Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހަނދާން ނުދާނޭ ފިލާ 7

Samaa Level 110 Stories
April 23, 2018 2 Mins Read
10 Comments

“ކީއްކުރަންތަ ފޯނުހޯދަނީ؟ ވިޝާލް ފޯން ދިއްކޮއްލަމުން ބުންޏެވެ.

ޒަކްވާން ވިޝާލްގެ ފޯން އަތުލުމަށްފަހު ކީޕެޑްގައި ނަންބަރެއް ޖަހާ ސޭވް ކޮއްލާފައި ވިޝާލް އަތަށް ދިނެވެ. ވިޝާލް ފޯންގެ  ސްކްރީން އަށް ބަލާލަާފައި ހައިރާންވެ އިނދެ ޒަކްވާން އަށް ބަލާލިއެވެ. “ސީރިއަސްލީ ޑޫޑް؟ އިސް ދިސް ހާރސް؟ އޯ.އެމް.ޖީ.” ވިޝާލް ވަރަށް އެކްސައިޓްވެލާފައި ބުންޏެވެ. “ހޫމް ރޭގަ އަސްލަމްބެއަށް ގުޅައިގެން ހޯދީ” ބޯޖަހާލަމުން ޒަކްވާން ބުނެލިއެވެ. “ރޭގައި ނުވެސް ނިދުން، އެކަމަކު ދެން މިހާރު ހީވަނީ ގޮސް ރަނގަޅަށް ނިދާލަންވީހެން” ވިޝާލް ފޯނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. “ހޯހޮ ހޯ ނިދަން ހަދާނެ ކަމެއްނެތް މަންމަ ބުނި މިއަދު ވިޝާލް ގެންނައްޗޭ ސައިބޯން، ސޯ އެހެންވީމަ ސައިބޮއެގެން ތިކުރާ  ކަމެއް ކުރަން ދޭ” ވިޝާލްގެ ކޮނޑުގައި ޖަހާލަމުން ހެވިލާފައި އިނދެ ބުންޏެވެ.

****************************************************

އެހެންދުވަސްތަކެކޭވެސް އެއަގޮތަށް ހަޔާ ފަތިހު ތެދުވެ ނަމާދު ކޮއް އަރަން ސްކޫލަށް ގެންދަން ތައްޔާރު ކުރިއެވެ. ހަގަޑި  ފަންސަވީހުގައި އަރަން ސްކޫލަށް ލުމަށްފަހު ގެޔަށް އައި މަގުމަތީ ގައި ހުރި ފިހާރައަށް ވަދެ ބޭކެޑް ބީންސް ދަޅަކާއި ޓޮމާޓޯ  ދަޅެއް ގަނެލިއެވެ. އަދި ފިހާރައިން ނިކުމެ ކުރިއަށް އޮތް ގޯޅިއަށް އަޅާލިތަނާ ފޯނަށް ކޯލެއް އައެވެ. ނުދަންނަ ނަންބަރަކަށް ވާތީ  ފޯނު ނުނަގައި ކަނޑާލިއެވެ. ދެތިން ފަހަރަކު ގުޅީމަވެސް ހަޔާ ފޯނެއް ނުނަގައެވެ. އިރުކޮޅާކުން އައީ މެސެޖެކެވެ. ” އެހާބާރަށް ހިނގާކަށް ނުވާނެ. ފޯނު ނަގާބަލަ ” ހަޔާގެ ދެލޯ ބޮޑުވިއެވެ. އަދި މަގުގެ އެކި ކޮޅު ހޯދާ ބަލާލިއެވެ. އޭރު އެމަގުގެ ކޮޅުގައި ފާރެއްގައި ފައިވިއަދާލައިގެން ހެވި ދިލުވިފައި ހުރި ވިޝާލް ފެނުނެވެ. ހަޔާ އަނެއްކައިވެސް އެނބުރި ހިނގައިގަތެވެ.  ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާ ހަޔާގެ ފޯނަށް ވިޝާލް ގުޅިއެވެ. ހަޔާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ވިޝާލް، ޕްލީސް ސްޓޮޕް ޑުއިންގް ދިސް ޓުމީ. ކިހިނެތް ނަންބަރު ލިބުނީ؟” ވިޝާލް އެއްޗެކޭ ބުނުމުގެ ކުރިން ހަޔާ ބުންޏެވެ. ” ޑިޑް އައި ޑޫ އެނީތިންގް ރޯންގް؟ ނަންބަރުގެ ވާހަކަ އިހަށް ބާއްވާ ބިޓްވީން، ރޭގައި ދައްކަން އުޅުނު ވާހަކަ އަދި އޮތީނު  ދޯ؟ ސޯ މިރޭ އަހަރެން ދާނަން ނުވައެއް ޖަހާއިރު ތިގެޔަށް.” ވިޝާލް ވަރަށް ހަމަޖެހިލަމުން ބުންޏެވެ. ހަޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. “ވަޓް؟ އާރް ޔޫ ކުރެޒީ އޯރ ވަޓް؟ ވީ ކެން ޓޯކް އޮންދި ފޯން. މިގޭގައި އުޅޭ ވަރަށް ބައިވަރު މީހުން” ހަޔާ ވަރަށް ހާސްވެ  ހުރެ ބުންޏެވެ. ވިޝާލްގެ ގާތަސް އައީ ހިންޏެވެ. ” އިނގެޔޭ ތިގޭގައި އުޅެނީ ފުޓްބޯޅަ ޓީމެއްކަން، އެހެންވީމަ މިރޭ ނުވައެއް އިނގޭ! ނުނިދާތި. އައި ވިލްބީ އޮން ޓައިމް” ވިޝާލް މިހެން ބުނެ ފޯނު ކަނޑާލިއެވެ. “ނޯ ޔޫއާރ ނޯޓް ކަމިން ހިއަރ، ހެލޯ ހެލޯ..” ފޯނުން ޕީއް އަޑުކިޔުމުން ހަޔާ ސްކްރީން އަށް ބަލާލިއިރު ކޯލް ކަނޑާލައިފިއެވެ.  ހަޔާ ފަސްއެނބުރި ބަލާލީ ވިޝާލް ހުރިތޯ ބަލައިލާށެވެ. އެހެންނަމަވެސް ވިޝާލް ފެންނާކަށް ނެތެވެ. “އާރރރރރރގް” އަނގައިން އަޑެއް ލައްވާލުމަށްފަހު އަލުން ގެޔަށް ދާން ހިނގައިގަތެވެ. ދަމުން ހިތާހިތުން ވެސް ވިޝާލް އަށް ކުދިކިޔަމުން ދިޔައެވެ.

********************************************************************

ހަވީރުގެ ވަގުތެވެ ޒަކްވާން ވިޝާލް އަށް ގުޅިއެވެ.

“ކޮބާ ކަންފުޅެއްވާގޮތެއް ވެއްޖެތާ؟” ފޯނުން ވިޝާލް އާއި ވާހަކަ ދައްކަމުން ޒަކްވާން ބުންޏެވެ. “އާން ދެން ކުރިއަށް އޮތްތާ ވާނީ ހުސް ކަން ކަމަށް ބަލާ” ހެމުން ކަހަލަ ގޮތަކަށް ވިޝާލް ބުންޏެވެ. “އަނގިދާނެތާ ދޯ. އަހަރެން މިހާރު މިދަނީ އޮޑިހަރުގެޔަށް  ބައްޕަ ބުނެގެން ކަޑިކޮޅެއް ހޯދަން” ޒަކްވާން ބާރުހިނގުމެއްގައި ގޮސް ހަރުގެޔަށް ވަންނަމުން ބުންޏެވެ. “އާން އޯކޭ. މަވެސް  މިއުޅެނީ ބައްޕަ ބުނެގެން ފިހާރައިގަ” ވިޝާލް ފޯނު ކަނޑާލަމުން ބުންޏެވެ. ފިހާރައިގެ ގުދަނުގައި ސްޓޮކް ކުރެވިފައި ހުރި މުދާތައް ނޯޓުކުރަމުންދިޔަ ވިޝާލްގެ ސިކުންޑީގައި އެނބުރެމުން ދިޔައީ ހަޔާގެ ހިޔާލްތަކެވެ. މިރޭ އޭނަ މިދަނީ ބޮޑު އަޒުމަކައިގެންނެވެ. ގުދަނުން ނިކުންނަން ހިނގައިގަންތަނާ ފިހާރައިގައި އުޅޭ ކުއްޖަކު ގޮވާލާފައި އަންނަން އެދުނެވެ.

******************************************

ރޭގަނޑު އަރަން އަށް ކާނދީ ނިންދަވާފައި ގޭގެ ޖޯލިފައްޗަށް ހަޔާ ނިކުމެލިއެވެ. އޭރު ބޮޑުދައިތަ ކުއްލިޔާވެސް އޮތީ ޖޯލިފަތީގައެވެ. ” އެކޮއެ، އަސްލަމްބެއަށް ގުޅާލިންތަ؟ ބޮޑުދައިތަ ކުރިންދުވަހު ދިޔައިން އެގެޔަށް އެކަމަކު އަސްލަމްބެޔާ ދިމަލެއް ނުވި” ކުއްލިޔާ ވާހަކަ ދެއްކީ ހަޔާ އާއި އެވެ. ހަޔާ އެއްވެސް އެއްޗެއް ނުބުނުމުން ކުއްލިޔާ ހަޔާ އަށް ބަލާލިއެވެ. އަދި ހިތާހިތުން ދުއާކޮއްލެވުނެވެ. މަގޭ މިނިކަމެތި ދަރިއަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާތޯއެވެ. ކުއްލިޔާ ޖޯލިފަތިން ތެދުވެގެން ދިޔައިރުވެސް ހަޔާއަކަށް ނޭނގުނެވެ. ހަޔާއޮތީ އުޑުގައި ވާހައި ތަރިތަކަށް ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފައެވެ. އެހެން އޮއްވާ ސިއްސައިގެން ދިޔައީ ފޯނަށް ކޯލެއް އައިސްގެންނެވެ. ފޯނު ބަލާލިއިރު ވިޝާލް ގުޅަނީއެވެ. ހަޔާ ފުންމައިގެން ކަހަލަ ގޮތަކަށް ޖޯލިން ތެދުވިއެވެ. އަދި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އޭރު ކޯލު ކެނޑި ފޯނަށް މެސެޖެއް އައެވެ. ” ގޭތެރެއަށް ވުރެ ތިޖޯލިފަތި މާ ހިތްގައިމު، އެހެންވީމައި ގެޔަށް ވަންނާނެ ކަމެއްނެތް” ހަޔާ އަށް މިމެސެޖް ފެނި ގޭޓް ދޮރުއަށްޓާއި ދިމާ ބަލާލެވުނެވެ. އަނދިރީގެ ތެރެއިންވެސް ވިޝާލް ގެ ފިރިހެންވަންތަ ހަށިގަނޑު އެހާ ހިތްގައިމޭ ހަޔާގެ ހިތައް އެރިއެވެ. ދެވަނަ ސިކުންތުގައި ހިތައް އައި އެއްޗެއް ނެރެ އެއްލާލައިފިއެވެ. ” އެތެރެއަށް ވަންނަން ނުބުނާނަންތަ؟ ނުބުނާނަން ދޯ؟ އޯކޭ މިވަނީ އެކަމަކު އިނގޭ” ހަޔާއަށް އެއްލޯ މަރާލަމުން ވިޝާލް ބުންޏެވެ. “އުހުން ވަދޭ” ހަޔާ ކުޑަކޮއް ފަސްޖެހިލުމާއި އެކު ބުންޏެވެ. “ކޮބާތަ މިގޭގައި އުޅޭ ފުޓްބޯޅަ ޓީމް؟ އެންމެން ނިދީތަ؟ ވިޝާލް މަޖާވެލާފައި އަހާލިއެވެ. ” ކޮން ކޮން ފުޓްބޯޅަ ޓީމެއް؟” ހަޔާ އަށް އެބުނި އެއްޗެއް ނުވިސްނިގެން ހަނދާން ކުރަމުން ދާކަހަލަ ގޮތަކަށް ބުންޏެވެ. “ހޫމް އަޅާނުލާ” ވިޝާލް ޖޯލިފަތި ކައިރިއަށް އައިސް ޖޯލިފައްޗަށް ބަލާލަމުން ބުންޏެވެ. “ކޮބާ ކުއްލިޔާ ދައްތަ؟ އަރަން ނިދީތަ؟” އެއްފައްޗަކަށް ސުވާލުތައް އަމުނާލަމުން ވިޝާލް އަހާލިއެވެ. ވިޝާލްގެ ސުވާލުތަކުން ހަޔާއަށް ހައިރާން ކަމެއް ލިބުނެވެ. “އެބައުޅޭ ގޭތެރޭގައި. ކި ކިހިނެތް އެނގުނީ މިގޭގައި އުޅެނީ ކޮންބައެއްކަމެއް؟” ހަޔާ ވިޝާލްގެ މޫނަށް ބަލާލަމުން ސުވާލު ކޮއްލިއެވެ. “ނަންބަރުވެސް ހޯދީނު އެހެންވީމައި މިގޭގައި އުޅޭ ބަޔަކު ހޯދާކަށްވެސް ނުވާނެންނު އުނދަގުލެއް ދޯ؟” ވިޝާލް ހަޔާގެ ލޮލަށް ސީދާ ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ދެމީހުންގެ ނަޒަރު ސީދާވުމުން ހަޔާއަށް އިސްދަށަށް ޖަހާލެވުނީ އިތުރަށް ވިޝާލްގެ އެވިދުން ގަދަ ލޮލަށް ބަލަން އުނދަގޫވީމައެވެ.

“އިށީންދޭ!” ހަޔާ ޖޯލިފައްޗަށް އިނގިލިން އިޝާރަތް ކޮއްލަމުން ބުންޏެވެ. ވިޝާލް ޖޯލީގައި އިށިއިންނަމުން ހަޔާގެ ބޮލުންފެށިގެން ފަޔަށް ނަޒަރު ހިންގާލިއެވެ. ހަޔާ އަކީ ހަމުގެ ކުލަ އަލި އިސްކޮޅުން ކުރު ޒުވާނެކެވެ. އޭގެ އިދިކޮޅަށް ވިޝާލް އަކީ އިސްކޮޅުން ދިގު އާދައިގެ މުށިކުލަ ހަމުގައި ހުންނަ ޒުވާނެކެވެ. ބޮލުގައި އޮޅާލައިފައިވާ ޝޯލްއަށް ބަލާލަމުން ވިޝާލް ކޮޅަށް ތެދުވިއެވެ. ހަޔާ ހުރީ ވީގޮތެއް ނޭނގިފައެވެ. “ކުރަތްޕެއް” ހަޔާގެ ބޮލާއި ދިމާލަށް އިނގިލިން އިޝާރާތް ކޮށްލަމުން ވިޝާލް ބުންޏެވެ. ހަޔާއަށް އެބުނި އެއްޗެއް ފަހުމުވުމާއި އެކު ތެޅިފޮޅި ގަނެވުނެވެ. އަދި ވިޝާލް ހަޔާގެ އުނަގަނޑުގައި ހިފަހައްޓާލަމުން ބޮލުގައި އިން ކުރަފި ފޮޅާލިއެވެ. އޭރު ހަޔާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އަދި އިސް އުފުލާ ބަލާލެވުނު އިރު ހަޔާ އަށް ހުރެވުނީ ވިޝާލް ގެ އަތުތެރޭ ކަހަލަ ގޮތަކަށެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 13

Next

ލޯބި ނުވިޔަސް ފިރުމާލަދީ….24

Next
April 23, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….24

Previews
April 23, 2018

ކެތްކުރާނަން އުއްމީދުގައި 13

10 Comments!

  1. shanko says:
    April 23, 2018 at 10:19 am

    V reethi mi part
    When next part

    1. Samaa says:
      April 23, 2018 at 12:57 pm

      soon in sha Allah 🙂

  2. Naju says:
    April 23, 2018 at 11:13 am

    V salhi mi part vx bt samaa adhivx thankolheh dhigukohladhybr next part ??

    1. Samaa says:
      April 23, 2018 at 1:01 pm

      aslu varah dhigukoh meenee up koffa but still balaanan adhives dhigukurevytho 🙂

  3. Siya says:
    April 23, 2018 at 1:33 pm

    Very nice?but too short next part dhigu kohladheethi plx

  4. Naju says:
    April 23, 2018 at 2:41 pm

    Ok dear

  5. Sana says:
    April 23, 2018 at 3:15 pm

    Beautiful???
    But it is too short Samaa?
    When next part?

    1. Samaa says:
      April 23, 2018 at 3:29 pm

      wednesday in sha Allah 🙂

  6. fathima bathool says:
    April 23, 2018 at 7:22 pm

    good job keep it up waitttttting

  7. Ifaaa says:
    April 23, 2018 at 8:30 pm

    Very nice story

Comments are closed.

Next Episodeއެހަނދާން ނުދާނޭ ފިލާ 8←


All Right Reserved!