Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 19

Dhonthiii Level 210 Stories100 Comments
October 20, 2018 4 Mins Read
9 Comments

1 ދުވަސް ކުރި……

ރާއިލް ހަދަމުން ދިޔަ ކޯސް ނިންމައި އަނބުރާ ރާއްޖެއައީ ވަރުގަދަ އަޒުމަކާއިއެކުއެވެ. އެއީ މާލެ އަރާ ގޮތަށް އެންމެ ފުރަތަމަ ވެސް ރާއިލް އަލަށްވެސް ލޯބިގެ ގޮތުން ގުޅުނު އަންހެންކުއްޖާ ހޯދުމެވެ. އެއީ ރާއްޖޭގެ ކޮންމެ ހިސާބަކަސްވެސް ފަރުވާލެއްނެތެވެ. އެންމެ ފަހުން ރާއިލްއާއި އަލުން ގުޅުމަށް އެދި ކުރި މެސެޖަށްވެސް ޖަވާބެއް ލިބިފަކާނެތެވެ. ކޮންމެގޮތެއް ހަދާފަވެސް ޖަވާބު ހޯދަން ރާއިލް ބޭނުމެވެ. ޝައިރާއާއި ރައްޓެހި ވެގެން އުޅުންއިރު ޝައިރާއަކީ ކޮން ރަށެއްގެ ކުއްޖެއްކަން އެހުންކަމީ ރާއިލްގެ ނަސީބެވެ. އެހެނަސް ޝައިރާގެ ބަދުނަސީބު ކަންނޭނގެއެވެ. އުޅޭ ގެޔެއް ނޭނގުނަސް އެރަށަށް ދިޔައީމާ ދިމާވާނެކަމުގެ އުންމީދު ވަރަށްވެސް ބޮޑެވެ. ޝައިރާ ހާސިލްކުރާނެ ކަމުގެ ވަރުގަދަ އަޒުމެއް އެހިތުގާވިއެވެ.

މާލެ އާދެވުންގޮތަށް ގެޔަށްވެސް ދިއުމެއްނެތި ލޯންޗެއް ހިފާގެން ރާއިލް ދިޔައީ ރ.އުނގޫފާރަށެވެ. މިފަހަރު ރާއިލްގެ މަންމަ ރާއިލް ދިޔުމަށް ހުއްދަ ދޭނެތޯ ނުދޭނެތޯ އެއްވެސް ބެލުމެއްނެތެވެ. އެހެންޔާ ޝައިރާކައިރިއަށް އައުމަށް އެދެފިނަމަ ބުނާހާވެސް އެއްޗަކީ ރާއިލްގެ މަންމަ ނުފޮނުވާނެއޭ ކިޔާ ކޮންމެސް ބަހަނާއެއްދެއްކުމެވެ. އަބަދުވެސް ރާއިލްގެ ކައިރިއަށް ދާންޖެހޭނީ ޝައިރާއެވެ.

މުއްސަނދި އާއިލާއަކަށް ނިސްބަތްވާކަމުން ބޭނުން ކޮންމެ ކަމެއްވެސް ކުރުމަކީ އިނގިލި ގޮއްވާލުންހާ ފަސޭހަކަމެކެވެ. އެގޮތުން އުނގޫފާރަށް ގޮސް އެންމެ ފުރަތަމަކަމަކަށްވީ ކުއްޔަށްދޭ ކޮޓަރިއެއް ހޯދުމެވެ. ރެސްޓޯރެންޓްއަކަށް ވަދެލަނިކޮށް ކާންލިބޭނެކަން ޔަގީނެވެ. ހުރިހާވެސް އެއްޗަކީ ފައިސާއެވެ. އެއޮވެއްޖެނަމަ ދެން ހާސްވާންވީ ކަމެއްނެތްކަމަށް ރާއިލް ދެކުނެވެ.

އެރަށަށް ދެވުނީ އިރުއޮއްސެން ގާތްވެފަ ހުއްޓާކަމުން ވާޓަރުގާތު ހުރި ބުރުތަކުން ބުރެއްގައިން މުސްކުޅި ފުރާވަރެއްގެ ފިރިހިނެއް ފެނުމުން ރާއިލްއެދީމާލަށް މިސްރާބުޖެހީ ލޯންޗަށް ދައްކަންވާވަރަށް ފައިސާ ދައްކާފައެވެ.

“ބޭބޭ… މިރަށުގަ ކުއްޔަށް ކޮޓަރި ދޫކުރާ ތަނެއް ބުނެލަދީފާނަންތޯ؟ އަޅުގަނޑަކީ މިރަށަށް ވެސް އަދި ރާއްޖެތެރޭ ރަށަކަށްވެސް އަލަށްއައި ކުއްޖެއް.” ރާއިލް ބުނިހެން ރާއިލް އަދި ހަޔާތުގަވެސް ރާއްޖެތެރޭ ރަށަކަށް އެއައީ އަލަށެވެ. ރާއްޖެތެރޭ ރަށްރަށަށް ދިޔުމަކީ ރާއިލް އެއްއިރެއްގާވެސް ކުރާހިތްވާކަމެއްނޫނެވެ.ޝައިރާގެ ކައިރިއަށް މީގެކުރިން އަންނަން ބޭނުންނުވާ ސަބަބަކީވެސް އެއީކަމަށްވެސް ވެދާނެއެވެ.

” އެކޮޔަށް ތިއާދެވުނީ ރަނގަޅުތާކަށް. އާދޭ ބޭބެޔާއެކު. ބޭބެމެންގޭގަ ހުންނާނެ ކުއްޔަށްދޭ ކޮޓަރިއެއް.” އެނުދަންނަ މީހާއަކީ ވަރަށް ހިތްހެޔޮ ވައްތަރެއް ޖަހާ މީހެއްކަމުން އެމީހަކަށް އިތުބާރުކޮށްގެން ރާއިލް ދިޔައީއެވެ.

އަލަށް ރާއްޖެތެރެ ރަށަކަށް އާދެވުމުން އެކިދިމަ ދިމާލަށް ބަލަމުން ގޮސް ހުއްޓުނީ ތަންކޮޅެއް ލިބޭ މީހުންއުޅޭ ކަހަލަ ގޮތެއްހުރި ގެޔެއްކުރިމަތީގައެވެ. ގެޔާ ހިސާބަށް އައި މަގުމަތީ އެކި އެކި ގޭގެ ހުރިގޮތް ފެނުމުން މިގެއަށް ބަލާލާފަވެސް ރާއިލްއަށް އެއީ ފައިސާ ލިބޭ މީހެއްގެ ގެދޮރުކަން އެނގެން އެހާ އުނދަގުލެއް ނުވިއެވެ.

” މީ ބޭބެ އުޅޭގެ. މިގޭގަ އުޅެނީ ބޭބެޔާ ބޭބެގެ އަންހެނުން ހައްވައްތައާއި ބޭބެގެ ދަރިފުޅު ނިޝާހް. އެސޮރުވެސް އެއައީ އިއްޔަގަ ރަށަށް މާލޭގަ ކިޔަވަންއުޅެފަ. އާނ އަދި ބޭބެޔަށް ކިޔާ ނަމެއް ނުބުނެވޭ ދޯ. ބޭބެޔަށް މީހުން ކިޔާ އުޅެނީ ނިޒާރުބެ. އެކޮއިވެސް އެހެން ކިޔުމަކުން ބޭބެގެ އެއްވެސް މައްސަލައެއްނެތް. އަވަހަށް އާދޭ އެތެރަށް.” ނިޒާރުއާއިއެކު ގޭތެރަށް ވަދެގެން ގޮސް ރާއިލްއަށް ވީ ކޮޓަރި ދައްކާލުމުން ނިޒާރުއަށް ޝުކުރު އަދާކުރުމަށްފަހު ރާއިލް ކޮޓަރިއަށް ވަނެވެ.

ފާރުތަކުގާ ވަނީ ހުދު ކުލައެވެ. ކިންގްސައިޒްގެ އެނދު ހުދު ކުލައިގަ ހުރިއިރު ކަޅުކުލާގެ ހެޑްބޯރޑެކެވެ. ބެޑް ޝީޓާއި ދެބާލީސް އޮތީ ކަޅުކުލައިގެ އުރައަރުވާފައެވެ. ހަތަރު ދޮރުފަތް ލީ ބޮޑު އަލަމާރިވެސް ހުދުކުލާގަ ހުރި އިރު މެދުން ކަޅު ރޮނގެއް އިނދެއެވެ. ކަނަކަށް ވާގޮޅަށް ހުރި ތަންކޮޅަކު ހުދާއި ކަޅުގެ ދޮރުފޮތި ގަނޑެއް ދަމާފަހުއްޓެވެ. އެއީ ވައިގޮޅިއެކެވެ. އަނެއް ފަޅީގަ ހުރި ކަޅުކުލައިގެ ދޮރު ހުޅުވާލިއިރު އެއީ ފާހާނައެވެ. ފާހާނަތެރޭ ކަޅާއި ހުދުގެ ތަށިމުށި ހުރީ މުޅި ފާރުގަ ޖަހާފައެވެ.

ބަނޑުހައި ވެފަ ހުރުމާއިއެކު އަވަސް އަވަހަށް ލާނެ އެއްޗެއް ނަގާ ފެންވަރާލައިގެން ދިޔައީ އެތާކައިރިހުރި ރެސްޓޯރެންޓްއަކަށް ކާލަންށެވެ. މިއަދު ދެން އިރުއޮއްސިފަވުމާއިއެކު އަދި ޝައިރާ އުޅޭ ތަނެއްވެސް އެނގިފާ ނެތުމުންނާއި އަދި އެރަށުތެރޭ ހިނގަންވެސް ނޭނގޭތީ އިތުރު އެހެން ދިމާލަކަށް ދާ ހިޔާލެއްނުކޮށް ކައިގެންއައީ ގެޔަށެވެ.

ގެޔަށް ވަތްއިރު އުމުރުން 50ހުން މަތީގެ މުސްކުޅިއަންހެނެއް ސޯފާގައި އިނެވެ. އެގޭތެރެއަށް ވަންނައިރު ފުރަތަމަ އިންނަނީ ސިޓިންގ ރޫމް ކަމުން އެތާ ތިބޭ ބަޔަކަށް ނުފެނި ކޮޓަރިތަކަކަށް ނުދެވޭނެއެވެ.

“އެކޮއި ހިނގާ ކާންދާން. ނިޒާރުބެވެސް ކާގޭގަ ވެއްޖެ. ހައްވައްތަވެސް މިއިންނަނީ އެކޮއި އައިމަ ކާންދާން.” ނިޒާރުގެ އަންހެނުން ހައްވާފުޅިކީ ވެސް ވަރަށް ހިތްހެޔޮ މީހެއްކަމުން ރާއިލްއަށް ކާން ގޮވާފަ އިންތަނުން ތެދުވީ ރާއިލް ގޮވައިގެން ކާންދިޔުމަށެވެ.

“ނޫނޭ އެހެން ފަހަރަކުން. ދެންމެ މިއައީ މިތާ ކައިރިހުރި ރެސްޓޯރެންސްއަކުން ކައިގެން.” ރާއިލް ނުކާނެކަމަށް ބުނެ ކޮޓަރިއަށް ވަތްމީހާ ދެން އަރާ އޮށުވެލީ ވެފާހުރި ވަރުބަލިކަން ފިލުވާލާ ނިދާލާށެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ރާއިލްއަށް ހޭލެވުންއިރުވެސް ވިއްސާރަކަމުން ސައިބޯން ރެސްޓޯރެންޓްއަށް ދާނެގޮތަކާއިމެދު ވިސްނާލަން ގޭ ދޮރުމަތީ ހުއްޓަ ހައްވައްތަ ގޮވައިލި އަޑަށް ފަސްއެނބުރި ބަލައިލިއެވެ.

“އާދެ ސައިބޯން.” އޭރު ބޯކޮށް ވާރެވެހޭތީ އެހެންތާކަށް ސައިބޯން ނުދެވޭނެތީއައި ބަނޑުހައިވެފަހުރިވަރުން ރާއިލްވެސް އެގެއިން ސައިބޯން ބަދިގެ ފަރާތަށްދިއުމަށް ހިނގައިގަތެވެ. އެގޭ ބަދިގެއާއި ކާގެ އިންނަނީ ގޭގެ އެންމެ އެތެރޭގަ ކަމުން އިތުރު ތިން ކޮޓަރި ހުރަސްކޮށް ގޮސް ކާބަޔަށް ވަތްއިރު މޭޒު ކައިރި ނިޒާރުބެއާއި ނިޒާރުބެގެ އަންހެނުންގެ އިތުރުން ޒުވާން ފިރެހެން ކުއްޖަކުއިނެވެ. އެހެންކަމުން އެއީ ނިޒާރުބެއާއި ހައްވައްތަގެ ދަރިކަން މީހަކު ނުބުންޔަސް އެނގުނެވެ.

މެންދުރަށް ގޮވަން ކައިރިވިއިރުވެސް ވެހެމުން ދިޔަ ބޯވާރެޔަށް ކުޑަވެސް ބަދަލެއް ނަޔަސް ކޮޓަރިތެރޭ އޮވެ އޮވެ ފޫހިވެގެން ހައްވައްތަ ކައިރިއަށް ކުޑައެއް ހޯދަން ދިޔައެވެ.

“އެ އުޅޭ ނިޝާހުވީ ކުޑަ ހިފައިގެންގޮސް. އަދި ނުވިތާކަށް ކޮޓަރީގަ އަޑުގެނެތްތަނަށް ލަވަޖަހާފަ ކޮޓަރި ތަޅުވެސްލައިފައޭއެދިޔައީ. އެސޮރުކައިރިވެސް ވަޒީފާއެއް ލިބެންދެން ބައްޕަގެ ފިހާރަކަންތައް ބަލާލަދޭށޭ ކިޔާކިޔާވެސް މަގޭ އަނގަ ވާޅުވެއްޖެ. އެތާ މުސާރަދީފަ ކުއްޖަކުވެސް އިންނާނެ. އެސޮރު ހަމަ ހިސާބުގެކަންތައް ބަލާލީމަ ރަނގަޅުވާނެ. ނިޒާރުއަށޭ އަދިވެސް އެހުރިހާކަމަކާ އުޅެންމިޖެހެނީ. މަގޭ ދަރިޔަށް މަށަކަށް ކަމެއްކޮއްދޭނެ އަވައްޖެއްނުވާނެ އެކަމަކުވެސް މިބޯވިއްސާރައިގަވެސް ކޮންމެވެސް މީހަކު ގުޅާލިއިރަށް އެދިޔައީނު….” ހައްވައްތަ ރުޅިއައިސްގެން ނިޝާހްއަށް ކުދިކިޔަމުން ރާއިލްއަތަށް ކޯޓެއްދިނެވެ.

ކޯޓްލައިގެން  ގޭންނުކުތްއިރަށް މީހެއްގެ ގައިގަޖެހިފަ އެތާންގަ ހެދިފައޮތް ފެންގަނޑު ތެރަށްވެއްޓުނެވެ. އެވެއްޓުނު މީހަކު އަދި ވެއްޓުނީވެސް ރާއިލްގެ ގައިމައްޗަށެވެ. ކޯޓުގެ ބޮލުން ރާއިލްގެ ދެލޯ ފޮރުވިފަވާތީ ތަނެއްދޮރެއް ފެންނަގޮތެއްނުވިއެވެ.

“މީއަޅެ ލޯކަނުމީހުން އުޅޭ ރަށެއްތަ؟ ތަނެއްދޮރެއްނުބަލަޔޭ މީހުންގެގައިގަ އައިސް ޖެހިގަންނައިރު. ދެންމަވީ އަނެއްކާ ފެންވަރަންދާން. ދެރަކަމެއްނުދެން.” ކާކުތޯވެސް ނުބަލާ ރާއިލް އެމީހަކާ ދީމާލަށް ހިތަށްއެރި އެއްޗެއްވިއްޔާ ކިޔަމުން ރާއިލްގެ ގައިމަތިން ވައްޓާލިއެވެ.

* * * * * * * *

“ސޮރީ” ދަންނަ އަޑެއްހެންހީވިޔަސް ކާކުކަންނޭގޭ މިމީހާގެ ގައިމައްޗަށް ވެއްޓުމުން ނަޖިހެއް ފޮޅާާހެން ޝައިރާ ފޮޅާލުމުން ޝައިރާއަށް ވީތަދުން އެއީ ކާކުތޯ ބެލުމެއްވެސްނެތި މާފަށްއެދިފަ މަޑުވެސްނުކޮށް ޖެހިގެން އިންގޯޅިއަޅާ ގެޔާދިމާލަށް ދުއްވައިގަތެވެ.

* * * * * * *

އެއަޑުއިވުމުން ރާއިލްއަށް ތެޅިގަނެވުނެވެ. ގައިގަ ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. އަވަސް އަވަހަށް ލައިގެން ހުރި ވާރޭކޯޓު ރީތިކޮށް ބަލައިލީ ހަމަ އެންމެ އުންމީދަކާއިއެކުއެވެ. ޝައިރާ ފެންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ކުރިމަތީ ފެންނަން އެކަކުވެސް ނެތުމުން ދާންވީ ކޮންދިމާލަކަށްކަން ނޭނގުނަސް އެކި ގޯޅިތަކަށް ވަންނަމުންގޮސް ނަތީޖާއަކަށްވީ މަގުގެއްލުމެވެ.

* * * * * *

ރައްޓެއްސަކާއިއެކު ކޮފީއަކަށްދިޔަ ނިޝާހް ގެޔަށް އައީ އިރު އެމޫނުމަތީގައިވި ހިނިތުންވުން ވަރަށްވެސް ފުރިހަމައެވެ. ބަލާބެލުމަށް ހީވަނީ އެއްޗެހިތަކެއް ލިބިގެން އުޅޭހެންނެވެ. ނިޝާހް ގެޔަށް އައިއިރު އަތުގަ އިތުރު ކުޑައެއްވެސް އޮތުމުން ހައްވައްތަ އެސުވާލުކުރުމުންވެސް ޖަވާބެއްނުދީ އެކުޑަ ހިފައިގެން ވަނީ ކޮޓަރިއަށެވެ.

“މިއަދު މަށަށް މިފެނުނީ ވާރެތެރޭ އުޅުން ލޯބިލޯބި ޕަރީއެއްތަ. ހާދަ ފުރިހަމައޭ. މިހިތަށްވެސް ގޮތެއްވެއްޖެ. އަދި ފެންނާނެނަމަ. ނަމެއްވެސް ނޭނގެ. އުޅޭ ތަނެއްވެސް ނޭނގެ. ލޯމަރާލާފަ ހުޅުވަންވާއިރަށް ގެއްލިއްޖެ.” ނިއްމަތީ އަތްބާއްވާލައިގެން ފުންޚިޔާލަކަށް ގެއްލިފައޮތް ނިޝާހް ސިއްސާގެން ދިޔައީ ކޮޓަރިދޮރު ވެއްޓޭވަރަށް މީހަކު ތަޅާއަޑަށެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 5

Next

ދުވަހަކުވެސް މާފެއް ނެތް – 8

Next
October 20, 2018

ދުވަހަކުވެސް މާފެއް ނެތް – 8

Previews
October 20, 2018

ހޯދޭތޯ މަންޒިލެއް… 5

9 Comments!

  1. Navii says:
    October 20, 2018 at 9:55 pm

    Yey… Mee first dhw..

    1. Dhonthiii says:
      October 21, 2018 at 6:36 pm

      Yap navii ur first.. btw I have cousin Hama navii kiyaakujjeh.. hehehhe

  2. Dr.eamss says:
    October 20, 2018 at 10:10 pm

    Mifaharu second dhw varah reethi

    1. Dhonthiii says:
      October 21, 2018 at 6:35 pm

      Thank you.. konkujjeh baa mi. New kujjeh dhw..

  3. Maya says:
    October 21, 2018 at 4:35 pm

    Waaaaaau dhonthiii i missed u so much ?????????haadha lahunneyy thi up kurani….. Vv Miss mi story mathin ????Alhey mihaaru raail aii dhw e erashah so fengandah e vehtuni shaira and raail dhw.. OMG anehkaa anekaku.. Nishaah vs lwbi vevuny thr..????? But shaira and ayaan dhen dhurunukuracheyyy dhonthiii.. Nxt part avahah up kohdhehchey plyxx luv yuh….. Vv Curious vey eba mihaaru ???????????????????????????????????

    1. Dhonthiii says:
      October 21, 2018 at 6:34 pm

      Thank you so much maya. Sorry ma lasveema. Dhen ehaa laheh nukuraanan ingey ????????? inthizaaru kohladhinyma thanks.. maya men kahala kudhin get comments ahnaathy ey dhonthiii vaahaka liyaa hihvanyves. Den vaagoteh balamaa dhw. Nw nishaah kiyaa kujjeh ves aisithaa. Shaira and ayaan dhw gulheny hehehehe. Luvs ???

  4. kkkk says:
    October 22, 2018 at 10:03 am

    dhen anehbai up kuraany 30thga dhw? Mivaahaka kiyan feshunu kamunney hithah araifi. lahun up vaathy haadha foohsey. Ekam kiyan fashaafa inyma haam kiyaahiy vany. konme dhuvahaku fas hafaharu esfiya beley vaahaka up kurithw. dhonthi alhe than kolheh avahah up kohla dheveyne gotheh nuvaane?

    1. Dhonthiii says:
      October 22, 2018 at 11:42 am

      Sorry dear. Den avahah up kohladheynan. Modhiya dhuvas kolhu ulhen jehunleh bura kamun ehen kantah v. Hope u all understand…. Well thanks…

  5. Sis says:
    November 23, 2018 at 7:49 am

    Alheyyyyy mihaaru Nishaaah ves beynun vani shairaa… Thi hurihaa kamakun shairaa ge boleh nu falhaigen dhaani…. Dhn Ekam shairaa aa ayaan gulheni…. Cos they both suffered from their ex girl and boyfriends….

Comments are closed.

Next Episodeލޯތްބަކީ 20←


All Right Reserved!