Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ އިންތިޒާރުގައި 6

Nu Xu Level 110 Stories
April 23, 2018 6 Mins Read
21 Comments

މާއިޝް އާއި ސަނާ އޮފީހަށް ދާން ނުކުތުމުން މީރާ މޭޒުމަތި ރީތިކޮއްލާ ތަށިތައް ދޮވެލިއެވެ. އަދި ފަހާފޮށި އިން މޭޒު ކައިރިއަށް ގޮސް އިށީނީ ހެދުމެއް ފަހާށެވެ. ނުވަގަޑި ބައިވީވެސް މީރާ ހެދުން ފަހަން އިންދައެވެ.

ކުއްލިއަކަށް މީރާ ސިހުނީ ފަހަތުން މީހަކު މީރާގެ ކޮނޑުގައި އަތްލުމުންނެވެ. އަވަސް އަރުވާލައިގެން ތެދުވަނިކޮން މީރާ ވެއްޓުނީ ފަހަތުގައި ހުރި މާއިޝްގެ އަތް މައްޗަށެވެ.

” ސާބަސް! ކިރިޔާނު މަ ހޭ ނުހުއްޓުނީ. ތިކަހަލަ ސަމާސާ ނުކުރައްޗޭ! މަ ހީކުރީ އެހެން މީހެއް ކަމަށް.” މީރާ ކުޑަކޮއް މާއިޝް އާއި ދުރު ވެލުމައްފަހު މާއިޝް އާ ދިމާއަށް އެހެން ބުނީ މާއިޝް ގައިގާ ބޮނޑިއެއް އަޅާލާފައެވެ. ” ސޮރީ! ހަމަ ސިއްސުވާލާ ހިތްވީ. މަ ހުއްޓާ މީރާގެ ހޭ ނުހުއްޓޭނެއެއްނު. އެން މަ ހުއްޓާ މީރާގެ ގައިގަ އެހެން މީހަކަށް އަތެއް ނުލެވޭނެ. ދެންވެސް ބުނެބަ އޯކޭ އޭ. ދެން އެހެނެއް ނަހަދާނަން. އަމް ސޮރީ!” މާއިޝް ނުސީދާ ގޮތަކަށް ނަމަވެސް އެ ބުނެލީ މާއިޝްގެ ހިތުގެ ހާލަތެވެ.

” އޯކޭ އޯކޭ. ބަޓް ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކޮއްފިއްޔާ ދެން ވާހަކަ ވެސް ނުދައް…..” މީރާ ޖުމްލަ ފުރިހަމަ ނުކުރަނީސް މާއިޝް މީރާގެ އަނގަމަތީ އަތް އަޅާލިއެވެ. ” ދެން ދުވަހަކުވެސް އެހެން ނުބުނައްޗޭ. މީރާ ހިތް ހަމަ ނުޖެހޭ ކަމެއް ދެން ދުވަހަކުވެސް ނުވާނެ. އައި ޕްރޮމިސް.” މާއިޝް އެހެން ބުނިއިރު މީހާ ހުރީ ކުރެވުނު ކަންތަކާ ވަރަށް ދެރަވެފައެވެ.

” ހްމްމްމްމް. ދެން ނުބުނާނަން. ސޮރީ! ކިހިނެއްވީ ތި އައީ. ކަމަކުތަ؟” މީރާ އެންމެފަހުން މާއިޝް އައި ބޭނުން އޮޅުން ފިލުވިއެވެ. ” މި އައީ ފޯނު ބަލާ. ހަނދާން ނެތި ފޯނު ނުލާ ދެވުނީ. ބޮޑު ކަމަކަށް ނުވަންޏާ ގެނެސް ދެވިދާނެތަ؟ އޮންނާނީ ޑްރެޒިންގ ޓޭބަލް މަތީ.” މާއިޝް މީރާ ގާތު ބުނެލުމާއެކު މީރާ މައްޗަށް ދިޔުމައް މިސްރާބު ޖެހިއެވެ.

ފޯނު ހިފައިގެން އައިސް މާއިޝްއަށް ފޯނު ދިއްކޮއްލަނިކޮން ފޯނަށް އައި މެސެޖަކާއެކު ފޯނުގެ ސްކްރީން ދިއްލުނެވެ. މާއިޝް އަވަސް އަވަހަށް ފޯނު ދަމައި ގަތުމައްފަހު ތޭންކްސޭ ބުނެ ނުކުމެގެން ދިޔައީއެވެ. މާއިޝް ދިޔަ ދިމާއަށް ބަލަން މީރާ ހުރީއެވެ. އެހެން ހުރުމައްފަހު މަޑު މަޑުން ހިނގާލާފައި ގޮސް ސިޓިންގ ރޫމު ސޯފާގައި ޖައްސާލިއެވެ.

މީރާ ލޯ މަރާލުމާއެކު މާއިޝްގެ ފޯނު ސްކްރީނުން ފެނުނު ފޮޓޯ ގަނޑު ސިފަވިއެވެ. އެއީ މާއިޝް ބަލާ ޓާރމިނަލް ދޮށަށް ދިޔަ ދުވަހު ނަގާފައިން މީރާގެ ފޮޓޯ ގަނޑެކެވެ. މާއިޝް އެ ފޮޓޯ ނަގާފައި ވަނީ މީރާ މާއިޝް އާއި ސަލާން ކުރި ވަޤުތުއެވެ. މީރާ ހީލާފައި އިން އެފޮޓޯ މާއިޝްގެ ފޯނުގައި އިން ސަބަބަކާ މީރާ ވިސްނާލިއެވެ. އެހެނަސް ޖަވާބެއް ލިބޭނީ މާއިޝް ގާތު އެހުމުންކަން ހިތައް އެރުމުން މާއިޝް އާ ސުވާލު ކުރަން މީރާ ނިންމި އެވެ.

މާއިޝް ވެސް އިނީ ކުޑަކޮއް ހާސް ވެފައެވެ. މާއިޝް ކުޑަކޮން ފޮޓޯ ގަނޑު މަތިން ހަނދާންހުރި ނަމަވެސް މީރާ ގާތު ފޯނު ގެންނަން ނުބުނާނެއެވެ. އެހެނަސް މިއަދު ފެނުނީއެވެ. މީރާ ހީކުރާނީ ކީކޭބާއޭ ހިތައް އަރާ ކޮންމެ ފަހަރަކު މާއިޝްގެ ހިތް ތެޅިލައެވެ. އެންމެ ފަހުން މާއިޝް ނިންމީ ހަޤީގަތާ ކުރިމަތި ލާށެވެ.

ހަވީރު ޑިއުޓީ ނިންމާލާފައި ގެއަށް ވަދެގެން އައި މާއިޝް ހުރީ މީރާ އާ ކުރިމަތިލާން ޖެހިލުން ވެފައެވެ. އެހެންވެ އައި ގޮތަށް މައްޗަށް ދިޔައީއެވެ. ފެންވަރާލައިގެން ނުކުމެ އަޞުރު ނަމާދު ކޮއްލައިގެން ތިރިއަށް ފޭބި އިރު މަރީނާ އާއި ސަލީމް ސައިބޯން ތިބުމުން މާއިޝް ހަމަ ޖެހިލިއެވެ. މާއިޝް އައިސް އިށީނުމުން މީރާ ސައި ހަދާލަ ދިނެވެ. ސައިބޮއެގެން މާއިޝް ބޭރަށް ދިޔައީ މި ވަޤުތު މީރާ އާއި ކުރިމަތިލާން ޖެހިލުން ވާތީއެވެ.

ސަނާ ގެއަށް އައިސް ވަނީ މަރީނާމެން ސައިބޮއެގެން އެތެރެއަށް ދިޔަފަހުންނެވެ. ” ދޮންތާ! ކޮބާތަ މަންމަމެން.” ގެއަށް ވަތް ގޮތަށް މީރާ ގާތު ސަނާ އެހެން އަހާލީ ސިޓިންގ ރޫމަށް ބަލާލަމުންނެވެ. ” އެ ދިޔައީ ސައިބޮއެގެން ކޮޓަރިއަށް. ނާއްކޮ އާދެބަ ދޮންތައާ އެކީ ސައިބޯން. ނާއްކޮ އަންނަންދެން ދޮންތަ މަޑު ކުރީ.” މީރާ އެހެން ބުނުމުން ސަނާ ގޮނޑިއެއް ދުރުކޮއްލުމައްފަހު ޖައްސާލިއެވެ. ” ދޮންތާ! މަންމަމެންނަށް ގޮވާލަ ދީބަ. ކުޑަ ކަމަކު.” ސަނާ އެހެން ބުނުމުން މީރާ އަތުގައި އޮތް ފޯނު ނާގާ މޮމް ޖަހާފައި އިން ނަންބަރަށް ގުޅާލިއެވެ. އަދި ސަލީމް އާއެކު ތިރިއަށް އައިސް ދިނުމައް އެދުނެވެ.

” ދަރިފުޅާ މީރާ! ކިހިނެއް ވީ. އަނެއްކާ ބަލި ވީތަ؟” މަރީނާ ހާސް ވެފައި ހުރެ އައިސް މީރާގެ ގާތުގައި ހުއްޓިލަމުން އަހާލިއެވެ. ” ސާބަސް މަންމައަށް. އަޅުގަނޑު ބުނެގެން އެއީ.” ސަނާ ގާތަށް ހިނި އަންނަގޮތް ވިއެވެ. ” ނޭނގޭނެއެއްނު. ދަރިފުޅުގެ މަންމަ ވަރަށް ކަންތައް ބޮޑުވާނެ ކުއްޖަކު ބަލި ވެދާނެތީ.” ސަލީމް އެހެން ބުނެލީ ހީލަމުންނެވެ.

” މަންމާ! ބައްޕާ! އަޅުގަނޑު މިއެޅެނީ އޮފީހުން އެދިގެން ތިން މަސް ދުވަހަށް އައްޑޫއަށް ދާން. އެކޮޅުގަ ހުންނަ އޮފީހުގައި ހުރި ކުއްޖަކު ބަލިވެގެން ބޭރަށް ދާތީވެ. އަޅުގަނޑު ބުނިން މަންމަމެން އޯކޭ އާ އޭ ދެވޭނީ. ބޮޑު މީހާ ބުނި މައްސަލައެއް ނެތޭ. އޯކޭތަ ދިޔަސް.” ސަނާ ކިތަންމެ ދާހިތް ވިޔަސް މައިންބަފައިން ހުއްދަ ނުދެނީކަމުގައި ވާނަމަ އެކަމެއް ނުކުރާނެކަން މަރީނާމެންނަށް ސަނާ ވަނީ ސާބިތު ކޮއްދީފައެވެ. އެހެންވެ މިފަހަރު އެ ދެމަފިރިން ވިސްނީ ސަނާގެ އެދުން ފުރިހަމަ ކޮއްދިނުމަށެވެ. އަދި ސަނާއަށް ހުއްދަދިނީ ސަނާ އަކީވެސް ބޮޑުވެފަ ހުރި ކުއްޖެއް ކަމުން ދުނިޔެއަށް ހޭނުމުގެ ބޭނުމުގަވެސް މެއެވެ.

ސަނާ އާއި މީރާ ދަތުރު ތައްޔާރު ކުރުމުގައި އުޅެނިކޮން މާއިޝް އައިސް ސަނާގެ ކޮޓަރިއަށް ވަނެވެ. ” ތެދެއް ތިއުޅެނީ އައްޑޫއަށް ދާންތަ؟ ދެންމެ ގެއަށް އައިތަނާ މަންމަ ބުނީ. ދޮންބެއަށް ގުޅި އިރު އިންނާނީ ނަމާދު ކޮއްލަން މިސްކިތުގަ.” މާއިޝް ސަނާ އާއި ސުވާލު ކޮއްލިއެވެ. ” ޔަޕް. އޮފީސް ކަމަކު. ފައިނަލީ ނާއްކޮ ބޮޑު ވީ އެއްނު. ޕާރމިޝަންވެސް ލިބިއްޖެ. ވަރަށް ހެޕީ. ވަރަށް މިސް ވާނެ އެންމެން މަތިން.” ސަނާ މާއިޝްގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.

” މިސް ވާވަރެއް އެނގިދާނެތާ! ދުވާލަކު މަދުވެގެން ތިން ފަހަރު ގުޅަން ވާނެ. ކަމަކު ބޭނުންވިޔަސް ބުނާތި. އެން ބަރާބަރަށް ނަމާދު ކުރާތި. މަންމަމެން ދެރަވާ ކަހަލަ ކަމެއް ނުވާނެ ކޮއްގެނެއް. އަބަދުވެސް ވިސްނާތި އެއީ ނާއްކޮގެ ބެސްޓް ފްރެންޑް ކަން. ގަޑިން ގަޑިއަށް ކާތި. އޯކޭ.” މާއިޝް އޭނާގެ ލޯބިވާ ކޮއްކޮގެ ބޮލުގައި ފިރުމަމުން ނަޞޭހަތް ދިނެވެ.

” ޔެސް. އިރާދަ ކުރެއްވިއްޔާ ތި ބުނި ހުރިހާ ކަމެއް ވެސް ކުރާނަން. ލަވް ޔޫ ދޮންބޭ. ނާއްކޮ ބޭނުން ކުޑަކޮން ޝޮޕިން ކޮއްލަން. ދޮންބެއަށް ދެވޭނެތަ. ދޮންތަވެސް ގޮވައިގެން.” ސަނާ މާއިޝްއަށް ޔަޤީންކަން ދެމުން އަހާލިއެވެ. ” ހްމްމްމް. ޢިޝާ ނަމާދު ކޮއްލައިގެން ރެޑީވޭ އިނގޭ! އެން މިރޭ ކާނީ ބޭރުން. އޯކޭތަ؟” މާއިޝް ސަނާ ގާތު އެދުނެވެ. ސަނާ ބޯޖަހާލުމުން މާއިޝް ނުކުމެގެން ދިޔައީ މީރާއަށް ބަލާވެސް ނުލައެވެ.

މީރާ ހުރީ ހައިރާން ވެފައެވެ. މިއަދު ހެނދުނުގެ ކަންތަކާ މާއިޝްއަށް އައި ބަދަލުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މީރާއަށް ފެނިގެން ނުވާނޭއެއްޗެއް އިއްތިފާޤުން މީރާއަށް ފެނުނީއެވެ. އެކަމަކު އެކަމާ މާއިޝްއަށް އަންނަންވީ ބަދަލެއް މީރާ އަކަށް ނުވިސްނުނެވެ. ދެން އޮތީ ހަޤީގަތް ހޯދުމޭ މީރާގެ ހިތައް އެރުމުން މިރޭ މާއިޝް އާ ވާހަކަ ދައްކަން މީރާ ނިންމިއެވެ.

” ދޮންތާ! ކިހިނެއް ވެފަ. އެހެރަ ބަންގި ގޮވީ. ދެންވެސް ދޭބަލަ ނަމާދު ކޮއްގެން ތައްޔާރު ވާން.” ޖެހި ބުދެއްހެން ހުރި މީރާގެ ގައިގާ ހިފާ ތަޅުވާލަމުން ސަނާ ބުންޏެވެ. ” ހްމްމްމްމް. މި ދަނީއޭ.” ސަނާއަށް ޖަވާބު ދީފައި މީރާ އެ ކޮޓަރިން ނުކުމެ މީރާގެ ކޮޓަރިއަށް ގޮސް ވަނެވެ.

ޝޮޕިން އަށް ދިޔުމައް މާއިޝް ތިރީގައި ހުއްޓާ ސަނާ އަންނަތަން ފެނުނެވެ. ސަނާގެ ފަހަތުން ނުކުތް މީރާއަށް ނަޒަރު ހުއްޓާލެވުނީ މީރާގެ ފުރިހަމަ ކަމުންނެވެ. ހުދު ކުލައިގެ ސްކިނީއަކާ އެކު މަޑު ނޫކުލައިގެ ގަޔަށް ދޫ މަތިކޮޅު މީރާ އާ ވަރަށް ގުޅެއެވެ. އާދައިގެ ގޮތަކަށް މޭކަޕް ކޮއްލާފައިވާއިރު ފަން އިސްތަށިގަނޑު ވަނީ ދޫކޮއްލެވިފައެވެ. ދާދި ގާތައް އައިސް ހުއްޓުނު މީރާ ގައިން ދުވި މީރު ވަހުން ނޭފަތް ދަމާލެވުނީ ބޭއިޙްތިޔާރުގައެވެ.

” ލެޓްސް ގޯ. ފުރަތަމަ ޝޮޕިން އަށް. ދެން ކާން ދާނީ. އޯކޭ.” ސަނާ ހުއްޓުނު ގޮތައް ގޮތެއް ނިންމިއެވެ. މާއިޝް ބޯ ޖަހާލިއެވެ. ސަނާ ހުރީ މީރާ އާއި އެއްކުލައިން ހެދުން އަޅާފައެވެ. ސަނާ އަކީވެސް ގައިގެ ކުލަ އަލި މިޒަމާނުގައި ކިޔާ މޮޑާން ފެޝަންގެ ކުއްޖެކެވެ. ފިރިހެން ކުދިންގެ ހިތް ކަތިލެވޭހާ ރީތި ކުއްޖެކެވެ. ރީތި ވުމައް ލޯބި ކުރާ ކުއްޖެކެވެ.

ޝޮޕިން ކޮއް ނިމުމުން ތިން މީހުން ވަނީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކަށެވެ. ކާން ތިބި އިރު ތަފާތު އެތައް ލޯ ތަކެއް އެ ތިން މީހުންނަށް އަމާޒުވެފައި ވެއެވެ. ” އަޅެ ހިނގާބަ މިތަނުން ދާން. ހާދަ ވަރަކަށޭ އެ ބަލަނީ.” ކައި ނިމުމުން މީރާ ބުނީ ސަނާ ގާތުއެވެ. ” ސާބަހޭ ދޮންތައަށް. އަޅެ މީހަކާ އިނދެފަވެސް ތިހެންތަ އުޅެނީ. ފިރި މީހާ ބަލަނީއޭ ކިޔާފަ ވަރި ވާނީދޯ. ހެހެ.” ސަނާ ގާތަށް ހިނިއައެވެ. ” އައްޗި. ތާކުން މީހަކު ފެންނައިރަކަށް ނޫޅެމޭ އިންނާކަށް. އެހެން ނޫނަސް ދޮންތަ ކޮންމެ ކޮންމެ މީހަކާ މެރީ ކުރާކަށް ނޫޅެން.” މީރާ ސަނާ އާ ވާހަކަ ދެއްކި އިރު އެތާ މާއިޝް އިންކަން ހަނދާނުން ކައްސާލިއެވެ.

” އަޅޭ. އެވަރު ވާން ޖެހޭތަ. މަޖަލޭ އެއީ. އަދި ދޮންބެވެސް އެހުރީ ހުރި ގޮތަށް. އެހެން ވީމަ ދޮންބެ އެއްނު ފުރަތަމަ. ދޯ.” ސަނާ މާއިޝް އަށް ދޯ އެއްލިއެވެ. މީރާ މާއިޝްއަށް ބަލާލިއެވެ. މީރާ ލޯ މަރާލީ ދެންމެ އެހެން ބުނި އިރު މާއިޝް އެތާ އިންކަން ހަނދާން ނެތުނީމައެވެ.

ބޭރުން އައިސް ތިން ކުދިން ގެއަށް ވަނުމުން ސޯފާގައި އިން މަރީނާ ތެދުވެ މީރާއަށް ގޮވާލިއެވެ. މީރާގެ ފަހަތުން ސަނާ އާއި މާއިޝް ވެސް އައިސް މަރީނާ ގާތު ހުއްޓުނެވެ. ” މަންމަ ދަރިފުޅުމެން ގާތު ވާހަކައެއް ބުނަން ވެގެން މި އިނީ ނުނިދާ. މަންމަ އާއި ބައްޕަ މި އުޅެނީ މާދަމާ ލަންކާއަށް ދާންވެގެން. އަތޮޅު ތެރޭގައި ހުޅުވާ ފިހާރަ އަކަށް މުދާ ބަލާ. މަންމަ އައިނު ވެސް ހައްދާށާ އެކީ. މީރާ އަށާއި ސަނާއަށް އިނގޭނެ ކުރިން. ކުއްލިއަކަށް ދަތުރު ހަމަޖެއްސީ ބައްޕަ ފްރީ ދުވަސް ކޮޅެއް ވީމަ.” މަރީނާ އޮޅުން ފިލުވައި ދިނެވެ.

” ދެން މަންމަމެން އަންނަނީ ކިހާ ތާކުތަ. ނާއްކޮވެސް މާދަން ހެނދުނު ފުރާނެ. މަންމަމެން ކިހާއިރަކުތަ ފުރަނީ. އަދި ޕެކިންވެސް ކުރަން ވާނެނު.” މީރާ އޮޅުން ފިލުވަން ބޭނުން ކަމުން އަހާލިއެވެ. ” ދެ ހަފްތާ ވެދާނެ. މާދަން މެންދުރުފަހު ފުރުން އިނީ. ސަނާ ފުރުވާލާފައި ދާން ލަސް ކޮއްލީ. ދަރިފުޅު ހިނގާ މަންމަ އަށް ޕެކް ކޮއްލަދޭން. ސަނާ ދޭ ނިދާލަން އިނގޭ. މާއިޝް އާދެބަލަ ކޮޓަރިއަށް.” މީރާއަށް ޖަވާބު ދިނުމައްފަހު ސަނާގެ ބޮލުގައި ފިރުމާލިއެވެ. އަދި މާއިޝް ގާތު އައުމަށްބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

މަރީނާގެ ފަހަތުން މީރާއާއި މާއިޝް މަރީނާގެ ކޮޓަރިއަށް ވަނީ އެކު އެކީގައެވެ. މީރާ މަރީނާ އާއި ސަލީމްގެ އެއްޗެހި ތައްޔާރު ކުރަން އުޅުނެވެ. ” ދަރިފުޅާ މާއިޝް. މީރާއަށް ރަނގަޅަށް ބަލާތި. ޑިއުޓީ ނިމުމުން އަވަހަށް ގެއަށް އާދެވޭތޯ ބަލާތި. ރޭގަނޑު މީރާ އެކަނި ކޮއްނުލާތި. މީރާ ނިދަން ވަންނަންދެން ދަރިފުފުޅު ހުންނާތި ހޭލާ.” މަރީނާ މާއިޝްގާތު އެދުމުން މާއިޝް ބޯ ޖަހާލިއެވެ.

ސަނާއާއި މަރީނާމެންގެ ދަތުރުގެ ކަންތައްކޮއް ނިމުނުއިރު އެކެއްޖަހާ ބޮޑު ވެއްޖެއެވެ. އެހެންކަމުން މާއިޝްއަށާއި މީރާއަށް ވާހަކަ ދައްކާލާނެ ފުރުސަތެއްވަނީ ނުލިބިފައެވެ. މީރާވެސް ފަތިހު ތެދުވަން ޖެހޭތީވެ އަވަހަށް ނިދަން އޮތީއެވެ.

އިރު އަރައިގެން އައި އިރު ގޭތެރެ ވަނީ ކުޑަކޮން ހަލަބޮލި ކޮށެވެ. އަށްގަޑި ބައިގަ ސަނާ ފުރާތީވެ ކޮންމެ މީހެއްގެވެސް އަތްމަތި ވަނީ ވަރަށް ހަލުވިކޮށެވެ. ސަނާ ފުރުވަން އެގެއަށް ސަނާގެ ދެތިން ރައްޓެހިންވެސް އައިސް އުޅެއެވެ. އެކުދިންވެސް ސަނާއަށް އެހީތެރިކަން ފޯރުކޮއްދެމުން ދިޔައިރު ދޭތެރެއަކުން އެކުދިން ކުރިމަތިން ހުރަސް ކޮއްލާ މާއިޝްއަށް ނަޒަރު ހިންގާލައެވެ. ކޮންމެ ކުއްޖަކުވެސް ބޭނުން ވަނީ އެކުއްޖަކަށް މާއިޝް ލިބުމަށެވެ.

ސަނާ ފުރުވާފައި މީރާމެންނަށް ގެއަށް އާދެވުނުއިރު ގަޑިން ނުވަގަޑި ބައިވެއްޖެއެވެ. މަރީނާމެން ފުރަންވާއިރަށް ކުރަން ހުރި ބައެއް ކަންކަން ކޮއްލުމުގައި މިރާ އަވަދިނެތި އެޅެމުން ދިޔައެވެ.

މެންދުރުފަހު ދޭއްގެ ފްލައިޓުން މަރިނާއާއި ސަލީމް ލަންކާއަށް ފުރުވާފައި މީރާއާއި މާއިޝް ގެއަށް އައި އިރު ހުރީ އަޞުރަށް ގޮވަން ގާތްވެފައެވެ. އެހެންކަމުން މާއިޝް ކޮޓަރިއަށް ދިޔަގޮތައް ތައްޔާރުވެލީ އަޞުރު ނަމާދަށް ދިޔުމަށެވެ. އޮފް ދުވަހަކަށް ހެދިފައި އިންކަން ނަސީބެކޭ މާއިޝްގެ ހިތައް އެރިއެވެ. މީރާވެސް ވަރުބަލި ވެފައި ވުމާއެކު ފެންވަރާލިއެވެ.

މާއިޝް އާއި މީރާ ބައްދަލުވީ ރޭގަނޑުގެ ކެއުމުންނެވެ. މަރީނާމެން ދިޔުމުން މީރާ ކެއްކީ އެމީހުންގެ ބައިގައެވެ. ކާންތިބެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކައިގެން މީރާ އެއްޗެހި ހޫނު ކޮއްލަންދެން މާއިޝް ސިޓިންގ ރޫމުގައި ޖައްސާލިއެވެ. ބަދިގެއިން ނުކުމެ މީރާ ކޮޓަރިއަށްވަނީ މާއިޝްއަށް ބަލާލާފައެވެ.

” މީރާ! ކޮފީއެއް. އެން އައި ނިޑް ޓޯކް ޓު ޔޫ. ޕްލީޒް. ޕްލީޒް.” މާއިޝް ފޮނުވި މެސެޖް ކިޔާލާފަ މީރާގެ ހިތް ތެޅިލިއެވެ. މީރާ ކޮފީ ހިފައިގެން ދިޔައިރު މާއިޝް ސޯފާގައި އިނެވެ. މިރާ ފެނުމުން ގޮވާލައިފާ ސޯފާގައި އިނުމަށް އެދުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު މީރާ ސޯފާގައި އިށީނދެލިއެވެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nu Xu

Level 110 Stories

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….24

Next

ނޭނގި ހިތޭ ތި އަތުލީ 32

Next
April 23, 2018

ނޭނގި ހިތޭ ތި އަތުލީ 32

Previews
April 23, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….24

21 Comments!

  1. Inoo says:
    April 23, 2018 at 10:37 pm

    Yeyy inoo first dhw
    ❤ ❤

  2. Shiman says:
    April 23, 2018 at 10:38 pm

    Me second dhw

    1. Nu Xu says:
      April 24, 2018 at 10:38 am

      Yeyy Shiman second☺☺☺

  3. Nu Xu says:
    April 23, 2018 at 10:48 pm

    Yes dear☺☺☺ ❤❤❤ Inoo first..???hope u liked it???

  4. unique says:
    April 23, 2018 at 10:51 pm

    vvv reethi…… waitin fr the nxt part

    1. Nu Xu says:
      April 23, 2018 at 10:53 pm

      Tnkx unique☺☺☺

  5. Nu Xu says:
    April 23, 2018 at 10:52 pm

    Salaam oll ☺☺☺
    First sry guys… Kudakn late v ma.. Net prblm eh vegen up nuvy kurin..❤❤❤❤? hope u guys liked it…?????? nxt part tomorrow or night ga.. Lotx of luv❤❤❤❤❤ gud nyt..

  6. Hana says:
    April 23, 2018 at 11:14 pm

    I have question maaish ge kokko ehtha meera aky I mean aslu meera aky kaaku

    1. Nu Xu says:
      April 24, 2018 at 10:40 am

      Thankolheh kury part ehga bunelaafa innaane meeraa aky maaish ge kooko eh noon kann.. Meera aky saleemge friend ehge dharieh.. Hope u understand

  7. Shafa says:
    April 23, 2018 at 11:24 pm

    Me second dhw…vvv reethi mi partvs..dhn vaany kihineh baa..Maaish meera kairyga lwbivaa vaahaka bunaanebaa??anyways love this story…waiting and gud luck..?❤????

    1. Nu Xu says:
      April 24, 2018 at 10:41 am

      Tnkx Shafa☺☺☺

  8. Naju says:
    April 23, 2018 at 11:27 pm

    V nice ingey waiting 4 next

    1. Nu Xu says:
      April 24, 2018 at 10:42 am

      Tnkx Naju☺☺☺

  9. lotus says:
    April 24, 2018 at 5:42 am

    v salhi.. i just hop that the parnts wil agree fr them to b togethr

    1. Nu Xu says:
      April 24, 2018 at 10:43 am

      Yeah dhw. Lotus☺☺☺
      Letxx seee

  10. Jazlee says:
    April 24, 2018 at 11:39 am

    Wat hppns nxt. Waitin 4 the nxt prt

  11. Aru says:
    April 24, 2018 at 12:10 pm

    Wow vara salhi kiyakiya eindha nimuney ei…. This story is amazing ??????

  12. Naju says:
    April 24, 2018 at 4:28 pm

    Wlc dear.. When is next… I’ m waiting…

  13. nishee says:
    April 24, 2018 at 6:36 pm

    Vara rete Vahaka

  14. Anonymous says:
    April 24, 2018 at 6:36 pm

    Vara rete Vahaka

  15. Aki says:
    April 24, 2018 at 8:57 pm

    nu xu koba tha next part avahah up kohla dheebaa

Comments are closed.

Next Episodeތިޔަ އިންތިޒާރުގައި 7←


All Right Reserved!