ވާނަން އެކީ 3
އޭރު ޖީޒާންގެ ނަޒަރުވެސް ހުއްޓިފައިވަނީ އަރޫނާއަށެވެ. އަރޫނާ މަޑުވެސްނުކޮށް ގޮސްވަނީ ކޮޓަރިއަށެވެ. އޭނާގެ ހިތަށް އުނދަގޫކުރަން ޖީޒާން އެއައީ ކީއްވެހެއްޔެވެ؟ އައި ރުޅީގައި އޭނާ ކާންގޮވުމުން ކާކަށްވެސް ނުދިޔައެވެ. ޖީޒާންގެ ކުރިމައްޗަށް ދާންޖެހޭތީއެވެ.
ޖީޒާން އައުމުން އަރޫނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ކޮޓަރިން ބޭރަށް ނިކުތުން މަދުވެފައި ބަސްމަދުވިއެވެ. ޖީޒާން ހުރިތަނެއްގައި ވިއްޔާ އޭނާ އަނގަޔަކުން ނުބުނާނެއެވެ. މޫނުހަދާލައިގެން އިންނާނީއެވެ. އެކަން ޢަލްޔާ އާއި ޝީންއަށްވެސް ފާހަނގަވިއެވެ. ބަދަލެއް އާދޭތޯ ވާހަކަވެސް ދެއްކިއެވެ. ނަމަވެސް އަރޫނާގެ ފަރާތުން އެދެވޭ ކުރިއެރުމެއް ނުފެނުނެވެ. އެހެންކަމުން އެކުދިންވެސް އިތުރަށް އެއްޗެކޭ ބުނާކަށް ނެހެދިއެވެ.
*********
ކިޔެވުމުގެ ފުރަތަމަ ސެމިސްޓރ ނިމި ޓެސްޓު ނެގުނެވެ. ނަތީޖާ އަތަށް ލިބުމުން ތިންކުދިން ސިޓިންރޫމަށް އެއްވީ ނަތީޖާއާބެހޭގުތުން ވާހަކަދައްކާށެެެވެ. އަރޫނާއަށް އޭނާގެ ކްލާހުން އެންމެމަތިން މާކްސް ލިބުނެވެ. ޢަލްޔާއާއި ޝީންވެސް މޮޅުކުދިންގެތެރޭ ހިމެނުނެވެ.
“ކޮންގްރެޓްސް ގައިޒް. އަހަރެންގެ މާގިނަ ވާހަކައެއް ނެތް.” އަރޫނާ ބުނެލިއެވެ. ޖީޒާން ޝީންމެންނާ ވާހަކަދައްކާ އުޅޭ ގާތްކަމުން އޭނާ އެމީހުންމަތިން ފޫހިވަނީއެވެ. ޝީންމެނާ ހީނ ސަކަރާތްޖަހާއުޅޭއިރު ޖީޒާން އަނގައިން ބުނެނުލާތާނގައި ބަލާވެސްނުލައެވެ. އެ ދުރުކުރުމުގެ ސަބަބުން އަރޫނާ ހުންނަނީ ހިތުގައި ޖެހުނަސް އެއްޗެކޭ ނުބުނާށެވެ.
“އަހަރެންނަށް ހީވޭ އަރޫ މިހާރު އަހަރެމެން އިގްނޯރ ކުރާހެން. އެއީ ކީއްވެ؟” ޝީންއަށް އަހާލެވުނީ އަރޫނާގެ އެ ފަރުވާކުޑަކަމާ ހެދިއެވެ. އަރޫނާ ހަގީގަތުގައިވެސް ބަދަލުވެއްޖެ ކަމުގެ އިހުސާސް ފުރަތަމަފަހަރަށް ޝީންއަށް ކުރެވުނެވެ. އަނެއްކާ އަރޫނާ އޭނާއަށް ގެއްލެން އުޅެނީ ބާވައެވެ؟ އެހެންވާކަށް ޝީން ނޭދެއެވެ. އަރޫނާއަކީ ޢަލްޔާފަދައިން އޭނާގެ ގާތް އެއް އެކުވެރިއެކެވެ. އަރޫނާނެތި ޝީންގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް ފަޅުވާނެއެވެ.
“އެކަކު އިގްނޯރކުރަން ހަދައިގެން ޝީވެސް ޢަލްޔުވެސް އިގްނޯރ ކުރެވެނީ. އައިމް ސޮރީ.” އިސްޖަހާލަމުން އަރޫނާ ބުންޏެވެ.
“އޭނަ އިގްނޯރ ކުރިޔަސް އަހަރުމެންނަށް ޗާންސެއް ދީބަލަ އަރޫ.” ޝީން ދުރަށް ބަލަހައްޓައިގެން އިނދެ ބުނި ޖުމްލައިން އަރޫނާ ސިހުނެވެ.
“އޭނ.؟” ޝީން ބުނިއެއްޗެއް އޭނާއަކަށް ސާފެއްނުވިއެވެ.
“އައިމް ސޮރީ މިވާހަކަ ސިއްރު ކުރެވުނީތީ. އެކަމަކު އަރޫއަށް އެނގެން ޖެހިއްޖެކަން ނޭނގެ. އައިމް ޖީގެ ގާލްފްރެންޑް. މިބުނީ އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެންނޭ. އައި ނިއު އަރޫ ވަރަށް ދެރަވާނެކަން. އަރޫ ޖީއަށް ވަރަށް އިންތިޒާރު ކުރިކަން. އެހެންވެ ސިއްރުކުރީވެސް.” ޝީން އިސްޖަހާލީ އެކުވެރިޔާގެ ކަރުނަތަށް ދެކެން ކެތްނުވާނެތީއެވެ. ނަމަވެސް ޝީންއަަށް ވަނީ މަޖްބޫރުވެފައެވެ.
އަރޫނާއަށް ހީވީ އޭނާގެ ދިރިއުޅުން އަނެއްފުށުން ޖެހެވުނުހެނެވެ. ޖީޒާން އޭނާ ގަބޫލު ނުކުރިނަމަވެސް އޭނާ ޖީޒާންއަށް ހާދަ އިންތިޒާރެއް ކުރިއެވެ. ނަމަވެސް މިފަހަރު ޖީޒާން އެ ދޫކޮށްލީ ރަނގަޅަށްވެސް އަރޫނާއަކީ އޭނާއާ އެކަށީގެންވާ ކުއްޖެއް ނޫންކަން ދައްކާފައެވެ.
“އިޓްސް އޯކޭ ޝީ. އަހަރެން ހިތް ބުރައެއް ނޫން.” ހިތުގައި ޖެހުނަސް އަރޫނާ އެކަން ފާޅެއް ނުކުރެއެވެ.
އެހެންދުވަހެކޭ އެއްގޮތަށް އޭނާ ޝީންމެނާ ބައިވެރިވެލައިގެން އުޅުނެވެ. ޖީޒާންމަތިން ހަނދާން ނައްތާލަން އޭނާ ހިތުގައި އަޒުމް ކަނޑައެޅިއެވެ.
ޖީޒާންގެ ހިޔާލުތަށް އުނދަގޫކުރަންފެށީ ރޭގަނޑު ނިދަން އޮށޯތުމުންނެވެ. ޖީޒާނައަކީ ރީތިކަމާ އެއްވަރަށް ފޮނި މީހެކޭ ހީކުރެވުނެވެ. އިހްތިޔާރަކާނުލާ އެދެލޯ ކަރުނައިން ތެމުނެވެ. ނެތްފެންވަރުގައިވެސް ކިޔަވަން މަންމަ ފޮނުވުމުން އެކަން ހަނދާންނެތެނީ ޖީޒާންގެ ސަބަބުންކަމުން ޖީޒާން ކުށްވެރިކުރެވުނެވެ. ޖީޒާންއަކީ އަނިޔާވެރިޔެކޭ ހިތަށްއެރިއެވެ. ލޯބިވެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އަރޫނާ ބޭނުންވީ އެންމެ ފަހުފަހަރާ ޖީޒާންއަށްޓަކާ ހިތްހުޅުވާލައިގެން ރޯލުމަށެވެ. ހިތްދަތިކަމުގައި ދުވަސްތައް ގުނަން ތައްޔާރުވުމަށެވެ. ޖީޒާންއަކީ އެހެންމީހެއްގެ ހައްގެކެވެ. އެހެންމީހެއްގެ ލޯތްބެކެވެ. ލިބެންނެތް މީހެކެވެ. ރޭގަނޑުގެ ބޮޑުބައި ހޭދަކުރެވުނީ ރުއިމުގައެވެ. އެންމެފަހުން ނުނިދިގެން އޭނާ ކޮޓަރީގެ ފަހަތުގައިވާ ބެލްކަންޏަށް ނިކުތެވެ.
ސާދަފަނަރައިގެ ހަނދު އޭގެ ދަރުބާރުގައި ފަރިވެފައި އިނެވެ. ތަރިތައްވެސް ހަނދުގެ ދަރުބާރުގައި އެއަށް ކިޔަަމަންގަނެ އެތަރިއެއް އޭގެ މަގާމުގައި ދުނިޔެ އަލިކޮށްދެމުން ދިޔައެވެ. ބެލްކަނީގައި ހައްދާފައިވާ މާގަސްތަށް ޖެހެމުންދިޔަ މަޑު ވައިރޯޅިއަށް ހޫރެމުންދިޔައިރު މަޑުނާނާއެއް އަޅުވަދީފައިވެއެވެ. އެހެންޏާ ހަލަބޮލިވެފައި އޮންނަ މާލޭގެ މަގުތަށްވެސް ވަނީ ހިމޭންވެފައެވެ.
މަޑުހިނގުމެއްގައި ގޮސް އަރޫނާ ބެލްކަނީގެ ރެއިލިންގައި ބޯއަޅާލިއެވެ. އޭނާގެ ނަޒަރުހުއްޓިފައިވަނީ ކުރިމަތީ ހުރި އިމާރާތަށެވެ. އެގޭގެ ބެލްކަނީވެސް ހުރީ އެފަރާތަށެވެ. އަރޫނާގެ ކޮޓަރިއާ އެއްވަރަކަށް އެގޭގެ ކޮޓަރިއެއްވެސް ހުއްޓެވެ. ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެގޭގެ ރީތީކަމާމެދު އަރޫނާއަށް ތައުރީފުކޮށްލެވުނެވެ.
ފެންނަމުންދިޔައީ އެއްމަންޒަރެކެވެ. ކުރިމަތީހުރިގޭގެ އަރޫނާގެ ކޮޓަރިއާދިމާލަށް ހުރި ކޮޓަރީގެ ހުޅުވިފައިވާ ދޮރާއި ކުޑަދޮރުތަކެވެ. އެތެރެއިން ކުޑައަލިކަމެއް ފެންނަން ހުއްޓަސް އެއްވެސް އެއްޗެއް ސާފެއް ނުވެއެވެ. ޖެހެމުންދިޔަ ހިތްފަސޭހަ ވައިރޯޅިތަކުގެ ސަބަބުން އަރޫނާގެ ލޯ މެރެމުންދިޔައެވެ.
ކުޑަ ހަރަކާތެއް ފެނުނެވެ. ކުރިމަތީހުރި ގެއިންނެވެ. އެކޮޓަރީގެ އެތެރެއަކުން ނޫނެވެ. އަރޫނާއާދިމާލަށް، އެކޮޓަރީގެ ބެލްކަނީއިންނެވެ. ބެލްކަނީ ރެއިލިންމަތިން ބޯނަގާ އަރޫނާއަށް ބަލާލެވުނެވެ. އަނދިރީގެތެރެއަށް ލޯ ހޭނިފައިވާތީ އޭނާއަށް ރަނގަޅަށްވެސް އެތާ މީހަކު ހުރިކަން އެނގުނެވެ. ހަނދުވަރުގެ އަލީގައި ރީތިކޮށް އަރޫނާއަށް ކައިލްގެ މޫނު ފާހަނގަކުރެވުނެވެ. ކައިލް ހުރީ އަރޫނާއަށް ބަލާށެވެ. އަރޫނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނދެ ދޮރުލައްޕާލިއެވެ.
އެއީ ކައިލްގެ ގެ ބާވައެވެ؟ މިގަޑީގައި ކައިލް ބެލްކަނީގައި ކީތްކުރަނީ ބާވައެވެ.؟ އޭނާ އަރޫނާއަށް ބަލަންހުރީ ކީއްވެބާއެވެ؟ މިއަދަކު އެކަންޏެއްް ނޫނެވެ. ކްލާސްތެރޭވެސް ކައިލް އޭނާއަށް ވަކިން ބަލާކަން ފާހަނގަ ކުރެވެއެވެ. އެއީ ކީއްވެބާއެވެ؟ އަރޫނާގެ ހިތް ސުވާލުތަކުން ފުރުނެވެ. ފުރަތަމަފަހަރަށް ކައިލްއާމެދު ޝައުގުވެރިވެވުނެވެ. އެރޭ ނިދުނީވެސް އެހިޔާލުގައި އޮއްވާއެވެ.
އަރޫނާއަށް ހޭލެވުނީ ނުވައެއްވެސް ޖެހިފަހުންނެވެ. ފެންވަރާލައިގެން ނިކުމެ ފަތިސްނަމާދު ގަޟާކޮށްލައިގެން ލޯގަނޑުދޮށަށް ހުއްޓި އޭނާގެ އުނަގަނޑާއި ހަމަޔަށް އަންނަ އިސްތަށިގަނޑުގައި ފުނާއަޅާލަމުން އޭނާގެ ސޫރަޔަށް ބަލާލިއެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓާއި އަޅިކުލައިގެ ޖީންސްގައި އޭނާ ހުތުރޭ ބުނާނެ މީހަކު ވާނެހެން ހިޔެއް ނުވެއެވެ. އޭނާގ މޫނަކުން އުނިކަމެއް ނުފެނެއެވެ. ޝީންއަށްވުރެ އެތައްގޮތަކުން އަރޫނާ ރަނގަޅެވެ. ޖީޒާންއަށް އެގެއްލުނީ ޖަވާހިރެކޭ ހިތަށްއަރާނެ ދުވަހެއް ދެއްކެވުންއެދި އޭނާއަށް ހިތާހިތުން ދުޢާކޮށްލެވުނެވެ.
އޭނާ ހިތްހަަމަޖައްސާލަން ނިކުތީ ބެލްކަންޏަށެވެ. ރޭގައިވީ ކަންތަށް ހަނދާނުން ނުފޮހެވުނަސް ސާފުވަޔަށް އޭނާހުރީ ނިހާޔަތަށް ބޭނުންވެފައެވެ. ރެއިލިންމަތީ ބޯއަޅާލަމުން ހަލަބޮލިވެފައިވާ މަގަށް ނަޒަރު ހިންގާލަމުން ވިސްނާލިއެވެ. ޢަލްޔާމެން ޗުއްޓީގައި މާލެ ނުދާނެވާހަކަ އޮތީ ބުނެފައެވެ. ނަމަވެސް އޭނާއަކަށް ޖީޒާންގެ ކުރިމަތީގައި މިނިވަންކަމާއެކު ނޫޅެވޭނެކަން އިނގެއެވެ. އޭނާ އަދި އެހާ ހިތްވަރުގަދައެއް ނޫނެވެ. އެތައްއިރަކު ވިސްނާފައި އޭނާ ނިންމީ މާލޭގައި އުޅޭ އާރިފާގެ ބޭބެގާތު ބުނެގެން ރަށަށް ދާށެވެ. އޭނާ ދެން މިގޭގައި ނޫޅޭނެއެވެ. ރަށަށްގޮސް މަންމަމެނާ ވާހަކަދައްކައިގެން އެހެންގޮތެއް ހޯދާނީއެވެ. އެކުވެރިންނާ މައްސަލައެއް ޖެހުނީކަމަށް ބުނާނީއެވެ. މާލޭގައި އުޅޭ އޭނާގެ ދޮންތަމެންގޭގައި ފަހަރެއްގައި ހުރެވިދާނެ ކަންނޭނގެއެވެ.
އޭނާ ބޮޑުބޭބެއަށް ގުޅާފައި ޗުއްޓީވީމާ ރަށަށްދާން ޓިކެޓް ނަގައިދޭން ބުންޏެވެ. މަންމަމެންމަތިން މާބޮޑަށް ހަނދާންވަނީކަމަށް ބުންޏެވެ. ނަސީބަކުން ބޮޑުބޭބެ މާބޮޑު ދެކޮޅުހެދުމެއްނެތި ޓިކެޓް ނަގައިދީފިއެވެ. ލިބުނީ ޖެހިގެންއައި ދުވަހުގެ ހެނދުނަށެވެ.
އަރޫނާ އެޕާޓްމެންޓްއިން ނިކުތީ އެންމެގާތް ޢަލްޔާއަށްވެސް އެންގުމެއްނެތިއެވެ. ބޮޑުބޭބެ އޭނާ ފުރުވަންދިޔައެވެ. އެއާޕޯޓް ކައިރީ ރެސްޓޯރެންޓަކުން ރަނގަޅު ސަޔެއް ހޯދައިދިނެވެ. ބޮޑުބޭބެގެ ހެޔޮކަމާމެދު އޭނާ ޝުކުރުއަދާކުރިއެވެ. އެފަދަ ބޮޑުބޭބެއެއް ދެއްވީތީ އުފާކުރިއެވެ.
ޑިޕާޗުރަލް ހޯލަށް ވަންނަގަޑި ނުޖެހޭތީ އަރޫނާއިނީ ގޮނޑިއެއްގައި އިށީނދެލައިގެނެވެ. ފޯނު ރިންގުވާތީ އޭނާއަށް ބަލާލެވުމާއެކު ހިތަށް އުނދަގޫވިއެވެ. ގުޅަނީ ޢަލްޔާކަމުންނެވެ. އެކުވެރިޔާއާ ވަކިވެގެނަދަނީކަން ބުނެދޭނެގޮތެއް އަރޫނާއަކަށް ނުވިސްނުނެވެ. އެހެންކަމުން ކޯލް ރިޖެކްޓްކުރުމަށްފަހު ފްލައިޓްމޯޑަށްލީ ޢަލްޔާ ގުޅާނެކަން އެނގޭތީއެވެ. އޭނާއަށް އެނގިއްޖިއްޔާ އަރޫނާ ހުއްޓުވަން މަސައްކަތްކުރާނެކަން އޭނާއަށް އިނގެއެވެ.
“އަރޫނާ ފުރަނީތަ؟” ގާތުން މީހެއްގެ އަޑުއިވިފައި އަރޫނާއަށް އިސްއުފުލާ ބަލާލެވުމާއެކު ވެރިވީ ހައިރާންކަމެވެ. ކައިލްއެވެ. އޭނާއާ ވާހަކަދައްކަނީއެވެ. އަރޫނާ ހައިރާންވީ ކައިލް ވާހަކަދެއްކުމުންނެއް ނޫނެވެ. އަރޫނާ ފުރާކަން އެނގުމުން އެކަމާ ސުވާލުކުރުމުންނެވެ.
“އާނ. ކިހިނެތްވީ؟” އިސްޖަހާލަމުން އަރޫނާ ވާހަކަދެއްކިއެވެ. ރަތްކުލައިގެ ޓީޝާޓަކާއި ޖީންސްގައި ކައިލް ނުހަނު ސްމާޓެވެ. ފަން އިސްތަށިގަނޑު ދިގުވެ މޫނަށް ފައިބާފައިވާގޮތް ނުހަނު ރީއްޗެވެ. ކައިލް ބޮޑަށް ވައްތަރީ މޮޑެލަކާއެވެ.
“އަހާލީ. މާލޭގައިވެސް ފޫހިކަމެއްނެތި ޗުއްޓީހޭދަކުރެވެން އޮއްވާ ފުރައިގެންދާތީވެ.” ކައިލް އަރޫނާއާއި ޖެހިގެންހުރި ގޮނޑީގައި އިށީނެވެ. އަރޫނާއަށް އުނދަގޫވިއެވެ.
“ޗުއްޓީ ހޭދަކުރުމެއްނޫނޭ އަހަރެންނަށް މުހިންމީ. އާއިލާ. އެއީ އަހަރެންގެ ހުރިހާވެސް އެއްޗަކީ. މިހާވަރު ކޮށްދިނީމާ އަހަރެންވީ އެމީހުންމަތިން ހަނދާންނައްތާލަންތަ؟ މަންމައާ ކޮއްކޮމަތިން ހަނދާންވާތީ މިދަނީ.” ކައިލްގެ ވާހަކަހުރިގޮތުން އަރޫނާ ހިތްހަމަނުޖެހުނެވެ. ޢަލްޔާނަމަވެސް މިވަގުތުގައި ދައްކާނީ އެފަދަ ވާހަކަތަކެވެ.
“އޯކޭ. މަންމައާ ކޮއްކޮ އެކަނިތަ؟ ކޮބާ ބައްޕަ؟” ކައިލް ފާހަނގަކޮށްގަތްލެއް ފަސޭހަކަމުން އަރޫނާވެސް ހައިރާންވިއެވެ. ކައިލް އޭނާ އެނގެން ވަރަށް ބޭނުންވެފައި ހުރިކަން ހާމަވެއެވެ.
“ބައްޕަ އަހަރެން ދިހައެއްގައި އުޅުނު އަހަރު ނިޔާވީ. މީގެ ދެއަހަރު ކުރިން.” އަރޫނާގެ ރުޅިގަނޑު ކުޑަކޮށް ފިނިވިއެވެ. ލޯ ފެންކަޅިވިއެވެ.
“އަރޫނާ ކޮން ރަށެއް؟” ކައިލް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. އަރޫނާއަށް ތުންފިއްތާލެވުނެވެ.
“ފުވައްމުލައް ސިޓީ.” އަރޫނާ ޖަވާބުދިނެވެ.
“އޯކޭ. އަހަރެންމީ މާލެއަށް އުފަން މާލޭ ކުއްޖެއް. އަރޫ އަކަށް އެކަން ނޭނގޭނެ ދޯ. އަރޫއުޅޭ ގޭގެ ކުރިމަތީ އަހަރެންގެ ގޭ ހުންނަނީ. އައި އޯފަން ސީޔޫ ކްރައިން ބެލްކަނީގައި ހުރެ. އެހެންވީމާ މިހާ ކިއުރިއަސް ވެގެން މިއުޅެނީ.” ކައިލް ހިނިގަނޑެއް ޖަހާލިއެވެ.” އަހަރެން ހީކުރީ އަރޫ އެއްކޮށް ދަނީކަމަށް.”
“ނޫން ޗުއްޓީއަށް ދަނީ. ކައިލް މިތާ ކީތްތިކުރަނީ؟” އަރޫނާ ފުރަތަމަފަހަރާ ކައިލްއާ ސުވާލެއްކުރިއެވެ.
“މަންމަ ލަންކާއަށް ފުރާތީ ފުރުވަން އައިސް މިއުޅެނީ. ސޯ. އަނެއްކާ ކޮލެޖް ހުޅުވުނީމަ ދިމާވާނެތާ. ހޭވް އަ ސޭފް ޓްރިޕް އެންޑް ގުޑް ހޮލިޑޭސް. ސީޔާ.” ކައިލް ތެދުވެގެންގޮސް ދުރުގައިތިބި ބައެއްގާތު ހުއްޓެންދެން އަރޫނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހޯލަށްދާން ގޮވީވެސް އެވަގުތެވެ
20 Comments
Comments are closed.
Oh naaiiiice…Thankolheh dhigu kollaathi next part.. So curious to read…. See ya
Hehe. Thanks?❤
Nice.. who is who in the cover pic
Thanks.Cap eh alhaigen huree kyle. Dhn huree Jeezan?
Waiting for the next part ?❣️? maa kury… ??
Kuruvee dhw?. Next part dhigu kureveytho balaanan
NICE WHEN NEXT??/
Varah avahah
yesss v nice.. lol
keke
Oh thanks keke???
Nice
Thanks?
Masha allah Varaha salhi
Thanks girl??
Nice
Thanku❤
vv reethi masha allak aru and kyle ingey gulhuvaani…eyrun reethi vaany ihaaru mi vaagothun ..jeezan dont deserve her
Hehe. Let’s see dhw vaa gotheh ?❤
Maasha allh v v v rythi mi part vx ………whn next….waiting
Thanks Hudher. Mi weekend ga kudakoh busy ekam balaanan up kureveytho ?❤