ހާމަ ކުރީމާ ލޯބި މަވާކަން 10
“ބަލަ ތަދު ކުރަންށޭ މިހެން މިހަދަނީ..އަހަރެން ބުނީމެއްނު ގުޅީމަ ފޯނު ނަގަން ޖެހޭނެ އޭ..އޭ ނުބުނެވޭތަ އެހެނެއް..ބުނީމެއްނު ބުނާގޮތް ނަހަދައިފިއްޔާ މާރަގަނޅެއް ނުވާނޭ.. އަދި އިތުރަށް ކައިވެނި އަވަސް ކުރަން ވީތަ..” އިތުރަށް އެލައިޝާއާއި ގާތްވަމުން އަޒެލް ބުނެލިއެވެ. އޭނާގެ މޫނާއި މޫނު ކައިރިކޮއްލަމުން ދެން އަޒެލް ކޮއްލަން އުޅުނު ކަންތައް އެލައިޝާއަށް ނަގައިގަނެވުމުން އަޒެލްގެ ނޭފަތުމަތީގައި ބޮލުން ޖަހައިލިއެވެ. ވީތަނުން އެލައިޝާގެ އަތުން ދޫވެ އަޒެލްއަށް އޭނާގެ ނޭފަތުފައި ހިފައިލެވުނެވެ.
“އޫޕްސް ސޮރީ.. މާ މަޑުން ދޯ މިޖެހުނީ.. ބުނަންތަ ވާހަކައެއް އަހަރެން ނޫޅެން އަޒެލް ދެކެ ބިރަކުން.. ކޮންމެސް އެހެން މީހަކަށް ގޮސް ބިރުދައްކާ.. އަހަންނަށް އިންނަން ބިރުދައްކާއިރު އަޒެލް އަށް ހަމަ ރަގަނޅަށް އިނގޭނެ އެއީ ނުވާނެ ކަމެއްކަން..” އެލައިޝާ ޝަހާދަތް އިނގިލި އަޒެލްއާއި ދިމާއަށް ދިއްކޮއްލަމުން ވާހަކަދެއްކިއެވެ.
” އެ ކީއްވެޔޯ ނީންދެވޭނީ..އަހަރެން ލައިދެކެ ލޯބިވޭ.. އެހެންވީމަ ލައި ލިބެން ޖެހޭނީ އަހަންނަށް.
ތީ މުސްލިމަކަށްވީމަތަ ތިހެން ތިބުނީ..” އަޒެލް ބުނެލިއެވެ. އެލައިޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަޒެލް އޭނާގެ ޖީބުން ވޮލެޓް ނަގައި އެއިން ކާޑެއް އެލައިޝާއަށް ދިއްކޮއްލިއެވެ. ފޫހިގޮތަކަށް އޭގަ ހިފައި ބަލައިލިއިރު ފެނުނު އެއްޗަކުން އެލައިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި ހުރި އަޒެލްއަށް ބަލައިލީ ގަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. އަނެއްކާވެސް އަޒެލްގެ ޑްރައިވިން ލައިސެންސްއަށް ބަލައިލީ ހަމަ ޔަގީން ނުވާތީއެވެ. އޭގައި އެވަނީ ހަމަ އަޒެލްގެ ނަން ބާއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. ހިތުގައި ޝައްކު އުފެދުނެއް ކަމަކު އެކަކުވެސް ދީނާއި ބެހޭގޮތުން ދޮގެއް ނަހަދާނެ ކަން އޭނާއަށް އިނގެއެވެ. މުހައްމަދު އަޒެލްގެ ނަމުގައި ހައްދައިފައިވާ އެކާޑު އަޒެލްގެ އަތަށް ދީފައި އެލައިޝާ އިސްލާމް ދީން ގަބޫލު ކުރީ ކޮން އިރަކު ތޯ ސުވާލުކޮއްލިއެވެ.
“އަބަދުވެސް ވަރަށް ޝައުގުވެރިވޭ ދީނަށް.. ދެން ކިޔަވަން ގޮސްފަ ދީނާއި ބެހޭ ގޮތުން މައުލޫމާތު ހޯދީ.. ދެން އެހެން އުޅުމުގެ ތެރޭގަ އިނގުނީ މީ އެންމެ ރަގަނޅު މަގުކަން.. އެހެންވެ އިތުރަށް ލަސްނުކޮށް ދީން ގަބޫލު ކުރީ.. ހީނުކުރާތި ލައި ހޯދަން ކުރި ކަމެކޭ.. އަހަރެން ކޮންމެ ދީނެއްގެ މީހަކަށް ވިޔަސް ލައި އަކީ އަހަރެންގެ މީހެއް..”
” އަޒެލް މުސްލިމެކޭ ކިޔާފަ ހީނުކުރާތި އަހަރެން މިކައިވެނި ކުރަން އެއްބަސް ވާނޭ.. އަހަރެން އަޒެލްއަކަށް ނުލިބޭނެ.. ދުވަހަކުވެސް ނުލިބޭނެ.. ތިއީ އަހަރެން ދެކެ ލޯބިވާ މީހެއްނަމަ ތިގޮތަށް އަހަރެން ބުލެކްމެއިލެއް ނުކުރީސް.. ލޯބި ހޯދާނެ މަގުތަށްވެސް ހުރޭ.. އަޒެލް ތިއުޅެނީ ނުބައި މަގެއް ހިޔާރުކޮއްގެން.. ތީކީ ލޯބިކަމަކަށް ގަބޫލެއް ނުކުރެވޭ.. ތިއަށް އަހަރެން ކިޔާނީ ހޭބަލިވުން..” އެލައިޝާ އެހެން ބުނުމާއިއެކު އަޒެލް އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮއްލިއެވެ.
“އޭއީ..އަހަރެން ލޯބި ވެޔޭ.. ވަރަށް ބޮޑަށް ލޯބިވޭ.. ލައި އަކަށް ނޯންނާނެ މިއީ ލޯތްބެއް ނޫނޭ ބުނުމުގެ އެއްވެސް ހައްގެއް..އަހަރެން ލައިއަށް ވަރަށް ލޯބިދޭނަން.. އަޅެ ކީއްވެތަ އަހަރެން ލޯބިވާކަން ހާމަ ކުރުމުން އަހަންނާއި ނުގުޅުނީ..އެދުވަހު ގުޅުނު ނަމަ މިހާރު ދެމީހުން އުޅުނީހީ މެރީކޮއްގެން..ވަރަށް ހެޕީ ކޮއް ދޯ.. އަދިވެސް އެކަމް ލަހެއް ނުވެއޭ.. އަދިވެސް ދެމީހުންނަށް ލޯބިން އުޅެވޭނެ..މެހެކްއަށްވެސް އުޅެވޭނެ.. ލައި އެއްބަސް ނުވިއްޔާ އަހަރެން މެހެކްއާއި އިންނާނަން.. އިނދެފަ އޭނައަށް ޖައްސާ ހާލު ބަލަން ތި އެކުވެރިޔާ އަށް ކެތްވާނެބާ.. މަންމައާއި ބައްޕައެއްގެ ހުރި އެންމެ އަންހެން ދަރިއެއްގެ ދިރިއުޅުން ހަލާކު ވެގެން ދާމަންޒަރު ބަލައިފައި އެދެމީހުންނަށް ވާނެ ގޮތް ބަލަން ކެތްވާނެތަ.. އަހަންނަކަށް ނޭންގެ އަހަރެން ކައިވެނި ކެންސަލް ކުރިޔަސް އޭނައަށް އާމްއާއި އިނދެވޭނެ ކަމެއް.. އެކަމް އަހަންނަށްވުރެ ރަގަނޅު މީހުން ލިބޭނެ އޭނައަށް.. ލައި އޭނަ އުފަލުގައި ހުންނަން ބޭނުމިއްޔާ ޖެހޭނީ އަހަންނާއި އިންނަން.. އަޑު އިވިއްޖެ ތަ..” އަޒެލް އެލައިޝާއާއި ވާހަކަ ދެއްކިއިރު ހީވަނީ މޮޔައެއްހެންނެވެ.
“ލައި ދޭ ގެޔަށް.. ގޮސް އަހަރެން މިދެއްކި ވާހަކަތަކާއިމެދު ވިސްނާ.. އަހަރެން ރިންގެއް ގަނެފާނަން.. މާ ރީތި ރިންގެއް ބޭނުމެއްނޫން އޭނަ އަތުގަ އަޅުވާކަށް..” އެހެން ބުނެފައި އަޒެލް ހިންގައިގަތެވެ. އެލައިޝާ ހުރީ ގުޑިލަންވެސް ނޭންގިފައެވެ. އޭނާގެ ސަބަބުން މެހެކް ދިރިއުޅުން ހަލާކުވާން އުޅޭ ކަމަށް އޭނާއަށް ހީވާން ފަށައިފިއެވެ. އެހެން ވެއްޖެނަމަ އޭނާ މުޅި އުމުރަށް އަމިއްލަ ނަފްސު ކުއްވެރި ކުރާނެއެވެ. ހަމަޖެހިލައިގެނެއް ނޫޅެވޭނެއެވެ.
މާދަމާއަށް އެންގޭޖްމެންޓު ހަމަޖެހުނުކަން އެނގުނު ފަހުން މެހެކްއަށް ހަމަޖެހިލައިގެން ތަނަކު ހުރެވޭ ކަމަކަށް ނުވިއެވެ. ވިސްނައި ވިސްނައި ބޮލުގައި ރިއްސަން ފެށިއިރުވެސް މިކައިވެނި ހުއްޓުވޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެލައިޝާއާއި ވާހަކަަ ދައްކަން ކޮޓަރިއަށް ވަންއިރު އޭނާ އޮތީ ރަޖާ އަޅައިގެންނެވެ. ދެފަހަރަކު ގޮވުމުން ހަބަރެއް ނުވީމައި މެހެކް ހީކުރީ އޭނާއަށް އޮތީ ނިދިފައި ކަމަށެވެ. އެހެންކަމުން އަލަމްއާއި ވާހަކަ ދެއްކުމަށްފަހު މެހެކް ނިންމީ އޭނާގެ ބައްޕައާއި ވާހަކަ ދެއްކުމަށެވެ.
ބައްޕަ ކައިރީ ކައިވެނި ހުއްޓުމައްއެދި އާދޭސް ކުރަން ނިންމައިގެން އެކޮޓަރިއަށް ދިޔަ މެހެކް ހުއްޓުންއެރީ އޭނާގެ ބައްޕަ މަންމަ ކައިރީ ކުރި ސުވާލު އަޑުއިވުމުންނެވެ. ކޮޓަރިއަށް ނުވަދެ ބޭރުގައި މަޑުކޮއްލީ އެދެމީހުން ދައްކާ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ.
” ނޫން ރީހާން.. ރީހާން ތިކަންތައް ކުރަނީ ހަަމަ މެހެކްއަށް އެންމެ ރަގަނޅުވާނެ ގޮތަށް..އަހަރެން ނޭދެން މާޒީގައި އަހަރެން ކުރި ހިތާމަ އަހަރެންގެ ދަރި ކުރާކަށް..” ރީހާން އޭނާ ކަންތައް އެކުރަނީ އެންމެ ރަގަނޅަށް ތޯ އެހުމުން ރޭނާ ބުނެލިއެވެ.
” ހޫމް އެހެންވެއޭ އަހަރެން މެހެކް އެފިރިހެން ކުއްޖާއާއި އިނުމަށް ހުއްދަ ނުދިނީ.. ރޭނާ އުޅުނު ހާލު އަހަންނަށްވުރެ ބޮޑަށް ކާކަށް އެނގޭނީ.. މައިންބަފައިންނާއި ދެކޮޅަށް ލޯބިވާ މީހާއާއި އިނުމުން ލިބުނު ހިތާމަ ރޭނާއަށް އިނގެއެއްނު.. ކިހިނެއް އެނގެނީ ޖަދީރު ރޭނާއަށް ޖެއްސި ހާލު އަހަރެންގެ ދަރިއަށް އަމަލް ނުޖައްސާނެ ކަމެއް.. އެކަހަލަ ކަމެއް ތަކުރާރު ވާކަށް އަހަރެން ނޭދެން.. ކައިވެނީގެ ފަހުންވެސް ލޯބިވެވިދާނެ..އަލަމްއަށްވުރެ ބޮޑަށް ހަމަ ޒެލް ދެކެ މެހެކްއަށް ލޯބިވެވިދާނެ.. އަހަރެންގެ ދަރިއަށް އެފަދަ ހާލެއް ޖެހިއްޖިއްޔާ ނޭންގެ އަހަންނަށް ވާނެ ގޮތެއްވެސް ރޭނާ.. އަހަރެންގެ ހިތް ބުނަނީ މިކައިވެނި ކޮއްގެން މެހެކް އުޅޭނީ ވަރަށް އުފަލުގައޭ..” ރީހާން ބުނެލިއެވެ.
“އަހަރެން ދުވަހަކުވެސް ހީޔެއް ނުކުރަން މައިންބަފައިންނާއި ދެކޮޅަށް އަހަރެން ޖަދީރުއާއި ކައިވެނި ކުރުމުން އޭނަ އަހަންނާއި ދޭތެރޭ އެގޮތަށް ކަންތައް ކުރާނެ ކަމަކަށް.. އަހަންނާއި ދޭތެރޭ ރަހުމެއް ނެއްތާގައި އަހަރެންގެ ބަނޑުގައި އޮތް އޭނާގެ ދަރިފުޅާއިމެދުވެސް ރަހުމެއް ނުބެހެއްޓި.. ރީހާން އަހަންނާއި ނީންނަމަ އަހަރެންނާއި މަލްދާން އުޅޭނެ ހާލެއް އަހަރެންގެ ހިތައްވެސް ނުގެނެވޭ.. އަހަރެންގެ މައިންބަފައިން މިއަދު އަހަންނާއި އެވާހަކަ ދައްކަނީ ހަމަ ރީހާންގެ ސަބަބުން.. ހިތައްއަރާ ފުރަތަމަ ބައްޕަ ރީހާންއާއި އިންނަން ބުނި ދުވަހު ދެކޮޅު ނެހެދުނު ނަމައޭ..މައިންބަފައިން ދަރިންނަށް ދެރަގޮތެއް ނޭދޭނެކަން އެދުވަހު ޖަދީރު އަހަރެން ދޫކޮއްލުމުން އެނގުނު.. ލޯތްބަކީ ހަމަ ކުޑަ ދުވަސްކޮޅަކަށް ދައްކައިލާ ހުވަފެނެއް.. އަހަންނައްވުރެ ބޮޑަށް އަހަރެންގެ މުއްސަނދިކަމަށް އޭނަ ލޯބިކުރީ.. ބައްޕަމެން ފަރާތުން އަހަންނަށް އެއްޗެއް ނުލިބޭނެކަން ޔަގީން ވުމުން އަހަރެންނަށް އަނިޔާ ކުރަން ފެށީ.. އަހަންނަށް ހަރަދުކުރަން ޖެހުނީމަ ބޮޑުކަމަކަށްވީ.. މަލްދާންއަށް ބަލިވެއިން ކަން އެނގުނީމަ އަހަރެން ވަރިކޮއް ގެއިން ނެރެލީ.. ރީހާން ނެތްނަމަ އެދަރިފުޅަށް ބައްޕައެއްގެ ލޯބި ނުލިބޭނެކަން ޔަގީން..”
” ދެން އެވާހަކަ ނުދައްކާ.. މަލްދާންއަކީ އަހަރެންގެ ދޮށީ ދަރިފުޅު.. ދެން ތިބި ތިން ކުދިންނެކޭ ހަމަ އަހަންނަށް އެއްވަރު.. މެހެކްއަށް ހާއްސަ ކަމެއް ދެވުނަސް ހަމަ ހަތަރު ކުދިން ދެކެ އަހަރެން ލޯބިވަނީ އެއްވަރަކަށް..އެ ހަތަރު ކުދިންގެ އުފަލަކީ އަހަރެންގެ ހިތްހަމަޖެހުން..”
ކޮޓަރީ ބޭރު ފާރުގައި ލެގިލައިގެން އިން މެހެކްގެ ލޮލުން އެއްވެސް ހިފެހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އަނގަމަތީގައި ބާރަށް އަތްއަޅައިގެން މެހެކް ދުއްވައިގަތީ ޓެރަހާއި ދިމާއަށެވެ. ދެންމެ އިވިގެންދިޔަ ވާހަކަތައް ގަބޫލުކުރަން ބޭނުންނުވި ކަމުގައިވިޔަސް އެފަދަ ގޮތަކަށް އެވާހަކަތައް އެނގުމުން އެއީ ހަގީގަތްކަން މެހެކްއަށް އެނގުނެވެ. އެފަދަ ހިތްދަތި ދުވަސްތަކެއް އޭނާގެ މަންމަ ދެކެފައިވާކަން ކުރިން އޭނާއަށް އެނގިފައެއް ނުވެއެވެ. އޭނާގެ ލޯބިވާ ދޮންބެއަކީ ބައްޕަގެ ދަރިއެއް ނޫންކަންވެސް އެނގިފައެއްނުވެއެވެ. އޭނާގެ ސަބަބުން މަންމަ އެހިތި މާޒީ މަތިން ހަނދާންވަމުންދާތީ އަމިއްލަ ނަފުސު ކުއްވެރިކުރެވުނެވެ.
އެނދުގައި އޮށޯވެލައިގެން އޮތް އެލައިޝާ އަދިވެސް ވިސްނަމުން އެދަނީ އަޒެލް ދިން އިންޒާރާ މެދުގައެވެ. އޭނާއާއި ހެދި މެހެކްއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. އޭނާގެ ސަބަބުން މެހެކް އަޒެލްފަދަ މީހަކާއި އިދެގެން ވޭނުގައި އުޅުނަކަ އޭނާ ނުދޭނެއެވެ.
ރޭނާގެ މާޒީގައި ކަންތައް ވެފައިވާ ގޮތުގެ ސަބަބުން މެހެކްއަށް އަލަމްއާއި އޭނާގެ މުސްތަގްބަލާ ދޭތެރޭ ވިސްނައިލެވުނެވެ. އަލަމް އޭނާދެކެ އިންތިހާއަށް ލޯބިވާކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ޖަދީރު ފަދައިން އަލަމްވެސް ބަދަލުވިއްޔާ އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ. މަންމަގެ ހިތި މާޒީ އޭނާ ދެކެން ޖެހިއްޖިއްޔާ އޭނާގެ މައިންބަފައިން ކިހާ ދެރަވާނެ ހެއްޔެވެ. އެމީހުން އޭނާއަށް ދެރަ ގޮތެއް ވާން ނޭންދޭނެކަން މެހެކްއަށް ޔަގީނެވެ. މަންމަވެސް ޖަދީރުއަށް އިތުބާރުކުރި ނޫން ހެއްޔެވެ. މައިންބަފައިންނާއި ދެކޮޅަށް ލޯބިވާ މީހާއާއި އިނުމުން ލިބުނީ ހިތާމައެވެ. އަލަމްގެވެސް ހިޔާލު ބަލަދުވެދާނެއެވެ. މަންމަ ބުނާހެން ހަމަ ލޯތްބަކީ ކުޑަ ދުވަސްކޮޅަކަށް ދައްކައިލާ ހުވަފެނަކަށް ވެދާނެ ހެއްޔެވެ.
“ނޫން އަހަރެންގެ އާމް އަހަރެން ދެކެ ވަރަށް ލޯބިވޭ.. ނުވާނެ ބަދަލެއް.. މުޅި އުމުރަށް ލޯބިވާނެ.. އަހަރެން އެލޯތްބަށް ޝައްކެއް ނުކުރާނަން.. އެހެންނޫނަސް އާމް އެހުންނަނީ ޑޭޑްމެން ގަބޫލުވީމަ ނޫނީ މެރީ ނުކުރަން..” އަމިއްލަ މީހާއަށް ވިސްނައިދެމުން މެހެކް ވާހަކަ ދެއްކިއެވެ. އިތުރަށް ވިސްނަން ނީންދެ މެހެކް ކޮޓަރިއަށް ދިޔައީ ނިދާލުމަށެވެ. ނަމަވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. މަންމައާއި ބައްޕައާއި ދެއްކި ވާހަކަތަކާއި މެދު ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ.
ހެނދުނު ހޭލައިގެން އެލައިޝާ ތިރިއަށް ފޭބިއިރު ގޭގެ ނޯކަރުން އަވަދިނެތި މަސައްކަތުގައި އުޅުނެވެ. އެންގޭޖްމެންޓަށް ގޭތެރެ ތައްޔާރުކޮށް މީރު ކާއެއްޗެހި ހެދުމުގައިއެވެ. އެލައިޝާ ނިންމައިގެން ހުރީ އަޒެލް އައުމުން އޭނާއާއި ވާހަކަ ދައްކާށެވެ. އޭނާގެ ނިންމުން އަޒެލްއަށް އަންގާށެވެ.
” އާންޓީ އަޅުގަނޑާވެސް ކަމެއް ހަވާލު ކޮއްބަލަ.. ހާދަ ފޫއްސޭ މިހެން ކަމެއް ނުކޮއް އިންނަން ޖެހޭތީ..” ބަދިގޭގައި ނޯކަރުންނަށް ކަންތައް ކުރަންވީގޮތް ކިޔައިދޭން ހުރި ރޭނާ ގާތުގައި އެލައިޝާ ބުނެލިއެވެ.
” ލައިއާއި މެހެކް ނޫނަސް މިގޭގައި އިތުރު ތިން އަންހެނުން އެބަ އުޅޭ.. އެއިން ކުއްޖަކުވެސް ނުބުނެ ކަމެއް ޖައްސާށެކޭ.. ތިރިއަށް ނުވެސް ފައިބާ އަދި.. އެމީހުންނަށް ހީނުވޭ ގޭގައި މިއަދު ކަމެއް އޮވެޔޭވެސް.. ދެން އެއްޗެކޭ ބުނެފިއްޔާ ބުނާނީ ކީއްކުރަން ގެންގުޅޭހާ ނޯކަރުންނެއް ހޭ އެމީހުން ލައްވާ ކަންތައް ކުރަން ބޭނުންވަންނާ.. ނިދާފަ ކަންނޭގެ ތިބޭނީވެސް.. މެހެކްވެސް ނިދާފަ ދޯ ..” ރޭނާ އެހެން ބުނުމުން އެލައިޝާ ބޯޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
” އިރުކޮޅަކުން އަންނާނެ ފެޝަން ޑިޒައިނާރ ލައިވީ ހުރިހާ އަންހެނުންނަށް ހެދުން ސެލެކްޓް ކުރަން..” ރޭނާ ބުނެލިއެވެ.
” އެކަމް އަޅުގަނޑު ނަގާ ހެދުން އެހެން މީހުންނަށް ކަމުނުގޮސްފާނެ އެއްނު..”
” ނޫނޭ ލައި އާއި މެހެކްގެ ޗޮއިސް ވަރަށް ރީތިއެއްނު އަބަދުވެސް.. އެހެންނޫނަސް އެމީހުން ހޭލާނީ ކޮންމެސް އިރަކުން.. އޭރުން އޮންނާނީ ނުވެފައި..” ރޭނާ ހިނިތުންވެލައިފައި އެހެން ބުނުމުން އެލައިޝާ ސިޓިންރޫމަށް ނިކުތެވެ. ޑިޒައިނާރގެ އިންތިޒާރުގައި މާގިނައިރު ހުންނާކަށް ނުޖެހުނެވެ. އެލައިޝާ ނެގި ހެދުންތައް ރޭނާއާއި ހަވާލު ކޮއްފައި އޭނާ ކޮޓަރިއަށް ދިޔައީ މެހެކްއަށް ގޮވުމަަށެވެ.
ރޭގައި އެތައް އިރަކު ވިސްނުމަށްފަހު މެހެކް ނިންމީ މިކައިވެނި ކުރާށެވެ. އަލަމް ދެކެ ކިތަންމެ ލޯބިވިޔަސް މައިންބަފައިން ދެރަ ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. މީހުންގެ ހިތަކީ ބަދަލުވަމުން ދާނެ އެއްޗެކެވެ. މިއަދު ކިތައްމެ ލޯބިވިޔަސް އަލަމްގެ ހިތްވެސް ބަދަލުވެދާނެއެވެ.
“ހޭލާ ދޯ ތިއުޅެނީ.. އަހަރެން ހީކުރީ އަދިވެސް ނިދާފަ ކަމަށް.. ނަސީބެއްނު ހޭލިކަން.. އެހެންނޫންނަމަ ހޭލަން ޖެހުނީހީ ލައި ފެންއެޅީމަ..” މެެހެކް ކައިރީ އިށީންދެލަމުން އެލައިޝާ ބުނެލިއެވެ. މެހެކް އެއްޗެކޭ ނުބުނުމުން އެލައިޝާ މެހެކްއަށް ރަގަނޅަށް ބަލައިލިއެވެ. ރޭގައި އޭނާ އުޅުނީ ނުނިދައިކަން އެމޫނުމަތިން ރަގަނޅަށް އެނގެއެވެ. ލޮލުގެ ތިރި ކަޅުވެފައިވާއިރު ލޯ ދުޅަވެފައި ހުރިހެންވެސް ހީވެއެވެ. ރޭގައި މެހެކް ރުއީކަން އެނގުމުން އެލައިޝާ ވަަރަށް ދެރަވިއެވެ. އޭނާއާއި ހެދި މިހާރުވެސް މެހެކް އެއުޅެނީ ވޭނުގައެވެ. އަޒެލްއާއި އިންނަން ޖެހިއްޖިއްޔާ އެފަކީރަށް ވާނެ ގޮތެއްވެސް ނޭންގެއެވެ. ހިތާހިތުން އޭނާ އެނިންމީ ރަގަނޅަށް ކަމަށް ބުނެލިއެވެ.
ޒެވިޔަން އާއި އިބާން ތައްޔާރުވަމުން އެދަނީ މެހެކްގެއެންގޭޖްމެންޓަށް ދިޔުމަށެވެ. މެހެކްއަށް މިއީ އުފާވެރި ދުވަހަކަށް ނުވާނެކަން އެނގޭތީ ޒެވިޔަން ހުރީ ނުދާށެވެ. ނަމަވެސް މެހެކް މިއަދު މެސެޖް ކޮއްފައި އަންނަން ބުނުމުން ދާން އެއްބަސްވީ މެހެކް ވާހަކައެއް ބުނަން ބޭނުންކަމަށް ބުނުމުންނެވެ.
“އަހަންނަށް ވަރަށް ހީވޭ މެހެކްގެ ކައިވެނި ވާނެހެން.. އަހަރެންވެސް މީހަކާއި އިންނަންވީ..” އިބާން ބުނެލިއެވެ.
“ތިކަހަލަ އެއްޗެހި ނުކިޔަބަލަ..އިރާދަކުރެއްވިއްޔާ މިކައިވެންޏެއް ނުވާނެ..”
“ނޫނޭ ހަމަ އަސްލުކޮއްވެސް އަހަންނަށް ހީވޭ އެބަ.. ވަރަށް އަވަހަށް ކޮންމެސް މީހެއްގެ ކައިވެންޏެއް ވާން އެބައުޅޭ..އަނެއްކާ ޒޭވް އަހަންނަށް ނާންގާ ބިޓެއް ނަގައިގެން ކައިވެންޏާއި ހަމައަށް ދިޔައީތަ..” އިބާން އެހެން ބުނުމުން ޒެވިޔަން ބުނެލީ އޭނާ ބިޓެއް ނުނަގާ ކަމަށާއި ދުވާލަކު އެތައް މީހުން ކައިވެނި ކުރާނެ ކަމަށެވެ.
“ހޫން..ދެން އަހަންނަށްވެސް ތިކަން އެނގެޔޭ..އަހަންނަށް ހަމަ ހީވަނީ ގާތް މީހަކު އިންނަން އުޅޭހެންނޭ.. އަހަރެން ވަރަށް ޖޭ ވާނެ އަހަންނަށްވުރެ ކުރިން ތިއިން އެކަކު އިނަސް..”
” ދެން އިބާން ވީއެއްނު އަހަރުމެންނަށްވުރެ ކުރިން އިންނަން.. އަދިވެސް އެއްކަލަ މަންޖެ އިންނާނީ އިންތިޒާރުގަ ކަންނޭގެ..އަނެއްކާ ކިޔާބާ ދެމީހުން އިންނަން..”
“ނޫޅެން..އަހަރެން ބޭނުންވަނީ އަހަރެން ބުނާގޮތް ހަދާނެ މީހެއް..އެކަހަލަ ބޯހަރު މީހެއް ބޭނުމެއްނޫން..” ޒެވިޔަން އެބުނީ ކާކުގެ ވާހަކައެއްކަން އިނގޭތީ ފޫހިގޮތަަކަށް އިބާން ބުނެލިއެވެ.
” އިބާން މާ ކަންތައް ބޮޑީއޭ..އިބާން ބޭނުންވާ ގޮތައް އުޅޭނެ ކުއްޖެއް މިހާރަކު ނުލިބޭނެ..”
“ނޫން ލިބޭނެ.. ހޯދާފަ ދައްކާނަން ވަރަށް އަވަހަށް.. އެދުވަހަކުން ޒެވިޔަން ޖޭވާނެ އިނގޭ..” އިބާން ބުނެލިއެވެ. ޒެވިޔަން ބުނީ ތިޔަ ދަވަހެއްގެ އިންތިޒާރުގައި ހުރިން ކަމުގައެވެ. އެގޮތުގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ދެމީހުން ނިކުތީ ގަޑި ކައިރި ވަމުންދާތީއެވެ.
” ވާވް.. ޔޫ ލުކް ލައިކް އަ ޑޯލް..” ލޯގަނޑުކުރިމަތީ އިށީންދެލައިގެން އިން މެހެކް މޭކަޕް ކޮއްދީ ނިންމައިލައިފައި އެލައިޝާ ބުނެލިއެވެ. އެދޮން މޫނުގައިވަނީ ލުއި މޭކަޕެއް ކޮއްފައެވެ. ތުންފަތުގައި ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސައިފައިވާއިރު އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ހުޅިއެއް ޖަހައިފައެވެ.
” މެހެކް އިރާދަކުރެއްވިއްޔާ މިކައިވެންޏެއް ނުވާނެ.. އެހާ ވަރަށް ނުވިސްނަބަލަ.. މެހެކް އަބަދު ތިހެން ދެރަވެފައި ހުންނާތީ ލައިވެސް ވަރަށް ދެރަވޭ..” މެހެކްގެ ދެކޮނޑުގައި ހިފައި ކޮޅަށް ނަގަމުން އެލައިޝާ އެހެން ބުނެލީ މެހެކް އެއްޗެކޭ ނުބުނުމުންނެެވެ.
“ހިނގާ ދާން..މިހާރު އެންމެން ތިބޭނެ ލަސްވެފަ..”
” ރޭނާ ނިކަން ބަލައިލަބަލަ.. އަޒެލްގެ ދެލޮލުން ލޯބި ނުފެނޭތަ.. އަހަރެމެންގެ މެހެކްއަށް މިލިބުނީ އޭނާ ދެކެ އިންތިހާއަށް ލޯބިވާ ބައިވެރިއެއް..” ސިޑިން ފައިބައިގެން އައި އެލައިޝާއާއި މެހެކްއާއި ދިމާއަށް ބަލަންއިން އަޒެލް ދައްކާލަމުން ރީހާން ބުނެލިއެވެ. އޭނާ ހީކުރީ އަޒެލް އެބަލަނީ މެހެކްއަށް ކަމަށެވެ. ނަމަވެސް އަޒެލްގެ ނަޒަރު ހުއްޓިފައިހުރީ މެހެކް ކައިރީގައި އިން އެލައިޝާއަށެވެ.
މެހެކް ރީހާންމެން ކައިރިއަށް ދިޔުމުން އެލައިޝާ އަވަސްވެގަތީ އަޒެލް ހޯދުމަށެވެ. އެންގޭޖްމެންޓްވުމުގެ ކުރިން އޭނާ އަޒެލްއާއި ވާހަކަ ދައްކަން ބޭނުންވެއެވެ. އޭނާ އެހުރީ އަޒެލްއާއި އިންނަން ތައްޔާރަށްކަމަށް ބުނަންވެގެންނެވެ. މިކައިވެނި ހުއްޓުވެން އޮތް ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވާތީ އެލައިޝާ އެހުރީ މެހެކްއަށް ޓަކައި އަޒެލްއާއި އިންނަން ނިންމައިގެންނެވެ.
” މޯމް ވަރަށް އުފާވޭ މެހެކް މޯމްމެން ދެއްކި މީހަކާއި މެެހެކް އިންނާތީ.. އިރާދަކުރެއްވިއްޔާ މިކައިވެނިކޮއްގެން ދަރިފުޅު ފަހުން ހިތާމަ ކުރާކަށް ނުޖެހޭނެ.. އަލަމްއާއި ދަރިފުޅު ކައިވެނިކޮއްގެން ދެރައެއް ލިބިއްޖިއްޔާ މޯމްމެން ކިހާ ދެރަވާނެ.. އެދުވަހުން ދެރަވާކަން ދެއްކުމުގެ ބަދަލު އިސްކުރެވޭނީ ރުޅި.. މައިންބަފައިން ބުނާގޮތް ހަދައިގެން ދަރިންނަށް ދެރައެއް ނުލިބޭނެ.. އަހަރުމެންނެއް ނޭދޭނަމެއްނު ދަރިފުޅަށް ދެރައެއް ލިބޭކަށް.. މޯމްއަށް އިނގޭ މެހެކް އަމަލްދެކެ ލޯބިވާކަން.. މިހާރު ކިތަންމެ ދެރަވިޔަސް ފަހުން މެހެކްއަށްވެސް ވިސަނޭނެ އަލަމްއަށްވުރެ އަޒެލް އެތައް ގުނައެއް ރަގަނޅުކަން.. އެއީ މެހެކްއާއި އެކަށީގެންވާ ކަހަލަ މެހެކްދެކެ ލޯބިވާ ފިރިއަކަށްވާނެ.. މޯމްވެސް ޑޭޑްއާއި އިނީކީ ލޯތްބަކުން ނޫން..މާމަމެންގެ ހޮވުން އެއީ.. އެކަމް ބަލާބަލަ މޯމްމެން މިއުޅެނީ ކިހާ އުފަލުގަ.. މިހާރު ޑޭޑްއަށްވުރެ ބޮޑަށް މޯމް ޑޭޑް ދެކެ ލޯބިވޭ.. ކައިވެނީގެ ފަހުންވެސް ލޯބިވެވިދާނެ.. ތިމާ އުޅެންވާނީ ތިމާ ދެކެ އެންމެ ލޯބިވާ މީހަކާއި އެކީގައި.. ތިމާ ލޯބިވާ މިހާއާއި ގުޅިގެން ފަހުން ހިތާމަ ކުރަން ޖެހޭ މީހުންވެސް މަދެއްނޫން.. އެކަހަލަ ހިތާމައެއް މެހެކްއަށް ލިބޭކަށް މޯމްއެއް ނޭދެން..” މެހެކް ގޮވައިގެން ރީހާނާއި ދުރަށް ޖެހިލައިފައި ރޭނާ ވާހަކަ ދެއްކިއެވެ. ރޭނާ އެތައް ވާހަކައެއް ދެއްކިއިރުވެސް މެހެކް އަނގައިންވެސް ނުބުނެއެވެ. ނަމަވެސް އޭނާ އަޑުއަހާކަން އެނގޭތީ ރޭނާ ވާހަކަ ދެއްކީއެވެ. ހީވާ ގޮތުން މެހެކް އޭނާ ދެއްކި ވާހަކަތަކާއިމެދު ވިސްނަނީއެވެ.
އެތައް ވާހަކައެއް ދެއްކުމައްފަހު ރޭނާ ދިޔައީ މެހެކް ފުން ވިސްނުމެއްގެ ތެރެއަށް ވައްޓައިލައިފައެވެ. މައިންބަފައިންނަށް ޓަކައި ހަމަ ލޯތްބާއި ދުރަށް ދާންވީ ހެއްޔެވެ. ނޫނީ އަދިވެސް މިކައިވެނި ހުއްޓޭނޭ ގޮތެއް ވޭތޯ ބަލަންވީ ހެއްޔެވެ.
އަޒެލްއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދަމުންދިޔަ އެލައިޝާއަށް އެކަން ކާމިޔާބުވާގޮތް ނުވީ ފަހަރަކު މީހަކުގޮސް އަޒެލްއާއި ވާހަކަދައްކަމުންދާތީއެވެ.
“ކާކުތަ ތިހޯދަނީ މާވަރަކަށް.. އަހަރެންތަ..” ފަހަތުން އިވިގެން ދިޔަ ދަންނަ އަޑާއިއެކު އެލައިޝާ ފަހަތަށް އެނބުރިލިއެެވެ.
13 Comments
Comments are closed.
So typical luv story… blackmail n ol that…. mihaaru mi site ga liyaa gina vaahaka thakuga vany ehn…. Abadhu vx bestfrnd ge happiness ah visnaa own happiness sacrifice kurun onnany…. Which has only 10% chance to happen in world…. Y dnt make it little bit realis… Dnt take this as negative commnt… anyways ,yuh hv a grt writting skill…. Wish yuh luck….
Hello Shaish ??.. Varah varah reethi mi part vx… Next part avahah genesdhehchey ??.. Keep up the good work..
❤Thank yuh Shifoo
Insha Allah next part on Sunday ?
Thankx
Its not a story like that story nimen dhn kiyaalaa and see bestfrnd ah takaa amilla happiness sacrifice kureythw?i
V rythi story ☺ keep it up ❤
❤Thanks Firoo ?
Ehaaa gina dhuvas khfa up kuri iruvx haadha kurey..dhn avahah upkhbala…maagina dhuvas khfa upkuraathee story vx hunnany handhaan nethey goii vefa..avahah up khbala.. anyway Story hama nice
Sorry Mihxuhan
Hama time nuvaathy
.. nuliyeveny dhigukoh
Next part varah sundayga up kohdheveythw balaanan ingey ?
Ok shaish..hama story reethi kamun dhn vaane gotheh balan keii nukurevign bunely..story hama perfect..love this story???
❤Thank yuh Mixuhan
Shaish” sissy” okay tha
Yeah
Kiyas if u r a girl tell the answer plxxx