Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޫކޮށްފައި ނުދޭ ލޯބިވާ… ( 3 )

Maaii Level 1
December 3, 2018 2 Mins Read
2 Comments

ބައްދާލައިގެން ތިއްބާ މީހަކު ކަރުކެހިލި އަޑު އިވިފައި ދެމިހުން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދުރަށް ޖެހިލާފައި އަޑު އައި ދިމާލަށް ބަލާލިއެވެ. ކުރިމަތީ ގައި ހުރި މީހާ އާއި އެމިހާގެ މޫނު މަތީގައި ވީ ކުލަވަރުން ޒައިން އާއި މިޝްޔާ އަށް ދެމިހުން ދެމިހުންގެ މޫނަށް ބަލާލެވުނެވެ.

” ޝިޓް.. ދޮންބެ..” އަތުގެ ބަނޑުފުށުގައި ޖަހާލަމުން ޒައިން ލޯމަރާލިއެވެ. ” ހަހަހަހަ.. މިއޮށް ކަމެއް.. މަށަށް އިނގެޔޭ ކޮންމެސް ދުހުކުން ތިކަން ވާނެ ކަން..” އިޝާން ލާނެއް ކަން އެކުލެވިފައިވާ އަޑަކުން ބުނީ  އަތުގައި އޮތް ފޯނަށް އިޝާރާތް ކުރަމުންނެވެ. ޒައިން އަށް އެނގުނެވެ. އިޝާން އެމީހުންގެ ފޮޓޯ ނެގީއެވެ.

ބަގީޗާ ތެރޭގައި މާ އަޑު ގަދަ ވެގެން އެ ވަނީ ކިހިނެއް ތޯ ބަލާލަން ނިކުތް ވިޝާމާ އަށް ފެށުނީ ހޭށެވެ. އޭރު ޒައިން އިޝާން ފަހާ ދުވަނީއެވެ. މިޝްޔާ އައިސް ވިޝާމާ ކައިރީގައި ހުއްޓުމުން އެދުވަނީ ކީއްވެ ތޯ އަހާލިއެވެ. އެކަމުގެ ސަބަބު ބުނެލިއިރު މިޝްޔާ އަށް ލަދުން އިސްޖަހާލެވުނެވެ.

މިޝްޔާމެންނަށް ނޭނގުނަސް ޒައިން އާއި މިޝްޔާ ލޯބީގެ ގޮތުން ގުޅުމަކީ ދެ އާއިލާ ވެސް ދެކެން ބޭނުންވާ ދުވަހެކެވެ.

ޒައިން މެން ގޭގައި ސަކަރާތް ޖެހުމުގެ ސަބަބުން މިޝްޔާ އިނީ ވަރަށް ވަރުބަލި ވެފައެވެ. އެއީ މިހާރަކަށް އައިސް މިޝްޔާ އަށް ވަރަށް ގިނައިން ވާ ގޮތެކެވެ. އަދި ދޭތެރެއަކުން ހޮޑު ވެސް ލެވެއެވެ. ނަމަވެސް އެއީ ރޯގާގެ އަލާމާތްތަށް ކަމަށް ބަލައި އެކަމާ އެހާ ބޮޑަށް އަޅައެއް ނުލައެވެ.

” ހެލޯ.. ހްމްމްމް.. އާނ.. ތިކަން އެނގެޔޭ.. އެކަމަކު އަހަރެން ހާދަ ރުޅި އާދެޔޭ އޭނަ ދެކެ.. އެކަމަކު އަހަރެންގެ ވާން އުޅޭ ފަހަރި ދޯ.. ދެން އަވަހަށް މިކޮޅަށް އަންނަން ވީ އޭނުން.. އެމިހުން މާ ކައިރިވަންޔާ އަހަރެންނަށް ކަމަކު ނުދޭ.. އެންޑް އައިމް ޝުއާ ޔޫ ވޯންޓް ލައިކް ޓޫ.. ޔާ.. ގުޑް ނައިޓް..” ދިގު ފޯނު ކޯލެއް ނިންމާލިއިރު އެމީހާގެ ތުންފަތުގައި ވަނީ ސިއްރުވެރި އަދި ނުރައްކާތެރި ހިނިތުންވުމެކެވެ.

” ގުޑް މޯރނިންގް!! ” މިޝްޔާގެ މޫނަށް ފެން ތަށްޓެއް ވަރާލަމުން ޒައިން ހަޅޭއްލައިގަތެވެ. ” މަންމާ!! ” އަރާމު ނިދީގައި އޮތް މިޝްޔާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. ” ޒައިން ގަނޑާ.. ދެން ދޯ.. މިއަދު ބަންދޭ.. ލެޓް މީ ސްލީޕް.. ” ދެލޯ މަރައިގެން އިން މިޝްޔާ ވާހަކަ ދެއްކިއެވެ. ހަމަ އެހާ އަވަހަށް އަނެއްކާވެސް އެނދަށް ވެއްޓިގަނެފައި މޫނު މަތީގައި ބާލީސް އެޅިއެވެ. ޒައިން އިރުކޮޅަކު މިޝްޔާއަށް ބަލަން ހުރެފައި ބޭރަށް ނިކުންނަން ދިޔައެވެ. ނަމަވެސް ފަސް އެނބުރި ބަލާލާފައި ހީލީ އެޔަށް ވުރެ މޮޅު ގޮތެއް ވިސްނުނީމައެވެ.

”  މަންމާ.. ޒައިނޫ!!!” ކަންފަތް ފަޅައިންދާ ވަރަށް މިޝްޔާ ހަޅޭއްލަވައިގަތެވެ. އެއަޑަށް ކޮޓަރި ދޮރު ވެސް ހުޅުވުނެވެ.

ނުނިމޭ

 

 

Share Article

Follow Me Written By

Maaii

Level 1

Hey guys.. I luv to read stories.. n this time im gonna try writing too.. plx support me.. comment below.. n luv u all.. :-) ;-)

Other Articles

Previous

ނޫރިޝް ( ދެވަނަ ބައި )

Next

ނުކުރެވުނު އިތުބާރު (1 )

Next
December 3, 2018

ނުކުރެވުނު އިތުބާރު (1 )

Previews
December 3, 2018

ނޫރިޝް ( ދެވަނަ ބައި )

2 Comments!

  1. Maaii says:
    December 3, 2018 at 10:06 pm

    sorry for the late upload guys.. i was really bxy.. and i know this is not wat u guys want.. i will try to make the 4th part much longer than this.. and i hope you guys forgive me and read my story.. feedback is all i want.. ly.. tc..
    with luv, maaii

  2. Pooh says:
    December 4, 2018 at 11:57 am

    Varah kuru dhw.. ekm reethi.. hope to get the next part soon..

Comments are closed.


All Right Reserved!