Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަމަވެސް.. 3

michelle Level 1
April 3, 2018 One Min Read
18 Comments

ބްރޭކް ގަޑި ޖެހުމާއެކެ ހުރިހާ އެންމެން ވެސް ކެންޓީން އަށް ދިޔައެވެ. އެލީ ހުރީ ދާހިތުން ނޫން ކަމުން ޔަލް އާދޭސް ކުރުމުންވެސް ދާކަށް އެއްބަހެއް ނުވިއެވެ. ހުރިހާ އެންމެން ނިކުމެގެން ދިޔައިރުވެސް އެލީ އާ ޖަޒްލާން ނުދެއެވެ. ޖަޒްލާން ހުރީ އެލީ އަށްވުރެ ފަހަތުގަ ކަމުން ޖަޒްލާން ނިކުމެގެން ނުދާ ކަމެއްވެސް އެލީ އަކަށް ނޭގުނެވެ. ހަމަ ހިމޭނުން ބޭރު ބަލަން އިނީއެވެ. ޖަޒްލާން ތެދުވިއެވެ. މަޑުމަޑުން އެލީ އާ ދިމާލަށް މިސްރާބުޖެހިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އެލީ ކައިރިއަށް ގޮސް ގޮވާލިއެވެ. އެލީ ދިޔައީ ސިއްސައިގެންނެވެ. އެހާ ގާތުން ޖަޒްލާންގެ އަޑު އައުމުން އެލީ ފިނިވިއެވެ. “އެލީ ބްރޭކަށް ވެސް ނުދަނީތަ. މިއަދު ބަނޑުހައެއް ނޫން ދޯ.” ޖަޒްލާން އަހާލިއެވެ. “ޔާ. އެހާ ބަނޑުހައެއް ނޫން. އެހެންވެ މަޑުކޮށްލީ.” އެލީ ޖަވާބު ދިނީ ވަރަށް ހަމަ ޖެހިލަމުންނެވެ. އިހުސާސް ތައް ފޮރުވަން އެލީ ވަރަށްވެސް މޮޅެވެ. “އެލީ ވާހަކައެއް ބުނަންތަ” “ޑޯންޓް ވޮރީ ޖަޒް. އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް އެއްވެސް އެއްޗެ ނޭނގޭނެ ޔަލް އަށް ނޫނީ. އެއީ ޔަލް އެއީ އަހަރެން އެންމެ އިތުބާރުކުރާއެކަކު.” ޖަޒްލާން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް އެލީ ހިނިތުންވުމަކާ އެކީ ބުނެލިއެވެ. ޖަޒްލާން އަށް އިތުރަށް ބުނާނެ އެއްޗެ ނޭނގުނެވެ. ދެން ވެރިވީ ހަމަހިމޭން ކަމެވެ. ޖަޒްލާން އަނެއްކާވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ބްރޭކް ގަގަޑި ހަމަވުމާއެކު ހުރިހާ ކުދިން ކްލާހަށް އައެވެ. އެހެންކަމުން ޖަޒްލާން އެނބުރި އިށީންނަން ދިޔައެވެ. މާޔޫސްވެ ހުރެއެވެ. މިމަންޒަރު މާނިއުއަށް ފެނިގެން އައިސް ކިހިނެތްވީތޯއަހާލުމުން ޖަޒްލާން ކަމެއް ނުވެއޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލިއެވެ.

ޖަޒްލާން ދިއުމުން އެލީގެ ހިތް ކުދިކުދި ވިއެވެ. ނަމަވެސް އެލީ ކެތްކުރިއެވެ. ޖަޒްލާން އުފަލުގަ ހުންނަންޏާ އެލީވެސް ހުންނާނީ އުފަލުގައެވެ. ލޯތްބަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެލީ އަށް ކެތްކުރަން އިނގެއެވެ.

އޭގެ ދުވަސް ކޮޅެއް ފަހެވެ. ހުރިހާ ކުދިންވެސް ފަހު އަހަރު ކަމުން ހުރިހާ ކްލާހެއްގެ އެންމެން އެކީ ކަމެއް ރާވާލަން ނިންމިއެވެ. އެންމެންގެ މަޝްވަރާ އަކަށް ފަހު ނިމުނީ ކައިރި ރަށަކަށް ދަތުރު ދާށެވެ. އެލީ ހުރީ އެއްވެސް ތަނަކަށް ދީހިތެއް ނުވެފައެވެ. އެލީގެ ހިތް ބިރުގަންނަނީއެވެ. ޖަޒްލާން އާ ޖަޒްލާންގެ ލޯބިވާ ކުއްޖާ އާ ދެމީހުން އެކީގަ އުޅޭތަން ފެނިއްޖެއްޔާ ވާނެގޮތެއް ނޭނގޭތީއެވެ. ސްކޫލް ތެރޭ އެކަހަލަ އެއްވެސް މަންޒަރެއް ނުފެނުނަސް އެކަހަލަ ތަނަކަށް ގޮސް އެކީ އުޅެދާނެއެވެ. އަދި އެ ކުއްޖަކީ ކޮން ކްލާހެއްގެ ކޮން ކުއްޖެއް ކަން ވެސް އެލީއަކަށް ނޭނގެއެވެ. އެއީ ކޮން ކުއްޖެއް ކަން އިނގޭކަށް ވެސް އެލީ ބޭނުމެއް ނުވެއެވެ.

ދަތުރު ނުދާނެ ވާހަކަ އެލީ ބުނުމުން ޔަލް ވަރަށް އާދޭސް ކުރިއެވެ. އެލީ ނުދަންޏާ ޔަލްގެ މަންމަ ޔަލް ނުފޮނުވާނެތީއެވެ. ޔަލް އަށްވުރެ ބޮޑަށް ޔަލްގެ މަންމަ އެލީ އަށް އިތުބާރު ކުރެއެވެ. އެލީގެ އަހުލާގާ ކިޔެވުމުގެ ހުނަރު ފެނިފައެވެ. އެންމެފަހުން ޔަލްގެ އެތައް އާދޭހާއެކު އެލީ ދާން އެެއްބަސް ވިއެވެ.

ދަތުރު ދާން އޮތީ ޖެހިގެން އޮތް ދުވަސް ކަމުން އެންމެންވެސް ވަރަށް ހަލުވިކަމާއެކީ ތައްޔާރީތައް ވަމުން ދިޔައެވެ. ހުރިހާ ކަމެއް އޯގަނައިޒް ކުރަން އެންމެ ބޮޑަކަށް ހުރީ ޔަލް އެވެ. އެހެންކަމުން ސްކޫލް ގަޑި ނިންމާލާފަ ހުރިހާ އެންމެން މަޑުކުރުވިއެވެ. އަދި ބޭނުންވާ ހުރިހާ އެއްޗެއްގެ ލިސްޓް ހަދަމުން އެންމެނާ އެކި ކަންކަން ހަވާލު ކުރަމުން ޔަލް ވަރަށް ޝައުގުވެރިކަމާ އެކީ ހުރިހާ ކަމެއް ރާވަމުން ދިޔައެވެ. ޔަލްއަށް އެހީ ވުމަށް އެލީވެސް އެކުގައި އުޅެއެވެ. އެލީގެ ހަރަކާތްތަކަށް ސިއްރުން ބަލަމުން ޖަޒްލާން ދިޔައެވެ. އެ ސޫރައަކަށް އެންމެ ހިތް އެދޭ ސޫރަ ބަލާ ބަލާ ފޫއްސެއް ނުވާނެކަން ގައިމެވެ. އެހާވެސް ހިތްގައިމު ސޫރައެކެވެ. ދުވަހަކުއެސް އެ ލޯބިބީވެގެން ނުދާނެ ނަމައޭ ހިތައް އަރައެވެ. ޖަޒްލާން އުންމީދު ކަނޑައެއް ނުލައެވެ. “ހޭއި ޖަޒް. ޖަޒް އަށް ކޯއްޗެއް ގެނެވޭނީ؟.” ޖަޒް ދިޔައީ ސިއްސައިގެންނެވެ. އަދި ހަމަ އެވަގުތު ޖަޒްލާން އާ އެލީގެ ނަޒަރު ސީދާ ވިއެވެ. ދެމީހުންގެ ހިތުގާވެސް ޖެހީ އެއްވިންދެކެވެ. “އޯކޭވާނެ ކޮންމެ އެއްޗެއްވެސް” ޖަޒްލާން އެހުރި ގޮތައް ހުރެ ބުނެލިއެވެ. އަދި އެލީ ދުރު ބަލާލިއެވެ. “އަމްމް އޯކޭ. ޖަޒް ގެނޭ ކާށި. މަސްހުނި މޮޑެލަންވާނެ ނުން ދޯ.” އެލީ ވަރަށް މަޖާވެލާފަ ބުނެލިއެވެ. ހުރިހާ ކަމެއް ނިމުމުން އެންމެން އެކީ ގެއަށް ދާން މިސްރާބުޖެހީ މާދަމާ ދަތުރު ދިޔުމަށް ވަރަށްވެސް އުފަލުން ތިބެއެވެ.

ގެއަށް ދާން ނިކުމެ ޔަލް ދިއުމުން އެލީ ގެއަށް ދާން ހިނގައިގަތްތެވެ. ޔަލް ގެ ގެއާ އެލީގެ ގެ ހުންނަނީ މާލޭގެ ދެކޮޅުގަ ކަމުން ދެމީހުން ދާންޖެހެނީ ދެކޮޅަށެވެ. އެލީ ހިނގައިގަތްތަނާ މީހަކު ފަހަތުން ގޮވާލިއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ޖަޒްލާން އެވެ. ޖަޒްލާންގެ އަޑު ޖެހުމުން އެލީ ހުއްޓުން އެރިއެވެ. އަދި ފަހަތް ބަލާލިއެވެ. “ހާއި. އެކަނިތަ ދަނީ. ކޮބާ ޔަލް.؟” ޖަޒްލާން އަހާލިއެވެ. “ޔަލް ގޮއްސި ގެއަށް” އެލީ ވަރަށް ފަރުވާކުޑަ ގޮތެއް ދައްކަމުން އެހެންބުނެ ހިނގައިގަތެވެ. “އަމްމް. އޯކޭތަ އެހެންވެއްޖެއްޔާ އަހަރެން އެލީ އާއެކު ދިޔަސް. ހަމަ ތި މަގުން އަހަރެންވެސް ދަނީ.” އެލީއަށް އަނެއްކާވެސް ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނެވެ. “އޯކޭ” އެލީ ބަލާވެސް ނުލާ ހިނގައިގަތެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޖަޒްލާން އެލީއާ އެއްވަރަށް ހިނގަން ފެށިއެވެ. “މާދަމާ ވަރަށް މަޖާ ވާނެހެން ހީވަނީ ދަތުރު ގޮއްސަ ދޯ.” ދެމީހުން ދޭތެރޭގަވާ ހަމަ ހިމޭންކަން ކަނޑުވާލީ ޖަޒްލާން އެވެ. އެލީ އިތުރު އެއްޗެއް ނުބުނެ ހީލިއެވެ. “އަހަރެން މިހިރީ ވަރަށް ދާހިތުން. ވަރަށް ދުވަސް ވެއްޖެ މިކަހަލަ ކަމެއް ނުކުރާތާ.” ޖަޒްލާން އަނެއްކާވެސް ވާހަކަ ފެށިއެވެ. “ކީއްވެ މިހާރު މާ މަޑުން ތިހުންނަނީ. ކުރިން އެހާ މަޖާ ކުރާނެ. މިހާރު އަހަންނާ އަނގައިވެސް ބުނެނުލާ.” އެލީ އެއްޗެކޭ ނުބުނުމުން ޖަޒްލާން އަނެއްކާވެސް ވާހަކަ ފެށިއެވެ. “ކަމެއް ނުވޭ.” ގެއާ ހަމައަށް އާދެވުމުން އެލީ ހިނިތުން ވެލަމުން އެހެން ބުނެ އެތެރެއަށް ވަނެވެ. ޖަޒްލާން އަށް ބޭއިހުތިޔާރުގައި މޭގަ އަތް އަޅާލެވުނެވެ. ކޮންފަދަ ފަރި ހިނިތުންވުމެއް ހެއްޔެވެ. އަބަދުވެސް އެ ހިނިތުންވުން ދުށުމަށް ހިތް އެދެއެވެ. ސިކުންތު ކޮޅެއް ވަންދެން ޖަޒްލާން އެހެން ހުއްޓެވެ. އަދި އިސްތަށިގަނޑުގަ އަތް ހިންގާލުމަށްފަހު އެއް މިޔަކަނުން ހީލިއެވެ. ގެއާ ދިމާލަށް މިސްރާބު ޖަހަމުންނެވެ.

ގެއަށް ވަން އެލީ ލައްޕާލި ދޮރުގަ ލެނގިލައިގެން އިރުކޮޅެއް ވަންދެން އިނެވެ. ދެއަތް ޖޯޑުކޮށް މޭގާ އަތް އަޅައިގެން ދެލޯ ތަގުޅި ކޮށްލައިގެންނެވެ. “މިވަނީ ކިހިނެތްތަ. އަހަރެން ކިހިނެތަ ޖަޒް އާ ދުރުން އުޅޭނީ. ދުރުން އުޅޭ ވަރަކަށް ޖަޒް ވާހަކަ ދައްކަން އުޅޭ. އަނެއްކާ ޖަޒް ލޯބިވަނީ އަހަރެން ދެކެތަ. ނުވާނެ އެހެނެއް. އެހެންނޫން ނަމަ ނުބުނާނެ އެއީ ދޮގެކޭ. ހަމަ ކޮންމެވެސް ކުއްޖެކޭ އެކަނި ބުނެވިދާނެ ނުން.” އެލީ ހިތާ ހިތުން ޝަކުވާ ކޮށްލިއެވެ. އަދި ޗުސްތަޅާލުމަށް ފަހު ސިޑިން މައްޗަށް އަރައިގެ ދިޔައެވެ.

“ބޭބެ” މައްޗަށް އަރާ ފުރަތަމަ ފްލޯގެ ދޮރުން އެތެރެއަށް ވަން އެލީ ގޮވާލީ އިފާޝް އަށެވެ. “ކޮށްކޮ. ހާދަ ނުފެނެއޭ. ސްކޫލްގަ މާ ބިޒީއީތަ.” އެއްގެއެއްގާ އުޅުނެއް ކަމަކު އިފާޝްގެ އޮފިސް ބިޒީ ކަމާ ހެދި ގިނަ ފަހަރު އެގޭ މީހުންނާ ދިމައެއް ނުވެއެވެ. “އަޅެ އެލީ ދޯ ތިހެން ބުނަން ޖެހެނީ. ބޭބެގެ ބިޒީކަމާ ހެދި ދިމައެއްވެސް ނުވޭ. ދެން ޔާ އެހެންނޫނަސް އެލީގެ ފަހު އަހަރު ވީމަ ހަމަ ކިޔެވުމުގަ އަބަދު އުޅެން ޖެހޭތީ ބިޒީ ވަނީ އެލީވެސް. އެކަމް އިނގޭތަ މިއުޅެނީ މާދަން ދަތުރު ދާންވެގެން. އަސްލު އެހާ ދާހިތެއް ނުވޭ އެކަމް ޔަލް ކިޔާ ވަރުން މިދަނީ.” އެލީ ވަރަށް ފޫހިގޮތަކަށް ބުންޏެވެ. “އެ ކީއްވެ ދާހިތްނުވަނީ. އަބަދު ކިޔަވަންޏާވެސް ބޯ ގޮވާނެ. ޖެހޭނެ ތިކަހަލަ މަޖާ ކަންތައްވެސް ކޮށްލަން. އޭރުން ސިކުނޑި އިތުރަށް ތާޒާ ވާނީ. އެހެންވީމަ މިފަހަރު ގޮއްސަވާނެ ފޯރި ނަގަން.” އިފާޝް އެހެން ބުނުމުން އެލީ އެންމެ ރަނގަޅޭ ބުނެ ޔުނިފޯމް ބަދަލު ކޮށްލަން ކޮޓަރިއަށް ވަނެވެ.

ޔުނިފޯމްވެސް ބަދަލުނުކޮށްް ޖަޒްލާން އެނދުގަ އޮށޯވެގެން އޮތެވެ. ދެލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ އެލީ ގެ ސޫރައެވެ. އެ ހިނިތުން ވުމެވެ. ހަމަ އެއާއެކު ޖަޒްލާންގެ ހިތަށް ފިނިކަން ލިބުނެވެ. އަދި ހިނިތުންވެ ބާލީހުގަ ބައްދާލުމަށްފަހު ދެލޯމަރާ ތަގުޅި ކޮށްލެވުނެވެ..

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

michelle

Level 1

Other Articles

Previous

ނޫރު (ފަންސާސްހަވަނަ ބައި – ދިގުކުރެވިފައި)

Next

ޝީން(ތިރީސްވަނަ ބައި)

Next
April 3, 2018

ޝީން(ތިރީސްވަނަ ބައި)

Previews
April 3, 2018

ނޫރު (ފަންސާސްހަވަނަ ބައި – ދިގުކުރެވިފައި)

18 Comments!

  1. lotus says:
    April 3, 2018 at 10:16 am

    A similar thing happnd to someone i know.. both of them also liked each other v much but bunaakah nukerey.. like v kujjaku hunnakan vs ingey but kaaku kameh neygey.. those 2 idiots ekani sirrun 6 years van dhen cried.. but they got togethr in the end??? hope these 2 in the story wil also get togther someday??? waitin for the next part

    1. michelle says:
      April 3, 2018 at 10:32 am

      alhe hingaaba dhw waagoi balan. 🙂

  2. EHLEE says:
    April 3, 2018 at 10:29 am

    Wow v reetih?? bayeii than than nuhfehnanee keehveh tha. When next part

    1. michelle says:
      April 3, 2018 at 11:50 am

      kon thaneh nufennany?

  3. axoo says:
    April 3, 2018 at 11:38 am

    wow varh furihama v kiyaahithun mihuree when next paart

    1. michelle says:
      April 3, 2018 at 11:50 am

      v awahah up kohdheynan 🙂

  4. Shann says:
    April 3, 2018 at 12:32 pm

    V kiyaahithun mibaives mi kiyaaly… V rythi vaanehen hyvey story

    1. michelle says:
      April 3, 2018 at 3:15 pm

      thank you 🙂

  5. Someone says:
    April 3, 2018 at 12:50 pm

    I also know some two like them.. Those two liked each other for several days.. Mostly the endings come in happy.. But the two I knew they r now in a very big confusion.. The boy is trusting somebody else and the girl is crying.. I pray to Allah that they get together very soon.. But I hope this story won’t turn to a sad one.. The story’s name is but namaves and varah heevey kameh vaanehen.. Still waiting for nxt part.. Lots of love to the writer.. ?

    1. michelle says:
      April 3, 2018 at 3:16 pm

      alheyy thank you so much. i really hope they get back together too.. miwaahakaiga waa goi dhen ingeyne v awhah. 🙂

  6. Maain says:
    April 3, 2018 at 12:52 pm

    Story Varah habbu.. Adhi ves realistic gothah genesdheveytho try kollaa..

    1. michelle says:
      April 3, 2018 at 3:17 pm

      thank you. will try to make it more realistic. 🙂

  7. Zuam says:
    April 3, 2018 at 1:18 pm

    Wow…. varah varah varah reethi….. waiting….

    1. michelle says:
      April 3, 2018 at 3:17 pm

      thank you thank you thank you soo much 🙂

  8. Yalak says:
    April 3, 2018 at 3:12 pm

    Right side ga hunna baeh words thah nufennany kyhwetha

  9. Nafoo says:
    April 3, 2018 at 5:27 pm

    Masha Allah .. Story hama habeys ..?varah rythi❤but maa kury

  10. Rsh says:
    April 4, 2018 at 11:37 am

    Mi story ge hurihaa part thah ves v reethi waiting…..for next❤️❤️❤️next part thankolheh dhigukohlahchey

  11. lotus says:
    April 4, 2018 at 4:18 pm

    When is the next part…… kiyaa hithun kehmadhuvafa…..

Comments are closed.

Next Episodeނަމަވެސް.. 4←


All Right Reserved!