Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާވީސްވަނަ ބައި)

މި މަންޒަރުތައް ބަލަން ދޮރުކައިރީގައި ހުރި މާހިރަށް، ދޮރުކަނީގައި ބޯ ޖައްސާލެވުނީ، ހިތަށް ފުންއަސަރުތަކެއް ކުރުމުންނެވެ. ގާތުގައި ހުރި ޑަކްޓަރު އޭނާގެ ކޮނޑުގައި އަތް ބާއްވާލީ، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެވަގުތު އެ ކޮޓަރިތެރޭގައި ތިބި ނަރުސްކުދިންގެތަކުގެ އިތުރުން ޑަކްޓަރުގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވާފައިވަނީ، އެ ކުޑަކުޑަ ޢާއިލާއަށް ދިމާވެފައިވާ ހިތްދަތިކަމުގެ ސަބަބުންނެވެ. އެއިން ކޮންމެ މީހެއްގެ ހިތުގައި އެ ޢާއިލާއަށްޓަކައި ޙަމްދަރުދީ އުފެދިފައިވެއެވެ.
__________________________________

މެހެރީން ނިޔާވި ޚަބަރުވީ ރަށުގައި ތިބި މިޝްޔާމެންގެ އެކުވެރީންނަށްވެސް ހިތްދަތިކަން ގެނުވި ޚަބަރަކަށެވެ. މެހެރީންއަކީ، މިޝްޔާމެންނެކޭ އެއްފަދައިން އެ ކުދިންވެސް ވަރަށް ގާތްކޮށްގެން ގެންގުޅޭ މީހެއްކަމުން، އެ ކުދީންގެ ހިތުގައި މެހެރީންއަށް ވަނީ ޚާއްސަ ދަރަޖައެއް ދެވިފައެވެ. މީގެ އިތުރުން، މިޝްޔާމެންގެ ހިތާމައިގައި އެންމެ ގާތުން ބައިވެރިވެ، މިޝްޔާމެނަށް ހިތްވަރުދޭން އެކުދިން ނުހަނު ބޭނުންވިއެވެ. އެހެނަސް، ސްކޫލަށް ދާންޖެހުމުގެ ސަބަބުން އެ ކުދިންނަށް މެހެރީންގެ ޖަނާޒާގައި ބައިވެރިވެވޭ ގޮތް ނުވީއެވެ.
********************

މެހެރީންގެ ޖަނާޒާގެ ކަންތައް ނިމުމުން މާހިރުގެ ދެބަފައިން ގެއަށް އައިއިރު މިޝްޔާ އިނީ ބޮޑުކޮޓަރީގައި ހުރި ސޯފާގައެވެ. އޭނާގެ ގާތުގައި ބޮޑުދައިތަ މަރީނާ ނޫޑްލްސް ތަށްޓެއް ހިފައިގެން އިނީ އޭގެއިން އެތިކޮޅެއް މިޝްޔާއަށް ކާންދެވޭތޯއެވެ. އެހެނަސް، މިޝްޔާ އަޅާވެސް ނުލާ އިންއިރު، މަރީނާ އެއްޗެއް ކިޔާހެންވެސް އޭނާއަށް ހީނުވެއެވެ. މިޝްޔާ އިންގޮތް ފެނި މާހިރުގެ އިތުރުން މިޝަލްގެ ހިތަށްވެސް އަސަރުކުރިއެވެ. އެއްވެސް ޙަރަކާތެއްނެތި ހުއްޓުން އަރާފައި އިންއިރު، ދާދި ފަހަކާއި ޖެހެންދެން އެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަކަށް ވަނީ ހުއްޓުމެއް އައިސްފައެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލުގައި އަދިވެސް ކަރުނައިގެ އަސަރު އެކުލެވިފައެވެ. ދިގު އެސްފިޔަތަކުގައި ތެތްކަން އެކުލެވިފައިވާއިރު އެސްފިޔަ ޖަހަމުން ދިޔައީވެސް ލަސްލަހުންނެވެ. ގިނައިރު ރުއިމުގެ ސަބަބުން އިރުއިރުކޮޅާ ގިސްލެވެއެވެ.

އިރުކޮޅަކު، ދޮރުމަތީގައި މިޝްޔާއަށް ބަލަން ހުރެފައި މާހިރު އެތެރެއަށް ހިނގައިގަތުމުން، އޭނާގެ ފަހަތުން މިޝަލްވެސް އެތެރެއަށްވަނެވެ. ދެބަފައިން އައުމުން މަރީނާ އެއްފަރާތްވެލީ، އެމީހުންނަށް ތަންދެމުންނެވެ.

“ދަރިފުޅާ……” މާހިރު ލޯތްބާއިއެކު، އެހެނަސް، ހިތްދަތިވެފައިވާ އިނދެ މިޝްޔާގެ ބޮލުގައި ފިރުމާލިއެވެ. މިޝްޔާ އެސްފިޔަތައް ތަޅުވާލި ނަމަވެސް ބަލައެއް ނުލައެވެ. މިޝަލް، މިޝްޔާގެ އަތްތިލަ އޭނާގެ ދެއަތްތިލަ ދޭތެރެއަށްލައި ފިއްތާލުމުން މިޝްޔާ ބަލާލިއެވެ. އެހެނަސް، އެދެލޮލުގައި އެއްވެސް ފަރުވާތެރިކަމެއް ނެތެވެ. މިޝަލަށް ބަލާލުމަށްފަހު، ކުރިންވެސް އިންގޮތަށް އިނީއެވެ. މިޝްޔާއަށް މިއައި ބަދަލުން މާހިރުގެ ދެބަފައިން ކަންބޮޑުވިއެވެ. އެހެންކަމުން، ދެބަފައިން ބެލީ ވީހާވެސް ގިނައިން މިޝްޔާއާއި ވާހަކަދައްކައިގެން އޭނާ ހަމައަކަށް އެޅުވޭތޯއެވެ. އެހެނަސް، އެދެވޭ ނަތީޖާއެއް ނުފެނުމުން ދެބަފައިން ނިންމީ، ނަފްސާނީ ޑަކްޓަރަކަށް މިޝްޔާ ދެއްކުމަށެވެ.
********************

“އެއްފަހަރާ ދެ ހިތާމަ ލިބުމުން ހިތަށް ކެތްނުވުމުގެ ސަބަބުން ޝޮކެއް ލިބިފައި އެ ވަނީ…. މިޝްޔާއަށް ލިބުނު ޝޮކްގައި އޭނާ އެ އިންނަނީ މިއުޓްވެފައި….. މި ޙާލަތުގައި އޭނާއަށް އެހެންމީހުންގެ އެހީތެރިކަމާއި، އެއްބާރުލުން ވަރަށް މުހިންމު…. މިޝްޔާގެ ހިތްހަމަ ޖައްސައިދީ އުފާވާކަހަލަ ކަންތައް ގިނަގިނައިން ކޮށްދޭންޖެހޭނެ…. ދެރަވެ، ހިތާމަ ކުރާވަރުގެ ޚަބަރެއް ދީފިއްޔާ މިއަށްވުރެވެސް ނުރައްކާވެދާނެ…. އެހެންވީމަ، މިކަންކަމަށް ވަރަށް ސަމާލުކަން ދޭންޖެހޭނެ….” ޒިކާނަށް ދިމާވި ހާދިސާއާއި މެހެރީން ނިޔާވި ވާހަކަ، މިޝަލްމެން ޚިއްސާކުރުމުން ޑަކްޓަރު ބުނެދިނެވެ. އަދި ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު މިޝްޔާ ދެއްކުމަށްވެސް އެދުނެވެ.
********************

މެހެރީން ނިޔާވުމާއި، ޒިކާން ގެއްލުމުގެ ސަބަބުން، މިޝްޔާއަށް ލިބުނު ޝޮކްގެ ޚަބަރުވީ، ޝިއުރީމެންނަށް ފުން އަސަރުތަކެއް ކުރުވި ޚަބަރަކަށެވެ. އެކަމާއި، ދެރަވެ އެކުދިން ކަރުނައަޅާ ރުއިވަރު މާތް ﷲ ދެނެވޮޑިގަންނަވާނެއެވެ. އެކުދިން ހަމައަކަށް އެޅުނީ ދެތިންދުވަސް ފަހުންނެވެ.
********************

ތިން ކުދިން ޝިއުރީގެ ކޮޓަރީގައި ތިބީ ޝައިމަންގެ ކައިވެނީގެ ފޮޓޯތައް ލިބުމުން، ޝިއުރީގެ ލެޕްޓޮޕުން އެ ބަލާށެވެ. އެ ފޮޓޯތައް ބަލަން ގަޔާވެފައި ތިބިއިރު، ފޮޓޯތަކަށް ފާޑުކިޔަމުންވެސް ދިޔައެވެ.

“ދެންމެ ދިޔަ ފޮޓޯއަށް އަލުން ދޭބަލަ….” ލޮލަށް ފެނުނީ ރަނގަޅަށްތޯ ޔަޤީންކޮށްލަން ބޭނުންވުމުން އަޔާނީއަށް ބުނެވުނެވެ. އަދި ޝިއުރީ އެ ފޮޓޯއަށްލުމުން، އޭނާގެ އަތުން ލެޕްޓޮޕް އަތުލުމަށްފަހު، ދެލޯ ގާތްކޮށްލަމުން ބަލާލިއެވެ.

“މީ ކޮންކަމެއް….؟؟؟” ޝަނާޔާއާއި ޝިއުރީ އެކުގައި ނަގާފައިވާ ފޮޓޯއެއް ދައްކާލަމުން އަޔާނީ އަހާލިއެވެ.

“ކިހިނެއްވީ…؟؟؟ އަހަރެންނާ ދޮންތައާއި އެކީގަ ފޮޓޯއަކުން ފެނުނީމަތަ ހަމަ ތިހާ ހައިރާން ތި ވީ….؟؟؟؟؟” އަޔާނީ މޫނަށް ޖައްސާލައިގެން އިން ވައްތަރު ފެނުމުން ޝިއުރީގެ ގާތަށް ހިނިއައެވެ.

“ޕިސް… ތި ދެމީހުންނެއް ނޫނޭ….. މިތިބަ ދެމީހުން މި ދައްކަނީ….؟؟؟؟” ޝިއުރީއަށް އޭނާ ދެއްކި މަންޒަރު ނުފެނުމުން، ވީހާވެސް ބޮޑަށް އެ ފޮޓޯ ޒޫމްކޮށްލުމަށްފަހު، ދައްކާލީ، އެދެމީހުންގެ ފަހަތުން ފެންނަން ތިބި ނަހީކާއި ރިޝްމީއެވެ. ދެމީހުން މޭޒެއްގެ ދޮށުގައި އޮލަވާހަކައެއްގައި ތިބިތަނެވެ.

“އެ ތެދެއް…. އެއީ ކޮންކަމެއް….؟؟؟؟” ޔަލްވީވެސް ބޯ އަރިކޮށްލައިގެން އިނދެ އެ ފޮޓޯއަށް ބަލާލަމުން ހައިރާންވެފައި ސުވާލުކޮށްލިއެވެ. ލިބުނު ހައިރާންކަމަށްވުރެ، ބޮޑު ހައިރާންކަމެއް ލިބުނީ ޝިއުރީ ހޭންފެށުމުންނެވެ. ދެކުދިން ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން އިނުމުން ހިނިގަނޑު މަތަކޮށްލިއެވެ.

“އެދެމީހުން އެއްކޮށް ތިއްބާ ފެނުނީމަ ފުރަތަމަ އަހަންނަށްވެސް ތި ކަހަލަ ހައިރާންކަމެއް ލިބުނު…. ފުރަތަމަ ޝައްކުވެސް ކުރެވުނު… އެކަމަކު، އެއީ ކުރިންވެސް އެކުވެރިންކަން އެނގުނީމަ، ފަހުން ޝައްކު ފިލައިދިޔައީ…. މިރަށުގައި ރިޝްމީގެ އެކުވެރިއެއްވެސް ނުހުންނާނެއެއްނު…. އެހެންވީމަ، ދެން ވާހަކަވެސް ދައްކާނީ ދަންނަމީހަކާތާ ދޯ…..” އެކަން މާބޮޑުކަމަކަށް ނުހަދާ ޝިއުރީ އެހެން ފޮޓޯތައް ބަލަން ފެށިއެވެ.

“ޝިއު…. މިހާރު ރިޝްމީ މިރަށުގައިވެސް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެއްނު…. އަހަރެމެންނާ މާ ގިނައިން ދިމާނުވިޔަސް ޝިއު އާއި ދެމީހުން ތި އުޅެނީ އެއްގެއެއްގައެއްނު… އެކަމަކު، މިހެން އައިސް އުޅޭއިރުވެސް އަހަރެން ނުދެކެން އޭނަ ޝިއުއާއި ވާހަކަ ދައްކާ ތަނެއް…..” ޝިއުރީއަށް ބަލަން އިނދެ އަޔާނީ ވާހަކަ ބުނެލިއެވެ.

“ތީ ތެދެއް…. އޭނާ ވަރަށް ވާހަކަ ނުދައްކާ… އަހަރެން ވާހަކަ ދެއްކިއްޔާ ވާހަކަ ދައްކާނީވެސް…. އެކި މީހުންގެ މިޒާޖުވެސް ތަފާތުވާނެއެއްނު…. އެންމެންނަކީ އަހަރެމެން ގޮތަށް އަނގަތަޅާ ބަޔަކަށް ނުވާނެތާ…..” ޝިއުރީ މިހެން ބުނުމުން ޔަލްވީ އެ ވާހަކައަށް އެއްބަސްވިއެވެ. އަޔާނީވެސް ބޯ ޖަހާލިނަމަވެސް، އޭނާގެ ބޮލުތެރޭގައި އެ ޚިޔާލު ރަސްކަން ކުރަމުން ދިޔައެވެ.

“އާޗާ….. މީ ހާދަ ރީތި ފޮޓޯއެކޭ…. ވާ ވާ ނިކަން ދެކިބަލަ…. ހުރިހާ ފޮޓޯތަކުންވެސް އެންމެ ރީތީ މި ފޮޓޯ…..” މަޖާވެލާފައި ޝިއުރީ މިހެން ބުނުމުން ދެ ކުދިން އެއްފަހަރާ ލެޕްޓޮޕަށް ބަލާލިއެވެ. އޭގައިވާ ފޮޓޯ ފެނުމުން އަޔާނީގެ އަނގަ ހުޅުވިގެން ދިޔައިރު، ޔަލްވީގެ މޫނަށް ލަދުވެތިކަމުގެ އަސަރުތައް ފާޅުވާންފެށިއެވެ. ޝައިމަންމެން ހުއްޓިލައިގެން ތިބި ސްޓޭޖްގެ ދެ ފަރާތުގައި ޝައުނާއި، ޔަލްވީ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު ޝައުންގެ އަތުގައި ހިފާލައިގެން އީޝާ ހުރީ މޫނު ބަނަކޮށްލައިގެންނެވެ.

“އަސްލުވެސް ވަރަށް ރީތި…. ވާހަކައެއްގެ ކަވަރއަކަށް ލާން ވަރަށް ފުރިހަމަ ފޮޓޯއެއްތީ…..” އަޔާނީވެސް އެ ފޮޓޯއަށް ތަޢުރީފްކޮށްލުމުން ޔަލްވީގެ މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތީ ލަދުގަތްވަރުންނެވެ.

“އައްދޭ…. ހާދަ ވަރަކަށް ލަދުގަތީ…. މޫނުކޮޅު ރަތްކޮށްލައިފި…..” ޔަލްވީގެ ކޮލުގައި ހިފާލަމުން މަޖާވެލާފައި ޝިއުރީ މިހެން ބުނުމުން، ޔަލްވީ ދެ ލޯމަތީ އަތްތިލަ ހުރަސްކޮށްލަމުން ދެ ލޯ ފޮރުވާލިއެވެ. އޭރު އޭނާގެ ތުންފަތަށްވެސް ލަދުރަކި ހިނިތުންވުމެއް ވެރިވެފައިވެއެވެ.

“ޝިއު…. ޝިއުއަށް ޝައްކެއް ނޫންތަ އެރޭ މިދެމީހުން ދޭތެރޭ ކަމެއް ހިނގިކަމަށް… އަހަންނަށް ވަރަށް ޝައްކުވޭ….. ފުރަތަމަ ޝައުނަށް އެއްޗެހިކިޔާގެންފައި ދިޔަ ކުއްޖާ، ދެން އައިއިރު ހުރީ ހެވިދިލިފަ….” އަޔާނީ ޖާސޫސީއެއް ފަދައިން ޔަލްވީއަށް ބަލަން އިނދެ ބުނެލިއެވެ.

“ދެން ޔާނީ…. ތި މީހުން ތި ހީކުރާކަހަލަ ކަމެއް ނުވެއޭ….” ޔަލްވީ އަކުރުތަކަށް ބާރުލަމުން ބުނެލިއެވެ. އެއާއިއެކު، ޝިއުރީމެންގެ ހިނގަނޑު ފަޅައިގެން ދިޔައެވެ. އެމީހުން ހޭންފެށުމުން ޔަލްވީ ތުންކޮޅު ދަމާލިނަމަވެސް އޭނާއަށް ނުހީއެއް ނީނދެވުނެވެ.
********************

“ހަފްތާއެއް ވަންދެން ނަފްސާނީ ޑަކްޓަރަކަށް މިޝްޔާ ދެއްކި ނަމަވެސް އޭނާއަށް ވަކި ބަދަލެއް ނާދެއެވެ. ބަދަލެއް އަންނާނީވެސް ވާހަކަ ދައްކާނަމަތާއެވެ. ގޮވާލީމަ ބަލައިލާނަމަވެސް، އަނގައިން ނުބުނާތާ، އިޝާރާތެއްވެސް ކޮށްނުލައެވެ. މިޝްޔާއާއިމެދު، ކަންބޮޑުވެފައި ތިބި މިޝަލްމެންނަށް ޑަކްޓަރު ލަފާދިނީ މާހައުލު ބަދަލުކޮށްލުމަށެވެ. އެހެންކަމުން، މިޝަލްމެން ވިސްނީ ވީހާވެސް އަވަހަކަށް މިޝްޔާ ގޮވައިގެން ރަށަށް ދިއުމަށެވެ.
********************

ޝިއުރީމެން ބަނދަރުދޮށަށް ގޮސް ތިބީ މިޝްޔާމެން އަންނާތީއެވެ. އެ ކުދިންނަށް މާ ގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މިޝްޔާމެން ދަތުރުކޮށްފައި އައި ލާންޗް ރަށުގެ ފަޅަށް ވަނުމުން ޝިއުރީމެން ވާޓަރު ކައިރިޔަށް ދިޔައެވެ. ބަނދަރުގައި ލާންޗް ޖެއްސުމުން ފަހަރަކު މީހަކު ފައިބާން ފެށިއެވެ. ޝިއުރީމެން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދިޔައީ މިޝްޔާ ދެކިލާހިތުންނެވެ. އެމީހުންގެ އިނތިޒާރަށް ނިމުން އައީ، މިޝަލްގެ އަތުގައި ހިފާލައިގެން ލާންޗުން ފައިބަން އައި މިޝްޔާ ފެނުމުންނެވެ. ތިން ކުދިންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވީ، މިޝްޔާއަށް އައިސްފައިވާ ބަދަލު ފެނުމުންނެވެ. އެ ކުއްޖާފަކީރު، ހިކި އަނަރޫފަވެފައިވާއިރު، ލައިގެން ހުރި ހެދުން ހީވަނީ ގޯންޏެއް ހެންނެވެ. ދެލޯ ވަޅުވަދެ، ލޯކައިރިވަނީ ކަޅުވެފައެވެ. ދެކޮލުގައި ހުރި މަސްތައް އަޑިއަޅާލާފައިވާއިރު، ކުޑަކުޑަ ތުންފަތްވެސް ވަނީ ހިކިފައެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ.

ގަދަކަމުން، ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ތިބެ، އެ ކުދިން މިޝްޔާގެ ގާތަށް ގޮސް، ފަހަރަކު ކުއްޖަކު އޭނާގެ ގައިގައި ބައްދާލިއެވެ. އެހެނަސް، އެއްވެސް ޙަރަކާތެއްކޮށްނުލާ އެ ހުރިގޮތަށް މިޝްޔާ ހުރީ، އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވާ ކުއްޖެއް ފަދައިންނެވެ. އެންމެ ކުޑަމިނުން އޭނާ ހީވެސް ނުލައެވެ. މިޝްޔާގެ އަޅާލުންކުޑަވަރު ފެނި، ޝިއުރީމެންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އެހެނަސް، އެވަގުތުވެސް އެކުދިން އަޒުމް ކަނޑައެޅީ އެ އަނދިރިކަމުން މިޝްޔާ ސަލާމަތްކުރުމަށެވެ. ދެ ގޮތެއް ނުވެ އެކުވެރިޔާއަށް އެހީވުމަށެވެ. ހިތުގައި އެއްވެސް ހިތްބަރުކަމެއްނެތި އެކުވެރިޔާއަށް ޙަމްދަރުދީ ވަމުންނެވެ.
********************

ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްރެއެއްގެ ވަގުތެވެ. ގޭ ކައިރި ފިހާރައަކުން ނުކުމެގެން އައި އަޔާނީއަށް ހުއްޓެވުނީ ދުރުން އައި ދެ މީހަކު ފެނުމުންނެވެ. އޭނާއަށް، އެ މީހުން ބޮޑަށް ވައްތަރުވީ، ނަހީކާއި، ރިޝްމީއާއިއެވެ. އެހެންކަމުން، އެއީ ކޮންބައެއްތޯ ޔަގީންކޮށްލަންވެގެން، އޭނާ އަނބުރާ ފިހާރައަށް ވަނެވެ. އަދި، މަގުމަތި ފެންނާނެހެން ހަރަކާއި ނިވާވެލައިގެން ހުއްޓެވެ. ބަލަބަލާ ހުއްޓާ، ފިހާރަ ކުރިމަތިންލާފައި، އެމީހުން ދިއުމުން އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގެއެވެ. އެމީހުންނަށް ފާރަލަމުން، އެމީހުންގެ ފަސްފަހަތުން އޭނާވެސް ދިޔައެވެ. ދެމީހުން މިސްރާބު ޖަހާފައިވަނީ އަތިރިއާއި ދިމާއަށެވެ. މީހުން މަދު ހިސާބަކަށް ދެވުމުން ނަހީކް، ރިޝްމީގެ އަތުގައި ހިފާލިތަން ފެނުމުން، އަޔާނީއަށް ހައިރާންކަން ލިބުނެވެ. ކުރިންވެސް، އޭނާއަށްވަނީ އެދެމީހުންގެ ގުޅުމާއިމެދު ޝައްކުވެފައެވެ. ފެނިގެން ދިޔަ މަންޒަރުން، އެ ގުޅުމުގައި ނުބައެއް އުޅޭކަމާއިމެދު، އޭނާއަށް މިހާރު ޔަޤީންކަން ލިބިއްޖެއެވެ. ދެރައީ އެމަންޒަރު ރައްކާކޮށްލާނެ ފޯނެއް އެވަގުތު އޭނާގެ އަތުގައި ނެތީމައެވެ. ހިތްހަމަ ނުޖެހުނުވަރުން، އަތް މުށްކަވާފައި އަނެއް އަތުގައި ޖަހާލެވުނެވެ.

އެނބުރި ގެއަށް ދިއުމުގެ ބަދަލުގައި، އަޔާނީ މިސްރާބުޖެހީ މިޝްޔާމެންގެއާއި ދިމާއަށެވެ. ޝިއުރީ މިވަގުތު އިންނާނީ އެގޭގައި ކަމަށްވެފައި، އޭނާއަށް ދެން، އެންމެ ހިނދުކޮޅަކުވެސް ޝިއުރީގާތުގައި އެ ވާހަކަ ނުބުނެ ހުންނަން އުނދަގޫވާނެތީއެވެ.

ހަލުވިކޮށް ހިނގާލާފައިގޮސް މިޝްޔާމެންގެއަށް ވަންއިރު އޭނާއަށް މާ ނޭވާލެވެއެވެ. އޭރު ބޮޑުކޮޓަރީގައި ހުރި ސޯފާގައި ބަތްތަށްޓެއް ހިފައިގެން މިޝްޔާ އިންއިރު، ޝިއުރީ އިނީ އޭނާގެ ގާތުގައި ޖޫސްތަށްޓެއް ހިފައިގެންނެވެ. އަނެއް ސޯފާގައި ޓީ.ވީ ރިމޯޓް އަތަށް ލައިގެން، މިޝަލް އޮތީ ޓީ.ވީ ބަލާށެވެ. އަޔާނީ އައުމުން ޝިއުރީއަށާއި މިޝަލަށް އެދިމާއަށް ބަލާލެވުނެވެ. އެހެނަސް، މިޝްޔާ ބަތްތަށިން ސަމްސަލަކަށްފަހު ސަމްސަލެއް އަނގަޔަށް ލަމުން ދިޔައިރު، މީހަކު އައިހެންވެސް އޭނާއަށް ހީނުވެއެވެ.

“ޔާނީ…. ހާދަ ނުގަޑިއެއްގައި…..” އެ ގަޑީގައި އަޔާނީ އައުމުން ޝިއުރީއަށް އަހާލެވުނީ، އެހެންޏާ އެ ގަޑީގައި އަޔާނީ އެ ގެއަށް އައިސް ނޫޅޭތީއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަޔާނީ ގޮސް މިޝްޔާގެ އަނެއް ފަރާތުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާލިއެވެ.

“މިޝް…. ކުރިންވެސް ބުނީމެއްނު ހަލުވިކޮށް ކަންޏާ ކޮށިއަރާނޭ….” ހަލުވިކޮށް ކަމުން ދިޔަ މިޝްޔާ ކޮށި އެރުމުން، މަޑުމަޑުން އޭނާގެ ބުރަކަށީގައި ޖަހާލަމުން ޝިއުރީ ބުނެލިއެވެ. އޭނާ އެ ގަޑީގައި ކޮންމެ ރެއަކުވެސް އަންނަނީ މިޝްޔާއަށް ކާ އެއްޗެހި ހިފައިގެންނެވެ. މެހެރީން ނިޔާވުމާއި ގުޅިގެން މިޝްޔާގެ ޙާލަތު ގޯސެވެފައިވާތީއާއި، އާއިލާއަށް ކައްކާ މީހަކު އަދި ލިބޭގޮތް ނުވުމުން މިޝަލްމެން ކަނީ ޝިއުރީމެންގެ ގެއިންނެވެ. ކުރީއްސުރެ ދެ ޢާއިލާގެ ދެމެދު އުފެދިފައިވާ އެކުވެރިކަމެއްގެ ސަބަބުން މިއަދާ ޖެހެންދެންވެސް ދެ ޢާއިލާގެ މެދުގައި ވަނީ ގާތްގުޅުމެއް އުފެދިފައެވެ.

ބަހަކުން ބަހެއް ނުބުނެ މިޝްޔާ ކައި ނިމެންދެން، އަޔާނީ މަޑުކޮށްލައިގެން އިނީ ޝިއުރީއާއިއެކު އެކަނިވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މިޝްޔާ ކައި ނިމުމުން އޭނާއަށް ފެން ދިނުމަށްފަހު، ތަށިތައް ހިފައިގެން ޝިއުރީ މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. އަޔާނީވެސް އަވަސް އަރުވާލާފައި ޝިއުރީގެ ފަހަތުން ހިނގައިގަތެވެ.

“ހޫމް…. ކޮންވާހަކައެއް ދައްކަންތަ ތިއައީ….؟؟؟؟” ތަށިތައް ދޮންނަން ފަށަމުން، އެ ތަނަށް އައިސް މަޑުކޮށްލި އަޔާނީއަށް ބަލާލަމުން، ޝިއުރީ މިހެން އަހާލީ، އަޔާނީގެ ޙަރަކާތްތަކުން ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެން ހީވުމުންނެވެ. އަޔާނީ ދުރުދުރުން ވާހަކަ ގެންދިއުމުގެ ބަދަލުގައި އޭނާއަށް ފެނުނު މަންޒަރު ޝިއުރީއަށް ކިޔައިދިނެވެ.

“އަހަރެން ކުރިންވެސް ބުނީމެއްނު އެ ދެމީހުންނާ ދޭތެރޭ އަހަންނަށް ޝައްކޭ…” ޝިއުރީ އެއްޗެއް ނުބުނެ ހުރުމުން އަޔާނީ އިތުރަށް ބުނެލިއެވެ.

“ޔާނީ، މާ ބޮޑަށް އެކަމާ ވިސްނާތީއޭ ޝައްކުވަނީ…. ވެދާނެއްނު ރިޝްމީ ފޫހިވެގެން އުޅޭތީ، އޭނާ ގޮވައިގެން ހިނގާލަން ދިޔައީކަމަށް….” ޝިއުރީ އާދައިގެ ގޮތަކަށް މިހެން ބުނުމުން އަޔާނީ ހައިރާންވިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ މި ކިޔައިދިނީ ކޮންމެ ކޮންމެ މީހެއްގެ ވާހަކައެއް ނޫންވިއްޔާއެވެ. އޭނާ ކިޔައިދިނީ، ޝިއުރީގެ ލޯބިވެރިޔާ އެހެން އަންހެން ކުއްޖަކާ އަތުގުޅުވާލައިގެން އެކަހެރި މާހައުލަކަށް ދިޔަ ވާހަކައެވެ. އެ ދެމީހުންގެ ގުޅުން އެހާހިސާބަށް ދިޔައީމަވެސް، ޝިއުރީގެ ފަރާތުން އެހާ ފިނި ޖަވާބެއް ލިބުމުން އޭނާއަށް ޗޮކެއް ކަނޑާލެވުނެވެ. އެ ވާހަކަ އަޑު އިވުމުން ޝިއުރީއަށް ހަމަޖެހިލައިގެން ހުރެވޭބާއޭ އަޔާނީގެ ހިތަށް އެރިއެވެ. ހަމަ ގައިމުވެސް އޭނާއަށް، އޭނާގެ ލޯބިވެރިޔާއޭ ކިޔައިގެން އެކަހަލަ އަޑެއް އިވިއްޖެއްޔާ، ހަމަޖެހިގެން ނުހުރެވޭނެއެވެ.

“އެންމެ ރަނގަޅު…. އެ ދެމީހުން ހިނގާލަން ދިޔައީއޯ…. އެހެންވީއިރު އަތުގަ ހިފައިގެން ދިއުމުގެ ބޭނުމަކީ ކޮބާ…؟؟؟؟ އަނެއްކާ، ނަހީކް ދުވަހަކުވެސް ޝިއު އެކަނި ގޮވައިގެން ހިނގާލަން ދިޔަތަ….؟؟؟؟ ނުދެއެއްނު…. މިހުރިހާކަމެއް މިހެން އޮތް އިރުވެސް ޝިއުއަށް ހަމަ އެއްވެސް ވަރަކަށް ޝައްކެއް ނުވޭތަ…..؟؟؟؟” ޝިއުރީގެ ވާހަކަ ހުރި ގޮތުން އަޔާނީ ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން، އޭނާއަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ.

“ޔާނީ ހަމަޖެހިބަލަ…. އަހަރެން ނަހީކް ގާތުގައި ތިވާހަކަ ދައްކާނަމޭ….” ޝިއުރީ ދެންވެސް ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. އެގޮތެއް އަޔާނީއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.

“އަހަރެންގެ ލޮލަށް ފެނުނު މަންޒަރެއް ޝިއުގާތު ބުނުން އެއީ އަހަރެންގެ ޒިންމާއެއް…. ދެން، ޝިއު ކަންތައް ކުރާނެ ގޮތެއް އެނގޭނީ ޝިއުއަށް…. އެ ވާހަކަ ބުނުން މުހިއްމުކަމެއްކަމަށް އަހަންނަށް ހީވާތީ، އެކުން މި ގަޑީގައިވެސް މި އައީ….” މިހެން ބުނެފައި އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލާ، އަޔާނީ އެ ތަނުން ދިއުމަށް ހިނގައިގަތެވެ.

ބަދިގެ ދޮރުކައިރީގައި މިވާހަކަތައް އަޑު އަހަން ހުރި މިޝަލް ،އަޔާނީ ނުކުންނަން އަންނަތަން ފެނުމުން ކުރިމަތީގައި ހުރި ކޮޓަރިތެރެއަށް ދެމިގަތެވެ.

އަޔާނީ ނުކުމެގެން ދިއުމުން ޝިއުރީ އެ ދިމާއަށް ބަލަން ހުއްޓެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވެފައިވެއެވެ. ދެންމެ އަޔާނީ އެ ދެއްކި ވާހަކަތަކުން އޭނާގެ ސިކުނޑި ހާސްކުރުވަންފެށީ، އިތުރު ބަޔަކުވެސް އޭނާގެ ގާތުގައި އެކަހަލަ ވާހަކަތަކެއް ދައްކާފައިވުމުންނެވެ. އެހެނަސް، އަދިވެސް އޭނާ އެވާހަކަތައް ޤަބޫލުކުރަން ބޭނުން ނުވަނީ ކުރީރޭ ގޮތަށް ނަހީކަށް ޝައްކު ކުރަން ބޭނުން ނުވާތީއެވެ.

ތަށިތައް ދޮވެ ނިންމާލުމަށްފަހު، ޝިއުރީ ގެއަށް ދާން އުޅުމުން މިޝަލް އޭނާ ގެއަތް ލައިދޭން ދާނެ ވާހަކަ ބުންޏެވެ. ނަމަވެސް، ޝިއުރީ އެކަމަށް އިންކާރު ކުރީ އެކަނިވެލަން ބޭނުންވެފައި ހުރުމުންނެވެ. އެހެނަސް، ފުދޭވަރަކަށް ލަސްވެފައި ހުރުމުން، މިޝަލް ޝިއުރީ އެކަނި ފޮނުވާ ޚިޔާލެއް ނުކުރިއެވެ. އޭގެ އިތުރުން، އޭނާ ހުރީ އަޔާނީ ދެއްކި ވާހަކައާއި ބެހޭގޮތުން، ޝިއުރީއާއި ވާހަކަ ދައްކާލަންވެސް ބޭނުންވެފައެވެ. ދެތިންމީހެއްގެ ފަރާތުން އޭނާއަށްވެސްވަނީ ނަހީކާއި، ރިޝްމީއޭ ކިޔައިގެން ވާހަކަތަކެއް އަޑު އިވިފައެވެ. މާހިރުވެސް ގޭގައި އުޅޭތީ، މިޝަލް ޝިއުރީއާއިއެކު ދިޔައެވެ.

ދެ ކުދިން އެއްހަމައެއްގައި ހިނގާލާފައި ދިޔަނަމަވެސް، ދެ ކުދިންކުރެ، އެއްކުއްޖަކުވެސް އަނގައަކުން ނުބުނެއެވެ. ޝިއުރީއަށް ވިސްނެމުން ދިޔައީ އަޔާނީ ދެއްކި ވާހަކައާއިމެދުއެވެ. މިޝަލް ވިސްނަމުން ދިޔައީ ނަހީކްގެ ވާހަކަ ޝިއުރީގެ ގާތުގައި ދައްކާނެ ގޮތަކާއި މެދުއެވެ. އެކުގައި ހިނގާފައި ދިޔަ ދެ ކުދިންނަށް ހުއްޓުން އެރީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ލޯ ބޮޑު ކޮށްލައިގެންތިބެ، އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލާލީ، ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ތިބެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (59)

  1. Eemyaa

    Assalaam alikum lobuvethi kiyuntherin ☺
    Mi baives kiyuntherinnah kamudhaane kamah heekuran
    Rangalhu kohlan v thanthan faahaga kohlaidhehchey ☺
    Ly all ???
    Have a wonderful day TGC

  2. Xee

    Wow nice story… me 1st

    1. Eemyaa
      Xee

      Thanks Xee ☺ hehe yes u first ?

  3. Xee

    Inthizaaru koh koh varubali vehjeEem…mihaaru neyge vaahaka in thoa belunu vareh vex….next part avase kohdehjey plxxx…

    1. Eemyaa
      Xee

      Aww aslutha yeah i’ll try ingey ☺

  4. ???

    Wow woooo vvvv reethi
    ❤❤❤????????????

    1. Eemyaa
      ???

      Thanks dear ☺

  5. Aisha

    Wow..kiyaa hithunnendhaa a nimuny….varan reethi mi story,,,,waiting next ep….

    1. Eemyaa
      Aisha

      Thanks Aisha ☺

  6. NIKKO

    Kihineh mi vany. Varah reethi mi baih vx.. waiting for next party

    1. Eemyaa
      NIKKO

      Nikko ah heevany kihinieh vaan hen mi ulheny ?
      Hehe Thanks dear ☺

  7. song joong ki..KOREAN

    mi part interesting kamun heevany kuruhen 😉 😀 vvv reethi mi partvx… mishal n shiu gulhunyma dhen varah salhi vaane… naheek haadha goahey dhww, anyways.. waiting for next part 🙂 🙂

    1. Eemyaa
      song joong ki..KOREAN

      Ehentha ?
      Thanks Song ☺
      Hehe ? naheek eh kamaku ehn ulheykah nuvaanu dw, Song ?

    2. song joong ki..KOREAN
      song joong ki..KOREAN

      ofcourse eem! 😀

  8. Mai

    Wow… I guess its naheek n rishmee… V salhi mi part wx.. Keep up the good work dear… When is the next part…

    1. Eemyaa
      Mai

      Thanks Mai ☺
      Hehe lets see ?
      Next part on Saturday In Sha Allah ?

  9. manje

    alhe plx next part v avahah genesdhayche

    1. Eemyaa
      manje

      Yeah, i’ll try dear ☺

  10. Navya

    V reethi mi part. .thnx upkohlyma ?

    1. Eemyaa
      Navya

      Thanks Nav ☺
      Hehe wc ?

  11. Abdulla

    Mi part ves nice….. v v v reethi vaahakaeh mee…. avahah up kohdheyne kamah unmeedhu kuran…

    1. Eemyaa
      Abdulla

      Thanks Abdulla ☺
      In Sha Allah Saturday ga up kohla dheynan ?

  12. Sin SIN

    Alhey mish ah v goihyy Dhw .. Eem plx aefakyru hithuga nujahsaba Dhn ????yes….Dhn avahah Shiu n mishal gulhuvan ulheba…v v reethi mi vaahaka ??

    1. Eemyaa
      Sin SIN

      Hehe okay i’ll think abt it ??
      Hehe
      Thanks Sin ☺

  13. click a shot ?

    Naheek ulhey vahthareh…?ekahala firihenunge goi eyi..ehen ekan veema ey rangalhyves..eyrah shiury ekahala meehege kibain salaamai ve mishal aa ehkoh happy life eh ulheveyneehnun…alhey get well soon mish…mi part ves varah salhi??

    1. Eemyaa
      click a shot ?

      Hehe dw click ?
      Thanks dear ☺

  14. Nish

    Wow mi part ves vara salhi☺waiting for nxt part..☺

    1. Eemyaa
      Nish

      Thanks Nish ☺

  15. Lam

    Masha Allah…waiting??

    1. Eemyaa
      Lam

      Thanks Lam ☺

  16. Some one

    Jst prrrrfct! Bt shaun n yaal ge bai naadhe dww! Emme like vaniii e bayah! Ehn bai tha es ekm vey

    1. Eemyaa
      Some one

      Thanks dear ☺ yeah mi part ga naadhe dw ekudhinge baeh
      Hehe ehntha ?
      Hurihaa kudhinge bai ves gennan vaanu dw jst wait kuri ah huri part thakuga ekudhinge bai ves annaane. ?

  17. Appy

    Just woww …….vvv rythi mi bai vx luvv this story

    1. Eemyaa
      Appy

      Thanks Appy ☺

  18. You

    Alhey kone ma faharaku ves mi nimaalaneee kiyaaa hie thun i dhaaaaa

    1. Eemyaa
      You

      Hehe sorry dear ? dhahi kohleveny dw mi ?

  19. Adha?

    Rangalhu vaany rishmy nd naheek athugulhuvaigen annathan fenejjehyaa.. varehge firihenekey dw mi naheek akee?.. loabi nuvaairu keekurantha namehga rahtehivegen ulheny eh?.. loabi nuvaakan anganveenu enmenah.. eyrunnehnu mishal ah ves kuriah fiyavalheh alhan engeynee? dw eem?
    Btw mi part ves hama superb
    Waitingsssss❤❤❤❤

    1. click a shot ?
      Adha?

      Your right adha…e naheek ulhey vahtharun eynadheke ekakuves foohi nuveehnudhane…?rangalhu. vaany rishmy ves eyna mathin foohiviyaa..dhw adha ?

    2. Eemyaa
      Adha?

      Hehe Adha ? yes, Adhaa.. hama v rangalhu vaahaka eh thibuny ?
      Thanks dear ☺

    3. song joong ki..KOREAN
      Adha?

      adha thibuny rangalhah. aee ekahala firihenunge vahtharu. adhi thi naheek ah rangalhu landeh libeyne.. 😀 NUUNTHA EEEM??

    4. Eemyaa
      Adha?

      Yes Song, ekahala firihenun ves ulhey dw..
      Bt adhi storyga vaany kihineh kameh bunaakah neynge dw ? hee nukura gothehves vedhaane ?
      Thi kudhin thihaa shauguveri kamaa eky vaahaka kiyaathy eem v ufaavey ☺
      Thanks guys ???

    5. Adha?
      Adha?

      Rishmy aa gulhunass ok vaane.. e hama hurithaa huri bondu fonigandeh.. angain baheh bunany kee nooney meehakaa naheek fiyavaa.. ekm naheek ulhey gothun heevany rishmy noonass ithuru gf ves thibeynehen dw? Adhi ehen ulhemun libidhaane landeh ves…

    6. click a shot ?
      Adha?

      Yeah…rishmy ves mi easha kahala foni meehekey…??

    7. song joong ki..KOREAN
      Adha?

      hahah, e rishmy aky sweet cutter eh. lol 😀

  20. Ram

    Alheyy mishyaa dhoonyy ?? story hama v reethi eeeem.. ???

    1. Eemyaa
      Ram

      Thanks Ram ☺

  21. Azoo

    Aww. Vrh reethi mibaives. Next part avahah genesdheythi eem. Cant wait to read! ?

    1. Eemyaa
      Azoo

      Thanks Azoo ☺
      Next part on Saturday In Sha Allah ?

  22. Nicky

    Wowww……haaadha nyc stry ekeyyy…..i luv this stry…..avahah nxt prt up kobbr

    1. Eemyaa
      Nicky

      Thanks Nicky ☺
      Maadhan update kohla dheynan hama v enme avahakah ?

  23. Ruby❤

    Alhey!!! can’t wait for the next part??
    Love this story?❤?

    1. Eemyaa
      Ruby❤

      Thanks Ruby ☺

  24. Song Hye-Kyo..KOREAN

    Hey emy!!!
    Long time since I’ve last commented!!!
    But I’ve been reading your story daily!!!
    It’s just I’m really busy these days!!
    As always your story is awesomeness to the maxx
    If shiu and mishal sees nahiyk and rishmee together in the next part, I swear I’ll beat shit out of them both!! ?

    1. song joong ki..KOREAN
      Song Hye-Kyo..KOREAN

      HAHAHA fabulous comment song hye kyo 😀

    2. Anonymous
      Song Hye-Kyo..KOREAN

      You both are the same person commenting on a different name I guess ? rt people be like ?

    3. song joong ki..KOREAN
      Song Hye-Kyo..KOREAN

      no dear. its a wrong guess.. till now i didn’t comment of any name rather than SJKi … 🙂

    4. Eemyaa
      Song Hye-Kyo..KOREAN

      Thanks Song hye ☺

  25. Anonymous

    Your stories are really awesome. I just finished reading your previous stories ?. So far this story is also great. Waiting for the next part. By the way, when are you gonna upload it? ?

    1. Eemyaa
      Anonymous

      Thanks dear ☺

Comments are closed.