Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ތިރީސްވަނަ ބައި)

Marie Level 210 Stories100 Login100 Comments
April 3, 2018 4 Mins Read
26 Comments

އަންހެނުންގެ ހާއްސަޑޮކޮޓަރަކައް ދައްކަން މެމޯ ނަގައިގެން އައިސް ޝީންއާއި އަޔާޒް ނަމްބަރު ޖެހޭނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.
އެގޮތައް ތިބޭތާ ބައިގަޑިއިރުފަހުން ނަމްބަރު ޖެހުމުން ޝީން އަޔާޒް އާއި އެކު ޑޮކްޓަރު ރޫމައްވަނެވެ.
ވަރުބަލިވެފައިވާ ޝީންގެ މޫނުފެނުމުން ޑޮކްޓަރު ސުވާލް ކުރަން ފެށިއެވެ
ޝީންއަށްވާގޮއްތައް ކިޔައި ދިނުމުން ޑޮކްޓަރު ސްކޭންއެއް ކޮއްފައި ޓެސްޓްތަކެއްހެދުވިއެވެ.
.ސްކޭންއިންނާއި ޓެސްޓް ތަކުން ޝީން ބަނޑުބޮޑުކަން އެގުމުން އަޔާޒްއަށް ލިބުން އުފާވެރިކަން ދުލުން ބަޔާންކުރަންވެސް ދަތިވިއެވެ
ކޮޓަރިއަށް ވަދެވުމާއެކު އަޔާޒް ޝީން އަތް މައްޗައް އުފުލައިލިއެވެ.
އަހަރެން މިއަދު ވަރައްވަރައް އުފާވެއްޖެ .މިހާރުވެސް އަހަރެން މިދަރިފުޅު ދެކޭ ހިތުން ކެއްކުރެވެނީކީ ނުން”
އަޔާޒް އުޅެން ފެށިގޮތުން އޭނަ އެކަމާ އުފާވެފައިހުރި ވަރު އެނގެއެވެ. ޝީންގެ ހަދާނައް އައީ ރައިންއަށް ބަނޑު ބޮޑުކަން އެގުމުން އޭނަ އުޅުނުގޮތެވެ.

ބަނޑު ބޮޑުކަން އެގުނު ހިސާބުން އަޔާޒްގެ އަޅާލުމާއި ލޯބި ޝީންއަށް އޭގެ އެންމެ މަތީ ދަރަޖައަށް ލިބެމުން ދިޔައެވެ.
އެއްވެސް ކަމެއް ޝީންއަތުން ކޮއްފިނަމަ އަޔާޒް ރުޅިއައިސްގެން އުޅެއެވެ. ރައިންއަށް ކާންދީ ހުރިހާކަމެއްވެސް ޝީންއަށް ނުޖައްސާ ކުރަނީ އަޔާޒްއެވެ.
ހުރިހާ ފިރިހެނުންނައްވެސް އަޔާޒްއަކީ ނަމޫނާ ފިރިހެނެއްކަން ޔަގީނެވެ.
ނަފީސާއަށް ވެސް އެހަބަރު ލިބުމުން ވަރައް އުފާވިއެވެ. ލިބެންއުޅޭ މާމާދަރިއާއެކު ގެއަށް އިތުރު ދިރުމެއް އަންނަނީއެވެ .
އަޔާޒް ރައިންއަށް ކާން ދިނުމައްފަހު ފެންވަރުވާލާފައި އެދުގައި ބޭއްވިއެވެ ރައިންއަށް ނިދެންދެން ރައިންކައިރީ އޮތުމައްފަހު އަޔާޒް ކޮޓަރިން ބޭރައް ނިކުތެވެ.
ކާގަޑި ޖެހުމުން އަޔާޒް ޝީންގޮވައިގެން ކާގެއަށް ވަތް އިރު ނަފީސާ އުޅެއެވެ. އަޔާޒް ގޮނޑި ދަމާލަދިނުމައްފަހު ޝީން އިށީންނަން ދެއްކިއެވެ.
ޝީން ގޮނޑީގައި އިށީނުމުން އަޔާޒް ޖެހިގެންއިން ގޮނޑިގައި އިށީންދެފައި ތައްޓައް ބަތްއަޅައިދިނެވެ.
އަޔާޒް އުޅޭގޮތް ބަލަން ނަފީސާ ހުރިއިރު އެދަރިފުޅުގެ ޝީންދެކެ ވާލޯބިފެނެއެވެ.
ކައި ނިމުމުން އަޔާޒް ޝީންއާއިއެކު ކޮޓަރިއަށް ދިޔައެވެ.
“މިއަދު އަހަރެން މިހިރީ ވަރައްއުފަލުން” އަހަރެންނައް މިއަދު ދަރިއެއްލިބެން އުޅޭތީ ވާ އުފާ މިއިހުސާސް ކުރެވެނީ” ރައިންއަކީ އަހަރެން ދަރިއަކައް ވިޔަސް އެދުވަހާ މިއަދާ ހުރިހާ ކަމެއްވެސް ވަރައް ތަފާތު” އަޔާޒް ޝީން އަތުގައި ހިފައިގެން ބެލްކަންޏާއް ނިކުމެ ދެއަތުން އެހަށިގަނޑު ވަށާލަމުން ބުނެލިއެވެ.
އަހަރެން ޝީންދެކެ ވަރައް ވަރައް ލޯބިވޭ” އަޔާޒް އަނެއްކާވެސް ބުނެލިއެވެ. އަޔާޒް އެހާ އުފަލުން އުޅޭތީ ޝީންހުރީ ވަރައް އުފަލުންނެވެ
**
ދުވަސް ތައް ދިގުނަމަވެސް މާޒީއާއި އެކުވަމުން ދިޔައިރު އަޔާޒް ފަރާތުން ފުރިހަމަ ލޯއްބާއި އަޅާލުން ލިބެމުން ދެއެވެ. ޝީންގެ ބަނޑައް ނުވަމަސް ފުރެން ގާތްވިއިރު އަޔާޒްއެންމެ ފަހުގެ ތައްޔާރީތައް ވަމުންދިޔައެވެ.
ލިބެންއުޅޭ ދަރިފުޅައް އެއްޗެހި ގަނެ ހަމަ ކޮއްލީވެސް އަލަތު ދަރިފުޅު ލިބެން އުޅޭތީ އެއްޗެހި ގަންނަހާ ގިނައިންނެވެ.
ޝީން ވިހާ ދުވަސް ކައިރިވާ ވަރަކައް އަޔާޒް ހިތުގެތެޅުން އަވަސް ވަމުން ދެއެވެ. ގިނަވަގުތު ޝީންއާއި ރައިން އާއި އެކު ހޭދަ ކުރަނީ އެދެމައިންއެކަނިކޮއްފައި އެއްވެސް ތާކައްދާން ހިތްނޭދޭތީއެވެ.

ނިދިފައި އޮތް ޝީންއަށްހޭލެވުނީ ބަނޑައް އެރި ތޫނުތަދަކާއި އެކުގައެވެ ކުޑައިރުކޮޅަކު އެތަދު ކެނޑިލާފައި އަނެއްކާވެސް ތަދުއެރިއެވެ. ކައިރީގައި ނިދާފައިއޮތް އަޔާޒް އަށް ގޮވާލަން ޝީން އަތް ހަރަކާތް ކޮއްލިކަމުގައިވިއަސް ތަދުއެރިލެއް ބާރުކަމުން ދެއަތުން ބަނޑުގައި ހިފަހެއްޓުނެވެ.
ނިދާފައި އޮތް އަޔާޒް އަށް ހޭލެވުނީ ޝީންގެ ވޭނީ އަޑު ކަންފަތުގައި އައިސް ޖެހުމުންނެވެ. ވަގުތުން ފުންމައިގެން ތެދުވެވުނެވެ
ކިހިނެއްވީ ބަނޑުގައި ރިއްސަނީތަ” ދެއަތުންބަނޑާއި އުނަގަނޑުގައި ހިފަހައްޓައިގެން އިށީންދެ އިން ޝީން ފެނުމުން އަޔާޒް އަވަސް އަވަހައް އަހާލިއެވެ.
އަޔާޒް އެންމެ ސިކުންތެއްވެސް މަޑުކުރުމެއްނެތި ފާހާނާއަށް ވަދެ ތައްޔާރުވެލައިގެން ނިކުމެ ނަފީސާއަށް ގޮވިއެވެ.
އަޔާޒް އަތުގައި ހިފާލައިގެން ޝީން ތިރިއަށް ފޭބިއިރު އެހަށިގަނޑުގައި އަޅާވޭނުން ކެއްނުވެގެން އުޅުން މަންޒަރު ފެނުމުން އަޔާޒް ހުރީ ހިތުން ރޮއިލަ ރޮއިލައެވެ.
މަންމަ ރައިންގާތު މަޑުކޮއްލާ އަޅުގަނޑު ގުޅާނަންކަމެއްބޭނުންވަންޏާ” އަޔާޒް ޝީން ގޮވައިގެން ފަހަތު ސީޓްއަށް އަރަމުންބުނެލިއެވެ. ޑްރައިވަރު ކާރު ދުއްވާލުމާއެކު އަޔާޒް ޝީންގެ ގައިގައި ފިރުމަންފެށިއެވެ.
ހޮސްޕިޓަލްއަށް ކާރު މަޑުކޮއްލުމާއެކު އަޔާޒް ފޮރޮޅުލީ ގޮނޑިއެއްގައި އެތެރެއަށް ޝީން ވެއްދިއެވެ. ޑޮކްޓާރުންނާއި ނަރުހުން އަވަސް އަވަހައް އެމީހުންގެ މަސަތްކަތައް ފެށިއެވެ
ވިއްސާ ކޮޓަރީ ދޮރުމަތީގައި އަޔާޒް ހުންނަތާ ގަޑިއެއްގެ އިރުފަހުން ނަރުސް ކުއްޖަކު ނިކުމެ އަޔާޒް އަށް ގޮވާލިއެވެ.
ވިހައިފި އަންހެންކުއްޖެއް” ކުޑައިރުކޮޅަކުން ދެމައިންވެސް ނެރޭނެ ” ދެމައިންގެ ހާލުވެސް ރަގަޅު ” ނަރުސްކުއްޖާ އެހެން ބުނެލުމައްފަހު އެތެރެއަށް ވަނެވެ.
އަޔާޒްއަށް ވީއުފަލުން މޫނުގައި އަތްއަޅާމުން ﷲއަށް ހަމްދުކުރެވުނެވެ.
އަޔާޒް އަވަހައް ނަފީސާއަށްގުލާފައި އެހަބަރު ދިނެވެ.
މާމަ ދަރިފުޅު ދެކިލާހިތުން ކެއްމަދުވެފައި ހުރި ނަފީސާ އެވަގުތުވެސް އެތަނައް ދާން ބޭނުންވިއެވެ.
ކުޑައިރުކޮޅަކުން ލޯބި ލޯބި އަންހެން ކުއްޖެއް އުރައިލައިގެން ނަރުސްކުއްޖާ ނިކުމެ އަޔާޒް އަތައް އެކުއްޖާ ދިނެވެ.
އަޔާޒްއެދަރިފުޅު އުރާލާފައިމޫނުގައި ބޮސްދިނެވެ. އެވަގުތުއެދެލޯވަނީ ކަރުނުން ފުރިފައެވެ.ހަގީގަތުގައިވެސް މިއަދަކީ އޭނަގެ ހަޔާތައް އައި ވަރައް އުފާވެރި ދުވަހެކެވެ.
ކުޑައިރުކޮޅަކުން ޝީން ނެރުން އިރު އަޔާޒް ހުރީ ރޫމެއް ހަމަޖައްސާފައެވެ.
އަޔާޒް ޝީން އޮތް އެދާކައިރިވެލަމުން ޝީންގެ އަތައް ބޮސްދިނެވެ. ބަލާބަލަ ހަމަ އަހަރެންނާ ވައްތަރީ މިފަހަރުވެސް ” އަޔާޒް ޝީން ކައިރީ ބާއްވާލާފައި އޮތް ދަރިފުޅައް އިޝާރާތް ކުރަމުން ބުނެލިއެވެ އަހަރެން ދިރިއުޅުން މިއަދު ފުރިހަމަ ވެއްޖެ” އަހަރެން ވަރައް އުފާ ވެއްޖެ” އަޔާޒް ޝީން އަތުގައި ހިފާލައިގެންއިދެ ވާހަކަދައްކަން ފެށިއެވެ.
ޝީން އެކަނި ކޮއްލާފައި އަޔާޒް ގެއަށް ދާން ބޭނުންނުވެ ހުރިހާ ވަގުތެއްވެސް ޝީންގާތު މަޑުކުރިއެވެ. މެންދުރުވާން އުޅޭނިކޮއް ނަފީސާ ރައިން ގޮވައިގެން ހޮސްޕިޓަލް އަށް އައެވެ.
ނިދާހޭލި ގަޑިގައި އަޔާޒް ނުފެނުމުން ރައިން އިނީ އޭރުވެސް ބޮޑާހާކާފައެވެ. ރޫމް ތެރެއަށް ވަދެވުމާއެކު އަޔާޒް ރައިން އުރާލައިގެން އައިސް ބޭބީ ދައްކާލިއެވެ. ރައިން އަށްއެކުއްޖާ ފެނުމުން އަތް ދިއްކޮއްލިއެވެ. އަޔާޒް ރައިންގެ އަތުގައި ހިފާލާފައި އެމަންޖެގެ މޫނުގައި ކުޑަކޮއް އަތް ޖެއްސުވިއެވެ.
ތިން ދުވަސް ވަންދެން ހޮސްޕިޓަލް ގައިބޭއްވުމައްފަހު ޝީންއާއި ކުޑަދަރިފުޅު ގެއަށް ދޫކޮއްލިއެވެ
އަޔާޒް އަތުގައި ހިފައިގެން ޝީން ފަހަރަކު ސިޑީއަކުން އެރިއިރު ނަފީސާ އަތުގައި ކުޑަދަރިފުޅުއޮތެވެ. އޭރު ރައިން ޔޫން ކައިރީ ސިޓިންގްރޫމްގައި އިނެވެ. ކޮޓަރިއަށް ވަދެވުމުން އަޔާޒް ދަރިފުޅު އުރާލުމުން ނަފީސާ ތިރިއަށް ފޭބިއެވެ
އަޔާޒް ކޮޓަރިއަށްވަދެ ދަރިފުޅު އެދުގައި ބޭއްވުމައްފަހު ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުތް އިރުކުޑަ މަންޖެ ރޯއަޑު އިވެއެވެ. ތުވާލި އޮޅާލައިގެން އަވަސް އަވަހައް އައިސް އުރާލާ މަސަލަސް ކޮއްލަމުން ޝީންއަތައް ދިނެވެ. މާމަ އަންނާނެ ކުޑައިރުކޮޅަކުން ބޭބީ ފެންވަރުވާލަން ” ނުރޮއި ބަސްއަހައިގެން އޮތް ދަރިފުޅު މާވަރައް ރޯން ފެށުމުން އަޔާޒް ބުނެލިއެވެ
ކޮންނަމެއްކިޔާނީ މިފަހަރު” އަޔާޒްއައިސް ޝީންގާތު އިށީންދެ ކުޑަދަރިފުޅައް ލޯބިކޮއްލަމުން ބުނެލިއެވެ.
އަޔާ ބޭނުންނަމެއް މިފަހަރު ކިޔާ” އަހަރެން ބޭނުމީ އުޔޫން އަޔާޒް ކިޔަން ” އޯކޭތަ ” އޭރައް ތިން މީހުންނާވެސް ގުޅޭނެ ” އަޔާޒް ދިން ނަން ޝީންއަށް ވެސް ވަރައްކަމުދިޔައެވެ.
އެވާހަކާގައި ތިއްބައި ނަފީސާ ދޮރުގައި ޖަހާލުމުން އަޔާޒް ސޯޓަކާއި ޓީޝާޓެއްލަމުން ދޮރުހުޅުވާލިއެވެ.
ހާދަވަރަކައްރޮވެނީ” ޝީންއަތުގައި އޮތް ދަރިފުޅު ރޯތީ ނަފީސާ ބުނެލިއެވެ.
މާމަ ދަރިފުޅު ފެންވަރާލަން ބޭނުންވީއޭ ދޯ” ހިނގާދާން އަވަހައް ނަފީސާ އެކުއްޖާ އުރާލަމުން ފާހާނާއާއި ދިމާލައް ހިނގައިގަތެވެ.
ފަހަތުން އަޔާޒް ވެސް ދިއައެވެ. ފެންކޮޅު ގަޔައް އަޅާލުމާއެކު އަދި ވަކިން ބާރައް ރޯންފެށިއެވެ.
ހަމަ ބައްޕަ އުޅުން ގޮތައް ދަރިފުޅުވެސް ތިއުޅެނީ ފެންކޮޅެއް އަޅާލާއިރައް ވަކިންއަޑުގަދަކޮއްލާނެ ތަންގަނޑު މީހުން އެއްވާވަރު ކޮއްލާނެ” ނަފީސާ އެހެން ބުނެލުމުން އަޔާޒް ގާތައް ވަރައް ހިނިއައެވެ.
ބައްޕަޔާއޭ ވައްތަރީވެސް ދެދަރިންވެސް “ހެހެހެހެހެ. ” އަޔާޒް އެހެން ބުނެ ޝީންއާއި ދިމާލައް ބަލާލިއެވެ. ޝީންވެސް ބައިވެ ހީލިއެވެ.
އެބައަންނައް ރައިން ގޮވައިގެން “އަޔާޒް އެހެން ބުނެ ތިރިއަށް ދިއައެވެ. މެންދުރު ނިދާ އާދަ އަދިވެސްރައިން ނުކެނޑޭތީ އަޔާޒް ރައިން ގޮވައިގެން އައިސް ނިންދަވަން އުޅުނެވެ.
ނަމަވެސް މިއަދު ރައިންއަށް ކޮއްކޮ ރޯތީ ނިދޭ ގޮތެއް ނުވިއެވެ.އަބަދު އޮންނަނީ އެދިމައަށް ބަލަހައްޓައިގެން ނެވެ. ނަފީސާ ދަރިފުޅު ރީތިކޮއްލުމައްފަހު ޝީންއަތައް ދިނެވެ. ޝީން ނާނާ ކިޔަން ފެށުމުން ވަރައް އަވަހައް ނިދިއްޖެއެވެ.
ދެން އޮށޯވެލާ ގެނޭ އެދުގަ ބާއްވާލާނަން” އެހެން ބުނެފައި އަޔާޒް އެދަރިފުޅު ކުޑައެދުގައި ބާއްވާލާފައި ޝީންކައިރީ ބޮނޑު އެދުގައި އޮށޯވެ ރައިން ނިންދެވިއެވެ.
މިދުވަސްކޮޅު އޮފީހުން ޗުއްޓި ލިބުންކަންވެސް އެއީ އޭނަގެ ނަސީބެވެ.
އެހެން ނޫންނަމަ ދެދަރިން ގޮވައިގެން މިގަޑިގައި ޝީންއަށް ވަރައް އުދަގޫވީހެވެ

ހަތްދުވަސް ވީދުވަހު ދަރިފުޅައް އުޔޫންގެ ނަމުން ނަން ދެވުނެވެ. ކުޑަ ކުޑަ އުޔޫންއާއިގެން ރައިންވެސް ވަރައް ވަރު ހުރެއެވެ.
ދުވަސްތަކާއެކު އަހަރުތައް ފާއިތުވަމުން ދިޔައިރު އަޔާޒްމެންގެ ދިރިއުޅުން ފުރިހަމަވެގެން ދިއައެއެވެ.
މިދުނިޔެ އެކިމީހުންނައް ދައްކަނީ އެކިކުލައެވެ. ކޮންމެ މީހެއްގެ ތަގުދީރުގައި ލިޔުއްވާފައިވާގޮތައް މެނުވީ އެއްވެސް ކަމެއް ނުހިގާނެއެވެ.
އަޑިގަނޑަކައްފަހު އުސްގަނޑެއް އަންނާނޭ ބުނާފަދައިން ” އަދިރިކަމަކައްފަހު އަލިކަމެއްވެސް އާދެއެވެ. ނަމަވެސް އެއީ އެ އިންސާނަކު ކެރިގެން ކުރިމަތި ލައިފި ނަމައެވެ.
ހިތާމަ ވެރިކަމެއް ދިމާވުން މާއަވަހައް އުންމީދުކަނޑާލާ މާޔޫސްވުމުގެ ބަދަލުގައި ކެރިގެން ކުރިމަތި ލަމާހެއްޔެވެ.
އޭރައް ކޮންމެސް ދުވަހަކުން ހަޔާތައް އުފާވެރިކަން އަންނާނެއެވެ. ޝީންގެ ދިރިއުޅުމުން އައި އެކަޅުދުވަސްތައް މާޒީ އާއި އެކުވެ އެދިރިއުޅުމައް އުފާވެރިކަން ލިބިގެން ދިޔައީ ކެއްތެރިކަމާއެކު އެކަމާ ކުރިމަތި ލުމުންނެވެ
ރަށުގެ ގެ ހިތްގައިމު ދޮންވެލި ގަނޑުމަތީ ރާޅު ޖަހާ ހިސާބުގައި ޝީން ހުއްޓީލައިގެން ހުރިއިރު މޫނުމަތީ ވާ ހިނިތުންވުން ފިލާ ނުދެއެވެ.އެއީ މީގެ އެތަކެއް އަހަރު ކުރިން އޭނަ ހުރިހާ ހުވަފެންތަކެއްދެކެމުން އައި އަމިއްލަ ފަސްގަނޑެވެ.
ރައިން އާއި އެކު ވެލި ގަނޑުމަތީގައި ހެމުން ދެއަހަރުގެ އުޔޫން ދުވެދުވެފައި އުޅެއެވެ.
ފައިކުރި އޮޅާލަމުން އުޔޫންއަށާއި ރައިންއަށް ބަލާލަމުން އަޔާޒް ގޮސް ޝީން ގާތު ހުއްޓިލިއެވެ.
އައިލަވް ޔޫ” އަހަރެން ދުވަހަކުވެސް ޝީންއާއި ވަތްކެއްނުވާނަން… އަހަރެން ވަރައް ލޯބިވޭ އިރާދަ ކުރެއްވިއްޔާ އެންމެ ފަހުވަގުތާ ހިސާބައްވެސް އަހަރެމެން ދެމީހުން އުޅޭނީ އެކުގައި ” ދުވަހަކުވެސް އަހަރެން ދޫކޮއްލާފައި ނުދައްޗޭ” އަޔާޒް ޝީންގެ ކޯތާ ފަތައް ބޮސްދެމުން ބުނެލިއެވެ.
އަދި އެއްގަމާ ދިމާލައް ހިގައި ގަންނަމުން އަޔާޒް އުޔޫންގެ އަތުގައި ހިފާލަމުން އަނެއް އަތުން ޝީންގެ އަތުގައި ހިފިއެވެ. ޝީންގެ އަނެއްއަތުން ރައިން އަތުގައި ހިފާލައިގެން ހުރިއިރު ފެންނަ މީހަކައްވެސް އެމަންޒަރު ބަލާ ފޫޙި ނުވާނެއެވެ

ނިމުނީ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ނަމަވެސް.. 3

Next

ލޯބިނުވިޔަސް ފިރުމާލަދީ 10

Next
April 3, 2018

ލޯބިނުވިޔަސް ފިރުމާލަދީ 10

Previews
April 3, 2018

ނަމަވެސް.. 3

26 Comments!

  1. Hairaan says:
    April 3, 2018 at 2:13 pm

    Wow varah reethi

    1. Marie says:
      April 3, 2018 at 3:55 pm

      ??thank you hairaaan
      ???? hurihaa part eh kiyaalaafa coment kollly vrh happy vejjje

  2. Aki says:
    April 3, 2018 at 2:14 pm

    yey vaahaka up vee

    1. Marie says:
      April 3, 2018 at 3:54 pm

      ??thank you akii
      ???? hurihaa part eh kiyaalaafa coment kollly vrh happy vejjje

  3. Marie says:
    April 3, 2018 at 2:17 pm

    Mi story kiyaa hithun keeee hurihaaa kudhinnnnah vrh bodahhh thanks ..story hurihaa kudhinnah vess kamudhiya kamah ummeedhu kauran
    Vaahaka ah comment kuri hurihaa kudhinnah vess vrh bodah thanks?????????

  4. shaan says:
    April 3, 2018 at 2:43 pm

    nice keep it up marie v v v reethi mievaahaka ☺???????????

    1. Marie says:
      April 3, 2018 at 3:53 pm

      ??thank you shaan
      ????

  5. Naanii says:
    April 3, 2018 at 2:48 pm

    Koba Aayan

    1. Marie says:
      April 3, 2018 at 3:53 pm

      ??thank you naanii
      Aaayan bai miss vefa einy
      Dhen story ehgga ragalhu kolllaanan ..thank you vrh ?bodah ekan faaga kollyma

  6. Maahy says:
    April 3, 2018 at 2:49 pm

    Vaahaka varah reethi… Ekamu nimmali iru Aayan and Alook ah vee gotheh neynguneema dhw… Ehn noon nama adhi vvv furihama vees hen heevany… Good luck..?❤

    1. Marie says:
      April 3, 2018 at 3:52 pm

      ??thank you maahy alook dhen e dhiyaee dw sheen ge life in ehenve alook bai dhen nugenaee
      Aaayan bai asluvess miss vefa einy
      Dhen story ehgga ragalhu kolllaanan ..thank you vrh ?bodah ekan faaga kollyma

  7. lotus says:
    April 3, 2018 at 2:51 pm

    Nimunee dhw.. thanks a lot for a wonderful story.. hope to read another story frm u soon.. TC???

    1. Marie says:
      April 3, 2018 at 3:49 pm

      ??Thank you lotus.
      Yeah mi story nimuny
      Kommme part eh vess kiyaalyma vrh happy vejjje ??thank you hurihaa part akah vess comment kollyma❤ insha allah vrh avahah new story eh geneveythw ??balaanan thank you

  8. Sinn says:
    April 3, 2018 at 3:03 pm

    Wooowww dear..vvvvvv salhi mi story..Hama v Habeyss..adhi vex mi kahala reethi stry kiyaalann libeyne kamah ummedhu kuran..keep up the great wrk.. Vvvv miss vaane mi stry mathin
    I really love it..

    1. Marie says:
      April 3, 2018 at 3:48 pm

      ??Thank you sinn
      Kommme part eh vess kiyaalyma vrh happy vejjje ??thank you hurihaa part akah vess comment kollyma❤ insha allah vrh avahah new story eh geneveythw ??balaanan thank you

  9. Aisha says:
    April 3, 2018 at 3:30 pm

    Wow haadha salhiey vaahaka

    1. Marie says:
      April 3, 2018 at 3:46 pm

      ??Thank you aisha
      Kommme part eh vess kiyaalyma vrh happy vejjje ??thank you hurihaa part akah vess comment kollyma❤

  10. Fathun says:
    April 3, 2018 at 5:53 pm

    V v reethi mi vaahaka

  11. Sai says:
    April 3, 2018 at 7:42 pm

    V reethi mi stryy..❤❤?

  12. ruhy says:
    April 3, 2018 at 11:31 pm

    vvvvvv reethi mi story, best of luck marie

  13. Rittu says:
    April 4, 2018 at 2:24 am

    Alhe nimunee dhw?
    So sad I wanne continue reading this story??
    It’s so so nice.❤
    Vaahaka varah vx furihama.??
    Vaahakaage emuni ekulavaalun genesfa huri goi v salhi?
    Unmeedh kuran adhi mikahala vaaahaka eh kiyaaalan libeyne kamah
    Congratulations for your capability❤??
    Waiting to see the next?

  14. azoo says:
    April 4, 2018 at 11:27 am

    vara,furihama reethi vaahaka nimunu goi

  15. Hawwa says:
    April 5, 2018 at 10:47 am

    Varah reethi story eh?

  16. Saa says:
    April 5, 2018 at 7:16 pm

    Aslu look fahun islaahvaan beynun vaairu, eynayah rangalhu gotheh hedhumahfahu ebaigenanama v furihamavees. Look ah ehn dhimaavy aslu maibafainge sababun, eynayah rangalhu dhoriulhumeh libenjeheyne Aslu, dhn liyaa story ehgga rangalhu kohlaathi, Seedha 2 meehunge vaahaka mulhi storyga nimendhen nugenes

  17. unique says:
    April 6, 2018 at 11:14 pm

    wc …. hahah but story was brilliant varah ves nice superb

  18. zeek says:
    July 23, 2018 at 7:34 pm

    Where is next part?
    Up nukuraa gothah tha mi vaahaka????????

Comments are closed.


All Right Reserved!