ހަމަހިލާ އެކަކުވެސް އެރޭ ލޮލު ފިޔައެއް ނުޖަހައެވެ. އެންމެންގެ ހިޔާލުގައިވެސް ވަނީ ޔުޝްރާއާއެކު ހޭދަކުރެވިފައިވާ ވަގުތު ތަކެވެ.
**********************************
އަނެއް ދުވަހު އެރި އިރާއެކު އެންމެން ތައްޔާރުވަމުން ދިޔައީ ރާއްޖެ ދާންށެވެ. ދެން އިތުރަށް އެތާ ތިބުމުގެ ބޭނުމެއް ނެތީމައެވެ. އެކަކުވެސް ބޭރު ފުށުން އެއްވެސް އަސަރެއް ދައްކާ ނުލާ ތިއްބަސް އެންމެންނަށްވެސް ޔުޝްރާ ނެތުމުން އެކަމުގެ ފަޅުކަން އިހްސާސް ވަމުން ދިޔައެވެ.
“މިހާރު ޗެކިން ފެށެން ވަގުތު ކުޑަތަން ވެއްޖެ. އަވަހަށް އާދޭ އެންމެން.” އަރްމާން އެންމެންނަށް ގޮވަމުން ނިކުތީ އެހެން މީހެއްގެ މާ ބޮޑު ފަރުވާލެއް އެކަމަށް ނެތީމައެވެ.
އަރްމާން ގޮވާލުމުން އެންމެންވެސް ކޮޓަރިން ނިކުތެވެ. އަދި އެމީހަކު ފޮށި ދަމާފައި ދިޔައިރުވެސް ހީވަނީ މީހަކު އެމީހުންގެ ބޮލުގައި ބަޑި ބަހައްޓާފައި ހުރި ހެންނެވެ.
އެންމެން އެޕާރޓްމެންޓުން ނިކުތުމުން އަރްމާން އެތަން ތަޅުލާފައި އަވަހަށް އެތާގެ ވެރި މީހައަށް ތިޅުދަނޑި ދީފައި ދާން ހިގައިގަތެވެ.
15 ވަރަކަށް މިނެޓް ފަހުން އެމީހުންނަށް އެއާރޕޯޓްއަށް ދެވުނެވެ. އެންމެން ޗެކިން ފެށުމުން ޗެކިން ވެލައިގެން އިށީނދެ ތިބީ ބޯރޑިންއަށް ގޮވާނެ އިރެއްގެ އިންތިޒާރުގައެވެ.
އެގޮތަށް ހޭދަވި 45 މިނެޓްގައި އެކަކު އަނެކަކާ އަނގައިން ބުނެނުލާތާގައި އެހެން މީހަކާ ހަތަރު ކަޅިވެސް ހަމަ ނުކޮށްލައެވެ.
ހީވާ ގޮތުން އެކަކު އަނެކަކާ ހިތާމަ ފޮރުވަނީއެވެ.
ފްލައިޓަށް އަރަން ގޮވުމުން އެންމެން ފްލައިޓަށްވެސް އެރީ ހިތާމައިގެ ސާލެއް އޮޅާލައިގެންނެވެ.
5 ގަޑިއިރުގެ ދަތުރެއް ކުރެވުނު އިރުވެސް އެކަކުވެސް ފޫހި ނުވާ ކަހަލައެވެ. އެކަކުގެ އަގައިންވެސް ބަހެއް ބޭރު ނުވެއެވެ.
ފްލައިޓް ލޭންޑް ކުރިކަންވެސް އެނގުނީ އަރްމާން އައިސް ބުނުމުންނެވެ. ކިރިޔާވެސް ހިތަވަރެއް ހުރީ އަރްމާންއެވެ. އޭނާ ހިތްވަރުން އެހެން އެންމެން ހަމައަކަށް އަޅުވަން އަރްމާން އަޒުމް ކަނޑައެޅިއެވެ.
ގެއަށް ދެވުމުން ކޮންމެ މީހަކުވެސް ބޭނުންވީ ކޮޓަރިއަށް ވަންނާށެވެ.
އެންމެ ހާލު ދެރައީ ޔުއާންއެވެ. ކޮޓަރިއަށް ވަދެވުމާއެކު އެނދުމައްޗަށް ވެއްޓިގަނެ ރޯން ފެށިއެވެ. އެއީ އެމަންޒަރު ފެނުން މީހަކުވެސް ހިތް ފަޅައިގެން ދާހައި ހިތްފަޅައިގެން ދާހާ ހިތްދަތި މަންޒަރެކެވެ.
ބޮޑުވެފައިވާ ފިރިހެނަކު އެގޮތަށް ރޯ މަންޒަރަކީ ވަރަށް ހިތްދަތި މަންޒަރެއްކަން ޔަގީނެވެ.
ހަފްތާއެއް ވެތުވެގެން ދިޔައިރު އެންމެންވެސް މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ.
ނަމަވެސް ޔުއާން އަދިވެސް ހަމައަކަށް ނޭޅެއެވެ. މިހާރު އެކަނިވެރިކަމަކީ ޔުއާންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ޔުއާން މިހާރު ބަރާބަރަށް އޮފީހަށް ދެއެވެ. މުވައްޒަފުންނަށް ފެންނަނީ މުޅިން ބަދަލުވެފައިވާ ޔުއާންއެކެވެ. ކުރިން އެ މޫނުގައި ނުފިލާ ހުންނަ ހިނިތުންވުމުގެ ބަދަލުގައި މިހާރު ފެންނަނީ ހަރުކަށި ކަމެވެ. މި ބަދަލުން އެންމެންނަށްވެސް ޔުއާން ޔުޝްރާ ދެކެ ލޯބިވާ މިންވަރު އެނގިގެން ދިޔައެވެ.
ޔުއާން އަދި އަފްރީންގެ ގުޅުން ހީނަރުވަމުން ދިޔައިރު އަރްމާން އަދި އައިރީންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ކުރި އަރަމުންނެވެ.
ކޮންމެ ދުވަހެއްގެ އިރު އޮއްސޭ މަންޒަރު ބަލަން ދިއުމަކީ މިހާރު އަރްމާންއާއި އައިރީންގެ އާދައަކަށް ވެއްޖެއެވެ. ކޮންމެ ރެއަކު އެތައް ދަމެއް ވަންދެން ފޯނުން ވާހަކަ ދައްކައެވެ. އަދި އެހާވަރަށް މެސެޖްވެސް ކުރެއެވެ.
އަފްރީންވެސް ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނިކުންނަށް ފެށިއެވެ. އަފްރީންގެ ހިތަށް ޔުއާންގެ ދުރުކަމުން އަސަރު ކުރަމުން ދިޔަ ނަމަވެސް އެކަން ފޮރުވަމުން ދިޔައީ ޔުއާންއަށް އަދި ވަގުތު ބޭނުން ވާނެކަން އަފްރީންއަށް އެނގޭތީއެވެ. އަދި މަޑުމަޑުން ހުރިހާ ކަމެއް ރަނގަޅު ވާނެތީއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް 6 މަސް ވީއެވެ. ޔުއާންގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަފްރީންއަކީ ޔުއާންގެ ލޯބިވެރިޔާ ކަމުގައި ޔުއާން ހަނދާންވެސް ނުހުންނަ ކަހަލައެވެ. މިހާރު އަފްރީންއާއި އަގައިން ބުނަނީވެސް މީހުން ތިބޭ ތަންތާނގައެވެ.
އަފްރީން އަދިވެސް އިންތިޒާރު ކުރަމުން ދިޔައީ ޔުއާންއަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހަކަށެވެ.
އާސިމާގެ އެތައް އާދޭހަކަށް ފަހުގައި މިއަދު މީ އައިރީން އާސިމާ ކައިރިއަށް ގެންނަ ދުވަހެވެ. އާސިމާއަށް އަރްމާން އައިރީންގެ ފޮޓޯއެއް ދައްކާލާފައި ވީނަމަވެސް އާސިމާ ބޭނުންވަނީ ވާން އުޅޭ ޅީ ދަރި ހަމަ ލޮލުން ދެކިލާށެވެ.
އައިރީން އަންނަށް ވާއިރަށް އާސިމާ އަދި އަފްރީން ވަނީ މީރު އެއްޗެއް ހަދާލާފައެވެ. އަފްރީން އެންމެ ދެކެން ބޭނުންވަނީ ޔުއާންވެސް އެފަދަ ގޮތަކަށް އެގެއަށް އަންނާނެ ދުވަހަކަށެވެ. ނަމަވެސް މިހާރު ކަންތައް ހިނގަމުން ދާ ގޮތުން އެއީ ވެދާނެ ގޮތެއް ކަމަށް ޚުދު އަފްރީންއަށްވެސް ޝައްކެވެ. އެހެނަސް އަފްރީން އުންމިދު ކުރަނީ ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅުމެވެ.
އަފްރީން ސިޓިން ރޫމްގައި ހިޔާލަކަށް ގެއްލިފައި އިންދާ އަރްމާން ފަހަތުން އައިސް އަފްރީން ކަންފަތް ބުޑުގައި ހަޅޭއް ލަވައިގަތެވެ. އަފްރީން ސިހިގެން ދިއުމުން އަރްމާން ބަނޑުގައި އަތް އަޅައިގެން އޮވެ ހޭން ފެށިއެވެ. އަފްރީން އަރްމާން ދެކެ ރުޅިއައިސްގެން ޖަހަން އަތް މަޅާލިއިރު ފަހަތުގައި ހުރި އައިރީން ފެނި އަފްރީން ރަކިވެގެން ދިޔައެވެ.
އަދި އަވަސްއަވަހަށް ނޫން ކަމަށް ހަދާލާފައި އަތް ތިރި ކޮށްލިއެވެ. އަދި އައިރީން ގާތުގައި އިށީންނަށް ބުނެފައި އާސިމާއަށް ގޮވާފަ އަންނާނެ ކަމަށް ބުނެފައި މައްޗަށް އަރަން ހިނގައިގަތެވެ.
އޭރުވެސް އަރްމާންއަށް ހަމަ މަޖާވެގެން ހެނީއެވެ. މިކަމާ އައިރީންވެސް އިނީ ހީލަހީލައެވެ. އެކަކު އަނެކަކާ ގުޅޭ ރަނގަޅު އާއިލާއެއް ލިބުނީތީ އައިރީން ވަރަށް އުފާވެއެވެ.
އާސިމާ ތިރިއަށް ފޭބުމުން އަރްމާންވެސް އަވަހަށް ހުނުން ހުއްޓާލާފައި އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
އެކިއެކި ވާހަކަ ދެކެވެމުން ގޮސް އައިރިންވެސް ވަރަށް އަވަހަށް ލަދު ފިލާ ގޮއްސިއެވެ. މާ ލަސްވާން ފެށުމުން އާސިމާ އެދުނީ ކާން ދާށެވެ. އެހެނީ މިއަދު އާސިމާ އާއި އަފްރީންވެގެން ހުރީ ހާއްސަކޮށް އައިރީން އަންނާތީ މީރު އެއްޗެއް ހަދާފައެވެ.
މަޖާ އުފާވެރި މާހައުލެއްގައި އެންމެން ކައި ނިންމާލިއެވެ. ކައިގެން އައިރީންވެސް ގެއަށް ދާން ބޭނުންވީ ގޭގައި މަންމަ އެކަނި އިންނާނެ ކަމަށް ބުންމުންނެވެ.
އަދި އަންނަން ވާނެ ކަމަށް ބުނަމުން އާސިމާވެސް އައިރީން އަވަހަށް ފޮނުވާލީ ވަރަށް ލަސްވެފައި ހުރުމުންނެވެ.
އަފްރީންވެސް އަވަހަށް ކޮޓަރިއަށް ވަނީ ނިދާށޭ ކިޔާފައެވެ. ނަމަވެސް ނިދީގެ ކަންފުޅެއްވެސް އެދެލޮލުގައި ނެތެވެ. ޔުއާންއޭނައާއި ދުރުވި ފަހުން އެންމެ ރެއަކުވެސް އަފްރީން ހަމަ ނިދި ނުނިދައެވެ. މިރޭވެސް އަފްރީން އެތައް ދަމެއް ވަންދެން ރޯން އޮތެވެ. އެހިތަށް މިހާރު ލެތް ކުރަން އުދަނގުވާވަރު ވެއްޖެއެވެ.
އަރައިގެން އައި އިރާއެކު އަފްރީން ތައްޔާރުވަމުން ދިޔައީ ހޮސްޕިޓަލަށް ދާށެވެ. އެމަޖެންސީވެގެން ގުޅުމުން ދެން އަފްރީން ނިންމީ އަވަހަށް އޭނާގެ އަސްލު ޑިއުޓީ ގަޑިއަށާއި އެއްކޮށް ތައްޔާރުވެގެން ދާށެވެ.
މިހާރު އަފްރީންވެސް ސައިކަލު ދުއްވާތީ އަރްމާއަށް ކޮންމެ ގަޑިއަކު އަފްރީން ލާން ދާކަށް ނުޖެހެއެވެ. އަފްރީން އާދައިގެ ވަރަކަށް ވުރެ ބާރަށް ސައިކަލު ދުއްވާލީ މީހަކު މާ ސީރިއަސްވެގެން ގުޅުމުން ލަސް ކުރަން ބޭނުން ނުވާތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



First??
Haadha kureyy ekam ?????
busy kamun vaguthu nuwany.. ehnve kury
Wow…. varah reethi…. bt varah kuru….
thank you..
Haadha lass vaney Keyvatha
liyaane vaguthu nuwany.. vaguthu vee varakun hama eba liyan
Mee ten wana part repeat vefa ehnoontha
repeat eh noon..
rangalhah balaalaa
Nice
thank you
Mee vaahaka eh ge copy eh..kudakoh thafaath kohfa mi huree
Aharemennakah neyngeynege liyuntheriyaa vaahaka liyany copy kohgn kameh nooney amihla hiyaalun kameh..
Hiyaalu ehgoeh dhemyhunnah eh gothah vaahaka liyewumaky ekasheegen vaa kameh.
So kamuge thedhu dhogu nubalaa thi faadu ehchehi bunumaky adhi Emme kamudhaa gotheh noon
Yaa that’s wright…?
alhugand nukiyan mihen vaa vahak eh kurinneh..
I don’t know dhn
Urrrrrghhh…??
Sorry to say this… Ekamu Story mihaaru vvv foohi… Ehaa interesting eh noon… and ehaa lahun up kuri iru ves ehaa kuru koh thi up kuree… Thi gothah vanyaa kiyuntherin disappoint vaane dhw… Vaahaka feshigen ai iru varah kiyaa hithun kee.. But now mi vaahaka varah vai vejje… ?
Btw how old are you??
Hama ahaaly ingey..
Anyways… All the best …
Kuri ah oi thaa rangalhu vaane kamah ummeedhu kuran.. ?
sorry shiyaa.
eh vx varakah kiyun therin disappoint kuraakah noon ekm vaguthu nuwanyaaa kuraane kameh neh. las vaaathy kurukoh viyas up kohdhiny
I am 16
thank you
rangalhu kureweythw balaanan hama veevarakun
Story Reethi..?
But I think you can write better than this..?
Negative koh nunagahche..?
Just Wanna see some improvements from you… ?
All the best dear..?❤✨✨
thank you..
I will try to improve..
thigothah hiyvaru dhenyya improve vaane hen heevey
thank you again..
that’s a positive comment a read in a while