ކެތްކުރާނަން އުއްމީދުގައި 13
“ޕްލީސް….އައި ބެގް ޔޫ….ލީވް ހާ…. ޒީވްއަށް ތިހެން ނުހަދާ މަށަށް ހަދާބަލަ….ތިކުރާ ކަމެއް މަށަށް ކޮށްބަލަ…ހެޔޮނުވާނެ އާދޭސްކުރަން…..” ލިވާންގެ އާދޭހުން އައިރާއަށް އެއްވެސް އަސަރެއް ކުރިތަނެއް ލިވާން އަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި އެލޮލުން ލިވާން އަށް ފެނުނީ ޒީވާ އާއިމެދު އޮތް ނަފުރަތުގެ އަލިފާނެވެ.
*******
“ވާން… އައި…ލަވް…ޔޫ” ރޮވޭ ވަރުންނާއި އަޑު ތުރުތުރު އަޅަމުން ދިޔުމުގެ ސަބަބުން ޒީވާއަށް ވާހަކަ ދެއްކުންވީ ވަރަށްވެސް ދަތިކަމަކަށެވެ. ލިވާން އިން ހާލުފެނި ހަމްދަރުދީ ވެވުނަސް އޭނައަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ލިވާން އެހާލުގައި އުޅޭތަން ދެކުމަށްވުރެ މަރުވުންވެސް މާރަނގަޅުވާނޭ ހިތަށް އެރުމާއިއެކު ދެލޯ މަރާލެވުނެވެ. ލޮލުގެ ތެރޭގައި ބޮނޑިވެގަތް ކަރުނަތަކުގެ ސަބަބުން ލިވާން ފެންނަނީ ވެސް ފުސްކޮށެވެ. ނަމަވެސް އެންމެ ފަހު ވަގުތުކޮޅުވެސް ލިވާންގެ ސޫރައަށް ބަލަހައްޓައިގެން ހުންނަން ބޭނުންވިއެވެ.
“ކީކޭ….އޭނ… އަދި އެއްފަހަރު ނިކަން މި އަނގައިން އެހެން ބުނެބަލަ.. އެހާ ހިތްވަރު އެބަހުރިތަ އޭނ..” އައިރާ ޒީވާގެ އަނގައިގައި ހިފާ އޮބައިގަތުމަށްފަހު އިސްތަށިގަނޑުގައި ހިފާފައި ދަމައިގަތް ގަތީނުން ޒީވާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
“އައިރާ….” ލިވާންއަށް ކެތްނުކުރެވުނީ އޭނަ އެންމެ ލޯބިވާ ފަރާތަށް އައިރާ ހަދަމުންދިޔަ އިހާނެތި ގޮތް ފެނިފައެވެ. އެއާއިއެކު ތެދުވެ އެދިމާއަށް ދުއްވައިވެސް ގަނެވިއްޖެއެވެ. ލޯބިވާ މީހަކު ވޭނުގައި އުޅޭތަން ބަލަން ކެތްވާނީ ފަހެ ކާކަށް ހެއްޔެވެ؟
ލިވާން އަންނަން ފެށުމުން އައިރާ ކުޑަކޮށް ފަހަތަށް ޖެހިލާ ޒީވާ ކޮއްޕާލީ ފަރުބަދައިގެ އެތައްހާސް މޭލެއްގެ މަތިންނެވެ. އެއާއިއެކު އިވިގެންދިޔަ ޒީވާގެ ތޫލި ހަޅޭކުގެ އަޑާއިއެކު ވެއްޓެއްދިޔަ ޒީވާގެ އަތުގައި ހިފުމަށް ލިވާން މަސައްކަތްކުރިއެވެ.
******
ފެންވަރައިގެން ނުކުމެލި ޒީވާ އައިސް ލޯގަނޑު ކުރިމަތީ ހުރެ ބޮލުގައި އޮޅާލެވިފައި އޮތް ތުވާލި ނައްޓާލި ވަގުތާއިއެކު ނިދީގައި ލިވާން އެއްޗެހިތަކެއް ކިޔަންފެށިއެވެ. ޒީވާ މަޑުމަޑުން ގޮސް ލިވާންގެ ކައިރީ މަޑުކޮށްލިއެވެ. އޭރު ނިދީގައި ލިވާން ތެޅިފޮޅެމުން ދިޔައެވެ.
ޒީވާ އެނދުގައި އިށީއިނދެ ލިވާން އަށް ގޮވާލުމާއިއެކު ސިހިފައި ލިވާންއަށް ހޭލެވުނެވެ. ހަމައެއާއިއެކު ޒީވާގެ ގައިގައި ބައްދާލުމަށްފަހު ދުވަހަކުވެސް އޭނަ ދޫކޮށް ނުދިއުމަށް އެދެންފެށިއެވެ.
ލިވާން ހަމައަކަށް އެޅިލަމުން ދެންމެ ފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލިއެވެ. އޭރުވެސް އޭނާ އޮތީ ޒީވާގެ އުނގުގައި ބޯއަޅާލައިގެން ނިތްކުރިމަތީ އަތްއަޅާލައިގެންނެވެ. އޭނައަށް ޒީވާ ލިބުމާއިއެކުހެން ގެއްލެނީ ހެއްޔެވެ؟ ހުވަފެނުގައި އެފެނުނީ ހާދަ ހަޤީގަތާއި އެއްގޮތް މަންޒަރުތަކެކެވެ. މޭގައި ކުޑަ ރިހުމެއް އުފެދިފައިވާއިރު އޭނަ އިނީ ޒީވާގެ ގައިން ދޫކޮށްލަން ބޭނުން ނުވެފައެވެ. އަނެއްކާ ޒީވާ އޭނަ އާއި ވަކިވާން އުޅެނީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ އޭނަ ވަރަށް ދެރަވާނެއެވެ. ހިތާއި ހިތުން އެއީ ހުވަފެނެއް ކަމުގައި ވިސްނައިދެމުން ލިވާން ހަމަޖެހިލަން މަސައްކަތް ކުރަމުންދިޔައެވެ.
“ވަޓް ހެޕެންޑް” ލިވާންގެ މިޒާޖަށް އައި ކުއްލި ބަދަލު ނަގައިގަނެވުމުން ޒީވާ ސުވާލުކޮށްލީ ކުޑަކޮށް ބޯތިރިކޮށްލުމަށްފަހު ލިވާން އާއި ދިމާއަށް ބަލާލަމުންނެވެ. ލޯމަރާލައިގެން އޮތް ނަމަވެސް ޒީވާގެ އަތުގައި ހިފަހައްޓާލާފައި އޮތްލެއް ބާރުކަމުން އޭނަ އިނީ ސުވާލު ވެސް އުފެދިފައެވެ. ހީވަނީ ޒީވާ ގޮސްދާނެތީ ބިރުން އުޅޭހެންނެވެ.
“ޒީވް…ޕްލީޒް…ޖަސްޓް ސްޓޭ” ނިދި އައިސްފައިވާލެއް ބޮޑުކަމާއިއެކީ ވެސް ލިވާން ޒީވާގެ އަތުން ދޫކޮށްލާކަން ގަސްތެއް ނުކުރިއެވެ. މަޑުމަޑުން އެއަތް ގެންގޮސް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. ޒީވާގެ ގައިން ދުވި ޝަވަރޖެލްގެ މީރު ވަހުން ލިވާންގެ ޚިއްސުތައް ހޭލަން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއާއިއެކު ޒީވާގެ ބޮލުގައި ހިފާ އޭނައާއި ދިމާއަށް ގެނެސް ޒީވާގެ ތުންފަތުގައި ލޯބިކޮށްލިއެވެ.
އެގޮތުގައި ހިނދުކޮޅެއް ފާއިތުވެދިޔުމަށްފަހު ލިވާން ޒީވާގެ ބަނޑާ ދިމާއިން ބައްދާލިއެވެ. ޒީވާގެ ގައިން ހީބިހި ނަގައިގެން ދިޔައީ ލިވާންގެ މޫނު އޭނަގެ ބަނޑުގައި ޖެހުމުންނެވެ. އެއާއިއެކު ޒީވާއަށް ހިނިތުންވެލެވުނީ ލިވާންގެ އާދައިން ހިތަށް ލިބިގެންދިޔަ އުފާވެރިކަމަކުންނެވެ. އަބަދުވެސް ލިވާން އޭނައާއިއެކުގައި ވާނެނަމައޭ ހިތަށް އަރަމުންދިޔައެވެ. އޭނަ ދުވަހަކު ލިވާން އާއި ވަކިނުވާނަމެވެ. އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީ އެއްވެސް ވާން އޭނަ މިހުރީ ތައްޔާރަށެވެ.
ލިވާން ގެނައި ކުއްލި ހަރަކާތަކާއިއެކު ޒީވާ އެނދުމައްޗަށް ވައްޓާލިއެވެ. އެއަށްފަހު މަޑުމަޑުން ޒީވާގެ ހެދުން ހަށިގަނޑާއި ވަކިކޮށްލީ ވަރަށްވެސް ފަރުވާތެރިކަމާއިއެކީގައެވެ. ޒީވާ ލަދުން މޫނުގައި އަތްއެޅީ ލިވާންގެ ކުރިމަތީގައި އެގޮތަށް އޮންނަން ވުމުންނެވެ. ފިރިމީހާކަން ހިތަށް ވިސްނައިދެމުން ހިތަށް ހަމަޖެހުން ގެނެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
“ބޭބީ….އައި ރިއަލީ ލައިކް ޔޫ” ލިވާންގެ ކޮންމެ ހަރަކާތަކާއިއެކު ދުލުން ޒީވާއަށް ތައުރީފުގެ ބަހެއް ނޫނީ އިވިނުލައެވެ mi blog.
ލިވާންގެ ހޫނުނޭވާ ޒީވާގެ ކަނދުރާ އާއި ދިމާއިން އިޚްސާސްކުރެވުމާއިއެކު ޒީވާގެ ހަށިގަނޑުގައި އުފެދިގަތް ކަރަންޓްގެ އޮއިވަރުން އިޚްސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވެ ލިވާންގެ ކުދިކުދި ގޯނާތަކަށް މަރުޚަބާ ކިޔެންފެށުނެވެ. އިސާހިތަކު ޒީވާވެސް އެގޯނާތަކުގައި ބައިވެރިވަމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.
******
އެހެންދުވަސް ދުވަހާއި ޚިލާފަށް ޒީވާއަށް ކޮލެޖަށް ދެވުނީ ތަންކޮޅެއް ފަހުންނެވެ.
“ޒީވް…” ލިވާން ގޮވާލިލެއް ލޯބިކަމުން ކާރުން ނިކުމެނިކުމެ ހުރި ޒީވާ އަށް ހިނިތުންވެވުނެވެ.
“ކިހިނެއްވީ” ޒީވާ އާއި އެކީހެން ކާރުން ފޭބި ލިވާން އާއި ދިމާއަށް ބަލާލަމުން ޒީވާ ބުނެލިއެވެ.
ލިވާން ޒީވާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. އެއާއިއެކު ފެނުނު ހުވަފެނާއިމެދު ވިސްނި ހާސްވާގޮތްވިއެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އެބައުޅެޔޭ ހިތަށް އަރަނީއެވެ. އެހެނަސް އެކަން އޭނަ ޒީވާގާތު ބުނާނީ ކިހިނެއްހެއްޔެވެ؟ ފެނުނު ހުވަފެނަކާއިހުރެ އޭނަގެ އެންމެ އުފާވެރި ދުވަސް ޚަރާބުވެގެންދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒީވާގެ ނިތައް ބޮސްދިނުމަށްފަހު ދެޖީބަށް އަތްޖަހާލިއެވެ.
ލިވާން އަށްހިނިތުންވުމެއް ހަދިޔާ ކުރަމުން އެނބުރުނު ޒީވާ ހުއްޓުނީ ވިކްޔަން އާއިއެކު އެދިމާ ބަލަހައްޓައިގެން ހުރި އައިރާ ފެނިފައެވެ. ވިކްޔަން ބަލަން ހުރިގޮތުން އޭނަ މާޔޫސްވެފައިވާ ވަރު އެމޫނުމަތިން އެކަނިވެސް ހާމަވެގެންދިޔައެވެ. އައިރާ ބަލަހައްޓައިގެން ހުރީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. އެމޫނުމަތީގައިވާ ކުލަވަރު ތަރުޖަމާކުރަން ނޭނގުނު ނަމަވެސް ވަރަށް ދެރަވެ ހިތުގައި ޖެހިފައި ހުރިކަން ޒީވާއަށް އެނގިގެން ދިޔައެވެ.
އައިރާ ހުރީ ލިވާން އާއި ޒީވާގެ ގައިގޯޅިކަން ފެނި ހިތުގައި ޖެހިފައެވެ. ލިވާންދެކެ ކިތަންމެ ހިތްހަމަނުޖެހެވުނު ނަމަވެސް އެހިތުގައި އަދިވެސް ރަނިކަން ކުރަމުންދަނީ ހަމައެކަނި ލިވާންގެ ސޫރައެވެ. އެހެން އަންހެން ކުއްޖަކާއިއެކު ލިވާން އުޅޭތަން ދުށުމަކީ އޭނަގެ ބަސްނާހާ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ zusätzliche hinweise.
އަނެއްކޮޅުން ވިކްޔަން ތޯއެވެ؟ ފެނުނު މަންޒަރުން އެހިތް އެކީ ފޮތިފޮތިވެގެން ހިނގައްޖެއެވެ. އުއްމީދުގެ ހުޅުކޮޅު ނުދިއްލެނީސް ނިވިގެން ދިޔައީ ހެއްޔެވެ؟ ވިކްޔަންގެ ހިތުގައި ސުވާލު އުފެދިގެން ދިޔައީ އެމީހަކީ ޒީވާގެ ކާކު ކަމެއް ނޭނގޭތީއެވެ. މޫނުމަތިން އެކަން ނުދެއްކުމަށް ޕްލާސްޓިކް ހިނިތުންވުމެއްގައި އޭނަހުރީ ޒީވާ އެދިމާއަށް އަންނަން ފެށުމުންނެވެ.
ޒީވާގޮސް އައިރާގެ ކައިރިއަށް މަޑުކޮށްލުމާއިއެކީ ލިވާންގެ ސިކުނޑި ހާސްވާން ފެށިއެވެ. ޒީވާ އާއި އައިރާ އާއި ގާތް ގުޅުމެއް އޮތްކަން ލިވާން ނަގައިގަތެވެ. އިސާހިތަކު ފެނުނު ހުވަފެނާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. އެކަމާއި ކަންބޮޑުވެހުރި ލިވާން އިތުރަށް ކަންބޮޑުވީ އައިރާގެ ކައިރީގައި ހުރި ޒުވާނާ ފެނިފައެވެ. އެއީ ޒީވާ އާއިއެކު ކުރީދުވަހު ފެނުނު ޒުވާނާކަން ހަނދާންވުމާއިއެކު ދެބުމަ ގޮށްޖެހި ދެއަތް މުއްކެވިގެންދިޔައެވެ. ނަމަވެސް އެއީ އައިރާގެ ކާކު ހެއްޔެވެ؟ އައިރާ އާއި ޒީވާ ރަޚްމަތްތެރިވުމާއި، އައިރާގެ ކައިރީގައި ހުރި ޒުވާނާ ޒީވާ އާއި މެދު އެބަހައްޓާ ގާތްކަމާއިމެދު ލިވާންގެ ހިތުގައި އެމީހުންނާއިމެދު ޝައްކުގެ އޮއެވަރެއް ހިނގާލިއެވެ.
“އަނެއްކާ އެދެމީހުން ވެގެން ޒީވް އަށް….ނޫން..ނޫން” ލިވާން ހިތަށް އެރި އެއްޗަކުން އެމޫނުމަތީގައި ދާތިކިތައް ބަބުޅަން ފެށިއެވެ. އެވަގުތު ޒީވާއަށް ގޮވާ ހުއްޓުވަން ބޭނުންވިއެވެ. ނަމަވެސް އޭރު ޒީވާ ގޮސް އެތެރެއަށް ވަދެއްޖެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހިތާއި ދެކޮޅަށް ލިވާން ދިޔައީ ގެއަށެވެ. އަދިވެސް ރަގަޅަށް ނިދި ނުފިލާތީ އަރާމުކޮށްލުމަށް އިރުކޮޅަކު ނިދާލުމަށެވެ.
*******
ވިކްޔަން ޒީވާ އާއި ބައްދަލުކުރީ ޒީވާ ލައިބްރަރީގައި އިންދައެވެ. ހިތުގައި އޮތް ސުވާލުތަކުގެ ޖަވާބު އޭނަ ނުހަނު ބޭނުމެވެ. އޭނައަށް ޒީވާގެ ހަޔާތުން ޖާގައެއް ނުލިބުނު ނަމަވެސް އޭނަގެ ހިތުގައި އަބަދުވެސް ޒީވާގެ ރަނިކަންކުރާނެއެވެ.
“ޒީވް.. ވަޓްސް އަޕް” ޒީވާގެ އުޖާލާވެފައިވާ މޫނު ފެނުމުން ވިކްޔަންގެ ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް އެ ހިތްހަމަޖެހުމުގެ ފަހަތުގައިވާ ސަބަބު ހިތަށް ތަސައްވުރު ކުރެވުމާއިއެކީ ހިތް ނުތަނަވަސް ވެގެންދިޔައެވެ.
“ޔަން…ކޮބާ އައިރާ؟” ލިވާން އާއިއެކު އައިރާ ހުރިތަން އޭނައަށް ފެނުނުފަހުން އައިރާއަށް ބަދަލުތަކެއް އައިކަން ފާހަގަކުރެވުމާއިއެކީ ވިކްޔަންކުރެން ޒީވާ އަހާލިއެވެ.
“އައިރާ ބޮލުގައި ރިއްސާތީއޭ ކިޔާފަ ގޮއްސި ގެއަށް…” އައިރާގެ ވާހަކަ ދެއްކުމުން ވިކްޔަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ކޮއްކޮގެ އުޅުމަށް ބަދަލުތަކެއް އައިސްފިކަމުގައި އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. އެކަމާއި އޭނަ ނުހަނު ކަންބޮޑުވެއެވެ.
“ސަމްތިންގް ހެޕެންޑް؟” ޒީވާ ހާސްވާގޮތްވީ އައިރާގެ އުޅުމަށް އައި ބަދަލާއި ލިވާން އާއި ގުޅުމެއް ވާކަން ޔަގީންކުރެވުމުންނެވެ.
ކުރީދުވަހު ކަންތައްކުރިގޮތް ކުރުގޮތަކަށް ވިކްޔަން ޒީވާއަށް ކިޔާދިނުމާއިއެކު ޒީވާ ނިންމީ އެކަމުގެ ހަޤީގަތް ހޯދުމަށެވެ. އެކަމަށްޓަކައި އޭނަ އަތުކުރި އޮޅާލީ ވައިރޯޅިއަކަށްވެސް ނޭނގޭނެހާ ސިއްރުންނެވެ.
“ހޫ އިޒް ދަ ލަކީ ގާއި؟” އެންމެފަހުން ވިކްޔަން އޭނާގެ އަސްލު މައުޟޫއަށް ދިޔައެވެ. އޭރު އޭނާއިނީ ޒީވާގެ މޫނުމައްޗައް އަންނަމުންދިޔަ ބަދަލުތައް ތަރުޖަމާކުރުމަށެވެ. އެސުވާލު ކޮށްލުމާއިއެކު ޒީވާގެ މޫނުމަތިން ފެނިގެން ދިޔަ އުފާވެރިކަމާއި އެއްވަރަށް ހިތްހަމަޖެހުން ފެނުމުން ވިކްޔަންގެ ހިތަށް ނުބައިގޮތެއްވެގެން ދިޔައެވެ. އެނަސީބުވެރިޔަކީ އޭނަ ނަމައޭ ހިތަށްއެރި އަދަދުވެސް ނޭނގެއެވެ.
“މައި ހަޒްބަންޑް…” ޒީވާ އޭނާގެ ހުރިހާ ދަތްތަކެއް ފެންނަވަރަށް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ލިވާން އަކީ އޭނަގެ ފިރިމީހާއޭ ބުނެލަން ބޭނުންވަނީ ފަޚުރުވެރިކަމާއި އެކީގައެވެ. ކޮންމެ ނަމެއްގައި ކުރެވިފައިވާ ކައިވެންޏެއް ނަމަވެސް މިއަދު ހިތުން ރުހުމުން ލިވާން އަކީ އޭނަގެ ފިރިމީހާގެ ގޮތުގައި ބަލައިގަނެވިއްޖެއެވެ. ލިވާންގެ ލޯބިވެތި އަދާތައް ހިތަށް އައުމާއިއެކު ހިނިތުންވެވެނީ ބޭއިޚްތިޔާރުގައެވެ.
ވިކްޔަންގެ ހިތް އެކީ ކުދިކުދިވެ އެތިކޮޅުތައް ބުރަބުރައިގެން ދިޔަކަހަލަ އިޚްސާސްއެއް ކުރެވިގެންދިޔުމާއިއެކު ކޮޅަށް ތެދުވެވިއްޖެއެވެ.
“ކިހިނެއްވީ؟” ވިކްޔަން އަށް ވީގޮތް ފެނި ޒީވާ ހާސްވިއެވެ.
“އަދި ކިރިޔާއޭ މިހަނދާންވީ..އައިރާ ބުންޏޭ ޑޮކްޓަރަށް ދައްކަންދާ ވާހަކަ.. އައި ނީޑް ޓު ގޯ… ސޯ ސީޔޫ ލޭޓަރ” ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވުމަށް ހިނގައިގަންނަމުން ވިކްޔަން ބުނެލިއެވެ. އޭރު އޭނާގެ އަޑުގައި ވެސް ކުޑަ ތުރުތުރުލުމެއް ހުއްޓެވެ.
“އައިރާއަށް ސަލާމް ބުނައްޗޭ” ޒީވާ ވިކްޔަންއަށް އަޑުއިވޭ ވަރަށް ބުނެލުމާއިއެކު ފަސްދީ ބަލާލުމެއްނެތި ބޯ ޖަހާލުމަށްފަހު ވިކްޔަން ދިޔައެވެ.
*******
ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލެވުމާއިއެކީ ވިކްޔަން އޭގެމަތީ ބޯޖަހާލިއެވެ. މަޑުމަޑުން ހުންގާނުގައި ބޮލުން ދެތިން ފަހަރު ޖަހާލުމަށްފަހު ސީޓުގައި ހަމަޖެހިލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އޭނައަށް ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބި މިވެވުނީ މީހެއްގެ އަންބެއް ދެކެ ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ވެވުނު ލޯބި އޭނަ ހަމަ ހަނދާން ނައްތާލަން ވީ ހެއްޔެވެ؟ އެކަމަކު އެކަން އޭނައަށް ކުރެވޭނެ ބާއެވެ؟
*******
ގޭޓުކައިރީގައި މަޑުކޮށްލައިގެން ޒީވާހުރީ ލިވާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ލިވާން ކުޑަކޮށް ލަސްވުމުން ގުޅާލުމުން މިއަންނަނީކަމުގައި ބުނެ ލިވާން ފޯން ކަނޑާލިއެވެ. ލިވާންގެ ކޯލު ނިމުނުތަނާހެން ޒީވާގެ ފޯން ރިންގްވާން ފެށިއެވެ. އެއާއިއެކު ފޯނުނެގީ ގުޅަނީ ލިވާންކަމަށް ހީކޮށެވެ.
“މަބުނި ކަންތައްކުރާކަށް ނޫޅެންދޯ އަދިވެސް… ބުނަން މަދިނިންދޯ ތިންދުވަސް…..މީ މިހާރު ދެވަނަ ދުވަސް… އޭގެ މާނައެއް ނޫން ކަލޭ ވާން އާ ތަތްވެގަނެގެން އުޅޭށޭ.. ބުނަން… ތިވައްތަރަށް އުޅެންޏާ މަށަށް ޖެހިދާނެ ކަލެއަށް އިތުރު ކަމެއް ކުރަން….ދެންވެސް މިބުނި ކަންތަކަށް ވިސްނައިގެން އުޅޭތި… އަދި ބުނަން… މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީ ޚާއްސަކޮށް ވާން ކައިރީ ދައްކައިފިނަމަ މަގޭވަރުގެ ނުބައި މީހަކު ނުހުންނާނެކަން ހަނދާންކުރާތި” އެތަކެއް އިންޒާރުތަކެއް ލިބުނު ކޯލާއިއެކު ޒީވާ ހުރީ ހުއްޓުން އަރާފައެވެ. އޭނައަށް ވާހަކަ ދައްކާލާނޭ އިތުރު ފުރުޞަތެއް ނުދީ އެކޮޅުން ފޯނު ވެސް ކަނޑާލިއެވެ.
*******
“ބޭބީ…ވަޓްސް ރޯންގް؟” ލިވާން އައިއިރުވެސް ޒީވާ ޖެހި ބުދެއްހެން ހުރުމުން ޒީވާގެ ކޮނޑުގައި ހިފައި ލިވާން ކުޑަކޮށް ތަޅުވާލިއެވެ.
ލިބުނު ސިހުމުގައި ޒީވާއަށް ލިވާންގެ ކޮނޑުގައި ބޯއަޅާލެވުނެވެ. މިހާ އަވަހަށް ވަކިވުމުގެ ސަލާމްކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެހެންނޫނަސް ލިވާން އާއި ނުލާ އޭނައަށް ދެން ނޫޅެވޭނެއެވެ. ހިތްއެދި ގޮވަމުން ދިޔައީ ލިވާން އަށް ހުރިހާ ވާހަކަ އެއް ހިއްސާކުރުމަށެވެ. ނަމަވެސް ހިތުގެ ކަނަކުން އެކަންނުކުރުމަށް އެދެމުން ދިޔައީ އެކަމުގެ ސަބަބުން ލިވާންއަށް އިތުރު ގެއްލުމެއް ލިބުން ނޭދޭތީއެވެ.
އެމީހަކަށް އޭނަގެ މަޢުލޫމާތު އެނގުނު ގޮތަކާއި ދޭތެރޭ ޒީވާ ވިސްނާލިއެވެ. އޭނަގެ ފޯނު ނަންބަރާއި އޭނަ އުޅޭގޮތާއި ކުރާ ކަންކަން އެމީހަކު ވަރަށް ފާރަވެރިވެ ބަލާކަން ޒީވާއަށް އެނގިއްޖެއެވެ. އޭނަގެ ފޯނު ނަންބަރު އެނގޭނީ ހަމައެކަނި ލިވާންގެ މަންމައާއި ބައްޕައަށާއި ލިއުޝާގެ އިތުރުން ވިކްޔަން އަށާއި އައިރާއަށެވެ. އެމީހަކު އޭނަ ލިވާން އާއި އެކީ އުޅުމުން ރުޅި އަންނަންވީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ. ވިސްނި ވިސްނިހެން ހިތުގައި އުފެދިފައިވާ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. ސިހިފައި ފަރާތް ފަރާތް ބަލާލެވެނީ މީހަކު އޭނައަށް ފާރަލާން ހުރި ކަމަށެވެ.
“އައިރާ.. ..އޯ ގޯޑް” ޒީވާއަށް ވައިއަޑުން ބުނެލެވުނީ އައިރާ އާއިމެދު ކުރެވުނު ޝައްކުންނެވެ. އައިރާގެ މިޒާޖަށް އައިސްފައިވާ ބަދަލާއި ލިވާން އާއި ގުޅުމެއް އޮތްކަން އެނގި އެހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލިއެވެ. އޭނަގެ ފޯނު ނަންބަރު އެނގޭ މީހުންގެ ތެރޭގައިވެސް އައިރާ ހިމެނޭތީއެވެ. (ނުނިމޭ)
146 Comments!
Comments are closed.
varah reethi??????????????????????
Thank u loabi loabi Anonymous darln. ????? lysm
Yeyyy u got first dho. Congrats ??
Yey… finaly up v dhw????????
Lotus dhooni finally upvejje avahah kiyaalaa ???????????
dreameh dhw aee. nice varah
Sina dhoonee thank u so much dear. Yes it was a dream. ?????
He he finaly up ehje dhw… mi ulheni kiyaalan
Ainthu darln avahah kiyaalaa dhoonya. Dhigu inthizaaruge nimun aissi dho finally. Hehe. ?????
V reethi mi part…. when next part..
Me 1st yo
Shanko dhoonee thank u so much. Next part tmrw. Hehe dear mifahary first eh noon ekam nxt time balahchey first libeytho ?????
Yey me first dhw…v reethi mi partvs..hahahah heekuree zivaa salaamaiy nuvaane kamah but its a dream???
Shafa darln mifaharu first eh nulibunu dho. Next time balahchey ingey libeytho. Hehe. Hehe zeev salaamaiy kuran vaanenu ehenoonee thikudhin eysh ah kanneyge inzaaru dheynee hehe. Its a dream ?????
Thanks eysh dhooni
Naju dhooni u r most welcome ?????
Thank God that it was a dream!!! Huvafene kan igun hisaabun heevee hithga oi bodu gaagadeh negihen???… vikyan ge prt kiyaalaafa hama ragalha vx hithuga jehijje.. feel soo sad fr him???.. but its sooo nice to c our 2 luvbrds together… miyo kuraa blackmail eh dhw.. alhe kaaku tha? Hama aira tha??? Mihaathana stry kiyaali iru hiye nuvey ey ehaa gos kujje hene.. meehegge gothe neygeyme dhw… vvvvv salhi prt vx.. kurevunu dhigu inthixaaru ge natheejaa v foni.. keep it up sis???
Lotus darln hehe asluves dho livaan ves balaanee ekahala huvafen. Hehe. I feel bad abt him too. Lets c dho who is the blackmailer ? “sis” kiyaathee v ufaavey
Lysm ?????
Wow…V nice story.. Plz zyv n vaan vakinukurahchey v nice ? eh dun zyv preg vaany dhw…
Naju dhoonee thank u so much lets c dho dhen vaagotheh. Vedhaane dho hama thihenves. ?????
Asluves me ah hama heevaa gothah naju ah ves thi heevany
So here is the new part. V gina kudhinge dhigu inthizaaruge nimun aissi. Hehe. Eysh ge ves. Unmmeedhukuran mi part ves kamudhiya kamah. ????
Huriha kudhinves v happy vehje dho mihaaru zyv save kureema. And also baeh kudhingr request akah romantic bai ginakohlladhrefa innaanre mi part ga. Also zyv save ves kurevijje thikudhinge help aa ekee.
Still black mailing dho. Kaakubaa??
Next part tmrw ingey. Eysh balaanan thankolheh dhigukoh genesdheveytho tmrw ge part. Aslu miadhu eysh ah v bxy vaane. Hama nyt ga free vaanee. Ekam thikudhinge nidhikolhu gelluvaanulan vegen ingey.
V happy vey loabiva huriha kudhin ves ehaa inthizaarukuraathee. V happy thidhey support ah. Love u all. ?????
Asluvx vaan romantic vyma haadha nice ey alhe me ah libeynenama dhw he he he he
Hehe. Eysh bunantha zeev dhookohlaafa Naju kairiyah annaashey. Hehe
Ehn kihineh zyv dhookohlaafa naju kairiyah dhaany… Mee hama ekani zyv ge myhekey
Sorry eysh vaan bxy kamun Kury ge part ah comment eh nukohlevuny… Anyways thnk yuh eysh vaan n zyv gulhuvyma…. Vaan aslu v rom vaane ey …. Adhikiriyaa eysh vaan ah rom vaan thi chance eh dhiny…. Zyv alhe kyhve thr vaan kairy e call ge vaahaka nubunaan thiulheny… Bunyma dhw vaan ah zyv save kureveyny…. N I prms that I’ll never let anything happen to yuh… Ly sm zyv…. Btw eysh story v rythi… Eysh thigothah kuriyah gendhahchey… I mean zyv n vaan dhuru nukurahchey….
Noooooooooon no vey…..nuvaane thi kameh naju…alhey eysh dhoonee kohmeves nubunahche ehen zyv kihaa dhera vaane dhw…
Hehe. Naju vaan beynumeh noono zyv fiyava ithuru meeheh. Ehenveema eysh ah vess kureveyne kameh neh mikamuga. Hehe.
Dhen vaan ah bunelan othee v ufaavehjey cmnt kiyaalaafa. V swyt ingey.
vaan dear its ok bxy ves vaane. Eysh ah vs miulheny adhi kuree partge cmnt ah rply koh nulevigen.
V ufaa vehje ingey.
Ainthu ah bunelan beynumee eysh eh dhn nubunaanamey ekam Naju haadha dheravaaney dho.
Hehe. Zyv adho maa dheravaane hehe
?????
Hey kobaa vickyan… Vaan hama yan ge comment eh fennan nethyma ahaaly… Second name of luv is sacrifice…. So brw kehkuran vaane… Luv sacrifice kuraa myhunnaky v grt baekey bunaathy ahan… So I request yuh plxxx zyv ge ufalah takaa midheythereyah nuvannahchey…. Cox nw I feel hw much zyv luvs me…
Yey… Finally I got vaan… Am so happy know that vaan knws hw much I luv him… N ly a lot vaan… Vaan, I know that u’ll always protect me from everythng…. Zeev vx v beynun vaan gaathu blackmail call ge vaahaka bunan… Bt my luv is stopping me from telling that…. Cox zeev beynumeh noon vaan ah gehlumeh libeykah…. N zeev mihury v dhera vefa…. Eysh yuh hurt me a lot… Keehve buny vaan gaathu bunaanamey zeev dhookohfa naju gaathah dhaashey vaan kairy bunaanamey… Zeev eysh a rulhi… Naju, vaan eh nulibeyne cox he is only mine… N am his… Eysh plxx don’t separate us… Vaan, I just luv wen yuh get romantic…
Eysh dhoony ????? varah varah reethi..10 x mi bai dhigukon genes dhinyma…eakam hama kiyaa hithun indhaa mi nimuny…dhigu iru ves mi varun ves heevany kuruhen….he he he ?????ehen dhw vaany maa arakah viya kiyaalaa hiyyvany…❤❤❤❤❤❤..mihaar zyv ah ves shahk vany airaa dheytherey…me ah ves hyvany hama ehe…ahslu varah ufaavey mihaa reethi stroy eh kiyaalan libeythee..??????..adhives varah bodah 10x eysh dhoony…ehaa loabi stroy ah adhi ehaa avah konme dhuvak ves up koh dheythy…abadhu ves thi gothga huhnaane kah uhmeedh kuran…mihen bunaa ir ves ingey my lovely eysh dhooni????? huhnaane kan …..lov u so much…??????uhmmmmmah
Ainthu dhooneeeeee kihinehtha haalukolhu.. hehe. Adhives heevanee kuruhen dho. Eysh ah ves hama vaagoiy thee.
Eysh ah ves v shakku aira ah. Mihaaru miulheny investigation team eh hoadhan. Ainthu vaane team ga himanan. Hehe.
Insha Allaah I will ingey.
Luv u so mhch ???????
Wow vara nice…… Mivaahaka Kiyan einaeiru neygei hitha vaagotheives…. Konmei jumulaeives eihaamei furihama hama dhaney heybihinagaagein… Vaahakaagei reythikamun jumulatha geines faeivaa loabi goeithakun…. ? ? ? ? ? ? ? ? vara salhi…. This is the best story… Writer haadha molhey maasha ahloh….
Aru dhoonee thank u so much dear. So happy to kno that.
Alhey v happy vehje thihaa loabi cmnt kiyaalaafa. Story reethivaa sababuthah bunedhineema v ufa vehje dear
U r so sweeet. Mmmwah ??????
He he yageenehnu my lovely..me huhnaana thi team ge ehme kuryga….
My dear loabigada konirakun next part submit kohlevey nee…ingey eysh ves buxy vaane kan adhi hama eysh dhooniyah timeh vaa irah mikan kohdheyne kan…ekam sry???? udhag kure veythy…kiyaa hiyy vaathee eagothah abadh abadh ehenee…?????????
My dear Ainthu next part Insha Allaah tmrw. Eysh akah undhaguleh nuvaaney dear. Hama v happy vey cmnt thah fenifa. Engey story ge inthizaaruga loabi loabi kudhonkolheh thibikan. Ehenve ithurah liyaahithun liyelevey.
Thank u so much dear. ??????
Alhey huvafenakah dhw mivy… Hama neyvaa hifahahtaa laigen innan jehuny ethan kiyaa ninmaali iru… Ekam e dhemyhunnah kameh vaan vegen fenun huvafeneh kanneynge dhw eyee… Zeev ah egulhany airaahen haadha hyvey… Plx eysh vaan n zeev dhuru nukurahchey igey…???.. Zeev hyvany v hiyvaru gadha kuhjakah vaanehen… V v furihama mibaives… N v faahaga kohlevey abadhuves story ge sifakurun v Furihama kamah… V ves molhey buneveyny… Thigothah rythikoh gengos story ninmaaleveytho balahchey igey…
Shann dhoonee enmefahun huvafenakah mi vee. Vedhaane dho hama thihenves. Lets c dho.
Thank u so much dear. V ufaavehje hinhama jehey thanthankolhu thigothah buneladheythee.
??????
Alhey migadeega dhw up vaanves ingunee.. kiyeykahves neiy.. nukiyaa hureveykahves neiy.. aaaaahhhhh
Hehe sheen darln unmeedhukuran mihaaru kiyaalaifi kamah.
??????
V reethi mi story waiting next part
Ri dhoonee thank u so much dear. Keep waiting.
??????
Kihairaku inthizaru kohfin??v reethi mibaives ? ❤❤❤
Any darln v dhigu inthizaareh kuran jehihje dho. Thank u so mucj dear
??????
Yeyyyy…????? Finally mi othee up vefa dhw…?? How’s you eysh dhooni?? ???
❤❤❤ ماشاء الله ❤❤❤❤
Mi bai ves hama as usual varrrraaaaaaaaah loabi…?????? Mi vaahakaige emme salhi thankolhaky beykaaru haasaru thah nuhunnnaathee..❤❤❤❤❤✨ And daily koh up kohdheythee vvvv happy veyyy..??????? Mee mihaaru one of my favourite story…????✨✨✨ Ehaa ves loabi mi vaahaka..????? Keep it up darling love..?????? All the best…?????? Next part ah ves KEH KURAANAN UMMEEDHUGAA ????????? Love you so much..????❤❤❤????
My sweet girl ekey ehvarah cmnt vs ehaa swyt. Loabi loabi colorful cmnt balaalevuneema ves hithah hamajehun libijje ??
Alhamdhulillaahi eysh hama good. Hws u dear?
Alhey darln eysh haadha happy vehjey cmnt kiyaalaafa. V bodah thanks. ??????? favourite ry buneema v happy vehjje. Adhi enme loabi thankolhu story ge name aaa gulhuvaaleema
ly too ?????
Woww ????… Mi part vx v v v reethi ❤️❤️❤️❤️… Nasybehnu dream akah vikan ????… Kaakubaa dhw mi blackmail kurany???????… Airaa baa??? Or someone else??? Heheheh… Mi part vx hama awesome ingey eysh ????… I love this story ❤️❤️❤️❤️… Eagerly waiting for the next part ????… Lots of love eysh ❤️❤️❤️❤️????????????????
My dear swyty shifoo dhooonee. Miss u dear. Haadha lahunney dho mi fenunee cmnt. Eysh heekuree dear maa bxy koh kamah ulheny.
Lets c dho kaakutho.. v happy vehje ingey dear cmnt kiyaalaafa. V bodah thanks. ??
Keep waiting darl. Luvs ?????
y always me…… im always late….. but as usual story was awesome
So sad unique darln. Konme dhuvahakuves bxy vaa gady dho mi upvanee. Hehe.
V ufaavehje kamudhiyaeema nd thanks a lot ?????
yup scul gadyga
Varah nice mi part ves ??❤❤??
Thank u so much swyt me v happy vehje ?????
Wow?. One of my favrt story.. Eysh u r best??.. Waiting for the next part.. Plx upload soon.. Can’t wait to see wat will happen next..
Thank u so much Shyn dhooni. V ufaavehje fav story ah v ma. Keep waiting. Next part insha Allaah today. So sweeeet cmnt. ????????
Wow❤
Thank u so much ibsha dhooneee ?????
Alhay huvafeneh dhwww… Saabas eysh????? …. Hyvxnuhkuraa goathakah kanthavy…mih part vx hama ohbi…. Thanks eysh dhooni mihkahala nice story gehnesdhaythy….. Ure amazing….???????❤?????
Naseebehnu huvafenakah vikan. Hehe. So sweeet. Thabk u so much dear. V happy vehje cmnt kiyaalafa
?????
Woooooww.v.reethi.. Keep it up. Waiting
.
Thank u so much Xxxx darln v ufaavehje kamudhiyaeema keep waiting ?????
Vvv reethi mi part ves i love it
Thank u so much Mal dhoonee v ufaavehje ingey kamudhiyaeema ?????
Omg hama ree gusse kuri goiy dhw mivee naseebehnu ehen veekan but ree ah heevani something is going to happend wrongly hen cant wait to the nxt part lysm❤❤❤??????????????
Ree dhooni haadha molhey guess kuran. Naseebehnu huvafenakah v kan. Eysh ves mihury v happy vefa. Lets c dho. Keep waiting dear ly too ??????
??? Eysh dhooni ???
Mi part ves v reethi ?
Axy mi ulhenee v v bxy koh
Vaguthu v emme avahah mi
Kiyaa lee. ……….ehen ve comment ves mi v kuru kohlley ☺☺☺☺☺
Good luck ??????????????????
Axy darln dhooni bxy v dho. Eysh vs bxy dhuvaskolheh hama. V ufa vehje ingey thiha bxy koh ulhemunves thiha swyt cmnt eh kohlleema. Its ok hama dear.
Thank u so much. Really appreciate what u guys r doing.
?????
Eysh dhooni..♡♡mi part vx varah reethi…waiting 4 the next part
Thank u so much Inoo dhooni. Vvv ifaavehje. Keep waiting dear ? ?????
Lhey mi part ves v reeti eysh haadha reechey
Thank u so much sam dhooni. V happy vehjje ingey kamudhiyaeema ?????
Wow i predicted it correct. I knew it was just gonna be a dream. I think i kinda can guess whats gonna happen in this story.
Anonymous dear u r great. Thank u so much dear. Lets c dho alhe dhen vaane gotheh.
???????
Masha Allah varah reethi mi part ves..eysh is the best writer for ever…love you❤??❤❤
Alhey Shiman dhoonee haadha sweetey. Vvvv bodah ufavehje dear. Best writer ey buneema v bodah ufaaavehje. So sweet darln. Love u too. Thank u so much dear. ??????
It’s ok vaan… Naju ah v ingey knme myhakahvx emyhaku loabivaa myhakaa dhurah nudheveyne kan bt vaan nice kamunney me ah ehnbunevuny…Vann dhn zyv dheranukurahchey ingey… Anyway guys hw r u all?
Hehe. Naju darln mifaharu v goiy dho. Yageeney zyv nulibunu nama vaan ves naju ah noonekey nubunaanekan ??????
Of course… Vaan aslu beynumeh Noon zyv dhera kuraakah bt it depends on eysh….
Adhi mi kiyaalevunee.. keekey bunaanee zeev ah kameh nuveema vee ufalun ekan celebrate kollaneemi.. alhe please eysh darling komme gothakah kanthah viyas kithamme haalehga ulhen kehunas e dhemeehun dhurunukurahchey please.dhuruviyas kommes gothakun alun gulhuvaathi. Kurin bunee one of my best writer eynu. Mihaaru thee one and only my best writer.. sababuthah baivaru
1. Baraabarah vaahaka up kurey
2. Sifakurunthakaa ibaaraaiy kurun ehaa reethivefa molhu
3. Ehaa hiyheyovefa friendly
4. Kiyuntheringe ihusaasthah dhaney.
5. Thinoonee kiyuntherin kuraa comment thakah baraabarah ehaa loabin reply kuraa ehen writer eh nudheken..
Adhives adhives …. saabahey my dear.. hiyvaraa ekee kuriahdhey.. thie insha allah vaahaka liyumuge dhaairaain vidhaalaane thari akah vaane..eysh ge vaahaka eh kithamme agubodukoh vikkan huttas gannaanan.. me ge hobby akee ves vaahaka kiyumaa vaahaka ehkurun. Mihaaruves hunnaane nulaahiku loabin rakkaatherikoffa ethah baivaru vaahaka eh. Beynun eysh ge vaahaka eh eyah laan. Love you so much dear
Sheen darling haadhahaavaa loabi loabi cmnt ekey kohlaafa meenee. Haadha swyt ey cmnt.
Eysh haadha bodakah ufaavehjey. “One and only best writer” mithankolhu kiyaalaafa ufalun goss hama speechless vehje dear. Sheen dear ge thi cmnt eysh ah neyngun kiyunu adhadhu ves dear. Ehaa ves furihama. Alhey sheen dear eysh ge story eh publish kuranyaam sheen ah hadhiya akah dheynan collection ge thereah laan. Kihineh thihaa loabi kuhjakah vikkaanee. Vvvvvv bodah ufaavehje miadhu. Thi faahaga kohlladhin kanthah thah buneladhineema hama bas huttijje.
Thee haadha loabi kuhjjekey. Eysh v bodah loabi vehje like a family member. Love u so much sheen darln..
Abadhuves thigothuga huredheyne kamah unmmeedhukuran.
Take care dear ???????????????
tmrw almost wat time up vaanee sis … eyrun nennu phone chrg koh gen atha laigen idheveynee
Lotus sweety dear eysh ah hama neynge bunaakah gadieh upvaane. Cause reyga ves eysh submit kurin 11 ge kurin. Ekam up v miadhu v lahun. So hama eysh akah time bunaakah neynge dear. Eysh submit kohllaafa angaaladheynan cmnt akun. Ekam eysh akah publish vaane gadieh hama bunaakah neynge dear.
Keep waiting ingey phone charge kohllaigen ?????
Eysh darln me ah reyga nuvx nidhun story kiyaahithun.. Ur the best writer.. I ? this story… This is my favourite… Love u
Alhey dear. Eysh ah inguney dear nunidhaakan cmnt time balalaafa ves. So happy to kno dear. Best writer nd favourite ah v ma v hapy nd thanks a lot. Lysm dear ??????
waaau naseebennu huvafeneh kan ei..but sweety ah heevanee airaa aslah ves zeevaa ah kameh kuran ulheyhen..zeevaa please livaan gaathu buneba e vaahaka..eyrah livaab ah hana neyngey kamah hadhaigen ulheveyne ennu zeevaa ah help vaan…please livaan gaathu buney noonee vickyan ge help namaves hoadhaa..ehennoonee avahah thi sarahahdhun dhurag dhey ehen college akah viyas plxx plxx zeev…eysh zeev ah dhera gotheh nuhadhahchey
Hello sweety darln zyv v hapy vaane dear thihaa care kuraathee dear. Lets c dho dhen vaa gothehves. Eysh ves v happu vehje thi loabi cmnt kiyaalaafa dear. Zyv maa bodah birugannanee ey asluves. Livaan akee dhen hama supper. Zyv bunaane namaey eysh ves hithah aranee
hmm always me scul gadyga eysh up kurany……………. sad
Unique darlng scul nimeny kihaa iraku dear. Eysh ah ves neyngey upvaa gadithah aslu. ?? ehfaharu libunudho first ekam. ??????
Asluvx tha eysh dhooni thanks ingey…
Yes Naju darln. U r most wc dear ??
Eysh personal suvaaleh kohlevidhaane that?
Alhey Naju anehka konkahala suvaalehbaa? ?
Wow?yes!!!!!! It’s a dream dhw eyesh. Hama suney beunun v goiy?????. Vv nice mi part ves. Kaakubaa zeev ah inzaaru midhenee? Let’s c dhw…. Thanks eysd dhooni gavaidhun upkoh dhey thee. And story mihaa reethi v ma. Keep it up dhoony????????
Swyt suney its a dream. Yea lets c kaakutho nd keehvvetho.. thank u so much dear. Nd v ufaavehje cmnt kiyaalaafa ??????
Me v like vehje eysh ah mee beynun frndx 4 ever.. Ehnve kudagothakah vanavareh libidhaane tha bt eysh beynumyyaa ingey.. Eysh dheyn beynun nooneeyaa naju ah hama ok bt angaalahchey… Me abadhuvx eysh ah support kuraanan ???
Alhey so happy dear. Eysh eba gasthukuran fb page eh hadhan. So eyrun faseyha vaane dho readers ah kiyaalan ves an eysh aa frnd velan ves. ??? v happy vehje loabi loabo frnd eh libuneema. Thank u so much dear. ???
Wow haaaaaaadha sweet reply ekey eysh darling.. ehenveyey bunanee thee hama.best ey.. alhey mihaarunfeshigen inthizaaru kuran fesheemi eysh darling ge vaahaka eh publish kuraane dhuvahakah. Family member eh gothuga dhekuneethee vvvvvv happy vejje..thihaa kind meehunves ulheneethaa dhw ehenveema..love you so much
Alhey sheen darln dear. So glad I met a frnd like u ????? really happy eysh ves. Love u so much dear darln ?????
hahah…………eysh ur sooo famous…………alhe asluvx eysh varah cute……….heheh me scul nimeny 12 ga but ol veveny 12:30 ga heheh……… i also think one time i got first………. eysh ge story ham bestest ingey………….. n plx dont forget me story liye nimunas…………. im ur bigestestestest fan ingey……… ik many ppl will tell that they are but whn i talk to someone i will need their full attention so i never do or tell anything that will hurt anyone……… ur the best eysh no words for u……….ly
eysh sissy dhw
Sissy dhoonee kihineh dear mathin handhaan nahthaalaanee. Thee hama javaahireh kahala kuhjehnu. Alhey fan ekey buneema eysh ah eyoh v gotheh neynge bunedheyn ves.. ehaa ves ufaa vehje. Alhey such a sweeeet cmnt. So meanful. Love u so much. Sissy keema v happy vey ?????
Eysh kihi neh thi hedhiyy ..yan vex beynu meyy xyv..yan vex loabi veyey vvvv bodah veyye.
Hama ekani yan loabivi kujja aky xyv ey.e loabi vex nulibe baaky vaanviytha .eysh plx ehen nuhadha bala.vaan ah maaziy hadhaan nahthaalafa xyv ah loabi nudheveyy ey.plx yan ah dhyy xyv eyrun vv ufaluga gen gulheyy nah.
Ekamm……. yan ah majuboor xyv ge hihi thunvun vex …………………
************************
Thagudhyru ga huri goih myy.mi nashiyybu ga oih goih myy.dhuniyyee gaa ufaleh neh inshaa neh baa eyy mee.loafuhelaa dheyshe magey vaki vumu ge kurin loabin. Kehkuraa nah ummeedhu gaa….adhi gaamey dhimaa vaaney..
Wow….. haadha molhu ibaaraahyyi kolhe key dhw eysh dhoonee…mi buny fahun mi ohyyi bai…me ah fehnany stroy ga kome vex hisaa bakun mi bai himanaalan earun varah salhi vaane eysh dhoonee….
Vikyan eysh haadha miss viyey. Konthaaku thiulheny. Eysh v wait kohfeemey annaane irakah. V loabi ingey cmnt. Insha Allaah Ainthu eysh thithankolhu himanaalaanan storyga. V loabi thankolheh aslukohves. Thank u yan for the help. Nd Ainthu thanks fr the idea. Really like it. ????????
Ainthu dhoonee thibunee hama satheykaige vaahaka eh dear. V gud idea eh thidhinee. Thank u so much dear ?????
Eysh darln thee haadha hiyy heyo haadha rangalhu kujekey me haadha beynumey thikahala frndx ehaa nice koh hurihaa kudhinnaavx tk kurany v habeys… N thihaa rangalhu writer eh naju adhi dhuvahakuvx dhimaleh nuvey thy haaaaadha rangalhu hiyy heyo kujekey I really luv u dear…????
Thank u so much Naju dear. Vvvv ufaavehje dear kahala loabi frnd eh eysh ah libuneema ???????
Kbr tha loabi loabi eysh mirey maa bxy kannenge dhw ehnve kannenge rply nukurevigen eulheny.. Bt hama miss vaa varun ingey miulheny hama ekam v disturb eba kurevey kannen sry 4 that ????
Eysh miaee class nimmaalaafa story liyan indhelaafa. Kudakoh boluga rissaathee resteh nagaalee mi. Disturb eh nuvaane eysh akah. Miss u too Naju. Next part tmrw genesdheveytho balaanan. ?????
Miadhu mygq vy kameh nei. Dhemafiri kamuge gulhumeh hingikan ekani. Varah vai mi bai
So sad to kno beauty dear. Aslu konme dhuvahaku part eh genesdhey iru konme part ehga aa kameh genesdheyn v undhagoo. Part thah ehaa dhigukonehves noon aslu mi genesdheveny so eha kurukoh genesdheyiru v undhagoovaane aa kanthah ginain himanan. V ufaavehje kiyaalaafa angaaladhineema. Kuriyah huri baithah kiyaalaane kamah unmeedhukuran. Thanks for letting me kno. Eysh hama balaigannan thi vaahaka.
Ly dear ??????
Eysh plx plx plx rply me I’m waiting dear….???
Naju dhoonee mikohlanee ingey rply cmnt kiyaalaafa ?????
Thanks dear bt v sad dhw me eh nuvannamey fb akha ??Dhn ehn gotheh nei tha me akah frndx veveyne
Dhoonee me ge cmnt thakah rply kohdheachey me wait kuraanan ingey
Thats so sad. Eysh hama thihuriha kudhinnaa ves v frnd hama. Abadhuves ingey.
V bodah thankx ingey bxy koh ulhemunvx story daily up kohdheythyve… Asluvx adhikiriyaa mienguny thy kiyavaa kujjeh kanvx .. Ehnveyeh naju buny eysh ge detailx eh dhybalaadhey naju eyrun dhw ingeyny bxy n free time vx eysh ge me ah..
Hehe dear. Aslu bunanya v bxy koh ulhenjeheny hama gina vaguthu thakuga
OMG im soooooooooooooooooo happyyyy sissy………….. alhe me aa twk kuraane meehaakuves nulibigen ulhunee now i got a sis u cant even image happy im my cute cute loabi loabi sissy
Mihaaru mihureenu eysh talk kuran. Dnt worry dear ??????
OMG im soooooooooooooooooo happyyyy sissy………….. alhe me aa twk kuraane meehaakuves nulibigen ulhunee now i got a sis u cant even image how happy im my cute cute loabi loabi sissy
Unique dear thank u so much ??
aslu sissy ah how many years tha??? if too personal then forget it
Me vx varah beynun ingen eyshge age
Hehe. ??
Alhey mirey story kiyaaan nulibeythyve haadha dheraey bt Masha Allah tmrw ah varah inthizaaru kuraanan?????
submit kohlaifin dear
thedheh sis i also dont use FB i also want to talk to u 🙁
Eysh abadhuves sissy ah talk kuraanamey ?????
Alhey haadha reechey story♥
??????????
Varah inthizaaru kohffin mi part up vey thoa?✨?✨?
And I just love the way you write the story????
Love much ???????
Keep up the good work ??
Dhn story up kohlla dhehchey v emme avahakah
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????
???????????
Love you ayeshu?????
???????????
Alhey haadha loabi loabi cmnt ekey dear v ufaavehje cmnt kiyaalaafa. V sweeet ingey. V bodah thanks. New part upkohlaafa innaanee mihaaaru. Avahah kiyaalaa dear. Lysm ?????
sissy hinhama nujehunytha??? ehnvejjeiyyaa im so sry
Nooney keehvve hinhama nujehehenvy sissy dheke. Thihaa loabi kuhjeh dheke eysh hinhama nujehifa nuhureveyne ehnu. Ehaa ves eysh loabivey thikudhindheke. ??????
Alhey konirakutha story up kurany..hama waitingssss ingey..?❤??
Mihaaru upvefa innaanee dear avahah kiyaalaa ????
Eysh dhoonee me vx kehkuraanan ummeedhugai dhoonee ge rply akah
Naju dear haadha sweet ey. V happy vehje ?????
Waiting………?????????????????
???????????
New part upvehje dear avahah kiyaalaa ?????
Beautiful eysh kbr tha me haadha inthizaareh eba kuramey rply kurey thw
Eysh mioh ulheny hama. Rply kohllaafa innaanee now. Kudakoh bxy vegen las v rply ???
Ok dear.. Dhn knirakun tha next up vaany???
Naju dear upvehje avahah kiyaalaa ????
Finally story submit kohllaafa innaanee.. keep waiting ly all ???
Yeh yeh …hama inthizaarga mi ihnany he he he..10x my dear eysh dhoony…
Avahaj kiyaalaa dear mihaaru innaanee upvefa ????