Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީވެ ހަޔާތުން

Amaya Level 1
January 18, 2018 2 Mins Read
7 Comments

މާޒް އަދިވެސް އެއްފަހަރު މަގުމައްޗަށް ބަލާލިއެވެ. އަދިވެސް ޔާނާއެއް ނުނިކުމެއެވެ. މިހާރު ފަނަރަ މިނެޓް ވެއްޖެއެވެ. އަސްތާއެވެ. އެ ނިކުތީ ޔާނާއެވެ. އޭނާގެ ހިތުގެ މަލިކާއެވެ. ކަޅު ކުލައިގެ ޓޮޕަކާއި ހުދުކުލައިގެ ޖިންސެއްގައި ޔާނާ ފެންނައިރު ހީވަނީ ހޫރު ޕަރީއެއްހެންނެވެ. މާޒް ހިނިތުންވެލިއެވެ. މާޒް އަށް ޔާނާ ފެނުނީ އޭނާ ގެ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީންނެވެ. ޔާނާ ފުރަތަމަ ފެނުމާ އެކުވެސް މާޒްގެ ހިތުގައި ޔާނާއަށް ކަނެއްދެވުނެވެ. ޔާނާގެ ފުރިހަމަކަމާ ސާދާ މިޒާޖުގެ ސަބަބުންނެވެ. އޭނާގެ ލޯބި ހިނިތުންވުންތަކާއި އެސިއްރު ބެލުންތަކުން މާޒްގެ ހިތް ޔާނާއަށް ދެވިއްޖެއެވެ. ޔާނާގެ ހިޔާލުގައި ނުނިދިފައި އޮވެވެން ފަށައިފިއެވެ. އަބަދުވެސް ހަދާންވަނީ ޔާނާގެ ރީތި މޫނާއި އެ ތޫނު ނަޒަރުތަކެވެ. އެންމެފަހުން މާޒް އަށް ކެތްނުކުރިވެގެން އަތުފުނާ އަޅައިގެން ޔާނާގެ ނަމްބަރު ހޯދިއެވެ. އަދި ޔާނާއަށް އޭނާގެ ހާލަދު ބަޔާންކޮށްދިނެވެ. މާޒްގެ ތަޢުރީފުގެ ބަސްތަކާއި ފަށުވި އިބާރާތްތަކުން ޔާނާގެ ހިތަށްވެސް އަސަރުކުރިއަވެ. އަދި ދެމީހުންގެ ގުޅުމަށް އާބޮޅެއް އިތުރުވީއެވެ. މިހާރު އެއީ ދެލޯބިވެރިންނެވެ. މާޒް ޔާނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ހުރިހާ ކަމެއްވެސް ކުރަނީ ޔާނާ ބުނާ ގޮތަށެވެ. ޔާނާ ހިތް އެދޭގޮތަށެވެ.

ދުވަސްތަށް މަސްތަކަށް ބަދަލުވަމުން ގޮސް މިއަދަކީ އެދެ ލޯބިވެރިންގެ ގުޅުމަށް 5 މަސްވީ ދުވަހެވެ. މާޒް އާއި ޔާނާ ތިބީ “ސީހައުސް”ގެ ހިތްގައިމު މާހައުލްގައެވެ. ކާނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު މާޒް ޔާނާ އަށް ބަލާލިއެވެ. ކަނޑުން އަންނަ މަޑުމަޑު ފިނި ވައިރޯޅި ޔާނާގެ އިސްތަށިގަނޑާއި ކުޅެމުންގެންދެއެވެ. ޔާނާ އިރުކޮޅަކު ވިސްނަން އިނދެފައި ވަރަށް ފަރުވާތެރިކަމާއި އެކު ބުންޏެވެ. މާޒް…. އަހަރެންގެ ބެސްޓް ފްރެންޑް ވަރަށް ބަލި.. މާދަމާގެ ފްލައިޓުން އަހަރެން ލަންކާއަށް ދާން ޖެހިއްޖެ…….. އަހަރެން މާޒް މަތިން ވަރަށް ހަދާންވާނެ. ޔާނާގެ މަޖްބޫރީ ހާލަތު ފެނުމުން މާޒްގެ ހިތުގައި ޖެހުނެވެ. އެންމެ ވަގުތުކޮޅަކަށްވެސް ޔާނާ އޭނާގެ ލޯމަތިން ގެއްލޭކަށް މާޒް ނޭދެއެވެ. ނަމަވެސް ޔާނާ އަށް އޭނާ އިތުބާރު ކުރެއެވެ.

ޔާނާ ފުރައިގެން ދިޔަތާ މިވީ ދެމަސް ދުވަހެވެ. އަދިވެސް ޔާނާގެ އެއްވެސް ހަބަރެއް ނުލިބެއެވެ. ޔާނާ ބުނެފައި އޮތީ އޭނާ ގޮސް ގުޅާނެ ކަމަށެވެ. މާޒްއަށް ކޮންމެ ދުވަހެއްގެވެސް އިރުއަރަނީ ޔާނާގެ އަޑުޖެހޭނެ ކަމުގެ އުއްމީދުގައި ހުއްޓައެވެ. މާޒް އެދުގައި އޮށޯވެގެން އޮވެ ވިސްނުމުގެ ކޯރަކަށް ގެނބިގަތެވެ. ޔާނާ އަށްވީ ކިހިނެއްބާއެވެ…. ޔާނާ އަނެއްކާ އޭނާ މަތިން ހަނދާން ނެތުނީހެއްޔެވެ. މާޒްގެ ހިޔާލީ ދުނިޔެއިން ބޭރުވީ މީހަކު އޭނާގެ ކޮޓަރީގައި ޓަކި ޖަހައިލުމުންނެވެ. މާޒް ކަންނެތް ފިޔަވަޅުތަކަކާއި އެކުގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ނިޔަނެތި މަންމައެވެ. މަންމަ ދިއްކޮށްލީ ސިޓީ އުރައެކެވެ. މާޒްގޮސް އެނދުގައި އިށީންދެ އެސިޓީ ކަނޑާލައިފިއެވެ.

އެއީ ވެޑިން ކާޑެކެވެ. މާޒްގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެކެވެ. އަދި ދެލޯ ބޮޑުކޮށްގެން ކާޑުގެ ފުރަތަމަ ގަޑުގައި ފެވިފައިވާ އިބާރާތް އަދި އެއްފަހަރު ކިޔާލިއެވެ. “ފަވާޒް ވެޑްސް ޔާނާ”. ކާޑު ބާއްވާފައި އުރަތެރޭގައި އަދި ގަނޑު ކޮޅެއް އޮތްހެން ހީވެގެން ސިޓީ އުރަތެރެ ބަލާލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ފޮޓޯ އަކާއި އެކު ކުޑަ ގަނޑުކޮޅެއްވެސް އުރަތެރޭގައި އަދިއޮތެވެ. ފޮޓޯ އަށް ބަލާލުމާއި އެކު އަނެއްކާވެސް މާޒް އަށް ލިބުނީ ހައިރާންކަމެކެވެ. ފޮޓޯ ގައި ވަނީ ޔާނާ އާއި ސުނައިނާއެވެ. ތިރީގައި ބެސްޓް ފްރެންޑްސް ފޯ އެވަރ އޭ ލިޔެފައި ވެއެވެ. މާޒް އަވަސް އަވަހަށް ނޯޓްކޮޅު ކިޔާލިއެވެ. މާޒް އަށްވެސް މިހާރު ހަޤީޤީ ލޯބިވާ މީހަކު ތިމާއަށް އޮޅުވާލާ  ދެރައެއް ދިނުމުން ލިބޭ ދެރަ އިހްސާސްވާނެ. އަހަރެންގެ އުއްމީދަކީ މާޒްވެސް ސުނައިނާގެ ކިބައިން މަޢާފަށް އެދުން. އަހަރެން އެއްއިރެއްގަވެސް މާޒްދެކެ ލޯއްބެއް ނުވަން. އެއީ މާޒްވެސް ސުނައިނާގެ ދެކެ ހަޤީޤީ ލޯބި ނުވިފަދައިންނެވެ.

(ނިމުނީ)

Share Article

Follow Me Written By

Amaya

Level 1

Other Articles

Previous

ހިތާ ފުރާނައިން… (11)

Next

އިންތިހާ ހަތަރު ވަނަ ބައި

Next
January 18, 2018

އިންތިހާ ހަތަރު ވަނަ ބައި

Previews
January 18, 2018

ހިތާ ފުރާނައިން… (11)

7 Comments!

  1. im says:
    January 18, 2018 at 3:00 pm

    Yey me first
    Vara salhi mi stroy

    1. Amaya says:
      January 20, 2018 at 11:49 am

      Thank you

  2. Zuam says:
    January 18, 2018 at 4:23 pm

    Nice

    1. Amaya says:
      January 20, 2018 at 11:51 am

      Thank you

  3. Sana says:
    January 19, 2018 at 11:39 am

    Varah reethi me vaahaka
    When next story?
    Best of luck

    1. Amaya says:
      January 20, 2018 at 11:55 am

      Thank you…more stories are yet to come Insha Allah.. hope you will enjoy my next story too..

  4. Aathi says:
    February 10, 2018 at 3:45 pm

    Salhi. Keep it up

Comments are closed.



All Right Reserved!