ހިތް ނުރޮއްވާ… (28)
“ދޭ ޑޯންޓް ލަވް މީ! ނެވަރ ޑިޑް… އެން ނެވަރ ވިލް…” ރިހާ އާއި ދިމާއަށް ޒީޝާން އެނބުރުނު އިރު ރިހާ ވެސް ހަށަން ބަދެލައިން ހުރީ ޒީޝާނަށް ބަލާށެވެ. މުޅި މޫނުމަތިން ހިތްދަތިކަން ފާލުވަމުން ދިޔައިރު އެ ދެލޮލުން އޮހޮރެމުން ދިޔައީ ކަރުނައެވެ. ނަމަވެސް ލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ އެއްވެސް އަސަރެއް ރިހާއަށް ނުކުރާފަދައެވެ. އެ ކަރުނަތައް ފުހުމުގެ ބަދަލުގައި ރިހާގެ ވާހަކަ ގެންދިޔައީ ކުރިއަށެވެ. މަޑުމަޑުން ޒީޝާންވެސް ރިހާ ގާތަށް ހިނގައިގަތެވެ. “މިއޮއްހާ ދުވަހު އައި ތޯޓް، ރިހާ ދެކެ މަންމަމެން ލޯބި ނުވަނީކަމަށް. ޔޫ ނޯ، ޖަސްޓް ލައިކް ދެޓް… އެހެންވެ ކިތަންމެ ދެރަވިއަސް އެކަމާ އަޅައެއްނުލަން. ބާކީވެފަ ހުރީ. އައި ގޮޓް ޔޫސްޑް ޓު އިޓް. އެކަމު އެރޭ… އެރޭ އެނގުނީ ނިހާ އާއި ބެހޭގޮތުން. ޤަބޫލެއް ނުކުރެވުން. ޤަބޫލު ކުރަން ބޭނުމެއްވެސް ނުވި. އެރޭ އެނގުނީ ކީއްވެކަން މި ޢާއިލާގައި ރިހާ ބާކީވާން ޖެހުނީ… އޭގެ ފަހުން ނިންމީ ނިހާ ހޯދައިގެން އަނބުރާ މަންމަމެން ގާތަށް ގެންނަން. އެންޑް އައި ޑިޑް އިޓް.” ހިތްދަތި ކަމުގެ ތެރެއިން ހިނިތުންވެލަމުން ރިހާ އެ ފަހު ޖުމްލަ ބުނެލިއެވެ.
ދާދި ކައިރީގައި ޒީޝާން ހުރި އިރު ރިހާ އެވާހަކަތައް އެހާ ފަސޭހައިން ކިޔައިދިނުމުން ކުޑަކޮށް ހައިރާންވި ނަމަވެސް، ރިހާގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔައެވެ. “ހީކުރީ ނިހާ އައީމަ ރިހާއަށް ވެސް ކުރިން ނުލިބުނު ލޯބި ލިބޭނެކަމަށް. މަންމަގެ ލޯބި ލިބޭނެކަމަށް. ހީކުރީ ރިހާއަށް ރިހާގެ ޢާއިލާ ލިބޭނެ ކަމަށް. ބަޓް…” ރިހާ އެހިސާބަށް ވާހަކަ މެދުކަނޑާލަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލާ މޫނުމަތި ރަގަޅު ކޮށްލިއެވެ. އެއާއިއެކު ހިތްދަތި ހިތާމަވެރިކަން އެ މޫނުން ފިލާ ދިޔައެވެ. އެ މޫނުން ފަނޑުކޮށްނަމަވެސް ފެނުނީ ނަފްރަތެވެ. “ބަޓް އައި ވޯޒް ރޯންގް.” ރިހާ ބުނެލިއެވެ. ރިހާ ވާހަކަ ދައްކަމުން ދިޔައީ އާދައިގެ ވަރަކަށް މަޑުން ނަމަވެސް އެ އަޑުގައި މިފަހަރު ވީ ހަރުކަށިކަމެވެ. “އަހަރެންނަށް ކެއްކުނީ ހިޔާލީ ފޮލައެއް. އެމީހުނަށް ނިހާ ގެއްލުނު ދުވަހު ރިހާ އެމީހުނަށްޓަކައި މަރުވެއްޖެ. އެއިން މީހަކު މި ރިހާގެ ސޫރަވެސް ދެކެން ބެނުންނުވި. އެކަމު ނިހާ… ނިހާ އައުމާއެކީ އެންމެން އެދުވަނީ ނިހާގެ ފަސްފަހަތުން.” އަނެއްކާވެސް ރިހާގެ އަޑު މަޑުވިއެވެ. އަދި ދެރަވެލާފައި ބުންޏެވެ. “އަހަރެން… އަހަރެން ނިހާއަށް ނަފްރަތެއް ނުކުރަން. އެކަމު، މަންމަ ކޮންމެ ފަހަރަކު ލޯބިން ނިހާއާއި ވާހަކަ ދައްކާ، ހަގް ކޮށް ހަދާލާތަން ފެންނައިރަށް ރިހާވެސް ދެރަވޭ. ރިހާވެސް ބޭނުންވޭ މަންމަ އެ ގޮތަށް ރިހާއާއި ލޯބިކޮށްލަން. އެންމެ ކުޑަމިނުން އަނގައިން ބުނެލިއަސް ހެޔޮ.”
ރިހާގެ ހިތްދަތިވެފައިވާ މޫނު ފެނި ޒީޝާންގެ ހިތް ހަމްދަރްދީން ފުރުނެވެ. ޒީޝާން ބޭނުންވީ އެއަތު ތެރެއަށްލާ ރިހާ ބޮޑިކޮށްލުމަށެވެ. ހިމާޔަތާއި ލޮތްބާއި އަޅާލުން އަބަދުވެސް ދޭނެކަން ހާމަކޮށްދޭށެވެ. ނަމަވެސް ޒީޝާން އެހެން ހެދުމުގެ ބަދަލުގައި ރިހާގެ ދެ ކޮޑުގައި ހިފާލިއެވެ. “މިހުރިހާ ދުވަހުވެސް ކެތްކޮށްލައިން ހުރީނުން. ހުރިހާ ކަމެއްވެސް ރަގަޅުވާނެ ކަމަށް ދެކިގެން. ދެން މިއަދު ކީއްވެ ތިގޮތަށް ތި ވިސްނަނީ. އަދިވެސް ހަމަ ކަންކަން ބަދަލު ވެދާނުން. އަދި ނިހާ އައިތާ މިވީ ދެދުވަސް، އެހެންވީމަ އުންމީދު ކުރަންވީ. ނަސީމާ ދައްތަ އަށް ނިހާ އެ ފެނުނީ އަހަރުތަކަކަށް ފަހު، އެހެންވީމަ އަދި އުންމީދު ކަނޑާލާކަށް ނުވެއެއްނު ދޯ؟ ދެން އޮތީ ރިހާގެ ޗާންސް ކަންނޭގެ އެއްނުން!” ރިހާއާއި ލޮލާއި ލޯ ސީދާ ކޮށްލަމުން ލޮތްބާއި އެކު ޒީޝާން ބެލީ ރިހާއަށް ވިސްނައިދެވޭތޯއެވެ.
“ޔަހ. ވެދާނެ ތިބުނީ ތެދަކަށްވެސް. މޭބީ، މަންމައަށް އަދި ހުރިހާ ކަމެއް ޕްރޮސެސް ކުރަން ވަގުތު ދޭންވީ ކަންނޭގެ!” ރިހާ ވެސް ވިސްނާލަމުން ބުނެލިއެވެ. “ބަޓް، އެއްކަމެއް ވެސް ބަދަލު ނުވެއްޖެޔާ އަހަރެން ޑިސައިޑް ކޮށްފަ އޮންނާނީ ދެން އަހަރެން ކަންތައް ކުރާނެ ގޮތް. އެން ނޯބަޑީ ކެން ސްޓޮޕް މީ!” އަޑަށް ބާރުލަމުން ރިހާ އެހެން ބުނެލުމުން ޒީޝާން އެއީ ކޮން ނިންމުމެއްތޯ އަހާލިއެވެ. ޒީޝާންގެ އެ ސުވާލުން ރިހާގެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. “އަހަރެން ދާނީ. މިތަނާ ދުރަށް. އެންމެންގެ ދިރިއުޅުމުންވެސް ދުރަށް. އެން އައި ވޯންޓް ބީ ބެކް!” ސާބިތު ކަމާއި އެކު ރިހާ ބުނެލިއެވެ. ޒީޝާންގެ މޫނުމަތިން ކުލައެކަށް އޮއްސިގެން ދިޔައީ ރިހާގެ ނިންމުން އިވުމުންނެވެ. އެއީ ޒީޝާން ބޭނުންވާ ގޮތެއް ނޫނެވެ. ޒީޝާން އެހެން ވިޔަކަ ނުދޭނެއެވެ. ޒީޝާން ރިހާ ހުއްޓުވަން ބޭނުމެވެ. “އޭރުންނޯ؟ ވިސްނާލަބަލަ ރިހާގެ ބައްޕައަށް ވާނެގޮތް! ޢާއިލާ މީހުންވެސް. އެން މީ! ވަޓް އެބައުޓް މީ؟!”
“ދެންމެ ކަންނޭގެ އަހަރެން ބުނީ އެއްވެސް މީހަކަށް އަހަރެން ނުހުއްޓުވޭނޭ!” ޒީޝާންގެ އެ ސުވާލުން ރިހާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ. ޒީޝާންވެސް ހުރީ ރިހާގެ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ކަމުން ރިހާއަށް ބުންޏެވެ. “ތީތަ ރިހާއަށް ކުރަން އެނގޭ ކަމަކީ؟ އެންމެން ތިމާއާއި ދުރުކޮށްލުން! ތި ކަންތައް ކުރާ ގޮތުން ހެން އަހަރެންނަށް ހީވަނީ ރިހާގެ ފެމިލީވެސް ރިހާއައި ދުރަށް ދިޔައީ.” ހިތްހަމަނުޖެހުނު ވަރުން ޒީޝާނަށް ބުނެވުނީ ބުނަން އެއްގޮތަކަށްވެސް ހިތަށް ނާރުވާ އެއްޗެކެވެ.
“ވަޓް؟!” ޒީޝާންގެ އެ ފަހު ޖުމްލަ އާއި އެކު ރިހާގެ ދެލޯ ބޮޑުވެގެން ދިޔައިރު ހީވީ މީހަކު ރިހާގެ މޫނުމަތީގައި ބާރު އެތިފަހަރެއް އެޅިހެނެވެ. ޒީޝާންގެ އެބުނި އެއްޗެއް އިތުރަށް ޔަޤީންކުރަން ބޭނުން ވެފައި ހުރުމުން ރިހާ ޒީޝާން އައި ސުވާލު ކޮށްލީ މަޑުމަޑުންނެވެ. “ކީކޭ؟ އަހަރެން އަމިއްލައަށް ތަ މި ދިރިއުޅުން ހޯދީ؟ އަހަރެން ކިހާ މަސައްކަތެއް ކުރިން އެމީހުނާއި އެކު އުޅެން! އައި ވޯންޓެޑް އަ ފެމިލީ… އެކަމް އެމީހުނެއް ނޫންތަ އަހަރެން ބާކީ ކޮށްލީ؟…”
ރިހާ ހިތުގަޖެހުނުވަރު ފެނިފަ ޒީޝާން ދެރަވިއެވެ. އެއީ ގަސްދުގަ ބުނި އެއްޗެއް ނޫންކަން ބުނެދޭން އަނގަހުޅުވާލިތަނާ ރިހާ ފަސްދީ ހިނގައިގަތީ ރިހާގެ ކާރާއި ދިމާލަށެވެ. “ރިހާ ވެއިޓް!” ޒީޝާން ގޮވާލިއެވެ. އަދި ރިހާގެ ފަހަތުން ހިނގައިގަތެވެ. އެ ދިޔަ ހަލުވިމިނުގައި ރިހާ ހުއްޓުވަން ޒީޝާނަށް ހިފުނީ ރިހާގެ އަތުގައެވެ. “ޕްލީޒް ވެއިޓް!” އާދޭހުގެ ރާގަކަށް ޒީޝާން ރިހާ ގާތު އެދުނެވެ. ނަމަވެސް ރިހާ މަސައްކަތް ކުރީ ޒީޝާންގެ އަތް ފޮޅުވާލެވޭތޯއެވެ. “އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫނޭ… ޕްލީޒް ރިހާ، އައިމް ސޮރީ.” ރިހާގެ ދެކޮޅުހެދުންތަކަށް ނުވިސްނަ ޒީޝާން ބެލީ ރިހާއަށް ވިސްނައިދެވޭތޯއެވެ. ރިހާގެ މާފު ލިބޭތޯއެވެ. ޒީޝާންގެ އެ ޖުމްލަ އާއިއެކު ރިހާ ވެސް ކުޑައިރުކޮޅަކަށް މަޑުޖެހިލިއެވެ. އަދި ޒީޝާނަށް ބަލާލަމުން ބުނެލިއެވެ. “ސޮރީ؟! ސޮރީ އޭ ބުނީމަ ހުރިހާ ކަމެއް ނިމުނީތަ؟ ކޮންމެ ގޮތެއްވިއަސް އެއީ ޒީޝާން ނުބުނާ އެއްޗަކަށް ނުވާނެ…” ކުޑަ އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރިހާ އަނެއްކާވެސް ބުންޏެވެ. “ނައު ލީވް މައި ހޭންޑް!”
“ނޯ!” ޒީޝާންވެސް ހުރީ ދޫކުރާ ކަހަލަ މޫޑެއްގަނޫނެވެ. “އަހަރެން މިދައްކާ ވާހަކަ އަޑުއަހާފަ ނޫނީ ރިހާއަކަށް ނުދެވޭނެ!” ޒީޝާން އެހެން ބުނުމުން ރިހާ ބަލަހައްޓައިން ހުރީއެވެ. “އައި ރިއަލީ ޑިޑިން މީން ދެޓް. އެންޑް އައިމް ސޮރީ ފޮ ވަޓް އައި ސެޑް… ލުކް، ރިހާ އާއި ރިހާގެ ފެމިލީ މައްސަލަ އިސް ރިއަލީ ނަން އޮފް މައި ބިޒްނަސް. އެކަމް އޭގެ ސަބަބުން އަހަރެމެން ދެ މީހުންގެ ދެމެދު މައްސަލަޖެހި، މި ދެމެދު އުފެދިދާނެ އިތުރު ގުޅުމެއް ރުއިން ވާތަން ދެކެން އަހަރެން ބޭނުމެއް ނޫން…” ޒީޝާންގެ އޯގާތެރިކަމާއިއެކު މަޑުމަޑުން ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލަމުން ރިހާއާއި ހަތަރު ކަޅި ހަމަކޮށް އެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރަށް ބަލާލިއެވެ. އަދި އަނެއްކާވެސް ރިހާއަށް ބުންޏެވެ. “ފަހަރެއްގަ ވެދާނެ ރިހާ ތި ވިސްނަނީ އަހަރެމެން ދެމީހުންގެ މެދުގަ އިތުރު ސްޕެޝަލް ރިލޭޝަންއަކަށް ޖާގައެއްނެތޭ. އެކަމް އަހަރެންނަށް ހީވަނީ ރިހާގެ ހިތުގަވެސް އަހަރެންނަށްޓަކައި ފީލިންގސް ވާހެން. އެއީ އަހަރެން މިރޭ ރިހާ ގާތު ލޯބިވާ ވާހަކަ ބުނުމުން، ރިހާ އެއްފަހަރުވެސް ނުބުނޭ ރިހާ އަހަރެންދެކެ ލޮތްބެއްނުވެއޭ… އައި ތިންކް ޔޫ ޑޫ ލަވް މީ. އެކަމް ސްޓަބަންކަމުން އެޑްމިޓް ކުރަން ބޭނުން ނުވަނީ.”
ޒީޝާން ވިސްނާލަން ކުޑައިރުކޮލަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް ބުނެލިއެވެ. “ނޫނީ ރިހާ ބިރުގަންނަނީ. ބިރުގަންނަނީ ފަހުން ވެދާނެ ގޮތަކާމެދު. ބިކޯޒް، މީ ރިހާއަށް އާ އެކްސްޕީރިއަންސްއަކަށް ވާނީ. އެންޑް ރިހާގެ ފެމިލީން ވެސް ބޭނުންވި ލޯބި ނުލިބުނީމަ، މޭބީ ޔޫ އާ ތިންކިން، ޒީޝާން ވެސް ލޯބި ވާކަމަށް ބުނެފަ އެންމެ ފަހުން ހުރިހާ އެންމެންހެން ރިހާ ދޫކޮށްލާނީއޭ. ނޫން… އަ ވިލް ނޮޓް ޑޫ ދެޓް ޓު ޔޫ. ރިހާ އަހަރެންގެ ޙަޔާތަށް އަތުވެއްޖެޔާ، އައި ޕްރޮމިސް، ދުވަހަކުވެސް ރިހާ ދޫކޮށެއް ނުލާނަން. ތި ހިތް ރޯކަށް ނުޖެހޭނެ ދުވަހަކުވެސް. އަބަދު އުފަލުގަ ބަހައްޓަދޭނަން. ޔޫ ވިލް އޯލްވޭސް ބީ ދަ ވަން.” ޒީޝާން އެހިތުގެ ހާލު ރިހާއަށް ބަޔާން ކޮށްދިނީއެވެ. ބުނަން ބޭނުންވި ވާހަކަ ބުނެވުމުން ޒީޝާން ރިހާގެ އަތުން ދޫކޮށްލިއެވެ. އެހުރިހާ އިރު ޒީޝާންގެ ވާހަކަ އަޑުއަހަން ގޮތެއްވެސް ހަދާނުލާ ހުރި ރިހާއަށް ފުންނަޒަރެއް ޒީޝާން ދިނެވެ. “ވަން މޯ ތިންގ، ޔޫ ޑޯންޓް ހޭވް ޓު ގޯ އަވޭ!” އެހެން ބުނެ ޒީޝާން ހިނގައިގަތީ ދިއުމަށެވެ.
ރިހާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ރިހާގެ ހިތުގެ އަޑު އިވިގެން ޒީޝާން ދެއްކި ވާހަކައެއްބާއޭވެސް ހިތަށް އަރަން ފެށިއެވެ. ތެދެކެވެ. ރިހާ ޒީޝާން ދެކެ ލޯބިވެއެވެ. އެކަމަށް އިންކާރު ނުކުރީ އެހެންވެއެވެ. ހަމައެހެންމެ، ޒީޝާނާއި އެކު ވުމަށް ރިހާ ބިރުގަނެއެވެ. ޖެހިލުންވެއެވެ. އެ ލޯބި ބީވެދާނެތީއެވެ. ރިހާގެ ހިތުގެ ހާލު އެހާ މޮޅަށް ޒީޝާން ދެނެގަތުމުން ހިތާއި ސިކުނޑީގައި ހައިޖާނު އުފެދުނެވެ. ސިކުނޑިން އިންޒާރު ދެނީ އިޝްޤީ ލޮތްބާއި ވީހާވެސް ދުރުގައި ވުމަށެވެ. އެހެންނޫނީ ފަހުން ހިތާމަ ކުރަން ޖެހޭނެތީއެވެ. ނަމަވެސް ހިތް އެދެނީ އެ ހިތުގައި ފޮރުވާފައިވި ޒީޝާންގެ ލޯބި ހާމަކޮށް ޒީޝާން އާއި އެކު ދިރިއުޅުމެއް ފެށުމަށެވެ. ޒީޝާން ބުނިހެން ޢާއިލާގެ ލޯބި ނުލިބުނެއްކަމަކު ރިހާ އެތަނުން ދާކަށް ނުޖެހެއެވެ.
“ވަޓް އިފް އައި ސޭ ޔެސް؟!” ލޮލުން ވެއްޓުނު ކަރުނަތިއްކާއެކު ރިހާއަށް ފުރަގަސްދީ ހިނގައިގަތް ޒީޝާނަށް އިވޭ ވަރަށް ރިހާ ބުނެލިއެވެ. ޒީޝާނަށް ހުއްޓެވުނީ ރިހާ އެބުނި އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ. ފަސްއެނބުރި ފެންކަޅިވެފައިވީ ދޮލޮލުން ޒީޝާނާއި ދިމާ ބަލަހައްޓައިން ހުރި ރިހާ އަށް ބަލާލެވުނު އިރު އެ ހިތުގެ ތެޅުން އެތައްގުނައެއް އިތުރުވީ ކަހަލައެވެ. “ވަޓް!” ޙައިރާންކަން މަތީ ޒީޝާން އެހެން އަހާލީ އެއީ ހީވިގޮތެއް ނޫންކަން ޔަޤީން ކުރަން ބޭނުންވާތީއެވެ. ކަރުނައިގެ ތެރެއިން ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ރިހާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ. ވީ އުފަލުން ޒީޝާނަށް ހުރެވުނުތަންވެސް ނޭނގެއެވެ. ރިހާގެ ގާތަށް ދުވެލާފައި ދެވުނު އިރު ބިންމަތީގައި ފައިވެސް ހަރުނުލާ ކަހަލައެވެ. ރިހާއާއި އަރާ ހަމަވެފަ އެ ރީތި ދެލޮލަށް ބަލާލަމުން ރިހާގެ ގައިގަ ޒީޝާނަށް ބައްދާލެވުނީ ބޭއިޚްތިޔާރުގައެވެ. ކުޑަ އިރުކޮޅަކަށް އެ ވަގުތު ކޮޅު ދިގުދެމިގެން ދިޔައިރު މީހަކަށް ފެނިދާނެތީ އެކަމާވެސް ޖެހިލުން ނުވާކަހަލައެވެ.
އާ ދުވަހަކަށް އިރުއަރައިގެން އައިއިރު ލޯބިވެރިންގެ ލިސްޓަށް ޒީޝާނާއި ރިހާގެ ނަން ވީ އިތުރުވެފައެވެ. އާދުވަހަކަށް ލޯ ހުޅުވާލި ރިހާވެސް އެހެން ހިތަށް އެރުމާއިއެކު މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ހަމައެހެންމެ ބުނެދޭން ނޭނގޭ އުފާވެރިކަމެއް އެ ހިތުގައިވިއެވެ. އެ އުފާވެރިކަން ރިހާގެ މޫނުމަތިން ފާޅުވެގެންދަނީ ތަނަވަސް އެނދުމަތީ އެހެން އޮތްއިރު ތުންފަތަށް ދޭތެރެ ދޭތެރެއިން ވެރިވެގެންދާ ހިނިތުންވުމުންނެވެ. ޒީޝާނަށް އާ ބަސް ބުނެވުނީ ހަމަ ރިހާއަށް ބާއޭވެސް ރިހާގެ ހިތަށް އަރަމުންދިޔައީ، އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އެ ލޮތްބަށް ފުރަގަސްދީ، ދެއްކެން އޮތްހާ ބަހަނާއެއް ދެއްކި އަންހެންކުއްޖަކީ ހަމަ އެ ރިހާ ކަމަށްވުމުންނެވެ.
މަސައްކަތުގައި މަސްއޫލުވެފާ އިން ރިހާ، ރިހާގެ ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެން އިސްއުފުލާ އެދިމާއަށް ބަލާލިއިރު ދޮރުމަތީގައި ޒީޝާން ހުރީ ހިނިތުންވެލައިންނެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު ޒީޝާން ފެންނައިރަށް ރިހާގެ މޫނު މައްޗަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އަދި ވަގުތުން އިސްޖަހާލެވުނެވެ. ރިހާއާއި ދާދި ގާތަށް އައިސް ހުއްޓިލަމުން ޒީޝާންގެ ޖީބުން ކުޑަ ފޮއްޓެއް ނަގާ ރިހާއަށް ފެންނާނެހެން ރިހާއަށް ދައްކާލުމާއެކު ރިހާ އިސްއުފުލާ ބަލާލިއިރު އެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. އެ ފޮށީގައި އިނީ ރަތްކުލައިގެ އަލިމަހެއް ޖަހާފައި އިން އަނގޮޓިއެކެވެ. މަޑުމަޑުން ކަކޫ މައްޗަށް ތިރިވެލާ އަނގޮޓި ނަގާ ރިހާގެ ވައަތު ކަށި އިނގިލީގައި އަޅުވާދެމުން ޒީޝާން ބުނެލިއެވެ. “މޭބީ އަދި ތަންކޮޅެއް އަވަސް ކަންނޭގެ، ބަޓް އައި ވޯންޓް ޔޫ ޓު ހޭވް އިޓް. ހެޕީ ބިލޭޓެޑް ބާތުޑޭ!” “އޯ.އެމް.ޖީ!” ދެމީހުނަށްވެސް ދޮރާއި ދިމާއަށް ބަލާލެވުނީ ދޮރުމަތީ ފައިލެއް ހިފައިގެން ހުރި މާހީގެ އަޑަށެވެ. އަދި އެއާއި އެކު ރިހާ، ޒީޝާންގެ އަތުގައި އޮތް ރިހާގެ އަތް ދަމާގަންނަމުން، ކޮޅަށް ތެދުވެވުނީ ދެމީހުނަށް އެކުއެކީގައެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ބަލާލީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރުމުން ބަލާލާ ކަހަލަ ގޮތަކަށެވެ.
މާހީވެސް ދޮރުމަތީ އަނގަހުޅުވިފަ ހުރީ ރިހާގެ ކެބިންއަށް ލިޔެކިޔުންތަކެއްގައި ސޮއި ކުރުވަން އައި އިރު މިފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. މަޑުމަޑުން ރިހާ ގާތަށް އައިސް ހުއްޓެމުން ރިހާގެ ވައަތް ނަގައި އެ އަތްތިލައަށް ބަލާލިއެވެ. “ވެން ޑިޑް ދިސް ހެޕަން؟” މާހީ އެބުނާ އެއްޗެއް ނޭނގޭ ކަމަށް ހަދާލަމުން ޒީޝާން ވެސް ކޮއްލީ ސުވާލެކެވެ. “ވެން ޑިޑް ވަޓް ހެޕަން؟” ޒީޝާންގެ އެ ސުވާލުން މާހީ ޒީޝާނަށް ލޯ އަޅާލަމުން ބުނެލިއެވެ. “މާ ނޭނގޭ ކަމަށް ހެނދޭނެ ކަމެއްނެތް! ނިކަން ބުނެބަލަ، އާ ޔޫ ގާއިސް ޑޭޓިން؟” ޒީޝާން ރިހާގެ މޫނަށް ނަޒަރެއް ހިންގާލަމުން ބުނެލިއެވެ. “ޓެކްނިކަލީ ނޯ!” ޒީޝާން ރިހާގެ އަތުގައި ހިފާލަމުން އިތުރަށް ބުންޏެވެ. “އެކަމް، މީޓް މައި ގާލްފްރެންޑް!” ޒީޝާން ހިނިތުންވެލަމުން އެބުނި އެއްޗަކުން މާހީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މާހީ” ރިހާ ގޮވާލީ މާހީ އެއްޗެއް ނުބުނެ އެހެން ހުންނަން ފެށުމުން މާހީ އެ ގުޅުމަށް ހިތްހަމަނުޖެހުނީއޭ ހިތައެވެ. އެވަގުތު ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަމުން މާހީ ރިހާ ގައިގައި ބައްދާލީ ވީ އުފަލުންނެވެ. “އައިމް ސޯ ހެޕީ ފޮ ޔޫ!” މާހީ ބުނެލިއެވެ. މާހީ އުޅެން ފެށިގޮތުން ރިހާއާއި ޒީޝާން ގާތަށް ހިނިއައެވެ. މާހީ އަދިވެސް އެއްފަހަރު ރިހާގެ އަތް ނަގާ ޒީޝާން އަޅުވައިދިން އަނގޮޓިއަށް ބަލާލިއެވެ. “ޒީޝާން!” މާހީ މަޑުމަޑުން ގޮވާލުމުން ޒީޝާން “ހޫމް” އަލުވާލިއެވެ. “މީ ހަމަ އަސްލު ރޫބީއެއް ތަ؟!” މާހީ އަހާލިއެވެ. “ޑޯންޓް މައިންޑް، ހަމަ އަހާލީ. ބިކޮޒް، އަހަރެންގެ ދޮންތަ ޑިޒާވްސް ރިއަލް، ނޮޓް ފޭކް.” ޒީޝާން ހިނިތުންވެލަމުން އާއެކޭ ބުނެ ބޯޖަހާލިއެވެ. “އޯކޭ! ހިނގާ ކޮފީއަކަށް ދާން. ނައު! އަހަރެން ބޭނުން މުޅި ސްޓޯރީ އަޑުއަހަން. އެހެންނޫނަސް އައި ޑިޑްންޓް ނޯ ޔޫ ގާއިސް ޕެޗްޑް އަޕް.” މާހީ އެހެން ބުނެ ކެބިން އިން ނުކުންނަން ހިނގައިގަތެވެ. “މާހީ! މިގަޑީގަ؟ އައިމް ބިޒީ.” ރިހާ އެހެން ބުނުމާއި އެކު އެއްވެސް ބަހާނާއެއް އަޑުނާހާނެ ކަމުގައި ބުނެ ދެމީހުންގެ އަތުގައި ހިފައިގެން ދަމަންފެށިއެވެ.
ޒީޝާނާއިއެކު ރިހާގެ ޙަޔާތުގައި ލިޔެވެން ފެށީ މުޅިން އާ ބާބެކެވެ. ދުވަސްތައް ފާއިތުވަމުން މާޒީ އާއި އެކުވަމުން ދިޔައިރު، ޒީޝާން ވީ ރިހާގެ ދިރިއުޅުމުން އުނިވެފައިވީ ލޮތްބާއި، އަޅާލުމާއި، އުފާ ރިހާގެ ޙަޔާތަށް ގެނެސްދިން ފަރާތަށެވެ. ކުޑައިރު ކިޔާ އުޅުނު ފެއަރީޓޭލް ވާހަކަތައް ފަދަ ފެއަރީޓޭލް އެއްގަ އުޅެވޭ ފަދަ އިޙްސާސެކެވެ. ޒީޝާނާއި އެކު ވޭތުވަމުން ދިޔަ ކޮންމެ ވަގުތަކީ ރިހާގެ ހިތް އުފަލުން ފުރާލަދޭ ވަގުތުތަކެކެވެ. ރީތި މާބޮނޑިތަކާއި، ޗޮކްލެޓް ފަދަ އެއްޗެތި އެއީ ޒީޝާންގެ ފަރާތުން ކޮންމެ ދުވަހަކުވެސް ރިހާއަށް ލިބޭ ކުދިކުދި ހަދިޔާއެވެ. ނިހާއަށް ނަސީމާގެ ފަރާތުން ލިބޭ ލޮތްބާއި އަޅާލުން ފެނި ހިތް އުދާސްވާ ކޮންމެ ފަހަރަކު ރިހާގެ ހިތްހަމަޖައްސައިދީ އެ މޫނަށް ހިނިތުންވުން ގެނުވަނީ ޒީޝާނެވެ. ޒީޝާން ވަޢުދުވީ ފަދައިން ޒީޝާން އަބަދުވެސް ރިހާ އުފަލުގައި ބަހައްޓަމުން ދިޔައެވެ. ރިހާގެ ހިނިތުންވެފައިވާ މޫނު ފެންނުމުން ޒީޝާންގެ ހިތްވެސް އުފަލުން ފުރިގެންދެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.


its been so long and sorry is not enough, but i am sorry.
Thank You for all those who beleived in me and chose to wait patiently. I truely am indebted to you guys for that. Thank You.
I would like to say that this is the only site I have publised this story, and if you happen to see this on any other site, then trust me, it is not me who is publishing it.
anyway thnx because stry eh varah nei dhuvas kolheh :[
best stry eva
Thank u rain. v really appreciate writers hard work and v believe in you. thank you again for the lovely story 😀 please up next part as soon as possible 🙂
Thank u. Mihaa dhuvas fahun vaahaka up kodhineema. heekuran Mifaharu mivaahaka nimendhen kiyan libayne kamah. Vvvvvv reethi mivaahaka.
alhe vvvvvv nyc..avahah up kohdhehchey
Mi vahaka varan reethi, next part avahah upload kondheychy .
Mi story kurin nukiyan…mipart upvima fahagn mi ki…nice.story…avahah up kurahche..nuny varah foohi vane
Ooooyeyyy!! Hehe mi story kiyaa hithun hutta again genaeethi..i thought dhn nufennaane kamah..bt thnks 😀 varah salhi mi bai ves
haadha dhigu inthixaareh kuruvaafaey vaahaka thi genes dhinee rain,, 🙂 thnk u ehaa dhuvas kohfa ves genes dhineema..
thank you ,thank you, thank you …….um so happy .. finnaly …. ah .. this my fav story all the time … hithah eri dhen nugen naane yey vess …. but i was wrong … yes , yes .. v ufaa vehje mistory alun gensdhey feshyma … next part please upload as sonn as possible please …. 🙂 🙂 🙂 🙂
impatiently waiting for next part….one of my all time favourite .. i love this <3…
Thank you all for the lovely comments… to be honest i was a lil scared to update this part after such a long time… thought u guys might really hate me for not beign unable to update soon… Thank You so much fro the Love 🙂
Mi vaahakaige anebbai vee kon raajjeaku imean kihaa hisaabaku…
you can find the previous parts in the below link;
http://www.esfiya.com/author/raina