Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަމަވެސް.. 4

michelle Level 1
April 4, 2018 One Min Read
14 Comments

އަރައިގެން އައި އިރާއެކު އެންމެންވެސް ތިބީ ދަތުރު ދާން ފުރަަން އައިސް ދޯނި ކައިރީގައެވެ. ޔަލް މި ދަތުރު ދާހިތުން ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ނުވެސް ނިދާ ހުރެ ފަތިހާ އެލީ އަށް ގުޅިއެވެ. އަދި ރެޑީވެގެން ދޯނި ކައިރިއަށް ދެމީހުން އައި އިރު އެކަކުވެސް ނާދެއެވެ. އެކަމާ ރުޅިގަދަވެގެން އެލީ ވަރަށް އެއްޗެހިވެސް ކިޔެވެ. އެ ދެމީހުން އެތާ ތިބޭތާ 20 ވަރަކަށް މިނިޓް ފަހުން އެންމެން އަންނަން ފެށިއެވެ. އެލީއަށް ޖަޒްލާންވެސް ފެނުނެވެ.  އެކަމަކު ފެންނަ ކަމަށް ނަހަދާ އަނެއް ފަރާތައް އެނބުރުނީއެވެ. ޖަޒްލާން އެލީ ހޯދިއެވެ. އަދި ދޯންޏައެރިތަން ފެނުމުން ވަރަށް ހިތްހަމަ ޖެހުނެވެ. އަދި ހުރިހާ އެންމެން ހަމަވުމުން، ދޯނި ނައްޓާލިއެވެ.

ދަތުރުގެ މަންޒިލަކީ މާލޭގަ މާ ދުރުނޫން ހިސާބެއްގަ އޮތް ފަޅު ރަށެކެވެ. ރަށާ ހަމަޔަށް ދެވެންދެން އެންމެން ފޯރި ނަގަމުން ދިޔައެވެ. އެއް ބަޔަކު ބޮޑުބެރު ޖަހަމުން އަނެއް ބަޔަކު ނަށަމުން ދިޔަ އެވެ. ޖަޒްލާން ވެސް ދޭތެރެއަކުން ލަވަ ކިޔާލާ ނަށާލާ ހަދައެވެ. ޖަޒްލާންގެ މިހަރަކާތް ފެނި އެލީ ބައެއް ފަހަރު ހިނިވެސް އާދެއެވެ. ޔަލް އާ މާނިއުވެސް ނަށާލިއެވެ. ނަމަވެސް އެލީ ހުރީ މަޑު މަޑުން ފޯރިބަލާށެވެ.

ރަށާ ކައިރިވުމުން އެންމެން ވެސް ދޯނިން ފައިބަން ރެޑީވިއެވެ. އެލީވެސް ތެދުވެ ހިނގައިގަތްތަނާ ސާމާނުތައް އަޅާފަ ހުރި ފޮށިގަނޑެއްގަ ޖެހި އަރި އަޅާލިއެވެ. އެ ވަގުތު  ވެއްޓެން ދިޔަ އެލީ ގެ ބަނޑުގަ މީހަކު އަތް އެޅިއެވެ. އަދި އަނެއް އަތުން ބުރަކާށީގަ އަތް އަޅާ އެލީ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އެލީ އަށް އެއީ ކާކު ކަމެއް ނޭގި ފާޑަކަށް ރުޅިއާދެވުނެވެ. ހަމަ އެވަގުތު އެއީ ކާކުތޯ ބެލުމަށް ހަމަޖެހިލަމުން ސީދާ ވިއެވެ.  ޖަޒްލާން ހުރީ ހަދާނެ ގޮތެއް އަދި ކިޔާނެ އެއްޗެއްވެސް ނޭގިފައެވެ. އެލީ ވެއްޓޭތަން  ފެނުމުން އަތުގަ ހިފަން އުޅެނިކޮށް ހިފުނީ ބަނޑުގައެވެ. އެލޫޅާފަތި ހަށިގަނޑުގަ  ބީހުމުން މީހާ ފިނިވެގެން ދިޔައެވެ. “ސޮރީ” ޖަޒްލާން ވަރަށް ލަދުން ހުރެ އިސްޖަހާލަމުން ބުންޏެވެ. އެލީ އަށްވެސް ވީ  ހަމަ އެހެނެވެ. އިސްޖަހާލުމަށްފަހު “އިޓްސް އޯކޭ” ބުނެލިއެވެ. އަދި ވަރަށް ލަދުން ހުރެ ދޯނިން ފައިބަން ދިޔައެވެ.

ހުރިހާ އެންމެން ރަށަށް ފޭބުމާއެކު އުފަލުން ހީވީ އެހެންފަދަ ކަމެއް ހެންނެވެ. އެރަށުގެ ރީތިކަން ފެނިފައެވެ. ރަށް ވަށާ އޮންނަނީ  ހުދުސާފު ވެއްޔެވެ. މޫދުވެސް އެހާ ހިތްގައިމުވެފަ ސާފެވެ. “އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ. ގަސްތުގަ ކުރި ކަމެއް ނޫން އެއީ.” އެލީ ފަހަތުން އައިސް ޖަޒްލާން ވަރަށް ލަދުން ހުރެ ބުންޏެވެ. “އިޓްސް އޯކޭ. އަހަންނަށް އިނގޭ ޖަޒް ގަސްތުގެ އެކަހަލަ ކަމެއް ނުކުރާނެކަން. އެނީވޭ ތެންކިޔު ސަލާމަތް ކުރީތީ.” އެލީ ކުޑަކޮށް ހިނިއައިސް ހުރެ އެހެން ބުނެ ދިޔައެވެ. ޖަޒްލާން  އެލީ ދިޔަތަން ބަލަން ހުރެ އެއްމިޔަކަނުން ވަރަށް ލޯބިގޮތަކަށް ހީލިއެވެ.

އެންމެން އެކި ދިމަ ދިމާލަށް މިސްރާބު ޖެހިއެވެ. އެއްބައި މީހުން އެރަށް ހޫނު ގަދަކަމުން ގެނައި ޓެންޓްތައްޖަހާށެވެ. އަނެއްބައި މީހުން ކެއްކުމުގެ ތައްޔާރީތައް ކުރާށެވެ. އަދި އަނެއްބައި މީހުން ރަށްބަލާލުމަށް ރަށުތެރެއަށް ވަދެގެން ދިޔައެވެ. އައި މީހުންގެ އަދަދު ގިނަ ކަމުން ހަތަރު ޓެންޓް ޖަހަން ޖެހުނެވެ. ކޮންމެ އަންހެން ދެ ގްރޫޕަކަށް ދެ ޓެންޓް އެވެ. އަދި ފިރިހެން ދެ ގްރޫޕަކަށް ދެ ޓެންޓް އެވެ.

ހެނދުނުގެ ސަޔަށްފަހު އެންމެންވެސް އުޅުނީ ވޮލީ ކުޅޭށެވެ. ވޮލީ ކުޅުމަށް ޓީމްތައް  ބަހާލިއިރު އެލީ އާ ޖަޒްލާން ޖެހުނީ އެއް ޓީމަކަށެވެ. ދެމީހުން ވެސް ހިތާހިތުން އުފާ ކުރިއެވެ. ކުޅިވަރުގެ ތެރޭގައި އެލީ އާ ޖަޒްލާންގެ ރަހުމަތްތެރި ކަމުގެ ގުޅުން އިތުރުވިއެވެ. ހީ ސަކާރާތް ޖެހުންވެސް އިތުރުވިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިހުސާސްތައް ފޮރުވަމުން އެގުޅުމަށް ދޭންވީ ނަމެއް ނޭނގުނެވެ.

ކުޅެ ނިމުނު އިރު އެންމެން ވެސް ތިބީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ. އަދި އެހާހޫނުވުމުގެ ސަބަބުން އެންމެންވެސް ދެން ބޭނުންވީ މޫދަށް ދާށެވެ. އެހެން ކަމުން  އެންމެންގެ މިސްރާބު މޫދާ ދިމާލަށް ޖެހިއެވެ. މޫދުގަ އެންމެން ސަކަރާތް ޖަހަމުން ދިޔައެވެ. އެލީ މޫދުގަ އެހެން އޮވެފަ އިރުކޮޅަކުން މައްޗަށް އަރާ ދޮންވެލިގަނޑު މަތީ އިށީނެވެ. އިރުކޮޅަކުން ޔަލް އައެވެ. “ހްމް ހްމް ހާދަ އުފާވެފަ ތި އިންނަނީ ކިހިނެތްވީ.” ޔަލް އައިސް އެލީއާ ދިމާކުރަން  ފެށިއެވެ. “ޔަލް އައި ތިންކް ހީ ލައިކްސް މީ. ވަރަށް ހީވޭ އެހެން.” އެލީ މޫދުގަ އޮތް ޖަޒްލާން އަށް ބަލާލުމަށްފަހު ހުވަފެނީ ގޮތަކަށް ހުރެ އެހެން ބުނެލިއެވެ. “އައި ތިންކް ހީ ލައިކްސް ޔޫ ޓޫ.” ޔަލް އެލީ ގައިގަ ކުޑަކޮށް ބައްދާލަމުން ބުންޏެވެ. “ދެން ބުނަން ވީ ނުން އެލީ ޖަޒް ދެކެ ލޯބިވާ ވާހަކަ.” ޔަލް އެލީގެ ކޮލުގަ ހިފާލުމަށްފަހު ބުނެލިއެވެ. “ނޫން ނުކެރޭނެ.” އެލީ ވަރަށް ލަދުން ހުރެ ބުންޏެވެ. އަދި ޖަޒްލާން އަށް ބަލާލުމަށްފަހު ހީލިއެވެ. އެލީ ބުނަން ބޭނުމެވެ. ނަމަވެސް ބުނަން ލަދުގަންނަނީ އެވެ.  އެހެންނޫނީ ބިރުގަންނީ އެވެ. ހީވާ ހީވުން ދޮގަކަށް ވެދާނެތީއެވެ.

ވަރަށްވެސް އުފާވެރި ދަތުރަކަށް ފަހު އެންމެންވެސް އެނބުރި މާލެ ދާން ތައްޔާރު ވެލިއެވެ. މި ދަތުރުގެ ސަބަބުން ވަރަށް ގިނަ ގުޅުންތައް ބަދަހިވެގެން ދިޔައެވެ. މާނިއު އާ  ޔަލްގެ ވެސް ރަހުމަތްތެރިކަން ވަރުގަދަ ވިއެވެ. މިހާރު ދެމީހުން ވެސް އެއީ  ބެސްޓްފްރެންޑް ކަމަށް ބުނެއެވެ. އެލީ އާ ޖަޒްލާން ވެސް އެ ގުޅުމަށް ދޭނެ ނަމެއް  ނޭނގިގެން ބެސްޓްފްރެންޑް ގެ ނަން ދިނީއެވެ. ދަތުރު ތެރޭން އެލީ އަށް ޖަޒްލާންގެ “ހިތުގެ ރާނީ” އަކީ ކާކު ކަމެއް ނޭނގުނެވެ. އެއީ ޖަޒްލާން އިތުރު އަންހެން ކުއްޖަކާ ވާހަކަ ދައްކަން އިންތަން ނުފެންނާތީއެވެ. އެހެންކަމުން އެ ކުއްޖަކީ އެލީ ކަމަށް އެލީ ހީކުރިއެވެ. ނަމަވެސް ޖަޒްލާން އަމިއްލައަށް އިސްނަގައިގެން ބުނަންދެން މަޑުކުރިއެވެ. ޖަޒްލާން ވެސް ހުރީވަރަށް އުފަލުންނެވެ. ގުޅުމަށް ނަމެއް ދޭން ނުކެރުނަސް އެލީ އާ އެހާގާތް ރަހުމަތްތެރިކަމެއް އުފެދުމުން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

އެންމެ ދުވަހަކުންވެސް ގުޅުންތަކަށް ބަދަލު އައިސްދާނެއެވެ. ބައެއް ގުޅުންތައް ވަރުގަދަ ވެއެވެ. އަނެއްބައި ގުޅުންތައް ހީނަރުވެގެން ދެއެވެ…

******************************

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުންގޮސް މިއަދު މިއީ ސްކޫލް ނިމިގެން ފެއާވެލް ޕާޓީ އަށް ރެޑީވަމުން ދާ ދުވަހެވެ. މިވީހާ ދުވަހު އެލީ އާ ޖަޒްލާން އާ  ދެމީހުން ކިޔެވުމުގާ އެކަކު އަނެކަކަށް ވަރަށް އެހީތެރިވިއެވެ. ނަތީޖާ ރަނގަޅުކުރަން  ދެމީހުންވެސް ގަދައަޅާ މަސައްކަތް ކުރިއެވެ. އެހެންކަމުން ދެ މީހުންގެ ނަތީޖާވެސް އެހާރަނގަޅެވެ.

ފެއާވެލް ޕާޓީ އަށް ރެޑީވުމަށް އެލީ ވަރަށް އަވަސް އަރުވާލައިގެން އުޅެއެވެ. އެލީ އެންމެ އުފާވެފަ ހުރީ މިރޭ ޖަޒްލާން އާ އެކީ ޕާޓީއަށް ދާން އެލީ ކައިރިން އެހުމުންނެވެ. ޕާޓީއަށްދާން އެލީ ހެދުމެއް ފެހިއެވެ. ގަދަ މެރޫން ކުލައިގެ އެ ހެދުން އެލީ ލައިގެން ހުރި އިރު ވަރަށް  ފުރިހަމައެވެ. އިސްތަށިގަނޑު އޮތީ ހުރިހާބައެއް އެއްފަރާތަކަށް ގެނެސް ކުރިމައްޗައް ދޫކޮށްފައެވެ. އަދި އަނެއް ފަރާތުގަ ކުޑަކުޑަ ވިދާ ދައްޗެއް ޖަހާފަ ހުއްޓެވެ. މަޑުމަޑު  މޭކަޕެއް ކޮށްފަހުރި އިރު ތުންފަތުގަ ޖައްސާފަ ހުރި ރަތް ކުލަ އެލީގެ ރީތިކަން  އިތުރުވިއެވެ.

އެލީ ރެޑީވެގެން ޖަޒްލާން އަށް ގުޅިއެވެ. ނަމަވެސް ފޯނަކަށް ނުގުޅެއެވެ…

ނުނިމޭ..

Share Article

Follow Me Written By

michelle

Level 1

Other Articles

Previous

ސިއްރު – 8

Next

ތިޔަ އިންތިޒާރުގައި

Next
April 4, 2018

ތިޔަ އިންތިޒާރުގައި

Previews
April 4, 2018

ސިއްރު – 8

14 Comments!

  1. Icy says:
    April 4, 2018 at 7:07 pm

    wow nice
    waiting for the next part

    1. michelle says:
      April 5, 2018 at 8:31 am

      thank you 🙂

  2. Nahu says:
    April 4, 2018 at 7:11 pm

    Thankoleh dhigu Koh up kohbala

  3. lotus says:
    April 4, 2018 at 7:11 pm

    Ey kihine mi v………. neywaa hifaattailaigen inee.. farewell ga jaz bunaane kamah… alhey mi v gothun….. dont tel me dhen 2 peopl meet vaanee many years later ey… waitin for the next part

    1. michelle says:
      April 5, 2018 at 8:32 am

      heheh dhen waane gotheh balaalan inthizaaru kohlahvaa

  4. axoo says:
    April 4, 2018 at 7:52 pm

    haadha kurey ekamuves v reethi

    1. michelle says:
      April 5, 2018 at 8:32 am

      thank you 🙂

  5. Friends says:
    April 4, 2018 at 8:19 pm

    Masha allah stry v nice ingey.ekam adhi vex e bahuri jumula thah nimey hisaabun bass dhe bai vefa ehen ve kuda koh udhaguvey stry viyah.ummeedh kuran mi kan ragalhu kohlaane kamah.keep it up.
    Waiting 4 nw part.
    . Salaam. ???

    1. michelle says:
      April 5, 2018 at 8:33 am

      thank you :). balaaanan rangalhu kureveytho

  6. Pinky shifoo says:
    April 4, 2018 at 9:26 pm

    V v v reethi mi part vx ???… Waiting for next part…

  7. Rsh says:
    April 4, 2018 at 9:57 pm

    Hama superb ❤️ waiting for next..

    1. michelle says:
      April 5, 2018 at 8:34 am

      thank you 🙂

  8. Sana says:
    April 5, 2018 at 9:27 am

    Varah reethi ❤❤❤❤❤
    Next part kiyaalan libeynee kon irakun Michelle❤❤❤

  9. Lulua says:
    April 5, 2018 at 1:47 pm

    Vaahakaige ibaaraaiyy kurunthah kohfa huri goiyy vrh kada. Hyvany kuda kuhjakah kiyaadhyfa oiyy vaahaka eh hen. Sentence thah miyah vure bodah expressive koh genes fashuvi kohlyma vaahaka vrh reethi vaane. Alah mivaahaka mikiyaaly.. vrh foohi.

Comments are closed.


All Right Reserved!