމާންއަށް ބަލާލިއެެވެ. ލަވައިގެ ރާގު ކެނޑުމުން މުޅި ތަނުގައި އެންމެންގެ އަތްތިލަ ބަޑީގެ އަޑު ގުގުމާލިއެވެ. ސުންހާގެ ކުރިމަތީގައި ޔަމާން އެއްފައިމައްޗަށް އިށީނދެލިއެވެ. އޭނާގެ ޖީބުން މަހުމާ ފޮށްޓެއް ނަގިއެވެ. ދެލޯ ބޮޑުވެފައި ސުންހާ ހުރީ ރަނގަޅަށްވެސް ރަތްވެފައެވެ. “ތިއްތި މިސް.އަ ވުޑް ލައިކް ޓު ޓެލް ޔޫ..” މައިކްއާއެކު ޔަމާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
އައި ލަވް ކަލާ ދެކެ އިންތިހާ. ޝައި ބަޓް މިހެން ލިޔެފާ މިތާ
ބައި ދެޓް ޓުޑޭ މައި ލައިފްގާ އައިމީ ބަހާރޭ ހިތް އުފާ..
“ބީ މައިން..އައި ލަވް ޔޫ..” ފޮށި ހުޅުވާލަމުން ޔަމާން އެއްލޯ މަރާލިއެވެ. މަތިން އެޅިފައިވާ ލައިޓް ނިވި ދިއްލެން ފެށިއެވެ. އާލިމްއާއި އައިކްގެ ކަންތަކެވެ. “ޔެސް ޔެސް..” އާނއެކޭ ބުނުމަށް މުޅި މާހައުލު ގޮވަމުން ދިޔައިރު ސުންހާ ހުރީ ލަދުން ވަރުވާވަރުވެފައެވެ. ޔަމާން ކީ ޅެއް ބައިތުން ހީހީ ހަލާކުވެފައެވެ. ސުންހާ ލަދުން އޭނާގެ އަނގަމަތީގައި އެއް އަތް އަޅާލަމުން އަނެއް އަތް ދިއްކޮށްލިއެވެ. “ޔެސް” ސުންހާ ބުނެލީ މަޑުމަޑުންނެވެ. ޔަމާން ކޮޅަށް ތެދުވަމުން އޭނާގެ އަތުގައި އަނގޮށްޓި އަޅުވައިދިނެވެ.
މުޅި މާހައުލުގައި ހަޅޭކުގެ އަޑު ގުގުމާލިއެވެ. އެންމެން އަތްޖަހަމުން ދިޔައެވެ. ސްޕޮޓްލައިޓް ނިވުމާއެކު ރަތް ކުލައިގެ ހިތްތަކުގެ އަލި ގަދަވިއެވެ. ނަަމަވެސް މޫނު އިނގޭވަރެއް ނުވިއެވެ. ޔަމާން އޭނާގެ އަތުތެރޭގައި ސުންހާ ހައްޔަރުކޮށްލިއެވެ. “އައި ލަވް ޔޫ ބޭބީ..” ސުންހާގެ ތުންފަތުގައި ޔަމާން ފުރަތަމަ ފަހަރަށް ބޮސްދިނެވެ. އޭނާގެ ތުންފަތުގައިވެސް ލިޕްސްޓިކް އުނގުޅުނެވެ. “ލަވް ޔޫ މޯރ މާން..” ކޮރާލަމުން ސުންހާ ބޮސްދިނީ ޔަމާންގެ ކަނދުރާގައެެވެ. އޭނާގެ މޫނު ފޮރުވީ އެހިސާބަށް ވިއްޔާއެވެ.
(ނުނިމޭ)
14 Comments!
Comments are closed.
wow wow wow vrh reethi miabai ves waiting for next part
Awwww Alhey thank you so much dear ❤️❤️??next part ge writing Kuriah dhanee maybe maadhan morning ga I’ll submit insha allah ????
Oh myyy…. wonderful maa sha Allah????????????????????
Oh my my I’m so happy thank you so much luv ❤️❤️????????
Hello luvs ❤️❤️❤️ I hope you all like this part cuz my hands are tingling now ??two parts in one day I can’t believe too?? btw this is longest part I ever wrote and it’s rlly special about 2,800 words something ☺️☺️??? adhives I cant believe mihaaa bodu support eh libeythii❤️❤️❤️❤️ I am over happy thank you so much for the love and support it means a lot ???? i never expected Aslu ?? I’ll be replying Kuree parts ge comments ahves and this part ge ves ????and for your info 7th part ge liyun dhanee Kuriah insha allah maadhan kiyaalan libeyne ???????????? have a pleasureful and wonderful night loves ??????
+ I don’t own any of the poems or songs used in this part ☺️
woww.. ma shaa allah haadha reethi ey mi vaahaka. i simply love this story. waiting 4 next part
Alheyyyyyy thank you so much luv ❤❤❤❤ I simply luv u too then ??? next mihaaru up kohlanii mi ?????
Alhey????. Lovely. haadha salhi story ekey. Wow. Vara nice . V v v nice. I love this story. Can’t wait for the ext part. Avaha genesdheyne. Vaahaka avaha ninmaanulachey. Woow. Maasha Allah. Nice
Awwwwwn thank you so much dear ❤❤❤❤ u made ma day in the start ???? I (the stry) luvs you more than ????? yesh mihaaru submit kohlanii mi insha allah vrh avahah kiyaalan libeyne ??? alheyy mi vrhka thankolheh short vaane kanne but mh second stry will be in Q ?❤????thanks alot dear
Nice..storyy
Thanks lots ?❤❤❤
This story is sooo heart touching??..
Ma Sha Allah great work dear????
Won woo ge fan eh tha. Story is heat touching. Love it.